ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/157 ޤަޟިއްޔާގެ ޙުކުމް
1
2{l2/HC-A/157
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
C
ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 157/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު އައިޝް އަޙްމަދު A278987 * ދާއިމީ އެޑްރެސް:މއ.މަޒާގެ
* ބަދަލު: އޖ.ޝަޙީމް
އަޙްމަދު
* މިހާރުގެ އެޑްރެސް: ފ.ހެޕީނައިޓް
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
އައި.ޑީ.ކާޑް ނަންބަރ.
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ރަޖަބު 1433"
23 މެއި 2012
، ނިމުނު ތާރީޚް: 03 ރަޖަބު 1433
24 މެއި 2012
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2012/4022(J
(
MD-145
ނިންމިކޯޓް: ކްރިމިނަލް ކޯޓު
އަމުރުގެ ބާވަތް: ކޯޓު އަމުރު
އަމުރު ނެރުނު ތާރީޚް:
16 މެއި 2012
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2{l2/HC-A/157
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4022(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި، މއ.މަޒްގެ މުޙައްމަދު އައިޝް އަޙްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A278987) ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ނުކުތާތައް
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4022(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ބައްލަވައި ނިންމާފައިވާ ނިންމެވުމަކީ އިންޞާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް މއ.މަޒާގެ މުޙައްމަދު އައިޝް
އަޙްމަދު ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4022(J
(
MD-145 ކޯޓު އަމުރަކީ،
މަސްތުވާތަކެތީގެ ބޭނުންކުރިކަމަށް އަދި އަތުގައި ގެންގުޅުންކަމަށް
ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި
މުޖުތަމަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި މުޙައްމަދު އައިޝާ އަޙްމަދު
ދޫކުރަންނުފެންނާތީ އާއި، މުޙައްމަދު އައިޝާ އަޙްމަދު ދޫކޮށްލައިފިނަމަ މައްސަލައާ ގުޅުންހުރި ހެކިތައް
ގެއްލުވާލަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީ ކަމަށް ވިދާޅުވެ 16 މެއި 2012 ވަނަ ދުވަހުގެ
20:03 އިން ފެށިގެން 26 މެއި 2012 ވަނަ ދުވަހުގެ 20:02 ގެ ނިޔަލަށް، 10 (ދިހައެއް)
ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު އައިޝް
އަޙްމަދު ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެއަމުރުން އެނގެންއޮވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2{12/HC-A/157
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކްރިމިނަލް ކޯޓުގެ
.3
ނަންބަރު
145-J(MD)2012/4022
އަމުރު
އިސްތިއުނާފުކުރުމަށް މުޙައްމަދު އައިޝް އަޙްމަދުގެ ފަރާތުން 02 (ދެއެއް) ނުކުތާއެއް ހުށައަޅާ
އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މުޖުތަޢުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށް ހުރި
ނުރައްކަލެއްކަމަށް ބުނެ މުޙައްމަދު އައިޝް އަޙްމަދު 10(ދިހައެއް) ދުވަހަށް ބަންދު ކުރުމަށް
ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ
އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގައި
ކަނޑައަޅާފައިވާ އިޖުރާތާއި ޚިލާފަށް މުޙައްމަދު އައިޝާ އަޙްމަދު ބަންދުކޮށްފައިވާ ކަމަށްބުނެ ހުށަހެޅި
ނުކުތާ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4022(J
(
MD-145 ކޯޓު އަމުރު މުޙައްމަދު
އައިޝް އަޙްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: 04 މީހަކު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް
ތުހުމަތުކުރެވޭ މައްސަލައެއްގައި 2012 މެއި 05 ވަނަ ދުވަހުގެ 16:30 ހާއިރު މުޙައްމަދު އައިޝް
އަޙްމަދު ހައްޔަރުކުރެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 072199/MF "ހައްޔަރު
މީހާގެ މަޢުލޫމާތު ފޯމް" އިން އެނގެން އޮންނަކަން.
ދިވެހިރާއްޖޭގެ
ކުރެވޭ މީހާ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{12/HC-A/157
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
· · · 4
(ނ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ހައްޔަރާމެދު ގޮތެއް ނިންމައިދިނުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ ޖަދުވަލު (2) ގައި
ބަޔާންކުރެވިފައިވާ ހުވާ ފަނޑިޔާރު ލައިދިނުމުން އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ ފަނޑިޔާރުގެ
ކުރިމަތީގައި ހުވާ ކުރަންވާނެކަން އިޝާރާތްކުރެވުނު ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގައި ސާފު
ޢިބާރާތުން އެނގެން އޮވެފައި،
co
އިސްތިއުނާފުކުރެވޭ މިމައްސަލާގައި މުޙައްމަދު އައިޝް އަޙްމަދުގެ ބަންދާމެދު ގޮތެއް
ނިންމައިދިނުމަށް ހުށަހެޅުމުގެ ކުރިން އިސްވެ އިޝާރާތްކުރެވުނު ހުވާކުރުވާފައި ނުވާކަން މިމައްސަލައާ
ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބެލުމުން އެނގެންއޮތުމުން، ކްރިމިނަލް ކޯޓުން މުޙައްމަދު އައިޝް އަޙްމަދު ބަންދުގައި
ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 05 ވަނަ މާއްދާގެ
(ށ) ގައި ކަނޑައެޅިފައިވާ އިޖުރާއަތާއި އެއްގޮތަށް ނޫންކަން އެނގެން އޮންނަކަން.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2{012/HC-A/157
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
83
އެކެވެ
ހ 2
0
2
ރވެން
ހ9 (0 (0
مر مرمرمر
ދެންފަހެ، އިސްވެ
ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު،
މއ.މަޒާގެ މުޙައްމަދު އައިޝާ އަޙްމަދު 16 މެއި 2012 ވަނަ ދުވަހުގެ 20:03 އިން ފެށިގެން 26
މެއި 2012 ވަނަ ދުވަހުގެ 20:02 އަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އެކޯޓުގެ ނަންބަރު 2012/4022(J
(
MD-145 ކޯޓު އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައި
"ކުށެއްގެ ތުހުމަގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 05 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާއާތުތަކާ ޚިލާފަށްކަން
އެނގެން އޮތުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4022(J(MD-145 ކޯޓު އަމުރު މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
އަޙްމަދު ޝަރީފް
(އިސްފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv