ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/165 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/165
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 165/HC
-
A/2011
•އިސްތިއުނާފުކުރި ފަރާތް:
މި ނަން: ދިވެހިރައްޔިތުންގެ ޕާޓީ
ދާއިމީ އެޑްރެސް: ހ.ތެމާ
ރަޖިސްޓްރީ ނަންބަރު: 2005/02
ވަކީލު: އޒް. ޙުސްނުއްސުޢޫދު ސ.މީދޫ/ ހަސަންކާރީގެ
*
1
.އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢުމަރު ނަޞީރު
ދާއިމީ އެޑްރެސް: ހ.ދޮންޖޭމުގެ/ ކ.މާލެ
އައިޑީ ކާޑުނަންބަރު: A052488 މިހާރުގެ އެޑްރެސް: ހ.ދޮންޖޭމުގެ/ ކ.މާލެ
ވަކީލު: އިޒް. މުޙައްމަދު އިބްރާހީމް މުތް 2 ރޯހައުސް ހުޅުމާލެ
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖުލައި 2011
10
ނިމުނު ތާރީޚް: 11 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާ އާއި
ގުޅިގެން 16 ޖޫން 2011 ވަނަ ދުވަހު އެކޯޓުން އިޖުރާއީ ގޮތުން ނިންމިގޮތް .
* ނިންމި ކޯޓު: ސިވިލް ކޯޓު
ނިމުނު ތާރީޚް: 16 ޖޫން 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
2
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާ އާއި ގުޅިގެން 16 ޖޫން
2011 ވަނަ ދުވަހު އެކޯޓުން އިޖުރާއީ ގޮތުން ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް
ނުވާކަމަށްބުނެ އެނިންމެވުން ދިވެހި ރައްޔިތުންގެ ޕާޓީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤްޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ، ހ.ދޮންޖޭމުގެ، ޢުމަރު
ނަރު (އައި.ޑީ.ކާޑް ނަންބަރު: A052488) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާ އާއި ގުޅިގެން 16 ޖޫން
2011 ވަނަ ދުވަހު އެކޯޓުން އިޖުރާއީ ގޮތުން ނިންމިގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް
ނުވާކަމަށްބުނެ ދިވެހި ރައްޔިތުންގެ ޕާޓީ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެނިންމެވުން އިސްތިއުނާފު
ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ . މިޤާޟިއްޔާގެ އިސްތިއުނާފް ރައްދުވާ ފަރާތަކީ، ހ.ދޮންޖޭމުގެ، ޢުމަރު
ނަޞީރު (އައި.ޑީ.ކާޑް ނަންބަރު: A052488) އެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާ އާއި ގުޅިގެން 16 ޖޫން
2011 ގައި އެކޯޓުން އިޖުރާއީ ގޮތުން ނިންމަވާފައިވާ ނިންމެވުމަށް ބަލާއިރު އެއީ ދިވެހި ރައްޔިތުންގެ ޕާޓީގެ
ޑިޕިއުޓީ ލީޑަރެއްގެ މަޤާމުގައި ހުންނެވި ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް
އެޕާޓީގެ މެމްބަރުންގެ ސުލޫކީ ކަންކަން ބަލަހައްޓާ ކޮމެޓީއިން ނިންމާފައިވާއިރު، އެނިންމުމަކީ އެޕާޓީގެ
އަސާސީ ޤަވާއިދާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ، އެނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް
ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ޢުމަރު ނަޞީރު ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ކޮށްފައިވާ ދަޢުވާއާއި
ގުޅިގެން ސިވިލް ކޯޓުން އިޖުރާއީ ގޮތުން ނިންމަވާފައިވާ ނިންމެވުމެއް ކަމާއި
އައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
3
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެނިންމެވުމުގައި " ދިވެހި ރައްޔިތުންގެ ޕާޓީގެ ޑިޕިއުޓީ ލީޑަރެއްގެ މަޤާމުގައި ހުންނެވި
ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް އެޕާޓީގެ މެމްބަރުންގެ ސުލޫކީ ކަންކަން
ބަލަހައްޓާ ކޮމެޓީއިން ނިންމާފައިވާއިރު، އެނިންމުމަކީ އެޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް ވިދާޅުވެ، އެނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަމުގައި ކަނޑައަޅައި ދިނުމަށް އެދި ޢުމަރު
ނަޞީރު ދިވެހި ރައްޔިތުންގެ ޕާޓީގެ މައްޗަށް ކޮށްފައިވާ މިދަޢުވާއަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން
ޖަވާބުދާރީ ވިއިރު،
ޢުމަރު ނަޞީރު މިދަޢުވާ ކޯޓަށް ހުށަހަޅާފައި ވަނީ ޕާޓީގެ މެމްބަރުކަމުން ޢުމަރު ނަޞީރު
ވަކިކުރުމަށް ނިންމި ނިންމުން ޕާޓީގެ އަސާސީ ޤަވާޢިދުގެ 21 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކޮމެޓީއަށް
އިސްތިއުނާފަށް ހުށަހެޅުމަށް ޢުމަރު ނަޞީރަށް ލިބޭ ޙައްޤުގެ ބޭނުން ނުހިފައި ކަމަށާއި، ޕާޓީގެ އަސާސީ
ޤަވާއިދާއި އެއްގޮތަށް ޢަމަލު ކުރުމަށާއި ޕާޓީގެ އެތެރޭގެ ޙައްލު ހޯދުމުގެ އިޖުރާއާތު ފުރިހަމަ ކޮށްފައި މެނުވީ
މިމައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް އިޖުރާއީ ގޮތުން ނިންމަދިނުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން
އެދުނު ހިނދު،
ދެފަރާތުން ދެއްކި ވާހަކަތަކަށާއި، ކަމާއި ބެހޭ ޤާނޫނުތަކާއި ޤަވާއިދު ތަކާއި ކުރިން ނިމިފައިވާ
ޤަޟިއްޔާތައް ދިރާސާކޮށް ޝަރީޢަތުން ބެލިއިރު،
މެމްބަރަކާއިމެދު ސުލޫކީ ފިޔަވަޅު އެޅުމުން، އެފިޔަވަޅަކާއިމެދު ހިތްހަމަ ނުޖެހޭނަމަ
އިސްތިއުނާފު ކޮމެޓީއަށް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އެމެމްބަރަކަށް ލިބިގެން ވާކަމަށް ދިވެހި
ރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާއިދުގެ 21 ވަނަ މާއްދާގައި ބަޔާންވެގެންވާތީ، އެޙައްޤުގެ ބޭނުން ނުކޮށް
ކޯޓަށް މައްސަލަ ހުށައަޅާނަމަ އެޤަވާއިދުގެ އެމާއްދާގެ ބޭނުން ނެތިދާނެކަމަށާއި، ޕާޓީގެ އެތެރޭގެ ޙައްލު
ހޯދުމުގެ އިޖުރާއާތު ފުރިހަމަކޮށް ޙައްލު ނުލިބިގެން އައުމުން ނޫނީ ކޯޓަށް މައްސަލަ ބަލައި ނުގަންނަގޮތަށް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
&t
8
ދުނިޔޭގެ އެކި ޤައުމުތަކުން ކަނޑައަޅައި އަމަލުކުރަމުންދާ ޤާއިދާއެއް އޮންނަކަމަށް ދަޢުވާ ފަރާތުން
ބުނެފައިވާ އިރުގައި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮން
މީހަކަށް އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ
އަޑުހެއުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިދީފައިވާއިރު، އަދި ޤާނޫނު އަސާސީގެ 43 ވަނަ
މާއްދާގެ (ނ) ގައި އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް
ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށައެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާކަމަށް ބަޔާންކޮށް،
އިންސާފު ހޯދުމަށްޓަކައި ޝަރީޢަތަށް ދިޔުމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރު ކޮށްދީފައިވާއިރު،
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކަކުގެ ތެރެއިން އެއްވެސް ޙައްޤެއްގެ
އެއްވެސް މިންވަރަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންގެންވާ ގޮތުގެ މަތީން،
ރައްޔިތުންގެ މަޖްލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ވެފައި ވާއިރު، އިންސާފު
ހޯދުމަށްޓަކައި ޝަރީޢަތަށް ދިޔުމުގެ މިޙައްޤުގެ އެއްވެސް މިންވަރެއް ޤާނޫނަކުން ހިފަހައްޓާފައި ނެތުމާއި،
މިބާވަތުގެ މައްސަލައެއްގައި އިދާރާގެ އެތެރޭގެ ޙައްލު ހޯދުމުގެ އިޖުރާއާތު ފުރިހަމަކޮށްފައި
މެނުވީ މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް މީގެ ކުރިން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1300
ޤަޟިއްޔާއިން ނިންމުމުން، އިސްވެ ބަޔާން ކުރެވުނު އަސާސްތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނަންބަރު
302/HC
-
A/2009 ޤަޟިއްޔާއިން، މަދަނީ ކޯޓުގެ ނިންމުން ބާޠިލުކޮށް، އެމައްސަލަ އަލުން ހުށަހަޅައިފިނަމަ
އަލުން ބެލުމަށް ހައިކޯޓުން އަންގާފައިވުމުން، މިމައްސަލާގައި ޢަމަލު ކުރަންޖެހޭ އުޞޫލަކީ އެއީ ކަން
ޝަރީޢަތަށް ޤަބޫލު ކުރެވިއްޖެއެވެ.
OX
ދެންފަހެ، މިކަންކަން މިމަގަށް ހުރުމުން، ބުނެވިދިޔަ ސަބަބުތަކަށްޓަކައި، މިމައްސަލާގައި
ޕާޓީގެ އެތެރޭގެ ޙައްލު ހޯދުމުގެ އިޖުރާއާތު ފުރިހަމަ ކޮށްފައި މެނުވީ މިމައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ޝަ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޢުމަރު ނަސީރަށް އަންގާނެތަނެއް ނެތްކަމާއި، މިމައްސަލައަކީ މިކޯޓުގައި ކުރިއަށް ގެންދެވިދާނެ ،
މައްސަލައެއްކަމަށް ކަނޑައަޅައި، މިމައްސަލާގައި މަޢުޟޫއީ ގޮތުން ޖަވާބުދާރީ ވުމަށް ދިވެހި ރައްޔިތުންގެ
ޕާޓީއަށް އަންގައިފީމެވެ." މިފަދައިން ނިންމަވާފައި އޮންނަކަން އެނިންމެވުމަށް ބެލުމުން އެނގެން އޮންނަކަން
ފާހަގަކުރެވެއެވެ.
24 2 23 24
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402
ޤަޟިއްޔާ އާއި ގުޅިގެން 16 ޖޫން 2011 ވަނަ ދުވަހު އެކޯޓުން އިޖުރާއީ ގޮތުން ނިންމިގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ދިވެހި ރައްޔިތުންގެ
ޕާޓީގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވާ
އިޖުރާތުތައް ފުރިހަމަކުރުމުގެ ކުރިން ޢުމަރު ނަޞީރު ޝަރީޢަތަށް މައްސަލަ ހުށަހެޅުމުން އެމައްސަލަ ކޯޓުން
ކުރިއަށް ގެންދެވިދާނެކަމަށް ސިވިލްކޯޓުން ނިންމެވި ނިންމެވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެތެރޭގެ ޙައްލުތައް ނުވަތަ
އިންޓަރނަލް ރެމެޑީސް ފުރިހަމަކުރަންޖެހޭނެކަމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ކޯޓުތަކުން ޤަބޫލުކޮށް ކޯޓުތަކުން
އެކަށައަޅާފައިވާ އެތެރޭގެ ޙައްލުތަކުގެ ޤާއިދާއަކީ ޤަބޫލުކުރެވޭ ޤާއިދާއެއްކަމަށް ވިދާޅުވިނަމަވެސް އެ ޤާއިދާއަށް
ޢަމަލުނުކުރެއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ، ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާޢިދުގެ 21 ވަނަ މާއްދާއަކީ
ބޭނުމެއްނެތް މާއްދާއެއްކަމަށް ދޭހަވާގޮތަށް ސިވިލްކޯޓުން ނިންމެވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
02 22 2
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާ އާއި ގުޅިގެން އެކޯޓުން އިޖްރާއީ
ގޮތުން ނިންމެވިގޮތް އިސްތިއުނާފު ކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާ މައްސަލައިގެ ޙުކުމަށް ވާސިލުވުމުގައި މިމައްސަލަ ބެލި
ފަނޑިޔާރުން ފާހަގަކުރައްވާފައިވާ ނުކުތާތައް ބިނާކޮށްފައިވަނީ މައިގަނޑު ދެރައުޔެއްގެ މައްޗަށެވެ.
OX
• ފަނޑިޔާރު ޔޫސުފު ޙުސައިންގެ ރައުޔު
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ
(ހ) ގެދަށުން ކޮންމެ މީހަކަށްމެ އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޢާއްމުކޮށް
ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުލިބިދީ، އެޙައްޤު ކަށަވަރު
ކޮށްދީފައިވާކަމާއި އަދި ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި އިދާރީގޮތުން އަޅާފިޔަވަޅެއްގެ
ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ
ޙައްޤު އެމީހަކަށް ލިބިގެންވާކަމަށް ޞަރީޙަކޮށް ބަޔާންކޮށް އިންސާފުހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު
އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ ކަމާއި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ އަސާސީ
ޙައްޤުތަކުގެ ތެރެއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީގެ 16 ވަނަ
މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނު
އަސާސީގެ ސާފު ޢިބާރާތުން ބަޔާންކޮށްފައި ވާއިރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
42
ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގައި " މިޤަވާޢިދުގެ
ދަށުން އެއްވެސް މެންބަރަކާމެދު ސުލޫކީ ފިޔަވަޅު އެޅުމުން އެފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ އެކަން
އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އެމެންބަރަކަށް ލިބިގެންވެއެވެ." މިގޮތަށް ބަޔާން ކޮށް އެމާއްދާގެ (ށ) ގައި
"މިމާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފަށް ހުށަހަޅާނީ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށެވެ." މިގޮތަށް ބަޔާން
ކޮށްފައި އޮތުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނެ ހުއްޖަތެއް ނޫންކަމާއި
އަދި އެއީ އިންސާފު ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ދޮރު ބަންދު ވީ ކަމުގައި ބެލެވޭނެ
ކަމެއް ނޫން ކަމާއި އެހެން ކަމުން ޢުމަރު ނަޞީރު ދިވެހިރައްޔިތުންގެ ޕާޓީގެ މެންބަރު ކަމުން ވަކި ކުރި
މައްސަލާގައި އޭނާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ އިންސާފުހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު
ގެއްލިފައިވާ ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމެއް ނެތްކަން އެގޭ ކަމެވެ.
(ނ) ދެވަނަ ކަމަކީ، މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި، ޑީ.އާރު.ޕީގެ
އަސާސީގެ ޤަވާޢިދުގެ 21 ވަނަ މާއްދާއަކީ ބޭނުމެއް ނެތް މާއްދާއެއްކަމަށް ދޭހަވާ ގޮތަށް ސިވިލްކޯޓުން
ނިންމެވުން ކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަށް ބެލި ބެލުމުން
ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގައި " މިޤަވާޢިދުގެ ދަށުން
އެއްވެސް މެންބަރަކާމެދު ސުލޫކީ ފިޔަވަޅެއް އެޅުމުން އެފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ އެކަން
އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އެމެންބަރަކަށް ލިބިގެންވެއެވެ. މިގޮތަށް ބަޔާންކޮށްފައި ވުމުން، މިމާއްދާގެ
ދަށުން ސުލޫކީ ފިޔަވަޅެއް އެޅޭނީ ޕާޓީގެ މެންބަރަކަށް ހުންނަ މީހަކާމެދުގައި ކަންއެގޭ ފަދައިން، ސުލޫކީ
ފިޔަވަޅެއް އެޅުމުގެ ސަބަބުން އެކަން ދިވެހިރައްޔިތުންގެ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭނީވެސް
އެޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރި މީހަކަށްކަން އިސްވެ ބަޔާން ކުރެވުނު މާއްދާގައިވާ" އެކަން
އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު އެމެންބަރަކަށް ލިބިގެންވެއެވެ. މިޢިބާރާތުން ވަރަށް ސާފުކޮށް އެން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަމާއި، ޢުމަރު ނަޞީރު ދިވެހިރައްޔިތުންގެ ޕާޓީގެ މެންބަރުކަމުން ވަކި ކުރުމުން، އެކަމުގައި ޢުމަރު ނަޞީރުގެ
ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެޙައްޤެއް ހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤަކީ
ޢުމަރު ނަޞީރުއަށް ފުރިހަމައަށް ލިބިގެންވާ ޙައްޤެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބަލާއިރު އެނގެން
އޮތް ކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ހުރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ހ) ދަށުން
ކޮންމެ މީހަކަށްމެ އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ
އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިދީފައި ވާއިރު، އަދި ޤާނޫނުއަސާސީގެ 43 ވަނަ
މާއްދާގެ (ނ) ގައި އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް
ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށް
އިންސާފު ހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު އަސާސީ ޙައްގެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާއިރު
އެއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި
ބަޔާންވެގެންވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށްވާއިރު އެފަދަ ޤާނޫނެއް ނެތި
އެޙައްޤުން މަހުރޫމް ވެފައިވާކަމަށް ނުބެލެވޭނެކަމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 302/HC
-
A/2009
ޤަޟިއްޔާ ގައިވެސް މިއުސޫލު ޤާއިމް ކުރައްވާފައިވާކަން އެގޭ ކަމެވެ.
eco<<
<< O
އެހެންކަމުން ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމުން އިސްތިއުނާފު ކުރެވިފައި
މިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން 16 ޖޫން 2011 ގައި
އިޖުރާއީގޮތުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަކަށް
ނުބެލެވެއެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެދަށުން
ކޮންމެ މީހަކަށްމެ އެމީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ
އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުލިބިދީ، އެޙައްޤު ކަށަވަރު ކޮށްދީފައިވާކަމާއި އަދި
ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި އިދާރީގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ
ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް
ލިބިގެންވާކަމަށް ޞަރީޙަކޮށް ބަޔާންކޮށް އިންސާފުހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު އަސާސީ
ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ ކަމާއި، އަދި މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނަކުން ކަމަށްވެސް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި
އެހެންނަމަވެސް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އިންސާފުހޯދުމަށް ޝަރީޢަތަށް ދިއުމުގެ
މިޙައްޤަކީ އެޙައްޤު ލިބިގަންނަ ފަރާތްތަކުން އެޙައްޤު ހަނިކުރުން އަމިއްލައަށް މަނާނުކުރެވޭފަދަ ގޮތަކަށް އޮތް
ޙައްޤެއް (unalianable right) އެއް ނޫންކަމާއި، އިންސާފުހޯދުމަށް ޝަރީޢަތަށް ދިއުމުގެ މުޙައްޤަކީ
އެޙައްޤުގެ ވަކިމިންވަރެއް، އެޙައްޤު ލިބިދެވޭ ފަރާތްތަކުން އަމިއްލައަށް ހަނިކުރުން ހުއްދަކުރެވޭ ފަދަ
(alianable right) ޙައްޤެއް ކަމާއި، މިހެންކަމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާފަދަ
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނެތްނަމަވެސް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި
ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިގެންވާ އިންސާފު ހޯދުމަށް ޝަރީޢަތަށް ދިއުމުގެ
ޙައްޤުން ވަކި މިންވަރުތަކެއް ހަނިކުރުމަކީ އެޙައްޤު ލިބިދެވޭ ފަރާތްތަކަށް އޮތް އިޚުތިޔާރެއްކަމުގައި ބެލެވެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
10
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22 22 22
(ނ) ދެވަނަކަމަކީ، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ
ޙައްޤަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއްކަމުގައި ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި
ބަޔާންވެގެން އޮންނައިރު، ކޮންމެ ރައްޔިތަކީ ސިޔާސީ ޕާޓީ ތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުން ލާޒިމު
މީހެއްކަމުގައި ޤާނޫނުއަސާސީންވެސް އަދި އެއްވެސް ޤާނޫނަކުންވެސް ކަނޑައަޅާފައި ނުވާކަމާއި،
ސިޔާސީޕާޓީއެއްގައި ބައިވެރިވުމާއި ނުވުމަކީ ކޮންމެ ރައްޔިތެއްގެމެ އިޚުތިޔާރަށް ދޫކޮށްލައިފައިވާކަމެއްކަމާއި
އަދި ސިޔާސީޕާޓީއަކަށް ވަނުމުގެ ކުރިން އެޕާޓީއަކަށް ވަންނަނީ އެޕާޓީގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް
ހިތުމަށް ތިމާ އަމިއްލަ އިޚުތިޔާރުގައި އިޤުރާރުވުމަށް ފަހުގައިކަމާއި މިހެން ކަމުން ސިޔާސީ ޕާޓީއަކަށް
ވަނުމަށްފަހު އެޕާޓީގެ ކަންކަމުގައި އެޕާޓީއެއްގެ އަސާސީ ޤަވާޢިދުތަކާއި ހިންގާ ޤަވާޢިދު ޕާޓީގެ މެންބަރުންގެ
މައްޗަށް ހިނގާނެކަމާއި، އަދި އެފަދަ ޕާޓީއެއްގެ އަސާސީ ޤަވާޢިދާއި ހިންގާ ޤަވާޢިދުގައި ހިމެނިގެންވާ
ކަންކަމަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނުންތަކުން މަނާނުކުރާ ކަމެއް ކަމުގައިވަނީ ނަމަ، އެޤަވާޢިދު ތަކުގައިވާ
ކަންކަމުގެ މައްޗަށް ފުރިހަމައަށް ތަބާވުން ޕާޓީގެ މެންބަރުންގެ މައްޗަށް ލާޒިމުވާނެކަން އެނގެއެވެ.
(ބ) ތިންވަނަކަމަކީ، ހުށައެޅިފައިވާ މިމައްސަލައިގައި ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ޙަވާލާދޭ
އެޕާޓީގެ އަސާސީޤަވާޢިދުގެ 21 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި އޮންނަނީ މިޤަވާޢިދުގެ ދަށުން
އެއްވެސް މެމްބަރަކާއި މެދު ސުލޫކީ ފިޔަވަޅު އެޅުމުން، އެފިޔަވަޅަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން
އިސްތިއުނާފުކުރުމުގެ ޙައްޤު އެމެންބަރަކަށް ލިބިގެންވެއެވެ." މިފަދައިން ކަމާއި، ދިވެހިރައްޔިތުންގެ ޕާޓީގެ
އަސާސީޤަވާޢިދުގެ މިމާއްދާއަށް ބަލާއިރު، މިމާއްދާގެ ބޭނުމަކީ ޕާޓީގެ ތެރޭގައި ހިނގާކަންކަމާއި ގުޅިގެން އެޅޭ
ސުލޫކީ ފިޔަވަޅުތަކުގެ މައްސަލަތައް ޕާޓީގެ އެތެރެއިން ޙައްލު ހޯދުމުގެ ނިޒާމެއް ޤާއިމުކުރުން ކަމާއި،
ޤާނޫނެއްގެ ނުވަތަ ޤަވާޢިދެއްގެ ދަށުން އަޅާފިޔަވަޅަކާ ގުޅިގެން އެފިޔަވަޅާމެދު ހިތްހަމަ
ނުޖެހޭނަމަ، ހިތްހަމަ ނުޖެހޭ ފަރާތަށް އިސްތިއުނާފުކުރުމުގެ ފުރުސަތު އެޤާނޫނަކުން ނުވަތަ ޤަމާވީތަކުން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
11
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެވިފައިވާނަމަ، ޝަރީޢަތަށް އެފަދަ މައްސަލައެއް ހުށައެޅުމުގެ ކުރިން އެކަމުގައި ޤާނޫނުން ނުވަތަ ޤަވާޢިދުން
ޤާއިމުކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކޮށްފައި މެނުވީ ޝަރީޢަތަށް މައްސަލަ ހުށަނޭޅޭ ގޮތަށް އޮތުމަކީ
އިންސާފުވެރި އުސޫލެއްކަމާއި، އަދި މިފަދަ އުސޫލެއް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި އޮތުމަކީ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި 43 ވަނަ މާއްދާގެ (ނ) ގައި ބުނާ އިންސާފުހޯދުމަށް
ޝަރީޢަތަށް ދިއުމުގެ ޙައްޤު މުޅިން މަޙުރޫމްކޮށްލުން ކަމުގައި ނުބެލެވޭކަމާއި، އަދި މިފަދަ އުސޫލެއް ޤާނޫނެއް
ނުވަތަ ޤަވާޢިދެއްގައި އޮވެއްޖެނަމަ، އެއުސޫލުން ކަންކުރުމަކީ އެޤާނޫނެއް ނުވަތަ ޤަވާޢިދެއް ހިނގާބައެއް
މައްޗަށް ލާޒިމުވާނެ ކަމެއްކަމުގައި ދެކެމެވެ.
202c22
2 22 22
(ރ) ހަތަރުވަނަކަމަކީ، އިސްވެފާހަގަކުރެވުނު ކަންކަން އެހެން ހުރިނަމަވެސް މިމައްސަލައާއި
ގުޅިގެން ފަނޑިޔާރު ޔޫސުފު ޙުސައިންވެސް ފާހަގަކުރައްވާފައިވާ ފަދައިން ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ
ޤަވާޢިދުގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ޢިބާރާތަށް ބެލުމުން ދިވެހިރައްޔިތުންގެ ޕާޓީގެ އަސާސީ ޤަވާޢިދުގެ
ދަށުން އެއްވެސް މެންބަރަކާމެދު ސުލޫކީ ފިޔަވަޅެއް އެޅުމުން އެކަމާއި ގުޅިގެން ޕާޓީގެ ތެރޭގައި
އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވަނީ ހަމައެކަނި ދިވެހިރައްޔިތުންގެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި
މީހުންގެ މައްޗަށް އެކަނި ކަން އެނގޭކަމާއި، ސުލޫކީ ފިޔަވަޅެއްގެ ގޮތުގައި ޕާޓީގެ މެންބަރަކު މެންބަރު ކަމުން
ވަކިކޮށް އެޕާޓީގެ ދަފްތަރުން އުނިކޮށްފިނަމަ، ދެން އެޕާޓީގެ އެތެރެއިން ޙައްލު ހޯދުމުގެ ޙައްޤު އެފަދަ
ފަރާތަކަށް ގެއްލުނީ ކަމުގައިބެލެވޭކަމާއި، ޕާޓީގެ އެތެރެއިން ޙައްލު ހޯދުމުގެ ޙައްޤު އެއްވެސް ސަބަބަކާއި ހުރެ
ގެއްލިއްޖެނަމަ އެފަދަ ފަރާތަކަށް ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި 43 ވަނަ މާއްދާގެ (ނ)
އިން ލިބިގެންވާ އިންސާފު ހޯދުމަށްޓަކައި މައްސަލަ ޝަރީޢަތަށް ހުށައެޅުމުގެ ޙައްޤު ލިބިދެވެންޖެހޭނެކަމާއި
މިމައްސަލައާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މިމައްސަލަ ސިވިލްކޯޓަށް
ހުށައެޅިއިރު ޢުމަރު ނަސީރުވަނީ ދިވެހިރައްޔިތުންގެ ޕާޓީން ވަކިކޮށް އެޕާޓީގެ ދަފްތަރުން އުނިކޮށްފައިކަމަށް
އޭނާބުނާކަމާއި، ޢުމަރު ނަސީރުގެ މިވާހަކައަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި ޚަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
12
2011/HC-A/165
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިހެން ކަމުން ޢުމަރު ނަސީރު ދިވެހިރައްޔިތުންގެ ޕާޓީން ވަކިކޮށް އެޕާޓީގެ ދަފްތަރުން އުނިކުރުމަށްފަހު
ދިވެހިރައްޔިތުންގެ ޕާޓީން ޢުމަރު ނަސީރު ވަކިކުރި ކުރުން ސައްޙަތޯ ބެލުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ
ތެރޭގައި އެކުލެވޭ އިސްތިއުނާފްކޮމެޓީ އަކަށް މައްސަލަ ހުށައެޅުމުގެ ޙައްޤު ޢުމަރު ނަސީރަށް ގެއްލިގެން
ގޮސްފައިވާ ކަމުގައި ބެލެވެން އޮންނަކަމާއި، މިސަބަބު މިހެން ހުރުމާއިއެކު ޢުމަރު ނަސީރު ދިވެހިރައްޔިތުންގެ
ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން ވަކިކުރިކުރީ އެޕާޓީގެ ޤަވާޢިދާއި ޚިލާފަށްކަމަށް ބުނެ އޭނާގެ ފަރާތުން ހުށައެޅި
މައްސަލައަކީ ސިވިލްކޯޓުން ބަލައި ކުރިއަށް ގެންދެވޭނެ މައްސަލައެއްކަން އެނގެއެވެ.
އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް ހުރުމުން އިސްތިއުނާފު ކުރެވިފައި
މިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/402 ޤަޟިއްޔާއާ ގުޅިގެން އެކޯޓުން 16 ޖޫން 2011 ގައި
އިޖުރާއީގޮތުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަކަށް
4 44 442
ނުވެއެވެ"
ދެންފަހެ، އިސްވެ ފާހަގަކުރެނު ސަބަބުތައް އެގޮތުގެ މަތީން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/402 ޤަޟިއްޔާ އާ ގުޅިގެން 16 ޖޫން 2011 ވަނަ ދުވަހު އެކޯޓުން އިޖްރާއީ ގޮތުން
ނިންމެވިގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ވިއަސް ޚިލާފުކަމަށް ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv