ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/004 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
. ޤަޟިއްޔާ ނަންބަރު: 004/HC
-
DM/2012
ދި 220
ގއ. ދާންދޫ
• އިސްތިއުނާފުކުރި ފަރާތް
* ނަން: މެހެނާޒް ޙުސައިން
* ދާއިމީ އެޑްރެސް: ބީޗްވިލާ
* އައި.ޑީ.ކާޑު ނަންބަރު: A111472 * މިހާރުގެ އެޑްރެސް: މއ. އުދުހޭކޮކާ
ބަދަލުގައި: އޏ. ޒުންނަވާރު ސަލީމް، ޖަރީމާގެ
220
ގއ. ދާންދޫ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީކުރި ތާރީޚް: 09 ރަބީޢުލްއައްވަލް 1439
*
ނިމުނު ތާރީޚް: 04 ޖުމާދަލްއާޚިރު 1433
01 ފެބްރުއަރީ 2012
25 އޭޕްރީލް 2012
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާވެ! ދިވެހިރާއްޖެ، ފޯން: (02)3325 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
ދަޢުވާގެ ޚުލާޞާ
CU O
3
29
01 );
މިއީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ
ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް
ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް
ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް
ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް އެއްވެސް
މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ
(ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި
ބަޔާންކޮށްފައިވީހިނދު، އިސްވެބަޔާންވެދިޔަ ޤާނޫނުއަސާސީގެ މާއްދާތަކާއި ޚިލާފަށް 25 ޖެނުއަރީ 2012 ވީ
ބުދަ ދުވަހު "ހެދުންއެޅުމާ ބޭރުފުށަށް ފެންނަގޮތް" މިނަމުގައި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނޯޓިސް
ބޯޑުގައި ކުއްލިއްޔާގެ ދަރިވަރުން ޢަމަލުކުރުމަށް ޢާންމުކުރި ޤަވާޢިދުގެ ފެށޭ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ
"ދިވެހިރާއްޖޭ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ކަނޑައެޅިގެން އެހެންގޮ
ންގޮތަކަށް ބަޔާން ނުކުރާނަމަ، އެވަގުތު
އެކުރާ ކަމެއްގެ ތަބީޢަތާ ފުށުނާރާ ހިނދެއްގައި، ކުއްލިއްޔާގައި މުވައްޒަފުންނާއި ދަރިވަރުންނާއި، އެހެނިހެން
ކަންކަމުގައި ކުއްލިއްޔާގެ ޚިދުމަތް ހޯދާމީހުން، ކުއްލިއްޔާގެ ތެރޭގައި ނުވަތަ ކުއްލިއްޔާ ތަމްސީލު ކުރުމުގެ
ގޮތުން ކުރާ ކަމެއްގައި ޙަރަކާތްތެރިވާއިރު ހެދުންއަޅަންވަނީ، ސިވިލް ސަރވިސްގެ ޑްރެސް ކޯޑާ އެއްގޮތްވާ
ގޮތަށެވެ." މި ޢިބާރާތާއި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކާކުކަންނޭނގޭ ގޮތަށް މޫނު ފޮރުވޭފަދަ ހެދުން"
އަޅައިގެން ކުއްލިއްޔާއަށް ޙާޟިރުވުމަކީ މަނާކަމެއްކަމުގައި ބުނެފައި އޮތުމަކީ، ދިވެހި ޖުމްހޫރިއްޔާގެ
ޤާނުނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަދި ޤާނޫނުއަސާސީގެ 19 ވަނަ މައްދާއާއި ޤާނޫނުއަސާސީގެ
36 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާއި 66
ވަނަ މާއްދާއާއި އަދި 62 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން
ދާންދޫ ބީޗްވިލާ މެހެނާޒް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ
މައްސަލައެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ޕީ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
ފާހަގަކުރެވާން ނުކުތާތައް
- COC
)2
COC
1. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ
އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް
ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް
ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް
ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ
ކުރާ އެއްވެސް ކަމަކަށް އެއްވެސް
މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ
(ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި
ބަޔާންކޮށްފައިވީހިނދު، އިސްވެބަޔާންވެދިޔަ ޤާނޫނުއަސާސީގެ މާއްދާތަކާއި ޚިލާފަށް 25 ޖެނުއަރީ 2012 ވީ
ބުދަ ދުވަހު "ހެދުންއެޅުމާ ބޭރުފުށަށް ފެންނަގޮތް" މިނަމުގައި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނޯޓިސް
ބޯޑުގައި ކުއްލިއްޔާގެ ދަރިވަރުން ޢަމަލުކުރުމަށް ޢާންމުކުރި ޤަވާޢިދުގެ ފެށޭ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ
"ދިވެހިރާއްޖޭ ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި ކަނޑައެޅިގެން އެހެންގޮތަކަށް ބަޔާން ނުކުރާނަމަ، އެވަގުތު
އެކުރާ ކަމެއްގެ ޠަބީޢަތާ ފުށުނާރާ ހިނދެއްގައި، ކުއްލިއްޔާގައި މުވައްޒަފުންނާއި ދަރިވަރުންނާއި، އެހެނިހެން
ކަންކަމުގައި ކުއްލިއްޔާގެ ޚިދުމަތް ހޯދާމީހުން، ކުއްލިއްޔާގެ ތެރޭގައި ނުވަތަ ކުއްލިއްޔާ ތަމްސީލު ކުރުމުގެ
ގޮތުން ކުރާ ކަމެއްގައި ޙަރަކާތްތެރިވާއިރު ހެދުންއަޅަންވަނީ، ސިވިލް ސަރވިސްގެ ޑްރެސް ކޯޑާ އެއްގޮތްވާ
ގޮތަށެވެ.” މި ޢިބާރާތާއި، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކާކުކަންނޭނގޭ ގޮތަށް މޫނު ފޮރުވޭފަދަ ހެދުން"
އަޅައިގެން ކުއްލިއްޔާއަށް ޙާޟިރުވުމަކީ މަނާކަމެއްކަމުގައި ބުނެފައި އޮތުމަކީ، ދިވެހި ޖުމްހޫރިއްޔާގެ
ޤާނުނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަދި ޤާނޫނުއަސާސީގެ 19 ވަނަ މައްދާއާއި ޤާނޫނުއަސާސީގެ
36 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 63 ވަނަ މާއްދާއާއި 66
ވަނަ މާއްދާއާއި އަދި 62 ވަނަ މާއްދާގެ (ހ) އާއި ޚިލާފު ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅައިދިނުން
އެދި ގއ. ދާންދޫ ބީޗްވިލާ މެހެނާޒް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ގއ. ދާންދޫ މެހެނާޒް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ ދަޢުވާ ބިނާކުރި
ސަބަބުތަކުގެ މައްޗަށް ބެލިއިރު، 11 (އެގާރަ) ސަބަބެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
(ހ) ފުރަތަމަ ސަބަބަކީ: ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި
ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު
މަޞްދަރުކަމަށް ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި
ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއިން
އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ
މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު
ކުރާ އެއްވެސް ކަމަކަށް އެއްވެސް މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމާއި،
ޤާނޫނުއަސާސީގެ 36 ވަނަ މާއްދާގެ (ހ) ގައި، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު
މީހަކަށްމެ ލިބިގެންވާކަމުގައި
ހުށަހެޅި ސަބަބެވެ.
ކޮންމެ
49 |
ބަޔާންކޮށްފައި
އޮންނަކަމަށް
ބުނެ
(ނ) ދެވަނަ ސަބަބަކީ: މޫނުބުރުގާ އަޅައިގެން ދިވެހިރާއްޖޭގައި އުޅުމާއި ތަޢުލީމް ޙާޞިލްކުރުމަކީ
މަނާކަމެއް ކަމުގައި އެއްވެސް ޤާނޫނަކުން އެނގެން ނެތްކަމަށާއި، މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ
ދެވަނަ ބާބުގެ 16، 17، 19
20 އަދި 36 ވަނަ މާއްދާގެ (ހ) ގެ އަލީގައި ކޮންމެ ދިވެހިރައްޔިތަކަށް
ވެސް ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމުގައި ވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ނ) ތިންވަނަ ސަބަބަކީ: ކުއްލިއްޔާގެ ދަރިވަރުންގެ ޤަވާޢިދު ފޮތަކީ ކުރީގެ ނޫ ޤާނޫނުއަސާސީގެ
ދަށުން ހެދިފައިވާ ޤަވާޢިދެއްކަމަށް ވުމާއި 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީގެ
ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ ގިނަ ޙައްޤުތައް އެޤަވާޢިދުން ހަނިވެފައި އޮތުމާއި، އިންތިޤާލީ މަރުޙަލާގައި
ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގެނެވުނު ޤަވާޢިދު ތަކުގެ ތެރޭގައި، "ކުއްލިއްޔާގެ ދަރިވަރުންގެ
ޤަވާޢިދު" ހިމެނިފައި ނުވުމާއި، އާޤަވާޢިދު ފޮތެއް ހެދުމުގެ ބާރުލިބިގެން ވަނީ ކުއްލިއްޔާގެ މަޖިލީހަށް
މިހާތަނަށް އެމަޖިލީހުގެ ފަރާތުން އެއްވެ.
އެވެސް ޤަވާޢިދެއް ޢާންމުކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
ހ22 23
4
ކަމަށްވަމުން
(ރ) ހަތަރުވަނަ ސަބަބަކީ: މިހާރު ކުއްލިއްޔާގައި ޢަމަލުކުރެވެމުންދާ ޤަވާޢިދު ފޮތަކީ
ޤާނޫނުއަސާސީގެ 63 ވަނަ މާއްދާއާއި 66 ވަނަ މާއްދާއާއި ތަޢާރުޟުވާ ޤަވާޢިދަކަށްވާ ކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2012/HC-DVMa4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބ) ފަސްވަނަ ސަބަބަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވާސަލް ޑިކްލަރޭޝަން އޮފް
ހިއުމަން ރައިޓްސް ގެ 26 ވަނަ މާއްދާގެ (2) ގައި "ތަޢުލީމު ދިނުން އަމާޒުކުރަންވާނީ، އިންސާނީ ޝަޚް ސް
ފުރިހަމައަށް ބިނާކުރުމަށާއި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމުގެ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް
ހިތުން ހަރުދަނާ ކުރުމަށާއި، ހުރިހައި ޤައުމުތަކެއްގެ މެދުގައާއި ނަސްލީ ޖަމާޢަތްތަކުގެ މެދުގައާއި ދީނީ
ޖަމާޢަތް
މުޢަތްތަކުގެ މެދުގައި އޮންނާންޖެހޭ ދެކެފަރިތަކަމާއި ތަފާތު ޚިޔާލުތައް ތަޙަ
ތަޙައްމަލު ކުރުމުގެ
ރަޙްމަތްތެރިކަން ތަޢުލީމުގެ ދާއިރާއިން އާލާކުރަންވާނެކަމަށް" ބުނެފައިވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
މިޒާޖާއި
(ޅ) ހަވަނަ ސަބަބަކީ: ދިވެހިރާއްޖޭގެ ހުރިހައި ކޯޓަކަށްމެ މޫނު ބުރުގާ އަޅައިގެންހުރެ
ޝަރީޢަތްތަކަށް ވަނުމުގެ ހުއްދަ ލިބިދީފައި އޮންނަކަމަށްބުނެ ހުށަހެޅި ސަބަބެވެ.
UCOX
(ކ) ހަތްވަނަ ސަބަބަކީ: ދިވެހިރާއްޖޭގައި ޢަޤުދުކޮށްދެވޭ ކައިވެނީގެ މަޖިލިސްތަކަށްވެސް މޫނުބުރު
އަޅައިގެން ވަދެވޭކަމަށާއި، ދިވެހިރާއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާ
ތިޚާބުތަކެއްގައި މޫނުބުރުގާ އަޅައިގެން ހުރެ
ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށްބުނެ ހުށަހެޅި
ސަބަބެވެ.
(އ) އަށްވަނަ ސަބަބަކީ: މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް
ޕަބްލިކް އެގްޒޭމިނޭޝަނުން ބާއްވާ ޢާންމު އިމްތިޙާންތަކާއި ބައިނަލްއަޤްވާމީ އިމްތިޙާނުތައް ހެދުމަށްވެސް
އަޅައިގެން ވަދެވޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
މޭ 0939
ދޮންބރގެ
(ވ) ނުވަވަނަ ސަބަބަކީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް
ހިއުމަންރައިޓްސްގެ 7 ވަނަ މާއްދާގައި ހުރިހާ އެންމެންނަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވެގެންވާ
ބައެއްކަމާއި އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނުގެ ހަމަހަމަ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު އެމީހުންނަށް
ލިބިގެންވާކަމާއި، ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސް އާއި ޚިލާފަށް އެއްވެސް ތަފާތެއް
ކުރެވޭނަމަ، ނުވަތަ އެފަދަ ތަފާތެއް ކުރުމަށް ހިތްވަރުދޭނަމަ، އެކަމަކުން ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު
ލިބިގެންވުމާއި، ހަމަ އެޤަރާރުގެ 26 ވަނަ މާއްދާގެ ގައި ހަމަކޮންމެ މީހަކަށްމެ ތަޢުލީމް
އުނގެނުމުގެ ޙައްޤު ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
2
8
6
2
2
8 މި
teޖޭގެ ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
(މ) ދިހަވަނަ ސަބަބަކީ: ޤާނުނުއަސާސީގެ 62 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރު ކޮށްދީފައިވާ އެންމެހާ ޙައްޤުތަކާއި މިނިވަންކަން އަންހެނުންނަށާއި
ފިރިހެނުންނަށް ހަމަހަމަކަމާއެކު ލިބިގެންވާކަމަށްބުނެ ހުށަހެޅި ސަބަބެވެ.
(ށ) އެގާރަވަނަ ސަބަބަކީ އިސްލާމީ މުޢުތަބަރު ޢިލްމުވެރިންގެ އަރިހުގައި މޫނު އަޅައިގެން ހުރި
މީހެއްގެ މޫނު ކަޝްފުކުރުމަކީ އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫންކަމުގައި ފަތުވާތައް ޢާންމުކޮށްފައި
ހުންނަކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
ce O
3. މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު،
މޫނުބުރުގާ ނުވަތަ މޫނު ފޮރުވޭގޮތަށް އަޅާފައިހުންނަ ހެދުން އަޅައިގެން ކުއްލިއްޔަތުއްދިރާސާތިލް
އިސްލާމިއްޔާއަށް ކިޔަވަންދެވޭކަމަށް 18 އޭޕްރީލް 2012 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި،
މެހެނާޒު ޙުސައިންގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު،
މިމައްސަލާގައި 18 އޭޕްރީލް 2012 ވަނަ ދުވަހު ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި، ދައުލަތުގެ
ބަންޑާރަ ނައިބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ
ދަރިވަރުންގެ ޤަވާޢިދު މިހާރު ވަނީ އިޞްލާޙުކުރެވިފައި ކަމާއި، އަދި މޫނު ފޮރުވޭގޮތަށް ހެދުންއެޅުން މަނާކުރާ
ނުކުތާ ވަނީ އެޤަވާޢިދުން އުނިކޮށްފައިކަމަށް ބުނެ، ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ނަންބަރު 32
/
2012
/
20/AD-170 (12 މާރޗް
2012) ސިޓީއަށް ބަލާއިރު، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގެ ދަރިވަރުންގެ ޤަވާޢިދުގެ "މޫނު
އަޅާފައި ހުންނަ ހެދުން" މިބައި އެޤަވާޢިދުން އުނިކުރެވިފައިވާކަމާއި، އަދި މޫނު ނިވާކޮށްގެން ތިބޭ
ދަރިވަރުން، ކިޔަވަން ކުއްލިއްޔާއަށް ދިއުން އެތާރީޚުން ފެށިގެން މަނާވެގެންނުވާކަން އެނގެން އޮތުމުން،
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް
ގެންދާނެތަނެއް އޮތްކަމަކަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނުނެވެ.
މ &=ހ2
ޕެރެވޭގޮތަށް
ޑ 4
30
0ހނޒާ
4 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-DM/004
075
-ރަމުން،
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމު ދާންދޫ ބީޗްވިލާ
މެހެނާޒު ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.
ce O
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީގެ
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ޢަލީ ސަމީރު
ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްa
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv