ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/313 ޤަޟިއްޔާގެ ޙުކުމް
2009/HC-A/313
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
cu o
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
.«
.ނޫއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރ: 313/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
* ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
* ދާއިމީއެޑްރެސް: މއ. ސީރާޒީގެ
*
މިހާރުގެ އެޑްރެސް: ފަސްމީރު ބިލްޑިންގ
އިސްތިއުނާފު ރައްދުވި ފަރާތް:
* މައުރޫފު ޒާކިރު
*
* ދާއިމީއެޑްރެސް: ބ. ކެންދޫ ދާއިރާ
* އައިދިކާޑު ނަންބަރ: A151070
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ޛުލްޤައިދާ 1430
20 އޮކްޓޯބަރ
، ނިމުނު ތާރީޚް: 22 ޛުލްޙިއްޖާ 1430
09 ޑިސެމްބަރ 2009
2009
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/VTR/21
• ނިންމެވިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 2009-05-03
ނިމުނު ތާރީޚް: 2009-07-22
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/313
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
. ދަޢުވާގެ ޚުލާޞާ
cu Oc
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު 2009/VTR/21 ގެ
މައްސަލަ، އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ
އެނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ރީތިރަށް ރިޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން
އިސްތިއުނާފް ދަޢުވާއެއްގެ ގޮތުގައި، އެމައްސަލަ މަޢުޟޫޢީ ގޮތުން ބެލިދާނެތޯ
ބެލުމަށްޓަކައި، އިޖްރާއީ ގޮތުން ބެލެވިފައިވާ މައްސަލައެކެވެ. މިމައްސަލަ ރައްދުވާ ފަރާތަކީ، ކެންދޫ|
ދާއިރާ، މަޢުރޫފް ޒާކީރެވެ.
*8
ފާހަގަކުރެވިފައިވާ ނުކުތާތައް:
1- ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/21 މައްސަލާގައި އެޓްރައިބިއުނަލުން
ބަލާފައިވަނީ ރީތިރަށް ރިސޯޓްގެ ސީނިއަރ ހެޑްވެއިޓަރެއްގެ ވަޒީފާގައި ހުރި ބ. ކެންދޫ ދާއިރާ، މަޢުރޫފް
ޒާކިރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒިފާއާބެހޭ ޤާނޫނު) އާއި ޚިލާފަށް
ކަމަށްބުނެ އެކަން ބަލައިދިނުމަށް އެދި މަޢުރޫފް ޒާކިރުގެ ފަރާތުން ހުށަހެޅި ވަޒީފާއާބެހޭ މައްސަލައެއްކަން
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިއުން ތަކުންނާއި ދެފަރާތުގެ ބަހުން
އެނގެން އޮވެއެވެ.
04x
2- މަޢުރޫފް ޒާކިރު ހުށަހެޅި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު،
އެމައްސަލައާއި މެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަކިގޮތެއް ކަނޑައަޅައި އެމައްސަލަ ނިންމާފައިވަނީ
2009 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގައި ކަމަށްވާއިރު، އެމައްސަލަ އިސްތިއުނާފު
ކޮށްދިނުމަށް އެދި ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގައިކަން އެމައްސަލަ ހުށަހެޅި
ފޯމުން އެނގެން އޮންނާތީ، ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު
ކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ
ނިމުނުތާ 87 ދުވަސް ފަހުގެ ތާރީޚެއްގައިކަން ރަނގަޅަށް އެނގެން އޮވެއެވެ.
3- ޤާނޫނު ނަންބަރު 02/2008 (ވަޒިފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) ގައި
ބުނެފައިވާ ޙާލަތް ފިޔަވައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ތަކަކީ އެމައްޗަށް ޢަމަލު ކުރަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt gov.mv
2009/HC-A/313
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2 20
2 20
އެންމެ ފަހުގެ ނިންމުންތައް ކަމަށް ވަޒީފާއާއި ބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލައެއް
ނިންމާފައިވަނީ ޝަރުޢީ އުޞޫލުތަކާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފުވާފަދަ ގޮތަކަށް ކަމުގައި ވަނީނަމަ ނުވަތަ
އެމައްސަލައެއް ނިންމާފައިވަނީ އެޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުން ކޮށްގެން ކަމުގައިވަނީ ނަމަ،
އެމައްސަލައެއް ނިންމާތާ 60 ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުގެ ނިންމުން އިސްތިއުނާފު ކުރުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބުނެވިދިޔަ ޤާނޫނުގެ 85 ވަނަ މާއްދާގެ
(ށ) ގައި ބުނެފައިވާކަން ފާހަގަ ކުރެވިފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާއިދުގެ 9 ވަނަ މާއްދާގެ
(ށ) ގައި "މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ހައިކޯޓަށް ހުށަހަޅާ ހުށަހެޅުމަކީ، މާލޭގައި ހުރި
މުއައްސަސާއަކުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާނަމަ، އެ ނިންމުމެއް ނިންމިތާ 90 (ނުވަދިހަ)
ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެކަމަށް ކަނޑައަޅާ ބަޔާންކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައިވެއެވެ.
4- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ޤާނޫނަކާއި ނުވަތަ ޤަވާޢިދަކާއި ޚިލާފު
ނިންމުމެއް ކަމަށް ދެކޭ ފަރާތަކުން އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް
ޤާނޫނު ނަންބަރު 12/2008 ގެ ދަށުން ދެވިފައިވާ މުއްދަތަކީ އެމައްސަލައެއް ނިންމާ ތާރީޚުން ފެށިގެން
60 ދުވަސް ކަމަށްވެފައި، އެމުއްދަތުގެ ތެރޭގައި ހައިކޯޓަށް ހުށަނާޅައިފިނަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނިންމުމަކީ އެމައްސަލައެއްގެ އެންމެ ފަހުގެ ނިންމުން ކަމަށް ޤާނޫނު ނަންބަރު 12/2008 ގެ 85 ވަނަ
މާއްދާގެ (ހ) ގައި ސާފު ބަހުން ބަޔާންކޮށްފައި އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތައް އިސްތިއުނާފު ކުރުމަށް ޤާނޫނީ ގޮތުން ލިބިދެވޭނެ އެންމެ ދިގު
މުއްދަތަކީ 60 ދުވަސް ކަމަށާއި، އެމުއްދަތުގެ ތެރޭގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ބޭނުން ނުކޮށް
އެޙައްޤު ދޫކޮށްލާފައިވާ ފަރާތަކަށް އެމުއްދަތު ފަހަނަޅައި ދާފަހުން، އެފަދަ މައްސަލައެއް އިސްތިއުނާފު
ކުރުމުގެ ޙައްޤު ވަޒީފާއާބެހޭ ޤާނޫނު ލިބިނުދޭ ކަމަށާއި، އަދި ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިޔަސް
އިސްތިއުނާފު ކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވާ މައްސަލަތައް އިސްތިއުނާފު ކުރުމަށްޓަކައި އެނޫ
އިތުރު މުއްދަތެއް އޮވެދާނެ ކަމަށް ބެލެވެންޖެހޭ ފަދަ ހަމައެއް ނެތަތީއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ހ)ގެ ދަށުން މައްސަލަ އިސްތިއުނާފު ކުރުމަށް ލިބިދެވިފައިވާ މުއްދަތަކީ
އެހެން ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިޔަސް އިސްތިއުނާފު ކުރުމަށްޓަކައި މުއްދަތެއް ކަނޑައެޅިފައިނުވާ
މައްސަލަތައް އިސްތިއުނާފު ކުރުމަށް ލިބިދެވިފައިވާ މުއްދަތަކަށް ވާތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ
9 ވަނަ މާއްދާގެ (ށ) އަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމާ މައްސަލަތައް ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ
0x
އެނޫން
02
02 3
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/313
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
60 ދުވަހުގެ މުއްދަތު ފަހަނަޅާ ދާފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤާނޫނީ ގޮތުން
މަގުފަހި ކުރެވިދާފަދަ ޙުއްޖަތަކަށް ނުވެއެވެ.
އެކު:-
އިސްވެ ބަޔާންވެ ދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤާނޫނު ނަންބަރު 02/2008 ގެ
85 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ 60 ދުވަސް ފާއިތުވެދިއުމަށް ފަހު އެފަދަ މައްސަލައެއް
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަކީ ބުނެވިދިޔަ ޤާނޫނުގެ 85 ވަނަ މާއްދާގެ (ހ) ހުރަސް
އަޅާ ކަމެއްކަން އެނގެން އޮންނާތީއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2009/VTR/21
މައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވަނީ
އެފަދަ މައްސަލައެއް އިސްތިއުނާފު ކުރުމަށް ޤާނޫނު ނަންބަރު 02/2008 ގައި ކަނޑައެޅިފައިވާ މުއްދަތު
ފަހަނަޅާ ދިޔަފަހުން ކަމަށް ވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 313/HC
-
A/2009 ޤަޟިއްޔާ
އިސްތިއުނާފް ދަޢުވާއެއްގެ ގޮތުގައި މައުޟޫޢީ ގޮތުން ބެލެވޭނެ ތަނެއް ނެތް ކަމަށް ޙުކުމްކޮށްފީމެވެ.
OXO >>
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
und
4 އަމީ
(
ޢަލީ ޙަމީދު މުޙައް
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފުނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv