ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/191 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/191
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 191/HC-A/2011
0
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރ : 442
/
2005-C
އެޑްރެސް: ފ. ވޭރު
*
މިހާރުގެ އެޑްރެސް:
ވޭރު
އިސްތިއުނާފް ރައްދުވި ފަރާތް:
1- * ނަން: މުޙައްމަދު ޢާޞް
އައިޑީ ކާޑު ނަންބަރ: A012424
14
ދާއިމީ އެޑްރެސް: ހ.ކޮއިލް
މިހާރުގެ އެޑްރެސް: މއ. ބްލާޝަމްގެ
*
2- * ނަން: ނަޝާތު ޝިހާމް
އައިޑީ ކާޑު ނަންބަރ: A012244
ދާއިމީ އެޑްރެސް: ހ.ކޮއިލް
މިހާރުގެ އެޑްރެސް: ހ. ފަޅަގަޑިގެ
3- އަލްމަރްޙޫމް ޙަމްޒާ ޝިހާމްގެ ވާރިސުން:
(ހ) * ނަން: ޙުސައިން ޙައްމާދު
އައިޑީ ކާޑު ނަންބަރ: A104591
ދާއިމީ އެޑްރެސް: ހ.ކޮއިލް
މިހާރުގެ އެޑްރެސް: ހ. ނޫއަލި
ށ- * ނަން: ފާތުމަތު ނަބީލާ
އައިޑީ ކާޑު ނަންބަރ: A097608
ދާއިމީ އެޑްރެސް: ފ.ކޮއިލް
އުރުގެ އެޑްރެސް:
ނޫއަލި
*
(ނ)- * ނަން: އާމިނަތު ފަޒީލާ
އައިޑީ ކާޑު ނަންބަރ: A104591
، ދާއިމީ އެޑްރެސް: ހ.ކޮއިލް
މިހާރުގެ އެޑްރެސް:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނ.ގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/191
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޝަޢުބާން 1432
21 ޖުލައި 2011
*ނިމުނު ތާރީޚް: 26 ރަމަޟާން 1433
14 އޯގަސްޓް 2012
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
1201
/
Cv
-
C/2229)
• ނިންމިކޯޓް: ސިވިލްކޯޓު (މަދަނީކޯޓް)
ޤަޟިއްޔާގެ ބާވަތް: ބަދަލު ހޯދުން
ހުށަހެޅުނު ތާރީޚް: 26 ސެޕްޓެމްބަރ 2010 ނިމުނު ތާރީޚް: 03 ޖުލައި 2011
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/19l
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓު (މަދަނީކޯޓު)ގެ ނަންބަރު 2010/MC
/
2010
)
1201
/
Cv
-
C/2229)
ޤަޟިއްޔާ، ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
އެޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށްއެދި ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ހ.ކޮއިލް މުޙައްމަދު
ޢާޞް، ހ.ކޮއިލް ނަޝާތު ޝިހާމް، ހ.ކޮއިލް އާމިނަތު ފަޒީލާ އަދި އަލްމަރްޙޫމް ޙަމްޒާ ޝިޙާމުގެ
ވާރިސުން ކަމުގައިވާ މ.ކޮއިލް ޙުސައިން ޙައްމާދު އަދި ހ.ކޮއިލް ފާތުމަތު ނަބީލާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
22
-01
ނަންބަރު
1201/Cv-C/2010
(2229/MC/2010)
ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2ނ.43
02- ސިވިލްކޯޓުގެ ނަންބަރު 2010/MC
/
2010
)
1201
/
Cv
-
C/2229) ޤަޟިއްޔާ
ނިމުނު ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ހ.ކޮއިލް އެވެކިޔާ ބަންޑާރަ ގޯތި ރަޖިސްޓްރީ ކުރެވިފައިވާ
ފަރާތްތަކާއި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު 15 މާރޗް 2006 ގައި ވެފައިވާ ބަސްވުމެއްގެ
ދަށުން ހ.ދ.ކޮއިލްކޮއިލް އެވެކިޔާ 1200 އަކަފޫޓުގެ ގޯތީގައި 7 (ހަތެއް) ބުރިއަށް ހަދަމުންދިޔަ ޢިމާރާތުގެ
6 (ހައެއް) ފަންގިފިލާ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފުމަށްފަހު ދެފަރާތުގެ ދެމެދުގައި
ވެވުނު އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ މަހު
ކުލި އެއްބަސްވުމުގެ 5ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތުގައި ދައްކަމުންނުދާތީއާއި، އަދި ގޮތުން
ޢިމާރާތުގެ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއަށް 2007 ޖުލައި މަހުން ފެށިގެން 2009 ފެބުރުއަރީ
މަހުގެ ނިޔަލަށް ޖުމްލަ 20 މަސްދުވަހަށް ދައްކަންޖެހޭ މަހުކުލީގެ ފުރިހަމަ ކުލި ދައްކާފައިނުވާތީއާއި،
ޢިމާރާތުގެ 6 ފަންގިފިލާގެ މަގު ކުއްޔަށް މަހަކު -/81,170ރ. (އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްށިހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011/HC-A/19l
އެގޭ
"12601972660201
ސްޓޭޓް
ރުފިޔާ)، 2009 މާރޗް މަހުން ފެށިގެން ދައްކަމުން ދިޔުމުގައި 2009 ސެޕްޓެމްބަރ މަހާއި 2010 ވަނަ
އަހަރުގެ ޖެނުއަރީ، އޭޕްރިލް، މެއި، ޖުލައި، އޮގަސްޓް، ސެޕްޓެމްބަރ މަހުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ
ފައިސާ ދައްކާފައިނުވާތީއާއި، އަދި ޕޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ސ.ކޮއިލްގެ ވެރިފަރާތްތަކަށް
މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން ގެންދަންޖެހެނީ ހ.ކޮއިލް ގައިވާ ޢިމާރާތް ހެދުމަށް
އެގޭގެ ވެރިފަރާތްތަކުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ނެގި ލޯނު އަދާކުރުމަށް
ވެރިފަރާތްތަކުގެ
ނަމުގައި އެބޭންކުގައި ހުޅުވާފައިވާ ނަންބަރު:
އެކައުންޓަށްކަމަށްވެފައި، އެފައިސާ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ބޭންކް އޮފް އިންޑިޔާ
(މާލެ ބްރާންޗް) އަށް ނުދައްކައި، އެލޯނުގެ އިންޓްރެސްޓް ބޮޑުވެ، ޢިމާރާތުގެ ވެރިފަރާތްތަކަށް ނުހަނު ބޮޑު
މާލީ ގެއްލުންތަކާއި ކުރިމަތިކުރުވައި، ވެރިފަރާތްތަކުގެ ކިބައިން ޢިމާރާތުގެ މިލްކުވެރިކަމުގެ ޙައްޤު
ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީއާއި، ލޯނުގެ ފައިސާ ނުދެއްކޭނަމަ ރަހުނު ވިއްކާލުމަށްއެދި
ބޭންކް އޮފް އިންޑިޔާ (މާލެ ބްރާންޗް) އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ބެލެމުންދާތީއާއި،
ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގޭގެ ވެރިފަރާތް އެއްބަސްވުމުގައި ބައިވެރި ކުރުވާފައިވަނީ މަކަރާއި
ޙީލަތުންކަމަށްވެފައި، އެއްބަސްވުމުގެ އެއްމާއްދާއާއި އަނެއް މާއްދާއާއި ތަޢާރުޟުވާތީ، އެއްބަސްވުމަކީ އެއަށް
ޢަމަލު ކުރެވެން ނެތް އެއްބަސްވުމެއްކަމުން، މިސަބަބުތަކަށްޓަކައި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ
އެއްބަސްވުމުގެ މަތީގައި ދެމިތިބެވެން ނެތުމާއެކު މިއެއްބަސްވުން ބާޠިލްކޮށްދިނުމަށާއި، އަދި ޢިމާރާތް،
ޢިމާރާތުގެ ވެރިފަރާތްތަކާ ޙަވާލުކުރެވޭ ދުވަހާއި ހަމައަށް ހިނގާ ދުވަސްތަކުގެ ކުލި އެއްފަހަ
އެއްފަހަރާ ލިބިގަތުމަށާއި،
ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމާއި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވުމުގެ
ސަބަބުން ގޭގެ ވެރިފަރާތްތަކަށް ލިބިފައިވާ އަދި ލިބެމުންދާ އެންމެހާ ގެއްލުމުގެ ބަދަލު ޤާނޫނު: 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހޯދުމަށް ހޯސްޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހ.ކޮއިލް މުޙައްމަދު ޢާޞް (ދ.ރ.ކާޑް: A012424)، ހ.ކޮއިލް
ނަޝާތު ޝިޙާމް (ދ.ރ.ކާޑް: A012244)، ހ.ކޮއިލް ޙުސައިން ޙައްމާދު (ދ.ރ.ކާޑް: A104591)،
ދ.ކޮއިލް ފާތުމަތު ނަބީލާ (ދ.ރ.ކާޑް: A097608)، އަދި ކ.ކޮއިލް އާމިނަތު ފަޟީލާ (ދ.ރ.ކާޑް:
A001432) ގެ ފަރާތުން ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކާއި ހުށަހެޅިފައި
ލިޔެކިޔުމާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، ހ.ކޮއިލް މުޙައްމަދު
r 2
OXO
]-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/191
(ދ.ރ.ކާޑް: A012424}، ހ.ކޮއިލް ނަޝާތު ޝިޙާމް (ދ.ރ.ކާޑް: A012244)، ހ.ކޮއިލް ޙުސައިން
ޙައްމާދު (ދ.ރ.ކާޑް: A104591)، ހ.ކޮއިލް ފާތުމަތު ނަބީލާ (ދ.ރ.ކާޑް: A097608)، އަދި ކ.ކޮއިލް
އާމިނަތު ފަޟީލާގެ ފަރާތުން ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުޅު މިދަޢުވާއަށް
ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
2007 ޖުލައި މަހުން ފެށިގެން 2009 ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ 20 (ވިހި)
މަސްދުވަހުގެ ކުލި ދަޢުވާލިބޭ ފަރާތުން ދައްކާފައިވަނީ ފުރިހަމަ ކުލި ނޫންކަމާއި، މިގޮތުން ދައްކާފައިވަނީ
ކުލީގެ %50 (ފަންސާސްއިންސައްތަ) ކަން ޚުދު ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ބަހު އެނގޭހިނދު،
ފުރިހަމަ ކުލި ދައްކާފައިނުވަނީ 1 މާރޗް 2009ގައި ދަޢުވާކުރާ ފަރާތުން ފޮނުވާފައިވާ ސިޓީގައި ކުލީގެ
50
% (ފަންސާސްއިންސައްތަ) މަޢާފްކޮށްދީފައިވާތީކަމަށާއި، ކުލީގެ %50 (ފަންސާސްއިންސައްތަ)
މަޢާފްކޮށްދީފައިވަނީ ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ
ފަރާތަށް ލިބިދޭ ޙައްޤެއްގެ ގޮތުގައިކަމަށް ދަޢުވާލިބޭ ފަރާތުންބުނާ ބުނުމަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން
ބުނާ ފަދައިން ކުލީގެ %50 (ފަންސާސްއިންސައްތަ) މަޢާފްކޮށްދީފައިނުވާނެކަމަށާއި، 1 މާރޗް 2009 ގައި
ދަޢުވާކުރާ ފަރާތުން ފޮނުވާފައިވާކަމަށް ދަޢުވާލިބޭ ފަރާތުން ބުނާ ސިޓީއަކީ ދަޢުވާކުރާ ފަރާތުން ފޮނުވާފައިވާ
ސިޓީއެއްނޫންކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާތީއާއި، އެއްބަސްވުމުގެ 13 ވަނަ މާއްދާގައި
ބުނާ ޙާލަތު
މެދުވެރިވިކަން ސާފުވާން ނެތަތީ، 2007 ޖުލައި މަހުން ފެށިގެން 2009 ފެބުރުއަރީ މަހުގެ ނިޔަލަށް ޖުމްލަ
20 (ވިހި) މަސްދުވަހުގެ ކުލީގެ %50 (ފަންސާސްއިންސައްތަ) މަޢާފްކޮށްދީފައިވާކަމަށް ބެލެވެން
ނެތްކަމުން، މިމުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ކުދިން މަދުވާ -/
200,600ރ. (ދެލައްކަ ހަސަތޭކަރުފިޔާ)
އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއްކަމަށާއި،
ދަޢުވާކުރާ ފަރާތްތަކުން ދަޢުވާލިބޭ ފަރާތަށް ކުއްޔަށް ދީފައިހުރި ޢިމާރާތުގެ 06 ފްލޯރގެ
ކުލި ވަނީ ދެފަރާތްދެމެދު އެއްބަސްވެ، 01 މާރޗް 2009 އިން ފެށިގެން -/81,170ރ. (އަށްޑިހަ
އެއްހާސް އެއްސަތޭކަ ހަތްދިހަ ރުފިޔާ) އަށް ބަދަލުކުރެވިފައިކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ ބުނުމަށް
ބަލާއިރު، މިގޮތުން ކުއްޔަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުލި ދައްކަމުން ގެންދިޔުމަށް ދަޢުވާލިބޭ ފަރާތަށް
އަންގާ ދަޢުވާކުރާ ފަރާތްތަކުން ފޮނުވި 15 ފެބްރުއަރީ 2009 އަދި 13 ސެޕްޓެމްބަރ 2010 ގެ ސިޓީގައި
ދަޢުވާކުރާ ފަރާތްތަކުން ބުނާ ބުނުން ސާފުވާން އޮތްކަމާއި، މިދެ ސިޓީގައި ބަޔާންވެފައިވާ ފަދައިން ދަޢުވާލިބޭ
ފަރާތުން އެއްބަސްވެފައިނުވާނެކަމަށާއި އަދި މި ދެސިޓީ ދަޢުވާލިބޭ ފަރާތަށް ރައްދުވެފައިނުވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A/191
01 1 5 7 2
ފަރާތުން
ފަރާތުން ބުނާހިނދު، ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުން މި ދެ ސިޓީވަނީ ދަޢުވާލިބޭ ކުންފުންޏަށް
ރައްދުވެފައިކަން އެނގޭކަމާއި، ކުދި ބަދަލުކުރުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެފައިނުވާނެކަމަށް ބުނި
ނަމަވެސް، ބަދަލުކުރެވިފައިވާކަމަށް ދަޢުވާކުރާ ފަރާތްތަކުން ބުނާ ކުލީގެ މިންވަރު ކުލި ބަދަލުކުރެވުނުކަމަށް
ދަޢުވާކުރާ ފަރާތްތަކުން ބުނާ ތާރީޚުން ފެށިގެން ދަޢުވާލިބޭ ފަރާތުން ދައްކަމުން އައިސްފައިވާކަން ޚުދު
ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ބަހުން ޘާބިތުވާކަމަށާއި،
ކުލި ބޮޑުކުރުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެފައިނެތްނަމަވެސް، ދަޢުވާލިބޭ ފަރާތުން
ބޮޑުކުލި ދައްކާފައިވަނީ ކުލީގެ އިތުރަށް އެޑްވާންސްކުލި ހިމަނައިގެންކަމަށާއި، އެއީ ޢިމާރާތްކުރުމަށްޓަކައި
ބޭންކުންނަގާފައިވާ ލޯނުގެ ބޭނުމަށް މިޢިމާރާތްވަނީ ރަހުނުކުރެވިފައިކަމުން، މިޢިމާރާތުގައި ދަޢުވާލިބޭ
ބޮޑު ޚަރަދުކޮށް އިންވެސްޓްމަންޓެއް ޤާއިމްކުރެވިފައިވާތީ، އެއިންވެސްޓްމަންޓް ނުރައްކަލަކަށް
ދިޔަނުދީ ސަލާމަތްކުރުމުގެ ގޮތުން އިންވެސްޓްމަންޓްގެ ރައްކަލަކަށް ދައްކާ ފައިސާއެއްގެ ގޮތުގައިކަމަށާއި،
މިޢިމާރާތަކީ ދަޢުވާލިބޭ ފަރާތުން ކުއްޔަށް ހިފާފައިވާ ދަޢުވާލިބޭ ފަރާތްތަކުގެ ޢިމާރާތެއްކަމުގައިވެފައި،
ޢިމާރާތުގެ ޙައްޤު އަދި އެއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގެއްލުން އެންމެ ބޮޑަށް އޮންނަނީ އެޢިމާރާތުގެ
ވެރިފަރާތަށްކަމާމެދު ޝައްކެއްނެތްހިނދު، ދަޢުވާލިބޭ ފަރާތުގެ އިންވިސްޓްމަންޓް ޙިމާޔަތްކުރުމުގެ ނިޔަތުގައި
ފަރާތުން އަމިއްލައަށް ބޭންކާއި ވާހަކަ ދައްކައިގެން ދަޢުވާކުރާ ފަރާތްތަކުން ބޭންކަށް ދައްކަންޖެހޭ
ފައިސާ ދައްކަމުން ގޮސްފާނެކަމީ އެކަން އެގޮތަށް ހިނގައިފިކަން އަންގައިދޭ ކާފީ ހެކި ނެތް ޙާލަތެއްގައި
މުސްތަޙީއްލު އަދި ވުމަށްވުރެ ނުވުން ނާދިރު ކަމެއްކަމުގައި ބުއްދީގެ ހަމަތަކުން ވިސްނާއިރު ޝަރީޢަތަށް
ޤަބޫލުކުރެވޭކަމާއި،
ބޮޑުކުރި ކުއްޔާއި ގުޅޭ ގޮތުން ދަޢުވާކުރާ ފަރާތްތަކުން ފޮނުވާ ދެ ސިޓީގައި
ސޮއިކޮށްފައިވަނީ ދަޢުވާކުރާ ފަރާތްތަކުންކުރެ ނަޝާތު ޝިހާމް އެކަނިކަމުން، އެސިޓީއަކީ ދަޢުވާކުރާ
ފަރާތްތަކުން ފޮނުވާފައިވާ ސިޓީއެއްކަމާމެދު ޝައްކު އުފައްދައި ދަޢުވާލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު، 07 ޖެނުއަރީ 2009 ގައި ށ.ކޮއިލްގެ ވެރިފަރާތްތަކުން ސޮއިކޮށްފައިވާ ޕަވަރ އޮފް އެޓަރނީ އަށް
ބެލުމުން އެފަރާތްތަކާއި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން
ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގެ
.ގެ ބާރު އެފަރާތްތަކުންވަނީ އެމީހުންކުރެ ނަޝާތު ޝިހާމަށް ދީފައިކަން
އެނގެން އޮތަތީ، އެސިޓީތަކުގައި ނަޝާތު ޝިޙާމް އެކަނި ސޮއިކޮށްފައި އޮތުމަކުން އޭގެ ޞައްޙަކަމާމެދު
1984
e c / 2
2 ޑ 4ހ2
ސުވާލެއް ނުފޮދޭކަމާއި
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2011/HC-A/19l
2=
ނޮވެމްބަރ،
ހު
ހުށަހަޅާފައިވާ ލިޔެކިޔުމާއި ހެކިންގެ ހެކިބަހާއި، ޚުދު ދަޢުވާލިބޭ ފަރާތުން އަމިއްލަ ބަހާއި
ޢަމަލުން، ހ.ކޮއިލްގެ ވެރިފަރާތްތަކާއި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގެ ދަށުން ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ 06 ފަންގިފިލާގެ
ކުއްޔަކީ 2009 މާރޗް މަހުން ފެށިގެން މަހަކު -/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަހަތްދިހަ ރުފިޔާ)
ކަމަށް ބަލަންޖެހޭކަމާއި، 2009 މާރޗް މަހުން ފެށިގެން ކުއްޔަށް ބަދަލުގެނެވުނުފަހުން، 2009
ސެޕްޓެމްބަރ 2010 ޖެނުއަރީ، އޭޕްރީލް، މެއި، އޮގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ،
ޑިސެމްބަރ، 2011 އޭޕްރީލް އަދި މެއި މަހުގެ ކުލި ދަޢުވާލިބޭ ފަރާތުން ދައްކާފައިނުވާކަން ހުށަހެޅިފައިވާ
ލިޔެކިޔުމުން އެނގޭކަމުން، 11 (އެގާރަ) މަހުގެ ކުއްޔަށްވާ -/892,870ރ. (އަށްލައްކަ ނުވަދިހަ
ދެހާސް އަށްސަތޭކަ ހަތްދިހަރުފިޔާ) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތްތަކަށް ދައްކަންޖެހޭ
ފައިސާއެއްކަމަށާއި،
2009 މާރޗް މަހުން ފެށިގެން ދައްކަންޖެހޭ ކުލި ދައްކަންޖެހެނީ ސްޓޭޓް ބޭންކް އޮފް
އިންޑިޔާ (މާލެ ބްރާންޗް) ގައި ދަޢުވާކުރާ ފަރާތްތަކުގެ ނަމުގައި އޮންނަ އެކައުންޓަށްކަން ދެފަރާތް ދެމެދު
އެއްބަސްވެވިފައިވާކަން އެނގެން އޮންނަ ހިނދު، ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ކުއްޔަކީ ދަޢުވާކުރާ
ފަރާތްތަކުން ބޭންކަށް ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާގެ މިންވަރު ކަމުގައިވިނަމަވެސް، އެމިންވަރު
ދެއްކުމަކުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތްތަކުގެ ލޯނު ދައްކަނީކަމަށް ނުބެލޭކަމާއި، އަދި ދަޢުވާލިބޭ
ފަރާތުން ދައްކަނީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ކުލިކަމުން، އެކުލި ދައްކަންޖެހެނީ ދަޢުވާކުރާ
ފަރާތްތަކުގެ ލޯން އެކައުންޓަށްކަ
އުންޓަށްކަމަށްވުމުން، ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާނަމަ، ލޯން
އެކައުންޓަށް އިންޓްރެސްޓް އަރާ، އެގޮތުން ދަޢުވާކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުންވާނެކަމީ
ދަޢުވާލިބޭ ފަރާތަށް އެކަން އެނގިފައިވާ ގެއްލުމެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، މިހެންކަމުން
މިކަމުގެ ސަބަބުން ދަޢުވާކުރާ ފަރާތްތަކަށް ލިބޭ ގެއްލުމަކީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ލިބޭ ސީދާ ގެއްލުމަކަށްވުމުން، އެފަދަ ގެއްލުމެއްގެ ބަދަލު ދަޢުވާލިބޭ
ފަރާތުގެ ކިބައިން ދަޢުވާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ބަދަލެއްކަމުން، ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ދަޢުވާކުރާ ފަރާތުގެ ލޯން އެކައުންޓަށް ދައްކަން އެއްބަސްވެ، އެއްބަސްވެފައިވާ ގޮތުގެ މަތިން ޤަވާއިދުން
ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން، އެމުއްދަތުގެ ތެރޭގައި ލޯން އެކައުންޓަށް އެކުލީގެ މިންވަރު
ޖަމައުކުރަންޖެހޭ މުއްދަތުގައި ޖަމައުކޮށްފައި ނުވުމުން، އިންޓްރެސްޓްގެ ގޮތުގައި ޖުމްލަ 442.11، 50ރ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A/191
/ ތތ 08
6
8
(ފަސްލައްކަ ހަތްހާސް ހަތަރު ސަތޭކަ ސާޅީސްދެރުފިޔާ އެގާރަލާރި) އަރާފައިވާކަން ހުށަހެޅިފައިވާ
ލިޔެކިޔުމުން އެނގެން އޮތްހިނދު، މިފައިސާއަކީ ޤާނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ
23 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ބަދަލުގެ
މިންވަރުކަމަށާއި،
ދެފަރާތް ދެމެދު ކުރެވިފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ކުއްޔަށްހިފާ ފަރާތުން
ކުލި ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ 20 ދުވަސްވުމުން ނުވަތަ ހިނގާ މަސް ހުސްވުމުން ޢިމާރާތުގެ
ވެރިފަރާތަށް އެއްބަސްވުން ބާޠިލްކުރެވިދާނެކަމަށް ބަޔާންކޮށްފައިވުމުން، އެއްބަސްވުމުގެ 10 ވަނަ މާއްދާއަށް
ރަތްކޮށް، މިއަދު 03 ޖުލައި 2011 ދުވަހުން ފެށިގެން ދެފަރާތްދެމެދު ކުރެވިފައިވާ އެބަސްވުން
ބާޠިލްވެއްޖެކަމަށާއި،
ދެފަރާތްދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތިން ދައްކަންޖެހޭ ކުލީގެ ތެރެއިން ނުދައްކާވާ
ކުއްޔާއި ޤަވާޢިދުން ކުލި ދައްކާފައި ނުވުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އެކު ޖުމްލަ
-/1,600,912.11 (އެއްމިލިއަން ހަލައްކަ ނުވަސަތޭކަ ބާރަރުފިޔާ އެގާރަ ލާރި) އަކީ ދަޢުވާލިބޭ ހޯސްޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރާ މ.ކޮއިލް މުޙައްމަދު ޢާޞް (ދ.ރ.ކާޑް:
A012424)، ހ.ކޮއިލް ނަޝާތު ޝިޙާމް (ދ.ރ.ކާޑް: A012244)، ހ.ކޮއިލް ޙުސައިން ޙައްމާދު
(ދ.ރ.ކާޑް: A104591)، ހ.ކޮއިލް ފާތުމަތު ނަބީލާ (ދ.ރ.ކާޑް: A097608)، އަދި ހ، ކޮއިލް އާމިނަތު
ފަޟީލާއަށް ދޭންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި،
މިފައިސާ ދަޢުވާކުރާ ފަރާތްތަކަށް ލިބިދިނުމުގެ ގޮތުން، މިއަދު 03 ޖުލައި 2011 ދުވަހުން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެބަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން
މިންވަރަށް ސިވިލްކޯޓަށް ދައްކަމުންގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަށް
ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ut ce
03- ސިވިލްކޯޓު (މަދަނީކޯޓުގެ ނަންބަރު 2010/MC
/
2010
)
1201
/
Cv
-
C/2229)
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ ހޯސްޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 10 (ދިހަ) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
info@highcourt-gov-mv,
9
2011/HC-A/19l
(ހ) ފުރަތަމަ ނުކުތާއަކީ: ހޯސްޓް މޯލްޑިވްސް ޕވޓ އާއި މިދަޢުވާ ރައްދުވާ
ފަރާތްތައް އެހެނީ (ހ.ކޮއިލްގެ ވެރިފަރާތް ނުވަތަ ފަރާތްތައް އާ ދެމެދު 19 ޖޫން 2006ގައި ސޮއިކުރެވި
މަދަނީކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވާ އެކޯޓުގެ 349
/
2006-MC
/
C ނަންބަރު އެއްބަސްވުމުގެ ދަށުން
ދ.ކޮއިލް ހެދުމަށްޓަކައި ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން އެޑްވާންސް ކުލީގެ ގޮތުގައި ޖުމްލަ
-9751471ރ. (ނުވަލައްކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ ސާޅީސް ހަތެއް ރުފިޔާ) ދެވިފައިވާއިރު
ސިވިލްކޯޓުން މިމައްސަލަ ނިންމެވިއިރު، މިފައިސާއާއިމެދު ގޮތެއްކަނޑައަޅާފައި ނުވުމަކީ އެއީ ޤާނޫނީގޮތުން
ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑިއަށް ލިބިގެންވާ ޙައްޤެއް ގެއްލިގެންދާ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ހޯސްޓް މޯލްޑިވްސް
އާއި ހ.ކޮއިލްގެ
ވެރިފަރާތްތަކާއި ދެމެދު 19 ޖޫން 2006 ގައި ސޮއިކުރެވި މަދަނީކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވާ
349
/
2006-MC
/
C ނަންބަރު އެއްބަސްވުމުގެ 13ވަނަ މާއްދާގެ ދަށުން ހޯސްޓް މޯލްޑިވްސް ޕވޓ
ލޓޑއަށް ލިބިދޭ ޙައްޤެއްގޮތުން ހ.ކޮއިލްގެ ވެރިފަރާތުން ކުލީގެ %50 އިންސައްތަ މަޢާފުކޮށް 01 މާރޗް
2009 ގައި ސިޓީއެއް ފޮނުވާފައިވާކަމަށް ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއިން ބުނެފައިވާއިރު އެކަމަށް
ދ.ކޮއިލްގެ ވެރިފަރާތުން އިންކާރު ކުރުމުން، އެސިޓީގައި ސޮއިކޮށްފައިވަނީ ހ.ކޮއިލްގެ ވެރިފަރާތުންކަން
ސާބިތުކުރުމަށްޓަކައި ހެކިން ހުށަހެޅުމުގެ ފުރުޞަތު ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއަށް ދީފައި ނުވުމާއި،
އަދި ހަމަ އެހެންމެ މޯލްޑިވްސް ޕޮލިސް ސާރވިސް މެދުވެރިކޮށް އެލިޔުމުގެ ޞައްޙަކަން ނުވަތަ
ފޯޖްކޮށްފައިވޭތޯ ބަލައިދިނުމަށް އެދިފައިވާއިރު އެފުރުޞަތު ދީފައި ނުވުން. ހެކިން ހުށަހެޅުމާއި ހެކިން
ޙާޟިރު ކުރުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދެވިފައިވާ ޙައްޤަކަށްވީހިނދު އެޙައްޤު އެކަށީގެން ނުވާވަރަށް
ހަނިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
Au
(ނ) ތިންވަނަ ނުކުތާއަކީ: ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއާއި ހ.ކޮއިލްގެ
ވެރިފަރާތްތަކާއި ދެމެދު 19 ޖޫން 2006 ގައި ސޮއިކުރެވި މަދަނީކޯޓުގައި ރަޖިސްޓަރީ ކުރެވިފައިވާ
349
/
2006-MC
/
C ނަންބަރު އެއްބަސްވުމުގެ ދަށުން ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއިން ދައްކަންޖެހޭ
ކުލި 2009 މާރޗް އިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށްބުނެ ހ.ކޮއިލްގެ ވެރިފަރާތުން ފޮނުވާފައިވާ
ކަމަށްބުނާ ސިޓީ އަކަށް ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއިން ޖަވާބެއް ދީފައިނުވުމަކީ ހޯސްޓް
s.
ވީވެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10
2011/HC-A/191
ޕީވޓ ލޓޑއިން ކުލި ބޮޑުކުރުމަށް ރުހުނީކަމަށް ނުބެލެވޭނެކަމާއި، އެހެނީ މިއެއްބަސްވުމުގެ 20ވަނަ
މާއްދާގައި ސާފުކޮށް މިއެއްބަސްވުމަށް ބަދަލެއް ގެނެވޭނީ އެއްބަސްވުމުގައި ހިމެނޭ ދެފަރާތް
ސޮއިކޮށްގެންކަމަށް ބަޔާންކޮށްފައިވާއިރު، ކުލި ބޮޑު ކުރުމަކީ މިއެއްބަސްވުމަށް ގެނެވުނު ބަދަލަކަށްވީ ހިނދު،
ބޮޑުކުރުމާއި ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ލިޔުމެއް ހުށަހަޅާފައިނުވާއިރު އެކަމަށް
ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
46
(ރ) ހަތަރުވަނަ ނުކުތާއަކީ: ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއާއި ހ.ކޮއިލްގެ
ވެރިފަރާތްތަކާއި ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓްގެ 20ވަނަ މާއްދާގައި މިއެއްބަސްވުމަށް
ބަދަލެއްގެނެވޭނީ އެއްބަސްވުމުގައި ހިމެނޭ ދެފަރާތް ސޮއިކޮށްގެންކަމުގައި ބުނެފައިވާއިރު، ކުއްޔަށް
ކުއްޔަށް ބަދަލެއް
ގެންނަން ހޯސްޓް މޯލްޑިވްސް ޕވޓ ލޓގެ ފަރާތުން އެއްބަސްވެފައި ނުވާއިރު، ހޯސްޓް މޯލްޑިވްސްއިން،
.ކޮއިލްގެ ވެރިފަރާތުން ނަގާފައިވާ ލޯނު ދެއްކުމަށް އެކިފަހަރު މަތީން އެޑްވާންސް ކުލީގެ ގޮތުގައި ކުލީގެ
އިތުރަށް ދައްކާފައިވާ ފައިސާއަކީ އެއީ ހ.ކޮއިލްގެ ކުރިކަމުގައި ބެލުމުގެ އެއްވެސް އަސާސެއް ނެތްކަމަށް
ބުނެ ހުށަހެޅި ނުކުތާ
COCE
8
(ބ) ފަސްވަނަ ނުކުތާއަކީ: ސިވިލްކޯޓުގެ ޙުކުމުގައި، ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއާއި
ހ.ކޮއިލްގެ ވެރިފަރާތްތަކާއި ދެމެދު 19 ޖޫން 2006 ގައި ސޮއިކުރެވި މަދަނީކޯޓުގައި ރަޖިސްޓަރީ
ކުރެވިފައިވާ 349
/
2006-MC
/
C ނަންބަރުގެ އެއްބަސްވުން ބާޠިލުވެއްޖެކަމަށް ބުނެފައިވީނަމަވެސް،
އެގްރިމެންޓްގެ ދަށުން ކުއްޔަށް ހިފާފައިވާ ތަން ޙަވާލުކުރަންޖެހޭ މުއްދަތަކާއި ބެހޭ ގޮތުންނާއި، އަދި
އެގްރިމެންޓް ބާޠިލުކުރާއިރު އެގްރިމެންޓްގެ އެއްފަރާތްކަމުގައިވާ ޕޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ މަދަނީ
މަސްލަޙަތާއިމެދު އެއްގޮތަކަށްވެސް ރިޢާޔަތްކޮށްފައިނުވުން. އެހެނީ އެތަނަކީ ކޯސްޓް މޯލްޑިވްސް ޕވޓ
ލިޓީއިން ވޭތުވެދިޔަ 4 ވަރަކަށް އަހަރު ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި ހިންގަމުންދާ ތަނަކަށްވެފައި،
އެތަނަށް އައުމަށް ރާއްޖެއިން ބޭރުން އެތައް ބަޔަކު އެޑްވާންސަށް ފައިސާ ދައްކާ ބުކިންގ ހަދާފައިވާކަމާއި،
މިފަދައިން ހިނގަމުން އަންނަ ތަނެއް އެއްވެސް މުއްދަތަކާ ނުލައި، އަދި ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ
މަދަނީ މަސްލަޙަތަށް ބެލުމަކާއި ނުލައި ހަމަ ހުސްކުރުމަށް އެންގުމަކީ އެންމެ ޢަދުލުވެރި ގޮތްނޫންކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
8 *ހއވެ
11
2011/HC-A/191
ހސްވާނެ
(ޅ) ހަވަނަ ނުކުތާއަކީ: މައްސަލާގައި ކުރައްވާފައިވާ ޙުކުމުގައި އެއްބައި އަނެއްބަޔާއި
އޮތުމާއި، އަދި މިތަޢާރަޝްވުންތަކަކީ ހ.ކޮއިލްގެ ވެރިފަރާތްތަކުގެ މަސްލަޙަތުގައި ފައިދާ ލިބޭ
ތަޢާރަޝްވުންތަކެއް ކަމުގައި ވީނަމަވެސް، މިކަމުން ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑިއަށް ނުޙައްޤު ގެއްލުން
ލިބިދާނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
08
8 04
موقع
(ކ) ހަތްވަނަ ނުކުތާއަކީ: ހ.ކޮއިލްގެ ވެރިފަރާތުން
އޮފް އިންޑިޔާއިން
ނަގާފައިވާ ލޯނަކަށް ފައިސާ ދެއްކުމުގެ ޒިންމާ އެއްއިރެއްގައިވެސް ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއިން
ނަގާފައިނުވާއިރު، އެލޯނުގެ ފައިސާއާއި އެލޯނުގެ ފައިސާ ޤަވާޢިދުން ނުދެއްކުމުގެ ސަބަބުން ހ.ކޮއިލްގެ
ވެރިފަރާތުން އެބޭންކަށް ދައްކަންޖެހިފައިވާ ޖޫރިމަނާ ފައިސާ ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ ފަރާތުން
ދައްކަންޖެހޭކަމަށް ޙުކުމްކޮށްފައިވުމަކީ، ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑގެ ޒިންމާއަކަށް ނުވަތަ
މަސްއޫލިއްޔަތަކަށްވާންޖެހޭ އެއްވެސް
ނެތްކަމާއި، މިކަންކަމަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސަބަބެއް
(އ) އަށްވަނަ ނުކުތާއަކީ: ހޯސްޓް މޯލްޑިވްސް ލޓޑއާއި ހ.ކޮއިލްގެ
ވެރިފަރާތްތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަނަމަ، ޢަމަލުކުރަންޖެހޭ ގޮތުގެމަތިން
ޢަމަލުކުރުމުގެ ފުރުޞަތު ގެއްލި، ހަމައެކަނި، ހ.ކޮއިލްގެ ވެރިފަރާތުގެ މަސްލަޙަތަށް އިސްކަންދީ ހޯސްޓް
މޯލްޑިވްސް ޕވޓ ލޓޑގެ ޙައްޤުތައް
ގެއްލޭގޮތަށް އެގްރިމެންޓް ނިމުމަކަށް ގެނައުމުގެ ފުރުޞަތު
ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ވ) ނުވަވަނަ ނުކުތާއަކީ: މައްސަލައިގެ ޙުކުމުގައި ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއިން
2009 ސެޕްޓެމްބަރ، 2010 ޖެނުއަރީ، އެޕްރީލް، މެއި، އޮގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ،
ޑިސެމްބަރ، 2011 އެޕްރީލް، އަދި މެއި މަހުގެ ކުލި ދައްކާފައިނުވާކަމަށް ބުނެފައިވާއިރު، މެއި 2011 އާއި
ހަމައަށްވެސް ކުލީގެ އިތުރަށް -/211,200ރ. (ދެލައްކަ އެގާރަހާސް ދުއިސައްތަ) ރުފިޔާ ދެވިފައިވާތީ،
އެމަސްތަކުގެ ކުލި މާކުރިން ދެވިފައިވާއިރު ކ.ކޮއިލްއަށް ދައްކަންޖެހޭ ކުލި ދައްކަންޖެހޭ މުއްދަތައްވުރެ
މާކުރިން ދެއްކިފައިވާކަން ބައްލަވައި އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމު 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2011/HC-A/191
(މ) ދިހަވަނަ ނުކުތާއަކީ، މައްސަލައިގެ ޙުކުމްގައި 06 ފަންގިފިލާއަކަށް ހޯސްޓް
މޯލްޑިވްސްއިން ކުލި ދައްކަންޖެހޭކަމަށް އިޝާރާތްކޮށްފައިވާއިރު، ހޯސްޓް މޯލްޑިވްސް ޕވޓ ލޓޑއާއި 6
ވަނަ ފުލޯ ނިންމާ މިއަދާއި ހަމައަށްވެސް ޙަވާލުކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
1201Cv-C/2010
04- މިމައްސަލައާއި
ގުޅިގެން ސިވިލްކޯޓުގެ ނަންބަރ
(2010/MC/2229) ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހޯސްޓް މޯލްޑިވްސް
ޕީވޓ ލޓޑގެ ފަރާތުން އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
CCCC
(4.1) ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ހ.ކޮއިލްގެ ވެރިފަރާތާއި ދެމެދު 15
މާރޗް 2006 ގައި ކުރެވިފައިވާ ނަންބަރު 349
/
2006-MC
/
C އެއްބަސްވުމުގެ ދަށުން ހ.ކޮއިލް ގައި 7
ބުރިއަށް ޢިމާރާތް ކުރަން ފަށާފައިވާ ޢިމާރާތުގެ ގްރައުންޑް ފްލޯރ ފިޔަވައި 6 ފަންގިފިލާ ހޯސްޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކުއްޔަށް ހިފާފައިވާކަމާއި، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ ދަށުން
ޢިމާރާތުގެ ކުއްޔަކީ ޢިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ މަސައްކަތްނިމި ބޭނުންކުރާ ދުވަހުން ފެށިގެން މީލާދީ
ކޮންމެ މަހަކު ކޮންމެ ފަންގިފިލާއަކަށް -/10،000 (ދިހަހާސް) ރުފިޔާކަމާއި އެއްބަސްވުމުގެ 4 ވަނަ
މާއްދާގެ ދަށުން އެޑްވާންސް ކުލީގެ ގޮތުގައި -/180,780 (އެއްލައްކަ އަށްޑިހަހާސް ހަތްސަތޭކަ
އަށްޑިހަރުފިޔާ) އަކާއި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/20،000 (ވިހިހާސް) ރުފިޔާއަކާއި އެކު ޖުމްލަ
-/2004780 (ދެލައްކަ ހަތްސަތޭކަ އަށްޑިހަ) ރުފިޔާ ކުއްޔަށް ހިފާ ފަރާތުން ދައްކާފައިވާކަމާއި އަދި
ފުރަތަމަ ދެފަންގިފިލާގެ ނުނިމި ބާކީ ހުރި މަސައްކަތް ނިންމުމަށްޓަކައިދާނެކަމަށް އެއްބަސްވެފައިވާ ޚަރަދު
-/794,367 (ހަތްލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) ކުއްޔަށް ހިފިފަރާތުން
ޚަރަދުކޮށް ދެފަންގިފިލާގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެ އެޑްވާންސް ކުލީގެ
ގޮތުގައި މިފައިސާ ހިމަނާ ޖުމްލަ -/975,147 (ނުވަލައްކަ ހަތްދިހަ ފަސްހާސް އެއްސަތޭކަ ސާޅީސް
ހަތެއް) ރުފިޔާއަކީ އެޑްވާންސް ކުލި ކަމުގައި ދެފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމު 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2011/HC-A/191
8 44
aނP
6
(4.2) އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ކުލި ކަނޑައެޅިފައިވާ ގޮތަށް ބަދަލު ގެނެސް 1
މާރޗް 2009 ން ފެށިގެން ޢިމާރާތުގެ 6 ފްލޯގެ ކުލި -/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަ
ހަތްދިހަ) ރުފިޔާއަށް ބަދަލުކުރިކަން ޢިމާރާތުގެ ވެރިފަރާތުން 15 ފެބުރުއަރީ 2009 އަދި 13 ސެޕްޓެމްބަރ
2010 ގައި ފޮނުވާފައިވާ ސިޓީން އެނގެން އޮންނަކަމާއި މިސިޓީގައިވާ ފަދައިން 2009 މާރޗުން ފެށިގެން
-/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ) ރުފިޔާ ކުލީގެ ގޮތުގައި ހޯސްޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއިން ދައްކަމުން އައިސްފައިވާކަމާއި މިކުލި ދައްކަމުން އައިސްފައިވަނީ ސްޓޭޓް
އޮފް އިންޑިޔާގައި އޮންނަ ޢިމާރާތުގެ ވެރިފަރާތުގެ ލޯނު އެކައުންޓަށްކަމާއި ޢިމާރާތުގެ ވެރިފަރާތުގެ ސިޓީއަށް
ޢަމަލުކޮށް އެގޮތަށް ރުހި ކަނޑައެޅި ކުލި ދައްކަމުން އައިސްފައިވާއިރު އެއީ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ އިންވެސްޓްމަންޓް ޙިމާޔަތް ކުރުމުގެ ނިޔަތުގައި އެކުންފުނިން އަމިއްލައަށް ބެންކާއި ވާހަކަ
ދައްކައިގެން ދައްކަމުން ދިޔަ ފައިސާއެއްކަމަށް ބެލުމުގެ ފުރުޞަތުނެތްކަމާއި އެހެންކަމުން 2009 މާރޗް
މަހުން ފެށިގެން ޢިމާރާތުގެ 6 ފަންގިފިލާގެ ކުއްޔަކީ -/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ)
ރުފިޔާކަމަށް ދެފަރާތް އެއްބަސްވުމަކަށް އައިސް އެގޮތުގެ މަތިން، ޢަމަލު ކުރަމުން އައިސްފައިވާ ގޮތުން
ސާފުކޮށް އެނގެން އޮންނަ އޮތުން ނަފީ ކުރެވޭނެ އެއްވެ.
ކުރެވޭނެ އެއްވެސް ޤާނޫނީ ސަބަބެއްނެތްކަމާއި 2009 މާރޗް
މަހުން ފެށިގެން 2009 ގެ ސެޕްޓެމްބަރާއި ހަމަޔަށް -/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ)
ރުފިޔާ ޢިމާރާތުގެ ވެރިފަރާތުގެ ލޯން އެކައުންޓަށް ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ކަމުން އައިސް 2009 ސެޕްޓެމްބަރ 2010 ޖެނުއަރީ، އޭޕްރިލް، މެއި، އޯގަސްޓް، ސެޕްޓެމްބަރ،
އޮކްޓޯބަރ، ނޮވެމްބަރ، ޑިސެމްބަރ 2011 އޭޕްރިލް އަދި މެއި މަހުގެ ކުލި އެގޮތަށް ހޯސްޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނުދައްކާކަމާއި، -/81,170 (އަށްޑިހަ އެއްހާސް އެއްސަތޭކަ ހަތްދިހަ)
ރުފިޔާއަކީ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ބުނެފައިވާގޮތުންވެސް ބޭންކާއިއެކު ވާހަކަ ދައްކާ
އެއްބަސްވެ ޢިމާރާތުގެ ވެރިފަރާތުގެ ލޯނަށްދައްކަންޖެހޭ ފައިސާކަމަށްވާއިރު އެއްބަސްވެ ޢަމަލު ކުރަމުން
އައިސް ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެފައިސާ އެގޮތުގައި ނުދެއްކުމަކީ އެއްބަސްވުމާއި
ޚިލާފުވިކަމަށް ޤާނޫނީ ގޮތުން ބެލެވޭ ސަބަބަކަށްވާއިރު އެކަމުގެ ސަބަބުން ލިބޭ ސީދާ ގެއްލުމުގެ ބަދަލާއިމެދު
ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޒިންމާވާންޖެހޭކަމަށް ޤާނޫނީ ހަމަތަކަށް ބަލާއިރު އެނގެން
އޮންނަކަން.
ދައްކަމުން
04
ދިވެހިރާއްޖޭގެ
ޚަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނ.ގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2011/HC-A/191
(4.3) 2007 ޖުލައި މަހުން ފެށިގެން 2009 ފެބުރުއަރީ މަހުގެ ނިޔަލަށް %50 ކުލި
ޢިމާރާތުގެ ވެރިފަރާތުން މަޢާފުކޮށްދީފައިވާތީ ކުލީގެ ގޮތުގައި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން
އެމުއްދަތުގައި ދައްކާފައިވަނީ ފުރިހަމަ ކުލި ނޫންކަމަށް ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
އިޢުތިރާފުން އެނގެން އޮންނައިރު ޢިމާރާތުގެ ވެރިފަރާތުން ބޭންކު ލޯން ދައްކަން އޮވެ ޢިމާރާތް ކުރުމުގެ
ޚަރަދުތައް ތަޙައްމަލުކުރަންޖެހޭ މިފަދަ ދަނޑިވަޅެއްގައި ކުލި މަޢާފުކުރުމުގެ ވާހަކައަކީ ބުއްދި ޤަބޫލުކުރެވޭ
އެކައެއްނޫންކަމާއި، ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެބުނާ ބުނުން ސާބިތުކޮށްދީފައި
އެމުއްދަތުގައި -/600، 200 (ދެލައްކަ ހަސަތޭކަ) ރުފިޔާ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކުލީގެ
ގޮތުގައި ދައްކަންޖެހި ނުދައްކާވާކަން އެނގެން އޮންނަކަން.
8 299
ނ.629
(44) ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވެފައިވާގޮތަށް
ޢަމަލުކޮށްފައިނުވާކަމާއި، ޢިމާރާތުގެ ވެރިފަރާތުގެ ލޯނު އެކައުންޓަށް ބޭންކަށް ދައްކަންޖެހޭ ޢަދަދު ދައްކަން
އެއްބަސްވެ އެގޮތަށް ޢަމަލުކުރަމުން އައިސް އެއްބަސްވި ގޮތާއި ޚިލާފުވެފައިވާއިރު އެކަމުގެ ނަތީޖާވެސް
ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެނގޭކަން އެފަރާތުގެ ބަހުން އެނގެން އޮތުމުން އޭގެ ސަބަބުން
ލޯނުއެކައުންޓަށް ޗާޖުކުރެވޭ އިންޓަރެސްޓަކީ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެނގުމާއި ފެނުމުގެ
ތެރެއިން ސީދާގޮތުގައި ޢިމާރާތުގެ ވެރިފަރާތަށް ލިބިގެންދާ ގެއްލުމެއްކަމުން ކޮންޓްރެކްޓްގެ އުޞޫލު
ބުނާގޮތުން މިގެއްލުމުގެ ޒިންމާ ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އުފުލަން ޖެހޭކަމަށް ބެލެވޭކަން.
OUcc
(4.5) ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1001 ޤަޟިއްޔާ ނިމުނު އިރު ހޯސްޓް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވެ ދައްކަމުން އައި ކުލި -/81,170 (އަށްޑިހަ އެއްހާސް
އެއްސަތޭކަ ހަތްދިހަ ރުފިޔާ ޢިމާރާތުގެ ވެރިފަރާތުގެ ލޯނު އެކައުންޓަށް ބަރާބަރަށް ނުދައްކާ
11 މަސް
އޮތްކަން އެނގޭކަމާއި އެއީ -/8924870 (އަށްލައްކަ ނުވަދިހަ ދެހާސް އަށްސަތޭކަ ހަތްދިހަ) ރުފިޔާކަމާއި
ލޯންއެކައުންޓަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން އިންޓަރެސްޓެއްގެ ގޮތުގައި
507,443.11 (ފަސްލައްކަ ހަތްހާސް ހަތަރުސަތޭކަ ސާޅީސް ދެރުފިޔާ އެގާރަލާރި) އަރާފައިވާކަން އެނގެން
އޮންނަކަމާއި، 2007 ޖުލައި މަހުން ފެށިގެން 2009 ފެބްރުއަރީ މަހުގެ ނިޔަލަށް 20 މަސް ދުވަހުގެ
ކުލިން އުނިކޮށް ކުލިދައްކާފައިވުމުން ޢިމާރާތުގެ ވެރިފަރާތަށް -/200,600 (ދެލައްކަ ހަސަތޭކަ
ހައިކޯއާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިވެއްޖެ
15
2011/HC-A/19l
ދައްކަން އޮތުމުން ޖުމްލަ 1,600,912.11 (އެއްމިލިއަން ހަލައްކަ ނުވަސަތޭކަ ބާރަރުފިޔާ އެގާރަ ލާރި)
އަށް ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޒިންމާވާންޖެހޭ އިރު
އެޑްވާންސް ކުލީގެ ގޮތުގައި ހޯސްޓް މޯލްޑިވްސް އިން -975,1471 (ނުވަލައްކަ ހަތްދިހަ
ފަސްހާސް އެއްސަތޭކަ ސާޅީސް ހަތެއް) ރުފިޔާ ޢިމާރާތުގެ ވެރިފަރާތަށް ދީފައިވާކަން އެނގެން އޮންނަކަމާއި،
އެގްރީމެންޓް ބަރާބަރަށް ދެމިގެން ގޮސް އެގްރީމެންޓްގެ މުއްދަތު ހަމަވާއިރު ކެނޑޭނެކަމަށް ބަލާފައިވަނީ
-/474,360 (ހަތަރު ލައްކަ ހަތްދިހަ ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް) ރުފިޔާ ކަމާއި، ބާކީ
-500,7871 (ފަސްލައްކަ ހަތްސަތޭކަ އަށްޑިހަ ހަތް ރުފިޔާ އެގްރީމެންޓް މުއްދަތު ހަމަވުމުން އެގްރީމެންޓް
އާނުކުރާނަމަ ވަގުތުން ކުއްޔަށް ހިފިފަރާތަށް ޢިމާރާތުގެ ވެރިފަރާތުން ދައްކަންޖެހޭކަން އެގްރީމެންޓްގެ
ޝެޑިއުލް 01 ގެ 3 އަދި 4 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތުމުން އެގްރީމެންޓް ނިމުމަކަށް ގެންނަ
ޙާލަތުގައި ކުލީގެ ގޮތުގައި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭ އެއްޗަކާއި ޢިމާރާތުގެ
ވެރިފަރާތުގެ ޒިންމާގައިވާ އެޑްވާންސް ކުލީގެ ގޮތުގައާއި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ހޯސްޓް މޯލްޑިވްސް
ޕީވޓ ލޓޑއިން ދައްކާފައިވާ ފައިސާގެ މައްޗަށް މަޤާއްސާގެ އުޞޫލު ތަންފީޒުވާންޖެހޭކަމާއި އެކަން
ޢަމަލީގޮތުން ކުރުމުގެ ފުރުޞަތު ލިބިގެންދަނީ ޢިމާރާތް
ކުއްޔަށް ހޯސްޓް މޯލްޑިވްސްގެ ފަރާތުން ތަން
ދޫކޮށްލާ ހިސާބުންކަމަށް ބެލެވެން އޮންނަކަން.
ހަފި
0
ޙުކުމް:
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި ދިޔަ ގޮތުގެ
މަތިން ހުރުމުން ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހ.ކޮއިލްގެ ވެރިފަރާތް ކަމުގައިވާ ޙަމްޒާ
ޝިހާމް، މުޙައްމަދު ޢާސް އަދި ނަޝާތު ޝިހާމް އާއި އެކު 15 މާރޗް 2006 ގައި ވެފައިވާ
އެއްބަސްވުމާއި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވާކަމަށް ސިވިލްކޯޓުގެ ނަންބަރު
2010/Cv-C/1201 ޤަޟިއްޔާއިން ކަނޑައަޅާ އެއްބަސްވުން ބާތިލްވެއްޖެކަމަށް އެޤަޟިއްޔާގެ ޙުކުމުގައި
ނިންމާފައިވާ ނިންމުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު ނިންމުމެއްކަމަށް ބަލާނެތަނެއް ނެތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެޤަޟިއްޔާގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
2011/HC-A/191
ޙުކުމުގައި ހޯސްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހ.ކޮއިލްގެ ވެރިފަރާތަށް ދައްކަންޖެހޭ
ފައިސާދެއްކުމުގައި ކަނޑައަޅާފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށާއި އެގޮތުން ހޯސްޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ -975,1471 (ނުވަލައްކަ ހަތްދިހަ
ފަސްހާސް އެއްސަތޭކަ ސާޅީސް ހަތެއް) ރުފިޔާ ކެނޑުމަށާއި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ
-/20,000 (ވިހިހާސް) ރުފިޔާ، ހަމަޖެހިފައިވާ ގޮތުގެ މަތިން އުނިކުރުވެން ޖެހޭކަމަށާއި ހޯސްޓް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ޢިމާރާތް ދޫކޮށްލާ ތާރީޚާއި ހަމައަށް އަރަމުންދާ ކުލި ދައްކަންޖެހޭ ގޮތުގެ މަތިން
ދެފަރާތުގެ ޙައްޤުތަކާއި އިލްތިޒާމުތަކަށް ރިޢާޔަތްކޮށް މަޤާއްސާގެ އުޞޫލު ތަންފީޒުކޮށް މަލީ ޒިންމާގެ
މިންވަރު ކަނޑައަޅަން ޖެހޭކަން އަންގާ އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv