ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/120 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ:120/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އިބްރާހީމް ތަންވީރު އަޙްމަދު
އައިޑީކާޑު ނަންބަރުA293959
*
.
ދާއިމީ އެޑްރެސް: އެބުގެ| · ހިތަދޫ
އެޑްރެސް: ޖަލު (މާލެ)
ވެ.
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
* ހުށަހެޅުނު ތާރީޚް: 12 މެއި 2011
ނިމުނު ތާރީޚް: 24 ނޮވެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
* ނަންބަރު2010/S2C/607
ނިންމެވި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
ނިންމެވި ތާރީޚް: 29 މާޗް 2011
މައްސަލަބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
C
ދަޢުވާގެ ޚުލާޞާ
މިއީ، .އްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S2C/607 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ހިތަދޫ އެބުގޭ އިބްރާހީމް ތަންވީރު އަޙްމަދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ކުރުމަށް
މި ޤާޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01 - އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S2C/607 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ހިތަދޫ އެބޫގޭ އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2292
ކުރުމަށް
--
02
ހ028
މައްޗަށް
- އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S2C/607 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު ، އެޤަޟިއްޔާއަކީ ސ. ހިތަދޫ އެބުގޭ އިބްރާހީމް ތަންވީރު
އަޙްމަދާއި، ސ. ހިތަދޫ ހަވާސާގޭގައި އުޅޭ ގދ. ފަރެސްމާތޮޑާ ކަންމަތީގޭ އަޙްމަދު ނާޞިޙުގެ
ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަ ނަންބަރާ ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ މާއްދާގެ
ދަށުން ޣައިރު ޤާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުގެ ދަޢުވާ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާ ،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދަޢުވާލިބޭ އިބްރާހީމް ތަންވީރު އަޙްމަދާއި އިބްރާހީމް ނާޞިޙު
ދަޢުވާއަށް އިންކާރުކުރިނަމަވެސް، މިމައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ސ. ހިތަދޫ
ހޮޅިރާޅުގޭ މުޙައްމަދު އިބްރާހީމާއި، ސ. ހިތަދޫ އުތުރުގޭ މަރްޔަމްދިއެ އާއި ސ. ހިތަދޫ ސުތުލިގޭ އިބްރާހީމް
ނިޘާމުގެ ބަހުން 2010 އޭޕްރީލް 14 ވަނަ ދުވަހުގެ 23:15 ހާއިރު، ގދ. ފަރެސްމާތޮޑާ ކަންމަތީގޭ އަޙްމަދު
ސ. ހިތަދޫ އެބޫ؟ އިބްރާހީމް ތަންވީރު އަޙްމަދާއި ހިތަދޫ އަޔާދީގޭ ސައިފުﷲ އިބްރާހީމާ
އަދިވެސް އިތުރު މީހުންނާއެކު ގްރޫޕް ހަދައިގެން ދަގަނޑު ހޮޅިބުރިތަކާއި ލަކުޑިބެރިތަކެއް ހިފައިގެން އެ ސް
ވަމުންގޮސް
ހިތަދޫ އުތުރުގެއާގޭ ދޮރުފަތުގައި ފައިންތަޅައި، ދޮރުފަތުގައި
02c
ހ22 292&2
ނާޞިޙާއި
.މ0x ތ 02 ތ 30
0
x
0
އަޑުހަރުކޮށް ހަޅޭއްލަވަމުންގޮސް *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
ހ22
ހަރުކޮށްފައިހުރި ތަންޑު ހަލާކުކޮށްލައިގެން ދޮރުހުޅުވިތަން ދުށްކަމަށާއި، އަދި އެގްރޫޕުގެ ތެރެއިން އުތުރުގެއާގޭ
ގޯތިތެރެއަށް ލަކުޑިބެރިތަކާއި ދަގަނޑު ހޮޅިބުރިތަކާއި ގާތައް އުކަނިކޮށް ފެނިފައިވާކަމަށާއި، އަދި އެގްރޫޕުގެ
މީހުން އެގެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާކަމާއި، އެގޭގައި އެވަގުތު ހުރި ސ. ހިތަދޫ އަލީބޮޚާރީގޭ
އިބްރާހީމް ޙަސަނާ ދިމާކޮށްފައިވާކަން އެނގޭތީ ޣައިރު ޤާނޫނީއެއްވުމަކުން އަމަންނަގާލުމުގެ ކުށް ދަޢުވާލިބޭ
ގދ. ފަރެސްމާތޮޑާ ކަންމަތީ އަޙްމަދު ނާޞިޙާއި
އިބްރާހީމް ތަންވީރު އަޙްމަދުގެ މައްޗަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3
ވަނަ ނަންބަރާ ހަވާލާދީ، ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ މާއްދާގެ ދަށުން އެދެމީހުންކުރެ ކޮންމެ މީހަކު 2 (ދޭއް)
އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރައްވައިކަން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެއެވެ.
2292
03
- އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S2C/607 ޤަޟިއްޔާ، އެކޯޓުން
ބައްލަވައި، ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް
ހިތަދޫ އެބޫގޭ
އިބްރާހީމް ތަންވީރު އަޙްމަދު ގެ ފަރާތުން މައިގަނޑު 4 (ހަތަރެއް)
ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
OXL
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލައިގައި ހެކިބަސް ދީފައިވާ އެކި ފަރާތްތަކުން ބޮޑެތި
ޚިލާފުތައް ހިމެނޭގޮތަށް ހެކިބަސް ދީފައިވާއިރު، މިމައްސަލައިގެ ދިފާޢުގައި އިބްރާހީމް ތަންވީރު އަޙްމަދު
ހުށަހަޅަން އެދިފައިވާ އެއްވެސް ހެއްކެއް ޝަރީޢަތަށް ޙާޟިރުކުރުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލައިގައި
ޙާޟިރުކުރައްވާފައިވަނީ ހަމައެކަނި ދަޢުވާކުރާ ފަރާތުން ޙާޟިރުކުރަން އެދިފައިވާ ހެކިންކަމަށާއި ، ހެކިންގެ
ގޮތުގައި ޙާޟިރުކުރައްވާފައިވަނީ އަނިޔާލިބުނު ސ. ހިތަދޫ އަލީބޮޚާރީގޭ އިބްރާހީމް ޙަސަން ފިޔަވައި،
ހިތަދޫ ހޮޅިރާޅުގޭ މުޙައްމަދު އިބްރާހީމާއި، އެރަށު އުތުރުގޭ މަރިޔަމް ދިޔައާއި، އެރަށު ސުތުލިގޭ
އިބްރާހީމް ނިޒާމްކަމަށާއި، އެތިން މީހުންނަކީވެސް އަނިޔާލިބުނު ފަރާތާއި ގާތްތިމާގެ ކަމުގެ ގޮތުން ގުޅިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2011}HC-A/120
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލަ
ބަޔަކަށްވާއިރު، އާއިލީގޮތުން ތިމާގެ ބަޔަކުދޭ ފުށުއެރުންތައްހުރި ހެކިބަސްތަކަށް ބައްލަވައި
ނިންމަވާފައިވާ ކަމަށްބުނެ
އެބުނެ ހުށަހެޅި ނުކުތާ
2 22 22
(ނ) ތިންވަނަ ނުކުތާއަކީ: މިމައްސަލާގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުން މިމައްސަލާގައި
ދަޢުވާކޮށްފައިވާ ކުށުގެ ޢަމަލާއި ނިޔަތް އިބްރާހީމް ތަންވީރު އަޙްމަދުގެ އޮތްކަން އެކަށީގެންވާ މިންވަރުގެ
ޝައްކެއްނެތް މިންވަރަށް ސާބިތުކޮށް ނުދެވޭކަން ފެންނަން އޮތްއިރު، އަދި ޖިނާއީ މައްސަލައެއް ސާބިތުވާނީ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް
މިންވަރަށް ކުށުގެ ޢަމަލާއި ނިޔަތް ސާބިތުކޮށް ދިނުމުންކަމަށްވާއިރު، އެކަންކަމަށް ރިޢާޔަތް ކުރެއްވުމެއް
ޤާނޫނުއަސާސީގެ 51 ވަނަމާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ: ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ މާއްދާގެ ދަށުން އެތަކެއް
އަދަބުތަކެއް ކަނޑައެޅިފައިވާއިރު، އަދި އެއަދަބުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި އަރުވާލުމާއި ޖަލަށްލުން
ހިމެނޭއިރު، އިބްރާހީމް ތަންވީރު އަޙްމަދުގެ މައްޗަށް މިފަދަ ކުށެއްގެ ދަޢުވާ އުފުލުނު މިއީ ފުރަތަމަ
ފަހަރުކަމަށްވާއިރުވެސް އެކަންކަމަށް ނުބައްލަވައި، ޢަދުލު އިންސާފުގެ ހަމަތަކާއި ޚިލާފަށް ޤާނޫނުގައި
ކަޑައަޅާފައިވާ އެންމެ ބޮޑުއަދަބު ކަނޑައަޅުއްވައި، އިބްރާހީމް ތަންވީރު އަޙްމަދު 2 (ދޭއް) އަހަރު ދުވަހަށް
ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
82c 0 0
04- އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/S2C/607 ޤަޟިއްޔާ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: b16471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
2x 2 0
(ހ) ފުރަތަމަ ކަމަކީ: އިބްރާހީމް ތަންވީރު އަޙްމަދު ގެ މައްޗަށް ޣައިރުޤާނޫނީއެއްވުމަކުން
އަމަންނަގާލުމުގެ ކުށުގެ ދަޢުވާ ކުރެވިފައިވަނީ، އޭނާއާއި ސ. ހިތަދޫ ހަވާސާގޭގައި އުޅޭ ފަރެސްމާތޮޑާ
ކަންމަތީގޭ އަޙްމަދު ނާޞިޙު އިތުރު ބަޔަކާއެކު، 14 އޭޕްރީލް 2010 ދުވަހުގެ 23:15 އެހައިކަށްހައިއިރު،
ލަކުޑިބެރިތަކާއި، ދަގަނޑުބުރިތަކާއި، ގޮހޮރުފިލާތައް ހިފައިގެން ސ. ހިތަދޫ އުތުރުގެއާގެ ކައިރިއަށްގޮސް
އިބްރާހީމް ތަންވީރު އަޙްމަދާއި އަޙްމަދު ނާޞިޙު، ސ. ހިތަދޫ އަލީބޮޚާރީގޭ އިބްރާހީމް ޙަސަނުގެ ގައިގާ
ހިފަހައްޓައިގެން ތިއްބާ ސ. ހިތަދޫ އަޔާދީގޭ ސައިފުﷲ އިބްރާހީމް، އިބްރާހީމް ޙަސަނުގެ ބޮލުގައި
ދަނޑިބުރިއަކުން ޖަހާފައިވާތީކަން ދައުލަތުން އިބްރާހީމް ތަންވީރު އަޙްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ
ޞީޣާއިން އެނގެން އޮންނައިރު،
ޖީ
OLC
އޭނާގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ
46 ވަނަ މާއްދާގެ 3 ވަނަ ނަންބަރާ ހަވާލާދީ
ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ މާއްދާގެ ދަށުން ޣައިރުޤާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ، މައްސަލާގައި ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ސ. ހިތަދޫ ހޮޅިރާޅުގޭ މުޙައްމަދު
އިބްރާހީމާއި، ސ. ހިތަދޫ އުތުރުގޭ މަރްޔަމްދިއެ އާއި ހިތަދޫ ސުތުލިގޭ އިބްރާހީމް ނިޘާމުގެ ބަހުން
2010 އޭޕްރީލް 14 ވަނަ ދުވަހުގެ 23:15 ހާއިރު، ގދ. ފަރެސްމާތޮޑާ ކަންމަތީގޭ އަޙްމަދު ނާޞިޙާއި
ސ. ހިތަދޫ އެބުގޭ އިބްރާހީމް ތަންވީރު އަޙްމަދާއި ސ. ހިތަދޫ އަޔާދީގޭ ސައިފުﷲ އިބްރާހީމާއި އިތުރު މީހުން
ގްރޫޕް ހަދައިގެން ދަގަނޑު ހޮޅިބުރިތަކާއި ލަކުޑިބުރިތަކެއް ހިފައިގެން ތިބެ އަޑުހަރުކޮށް ހަޅޭއްލަވަމުން
ސ. ހިތަދޫ އުތުރުގެއާގޭ ގެ ދޮރުފަތުގައި ފައިންތަޅައި، ދޮރުފަތުގައި ހަރުކޮށްފައިހުރި ތަންޑު ހަލާކުކޮށްލައިގެން
ދޮރުހުޅުވިތަން ދުށްކަމަށާއި، އަދި އުތުރުގެއާގޭ ގޯތިތެރެއަށް ލަކުޑިބެރިތަކާއި ދަގަނޑު ހޮޅިބުރިތަކާއި ގާތައް
އުކަނިކޮށް ފެނިފައިވާކަމަށާއި، އަދި އެގްރޫޕުގެ މީހުން އެގެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާކަމާއި އަދި
އެގްރޫޕުގެ މީހުން އެގޭގައި އެވަގުތު ހުރި ސ. ހިތަދޫ އަލީބޮޚާރީގޭ އިބްރާހީމް ޙަސަން ދިމާކޮށްފައިވާކަން
އެނގޭތީ އިބްރާހީމް ތަންވީރު އަޙްމަދު ޣައިރުޤާނޫނީ އެއްވުމަކުން އަމަންނަގާލާފައިވާކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ސާބިތުވާތީކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނަކަމެވެ.
02
(ށ) ދެވަނަ ކަމަކީ: ހެކިބަސް ދޭ މީހާގެ ހެކިބަހުގައި ތުހުމަތު އުފެދޭފަދަ ގާތް ތިމާގެކަންހުރި
މީހުން، އެމީހުންނާ އެއްކޮޅަށް ދޭހެކިބަސް އާންމު އުސޫލެއްގެ ގޮތުން ހެކިބަހުގެ ދަރަޖައިގައި ޤަބޫލު
ނުކުރެވުނު ކަމުގައިވީނަމަވެސް، އެމީހުންގެ ބަސް ޤަރީނާގެ ދަރަޖައިގައި ޝަރީޢަތުން ބަލައި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން:3325029، ފެކްސް: 331471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
1
ދިވެހިރާއްޖެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
އާއިލީގޮތުން ގާތް ތިމާގެ މީހުން އެމީހުންގެ ގާތްތިމާގެ މީހަކާ އެއްކޮޅަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާބަސް
ބަލައިގަތުމަށް އިސްލާމީ ޝަރުޢީ އުޞޫލުތަކުގައި ކަނޑައަޅުއްވާފައިވާ ހަމަތަކާއި މިންގަނޑުތަކާއި
ތަޢާރުޒުވާކަމެއްނޫންކަމާއި، މިމައްސަލައިގެ ހާދިސާ ހިންގާފައިވާ ތަނާއި ވަގުތާއި ހާލަތަށް ބަލާއިރު،
މިމައްސަލައިގެ ހާދިސާ ހިނގާފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި، މީހުން ދިރިއުޅޭ ގެއެއްގެ
ތެރޭގައި، އެގޭމީހުން ރޭގަނޑުގެ ހަމަހިމޭންކަމުގައި ތިއްބައިކަމަށްވެފައި، އެފަދަ ހާލަތުގައި އެހާދިސާ އެންމެ
ގާތުން ދެކި، އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނޭ ބަޔަކަށް ތިބޭނީ އެގޭގައި ތިބި މީހުން ކަމީ،
އެކަމާމެދު ދެބަސްވެވެންނެތް ޙަޤީޤަތެއްކަމާއި، މިމައްސަލާގައި ހެކިބަސްދީފައިވާ މީހުންގެ ހެކިބަހަށް ބަލާއިރު،
އެމީހުންގެ ހެކިބަހުގައި ތުހުމަތު އުފެދޭފަދަ ފުށުއެރުމެއް ނުވަތަ ތަޢާރުޟުވުމެއް އޮތްކަމަށް ޝަރީޢަތަށް
ފާހަގަނުކުރެވޭކަމާއި، ހެކިބަސްދީފައިވާ ކޮންމެ މީހަކުވެސް ހެކިބަސް އަދާކޮށްފައިވަނީ އެހާދިސާ ހިނގާދިޔަގޮތް
އެމީހަކަށް ފެނުނު މިންވަރަކަށްކަމާއި، އެމީސޯމީހުނާ އެހާދިސާހިނގި އިރު ތިބިތަނާއި ޙާލަތާއި އެހާދިސާ ހިނގި
ވަގުތު އަމަލުކޮށްފައިވާ ގޮތުން އެހާދިސާ ހިނގިގޮތް ފެނުން ނުވަތަ އެނގިފައިވުމުގައި އެކި އެމީހުން
ތަފާތުވުމަކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމެވެ.
4 44 04
(ނ) ތިންވަނަ ކަމަކީ: އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން ހުށަހެޅުމަށް އެދިފައިވާ
އެއްވެސް ހެއްކަކު ހާޟިރުކުރުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން 17 ފެބުރުއަރީ 2011 ގައި
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، އިބްރާހީމް
ތަންވީރު އަޙްމަދުގެ މައްޗަށް ދަޢުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާއާގުޅިގެން އޭނާ ސ. ހިތަދޫ ޕޮލިސް
ސްޓޭޝަނަށް ބަޔާނެއް ދީފައިވާނެކަމަށާއި އެބަޔާނުގައިވާނީ އޭނާގެ ސޮޔާއި އިގިލީގެ ނިޝާންކަމަށާއި ، އޭގެ
އިތުރަށް މައްސަލައާ ގުޅިގެން ދައްކާނެ ވާހަކައެއް ނެތްކަމަށްބުނެފައި އޮންނަކަމާއި، އަދި 24 މާޗް 2011
ގައި ދީފައިވާ ބަޔާނުގައިވަނީ، މިމައްސަލާގައި ޤާނޫނީވަކީލަކު ހޯދުމުގެ ފުރުސަތު ދީފައިވީނަމަވެސް އެކަން
ކޮށްފައިނުވާނެކަމަށް ބުނެފައިވުމުން، މިއިން އެއްވެސް ބަޔާނެއްގައި އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން
ހެކިން ޙާޟިރުކޮށް ދިނުމަށް އެދިފައިވާކަން އެނގެންނެތްއިރު، އަދި އެފަދައިން ދެކިން ޙާޟިރުކޮށް ދިނުމަށް
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާނެކަމަށް އިބްރާހީމް ތަންވީރު އަޙްމަދުގެ ފަރާތުން ބުނާ
ބުނުން ފިޔަވައި، އެކަން ސާބިތުކޮށް ދެވޭވަރުގެ ހެއްކެއް އަދި ޤަރީނާއެއްވިޔަސް އިބްރާހީމް ތަންވީރު އަޙްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައި ނުވާކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 39187
އީމެއިލް [email protected]ވެބްސައިޓް: ww.highcourt.gov.mv//
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
ouc
(ށ) ހަތަރުވަނަ ކަމަކީ: ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާކަމަށް ޝަރީޢަތުން
ކަނޑައެޅޭނީ ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތް މިންވަރަށް އެމީހަކު ކުނެއްކޮށްފައިވާކަން ސާބިތުކޮށް ދިނުމުންކަމަށްވާއިރު، މިމައްސަލާގައި
ހެކިބަސްދީފައިވާ ހެކިންގެ ހެކިބަހުންނާއި އަނިޔާލިބުނު ފަރާތުގެ ބަހުން އިބްރާހީމް ތަންވީރު އަޙްމަދު އިތުރު
ބަޔަކާއެކު ގްރޫޕް ހަދައިގެން 14 އޭޕްރީލް 2010 ދުވަހުގެ ރޭގެ 23:15 އެހައިކަށްހައިއިރު، ދަގަނޑު
ހޮޅިބުރިތަކާއި ލަކުޑިބެރިތަކެއް ހިފައިގެން ތިބެ އަޑުހަރުކޮށް ހަޅޭއްލަވަމުން ގޮސް ސ. ހިތަދޫ އުތުރުގެއާގޭގެ
ދޮރުފަތުގައި ފައިންތަޅައި، ދޮރުފަތުގައި ހަރުކޮށްފައިހުރި ތަންޑު ހަލާކުކޮށްލައިގެން ދޮރުހުޅުވާފައިވާކަމާއި، އަދި
އެގްރޫޕުގެ މީހުން އުތުރުގެއާގޭ ގޯތިތެރެއަށް ލަކުޑިބެރިތަކާއި ދަގަނޑު ހޮޅިބުރިތަކާއި ގާތައް އުކާފައިވާކަމާއި،
އެގެއަށް ވަދެ ހަމަނުޖެހުން ހިންގާފައިވާކަމާއި އަދި އެގްރޫޕުގެ މީހުން އެގޭތެރޭގައި އެވަގުތު ހުރި ހިތަދޫ
އަލީބޮޚާރީގޭ އިބްރާހީމް ޙަސަނާ ދިމާކޮށް އޭނާގެ ބޮލުގައި ދަގަނޑުބުރިއަކުން ޖަހައި އޭނާގެ ބޯ ފަޅާލާފައިވާކަން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް މިންވަރަށް ސާބިތުވާން އޮންނަކަމެވެ.
422ހ
2
ސ. ހިނދު
2
0 ދވތ
0944ހނވާ
4
(ބ) ފަސްވަނަ ކަމަކީ: ޤާނޫނުލްޢުޤޫބާތުގެ 46 ވަނަމާއްދާއަކީ، ބައެއްގެ ޢަމަލު ޣައިރުޤާނޫނީ
ގޮތާއި ހާލަތުތައް ބަޔާންކުރާ މާއްދާއެއްކަމާއި، އެމާއްދާގައިވާ ގޮތުން، ތިންމީހަކު ނުވަތަ
އެއަށްވުރެ ގިނަ ބައެއްގެ އެއްވުމެއް ޣައިރުޤާނޫނީ އެއްވުމަކަށްވާނީ އެމާއްދާގެ 1 ވަނަ ނަންބަރުން ފެށިގެން 6
ވަނަ ނަންބަރަށް ބަޔާންކޮ
ޔާންކޮށްފައިވާފަދަ ކަމެއް އެއެއްވުމުގެ މަޤްޞަދުކަމުގައިވާނަމަކަން އެމާއްދާއަށް ބެލުމުން
އެނގެން އޮންނައިރު، އެމާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ ، އެއްވެސް މީހެއްގެ މިލްކަކަށް
ނުވަތަ ނަފްސަކަށް އެއްވެސް މާނައެއްގެ ހަލާކެއް، އުނިކަމެއް، ޖެއްސުމެއް ނުވަތަ ރުޅިވެރިކަމެއް
މެދުވެރިކުރުމާއި، ޤަޞްބުން އަތްލުން، ގަޔަށްއެރުން، ނުވަތަ މިނޫންވެސް ކުށެއް ކުރުންކަމާއި، އެނަންބަރުގައި
"ނަފްސު" މިބަސް މާނަކޮށްފައިވަނީ، ފުރާނައާއި، ހަށިގަނޑާއި ހިއްސުތައް ހިމެނޭގޮތަށްކަން އެމާއްދާއަށް
ބެލުމުން އެނގެން އޮންނަކަމާއި، ޣައިރު ޤާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުން ކުށްވެރިވެއްޖެ މީހަކަށް 1
(އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 2 (ދޭއް) އަހަރާއި 8
(އަށެއް) އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ 4000.00 (ހަތަރުހާސް) އަށްވުރެ ގިނަނޫން
އަދަދެއްގެ ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު، ޤާނޫނުލްޢުޤޫބާތުގެ 50 ވަނަ މާއްދާއިން ލިބިދީފައި އޮންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325,029، ފެކްސް:25161
އީމެއިލް: [email protected]ވެބްސައިޓް:
www.highcourt.gov.mv/
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/12{
!ދެންފަހެ، އިސްވެ ބަޔާންކުރެވުނު ހިދތައް އެގ.254
22x2 ދ
ހ22
ޙުކުމް
OU OO
ހުރުމުން،
ޤަޟިއްޔާގައި
އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/S2C/607
އިބްރާހީމް ތަންވީރު އަޙްމަދުގެ މައްޗަށް
ނޫނުލްޢުޤޫބާތުގެ 46 ވަނަ މާއްދާގެ 3 ވަނަނަންބަރާ ހަވާލާދީ ޤާނޫނުލްޢުޤޫބާތުގެ 50 ވަނަމާއްދާގެ ދަށުން
ޣައިރު ޤާނޫނީއެއްވުމަކުން އަމަންނަގާލުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އިބްރާހީމް
ތަންވީރު އަޙްމަދު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މިޤްޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv