ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/164 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 164/HC-A/2011
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
283
· 2
17
އިސްތިއުނާފު ރައްދުވި ފަރާތް:
(1) * ނަން: ޢަބްދުއްލަޠީފް މުޙައްމަދު ދާއިމީ އެޑްރެސް: ޏ. ފުވައްމުލައް ޑެއިލީ
އައިޑީ ކާޑު ނަންބަރު: A009827 މިހާރުގެ އެޑްރެސް: ހަވީރީފަންނު
ވަކީލު: ޢަލީ ޝާހް، ގއ. ވިލިނގިލި/ ބީޗްހައުސް. އައިކާޑު ނަންބަރު A092898
(2) * ނަން: ޙަސަން ޢަލީ
ދާއިމީ އެޑްރެސް: މ.މ.ފ.ދ ނަންބަރު 3033
އައިޑީ ކާޑު ނަންބަރު: A026776 މިހާރުގެ އެޑްރެސް:
ފެންނާގެ
ވަކީލު: އަޙްމަދު ޒަރީނު އާދަމް، ހ. މާލެހިޔާ 2
01-14. އައިކާޑު ނަންބަރު A068395
• ހުށަހެޅުނު ތާރީޚް: 06 ޖުލައި 2011
* ނިމުނު ތާރީޚް: 17 އޮގަސްޓް 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr
-
C/539
• ނިންމެވިކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 11 މެއި 2011
ނިމުނު ތާރީޚް: 14 ޖޫން 2011
E
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ހ.40 އެވެ.
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/164
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/539 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލި
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ޏ. ފުވައްމުލައް ޑެއިލީ ބުލޫ ޢަބްދުއްލަޠީފު
މުޙައްމަދު އާއި، މ.މ.ފ.ދ ނަންބަރު 3033 ޙަސަން ޢަލީ އަށެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/539 ޤަޟިއްޔާގައި ޢަބްދުއްލަޠީފް މުޙައްމަދު އާއި
ޙަސަން ޢަލީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، 12 ޑިސެމްބަރު 2010 ދުވަހުގެ 19:40 ހާއިރު،
ނަންބަރު ޔޫއެލް 103 ފުލައިޓުން އޮރެންޖް ބުލޫމްސްގެ ނަންމަތީގައި ދިވެހިރާއްޖެއަށް ގެނައި
ފޮށިގަނޑުތަކެއްގެ ތެރެއިން 3 ފޮށިގަނޑެއްގައި މަސްތުވާތަކެތި ހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ލިބުމާއި ގުޅިގެން، މަސްތުވާތަކެތި ފެނުނު 3 ފޮށިގަނޑާއި ޙަވާލުވަނީ ކޮންފަރާތެއްތޯ ފުލުހުން
ބެލުމަށް 14 ޑިސެމްބަރު 2010 ދުވަހުގެ 01:10 ހާއިރު، ހުޅުލެއިންފުރި މިރި، ދޯނީގައި މިފޮށިގަނޑުތައް
މާލެ ގެންގޮސް މާލޭގެ ދެކުނު ހާބަރު ޓީ ޖެޓީއަށް ބޭލުމުން، ޢަބްދުއްކަ
ބެދުއްލަޠީފް މުޙައްމަދު އާއި ޙަސަން ޢަލީ، މި 3
ފޮށިގަނޑާއި ޙަވާލުވެ، 3 ފޮށިގަނޑު ޢަބްދުއްލަޠީފް މުޙައްމަދުގެ ނަންބަރު އޭބީ!އޭ ޕީ 5387 ކާރުގެ
ކީއަށް އެރުވުމަށްފަހު އެތަނުންދޭން އުޅެނިކޮށް ފުލުހުންގެ ބޭކަލުން އެތަނަށް ގޮސް ޢަބްދުއްލަޠީފު
މުޙައްމަދުއާއި ޙަސަން ޢަލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނަންބަރު އޭބީ!އޭ 5387 ކާރުގެ
ޑިކީގައި ހުރި 3 ފޮށިގަނޑު ބެލިއިރު މި 3 ފޮށިގަނޑުގެ ތެރެއިން 1 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުން
ފެނުނު ދެ ސެލޯފިންގަނޑުގައި 354.6002 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި، 85.2980 ގްރާމް
ކެނަބިނޯލް ހުރިކަމަށާއި، 2 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ސެލޯފިންގަނޑުގައި
166.7210 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި، 51.1862 ގުރާމް ކެނަބިނޯލް ހުރިކަމަށާއި، 3 ނަންބަރު
ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ދެ ސެލޯފިންގަނޑުގައި 338.8582 ގުރާމް
ޓެޓްރާހައިޑްރޯކެނެބިނޯލާއި، (86.7604 ގްރާމް ކެނަބިނޯލް ހުރިކަމަށް ތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ،
ހު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/164
3
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ށ) އާއި، ޙަވާލާދީ
އެމާއްދާގެ (ރ) ގެ ދަށުން، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ
އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޏ. ފުވައްމުލައް ޑެއިލީބްލޫ ޢަބްދުއްލަޠީފް މުޙައްމަދާއި،
މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 3033 ޙަސަން ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައިވާ މަނާ
ކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލި
ބެލުމުން، 14 ޑިސެމްބަރު 2010 ދުވަހުގެ ވަގުތެއްގައި (ގާތްގަނޑަކަށް އެދުވަހުގެ 1:00 ހާއިރު) މާލޭ
ދެކުނު ހާބަރު ޓީޖެޓީއަށް ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ ގޮސް ހަވާލުވި މަނާ ކުރެވިފައިވާ މަސްތުވާ
ތަކެއްޗާއި މޭވާ ހުރި 3 (ތިން) ފޮށި ގަނޑަކީ 12 ޑިސެމްބަރު 2010 ދުވަހު ވައިގެ މަގުން އިންޑިޔާއިން
ދިވެހި ރާއްޖެއަށް އެތެރެ ކުރި ތަކެތިކަން މިމައްސަލާގައި ހުށަހެޅިފައިވާ ދަޢުވާގެ ސީޣާއިންނާއި މިމައްސަލާގައި
ޙާޟިރު ކުރެވުނު އެންމެހާ ފަރާތްތަކުގެ ބަހުން އެނގެން އޮތް ހިނދު، އެފޮށިގަނޑުގައި ހުރި މަނާ
ކުރެވިފައިވާ މަސްތުވާ ތަކެތި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ ޢަބްދުއް ލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ
އެނގުމާއި ޢިލްމުގެ ތެރެއިންކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާއެއް ދައުލަތުގެ
ފަރާތުން ހުށަހަޅާފައި ނުވާތީއާއި، ޢަބްދުލް ލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ ބެލުމުގެ ދަށަށް ނުވަތަ
ޙިޔާޒަތުގެ ދަށަށް އެފޮށިގަނޑުތައް ގެންގޮސްފައިވަނީ ކޮންގޮތަކުންކަން މިމައްސަލާގައި ހުށަހެޅިފައިވާ އެންމެހާ
ލިޔެކިޔުންތަކުންނާއި، މިމައްސަލާގައި ޙާޟިރު ކުރެވުނު އެންމެހާ ފަރާތްތަކުގެ ބަހުން އެނގެން އޮތްއިރު
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ ބެލުމުގެ ދަށަށް ނުވަތަ އެދެމީހުންގެ ޙިޔާޒަތުގެ ދަށަށް
އެފޮށިގަނޑުތައް ގޮސްފައިވަނީ އެފޮށިގަނޑުތަކުގައި މަނާ ކުރެވިފައިވާ މަސްތުވާތަކެތި ހުރިކަން ޢަބްދުއްލަޠީފް
މުޙައްމަދާއި ޙަސަން ޢަލީއަށް އެނގިހުރެކަން ޝަރީޢަތަށް ސާބިތުވާ ހެއްކެއް ޤަރީނާއެއް ދައުލަތުގެ ފަރާތުން
ހުށަހަޅާފައި ނުވާތީއާއި، އެފޮށިގަނޑުތައް ދިވެހިރާއްޖެއަށް ފޮނުވި ފަރާތާއި ނުވަތަ އެފަރާތަކާއި ގުޅުންހުރި
އެއްވެސް ފަރާތަކާއި ޢަބްދުއްލަޠީފް މުޙައްމަދު ނުވަތަ ޙަސަން ޢަލީވިއަސް މަސްތުވާތަކެއްޗާއި ގުޅުން ހުރި
އެއްވެސް ވާހަކައެއް ދައްކާ އެފަދަ މުޢާމަލާތެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް
ޤަރީނާއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީއާއި، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ އެތިން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
ފޮށިގަނޑާއި ޙަވާލުވި ނަމަވެސް، އަދި އޭގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ހުރިނަމަވެސް، އިސްވެ
ބުނެވުނު ކަންތައްތަކަށް ބަލާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
އެއްވެސް ޤަޞްދެއް ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ އޮތްކަން ޝަރީޢަތަށް ޤަބޫލުކުރެވޭވަރުގެ ހެކި
ޤަރީނާ ނެތުމުން، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ދައުލަތުން ކުޅަ، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅުއްވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
މަށް
CCCX
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/539
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 12 (ބާރަ)
ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ބިނާކޮށްފައިވަނީ
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ ތިބި ކާރުގެ ޑިކީ ތެރޭގައި ހުރި 3 (ތިން) ފޮށިގަނޑުން ފެނުނު
ސެލޯފިން ގަނޑުތަކެއްގައި 1083.4236 ގްރާމް ކެނަބިނޯލް އާއި ޓެޓްރާހައިޑްރޯ ކެނަބިނޯލް ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯރޓުން ދައްކާފައިވާތީކަމަށް ވީއިރު، އަދި ދައުލަތުން މިދެމީހުންގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރިކަމުގެ ދަޢުވާ އުފުލާފައިނުވާއިރު، ޢަބްދުއްލަޠީފް
މުޙައްމަދާއި ޙަސަން ޢަލީ ޙަވާލުވި 3 (ތިން) ފޮށިގަނޑަކީ 12 ޑިސެމްބަރު 2010 ދުވަހު ވައިގެ މަގުން
އިންޑިޔާއިން ދިވެހިރާއްޖެއަށް އެތެރެވި ތަކެތިކަމަށާއި، އެފޮށިގަނޑުތަކުގައި ހުރި މަނާކުރެވިފައިވާ
މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެވެފައިވަނީ ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ އެނގުމާއި،
ޢިލްމުގެ ތެރެއިންކަން ޝަރީޢަތަށް ސާބިތުވާވަރުގެ އެއްވެސް ހެއްކެއް ޤަރީނާ ލިބިފައިނުވާކަމަށް ވިދާޅުވެ،
”ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ ނަންބަރު
(ކ)އަށް
ރިޢާޔަތްކުރެއްވުމެއްނެތި، މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
1.2ގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
26 27 26
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/164
0
cu
coc
ދެވަނަ ނުކުތާއަކީ: ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ ބެލުމުގެ ދަށުގައި ނުވަތަ މިދެމީހުންގެ
ޙިޔާޒަތުގެ ދަށުގައި މަސްތުވާތަކެތި ފެނުނު 3 (ތިން) ފޮށިގަނޑު ހުރިކަން މިދެމީހުންގެ ބަހުންނާއި އަދި
މިމައްސަލާގައި ޙާޟިރުކުރެވުނު އެންމެހާ ފަރާތްތަކުގެ ހެކިބަހުން އެނގެން އޮތްއިރު، ޙިޔާޒަތާ ބެހޭ ގޮތުން
ޢަމަލުކުރަންޖެހޭ ގޮތް ހައިކޯޓުގެ ނަންބަރު 24/HC
-
A/2006 ޤަޟިއްޔާއިންނާއި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 08/SC-A/2008 ޤަޟިއްޔާއާއި، ނަންބަރު 07/SC-A/2010 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި،
ޚިލާފަށް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި، މައްސަލަ
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
އިސްތިސްނާއެއްނެތި، "މުޠުލަޤު މަސްޢޫލިއްޔަތު" ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ"
އެއްކަން ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) 2 ވަނަ މާއްދާގެ (ށ)ގެ ޞަރީޙަ
ނައްޞުން ކަނޑައެޅިގެން އެނގެން އޮންނަކަމާއި، އެމީހެއްގެ އަތަށް ލިބޭ އެއްޗެއްގައި މަސްތުވާތަކެތި ހުރިކަން
އޭގައި ހުރި އެއްޗެއް އޮޅިފައިވާކަން ސާބިތުކޮށްދިނުމަކީ އެމީހަކު ކުރަންޖެހޭ ކަމެއްކަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 08/SC-A/2008 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާއިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް މަތީ މަރުޙަލާގެ ކޯޓުތަކުން
ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: މަސްތުވާތަކެތި ހުރި ފޮށިގަނޑުތަކާއި ޢަބްދުލްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ
ޙަވާލުވެފައިވަނީ އޭގައި ހުރި އެއްޗެއް ބަލާފައި ނޫންކަމަށާއި، ފޮށިގަނޑުތަކުގައި ހުރީ ސީދާ ކޮންއެއް
އެއްޗެއްކަން
މިދެމީހުންކުރެ މީހަކަށް ނޭނގޭނެކަން ޝަރީޢަތަށް ޙާޟިރުކުރި އެންމެހާ ފަރާތްތަކުގެ ވާހަކަތަކުން އިނގެން
އޮންނަކަމަށް ފާހަގަކުރައްވާފައިވާއިރު، އެފޮށިގަނޑުތަކުގައި ހުރީ މަސްތުވާތަކެތި ނޫންކަމަށް މިދެމީހުން ބުނާ
ބުނުން ފިޔަވާ މިދެމީހުންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވުމުގެ އިތުރުން ދައުލަތުން ހުށަހެޅި
ހެކިންވެސް އަދި ޝަރީއަތުން ޙާޟިރު ކުރެއްވި ހެކިންވެސް މިދެމީހުންނަށް އޭގައި ހުރީ މަސްތުވާތަކެތިކަން
ނނީޤީކه
ނުވަތަ
404
0
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
:::$
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
cu
ނޭނގޭނެކަމަކަށް ބުނެފައިނުވާކަން ސާފުކޮށް، ބަޔާންތަކުން އިނގެން އޮތްއިރު، އެކަންތައްތަކަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވުމާއި، އަދި ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ އެނގުމާއި،
ޢިލްމުގެތެރެއިން ފޮށިގަނޑުތަކަށް މީހަކު ލާފައިވާ މަސްތުވާތަކެތިކަން ޝަރީއަތަށް ސާބިތުވާވަރުގެ އެއްވެސް
ހެއްކެއް ޤަރީނާއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައިވާއިރު،
އެތަކެއްޗަކީ އެދެފަރާތުގެ އެނގުމުގެ ތެރޭގައި ނުވާތަކެތިކަން ސާބިތުކޮށްދިނުމަކީ އެދެފަރާތުގެ
މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 08/SC-A/2008 ޤަޟިއްޔާއިންނާއި،
ނަންބަރު 07/SC-A/2010 ޤަޟިއްޔާއިން އެނގެން އޮތްއިރު، މި ދެޤަޟިއްޔާއާ ޚިލާފަށް ކްރިމިނަލް ކޯޓުން
މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)އާއި،
ޚިލާފަށް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ފާހަގަ
ކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ: މިމައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ 11 ވަނަ ނުކުތާގައި
ދިވެހިރާއްޖެއަށް އެތެރެވާ މުދާތަކުގެ ތެރޭގައި ހުންނަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއް
ހުރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގެ ތެރޭގައި ހުރި މީހަކާ ގުޅުންހުރި
އެއްޗެއްކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ، އެފަދަ
ރާފަރާތު
މަސްއޫލިއްޔަތެއްކަމަށާއި، މިމައްސަލާގައި ދައުލަތުގެ ފަރާތުން މިކަންތައްތައް ސާބިތުކޮށްދެވިފައިނުވާކަމަށް
ފާހަގަކުރައްވާފައިވާއިރު، މިމައްސަލާގައި މަސްތުވާތަކެތި ފެނުނު ފޮށިގަނޑުތައް ހުރީ ޢަބްދުއްލަޠީފް މުޙައްމަދާއި
ޙަސަން ޢަލީގެ ބެލުމުގެ ނުވަތަ ޙިޔާޒަތުގެ ދަށުގައިކަމަށްވީއިރު، އަދި އެތަކެއްޗަކީ މިދެމީހުންގެ ތަކެތި ނޫންކަން
މިދެމީހުންނަށް ސާބިތު ކޮށްދެވިފައިނުވުމުން، އެތަކެއްޗަކީ މިދެމީހުންނާ ގުޅުންހުރި ތަކެތިކަން އެނގެން
އޮތްއިރު، މިކަމަށް ރިޢާޔަތް ކުރައްވާފައިނުވުންކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13 ވަނަ ނުކުތާގައި
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ ޙަވާލުވި 03 ފޮށިގަނޑުގައި ހުރި މަސްތުވާތަކެއްޗަކީ މިދެމީހުން
ބައިވެރިވެގެން އެތެރެކުރި ތަކެތިކަމަށް މިމައްސަލަ ތަޙްޤީޤުކުރި ފަރާތަށް ތުހުމަތު ކުރެވުނުއިރު، އެތަކެއްޗާމެދު
މިދެމީހުންކުރެ މީހަކު ތަޞައްރަފު ކުރޭތޯ ބަލާފައި ނުވުމީ ކަމާބެހޭ ފަރާތްތަކުން އިހްމާލުވުންކަމަށް ދެކޭކަމަށް
COX >
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
0
cuc
ފާހަގަކުރައްވާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަކިކަމެއް ކުރުމީ ނުވަތަ ނުކުރުމީ މިމައްސަލާގައި ޢަބްދުއްލަޠީފް
މުޙައްމަދާއި ޙަސަން ޢަލީ ކުށެއް ނުކުރާކަމަށް ދަލީލު ކޮށްދޭކަމަކަށް ނުވާއިރު، ވަކި މުއައްސަސާއަކުން ވަކި
ކަމެއް ނުކުރުމަކީ މިމައްސަލާގައި ކުށް ސާބިތުވުމާއި ނުވަތަ ކުށް ސާބިތު ނުވުމާ ގުޅިފައިވާ ކަމަކަށް ނުވާއިރު،
އެނޫން ގޮތަކަށް މައްސަލާގައި ހެކި ވަޒަންކުރައްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތްވަނަ ނުކުތާއަކީ: މިމައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 14 ވަނަ ނުކުތާގައި،
މިދެމީހުންކުރެ މީހެއްގެ އަތުގައި މަނާކުރެވިފައިވާ މަސްތުވާތަކެތި ބެހެއްޓުމުގެ ޤަޞްދެއް އޮތްކަމަށް ބެލެވޭނެ
ތަނެއް ނެތްކަމަށް ފާހަގަކުރައްވާފައިވާއިރު، މީހެއްގެ ޤަޞްދު ދެނެގަނެވޭނީ އެމީހެއްގެ ޢަމަލުންކަމަށްވެފައި،
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 08/SC-A/2008 ޤަޟިއްޔާގައިވެސް ޤަޞްދާ ގުޅިގެންވެސް
ޝަރީޢަތުން ބަލަންޖެހޭ ކަންކަމާ، އެކަންކަން ބަލަންޖެހޭގޮތްތައް ވަރަށް ޞަރީޙަކޮށް ބަޔާންކޮށްފައިވާއިރު،
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ މަސްތުވާތަކެތި ބެހެއްޓުމުގެ އެއްވެސް ޤަޞްދެއްނެތްކަމަށް ކްރިމިނަލް
ކޯޓުން ނިންމަވާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާގޮތާއި، ޚިލާފަށް މަތީ މަރުޙަލާގެ ކޯޓަކުން
ނިންމަވާފައިވާ ނިންމުމަކަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
އަށްވަނަ ނުކުތާއަކީ: ޢަބްދުއްލަޠީފް މުޙައްމަދުގެ ފޯނަށް އިންޑިޔާގެ ނަންބަރަކުން ފޮނުވާފައިހުރި
އެސް.އެމް.އެސް ތަކެއްގައި 1، 2، 3، މިނަންބަރުތައް ޖަހާފައިވާ ފޮށިގަނޑުތަކަށް އިޝާރާތްކޮށްފައިވާއިރު
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އަތުން ފެނުނު 03 ފޮށިގަނޑުގައިވެސް 1، 2، 3،
ޖަހާފައިވާކަމާއި، އަދި އެތިން ފޮށިގަނޑުން މަސްތުވާތަކެތި ފެނުނުކަމަށް ހެކިންގެ ހެކިބަހުން އެނގެން
އޮންނާތީ، މިދެންނެވި އެސް.އެމް.އެސް ރިޕޯޓު ޤަރީނާއެއްގެ ގޮތުގައި ދައުލަތުން ހުށަހެޅުމުން، ފޮނުވާފައިވާ
އެއްވެސް މެސެޖެއްގައި މަސްތުވާތަކެއްޗާއި ގުޅުންހުރި އެއްވެސް ވާހަކައެއް ބަޔާންވެފައި ނެތްކަމަށާއި، އެފަދަ
ކަމަކަށް އިޝާރާތްވާކަހަލަ އެއްވެސް ވާހަކައެއް ބުނެފައި ނުވާކަމަށް މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ 08 ވަނަ ނުކުތާގައި ފާހަގަކުރައްވާ، ދައުލަތުން ހުށަހެޅި އެސް.އެމް.އެސް ރިޕޯޓަށް
އެއްވެސް
ބުރަދަނެއް ދެއްވާފައި ނުވުންކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/164
0
ނުވަވަނަ ނުކުތާއަކީ: މައްސަލާގައި މުދާ އެތެރެކުރި ފަރާތާއި އަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން
ޢަލީއާއި މީގެ ކުރިން އެއްވެސް ވަރަކަށް ފޯނުގެ މުޢާމަލާތެއް ހިނގާފައިނުވާކަން އިނގެން އޮތުމުގެ އިތުރުން،
މުދާ އެތެރެވި ދުވަހުން ފެށިގެން އެތަކެތި ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އަތްމައްޗަށް ދިއުމާ
ހަމައަށް ދުވާލާ ރޭގަނޑުގެ އެކިއެކި ވަގުތުތަކުގައި މިދެމީހުން މުދާ އެތެރެ ކުރި ފަރާތައް ގުޅާފައިވާކަން
ފޯނުކޯލުތަކުގެ ދިރާސާ ރިޕޯޓުން އެނގެން އޮތުމުންނާއި، މިދެމީހުންގެ އަތުން ފެނުނު ފޮށިގަނޑުތައް މިދެމީހުން
ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަން އެރިޕޯޓުން އެނގެން އޮންނާތީ، ދައުލަތުން އެރިޕޯޓު
ޤަރީނާއެއްގޮތުގައި ހުށަހެޅުމުން، ފޯނުކުރުމާއި މެސެޖްކުރުމަކީ ޝަރުއީގޮތުންވެސް އަދި ޤާނޫނީ ގޮތުންވެސް
ކުށަކަށް ނުވާތީ، ކުރާ ފޯނުތަކުގައި ނުވަތަ މެސެޖްތަކުގައި ކުށުގެ ޢަމަލެއް ހިންގުމާ ގުޅުންހުރި އެއްވެސް
ވާހަކައެއް ދެކެވިފައިނުވާނަމަ ނުވަތަ އެފަދަކަމަކަށް އިޝާރާތެއްވާފަދަ ވާހަކައެއްވެސް ދެކެވިފައި ނުވާނަމަ،
ފޯނު ކޯލުތަކާއި މެސެޖްތަކަކީ އޭގެޒާތުގައި މީހަކު ކުށެއްކުރިކަން ނުވަތަ ކުށެއްކުރުމުގައި މީހަކު ބައިވެރިވިކަން
ދަލީލުކޮށްދޭނެ އެއްޗެއް ނޫންކަމަށް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 09 ވަނަ ނުކުތާގައި ފާހަގަކުރައްވައި،
އެރިޕޯޓަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވުންކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
ދިހަވަނަ ނުކުތާއަކީ: މައްސަލައިގެ ޝަރީއަތް ހިންގެވުމުގައި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް
ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ކ) އާއި ޚިލާފަށް ކްރިމިނަލް ކޯޓުން ޢަމަލު ކުރައްވާފައިވުންކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
އެގާރަވަނަ ނުކުތާއަކީ: މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 01 ވަނަ ނުކުތާގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ދަޢުވާކޮށްފައިވުމުން
ކަނޑައެޅިގެން ފެންނަން ހުރި ކަންތައްތަކެއްގެ މައްޗަށްބަލާ ދިވެހި އުއްމަތުގެ ޙައްޤުގައި ދަޢުވާގެ ސިފަ
ރަނގަޅަށް ބަޔާންކޮށްދިނުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ވަރަށް ބޮޑަށް އިހްމާލުވެފައިވާކަމަށާއި،
މިމައްސަލާގައި ތުޙުމަތުކުރެވޭ އެހެން ބަޔަކު ތިބިކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު
އެނގެން އޮތުމުން، އެބަޔަކު ކުށުގެ ތުހުމަތުން ބަރީއަވާގޮތަށް ދަޢުވާ ބައްޓަންކޮށްފައިވުމީ ޕްރޮސިކިއުޓަރ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
ޤަބޫލުކުހި2
ބަލުކުރައްވާކަމަށް
ޖެނެރަލް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ދަށުން މަސައްކަތްކުރާ އެހެން ބަޔަކު ދަޢުވާކުރުމުގައި
އެބައިމީހުންނަށް ލިބިފައިވާ ބާރާއި އިޚްތިޔާރު ނަހަމަގޮތުގައި ބޭނުންކުރުންކަމަށް ރައްވާކަމަށް
ފާހަގަކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ އިމުގެ ބޭރުން އެކޯޓުން ޢަމަލު
ކުރައްވާފައިވުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 126/HC
-
A/2008 ޤަޟިއްޔާއާވެ.
ޚިލާފަށްކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ބާރަވަނަ ނުކުތާއަކީ: މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 02 ވަނަ ނުކުތާގައި،
މައްސަލައިގެ ލިޔެކިއުންތަކުގެ ތެރެއިން ބައެއް ލިޔުންތައް މަދުކަމަށާއި، އެލިޔުންތައް ޝަރީޢަތަށް ހުށަހެޅުމަށް
ތަކުރާރުކޮށް އެންގުމުންވެސް ދައުލަތުން ތަފާތު ބަހަނާތައް ދައްކާ ހެދިކަމަށާއި، އެންމެ ފަހުން ޝަރީޢަތުން
އިންޒާރުދިނުމުން ލިޔުންތައް ހުށަހެޅިއިރު އެލިޔުންތަކުގެ ތެރޭގައި މައްސަލައާ ގުޅުންހުރި ދެހެއްކެއްގެ ބަޔާން
އޮތްކަމަށާއި، ދައުލަތުން މިގޮތަށް ޢަމަލުކޮށްފައިވަނީ ވަކިކަމެއް ޝަރީއަތަށް ފޮރުވުމުގެ ޤަޞްދުގައިކަމަށް
ވިދާޅުވެ ފާހަގަކުރައްވާފައިވާ ވާހަކައަކީވެސް އެއްވެސް ބުރަދަނެއް ނެތް ހަޤީޤަތާ ޚިލާފު ވާހަކައެއްކަމަށް ބުނެ
ފާހަގަ ކުރި ނުކުތާއެވެ.
632 8:
04c
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/539 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި
ގުޅިގެން ޢަބްދުއްލަޠީފް މުޙައްމަދުގެ ފަރާތުންނާއި ޙަސަން ޢަލީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ށ) އާއި
ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ދައުލަތުން ކުޅަ
މަނާކުރެވިފައިވާ މަސްތުވާ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ އިންކާރުކޮށްފައިވާކަން، މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ
އެއްޗެއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
ނަންބަރު 2011/Cr
-
C/539 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 11 މެއި 2011 ގައި ޢަބްދުއްލަޠީފު
މުޙައްމަދު އާއި ޙަސަން ޢަލީ ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
CCCX
(ށ) މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގައި ޢަބްދުއްލަޠީފް މުޙައްމަދާ
ސުވާލުކުރުމުން ހަނުހުރުމުގެ ޙައްޤު ބޭނުން ބޭނުންކޮށްފައިވާކަން ޢަބްދުއްލަޠީފް މުޙައްމަދު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް 2010 ޑިސެމްބަރު 15 ގައި ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއިގެ
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ ބެލުމުގެ ދަށުގައި، ނުވަތަ އެދެމީހުންގެ ޙިޔާޒަތުގެ
ދަށުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު 03 (ތިން) ފޮށިގަނޑު ހުރިކަމާއި، އެތަކެއްޗާ
އެދެމީހުން ޙަވާލުވިކަމާއި، އަދި އެތަކެއްޗާ ޙަވާލުވުމަށްފަހު އެތަކެތި އެދެމީހުން ތިބި ކާރުގެ ޑިކީގެ ތެރެއަށް
އެރުވީވެސް އެދެމީހުން އަމިއްލައަށްކަން އެދެމީހުންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުންނާއި، މިމައްސަލާގައި ޙާޟިރުކުރެވިފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވެއެވެ.
ކާރުގެ ޑިކީގެ
(ނ) މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޢަބްދުއްލަޠީފު
މުޙައްމަދުގެ ފޯނަށް އިންޑިޔާގެ ނަންބަރަކުން ފޮނުވާފައިހުރި އެސް.އެމް.އެސް ތަކެއްގައި 1، 2، 3،
މިނަންބަރުތައް ޖަހާފައިވާ އެސް.އެމް.އެސް ފޮނުވާފައިކަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އެސް.އެމް.އެސް
އެނގެން އޮވެފައި، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއާއި ދެމީހުން ތިބި
ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި 03 ފޮށިގަނޑުގައިވެސް 1، 2، 3، ޖަހާފައިވާކަން އެނގެން އޮތުމުން
އިޝާރާތްކުރެވުނު އެސް.އެމް.އެސް އާއި ކާރުގެ ޑިކީގެ ތެރެއިން ފެނުނު ތިން ފޮށިގަނޑާއި ގުޅުންހުރިކަމަށް
ބެލެވޭކަމާއި؛
މިމައްސަލައިގައި ހިމެނޭ މުދާ އެތެރެކުރި ފަރާތާއި ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއާއި
މިމައްސަލައިގާ ހިމެނޭ ވާޤިޢާގެ ކުރިން އެއްވެސް ވަރަކަށް ފޯނުގެ މުޢާމަލާތެއް ކުރެވިފައިވާކަން އެނގެން
ނެތްކަމާއި، އެހެންނަމަވެސް، މިމައްސަލައިގާ ހިމެނޭ މުދާ އެތެރެވި ދުވަހުން ފެށިގެން އެތަކެތި ޢަބްދުއްލަޠީފު
މުޙައްމަދާއި، ޙަސަން ޢަލީގެ އަތްމައްޗަށް ދިއުމާ ހަމައަށް ދުވާލާ ރޭގަނޑުގެ އެކިއެކި ވަގުތުތަކުގައި އެދެމީހުން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
8 4
پر سنسي
މުދާ އެތެރެ ކުރި ފަރާތައް ގުޅާފައިވާކަން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފޯނު އެގްޒަމިނޭޝަން ރިޕޯޓުން
އޮންނަކަމާއިގެ
ފޮށިތަކެއްގެ ތެރެއިން މިމައްސަލައިގާ ހިމެނޭ މަސްތުވާތަކެތި ފެނިފައިވާ ފޮށިތައް ރާއްޖެ
ގެނެސްފައިވަނީ އިންޑިޔާއިން ކަމަށްވާއިރު، ޢަބްދުއްލަޠީފް މުޙައްމަދުގެ ފޯނަށް އިންޑިޔާގެ ފޯނު ނަންބަރަކުން
ފޮނުވާފައިހުރި އެސް.އެމް.އެސް ތަކެއްގައި 1، 2، 3 ޖަހާފައިހުރުމާއި، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން
ޢަލީއާއި ދެމީހުން ތިބި ކާރުގެ ޑިކީގެ ތެރެއިން ފެނުނު މަސްތުވާތަކެތި ހުރި 03 ފޮށިގަނޑުގައިވެސް 1، 2،
3، ޖަހާފައިވާކަން ނގެން އޮތުމާއި، މިމައްސަލައިގާ ހިމެނޭ މުދާ އެތެރެވި ދުވަހުން ފެށިގެން އެތަކެތި
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އަތްމައްޗަށް ދިއުމާ ހަމައަށް ދުވާލާ ރޭގަނޑުގެ އެކިއެކި
ވަގުތުތަކުގައި އެދެމީހުން މުދާ އެތެރެކުރި ފަރާތައް ގުޅާފައިވާކަން އެނގެން އޮންނައިރު، މި ވާޤިޢާ ކުރިން
އެފަދަ ގޮތަކަށް މުދާ އެތެރެކުރި ފަރާތަށް ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީ ގުޅާ ނުވަތަ އެއްވެސް
މުޢާމަލާތްކޮށްފައިވާކަން އެނގެން ނެތުމާއި، ގުޅިފައިވާ މިޤަރީނާ ތަކުގެ މައްޗަށްބަލާއިރު، ޢަބްދުއްލަޠީފް
މުޙައްމަދާއި، ޙަސަން ޢަލީއާއި ދެމީހުން ތިބި ކާރުގެ ޑިކީގެ ތެރެއިން ފެނުނު 03 ފޮށިގަނޑާއި
އެފޮށިގަނޑުތަކުގައި ހުރި ތަކެއްޗާ ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއާ ގުޅުންހުރިކަމަށް
ދަލާލަތުކުރާއިރު، އެ ފޮށިގަނޑުތަކާއި އެދެމީހުން ޙަވާލުވެފައިވަނީ އެތަކެއްޗާ ޙަވާލުވުމުގެ ޤަޞްދާއި ނިޔަތް
މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމާއި، އެ ތިން ފޮށިގަނޑުގައި ހުރިތަކެއްޗަކީ
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އެނގުމާއި ޢިލްމުގެ ތެރޭގައިވާ ތަކެތިކަމަށް ބެލެވޭއިރު، އެ 03
ފޮށިގަނޑުގައިހުރި ތަކެއްޗަކީ ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އެނގުމާއި ޢިލްމުގެ ތެރޭގައިވާ
ތަކެތި ނޫންކަން ސާބިތުވާފަދަ އެއްވެސް ހެއްކެއް ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ ފަރާތުން
ހުށަހަޅާފައިނުވުމުގެ އިތުރުން، ޤާނޫނީ ގޮތުން އެ ތަކެތީގެ ޒިންމާ އުފުލާނެ އެހެން ފަރާތެއް ޢަބްދުއްލަޠީފް
މުޙައްމަދާއި، ޙަސަން ޢަލީގެ ފަރާތުން ދެއްކިފައިނުވާކަން އެނގެއެވެ.
(ރ) މިމައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ތަޙްލީލު ރިޕޯޓަށް ބަލާއިރު، ޢަބްދުއްލަޠީފް މުޙައްމަދާއި،
ޙަސަން ޢަލީގެ އަތުން ފެނުނު 3 ފޮށިގަނޑުގެ ތެރެއިން 1 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
هއިކ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
etc
42
މަސްތުވާތަކެތިކަމަށް ޝައްކުވާ ދެ ސެލޯފިންގަނޑާއި، 2 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން
މަސްތުވާތަކެތިކަމަށް ސެލޯފިންގަނޑަކާއި، އަދި 3 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން
މަސްތުވާތަކެތިކަމަށް ޝައްކުވާ ދެ ސެލޯފިންގަނޑު ހޯދިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިޓްގެ
ސްޓޭޝަން ނަންބަރު 2010
/
2303/DED
/
EDIF ”ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު
ފޯމް“ އިން އެނގެން އޮންނަކަމާއި،
އެތަކެތި ތަޙްލީލުކުރުމުގައި ދެވިފައިވާ ޕީއެލް ނަންބަރަކީ: 22041 ކަން ”ލެބޯޓްރީ ހިދުމަތަށް އެދޭ
ފޯމު“ އިން އެނގެން އޮތްއިރު، އެ ޕީއެލް ނަންބަރުގެ ތަކެތި ތަޙުލީލު ކުރުމުން ނުކުތް ނަތީޖާ (މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމެންޓްގެ ނަންބަރު 2010
/
1527/FSD
(
D
)
-DR (26 ޑިސެމްބަރ
2010) ލެބޯޓްރީ ތަޙްލީލް ރިޕޯރޓް އަށް ބަލާއިރު، 1 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުން ފެނުނު ދެ
ސެލޯފިންގަނޑުގައި 354.6002 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލާއި، 85.2980 ގްރާމް ކެނަބިނޯލް
ހުރިކަމާއި،
2 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ސެލޯފިންގަނޑުގައި 166.7210 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލާއި، 51.1862 ގުރާމް ކެނަބިނޯލް ހުރިކަމާއި؛
3 ނަންބަރު ޖަހާފައިހުރި ފޮށިގަނޑުގެ ތެރެއިން ފެނުނު ދެ ސެލޯފިންގަނޑުގައި 338.8582 ގުރާމް
ޓެޓްރާހައިޑްރޯކެނެބިނޯލާއި، 86.7600 ގްރާމް ކެނަބިނޯލް ހުރިކަން އެ ރިޕޯޓުން އެނގެން އޮތްއިރުގެ
މަސްތުވާ އެއްޗެއް މީހަކު ބޭނުންކޮށްފައިވާކަން، ނުވަތަ ބޭނުންކޮށްފައިވާ މަސްތުވާ އެއްޗެއްގެ ބާވަތް،
ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށް ސައިންޓިފިކް އުސޫލުގެ މަތީން ބަލަންޖެހޭ
ބެލުންތައް ބެލުމަށް ބޭނުންވާ ތަޢުލީމީ ފާހާއި، ތަޖްރިބާ ލިބިފައިވާ މީހަކު، މިއިން ކަމެއް ބެލުމަށްފަހު، އެކަމާ
ޝަރީޢަތުގެ މަޖިލީހުގައި ދޭ ބަޔާނަކީ، އެކަމެއް ސާބިތުކުރުމަށްޓަކައި، ލިބޭ ހަރުދަނާ
ޤަރީނާއެއްކަމަށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާކަމާއި،
އަދި އެމާއްދާގެ (ށ) ގައި މިމާއްދާގެ (ހ) ގައިވާފަދަ ތަޢުލީމީފާސް ލިބިފައިވާ މީހަކު،
ބާވަތާއި ނަން އަދި؟
UCO
ބެހޭގޮތުން،
ފ ސބގ ތ ގ 2 ހއ
މަސްތުވާއެއްޗެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/164
އެއިބޮއެގެ
3 3 3:
މަސްތުވާއެއްޗެއް ސިފަކޮށްދޭ ދިނުމާއި އަދި އޭގެ ބަރުދަން އަދި؟
މަސްތުވާއެއްޗެއްގެ ތެރެއަށް އެހެން އެއްޗެއް އެއްކޮށްފައިވާނަމަ ބާވަތާއި، ނަން އަދި
އެމަސްތުވާއެއްޗެއް ބަހައްޓާފައިވާ އެތި އަދިގެ
މަސްތުވާއެއްޗެއް ތަޙްލީލުކުރެވުނު ގޮތާއި، އޭގެ ނަތީޖާއާ
ބެހޭގޮތުން ޝަރީޢަތުގެ މަޖިލީހުގައި ދޭ
ބަޔާނަކީ އެކަމާބެހޭގޮތުން ޝަރީޢަތަށް ޤަބޫލުކުރެވޭނެ ބަޔާނެއްކަމަށް ބުނެފައިވާތީ އާއި،
އެ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާން ކޮށްފައިވާ، ބަޔާން ދޭ މީހަކީ އެފަދަ ތަޙްލީލުކޮށް ލިޔުން
ދޫކުރުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ލިބިފައިވާ މީހަކަށް ވާންވާނެކަމަށް އެ މާއްދާގެ (ނ) ގައި
ބުނެފައިވާތީ، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އަތުން ފެނުނު ތަކެތި ތަޙްލީލުކުރުމުގައި ޢަމަލު
ކޮށްފައިވާގޮތާއި، އެތަކެއްޗާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށްޓަކައި، އެ ތަޙްލީލުކޮށް ފައިވާ، މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ސަރޖެންޓް އިބްރާހީމް ރަމީޒު (ސާރވިސް ނަންބަރު 2279) ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހާޒިރުކޮށް ބެލިބެލުމުން،
މިމައްސަލައާ ގުޅިގެން ހުށަހެޅިފައި އޮންނަ (ނަންބަރު 2010
/
1527/FSD
(
D
)
-DR (26
ޑިސެމްބަރ 2010)} ލެބޯޓްރީ ތަޙްލީލް ރިޕޯޓުގައިވާ
ތެދު މަޢުލޫމާތުކަމަށާއި މިތަކެތި
ތަޙުލީލުކުރި ފަރާތަކީ އިބްރާހީމް ރަމީޒު ކަމަށާއި ކެނަބިސްގެ ދެބާވަތެއްކަމަށްވާ ޓެޓްރާހައިޑްރޯކެނެބިނޯލް އަދި
ކެނަބިނޯލް ހުރިކަމަށް ދައްކާކަމަށް މިމައްސަލައާއި ގުޅިގެން 2013 ޖޫން 25 ވަނަ ދުވަހު އިބްރާހީމް ރަމީޒް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި؟
އިބްރާހީމް ރަމީޒަކީ މަސްތުވާ އެއްޗެއް މީހަކު ބޭނުން ކޮށްފައިވާކަން ނުވަތަ ބޭނުން ކޮށްފައިވާ
މަސްތުވާ އެއްޗެއްގެ ބާވަތް ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި
ސައިންޓިފިކް އުޞޫލުން ބަލަންޖެހޭ ބެލުންތައް ބެލުމަށް، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ
ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ހަމަވާ މީހެއްކަން މިމައްސަލައާ ގުޅިގެން އިބްރާހީމް
ރަމީޒުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން
އޮތުމުން، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ އަތުން ފެނުނު ތަކެއްޗާ ބެހޭ ގޮތުން، އިބްރާހީމް ރަމީޒު
ދީފައިވާ ބަޔާނަކީ ޝަރީޢަތުން ބަލައިގަނެވޭނެ ހަރުދަނާ ޤަރީނާއެއްކަން އެނގެއެވެ.
ދ92.99 ހދ
މިޢަލާމާތްތަކަކީ
OXO
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އެހެންކަމުން، މަނާކުރެވިފައިވާ މަ48 82ޑ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
ސްޓާފައެއެޗްއެ
(ބ) ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއާއި ދެމީހުން ތިބި ކާރުގެ ޑިކީގެ ތެރެއިން ފެނުނު 03
ފޮށިގަނޑުގައި ހުރި މަސްތުވާ ތަކެތީގެ ބަރުދަނުގައި 1083.4236 ގުރާމް ހުރިކަން އެތަކެތީގެ ތަޙްލީލު
ރިޕޯޓުންނާއި ހެކިންގެ ބަހުން ޝަރީޢަތަށް ސާބިތުވާއިރު؟
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) ގައި
މަނާކުރެވިފައިވާ މަސްތު އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އަތުގައިބެހެއްޓީކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ހަމަ އެމާއްދާގެ
(ހ) ގައި މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި އަތުގައި ބެހެއްޓުމަކީ މަނާކަމެއްކަމަށް
ބުނެފައިވާކަމާއިގެ
”މުޠުލަޤު މަސްއޫލިއްޔަތު، ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު
17/77 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއާއި ދެމީހުން ތިބި ކާރުގެ ޑިކީގެ ތެރެއިން
ފެނުނުކަން ޝަރީޢަތަށް ސާބިތުވާ މަސްތުވާތަކެއްޗާމެދު ޤާނޫނީ ގޮތުން ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން
ޢަލީ ޒިންމާވާންޖެހޭކަން ޝަރީޢަތަށް ސާބިތު
4
2 ޑ 8 *
އެނގެން އޮތުމުން
،
ލ ލ ތ 8
6 4ހ2
4
3 ސ ޑ
9e8އވެ
(ޅ) މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/539 ޤަޟިއްޔާ އެކޯޓަށް
ހުށަހެޅިފައިވަނީ، 10 އޭޕްރީލް 2011 ގައި ކަމާއި، އަދި އެ މައްސަލަ ނިމިފައިވަނީ 14 ޖޫން 2011 ގައި
ކަމާއި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދަނިކޮށް 31 ޑިސެމްބަރު 2011 ގައި ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ޤާނޫނު) ތަޞްދީޤުކުރެވުމާއެކު، މިއިސްތިއުނާފުކުރެވޭ
މައްސަލައިގައި އެޤާނޫނެއް
ނޫނެއްގެ ދަށުން ދަޢުވާކުރެވިފައިވާ ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ
ޤާނޫނު) އުވާލެވިފައިވާކަން އެނގެން އޮންނަކަމާއި،
ه
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/164
63
2 ހދ8
ކެއްކުމަށް
ހ24=2 ,
02ނތނޑު
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/539 ޤަޟިއްޔާގެ ދަށުން ޕްރޮސިކިއުޓަރ ޖެނަރަލްގެ
ފަރާތުން ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 17/77
(މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުންކަން އެނގެން އޮންނައިރު، އަދި
އެޤާނޫނެއްގެ ދަށުން ދަޢުވާކުރެވިފައިވާ ޤާނޫނު އުވާލެވިފައިވާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ހިމެނޭ
ކަމަކީ މިހާރު ޢަމަލުކުރެވެމުންދާ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ
ސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ދަށުން
ތަޖްރީމް ކުރެވޭ އަދި އަދަބު ކަނޑައެޅިދާނެ ޢަމަލެއްތޯ ބަލާއިރު،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)ގެ 106 ވަނަ މާއްދާގެ (ހ) ގައި،
ކެނަބިސް ޓްރެފިކްކުރުމަކީ
އެކުށުގެ
އަދަބަކީ، ޢުމުރަށް
-/100000ރ. (އެއްލައްކަ) ރުފިޔާއިން ފެށިގެން -/
10000000ރ. (ދިހަމިލިއަން ރުފިޔާއާއި ދެމެދުގެ
ޢަދަދަކުން ޖޫރިމަނާކުރުން ކަމަށް އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
ޓްރެފިކްކުރުމަކީ ޕެޑްލަރަކަށް ނުވާމީހަކު، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ
ތެރެއިން ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަ
މުޢާމަލާތް ކުރުން ނުވަތަ ޕެޑްލަރަކަށް ހުރެ، އެ ޤާނޫނުގެ
142 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ދެ ކަމެއް ފުރިހަމަވާގޮތަށް މަސްތުވާތަކެތިން މުޢާމަލާތު
އެޤާނޫނުގެ 17 ވަނަ މާއްދާއިން އެނގޭކަމާއި، އަދި "ޕެޑްލަރު“ އަކީ މަސްތުވާތަކެތިން
މުޢާމަލާތްކުރާ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހާކަން އެޤާނޫނުގެ 20 ވަނަ މާއްދާއިން އެނގޭކަމާއި؛
އަދި އެޤާނޫނުގެ 142 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި، "މި ޤާނޫނުގައި އެހެން ގޮތަކަށް
ބަޔާންކޮށްފައިނުވާހާހިނދަކު، މަސްތުވާތަކެތިން މުޢާމަލާތުކުރާ މީހަކު، އަންނަނިވި ކަންކަމުގެ ތެރެއިން
ކަމެއްކޮށްފިކަމަށް ސާބިތުކުރެވޭނަމަ، އޭނާއަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭނެއެވެ.“
މިފަދައިން ބަޔާންކޮށް ޖުމްލަ 11 (އެގާރަ) ކަމެއް ބަޔާންކޮށްފައިވާއިރު
އެގާރަކަންތައް ބަޔާންކޮށްފައިވާ
އަކުރުތަކުގެ ތެރެއިން (ށ) ގައި، ”ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރަށް މިޤާނޫނުގައި ކަނޑައަޅާފައިވާ
މިންވަރަށް މަސްތުވާތަކެތި އަތުގައި ހުރުން“މިފަދައިން ބަޔާންކޮށްފައިވާއިރު، ޢަބްދުއްލަޠީފް މުޙައްމަދާއި،
އަތުން ނުވަތަ
އެދެމީހުންގެ ޙިޔާޒަތުގެ ދަށުގައި ހުއްޓާ ފެނިފައިވާ 03 ފޮށިގަނޑުގައި ހުރި
93 މވ ހ8
ކުރުމަށްކަން
މ އ ދޗ 2
3
4
ޙަސަން ޢަލީގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
4 2 4 2 2 4
މަސްތުވާ ތަކެތީގެ ބަރުދަނުގައި 1083.4236 ގުރާމް ހުރިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް
ޑިޕާރޓްމެންޓްގެ ނަންބަރު2010
/
1527/FSD
(
D
)
-DR (26 ޑިސެމްބަރ 2010) ލެބޯޓްރީ ތަޙްލީލް
ރިޕޯޓުން ސާބިތުވާތީ، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ މިއަމަލު ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 142 ވަނަ މާއްދާގެ (ޅ) އަށް ފެތިގެންދާކަމާއި؛
އެހެންކަމުން ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ މި ޢަމަލަކީ ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ދަށުން މަނާކޮށްފައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުންކަން އެނގޭކަމާއި،
އެކުށުގެ އަދަބަކީ، ޢުމުރަށް ޖަލަށްލުމާއެކު -/000'100ރ. (އެއްލައްކަ) ރުފިޔާއިން ފެށިގެން
/
100000000ރ. (ދިހަމިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަން، އެ ޤާނޫނުގެ 106
ވަނަ މާއްދާގެ (ނ) އިން އެނގޭކަމާއި؛
ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނު ނަންބަރު 17/7
(މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުންކަން އެނގެން އޮންނައިރު،
އެކުށުގެ އަދަބަކީ ޢުމުރަށް ޖަލަށްލުންކަން އެޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) އިން އެނގެން އޮވެއެވެ.
(ކ) ޖިނާއި ކުށް ސާބިތު ކުރުމާއި އަދަބު ކަނޑައެޅުމުގައި އިސްތިޤްރާރުވެފައިވާ މަޞްދައުތަކަށް
ބަލާއިރު، ޢާންމު އުޞޫލެއްގެ ގޮތުން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް އެޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން ހިނގާފައިވާ ވާޤީޢާއެއްގެ މައްޗަށް ނުހިންގޭނެކަމާއި، އެގޮތުގެ މަތީން ޢަމަލުކުރެވޭނީ އަލަށް
ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަހަލަތު ގޯސް ޤާނޫނަކަށް ވެއްޖެކަމާއި،
އެއާޚިލާފަށް އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމުގެ ޙައްޤުގައި އޭނައަށް ބޮޑަށް ފަހިވާ
ޤާނޫނެއްކަމުގައިވާނަމަ އެޤާނޫނު މާޟީގައި ހިނގާފައިވާ ވާޤިޢްއަކަށް ހިންގިދާނެކަން އެނގޭކަމާއި،
މުއްތަހަމަށް ބޮޑަށް މަޞްލަހަތު ރަނގަޅު ނުވަތަ ބޮޑަށް ފަހިވާ ޤާނޫނު ތަޠްބީޤްކުރުމުގެ
މަޞްދައުއަކީ، ފައިޞަލާކުރުވަނިވި ނިހާއީ ޙުކުމެއް ކަނޑައެޅިފައިނުވާ ނުވަތަ ކަނޑައެޅި ނިޔާގެ ބާރު
ލިބިފައިވާ ރެސްޖުޑިކާޓާ ޙުކުމަކަށްނުވާ ކޮންމެ ވާޤިޢާއެއްގެ މައްޗަށް ރަޖްޢީ (retrospective) ކޮށް
7285
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/164
ތަޠުބީޤްކުރެވިދާނެ މަދައު އެއްކަމާއި، މިމަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ
މާއްދާގައި ޝާމިލްވެ ބަޔާންވެގެންވާކަމާއި؛
އެގޮތުން ބަލާއިރު، ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ މައްޗަށް ކުރެވިފައިވާ ކުށުގެ މިދަޢުވާ
އެދެމީހުންގެ މައްޗަށް އުފުލުނު ފަހުން އެ ދަޢުވާގެ މައްޗަށް ތަޠްބީޤްކުރެވޭ ޤާނޫނު އުވާލާފައިވުމާއި އެޤާނޫނުގެ
ދަށުން ތަޖްރީމްކުރެވިފައިވާ ކުށުގެ މަފްހޫމަށް ފަހުން ޢަމަލުކުރަން ފެށިފައިވާ ޤާނޫނުގެ ދަށުން އައިސްފައިވާ
ބަދަލާއި މިއެންމެހައި ކަންކަމަށް ބަލާއިރު، ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީގެ މައްޗަށް ކޮށްފައިވާ
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ
(ރ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ދަޢުވާގައި ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީގެ މައްޗަށް އަދަބު ކަނޑައެޅުމުގައި،
ޢަބްދުއްލަޠީފް މުޙައްމަދާއި، ޙަސަން ޢަލީއަށް ބޮޑަށް ފަހިވަނީ ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ
ބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން އަދަބު
އެޅުންކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެއެވެ.
8 0 4 6
ބެހެއްޓުމުގެކުށުގެ
ޙުކުލް:
ކަންކަން އެގޮތަށް ހުރުމުން،
އެގޮތަށް ހުރުމު
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން
ކްރިމިނަލް ކޯޓުގެ ނަންބަރު-Cr/539
2011/C ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކުރުމާއެކު، 12 ޑިސެމްބަރު 2010 ދުވަހުގެ
19:40 ހާއިރު، ނަންބަރު ޔޫއެލް 103 ފުލައިޓުން އޮރެންޖް ބުލޫމްސްގެ ނަންމަތީގައި ދިވެހިރާއްޖެއަށް ގެނައި
ފޮށިގަނޑުތަކެއްގެ ތެރެއިން 3 ފޮށިގަނޑެއްގައި މަސްތުވާތަކެތި ހުރިކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ލިބުމާއި ގުޅިގެން، މަސްތުވާތަކެތި ފެނުނު 3 ފޮށިގަނޑާއި ޙަވާލުވަނީ ކޮންފަރާތެއްތޯ ފުލުހުން
ބެލުމަށް 14 ޑިސެމްބަރު 2010 ދުވަހުގެ ދަންވަރު 01:00 ހާއިރު، ހުޅުލެއިން ފުރި ”މިރި، ދޯނީގައި
މިފޮށިގަނޑުތައް މާލެ ގެންގޮސް މާލޭގެ ދެކުނު ހާބަރު ޓީ ޖެޓީއަށް ބޭލުމުން، ޏ. ފުވައްމުލައް ޑެއިލީ ބުލޫ
3
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/164
3
ދީ
ޢަބްދުއްލަޠީފް މުޙައްމަދު އާއި މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 3033 ޙަސަން ޢަލީ، މި
ފޮށިގަނޑާއި ޙަވާލުވެ، މި 3 ފޮށިގަނޑު ޢަބްދުއްލަޠީފް މުޙައްމަދުގެ ނަންބަރު އޭބީ!އޭ 5387 ކާރުގެ
ޑިކީއަށް މިދެމީހުން އެރުވިކަން ޝަރީޢަތަށް ސާބިތުވާތީއާއި، އެތަކެތި ކާރުގެ ޑިކީއަށް އެރުވުމަށްފަހު
އެތަނުންދޭން އުޅެނިކޮށް ފުލުހުން އެތަނަށް ގޮސް ޢަބްދުއްލަޠީފް މުޙައްމަދުއާއި ޙަސަން ޢަލީ ފުލުހުންގެ
ބެލުމުގެ ދަށަށް ގެންގޮސް، ކާރުގެ ޑިކީގައި ހުރި 03 ފޮށިގަނޑު ބެލިއިރު، 03 ފޮށިގަނޑުން ފެނުނު
މަސްތުވާ ތަކެތީގެ ބަރުދަނުގައި 1083.4236 ގުރާމް ހުރިކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން
އޮންނާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ށ)
އަށް ރިޢާޔަތްކޮށް ޢަބްދުއްލަޠީފް މުޙައްމަދާއި ޙަސަން ޢަލީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ
ގޮތުން، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ރ) ގެ ދަށުން،
ޏ. ފުވައްމުލައް ޑެއިލީ ބުލޫ، ޢަބްދުއްލަޠީފް މުޙައްމަދު އާއި މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު
3033 ޙަސަން ޢަލީ އާއި ދެމީހުން އުމުރަށް ޖަލަށްލުމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
01 301
އެހިރާއްޖެ
ދިވެހިންމެވެ
.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv