ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/132 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/132
سالمندان رازیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 132/HC
-
A/2007
*
، ދާއިމީ އެޑްރެސް:
ޤަ
• ނަން: ޢަލީ ޔާމީން
ރެޑްޕާލް
އައި.ޑީ.ކާޑް ނަންބަރ A073286
މިހާރުގެ އެޑްރެސް: ފ. ރެޑްޕާލް
* ވަކީލު: އޏ. ޖަޢުފަރު ރަޝީދު ހ. ސަލްސަބީލުގެ A072376)
ދަޢުވާލިބުނު ފަރާތް.
ނަން: ޢަބްދުﷲ ރަޝީދު
ރީގަލްގެ
އައި.ޑީ.ކާޑް ނަންބަރ: A103630
މިހާރުގެ އެޑްރެސް: ހ. ރީގަލްސް
ވަކީލު: އގ. އިބްރާހީމް ރިޝާ
، ކުޑަދަހަރާގެ (A077768)
ހުށަހެޅި ތާރީޚް: 24 ޖުމާދަލްއާޚިރު 1428
* ނިމުނު ތާރީޚް:21 ރަބީޢުލްއައްވަލް 1431
07 މާރޗް
09 ޖުލައި
2007
2010
• އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/MC/1832
• ނިންމެވި ފަރާތް: މަދަނީކޯޓު
.މައްސަލައިގެ ބާވަތް: އެގްރިމެންޓާއިގުޅޭ
• ހުށަހެޅި ތާރީޚް: 05.12.2006
ނިމުނު ތާރީޚް: 27.12.2006
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
*
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/132
• ދައުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރ 2006/MC/1832 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގ. ރެޑްޕާލް ޢަލީ ޔާމީންގެ ފަރާތުން ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
132/HC
-
A/2007 ޤަޟިއްޔާއެވެ.
ޢަލީ ޔާމީންގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހ. ރީގަލްގެ
ޢަބްދުﷲ ރަޝީދެވެ.
,
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2006/MC/1832 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް ޢަލީ ޔާމީނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާއި ބެހޭގޮތުން ދެފަރާތުން ދެއްކި
ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ގ. ރެޑް ޕާލް ޢަލީ ޔާމީނަށް ގ. ރެޑްޕާލް ބަހައިގެން ލިބިފައިވާ
19.159 އަކަމީޓަރުގެ ސަރަޙައްދުގައިވާ ޢިމާރާތް ދ. ރީގަލްގެ ޢަބްދުﷲ ރަޝީދު އަށް 15
އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާއިބެހޭގޮތުން މިދެފަރާތުގެ ދެމެދުގައި އެގްރިމެންޓެއް
ކުރެވިފައިވާކަމާއި، މި އެގްރިމެންޓުގެ 2 ވަނަ މާއްދާގައިވަނީ "މި ޢިމާރާތުގެ ކުލީގެ މުއްދަތަކީ 1
ނޮވެމްބަރ 2006 ދުވަހުން ފެށިގެން 15 އަހަރުދުވަހުގެ މުއްދަތެވެ. މި މުއްދަތުގެ ކުއްޔަކީ މީލާދީ
މަހަކަށް -/
3000ރ. (ތިންހާސް) ރުފިޔާގެ ރޭޓުން -/540000ރ. (ފަސްލައްކަ ސާޅީސްހާސް)
ރުފިޔާއެވެ. މިފައިސާވަނީ ކުއްޔަށް ދިންފަރާތުން 27 ސެޕްޓެމްބަރ 2006 ދުވަހާ ހަމައަށް
ococ
Ococ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/132
ލިބިފައެވެ. އެހެންކަމުން މި އެގްރިމެންޓުގެ މުއްދަތުގައި އިތުރު ކުއްޔެއް ދޭކަށް ނުޖެހޭނެއެވެ."
މިފަދައިންކަން އެނގެން އޮންނައޮތުން،
(ށ) އިސްވެ ބުނެވުނު އެގްރިމެންޓަކީ 3 އޮކްޓޯބަރ 2006 ދުވަހު ސޮއިކޮށް
މަދަނީކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ އެގްރިމެންޓެއް ކަމާއި އެ އެގްރިމެންޓުގައި ސޮއިކުރިއިރު
އަދި އެގްރިމެންޓް ރަޖިސްޓަރީކުރިއިރު އެގްރިމެންޓުގައި ޙަޤީޤަތާއި ޚިލާފު އެއްވެސް ވާހަކައެއް
އޮތްކަމަށް އެއްވެސް ފަރާތަކުން ބުނެ އިޢުތިރާޟުކޮށްފައި ނުވާކަމާއި އެއީ ދެފަރާތުގެ ރުހުމާއި
ޤަބޫލުގައި ކޯޓަށް ޙާޟިރުވެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ދެފަރާތުގެ އިލްތިޒާމުތަކާއި ޙައްޤުތައް
ބަޔާންކޮށް ދެފަރާތުން އެއްބަސްވާ ކަންތައްތައް ތަފްޞީލުކޮށް ލިޔެފައިވާ އެގްރިމެންޓެއްކަން އެނގެން
އޮންނަކަން.
(ނ) ޢަލީ ޔާމީނަށް -/500000 (ފަސްލައްކަ) ރުފިޔާ ނުލިބޭކަމަށް ބުނާއިރު ޢަލީ
ޔާމީނު އެފައިސާ ލިބިފައިވާކަމަށް އިޢުތިރާފްވެ އެގްރިމެންޓުގައި އެއްބަސްވެ ސޮއިކޮށްފައިވާހިނދު
އަދި މިފައިސާ ޢަލީ ޔާމީނަށް ލިބުނުކަމުގެ އިތުރު ތާއީދުކޮށްދޭ ވަކި ލިޔުމެއްވެސް އޮތްކަމާއި އެއީ
-/500000 (ފަސްލައްކަ) ރުފިޔާ ކުރިން ދެވިފައިވުމުން ބާކީ -/40000 (ސާޅީސްހާސް) ރުފިޔާ،
ޗެކުން ޢަލީ ޔާމީނު އާއި ޙަވާލުކުރި ލިއުމުގައި، ކުލީގެ -/540000 (ފަސްލައްކަ ސާޅީސްހާސް)
ރުފިޔާގެ ތެރެއިން ނަގުދު ފައިސާއިން -/500000 (ފަސްލައްކަ) ރުފިޔާ ޢަލީ ޔާމީނަށް ދީފައިވުމުން
ކުރިން މަދުވާ -/40000 (ސާޅީސްހާސް) ރުފިޔާކަން އެލިއުމުގައިލިޔެ އެލިޔުމުގެ ތިރީގައި، މަތީގައި
ބަޔާންކޮށްފައިވާ ޗެކް ޢަލީ ޔާމީނަށް ލިބިއްޖެކަމަށާއި އަދި މިޗެކުގައިވާ ފައިސާ ޢަލީ ޔާމީނަށް
ލިބުމުން ހ. ރީގަލްގޭ ޢަބްދުﷲ ރަޝީދުއަށް ގ. ރެޑްޕާލް އިން 15 އަހަރަށް އެގްރިމެންޓުކޮށް ޢަލީ
ޔާމީނު ކުއްޔަށްދިން ޢަލީ ޔާމީނުގެ ބަޔަށް ހ. ރީގަލްގޭ ޢަބްދުﷲ ރަޝީދު އެގްރިމެންޓުގެ
މުއްދަތުގައި އިތުރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުވާނެކަމަށް ސާފުކޮށް ލިޔެ އެލިއުމުގައި
ޢަލީ ޔާމީނު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި މިއީ ޢަލީ ޔާމީނުގެ ސޮއިކަމާއި އަދި
އިނގިލީގެ ނިޝާނުގެ ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުން ކަށަވަރު ވެފައިވުމުން ޢަލީ ޔާމީނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
04 4
އީމެއިލް [email protected]
ވެބް ސައިޓް: www.lhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/132
މިގޮތުން އިޢުތިރާފުގެ މައްޗަށް އިޢުތިރާފުވެފައިވާ ކަމަކާއިމެދު ޝަރުޢީ އަދި ޤާނޫނީގޮތުން
ޖަދަލުކުރެވޭނެ އަދި އެއަށް އިންކާރުކުރެވޭނެ ހަމައެއް އޮތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން.
ވީމާ މަދަނީކޯޓުގެ ނަންބަރު 2006/MC/1832 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަކަށް ބަލާނެ ތަނެއް އޮތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭތީ، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
(A
o ud
އަޙްމަދު ޝަރީފު ޢަލީ
ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު
އާދަމް މުޙައްމަދު އަބްގު
ޢަބްދު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv