ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/28 ޤަޟިއްޔާގެ ޙުކުމް
1
2{10/HC-A/22
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އެހެން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 28/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢާއިޝަތު ޢަބްދު
އައިޑީ ކާޑު ނަންބަރު: A058664
* ދާއިމީ އެޑްރެސް: މ.މ.ދ. ދަފްތަރު ނަންބަރު 1667
| އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ވަކީލުޑް އޒް. ޙަސަން ޝަފީޤް
ދާއިމީ އެޑްރެސް: ނިވައިދަށުގެ ސ.ހިތަދޫ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ރަބީޢުލްއައްވަލް 1431
16 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 04 މުޙައްރަމް 1435
29 ނޮވެމްބަރު 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1751
ޤަޟިއްޔާގެ ބާވަތް: ފްލެޓް ކެންސަލްކޮށްފައިވާތީ
• ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 23 ޖުލައި 2009
ނިމުނު ތާރީޚް: 18 ޑިސެމްބަރު 2009
*
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{10/HC-A/28
ޤަޟިއްޔާ ނިމުނު ގޮތު
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ
1751MC/2009
ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ޢާއިޝަތު ޢަބްދުﷲ،
މ.މ.ދ. ދަފްތަރު ނަންބަރު 1667 (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A058664) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 793
/
2008-C) އެވެ.
ފާހަގަކުރެވުނު ނުކުތާތަ
:
2c
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1051 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، އޭރުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެއިން ދޫކުރަމުންދިޔަ
ފްލެޓްތަކުގެ ތެރެއިން 3 ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގުރުއަތުން ހޮވުމަށްފަހު،
ހޯރަފުށިން ޢާއިޝަތު ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 2986 އަކަފޫޓުގެ ބިން
ސަރުކާރަށް ދޫކޮށްލުމުގެ ފުރުޞަތު ނުދީ، B ކެޓަގަރީން ގުރުއަތުން ހޮވުނު ހޮވުން ބާޠިލުކޮށްފައިވާތީ،
ހުޅުމާލެއިން ގުރުއަތުން ލިބިފައިވާ 2 (ދޭއް) ކޮޓަރީގެ ފްލެޓް ޢާއިޝަތު ޢަބްދުﷲ އަށް ލިބިދިނުންއެދި،
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ޢާއިޝަތު ޢަބްދުﷲ ދަޢުވާކުރުމުން މަދަނީ
ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދަފްތަރު ނަންބަރު 1667
(މއ. އަންދާސީގެ/ މާލެ) ޢާއިޝަތު ޢަބްދުﷲ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.
ސީ.) ޕލކ ގެ މައްޗަށް ހުށަހެޅި މިމައްސަލާގައި 2008 ވަނަ އަހަރު އެޗް. ޑީ. ސީ. ޕީލކ އިން
ވިއްކުމަށް ހުޅުވާލި 488 ފްލެޓަށް ކުރިމަތިލިއިރު ހުށަހަޅާފައިވާ ފޯމުގެ 8.2 ވަނަ މާއްދާއަށް ދީފައިވާ
މަޢުލޫމާތަކީ މަޢުލޫމާތެއް ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ، ހުށަހަޅާފައިވާ
ފޯމުގައި ޞައްޙަނޫން މަޢުލޫމާތެއް ދީފިނަމަ ފޯމް ބާޠިލްވާނެކަން ބަޔާންކޮށްފައިވުމާއެކު، ދިން މަޢުލޫމާތަކީ
ޞައްޙަ މަޢުލޫމާތަކަށް ނުވުމު
ވުމުގެ ސަބަބުން އެޗް. ޑީ. ސީ. ޕީލކ އިން ކަނޑައަޅާފައިވާ އުޞޫލާއި
އެއްގޮތަށް ޢާއިޝަތު ޢަބްދުﷲ އަށް ލިބުނު ފްލެޓް އެޗް. ޑީ. ސީ. ޕީލކ އިން ބާޠިލްކޮށްފައިވާarގެ މަކީ
ހމިމީދޫ ހ
ޞައްޙަ
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{010/HC-A/28
4
އި"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޑީ. ސީ. ޕީލކ އިން މިނިންމި ނިންމުން ބާޠިލްކޮށް، އާއިޝަތު ޢަބްދުﷲ އަށް ލިބުނު ފްލެޓް
ޙަވާލު ކުރުމަށް އެޗް. އަށް އަންގާނެތަނެއް ނެތްކަމަށް ދަފްތަރު ނަންބަރު 1667 ޢާއިޝަތު
ޢަބްދުﷲ އަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން
އޮންނަކަމެވެ.
4 22
2. މަދަނީ ކޯޓުގެ ނަންބަރު 2009/MC/1051 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޢަލީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި މައިގަނޑު 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޢާއިޝަތު ޢަބްދުﷲ ފްލެޓަށް އެދި ފޯމު ލާފައިވަނީ 2008
ސެޕްޓެމްބަރ މަހުގައިކަން އާއިޝަތު ޢަބްދުﷲ ހުޅުމާލެ ޑިވެލޮޕްމަ
ލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ.) އަށް
ހުށަހެޅި ފޯމުން އެނގެން އޮތްކަމާއި އަދި އެފޯމު ހުށަހެޅި ތާރީޙާއި މެދުގައި އެޗް.ޑީ.ސީ. އިންވެސް
އިޢްތިފާޤް ވެފައިވާކަމާއި، އަދި އެޗް.ޑީ.ސީ. އިން ގުރުއަތު ނަގާފައިވަނީ 04 ފެބްރުއަރީ 2009 ގައި
ކަމަށް ދެފަރާތުންވެސް އިއްތިފާޤުވެފައިވާކަމާއި، އާއިޝަތު އަބްދުﷲއަށް
ހޯރަފުށިން ގޯއްޗެއް
ލިބިފައިވަނީ 2009 ފެބްރުއަރީ 16 ވަނަ ދުވަހުކަން ޝަރީޢަތަށް ހުށަހެޅި ރަސްމީ ލިޔުންތަކުން (ގޯތީގެ
ރަޖިސްޓްރީން) ސާބިތުވާކަމާއި، އެހެންކަމުން އެޗް.ޑީ.ސީ. އިން 2009 ވަނަ އަހަރު ކުރި އިޢުލާންއާ
ގުޅިގެން އާއިޝަތު ޢަބްދުﷲ ފްލެޓަށް ފޯމު ލާފައިވާއިރު އެފޯމުގެ 8.2 ވަނަ ނަންބަރުގައި އާއިޝަތު
ޢަބްދުﷲ ދޭނެ މަޢުލޫމާތެއް ނެތްކަމަށް ޤާނޫނީގޮތުން އެކަމާއި ގުޅޭ ލިޔުންތަކުން ސާބިތުވާއިރު، ފޯމުގެ
8.2 ގައި ނުބައި މަޢުލޫމާތެއް ދިނުމުގެ ސަބަބުން ފޯމު ބާޠިލް ކުރީކަމުގައި އެޗް.ޑީ.ސީ. އަށް ބުނެވެން
ނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، އެޗް.ޑީ.ސީ. ގެ ފަރާތުން ފްލެޓް (ގުރުއަތުން ހޮވުނު ހޮވުން)
ކެންސަލްކޮށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ޢާއިޝަތު ޢަބްދުﷲއަށް ފޮނުވާފައިވާ
2009
/
397/HDC
(
161
)
-EM
/
PRV ނަންބަރު ސިޓީގައި 2008 ސެޕްޓެމްބަރު 08 ވަނަ ދުވަހު
އެޗް.ޑީ.ސީ އަށް ފޯމުލިއިރުގައި އާއިޝަތު ޢަބްދުﷲގެ ނަމުގައި ހއ. ހޯރަފުށިން "ޒޭވަރު" ނަމަކަށްކިޔާ
ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައިވާކަމަށް ބަޔާންކުރައްވާފައިވާތީ އާއިޝަތު ޢަބްދުﷲ ގެ ޝަރުތު
ހަމަނުވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބަޔާންކޮށްފައިވާކަމާއި، އެހެންނަމަވެސް
2008 ސެޕްޓެމްބަރު 08
ގައި ޢާއިޝަތު ޢަބްދުﷲގެ ނަމުގައި
41 ވ 12]
ހޯރަފުށި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3316471 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2013/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ރަޖިސްޓްރީވެފައި ނުވާނޭކަން 16 ފެބްރުއަރީ 2009 ގައި ހއ. އަތޮޅު އޮފީހުން ޢާއިޝަތު އަބްދުﷲއަށް
ދޫކޮށްފައިވާ 569 ނަންބަރު ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން ސާފުކޮށް އެނގޭކަމާއި، އެކަން
ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
ނުކުރަ.
oxc
ތިންވަނަ ނުކުތާއަކީ، އެޗް.ޑީ.ސީ. އަށް ފޯމުލީއިރު ޢާއިޝަތު ޢަބްދުﷲގެ
ނަމުގައި ގޯއްޗެއް ނެތްކަމާއި އަދި ގުރުއަތު ނެގިއިރުވެސް އާއިޝަތު ޢަބްދުﷲގެ ނަމުގައި ގޯއްޗެއް
ނެތްކަމާއި އާއިޝަތު ޢަބްދުﷲ އަށް ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވަނީ ގުރުއަތުނެގި އިޢްލާން
ކުރުމަށްފަހުގައިކަމާއި، އެޗް.ޑީ.ސީ. އިން ކަނޑައެޅި އުސޫލުގައި ބަލާފައިވަނީ ފްލެޓަށް ފޯމުލީ ތާރީޙުގައި
އެމީހާގެ ޙާލަތު ކަމުގައިވާއިރު، އޭގެ ފަހުގެ ތާރީއެއްގައި އެމީހާގެ ޙާލަތައް ބަދަލު އައުމަކުން ފްލެޓަށް
އެދި ލާފައިވާ ފޯމުގައިވާ މަޢުލޫމާތަށް އެއްވެސް އުނިކަމެއް ނުވަތަ ބަދަލެއް ނާންނާނެކަމާއި އަދި މިފަދަ
ގޮތަކަށް މީހާގެ ޙާލަތު ބަދަލުވުމުން އެޗް.ޑީ.ސީ. އިން އެއްވެސް ޝަކުވާއެއް ރާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، މައްސަލައިގައި ދަށު ކޯޓުގައި ޝަރީޢަތް ހިނގަމުން ދިޔަ
އިރުގައި މިގޯއްޗާމެދު ކަންވެދިޔަގޮތް 2009 އޮކްޓޯބަރ 13 ވަނަ ދުވަހު ހުށަހެޅި ބަޔާނުގައި
ތަފްޞީލްކޮށް ބަޔާންކޮށްފައިވާތީ އެޗް.ޑީ.ސީ. އަށް ޢަމަލު ކުރެވިފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށް
އަދި 2008 ސެޕްޓެމްބަރ 08 ވަނަ ދުވަހު އެއްވެސް ބިމެއް އާއިޝަތު އަބްދުﷲގެ ނަމުގައި ނެތްކަން
2009 އޮކްޓޯބަރ 13 ވަނަ ދުވަހު ޝަރީޢަތަށް ހުށަހެޅި ބަޔާނުން އެނގިގެން ހިނގައްޖެކަމަށާއި އަދި
އެދުވަހު ޝަރީޢަތަށް ހުށަހެޅި މަޢުލޫމާތު އެޗް.ޑީ.ސީ އަށް ކުރިން ލިބުނުނަމަ ޝަރީޢަތަށް
އަންނަންޖެހޭވަރުގެ މައްސަލައެއްވެސް މިކަމުގައި ނެތްކަމަށާއި ޢާއިޝަތު ޢަބްދުﷲގެ ފަރާތުން ކޮށްފައިވާ
ދަޢުވާއަކީ ޙައްޤު ދަޢުވާއެއްކަމުގައިވާތީ 2009 އޮކްޓޯބަރު 13 ވަނަ ދުވަހު އާއިޝަތު ޢަބްދުﷲގެ
ފަރާތުން ހުށަހެޅި ބަޔާނާއި ލިޔުންތަކަށް ޝަރީޢަތުން ބެއްލެވުމަށްފަހު ގޮތެއް ނިންމެވުމަށް އެޗް.ޑީ.ސީ.
ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފުސްވަނަ ނުކުތާއަކީ، މައްސަލާގައި ޙުކުމް ކުރުމުގެ މަޖިލީސް ފިޔަވައި އެހެން
ހުރިހާ މަޖިލީހެއްގައި މައްސަލަ ބައްލަވާފައިވަނީ އެއް ޤާޝިއެއް ކަމަށާއި އަދި މައްސަލާގައި 2009
އޮކްޓޯބަރު 13 ވަނަ ދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން މައްސަލައިގައި ދައްކާފައިވާ ވާހަކަ
އިއްތިފާޤު ވެފައިވާތީ އިތުރަށް މައްސަލައިގައި ލިޔުންތަކެއް ހުށަހެޅުމަކީ މުހިންމުކަމެއް ނޫންކަމަށް
ދެކިވަޑައިގެން ދެންއޮންނަ މަޖިލީހެއްގައި މައްސަލައިގެ ޙުކުމް ކުރައްވާނެކަމަށް އިޢުލާން ކުރެއްވުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2010/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ
މައްސަލަ ޙުކުމް ކުރެއްވުމުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ޤާޟީ ބަދަލުވުމުން މައްސަލައިގެ
ޙުކުމްވެސް ބަދަލުވެގެން ގޮސްފައިވާތީ މައްސަލަ ނިންމެވި ޤާޟީއަށް މައްސަލައާއި ގުޅޭގޮތުން
ކަންވެފައިވާގޮތް ރަނގަޅަށް އޮޅުން ފިލާވަޑައިނުގެން މައްސަލައިގެ ޙުކުމް ކުރައްވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
.3
ޚި މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1751
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢާއިޝަތު
ޢަބްދުﷲގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން
މައްސަލަ ރައްދުވާ ހައުސިންގ ޑޮވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އޭރުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މިހާރުގެ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް) އިން 2008 ވަނަ އަހަރުގެ ތެރޭގައި ހުޅު
ހުޅުމާލެއިން
ވިއްކުމަށް އިޢުލާނުކުރެވުނު 488 ފްލެޓްގެ ތެރެއިން ފްލެޓަށް އެދިކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން
އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން
އިޢުލާނުކުރުމާގުޅިގެން، ހުޅުމާލެއިން ވިއްކުމަށް އިޢުލާނުކުރެވުނު 488 ފްލެޓްގެ ތެރެއިން ފްލެޓެއް
ހޯދުމަށްއެދި ޢާއިޝަތު ޢަބްދުﷲ ފޯމެއް ލާފައިވާކަމާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު
ޢަބްދުﷲ މިފޯމު ލާފައިވަނީ 8 ސެޕްޓެމްބަރު 2008ގެ ތާރީޚުގައިކަމާއި،
މިގޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ ލާފައިވާ ފޯމު
(ނަންބަރު F04843) އަށް ބަލާއިރު، އެފޯމުގެ 8.1 ގައި "ތިމާއަށް މާލެއިން ނުވަތަ ރާއްޖޭގެ އެހެން
ރަށަކުން އެއްވެސް ވަރެއްގެ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ އެބިމުގެ ބޮޑުމިން
(އަކަފޫޓުން)" ޖެހުމަށް ޚާއްޞަކޮށްފައިވާ ތަނުގައި 218.4 ޖަހާފައިވާކަމާއި، އެހެންކަމުން ހުޅުމާލެއިން
ވިއްކުމަށް އިޢުލާނުކުރެވުނު 488 ފްލެޓްގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ޢާއިޝަތު ޢަބްދު
ލީފޯމުގައި، އެފޯމުލީއިރު އޭނާއަށް ލިބިފައިވަނީ 218.4 އަކަފޫޓުގެ ގޯއްޗެއް ކަމަށް ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ މަޢުލޫމާތު ދީފައިވާކަމަށް ބަލަންޖެހޭކަމާއި،
އިސްވެދެންނެވުނު ފޯމުގެ އެންމެ ތިރީގައި، އެފޯމުގައި ޢާއިޝަތު ޢަބްދުﷲ ދީފައިވާ މަޢުލޫމާތަކީ
Occ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 ( *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
6
2{10/HC-A/22
ޤަޟިއްޔާ ނިމުނު ގޮ
ނަޤުލުޏާ
جروح هرمی
އެފޯމާއެކު ޙަވާލުކުރެވިފައިވާ ލިޔުންތައް ކިއުމަށްފަހު ޝަރުޠު ހަމަވާ މީހެއްގެ ޙައިސިއްޔަތުން ދީފައިވާ
ތެދު މަޢުލޫމާތުކަމަށާއި، އަދި އެފޯމުގައި ދެންނެވިފައިވާ ކަންކަމަށް ޢާއިޝަތު ޢަބްދުﷲ އިޤުރާރުވާ
ކަމަށާއި، ޢާއިޝަތު ޢަބްދުﷲ ދީފައިވާ އެއްވެސް މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް ނުވާނަމަ ފޯމު
ބާޠިލުކުރެވޭނެކަން ޢާއިޝަތު ޢަބްދުﷲ ޤަބޫލުކުރާކަމަށް ލިޔެފައިވާކަމާއި، މިކަންކަން ޤަބޫލުކޮށް ފޯމުގެ
ތިރީގައި ޢާއިޝަތު ޢަބްދުﷲގެ ނަންޖަހައި ސޮއިކޮށްފައިވާކަމާއި،
އިސްވެދެންނެވުނު، ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދޭ ފޯމު ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަލައިގަތުމަށްފަހު އެކޯޕަރޭޝަނުން ޢާއިޝަތު ޢަބްދުﷲ އަށް ދޫކޮށްފައިވާ،
އެކޯޕަރޭޝަންގެ ނަންބަރު F04831 ފޯމުގައި "... ޝަރުތުހަމަވެ، ގުރުއަތަށް ގެންދެވޭ މިންގަނޑަށް
ފެތޭ ފަރާތްތައް ގުރުއަތަށްގެންގޮސް ގުރުއަތުން ހޮވުނުކަމުގައި ވިޔަސް ފްލެޓްގެ އެގްރީމަންޓުގައި
ސޮއިކުރުމުގެ ކުރިން އަޅުގަނޑު ދީފައިވާ މަޢުލޫމާތަކީ ޞައްޙަ
ބެލުމަށްފަހު
ޝަރުތުހަމަނުވާކަން އެނގިއްޖެނަމަ ނުވަތަ ޕޮއިންޓް ދިނުމާބެހޭގޮތުން ދީފައިވާ މަޢުލޫމާތު
ސައްޙަނޫންކަން ސާބިތުވެއްޖެނަމަ، ގުރުއަތުން ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެކަމަށް ޤަބޫލުކުރަމެވެ"
މިފަދައިން ބަޔާންކޮށްފައިވާކަމާއި، މިކަމަށް އެއްބަސްވެ އެފޯމުގެ ތިރީގައި ޢާއިޝަތު ޢަބްދުﷲގެ
ނަންޖަހައި ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓްގެ ގުރުއަތަށް
ޢާއިޝަތު ޢަބްދުﷲ ހޮވިފައިވާކަމާއި، އަދި އެގުރުއަތުން ޢާއިޝަތު ޢަބްދުﷲއަށް ކެޓަގަރީ 3 ގެ 2
14-1-04 ނަންބަރު ފްލެޓަށް ގުރުއަތުން ހޮވިފައިވާކަމާއި، މިކަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ
ނަންބަރު 2009/218 "ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް ގުރުއަތުން ހޮވުނުކަން
އަންގައިދޭ ސްލިޕް" އިން 3 ފެބްރުއަރީ 2009 ގެ ތާރީޚުގައި ޢާއިޝަތު ޢަބްދުﷲއަށް
އަންގާފައިވާކަމާއި، އިސްވެދެންނެވުނު ސްލިޕްގެ ތިރީގައިވާ ނޯޓްތަކުގެ 2 ވަނަ ނަންބަރުގައި "ގުރުއަތަށް
ހޮވުނު ފަރާތްތަކަކީ ފްލެޓްލިބުމަށް ޝަރުޠުހަމަވާ ފަރާތެއްތޯ ޗެކުކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން
މަޢުލޫމާތު ސާފުކުރުމަށްފަހު ޝަރުތުހަމަނުވާ ފަރާތްތަކާއި ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާ ފަރާތްތައް
ބާޠިލުކުރެވޭނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، މިކަމަށް އެއްބަސްވެ ސްލިޕްގެ ތިރީގައި ޢާއިޝަތު
ޢަބްދުﷲގެ ނަންޖަހައި ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެއަށްފަހު، 8 ސެޕްޓެމްބަރ 2008 ގައި ޢާއިޝަތު ޢަބްދުﷲގެ ފަރާތުން ފްލެޓަށް
ހުށަހެޅި ފޯމު ހުށަހެޅިއިރު، ޢާއިޝަތު ޢަބްދުﷲގެ ނަމުގައި ހޯރަފުށިން 2986 އަކަފޫޓުގެ ގޯއްޗެއް
ރަޖިސްޓްރީ ކުރެވިފައިވާކަމަށް، އެފޯމުގައިވާ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ސާފުކުރުމުން
24 2
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2{010/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ
އެ
2 22 22 22
އެނގިފައިވާކަމަށާއި، އެހެންކަމުން އޭރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓްގެ
B ކެޓަގަރީގެ ފްލެޓަށް ޢާއިޝަތު ޢަބްދުﷲގެ ޝަރުޠު ހަމަނުވާކަމަށާއި، މިސަބަބަށްޓަކައި ޢާއިޝަތު
ޢަބްދުﷲ ގުރުއަތުން ހޮވިފައިވާ ހޮވުން ބާޠިލުކޮށްފައިވާކަން، 15 ޖޫން 2009 ގައި، ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން،
ކޯޕަރޭޝަންގެ
ނަންބަރު
2009
/
397/HDC
(
161
)
-EM
/
PRV ސިޓީން ޢާއިޝަތު ޢަބްދުﷲއަށް އަންގާފައިވާކަމާއި،
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ އިސްވެދެންނެވުނު ސިޓީއާ
ޙަވާލާދީ، 17 ޖޫން 2009 ގެ ތާރީޚުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޢާއިޝަތު
ޢަބްދުﷲ ސިޓީއެއް ފޮނުވާފައިވާކަމާއި، އެސިޓީގައި، ޢާއިޝަތު ޢަބްދުﷲ ހުށަހަޅާފައިވާ ފޯމުގައި
ޞައްޙަނޫން މަޢުލޫމާތެއް އޭނާގެ އަތުން ލިޔެފައިނުވާނެކަމަށާއި، އެކަންވެފައިވާ ގޮތަކީ ޢާއިޝަތު
ޢަބްދުﷲ ފޯމުހިފައިގެންގޮސް އެންމެ ފުރަތަމަ މަޢުލޫމާތު ސާފުކުރި މޭޒުދޮށުގައި ތިބި މީހުންގެ ކައިރީގައި
ޢާއިޝަތު ޢަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ހުސްބިމެއްގެ ވާހަކަ ބުނުމަށްފަހު ގޯތީގެ
ރަޖިސްޓްރީގެ ކޮޕީއެއް އެމީހުންނަށް ދިންކަމަށާއި، ގޯތީގެ 4 ފަރާތުގައިވާ ޢަދަދު އެއްކޮށްލުމުން
އަންނަނީ 216.6 ފޫޓުކަމަށާއި މިޢަދަދު އަކަކުރަން ނޭންގޭކަމަށް
ކަމަށާއި، އެޢަދަދު އަކަކޮށްފައި ފޯމުގައި
ޖަހައިދިނުމަށް އެމީހުންގެކިބައިން އެދުނުކަމަށާއި، އަދި އެފޯމުގައި ޖަހާފައިވާ 218.4 އަކަފޫޓަކީ
މަޢުލޫމާތު ސާފުކުރަން ތިބި މީހުން އަމިއްލައަށް އެފޯމުގައި ޖަހާފައިވާ މަޢުލޫމާތެއްކަމަށާއި، ފޯމުގެ B
ކެޓަގަރީގައިވާ ޝަރުޠުތައް ޢާއިޝަތު ޢަބްދުﷲ އަށް ރަނގަޅަށް އޮޅުން ފިލާފައި ނުވާކަމަށާއި، ކެޓަގަރީ
B ގެ ޝަރުޠުތަކުގައިވާ 3 ވަނަ ޝަރުޠުގެ (ހ) ގެ (ii) ގައިވާ ގޮތަށް ބިންކޮޅު ދޫކޮށްލުމަށް
ޢާއިޝަތު ޢަބްދުﷲއާ ސުވާލުކޮށްފައި ނުވާކަމާއި، އެސުވާލު ކުރެއްވިނަމަ އެގޯތި 300 އަކަފޫޓަށްވުރެ
ބޮޑުވިއަސް އަދި ކުޑަވިއަސް ސަރުކާރަށް
އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާކަން
އެނގޭކަމާއި،
ހުޅުމާލެއިން ވިއްކާ 488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ ލާފައިވާ ފޯމު (ނަންބަރު F04843) އަށް ބަލާއިރު،
އެފޯމުގެ 8.1 ގައި ޢާއިޝަތު ޢަބްދުﷲ ފުރަތަމަ ލިޔެފައިވާ [16[217 ކެނޑުމަށްފަހު، [4[218
ލިޔެފައި އެތަންވެސް ކެނޑުމަށްފަހު މަޢުލޫމާތު ލިޔުމަށް އޮންނަ ގޮފީގެ ތިރީގައި 218.4
ޖަހާފައިވާކަމާއި، އަދި އެބަދަލާގުޅިގެން އެތާކައިރީގައި ޢާއިޝަތު ޢަބްދުﷲ ސޮއިކޮށްފައިވުމުން އެބަދަލަކީ
ޢާއިޝަތު ޢަބްދުﷲ އަށް އެނގިގެން، އަދި އޭނާ ބޭނުންވެގެން އެތަނަށް ގެނެސްފައިވާ ބަދަލެއްކަން
އެނގޭކަމާއި، އަދި އިސްވެދެންނެވިފައިވާ ފަދައިން ފޯމުގައި ޢާއިޝަތު ޢަބްދުﷲ ދީފައިވާ މަޢުލޫމާތަކީ
2x22
2 ހއ
ދޫކޮށްލަމުން
ތ xތ މ އ ހވ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
8
2013/HC-A/28
73ހހހ
ރުތުހަމަވާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މީހެއްގެ ޙައިސިއްޔަތުން އޭނާ ދީފައިވާ ތެދު މަޢުލޫމަތުކަމަށް ޢާއިޝަތު ޢަބްދު
އިޢުތިރާފުވެ ފޯމުގެ ތިރީގައި ނަންޖަހާ ސޮއިކޮށްފައިވާކަމާއި، އެހެންކަމުން ފޯމުގައިވާ އިސްވެދެންނެވުނު
މަޢުލޫމާތަކީ އެހެން މީހަކު އޭގައި ލިޔެފައިވާ މަޢުލޫމާތެއްކަމުގައި ވީނަމަވެސް، ފޯމަށްގެނެވުނު އެބަދަލު
ޤަބޫލުކޮށް އެތާކައިރީގައި ޢާއިޝަތު ޢަބްދުﷲ ސޮއިކޮށްފައިވުމުން، އެމަޢުލޫމާތަށް ޢާއިޝަތު ޢަބްދު
ފުރިހަމަ ޒިންމާ ނަގަންޖެހޭނެކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، ޢާއިޝަތު ޢަބްދުﷲއާ ޙަވާލުކޮށްފައިވާ، ހއ. ހޯރަފުށި ޒޭވަރު ކިޔާ ގޯއްޗެއްގެ "ޢިމާރާތާއި
ގޯތީގެ ރަޖިސްޓަރީ" އެއް އޮންނަކަމާއި، މިރަޖިސްޓަރީއަށް ބަލާއިރު، އެއީ 16 ފެބްރުއަރީ 2009 ގައި
ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހުން ތައްޔާރުކޮށްފައިވާ ރަޖިސްޓަރީއެއްކަން އެނގޭކަމާއި،
އެރަޖިސްޓަރީގައިވާ އިތުރުބަޔާނަށް ބަލާއިރު، އެއީ ހއ. ހޯރަފުށި ޒޭވަރު ކިޔާ ގޯއްޗަށް ހެދިފައިވާ
ފުރަތަމަ ރަޖިސްޓަރީކަން އެނގޭކަމާއި، އަދި މިރަޖިސްޓަރީ ހަދާދެވިފައިވަނީ މިގޯތީގެ ވަށާފާރު ހަމަމިނަށް
ރާން ނިންމައި، ގެދޮރު އިމާރާތްކޮށް މީހުން ދިރިއުޅޭގޮތަށް ހެދުމަށްފަހު މިގެއާއި މިގޯއްޗަށް އިމާރާތާއި
ގޯތީގެ ރަޖިސްޓަރީ ހެއްދުމަށްއެދި ގޯތީގެ ވެރިފަރާތުން އެދުމާގުޅިގެންކަން އެނގޭކަމާއި، އެހެންކަމުން
ޢާއިޝަތު ޢަބްދުﷲ ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ހއ. ހޯރަފުށި ޒޭވަރު ކިޔާ ގޯތީގެ ރަޖިސްޓަރީ
ހަދާދެވިފައިވަނީ 16 ފެބްރުއަރީ 2009 ގައި ކަމަށް އެރަޖިސްޓަރީގައި ބަޔާންކޮށްފައިވީނަމަވެސް،
މިރަޖިސްޓަރީ ހެދުނުއިރު އެގޯތީގައި ގޯތީގެ ވެރިފަރާތުން ކޮށްފައިވާ މަސައްކަތްކަމަށް އެރަޖިސްޓަރީގައި
ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެގޯއްޗަކީ 16 ފެބްރުއަރީ 2009 ގެ ކުރިން ޢާއިޝަތު
ޢަބްދުﷲއާ ޙަވާލުކުރެވިފައިވާ ގޯއްޗެއްކަން އެނގޭކަމާއި،
އިސްވެދެންނެވިފައިވާފަދައިން، 17 ޖޫން 2009 ގެ ތާރީޚުގައި ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޢާއިޝަތު ޢަބްދުﷲ ފޮނުވާފައިވާ ސިޓީގައި، ޢާއިޝަތު ޢަބްދުﷲގެ
ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ހުސްބިމެއްގެ ވާހަކަ ބަޔާންކޮށްފައިވުމާއި، އަދި ގޯތީގެ ރަޖިސްޓްރީގެ
ކޮޕީއެއް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މަޢުލޫމާތު ސާފުކުރާ މޭޒުގައި ތިބި މީހުންނަށް ދިންކަމަށް
ބަޔާންކޮށްފައިވުމާއި، ހުޅުމާލެއިން ވިއްކާ 488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ ލާފައިވާ ފޯމު ނަންބަރު F04843) އަށް ބަލާއިރު،
އެފޯމުގެ 8.1 ގައި ޢާއިޝަތު ޢަބްދުﷲ ލިޔުމަށް ފަހު ކަނޑާފައިވާ މަޢުލޫމާތަކީ އޭރު ޢާއިޝަތު
ޢަބްދުﷲގެ ނަމުގައި އޮތް ހުސް ގޯތީގެ ހަތަރު ފަރާތުގައިވާ މިންތައް އެއްކުރުމުން އަންނަ ޢަދަދުކަމަށް،
އިސްވެދެންނެވުނު 17 ޖޫން 2009 ގެ ތާރީޚުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
OOox
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
9
2014/HC-A/28
ހއ
ޤަޟިއްޔާ ނިމުނު ގޮތު
ޢާއިޝަތު ޢަބްދުﷲ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާކަމާއި، ހޯރަފުށި ޒޭވަރު ކިޔާ ގޯތީގެ
ރަޖިސްޓަރީގައިވާ އެގޯތީގެ މިންތައް އެއްކުރުމުން އަންނަ ޢަދަދަކީ މިދެންނެވި ފޯމުގައި ފުރަތަމަ
ޖަހާފައިވާ ޢަދަދުތަކާ ގާތްގަނޑަކަށް އެއް ޢަދަދެއްކަމާއި، މިހުރިހާކަމަކަށް އެކުގައި ރިޢާޔަތްކުރުމުން،
އިސްވެދެންނެވުނު 17 ޖޫން 2009 ގެ ތާރީޚުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
ޢާއިޝަތު ޢަބްދުﷲ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ، އޭނާގެ ނަމުގައި އޭރުގައި ރަޖިސްޓްރީކޮށްފައިވާ
ހުސް ގޯއްޗަކީ ހއ. ހޯރަފުށި ޕޭވަރު ކިޔާ ގޯތިކަން، މަދަނީ މިންގަނޑުތަކުން ސާބިތުވާކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ހުޅުމާލެއިން އޭރުގައި ވިއްކި 488 ފްލެޓުގެ ތެރެއިން
ހޯދުމަށް ޢާއިޝަތު ޢަބްދުﷲ ހުށަހަޅާފައިވާ 3 ކެޓަގަރީގެ ފްލެޓްގެ ޝަރުޠުތަކަށް ބަލާއިރު، އެ
ޝަރުޠުތަކުގެ 3 ވަނަ ނަންބަރުގެ (ހ) ގެ (i) ގައި "ތިމާއަށް މާލެއިން ނުވަތަ ރާއްޖޭގެ އެހެން
ރަށަކުން 300 އަކަފޫޓު ހަމަވާ ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން (300 އަކަފޫޓު
ނުވަތަ އެއަށްވުރެ ބޮޑު) ބައެއް ލިބިފައި ނެތުން" މިފަދައިން ބަޔާންކޮށްފައިވާކަމާއި، މާލެ ފިޔަވައި
ރާއްޖޭގެ އެހެން ރަށަކުން ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލުމަށްފަހު ހުޅުމާލެއިން އޭރުގައި ވިއްކި
488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުށަހެޅުމުގެ ފުރުޞަތު، 19 އޮކްޓޫބަރ 2008 ގެ
ތާރީޚުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލާފައިވާކަމާއި، މިގޮތުން އެކޯޕަރޭޝަން ކުރި
ނަންބަރު 78 ;2008;DC
(
161
)
-EMIC! އިޢުލާނަށް ބަލާއިރު، ހުޅުވާލޭގައި އޭރު ޢިމާރާތްކުރެވެމުން
ދިޔަ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކުން ފްލެޓަށް އެދުމައްޓަކައި މާލެ
ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން ލިބިފައިވާ ގޯތި ސަރުކާރަށް ދޫކޮށްލުމަށްފަހު ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަންއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށާއި، މިގޮތުން ހުށަހަޅާ ފޯމު،
ސަރުކާރަށް ގޯތި ދޫކޮށްލިކަމުގެ ލިޔުމާއެކު، 23 އޮކްޓޯބަރ 2008 ގެ ކުރިން އެކޯޕަރޭޝަންއަ
އަންގައި އިޢުލާނުކޮށްފައިވާކަން އެނގޭކަމާއި،
މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، ޢާއިޝަތު ޢަބްދުﷲއަށް ހއ. ހޯރަފުށިން ލިބިފައިވާ ގޯތި، އިސްވެ ދެންނެވުނު
އިޢުލާނުގައިވާ ގޮތުގެމަތިން ސަރުކާރަށް ދޫކޮށްލާފައި ނުވާކަން އެނގޭކަމާއި، އެހެންގޮތަކަށް
ޢަމަލުކުރުމަށް އެފަރާތުން ނިންމައި އިޢުލާނުކޮށްފައި ނުވާހާ ހިނދަކު، ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުން ފްލެޓް ދޫކުރު
ދޫކުރުމާބެހޭގޮތުން އެކޯޕަރޭޝަނުން ނިންމާ އުސޫލުތަށް ވަކިވަކި
ފަރުދުންނަށް އެންގުމަކީ އެފަރާތަށް ލާޒިމުކަމެއްނޫންކަމާއި، އެކޯޕަރޭޝަނުން ނިންމާ މިފަދަ ކަންކަން
އާންމުކޮށް އިޢުލާނުކުރުމުން އެކޯޕަރޭޝަންގެ ޒިންމާ އަދާކުރެވުނީކަމަށް ބެލެވޭކަމާއި، އެހެންކަމުން
0x2 0
ހުށަހެޅުމަށް އަންމުކޮށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2{10/HC-A/28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެދެންނެވުނު އިޢުލާ
ންނެވުނު އިޢުލާނާ އެއްގޮތްވާގޮތުމަތިން، ޢާއިޝަތު ޢަބްދުﷲއަށް
ހޯރަފުށިން ލިބިފައިވާ
ގޯތި ސަރުކާރަށް ދޫކޮށްލުމާބެހޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ޢާއިޝަތު
ޢަބްދުﷲއާ ސުވާލުކުރަން ނުޖެހޭކަމާއި، އިސްވެދެންނެވުނު އިޢުލާނުގައިވާ ގޮތުގެމަތިން ޢާއިޝަތު
ޢަބްދުﷲ ޢަމަލުކޮށްފައި ނުވުމުން، ހުޅުމާލެއިން ވިއްކި 488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ ލާފައިވާ ފޯމު (ނަންބަރު F04843)
ޢާއިޝަތު ޢަބްދުﷲ އެކޯޕަރޭޝަނަށް ހުށަހެޅިއިރު އޭނާގެ ނަމުގައި 300 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް
އޮތްކަމާއި، އެހެންކަމުން ހުޅުމާލެއިން އޭރުގައި ވިއްކި 488 ފްލެޓުގެ ތެރެއިން ހޯދުމަށް ޢާއިޝަތު
ޢަބްދުﷲ ހުށަހަޅާފައިވާ 3 ކެޓަގަރީގެ ފްލެޓްގެ ޝަރުޠުތަކުގެ 3 ވަނަ ނަންބަރުގެ (ހ) ގެ (1) ގައި
ބަޔާންކޮށްފައި ޝަރުޠު ޢާއިޝަތު ޢަބްދުﷲގެ ކިބައިގައި ހަމަނުކާކަމެވެ.
(ބ) ފަސްވަނަ ކަމަކީ، އިސްވެފާހަގަކުރެވިފައިވާ ފަދައިން، ހުޅުމާލެއިން އޭރުގައި
ވިއްކި 488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހުށަހަޅާ
ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުތޯ ބެލުމަށްފަހު ޝަރުތުހަމަނުވާކަން އެނގިއްޖެނަމަ
ނުވަތަ ޕޮއިންޓް ދިނުމާބެހޭގޮތުން ދީފައިވާ މަޢުލޫމާތު ސައްޙަނޫންކަން ސާބިތުވެއްޖެނަމަ، ގުރުއަތުން
ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެކަމަށް އެފޯމުގައި ބަޔާންކޮށްފައިވާކަމާއި، ގުރުއަތަށް ހޮވުނު ފަރާތްތަކަކީ
ފްލެޓްލިބުމަށް ޝަރުޠުހަމަވާ
ފަރާތެއްތޯ ޗެކުކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު
ސާފުކުރުމަށްފަހު ޝަރުތުހަމަނުވާ ފަރާތްތަކާއި ސައްޙަ ނޫން މަޢުލޫމާތު ދީފައިވާ ފަރާތްތައް
ބާޠިލުކުރެވޭނެކަމަށް "ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް ގުރުއަތުން ހޮވުނުކަން
އަންގައިދޭ ސްލިޕް" ގައިވެސް ބަޔާންކޮށްފައިވާކަމާއި، މިކަންކަމަކީ ޢާއިޝަތު ޢަބްދުﷲ އެއްބަސްވެފައިވާ
ކަންކަންކަމާއި،
17 ޖޫން 2009 ގެ ތާރީޚުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް
ޢާއިޝަތު ޢަބްދުﷲ ފޮނުވި ސިޓީގައި ޢާއިޝަތު ޢަބްދުﷲ ބަޔާންކޮށްފައިވާ، އިސްވެ ދެންނެވިފައިވާ
ވާހަކަތަކަށާއި، ހއ. ހޯރަފުށި ޒޭވަރު ކިޔާ ގޯތީގެ "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ" ގައި ބަޔާންކޮށްފައިވާ
މަޢުލޫމާތަށް ބަލާއިރު، ހުޅުމާލެއިން ވިއްކާ 488 ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދުﷲ ފޯމުހުށަހެޅުމުގެ ކުރިން އޭނާއަށް 300 އަކަފޫޓަށްވުރެ
ބޮޑު ގޯއްޗެއް ހއ.
ހޯރަފުށިން ލިބިފައިވާކަން އެނގޭކަމާއި، އެހެންކަމުން ހުޅުމާލެއިން ވިއްކާ 488
ފްލެޓުގެ ތެރެއިން ފްލެޓެއް ހޯދުމަށްއެދި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޢާއިޝަތު ޢަބްދު
ލާފައިވާ ފޯމު (ނަންބަރު F04843) އަށް ބަލާއިރު، އެފޯމުގެ 8.1 ގައި ޢާއިޝަތު ޢަބްދުﷲ ދީފައިވާ
ދިވެހިރާއްa
، ހައިކޯ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
11
2{010/HC-A/28
2220
02 ހދ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތެއްކަމާއި، އަދި ހޯރަފުށިން ޢާއިޝަތު ޢަބްދުﷲ އަށް
ލިބިފައިވާ ގޯއްޗަކީ 300 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗަކަށްވެފައި އެގޯތި، ކަނޑައެޅިފައިވާ ތާރީޚުގެ
ކުރިން ސަރުކާރަށް ދޫކޮށްލާފައި ނުވާކަމާއި، މިސަބަބުތަކަށްޓަކައި ޢާއިޝަތު ޢަބްދުﷲގެ ފޯމު (ނަންބަރު
F04843) އާއި ޢާއިޝަތު ޢަބްދުﷲ ގުރުއަތުން ހޮވިފައިވާ ހޮވުން ބާޠިލުކުރުމުގެ ބާރު ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިބެގެންވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލު
1151/MC/2009
24 2 2 32
/ވއެވެ.
492ހ2ދ
ނުކުތާތަކުގައި
ދެންފަހެ، އިސްވެފާހަގަކުރެވުނު
ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1751 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ
ތަނެއް އޮތްކަމަށް ނުފެންނަކަމަށް، މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1051 ޤަޟިއްޔާގެ
ޙުކުމަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
،ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv