ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/88 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 88/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ޢަބްދުﷲ މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A037076
* ދާއިމީ އެޑްރެސް:
* މިހާރުގެ އެޑްރެސް:
ވަރަޕްލަސް / ކ. މާލެ
ވަރަޕްލަސް { ކ. މާލެ
T.
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ޝަފީޤް ޢަލީ
އައިޑީ ކާޑު ނަންބަރު: A012678
13
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް
ސޯނފް | ކ. މާލެ
ސޯނފް | ކ. މާލެ
ހުށަހެޅުނު ތާރީޚް: 03 މާރިޗް 2015
ނިމުނު ތާރީޚް: 29 އޭޕްރީލް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/741
ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ހުށަހެޅުނުތާރީޚް: 01 އޭޕްރީލް 2014 ނިމުނު ތާރީޚް: 09 ސެޕްޓެމްބަރ 2014
:
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/741 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ގ. ވަރަޕްލަސް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އަޙްމަދު ޝަފީޤް ޢަލީ ސޯނ| މާލެ އެވެ.
CCC
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/741 ޤަޟިއްޔާއަކީ، ސޯނފި އެވެ ކިޔާ
ގޯއްޗަކީ ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
290
/
Cv
-
C/3182) ޤަޟިއްޔާއިން 27 ފެބްރުއަރީ
2013 ގައި ގ. ސޯނފްމާލެ އަޙްމަދު ޝަފީޤް ޢަލީ (A012678) އާއި ވަރަޕްލަސް މާލެ ޢަބްދު
މުޙައްމަދު (A037076) އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިދީފައިވާ ގޯއްޗެއްކަމަށާއި، އެގޯތިން ޢަބްދު
މުޙައްމަދުއަށްވާ ދެބައިކުޅަ އެއްބައި ކަމުގައިވާ ގޯތީގެ ހުޅަނގު ބައިގައި ހަދާފައިހުރި ހޮޓާ ޢަބްދު
މުޙައްމަދުގެ ހުއްދަނެތި މަހަކު -/12000ރ. (ބާރަހާސްރުފިޔާ) އަށް އަޙްމަދު ޝަފީޤް ޢަލީ ކުއްޔަށް
ދީފައިވާތީ، އެތަނުގެ ކުލީގެ ގޮތުގައި 11 މާރޗް 2013 އިން ފެށިގެން 01 މާރޗް 2014 އާއި ހަމަޔަށް
ލިބެންވާ -/
144000ރ. (އެއްލައްކަ ސާޅީސްހަތަރުހާސް ރުފިޔާ) އާއި މައްސަލައިގެ ޝަރީޢަތް ނިމޭދުވަހާއި
ހަމަޔަށް ލިބެންޖެހޭ ކުދި އަޙްމަދު ޝަފީޤް ޢަލީގެ އަތުން ހޯދައިދިނުމަށް އެދި، އަޙްމަދު ޝަފީޤް ޢަލީގެ
މައްޗަށް ޢަބްދުﷲ މުޙައްމަދު ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ [ދެންފަހެ، ސޯނފް! މާލެ އަޙްމަދު ޝަފީޤް
ޢަލީ (A012678) ގެ މައްޗަށް ގ. ވަރަޕްލަސް/ މާލެ ޢަބްދުﷲ މުޙައްމަދު (A037076) ހުށައަޅާފައިވާ
މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ގ.ސޯނފް އެވެ ކިޔާ ގޯއްޗަކީ ސިވިލް ކޯޓުގެ ނަންބަރު
(2009/MC/3182) ޤަޟިއްޔާއިން 27 ފެބްރުއަރީ 2013 ގައި އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދު
މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިދީފައިވާ ގޯއްޗެއްކަމާއި، އެގޯތީގެ ބިން ޢައްޔަންކޮށް ދެމީހުންކުރެ
ކޮންމެ މީހަކަށް ލިބިގެންވާ ބަޔަކީ ކޮބައިކަން ކަނޑައެޅިފައިވަނީ 28 މެއި 2014 ގައި ސިވިލް ކޯޓުގެ
290/Cv-C/2010
ދިވެހިރާއްޖޭގެ
ބާއިދޫ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
ނަންބަރު 2013/Cv-C/1172 ޤަޟިއްޔާއިންކަމާއި، ބިން ޢައްޔަންވުމާއެކު އެމީހަކަށް ޢައްޔަންވެގެންވާ ބިން
އެމީހެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ދެމީހުންގެ ބަހުން ސާފުކޮށް އެނގެންއޮތުމާއި،
ބިން ޢައްޔަންކޮށް އެމީހެއްގެބައި އެމީހެއްގެ ބެލުމުގެ ދަށަށް ދިޔުމުގެ ކުރިން މުޅި އެގޯތި
ބޭނުންކުރަމުން ދިޔައީ އަޙްމަދު ޝަފީޤް ޢަލީ ކަމަށާއި، ގޯތީގެ އެއްބައިގައި އަޙްމަދު ޝަފީޤް ޢަލީ
ދިރިއުޅެމުން ދިޔައިރު އަނެއްބައިގައި އަޙްމަދު ޝަފީޤް ޢަލީ ދިޔައީ ހޮޓަލެއް ހިންގަމުންކަމަށާއި، މިގޮތުން ބިން
ދެމީހުންނަށް ލިބުނު ދުވަހުން ފެށިގެން ޢަބްދުﷲ މުޙައްމަދުގެ ބައި ޢަބްދުﷲ މުޙައްމަދު އާއި ޙަވާލުވަންދެން އެ
ހޮޓަލުން ލިބުނު މަންފާ އަޙްމަދު ޝަފީޤް ޢަލީގެ އަތުން ހޯދުމަށް ޢަބްދުﷲ މުޙައްމަދު މިދަޢުވާގައި
އެދިފައިވާއިރު،
ޝަރީޢަތުގައި ގުރުއަތުލައިގެން ބިން ޢައްޔަންކުރިއިރު އެ ހޮޓާ ހުރިތަން ޢަބްދުﷲ މުޙައްމަދުއަށް
ލިބުނު ނަމަވެސް، ބިން ޢައްޔަންކުރުމުގެ ކުރިން ޢަބްދުﷲ މުޙައްމަދުއަށް ލިބެންވާ ތަނަކީ ކޮބައިކަން
ކަނޑައެޅިފައި ނެތުމާއި، ބިން ޢައްޔަންކުރުމުގެ ކުރިން މުޅި ގޯއްޗަކީވެސް ދެމީހުންގެ ތަނަކަށްވުމާއި، އެމީހަކު
ބޭނުން ތަނެއް ބޭނުންކުރުމުގެ އިޚްތިޔާރު ދެމީހުންނަށްވެސް ލިބިގެންވުމާއި، ބިން ޢައްޔަންވުމާއެކު
ޢަބްދު
މަދުގެ ބައި ޢަބްދުﷲ މުޙައްމަދުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެގެންއޮތުމުން،
ބިން ޢައްޔަންކުރުމުގެ ކުރިން ގޯތީގެ ހުޅަނގު ބައިގައި ހަދާފައިހުރި ހޮޓަލުން އަޙްމަދު ޝަފީޤް
ޢަލީ ހޯދާފައިވާ މަންފާ ޢަބްދުﷲ މުޙައްމަދުއަށް ދިނުމަށް އަޙްމަދު ޝަފީޤް ޢަލީއަށް ޝަރީޢަތުން އަންގާނެ
ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/741
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާއި ޚިލާފަށް
ކަމަށް ބުނެ ޢަބްދުﷲ މުޙައްމަދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 03 (ތިނެއް) ނުކުތާ
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:-
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/741 ޤަޟިއްޔާ
ހުށަހެޅި ނިމުމުގެ ކުރިން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/290 ޤަޟިއްޔާގެ ޙުކުމަށް
2ތ324
8 4/
¢¢ ¢ ¢
Ccc
Cccu
R
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
އަސަރުކުރާގޮތަށް (އެއްކޯޓަކުން) ކަނޑައެޅިގެން ޝަރީޢަތާއި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި
ކޯޓުތަކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާ ޚިލާފަށް ޢަދުލު އިންޞާފު ގެއްލޭގޮތަށް ޙުކުމްކޮށް ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/741 ޤަޟިއްޔާ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/741 ޤަޟިއްޔާގައި
ޢަބްދުﷲ މުޙައްމަދު ހުށަހެޅި ދަޢުވާގައި ބުނެފައިވަނީ 01 މާރޗް 2013 އިން ފެށިގެން ޢަބްދުﷲ މުޙައްމަދުގެ
އިޒުނައަކާނުލައި އަޙްމަދު ޝަފީޤް ޢަލީ ކުއްޔަށް ދީގެން މަހު ކުއްޔަށް މަހަކު ލިބޭ -/
12000ރ.
(ބާރަހާސްރުފިޔާ)
ތަރިކައިގެ ޤަޟިއްޔާ ސިވިލް
ނަން
2010/Cv-C/290 ޤަޟިއްޔާ ނިމުނު ފަހުން ޢަބްދުﷲ މުޙައްމަދު އާއި އަޙްމަދު ޝަފީޤް އާއި ދެމީހުން
ހަމަހަމަ މިލްކުކަން ޝަރުޢީ ޙުކުމުންނާއި ގ. ސޯނފް ގޯތީގެ ރަޖިސްޓްރީން އެނގޭއިރުވެސް، އަދި ސޯނފް
ގޯތީގެ ދެބައިކުޅަ އެއްބައިގައި އަޙްމަދު ޝަފީޤް ޢަލީ އާއި އޭނާގެ އަނބިދަރިން ދިރިއުޅެފައި ބިން ޢައްޔަންކުރި
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1172 ޤަޟިއްޔާއިން ޢަބްދުﷲ މުޙައްމަދަށް މިލްކުވެފައިވާ ބައިގައި
ހިމެނޭ ހޮޓާ ކުއްޔަށްދީގެން ލިބުނު ފައިސާ -/
144,000ރ. (އެއްލައްކަ ސާޅީސްހަތަރުހާސްރުފިޔާ) އާއި 01
މާރިޗު 2004 ން ފެށިގެން ޝަރީޢަތް ނިމޭދުވަހާއި ހަމައަށް ލިބެންވާ ފައިސާ ހޯދަން ކަމުގައިވާއިރު ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/290 ޤަޟިއްޔާގައި ލިބިދީފައިވާ ޢަބްދުﷲ މުޙައްމަދުގެ ޙައްޤަށްވެސް
އަސަރުކުރާގޮތަށް، ޢަދުލު އިންސާފަށް ބެލުމެއްނެތި އިންސާފުން އެއްކިބާވާފަދަ ގޮތެއްގައި ޙުކުމްކުރައްވާފައިވާ
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދަޢުވާލިބޭ އަޙްމަދު ޝަފީޤު ޢަލީ 3 އޮގަސްޓް 2014 ވަނަ ދުވަހު ޝަރީޢަތުގެ
މަޖިލިސްގައި ބަޔާންދީ، އަމިއްލައަށް އިޢުތިރާފުވެފައިވާ މިންވަރު -/000، 90ރ. (ނުވަދިހަހާސްރުފިޔާ) އާއި
މެދުވެސް ޝަރީޢަތުން
އަދި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/290 ޤަޟިއްޔާގެ
ލިޔެކިޔުމަށްވެސް ބެއްލެވުމެއްނެތި، ޝަރީޢަތާއި ޤާނޫނާ ޚިލާފަށް ޢަދުލު އިންސާފުން އެއްކިބާވާ ގޮތަށް
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
ބައެޅުވާނުލައްވާ،
ޙުކުމްކޮށްފަ
މެކޮށްފައިވާ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
1 1 2 3
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/741 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވަރަޕްލަސް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ގ. ސޯނފް ޢަލީ މުޙައްމަދު (ބޮޑުބެ ޢަލީފުޅު) އާއި އަޙްމަދު ޝަފީޤް ޢަލީ އަށް 2003
މެއި 01 ގައި މާލޭ މުނިސިޕަލްޓީން ގ. ސޯނފް ރަޖިސްޓްރީ ކޮށްދީފައިވަނިކޮށް، ޢަލީ މުޙައްމަދު 07 ޖޫން
2005 ގައި ނިޔާވުމާ ގުޅިގެން ތަރިކައިގެ މައްސަލަ ޝަރީޢަތުން ބައްލަވައި ނިންމެވިއިރު ވާރިސުންގެ
ގޮތުގައި ތިބި މަރްޙޫމް ޢަލީ މުޙައްމަދާއި އެއްބަނޑު އެއްބަފާ އަޚް ޢަބްދުﷲ މުޙައްމަދާއި، އެއްބަނޑު އެއްބަފާ
އުޚްތު ފާޠިމަތު މުޙައްމަދާއި އެކު ޖުމްލަ ދެ ވާރިސުންކަން ހެކިންނާއި ވާރިސުންގެ ބަހުން ސާބިތުވާކަމާއި،
މަރުޙޫމް ޢަލީ މުޙައްމަދުގެ ތަރިކައިގައި ހިމެނިގެންވަނީ މަރުޙޫމް ޢަލީ މުޙައްމަދު ހިމެނިގެން
ރަޖިސްޓްރީކޮށްފައިވާ ސޯރފް ކިޔާ ބަންޑާރަ ގޯއްޗާއި، އެ ގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން
މަރުޙޫމް ޢަލީ މުޙައްމަދަށް ލިބިގެންވާ 1/2 (ދެބައިކުޅަ އެއްބައި) ބައިގެ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ
މުދަލާއި، އެ ތަރިކައިން ވާރިސުންކުރެ ފާޠިމަތު މުޙައްމަދަށް ލިބޭ ބައި ވާރިސުންކުރެ ޢަބްދުﷲ މުޙައްމަދަށް
ހަދިޔާކޮށްފައިވާކަމާއި، އެ ހަދިޔާ ޢަބްދުﷲ މުޙައްމަދު ޤަބޫލުކޮށްފައިވާތީ، ގ. ސޯރފް ކިޔާ ބަންޑާރަ ގޯއްޗާއި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރުޙޫމް ޢަލީ މުޙައްމަދަށް ލިބިގެންވާ 12 (ދެބައިކުޅަ އެއްބައި) ބައިގެ
ބިމާއި ނުއުފުލޭ މުދާ މިލްކުވެގެންވަނީ ޢަބްދު މުޙައްމަދަށް ކަމަށް ސިވިލް ކޯޓުގެ
ނަންބަރު 2010/MC
/
2009
)
290
/
Cv
-
C/3182) ޤަޟިއްޔާއިން 27 ފެބްރުއަރީ 2013 ގައި
އެޅުއްވުމާ ގުޅިގެން،
ގ. ސޯނފް އެވެ ކިޔާ ގޯތި އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދުﷲ މުޙައްމަދާއި
ދެމީހުންގެ ނަމުގައި މާލެ ސިޓީ ކައުންސިލުން 2013 މެއި 26 ގައި ރަޖިސްޓްރީކޮށްދީފައިވާކަމާއި، އެގޯތި
ޙަވާލުކޮށްފައިވަނީ ޢަބްދުﷲ މުޙައްމަދާއި އަޙްމަދު ޝަފީޤް ޢަލީ އާއި ދެމީހުންނާ ކަމާއި، އަދި އެގޯތީގައިވާ
ޢިމާރާތްތަކުގެ ވެރިފަރާތަކީވެސް އެދެމީހުންކަން އެ ގޯއްޗަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން
ހަދައިދީފައިވާ ނަންބަރު ބ.17268 ”ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ“ އިން އެނގެން އޮތުމާއެކު، ފ. ސޯނފް
ކަނޑައެޅުޖް4
z
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
CCC
އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ އެންމެހައި ތަކެއްޗާއި ނުއުފުލޭ މުދަލަކީ މަރުޙޫމް ޢަލީ މުޙައްމަދުގެ ތަރިކައިގެ
މައްސަލަ ނިމިފައިވާ ތާރީޚުކަމުގައިވާ 27 ފެބްރުއަރީ 2013 އިން ފެށިގެން ޢަބްދުﷲ މުޙައްމަދު އާއި
އަޙްމަދު ޝަފީޤް ޢަލީ އާއި ދެމީހުންގެ ހަމަހަމަ މިލްކުކަން ޝަރީޢަތަށް ސާބިތުވެއެވެ.
ސޯނފް އެވެ ކިޔާ ގޯއްޗަކީ ސިވިލް ކޯޓުގެ ނަންބަރު 2009/MC/3182)
2010/Cv-C/290 ޤަޟިއްޔާއިން 27 ފެބްރުއަރީ 2013 ގައި އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދު
މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިދީފައިވާ ގޯއްޗެއްކަމަށާއި، އެގޯތިން ޢަބްދުﷲ މުޙައްމަދަށްވާ
ދެބައިކުޅަ އެއްބައި ކަމުގައިވާ ގޯތީގެ ހުޅަނގުބައިގައި ހަދާފައިހުރި ހޮޓާ ޢަބްދުﷲ މުޙައްމަދުގެ ހުއްދަނެތި
މަހަކު -/12000ރ. (ބާރަހާސްރުފިޔާ) އަށް އަޙްމަދު ޝަފީޤް ޢަލީ ކުއްޔަށް ދީފައިވާކަމަށް ބުނެ އެތަނުގެ
ކުލީގެ ގޮތުގައި 11 މާރޗް 2013 އިން ފެށިގެން 01 މާރޗް 2014 އާއި ހަމަޔަށް ލިބެންވާ
-/
144000ރ. ( އެއްލައްކަ ސާޅީސްހަތަރުހާސް ރުފިޔާ) އާއި މައްސަލައިގެ ޝަރީޢަތް ނިމޭދުވަހާ ހަމަޔަށް
ލިބެންޖެހޭ ކުލި އަޙްމަދު ޝަފީޤް ޢަލީގެ އަތުން ހޯދައިދިނުމަށް އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/741 ޤަޟިއްޔާގައި، ޢަބްދުﷲ މުޙައްމަދުގެ ފަރާތުން އެދިފައިވާކަން އެނގެން
އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
290
/
Cv
-
C/3182) ޤަޟިއްޔާއަކީ، ގ. ސޯނފް
ޢަލީ މުޙައްމަދު (ބޮޑުބެ ޢަލިފުޅު) 07 ޖޫން 2005 ގައި ނިޔާވެފައިވާތީ، މަރުޙޫމް ޢަލީ މުޙައްމަދުގެ
ތަރިކައިގެ މައްސަލަ ނިންމުމަށްޓަކައި ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި މަރުޙޫމް ޢަލީ
މުޙައްމަދު ނިޔާވުމަށްފަހު ސޯނފް އެވެ ކިޔާ ގޯތީގައި ހުރި ހޮޓާ ކުއްޔަށް ދީގެންނާއި އަދި އެ ޢިމާރާތާ
ގުޅިގެން އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އަދި ލިބެންވާ ފައިސާގެ 1/2 (ދެބައިކުޅަ އެއްބައި) ގެ ޙައްޤުވެރި
ފަރާތަކީ ޢަބްދުﷲ މުޙައްމަދު ކަމަށް ކަނޑައެޅުއްވުމުގެ އިތުރުން؛
މަރުޙޫމް ޢަލީ މުޙައްމަދުގެ ތަރިކައިގައި ހިމެނޭ ގ. ސޯނފް އެވެ ކިޔާ ބަންޑާރަ ގޯއްޗާއި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރުޙޫމް ޢަލީ މުޙައްމަދަށް ލިބިގެންވާ 1/2 ބައިގެ ބިމުން ލިބި އެގޯތީގައިވާ
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ 1/2 ބައި މިލްކުވެގެންވަނީ ޢަބްދުﷲ މުޙައްމަދަށް ކަމަށް ނިންމަވާފައިވާކަން
އެނގެން އޮންނަކަމާއި،
13
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
މަރުޙޫމް ޢަލީ މުޙައްމަދު ނިޔާވުމުގެ ކުރިން ސޯނފި އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ، މަރުޙޫމް
ޢަލީ މުޙައްމަދު އާއި އަޙްމަދު ޝަފީޤް ޢަލީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗެއްކަން އެނގެން
އޮންނަކަމާއި، މަރުޙޫމް ޢަލީ މުޙައްމަދުގެ ތަރިކައިގެ މައްސަލަ ނިމުމާއި ގުޅިގެން ސޯނފި އެވެ ކިޔާ
ބަންޑާރަ ގޯތިން ޢަބްދުﷲ މުޙައްމަދަށް ލިބުނު ބަޔަކީ މަރުޙޫމް ޢަލީ މުޙައްމަދަށް އެގޯތިން ޙައްޤުވެގެންވާ 1/2
ބައިގެ މިންވަރުކަމާއި، މަރުޙޫމް ޢަލީ މުޙައްމަދުގެ ތަރިކައިގެ މައްސަލަ ނިމުނު ދުވަހުން ފެށިގެން އެ ގޯއްޗަކީ
ޢަބްދުﷲ މުޙައްމަދު އާއި އަޙްމަދު ޝަފީޤް ޢަލީ އާއި ދެމީހުންގެ ހަމަ ހަމަ ޙައްޤު އެކުލެވިގެންވާ މުދަލެއްގެ
ގޮތުގައި ޝަރުޢީ ޤާނޫނީ ހަމަތަކުން ބެލެވޭއިރު، އެގޯތީގެ ހުޅަނގު ބައިގައި ހަދާފައިހުރި ހޮޓާ ނުވަތަ އެގޯތީގައި
ހަދާފައިހުރި އެއްވެސް ޢިމާރާތަކީ ޢަބްދުﷲ މުޙައްމަދުގެ ނުވަތަ އަޙްމަދު ޝަފީޤް ޢަލީގެ ޚާލިޞް މިލްކެއްގެ
ގޮތުގައި އިޝާރާތްކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2009
)
290
/
Cv
-
C/3182)
ޤަޟިއްޔާއިން ކަނޑައަޅުއްވާފައި ނުވާކަމާއި
އެހެންކަމުން އެގޯއްޗާއި އެގޯތީގައި ހަދާފައިވާ ޢިމާރާތްތައް ބޭނުންކުރުމާއި އެޢިމާރާތްތަކުން މާލީ
މަންފާ ޙާޞިލްކުރުމަކީ އެކަކު އަނެކެއްގެ މައްޗަށް އިސްވުމެއްނެތި ދެފަރާތަށްމެ ހަމަހަމައަށް ލިބިގެންވާ
ޙައްޤެއްކަން ޝަރުޢީ ޤާނޫނީ ހަމަތަކުން އެނގެއެވެ.
(ނ) އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދުﷲ މުޙައްމަދާއި މިދެމީހުންގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ސޯނފި އެވެ ކިޔާ ބަންޑާރަ ގޯތީގެ މެދުން، އުތުރުން ދެކުނަށް ދަމާލެވޭ ރޯނަކުން
އެގޯތީގެ ބިން، ބައެއްގައި 517.305 އަކަފޫޓް ވާގޮތަށް ޢައްޔަނުކުރުމަށް އެދި އެގޯތީގެ މިލްކުވެރިންކުރެ
ޢަބްދުﷲ މުޙައްމަދު ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1172 ޤަޟިއްޔާއިން ހުށަހެޅުމާ ގުޅިގެން،
އެގޯތީގެ ބިމުން ޢައްޔަނުކުރެވޭ 02 (ދޭއް) ބައި، އެގޯތީގެ 02 (ދޭއް) ބެހެނިވެރިންގެ މެދުގައި
ހަމަޖެއްސުމުގައި އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން ގުރުއަތުލައިގެން ޢަބްދުﷲ މުޙައްމަދަށް އެގޯތީގެ
ހުޅަނގަށް އޮތް 517.305 އަކަފޫޓްގެ ބައި އަދި އެގޯތީގެ އިރަށް (ކަން މައްޗަށް) އޮތް ބައި އަޙްމަދު ޝަފީޤް
ޢަލީއަށް ދިމާވުމުން އެގޯތީގެ ބިން ޢައްޔަނުވެ ނިމިފައިވާކަން އެޤަޟިއްޔާގެ ޙުކުމުން އެނގެން އޮންނައިރު،
އެޤަޟިއްޔާ ސިވިލް ކޯޓުން ނިންމަވާފައިވަނީ 2014 މެއި 28 ވަނަ ދުވަހުގައިކަމާއި، އެ ތާރީޚުން ފެށިގެން
ގ. ސޯނފް އެވެ
އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ނުފުލެވޭ މުދަލުގެ މައްޗަށް އަޙްމަދު ޝަފީޤް ޢަލީ އާއި
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
8a
ޢަބްދުﷲ މުޙައްމަދަށް ލިބިފައިވާ ހަމަ ހަމަ ޙައްޤާއި އެޙައްޤުގެ މައްޗަށް ތަރުތީބުވެގެން އަންނަ އެންމެހައި
ޙައްޤުތައް ނިމުމަކަށް އައިސް ދެމީހުންކުރެ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤު ޢައްޔަނުވެ އެކަށައެޅިފައިވާކަން
އެނގެއެވެ.
(ށ) ގ. ސޯނފް އެވެ ކިޔާ ގޯއްޗަކީ 27 ފެބްރުއަރީ 2013 އިން ފެށިގެން އަޙްމަދު ޝަފީޤް
ޢަލީ އާއި ޢަބްދުﷲ މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިދީފައިވާ ގޯއްޗެއްކަން އެނގެން އޮވެފައި،
ޢަބްދުﷲ މުޙައްމަދަށް އެގޯތީގައި ހުޅަނގަށް އޮތް 517.305 އަކަފޫޓްގެ ބައި އަދި އެގޯތީގައި އިރަށް (ކަން
މައްޗަށް) އޮތް ބައި އަޙްމަދު ޝަފީޤް ޢަލީއަށް 2014 މެއި 28 ވަނަ ދުވަހު ޢައްޔަނުކުރެވިފައިވާކަން
އެނގެން އޮތުމުން، 2013 ފެބުރުއަރީ 27 ވަނަ ދުވަހުން ފެށިގެން 2014 މެއި 28 ވަނަ ދުވަހާ ހަމަޔަށް
ގ. ސޯނފް އެވެ ކިޔާ ގޯއްޗާއި އެގޯތީގައިވާ ނުއުފުލޭ މުދަލުގެ މައްޗަށް އޮތް އެންމެހައި ޙައްޤުތަކަކީ އަޙްމަދު
ޝަފީޤް ޢަލީ އާއި ޢަބްދުﷲ މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިގެންވާ ޙައްޤުތަކެއްކަން ޝަރީޢަތަށް
ސާބިތުވާކަމާއި،
ގޯތީގެ ހުޅަނގުބައިގައި ހަދާފައިހުރި ހޮޓާ މަހަކު -/12000ރ. (ބާރަހާސްރުފިޔާ) އަށް އަޙްމަދު
ޝަފީޤް ޢަލީ ކުއްޔަށް ދީފައިވާކަމަށް ބުނެ އެތަނުގެ ކުލީގެ ގޮތުގައި 11 މާރޗް 2013 އިން ފެށިގެން 01
މާރޗް 2014 އާއި ހަމަޔަށް ލިބެންވާ -/
144000ރ. ( އެއްލައްކަ ސާޅީސްހަތަރުހާސް ރުފިޔާ) އާއި
މައްސަލައިގެ ޝަރީޢަތް ނިމޭދުވަހާ ހަމަޔަށް ލިބެންޖެހޭ ކުލި އަޙްމަދު ޝަފީޤް ޢަލީގެ އަތުން ހޯދުމަށް
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ޢަބްދުﷲ މުޙައްމަދު ދަޢުވާކޮށްފައިވާއިރު، އިޝާރާތްކުރެވުނު ހޮޓާ ހުރި
ބިން ގުރުއަތުން ދިމާވެގެން ޢަބްދުﷲ މުޙައްމަދަށް 2014 މެއި 28 ގައި އަންޔަނުވެ ނިމިފައިވާކަން
އެނގޭކަމާއިގެ
ންކަމުން މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ގޮތެއް ކަނޑައަޅަންޖެހޭނީ، ޢަބްދުﷲ މުޙައްމަދުގެ
ދަޢުވާގައި ބަޔާންކޮށްފައިވާ 01 މާރިޗު 2013 އިން ފެށިގެން ބިން ޢަންޔަނުކުރެވުނު ތާރީޚާ ދެމެދު
ހިނގާފައިވާ މުއްދަތުގައި އިޝާރާތްކުރެވުނު ހޮޓާ ކުއްޔަށް ދީގެން ލިބިފައިވާ ފައިސާއާ މެދުގައި ކަމާއިގެ
2013 މާރިޗު 01 އިން ފެށިގެން 2014 މެއި މަހުގެ ނިޔަލަށް 15 (ފަނަރަ) މަސް ދުވަސް
ފާއިތުވެފައިވާކަން އެނގެން އޮންނައިރު، އެމުއްދަތަށް ޖެހެނީ -/12000ރ. (ބާރަހާސްރުފިޔާ) ގެ ރޭޓުން
uco
ޑޑ ތ ދވ ތ
އދނޔން
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
-/
180000ރ. ( އެއްލައްކަ އަށްޑިހަހާސް ރުފިޔާ) ކަން އަޙްމަދު ޝަފީޤް ޢަލީ މިމައްސަލައާ ގުޅިގެން
ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު، އެފައިސާއަކީ އެ ހޮޓާ
ހުރި ބިން އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދުﷲ މުޙައްމަދާއި ދެމީހުންގެ ހަމަ ހަމަ ބިމެއްގެ ގޮތުގައި
ރަޖިސްޓްރީކުރެވިފައިވަނިކޮށް ލިބިފައިވާ ފައިސާކަން މިމައްސަލައިގާ ހިމެނޭ ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވުމާއެކު، ގ. ސޯނފް އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ހޮޓާ
ކުއްޔަށްދީގެން ލިބިފައިވާ އިޝާރާތްކުރެވުނު 15 (ފަނަރަ) މަސް ދުވަހުގެ ކުލީގެ ފައިސާއަކީ ދެފަރާތުގެ
ހަމަހަމަ ޙައްޤު އެކުލެވިގެންވާ ފައިސާކަމާއި،
އެފައިސާގެ ތެރެއިން 1/2 (ދެބައި ކުޅަ އެއްބައި) އަށް -/90000ރ. (ނުވަދިހަހާސްރުފިޔާ) އަކީ
އެމުއްދަތުގައި އެގޯތީގެ ހަމަ ހަމަ މިލްކުވެރިންގެ ގޮތުގައި ތިބި ދެމީހުންކުރެ އެގޯތީގެ މިލްކުވެރި
އެއް ފަރާތުގެ
ހައިސިއްޔަތުން އަޙްމަދު ޝަފީޤް ޢަލީއަށް ޙައްޤުވެގެންވާ ފައިސާކަމާއި، ދެން ހުރި 1/2 (ދެބައި ކުޅަ
އެއްބައި) ކަމުގައިވާ -/
90000ރ. (ނުވަދިހަހާސްރުފިޔާ) އަކީ ޢަބްދުﷲ މުޙައްމަދަށް ލިބިދޭންޖެހޭ ފައިސާކަން
ޝަރުޢީ ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/741 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން އެއްބަސްވެއެވެ.
/0އP
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ގ. ސޯފް އެވެ
ކިޔާ ބަންޑާރަ ގޯއްޗަކީ 27 ފެބްރުއަރީ 2013 އިން ފެށިގެން އަޙްމަދު ޝަފީޤް ޢަލީ އާއި ޢަބްދު
މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިދީފައިވާ ގޯއްޗެއްކަން އެނގެން އޮންނައިރު، ޢަބްދު
މުޙައްމަދަށް އެގޯތީގައި ހުޅަނގަށް އޮތް 517.305 އަކަފޫޓްގެ ބައި އަދި އެގޯތީގައި އިރަށް (ކަން މައްޗަށް)
އޮތް ބައި އަޙްމަދު ޝަފީޤް ޢަލީއަށް 2014 މެއި 28 ވަނަ ދުވަހު ޢައްޔަނުކުރެވިފައިވާކަން ޝަރީޢަތަށް
ސާބިތުވާތީ އާއި، 2013 ފެބުރުއަރީ 27 ވަނަ ދުވަހުން ފެށިގެން 2014 މެއި 28 ވަނަ ދުވަހާ ހަމަޔަށް،
R
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްޖޭގެ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/88
13
ސޯނފި އެވެ ކިޔާ ބަންޑާރަ ގޯތީގެ މައްޗަށް އޮތް އެންމެހައި ޙައްޤުތަކަކީ އަޙްމަދު ޝަފީޤް ޢަލީ އާއި
ޢަބްދުﷲ މުޙައްމަދު އާއި ދެމީހުންނަށް ހަމަހަމަކޮށް ލިބިގެންވާ ޙައްޤުތަކެއްކަން ޝަރީޢަތަށް ސާބިތުވާއިރު،
2013 މާރިޗު 01 އިން ފެށިގެން 2014 މެއި މަހުގެ ނިޔަލަށް ފާއިތުވެފައިވާ 15 (ފަނަރަ) މަސް ދުވަހުގެ
މުއްދަތުގައި ސޯނފް އެވެ ކިޔާ ބަންޑާރަ ގޯތީގައި ހުރި ހޮޓާ ކުއްޔަށްދީގެން މަހަކަށް -/
12000ރ.
(ބާރަހާސްރުފިޔާ) ގެ ރޭޓުން -/180000ރ. (އެއްލައްކަ އަށްޑިހަހާސް ރުފިޔާ) ލިބިފައިވާކަން އަޙްމަދު
ޝަފީޤް ޢަލީގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، އެފައިސާގެ ތެރެއިން 1/2 (ދެބައި ކުޅަ އެއްބައި) އަށްވާ
-/
90000ރ. (ނުވަދިހަހާސްރުފިޔާ) އަކީ އެމުއްދަތުގައި އެގޯތީގެ ހަމަ ހަމަ މިލްކުވެރިންގެ ގޮތުގައި ތިބި
ދެމީހުންކުރެ އެގޯތީގެ މިލްކުވެރި އެއް ފަރާތުގެ ހައިސިއްޔަތުން އަޙްމަދު ޝަފީޤް ޢަލީއަށް ޙައްޤުވެގެންވާ
ފައިސާކަމަށާއި، ދެން ހުރި 1/2 (ދެބައި ކުޅަ އެއްބައި) ކަމުގައިވާ -/
90000ރ. (ނުވަދިހަހާސްރުފިޔާ) އަކީ
ޢަބްދުﷲ މުޙައްމަދަށް ލިބިދޭންޖެހޭ ފައިސާކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، މި -/90000ރ. (ނުވަދިހަހާސްރުފިޔާ) ގ. ވަރަޕްލަސް މާލެ ޢަބްދުﷲ މުޙައްމަދު
(A037076) އަށް ލިބިދިނުމުގެ ގޮތުން މިއަދު (2015 އޭޕްރީލް 29 ވަނަ ދުވަހު) ން ފެށިގެން 30
(ތިރީސް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ސޯނފް! މާލެ އަޙްމަދު ޝަފީޤް
ޢަލީ (A012678) އަށް އަންގައި ޙުކުމްކޮށް، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/741 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
Ucouc
6
it
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ