ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/206 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20jj/HC-A/206
A
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 106/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ފ.އެތެރެހިޔާ ކ.މާލެ
އައިޑީ ކާޑު ނަންބަރ.
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 08-04-13
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޑްޕަވަރ ޕްރައިވެޓް ލިމިޓެޑް
އައިޑީ ކާޑުނަންބަރު:
* ދާއިމީ އެޑްރެސް: ފ.ވަހީދާމަންޒިލް
އެޑްރެސް: ފ.ވަހީދާމަންޒިލް
L
*
ޖިސްޓްރީކުރެވުނު ތާރީޚް: 18 އޮގަސްޓް 2011
ނިމުނު ތާރީޚް: 14 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2256
• ނިންމެވިކޯޓު: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: މަސައްކަތުގެ އަގުހޯދުން
ހުށަހެޅި ތާރީޚް: 2009-10-04
، ނިމުނު ތާރީޚް: 2010-06-20
E-
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރު: އަޙުމަދު ޝަރީފު ފަނޑިޔާރު. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20]1/HC-A/206
.ކ
.eއ
ޕްރައިވެޓް ލިމިޓެޑުން ނިންމާފައިވާއިރު، މިއެއްބަސްވުމުގެ ދަށުން ޓްރައިވޭސް މޯލްޑިވްސް ޕްރައިޖޭގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑެވެ.
01 މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑެވެ.
އަދި މިއީ މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ޓްރައިވޭސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމުން ހައިކޯޓުގައި ބެލެވޭ ދެވަނަ ޤަޟިއްޔާކަމާއި، މީގެކުރީން
26 އޯގަސްޓް 2010 ގައި ޓްރައިވޭސް މޯލްޑިވްސްގެ ފަރާތުން މަދަނީކޯޓުގެ ނަންބަރު 2009/MC/2256
ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލަމުންއައި 193/HC-A/2010 ޤަޟިއްޔާ 29 މާރޗް 2011 ގައި
ބާޠިލްވެފައިވަނީ އެތާރީޚްގެ 9:00 އަށް އެކުންފުނީގެ ފަރާތުން ޙާޟިރު ނުވެގެންކަން ފާހަގަކުރެވެއެވެ.
42 އިސްތިއުނާފު މިކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި،
ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު 27 އޮކްޓޯބަރ 2008 ގައި އަންގްސާނާ ވެލާވަރު އައިލެންޑް
ރިސޯޓުގެ ސްޓޯރ ސްޓާފް ބިލްޑިންގ އެޅުމާއި ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގައިވާ މަސައްކަތް ރެޑްޕަވަރ
6 24
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
3
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާ ދީފައިނުވާކަމަށާ، 27 އޮކްޓޯބަރ 2008 ގެ
އެއްބަސްވުމުގައިވާ މަސައްކަތްތަކުގެ އިތުރަށް އެއްބަސްވުންތަކެއްގެ ދަށުން ލ. އަތޮޅު އަންގްސާނާ ވެލާވަރު
އައިލެންޑް ރިސޯޓުގައި ކުރެވުނު އިތުރު މަސައްކަތްތަކަށް ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ
ލިބިފައިނުވާކަމަށްބުނެ، މިފައިސާތައް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިގެންނާއި،
ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި އެއްގޮތަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކޮށްފައި ނުވާތީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ދުވާލަކަށް
US
$
4914.10 (ހަތަރުހާސް ނުވަސަތޭކަ ސާދަ ޕޮއިންޓް އެކެއް ސުމެއް ޔޫއެސް ޑޮލަރ)، މައްސަލަ
ޝަރީޢަތުން ނިންމާ ދުވަހާއި ހަމައަށް ހޯދުމަށް އެދިގެން، ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުން ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަ
ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޓްރައިވޭސް މޯލްޑިވްސް ޕވޓ ލޓޑ އާއި، ރެޑްޕަވަރ ޕވޓ
ލޓޑ އާއި ދެމެދު 27 އޮކްޓޯބަރ 2008 ގައި އަންގްސާނާ ވެލާވަރު އައިލެންޑް ރިސޯޓްގެ ސްޓޯރ
ސްޓާފް ބިލްޑިންގ އެޅުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމާއި، މިއެއްބަސްވުމުގެ ބޭރުން މިދެފަރާތުގެ
ދެމެދުގައި ވެލާވަރު އައިލެންޑް ރިސޯޓުގައި އިތުރު މަސައްކަތްތަކެއް ކުރުމަށް ވެފައިވާ، މިމައްސަލަގައި ފާހަގަ
ކުރެވިފައިވާ އެއްބަސްވުންތަކުގެ ދަށުން ޓްރައިވޭސް މޯލްޑިވްސް ޕވޓ. ލޓޑ އިން ރެޑްޕަވަރ ޕވޓ.ލޓޑ
އަށް ދޭންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 128,052.85$US (އެއްލައްކަ އަށާވީސްހާސް ފަންސާސް ދޭއް
ޕޮއިންޓް އަށެއް ފަހެއް ޔޫ.އެސް ޑޮލަރ) ކަމާއި، 27 އޮކްޓޯބަރ 2008 ގައި މިދެފަރާތުގެ ދެމެދުގައި ވެވުނު
އެއްބަސްވުމުގެ 20.2 ގެ ދަށުން ޓްރައިވޭސް މޯލްޑިވްސް ޕވޓ ލޓޑ ބެލުމުގެ ދަށުގައި ރިޓެންޝަން
ފައިސާގެ ގޮތުގައި ބެހެއްޓިފައި ހުރި 4,117.65$US (ހަތަރު ހާސް އެއްސަތޭކަ ސަތާ
ޕޮއިންޓް ހައެއް
ފަހެއް ޔޫ.އެސް ޑޮލަރ) އާއި އެކުޖުމްލަ 132,170.50$US (އެއްލައްކަ ބައްތިރީސްހާސް އެއްސަތޭކަ
ހަތްދިހަ ޕޮއިންޓް ފަހެއްސުމެއް ޔޫ.އެސް ޑޮލަރ) ޓްރައިވޭސް މޯލްޑިވްސް ޕވޓ ލޓޑ އިން ރެޑްޕަވައްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
US$70,000.00
އަށް
ފެންޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމާއި، ދެފަރާތުގެ ދެމެދުގައި ވެވުނު އިސްވެދިޔަ
އެއްބަސްވުންތަކުގެ ދަށުން މަސައްކަތުގެ އަގުގެ ގޮތުގައާއި، ހިފެހެއްޓިފައި ހުރި ރިޓެންޝަން ފައިސާގެ
ތެރެއިން ޓްރައިވޭސް މޯލްޑިވްސް ޕވޓ.ލޓޑ އިން ރެޑްޕަވަރ ޕވޓ.ލިޓޑ އަށް ދީފައިވާކަން ޝަރީޢަތަށް
ސާބިތުވަނީ 70,000.00$US (ހަތްދިހަހާސް ޔޫ.އެސް ޑޮލަރ) ކަމާއި، މީ
(ހަތްދިހަހާސް ޔޫ.އެސް ޑޮލަރ) އުނިކުރުމުން ބާކީވާ 62,172.50$US (ފަސްދޮޅަސް ދެހާސް އެއްސަތޭކަ
ހަތްދިހަ ދޭއް ޕޮއިންޓް ފަހެއް ސުމެއް ޔޫ. އެސް ޑޮލަރ) ރެޑްޕަވަރ ޕވޓ.ލޓޑ އަށް ލިބިދިނުމަށްޓަކައި
މިއަދު (20 ޖޫން 2010) ދުވަހުން ފެނިގެން 01 މަސް ދުވަހުގެ ތެރޭގައި 62,172.50$US
(ފަސްދޮޅަސްދެހާސް އެއްސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ފަހެއް ސުމެއް ޔޫ.އެސް ޑޮލަރ) ގެ މިދަރަނި މަދަނީ
ކޯޓަށް ދައްކާ ހަލާސްކުރުމަށް ޓްރައިވޭސް މޯލްޑިވްސް ޕވޓ ލޓޑ އަށް އަންގާ ޙުކުމް ކޮށްފީމެވެ."
މިފަދައިން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީކޯޓުގެ ނަންބަރު 2009/MC/2256
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެމައްސަލަ
އިސްތިއުނާފު ކުރަމުން،
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާ
ކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: މަދަނީކޯޓުގެ ނަންބަރު 2256/MC/2009
ޤަޟިއްޔާގައި
ބައްލަވައި ނިންމަވާފައިވާ މައްސަލައަކީ ދަޢުވާކުރާފަރާތް! ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑް، އަދި ދަޢުވާ ލިބޭ
ފަރާތް: ޓްރައިވޭވްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މިދެފަރާތުން ބ.އަތޮޅު އަންގްސާނާ ވެލާވަރު
އައިލެންޑް ރިސޯރޓުގެ ސްޓޯރސް ސްޓާފްހައުސް އެޅުމަށްޓަކައި ވެފައިވާ އެއްބަސްވުން ތަކުން ސާބިތުވެ
އެނގެންނެތް ކަންކަމުގެ މައްޗަށް ނިންމަވާފައިވާ މައްސަލައަކަށްވުންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ه0ނ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20jj/HC-A/206
2256/2009MCގެ
etc.
ޗާޓުގައިވާ ކުރެހުމާ އެއްގޮތަށް ކޮމްޕްލީޓްކުރުންކަމާއި، ވެރިފަރާތުން ޢައްޔަންކުރާ ކޮންސަލްޓަންގެ ޚައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެވަނަ ނުކުތާއަކީ: މަދަނީކޯޓުގެ ނަންބަރު:
ޤަޟިއްޔާ
ނިންމެވުމުގައި ބައްލަވާފައިވަނީ ދަޢުވާ ކުރިފަރާތުން ހުށަހެޅި ލިޔުންތަކާއި އެފަރާތުގެ މަޞްލަޙަތަށްކަން
ޙުކުމުގައިވާ ޢިބާރާތްތަކުން އެނގެން އޮންނަކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04 އިސްތިއުނާފު މިކުރެވޭ މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރަމުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ
ވަހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގައި ރެޑް ޕަވަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ދަޢުވާ
ބިނާކޮށްފައިވަނީ އެދެމެދުގައި ކުރެވިފައިވާ މަސައްކަތުގެ 05 (ފަހެއް) އެއްބަސްވުމެއްގެ މައްޗަށް ކަމަށްބުނެ،
ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެ 05 (ފަހެއް) އެއްބަސްވުން އެކޯޓަށް ހުށަހަޅާފައިވާކަން
އެނގޭކަމާއި، އޭގެ ތެރެއިންގެ
ފުރަތަމަ އެއްބަސްވުމަކީ، 27 އޮކްޓޯބަރ 2008 ގެ ތާރީޚްގައި ދެފަރާތުގެ ދެމެދުގައި
ވެވިފައިވާ އެއްބަސްވުމެއްކަމާއި، އަދި މި އެއްބަސްވުމަކީ މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މި މުޢާމަލާތުގެ
ފެށުންކަމާއި، މި އެއްބަސްވުމުގެ ދަށުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރަންޖެހޭ މަސައްކަތަކީ،
"އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ/ސްޓަރފް ބިލްޑިންގ ގެ ހުރިހާ އެމް.އެންޑް.އީ
މަސައްކަތް" ކަމާއި، މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ އަގަކީ 82352.94$US(އަށްޑިހަ
ދެހާސް ތިންސަތޭކަ ފަންސާސް ދޭއް ޕޮއިންޓް ނުވައެއް ހަތަރެއް) އެމެރިކާ ޑޮލަރ ކަމާއި، މި އެއްބަސްވުމުގެ
ދަށުންކުރާ މަސައްކަތަށް އަޑުދިނުމަށް އެއްބަސްވެފައިވާ ގޮތަކީ، އެއްބަސްވުމުގެ ދަށުން ހަވާލުކުރި މަސައްކަތް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ه(ހ2
އފހ2ނ
އެމަސައްކަތް ބެލުމަށްފަހު މަސައްކަތް ކޮށްފައިހުރީ ޗާޓުގައިވާ ކުރެހުމާ އެއްގޮތަށް އެންމެ އެކަށީގެންވާގޮތަށް
ތާހިރުކޮށް ރަނގަޅަށްކަމަށް ވަނީނަމަ މަސައްކަތުގެ އަގު ދިނުންކަމާއި، މި މަސައްކަތް ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑުން ކުރުމަށް ހަވާލުވީ
ސަބްކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ކަމަށްވާތީ، މިމަސައްކަތަށް ފައިސާ
ލިބޭނީ ކޮންމެ މަހަކުވެސް ކުރެވިފައިވާ މަސައްކަތްބަލައި ކްލަޔަންޓާއި، މެއިން ކޮންޓްރެކްޓަރ އިންސްޕެކްޓް
ކުރުމަށްފަހު، ކުރެވިފައިވާ މަސައްކަތުގެ ނިސްބަތުން ކްލަޔަންޓް އެޕްރޫވް ކުރުމަށްފަހު މެއިން ކޮންޓްރެކްޓަރަށް
ކްލައިންޓް (އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުން) ފައިސާ ދޭތާ 05 ދުވަހުގެ ތެރޭގައިކަމާ، އަދި
އެފަދައިން މަސައްކަތް އެޕްރޫވްކޮށް ކްލަޔަންޓް އެމަސައްކަތް ބަލައިގަތުމަށްފަހު އެކަމުގެ ލިޔުން ދޫކުރާތާ 45
ދުވަހުގެ ތެރޭގައި، މަސައްކަތަށް ދޭންޖެހޭ ފައިސާގެ ތެރެއިން ރިޓޭންޝަނުގެ ގޮތުގައި ބެހެއްޓޭ ފައިސާ
ފިޔަވައި އެހެންހުރިހާ ފައިސާއެއް ދޫކުރެވޭނެކަމަށާއި، އަދި ކޮށްފައިވާ މަސައްކަތުގައި އެއްވެސް މައްސަލައެއް
ފާހަގަކުރެވިއްޖެނަމަ މަސައްކަތް ފުރިހަމަވެފައިވާކަމުގެ ލިޔުން ދޫކުރުމުގެ ކުރިން އެކަމެއް ރަގަޅުކޮށް
ދިނުމުންކަމާއި، މި އެއްބަސްވުމުގެ ދަށުން ކުރުމަށް ޙަވާލުކުރެވޭ މަސައްކަތްކޮށް ނިންމުމަށް ދެވިފައިވާ
މުއްދަތަކީ 90 ދުވަސްކަން އެނގޭކަމާއި،
- ދެވަނަ އެއްބަސްވުމަކީ، 12 މާރޗް 2009 ގެ ތާރީޚުގައި ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑާއި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވިފައިވާ (ކޮންޓްރެކްޓް
ނަންބަރު:02
/
2009/TW
/
VELA) އެއްބަސްވުންކަމާއި، މިއެއްބަސްވުމުގެ ދަށުން ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑާއި ހަވާލުކޮށްފައިވާ މަސައްކަތަކީ އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ/ސްޓަރފް
ބިލްޑިންގ ގެ ހުރިހާ އެމް.އެންޑް.އީ މަސައްކަތް ކުރުމަށް މިދެފަރާތުގެ ދެމެދުގައި 27 އޮކްޓޯބަރ 2008 ގައި
ވެފައިވާ އެއްބަސްވުމުގެ އިތުރުން ކުރަންޖެހޭ ވޭރިއޭޝަން ހުރިހާ މަސައްކަތެއް ކުރުންކަމާއި، މިމަސައްކަތަށް
އަގު ދިނުމަށް އެއްބަސްވެފައިވާ ގޮތަކީ، އެކަމަކީ 27 އޮކްޓޯބަރ 2008 ގައި ވެވިފައިވާ އެއްބަސްވުމުގައި
ހިމެނޭ ބާވަތުގެ ވޭރިއޭޝަން މަސައްކަތެއްނަމަ އެ އެއްބަސްވުމާ
އެއްގޮތަށް އަގު ކަނޑައެޅުންކަމާއި، އަދި އެ
އިއްބަސްވުމުގައި ނުހިމެނޭ ބާވަތުގެ ވޭރިއޭޝަން މަސައްކަތެއްނަމަ މަސައްކަތްކުރާ ފަރާތާއި (ކްލަޔަންޓްއްޖޭގެ މައިގަ
8 0 4 6 8 2
87
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިބޭއްޖެ
1
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވެރިފަރާތާ އެއްބަސްވާ އަގެއްކަމާއި، އަދި ވޭރިއޭޝަން މަސައްކަތަށް މި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާގެ
10
% ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނެގުމަށްފަހު، ބާކީ ހުރިހާ ފައިސާއެއް ރެޑްޕަވަރ
ޕްރައިވެޓް ލިމިޓެޑް އަށް ދިނުންކަމާއި،
- ތިންވަނަ އެއްބަސްވުމަކީ، އެ އެއްބަސްވުމުގައި ސޮއިކުރެވުނު ވަކި ތާރީޚެއް ލިޔެފައިނުވާ
"ށ.ވެލާވަރުގައި ކުރާ ޢިމާރާތުގެ ފެންވަރުކުރުން" މިސުރުޚީ ލިޔެފައިވާ ލިޔުމެއްކަމާއި، އެލިޔުމުގައި،
"އިތުރަށް އަޅަންޖެހޭ ފެންވައިރުގެ ތެރެއަށް އިތުރުވާ ހޫނުފެން ވައިރުކުރުން (އަމިއްލަ ތަކެތީގައި، މިކްސްޗަރ
ހިމަނައިފިނަމަ 11200$US (އެގާރަހާސް ދުއިސައްތަ ޑޮލަރ) ނުވަތަ މިކްސްޗަރ ޕްރޮވައިޑް ކޮށްދިނުމުން
US
$
10500 (ދިހަހާސް ފަސްސަތޭކަ ޑޮލަރ) މަސައްކަތްކުރާ ފަރާތް ކަމުގައިވާ ރަޝީދު އަށް ދޭން
އެއްބަސްވަމެވެ. މި އަގަކީ ދެފަރާތުން ވާހަކަ ދެކެވި އެއްބަސްވެފައިވާ އަގަކެވެ." މިފަދައިން ލިޔެފައިވާކަން
އެނގޭކަމާއި،
ހަތަރުވަނަ އެއްބަސްވުމަކީ، 29 މާރޗް 2009 ގެ ތާރީޚުގައި ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑާއި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެއްބަސްވުމެއްކަމާއި، މި
އެއްބަސްވުމަށްބަލާއިރު ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއެކު މިއެއްބަސްވުން ވެފައިވާ ސަބަބަކީ، "އަންގްސާބާ
ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ ސްޓަރފް ބިލްޑިންގ ގެ އެއަރކޮންޑިޝަން މަސައްކަތް ދީފައިވާ އަގަށް
އެމަސައްކަތްކުރާ ފަރާތަށް ފުރިހަކުރެވެން ނެތުންކަމާއި، މިގޮތުން އެއަރކޮންޑިޝަނުގެ މަސައްކަތް (ވީ.އާރ.ވީ
ސުޕަރ މަލްޓި ސިސްޓަމް) ހަރުކޮށް ނިންމުމަށް ކުރިން ހެދިފައިވާ އެއްބަސްވުންތަކުން އެކަން ކުރުމަށް
އެކަށީގެންވާ އަގެއް ދެވިފައިނުވާތީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑް އަށް އެމަސައްކަތަށް އިތުރު
US
$
19000.00 (ނަވާރަ ހާސް) ޑޮލަރު ދިނުމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވެފައިވާކަމާއި، ނަމަވެސް މިފައިސާއަކީ ބަޔަކާ ހަވާލުކުރެވިފައިވާ މަސައްކަތެއް މުއްދަތަށް
ނުނިމިއްޖެނަމަ އުނިކުރެވިގެން ލިބޭ ފައިސާއަކަށްވާތީ، އެމީހުންގެ މަސައްކަތް މުއްދަތަށް ނިމިއްޖެނަމަ
މިފައިސާ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް ނުލިބޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
F02 0 2 06
8
ه3¢ ¢¢
مریم تمنع
20jj/HC-A/206
ޤަޟިއްޔާ ނިމުނު |
ބޮއްކުރަންކަމާއި
- ފަސްވަނަ އެއްބަސްވުމަކީ ވެސް 29 މާރޗް 2009 ގެ ތާރީޚުގައި ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑާއި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވިފައިވާ (ކޮންޓްރެކްޓް
ނަންބަރު:05
/
2009/TW
/
VELA) އެއްބަސްވުންކަމާއި، މިއެއްބަސްވުމުގެ ދަށުން ހަވާލުކުރެވިފައިވާ
މަސައްކަތަކީ އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ/ސްޓަރފް ބިލްޑިންގ އެއަރ ކޮންޑިޝަން
މަސައްކަތުގެ އެގްރީމެންޓުގެ އިތުރުން ކުރަންޖެހޭ ވޭރިއޭޝަން ހުރިހާ މަސައްކަތެއްކުރުން
މިމަސައްކަތުގެ އަގާބެހޭގޮތުން
އަގާބެހޭގޮތުން އެއްބަސްވުމުގެ 5.1 ގައި ވަނީ -/11000 (އެގާރަ ހާސް ) ޑޮލަރ ކަމާއި،
މިއަގަކީ ހަވާލުކުރެވިފައިވާ މަސައްކަތް ކޮމްޕްލީޓް ކުރުމަށް ކުރިން ދެވިފައިވާ އަގުގެ އިތުރުން ދޭ
ފައިސާއެއްކަމާއި، އަދި މިފައިސާ ދިނުމަށް އެއްބަސްވެފައިވާ ސަބަބަކީ މަސައްކަތް ހަވާލުކުރެވުނުއިރު
އެއްބަސްވެފައިވާ އަގަށް މިމަސައްކަތް ފުރިހަމަ ނުކުރެވޭނެކަމަށް ފެންނާތީކަމާއި، އަދި މި އަދަދަކީ
މިމަސައްކަތުގެ ޖުމްލަ އަގު ނޫންކަމާއި، މިއަގުގެ އިތުރުން ދެވޭ އަގަށް އަދި އިތުރު ލިޔުމެއް
ލިޔެވޭނެކަމަށްވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ އިސްވެ ހަވާލާދެވިފައިވާ 05 (ފަހެއް) ލިޔުމަކީ ޓްރައިވޭސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ ފަސް ލިޔުންކަމާ މެދަކު
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، ނަމަވެސް އެ ފަސްލިޔުމުގެ
ތެރެއިން އެއްބަސްވުމެއްގެ ސިފަ ލިބިގެން އެމައްޗަށް ޢަމަލުކުރެވިފައިވަނީ 03 (ތިނެއް) ލިޔުމެއްގެ
މައްޗަށްކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، އެއީ އެންމެ ފުރަތަމަ
27 އޮކްޓޯބަރ 2008 ގައި ވެފައިވާ މައި އެއްބަސްވުމާއި، 12 މާރޗް 2009 ގައި މި ދެފަރާތުގެ ދެމެދުގައި
ވެފައިވާ ނަންބަރު:02
/
2009/TW
/
VELA އެއްބަސްވުމާއި، 29 މާރޗް 2009 ގައި ވެފައިވާ
ނަންބަރު:09
05
/
2/TW
/
VELA އެއްބަސްވުމާއި މި ތިން އެއްބަސްވުންކަމާއި،
ގޮތުގައި ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދެން އޮތް ދެލިޔުމަކީ އެކުންފުނީގެ އެދުމުގެމަތީން
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދޫކޮށްފައިވާ ދެލިޔުންކަމާއި، ވޭރިއޭޝަން މަސައްކަތުގެޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހ2 238
2
2
ބަޔާންކުރެވުން
ގޮތުގައި ކުރެވުނު ހުރިހާ މަސައްކަތެއްވެސް ކުރެވިފައިވަނީ 12 މާރޗް 2009 ގައި މި ދެފަރާތުގެ ދެމެދުގައި
ވެފައިވާ ނަންބަރު:02
/
2009/TW
/
VELA އެއްބަސްވުމުގެ ދަށުންކަމާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ
ކުރިން ލިޔެފައިވާ އިސްވެ
ދެލިޔުމުގައިވާ މަސައްކަތްތައްވެ-
އެއްބަސްވުމުގެ ދަށަށް
ގެނެވިފައިވާކަމާއި، މި އެއްބަސްވުމުގެ ދަށުން ކުރި މަސައްކަތަށް ފައިސާ ދިނުމުން ކުރިން މި ޙަވާލާ ދެވުނު
ދެލިޔުމުގައި ބުނެފައިވާ މަސައްކަތަށް ފައިސާ ދޭންނުޖެހޭނެކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު
ގެ ފަރާތުން ބުނެފައިވާއިރު، މީގެ ތެރެއިން އެއްލިޔުން ލިޔެފައިވަނީ 12 މާރޗް 2009 ގެ ތާރީޚަށްފަހު
29 މާރޗް 2009 ގައި ކަމާއި، އަނެއްލިޔުމުގައި އެލިޔުން ލިޔެފައިވާ ވަކި ތާރީޚެއް ލިޔެފައިނުވާކަން
އެނގެން އޮތުމުން، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އެދެ ލިޔުމާމެދު ދިފާޢުގައި
ބުނެފައިވާ އެބުނުމުން އެކަނި، އެކަން އެގޮތަށް ހިނގާފައިވާކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން
ސާބިތުވެގެން ނުދާނެކަމެވެ.
(ނ) ތިންވަނަ ކަމަކީ: "ދ. ވެލާވަރުގައިކުރާ ޢިމާރާތްތައް ފެންވައިރުކުރުން" މިސުރުޚީގެ
ދަށުން ލިޔެފައިވާ ލިޔުމަކީ ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމެއް ނޫންކަމަށާއި، އެއީ ރެޑްޕަވަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިގެން ދޫކޮށްފައިވާ ލިޔުމެއްކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނެފައިވީނަމަވެސް، އެލިޔުމުގެ ދަށުން ފެންވައިރު ކުރުމުގެ މަސައްކަތް ރެޑް ޕަވަރ
ޕްރައިވެޓް ލިމިޓެޑާއި ޙަވާލު ކޮށްފައިވާކަމާއި، އެމަސައްކަތަށް ވަކި އަގެއް ކަނޑައަޅާފައިވާކަމާއި، އެއަގު
ދިނުމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވެފައިވާކަން އެލިޔުމުން އެނގެން
އޮތުމުގެ އިތުރުން، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިގެން ޝަރީޢަތަށް
ހާޒިރުކޮށްފައިވާ ޏ.ފުވައްމުލައް އަޙްމަދު ނިޒާމް މުޙައްމަދު (އައި.ޑީ.ކާޑް ނަންބަރު:A004513) ގެ ހެކިބަސް
އަދާކުރަމުން ދީފައިވާ ބަޔާނުގައި، އެލިޔުމުގައި ބުނެފައިވާ މަސައްކަތް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމަށާއި، އެމަސައްކަތުގެ އަގަކީ
-/11200 (އެގާރަހާސް ދުއިސައްތަ) ޑޮލަރުކަން އެނގޭކަމަށާއި، އަދި އެމަސައްކަތް އެކުންފުނީގެ ފަރާތުޒްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮށްފައިވާކަން އޭނާއަށް އެނގޭކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، މި އަޙްމަދު ނިޒާމް މުޙައްމަދަކީ
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި
އެމަސައްކަތް ކުރުވުމުގެ މަސްއޫލިއްޔަތާއި ހަވާލުވެގެންހުރި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މުވައްޒަފެއްކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑާއި ދެމެދު ވެވިފައިވާ ނަންބަރު:05
/
2009/TW
/
VELA އަށް ބަލާއިރު، އެ އެއްބަސްވުމުގެ ދަށުން
ޙަވާލުކޮށްފައިވާ މަސައްކަތަކީ، އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ ސްޓަރފް ބިލްޑިންގ ގެ
އަލަށް އަޅާ ޢިމާރާތުގެ އެއަރ ކޮންޑިޝަން މަސައްކަތުގެ އެގްރީމެންޓުގެ އިތުރުން ކުރަންޖެހޭ ވޭރިއޭޝަން
ހުރިހާ މަސައްކަތެއް ކުރުންކަމާއި، މިއެއްބަސްވުމަކީ ދެފަރާތުން ސޮއިކުރެވިފައިވާ އެއްބަސްވުމެއްކަމާމެދަކު
އެއްވެސް ޚިލާފެއްނެތްކަމާއި، އަދި މިލިޔުމުގައިވާ މަސައްކަތް ވަކި މަސައްކަތެއްގެ ގޮތުގައި ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަމަށް
ލ.މާމެންދޫ/ދަނޑުމަތީގެ އިބްރާހީމް ޝަރީފު މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަމާއި، މި އިބްރާހީމް ޝަރީފަކީ ވެލާވަރު ރިސޯޓުގައި ކުރެވުނު
މަސައްކަތުގެ ޕްރޮޖެކްޓް މެނޭޖަރ ކަމުގައިހުރި ފަރާތްކަމާއި، މި އެއްބަސްވުމުގެ 5.1 ގައި ބުނެފައިވާ
US
$
11
:
000.00 (އެގާރަހާސް) ޔޫ.އެސް ޑޮލަރ ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް ޝަރީޢަތުން
ކަނޑައަޅުއްވައިފިނަމަ އެފައިސާ ދިނުމަށް ތިބިކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ތައްގަޑު ޖަހާ،
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ މުފީދު ސޮއިކޮށްފައިވާ 29 މާރޗް 009 ތާރީޚް ލިޔެފައިވާ
ލިޔުމަށްބަލާއިރު، އެލިޔުމަކީ އަންގްސާނާ ވެލާވަރު އައިލޭންޑް ރިސޯޓުގެ ސްޓޯރ ސްޓަރފް ބިލްޑިންގ ގެ
އަލަށް އަޅާ ޢިމާރާތުގެ އެއަރ ކޮންޑިޝަން މަސައްކަތް (ވީ.އާރ.ވީ ސުޕަރ މަލްޓި ސިސްޓަމް)
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ،
*2
11
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން
ނިންމުމަށް ކުރިން ވެވިފައިވާ އެއްބަސްވުންތަކުން އެކަންކުރުމަށް އެކަށީގެންވާ އަގެއް ދެވިފައިނުވާތީ،
އެމަސައްކަތަށް ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް އިތުރު 19.000.00$US (ނަވާރަހާސް) ޑޮލަރު ދިނުމަށް
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާ ލިޔުމެއްކަން އެނގޭކަމާއި، މަދަނީކޯޓުގެ
ނަންބަރު 2009/MC/2256 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ލ.މާމެންދޫދަނޑުމަތީގެ އިބްރާހީމް
ޝަރީފު ދީފައިވާ ހެކިބަހަށް ބަލާއިރުވެސް މިއީ މިލިޔުމުގައި ބަޔާންވެގެންވާގޮތަށް އެމަސައްކަތް ކުރިން
އެއްބަސްވި އަގަށް ނުކުރެވޭނެކަން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޑޮކިޔުމެންޓާއެކު
ޓީމުsންނާއެކު ހުށަހެޅުމުން
އެކަންކަމަށް ރަގަޅަށް ބެލުމަށްފަހު ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނިންމާފައިވާ
ނިންމުމެއްކަން އެނގޭކަމާއި، އަދި އެމަސައްކަތް ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑުގެ
ފުރިހަމަކޮށްފައިވާކަންވެސް އެނގެން އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑާއި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި ދެމެދު 27 އޮކްޓޯބަރ 2008 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޓްރައިވޭސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދީފައިނުވަނީ، އެ އެއްބަސްވުމާ
އެކުންފުނީގެ ފަރާތުން ފުރިހަމަކުރަންޖެހޭ މަސައްކަތް ފުރިހަމަ ކޮށްފައިނުވާތީ ކަމަށް ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާކަމާއި، އަދި ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފުރިހަމަ ކޮށްފައިނުވާ މަސައްކަތްތައް ފުރިހަމަކުރުމަށް ތަކުރާރުކޮށް އެންގުމުން އެކުންފުނީން އެމަސައްކަތް
ފުރިހަމަ ކޮށްފައިނުވާކަމާއި، އެކަމުގެ ސަބަބުން ރިސޯޓުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދޭންޖެހޭ ފައިސާއިން ނުކުރެވި ހުރި މަސައްކަތުގެ ފައިސާ އުނިކޮށްފައިވާކަމަށް ޓްރައިވޭސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވާއިރު، އެއްބަސްވުމުގެ ދަށުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ފުރިހަމަކުރަންޖެހޭ ހުރިހާ މަސައްކަތެއް އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެމަތީން ފުރިހަމަ
ކޮށްފައިވާނެކަމަށާއި، އެއްބަސްވުމުގައި ބުނެފައިވާގޮތަކީ އެއްބަސްވުމުގައި އެޓޭޗްކުރެވިފައިވާ ކުރެހުމާ އެއްގޮތަށް
a e cހ8
އއ 43ށް
ހއaވ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6
a eދ8
ކޮން
28,
އެންމެ
މަސައްކަތެއް އެއްބަސްވުމުގެ ތެރެއަށް ވައްދައިގެން ކުރުވުމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މަސައްކަތް ކޮށްފައިވާކަމަށާއި، އެކަން އެގޮތަށް ނުކުރުމުން އެއްބަސްވު
ފުރިހަމަކޮށްފައިވާ މަސައްކަތްތަކުގެ އަގު ނުދީ ހިފެހެއްޓިގެން ވާނެކަމަށް ނުދެކޭކަމަށް ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ބުނެފައިވާތީ، މިދެފަރާތުގެ ވާހަކައިގެ އަލީގައި އެ އެއްބަސްވުމުގެ މާއްދާތަކަށް ރިޢާޔަތްކޮށް
ބަލާއިރު،
27 އޮކްޓޯބަރ 2008 ގައި ވެފައިވާ އެއްބަސްވުމުގެ 5.1 ގައި، މަސައްކަތުގެ އަގުދެވޭނީ
ޙަވާލުކުރެވޭ މަސައްކަތް ޗާޓުގައިވާ ކުރެހުމާ އެއްގޮތަށް ފުރިހަމަކޮށް އެންގުމުން، މަސައްކަތުގެ ވެރިފަރާތުން
ޢައްޔަންކުރާ ކޮންސަލްޓަންޓަކު އެމަސައްކަތް ބަލާއިރު، ޙަވާލުކުރެވިފައިވާ ކުރެހުމާއެއްގޮތަށް
އެކަށީގެންވާގޮތުގައި ތާހިރުކަމާއެކު ރަގަޅަށް ފުރިހަމަކޮށްފައިވާނަމަކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެ
އެއްބަސްވުމުގެ 5.3 ގައި، ކުރުމަށް ޙަވާލުކުރެވޭ މަސައްކަތް ފުރިހަމަކުރުމަށްފަހު، އެމަސައްކަތް ރިސޯޓުންބަލާ
ޗެކްކޮށް
ހެދުމަށްފަހު، މަސައްލައެއް ނެތްކަމަށްބުނެ އެމަސައްކަތް ބަލައިގަތުމުން، ކޮށްފައިވާ މަސައްކަތުގެ
އަގުގެތެރެއިން ރިޓޭންޝަންގެ ގޮތުގައި ބެހެއްޓޭ ފައިސާ ފިޔަވައި، ބާކީ ފައިސާ ރިސޯޓުން މަސައްކަތް
ބަލައިގަތްކަމުގެ ލިޔުން ދޫކުރާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަސައްކަތްކުރި ފަރާތަށް ދިނުމަށް
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން އެނގެން އޮތްއިރު، މަސައްކަތް
ނިންމިކަމުގެ ލިޔުން، "ކޮމްޕްލީޝަން ސަޓިފިކެޓް" ރިސޯޓުގެ ފަރާތުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް 25 މެއި 2009 ގައި ދޫކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ރަގަޅަށް އެނގެން
އޮންނަކަމާއި، ނަމަވެސް އެލިޔުން ރިސޯޓުން ދޫކޮށްފައި ނުވާކަމަށްބުނެ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް 29 ޖޫން 2009 ގައި ޖަވާބު ދީފައިވާކަން އެނގޭކަމާއި،
އަދި މަސައްކަތް ނިންމި ކަމުގެ ލިޔުން ރިސޯޓުގެ ފަރާތުން ދޫކޮށްފައިވުމުން ދެން ބަލަންޖެހޭނީ "ކޮމްޕްލީޝަން
ސަޓިފިކެޓް" އަށް ކަމާއި، މިގޮތުން އެލިޔުމަށް ބަލާއިރު އެއީ 03 (ތިނެއް) ޞަފްޙާގެ މައްޗަށް އެކުލެވޭ
ލިޔުމެއްކަމާއި، އެސަޓިފިކެޓުގެ ފުރަތަމަ ޞަފްޙާގައި، އެ ސަޓިފިކެޓުގެ "ޕާރޓް ވަން
ބަންކރވ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
"l
U couc
ކުދިކުދި ކަންތައްތައް ފިޔަވައި، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އަންގްސާނާ ވެލާވަރު އައިލެންޑް
ރިސޯޓާއި ދެމެދު ކުރެވިފައިވާ ކޮންޓްރެކްޓުގެ ދަށުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރަންޖެހޭ
ހުރިހާ މަސައްކަތެއްކޮށް ފުރިހަމަކޮށް ރިސޯޓާ ހަވާލުކޮށްފައިވާކަމަށް ލިޔެފައިވާކަމާއި، އަދި އެ ލިޔުމުގެ ދެވަނަ
ޞަފްޙާއަށް ބަލާއިރު، [PART 1
-
MINOR OUTSTANDING WORKS“ މިގޮތަށް ލިޔުމަށްފަހު
ތިން ކަމެއް ފާހަގަކޮށް، އެތިން ކަންތައް އެލިޔުމުގައި ބުނެފައިވާ ގޮތަށް ފުރިހަމަ ކުރުމަށް [PART II“
ގައި ތާރީޚްތަކެއް ކަނޑައަޅާފައިވާކަމާއި، މިގޮތުން [1
PART“ ގެ އައިޓަމް 1 އާއި އައިޓަމް 2 ގައި
ބަޔާންކޮށްފައިވާ ދެކަންތައް 10 ޖޫން 2009 ގެ ކުރިން ނިންމުމަށާއި، އައިޓަމް 3 ގައި ވާކަންތައް
04 ޖޫން 2009 ގެ ކުރިން ނިންމުމަށާއި، ކަނޑައެޅިފައިވާ ތާރީޚްތަކަށް އެކަންތައްތައް އިޞްލާޙުކޮށް
ނިންމުމުގައި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނުކުޅެދިއްޖެނަމަ، ރިސޯޓުގެ ފަރާތުން އެކަން
އެމީހުންގެ އަމިއްލަ ޚަރަދުގައި އިޞްލާޙް ކުރުމަށްފަހު، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ
ފައިސާއިން އުނިކުރާނެކަމަށް ލިޔެފައިވާކަން ފާހަގަކުރެވޭކަމާއި،
މިގޮތުން ބަޔާންކުރެވުނު ކޮމްޕްލީޝަން ސަޓިފިކެޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް
ބަޔާންކޮށްފައިވާ ތާރީޚުތަކުގެކުރިން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވާ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންގާފައިވާނެތޯ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެކުންފުނި ތަމްސީލުކުރާ ފަރާތާ ސުވާލުކުރުމުން، ކޮމްޕްލީޝަން ސަޓިފިކެޓުގައި ރިސޯޓުން ފާހަގަކޮށްފައިވާ
އެކަންތައްތައް ރަގަޅުކުރުމަށް 29 ޖޫން 2009 ގައި ސިޓީއަކުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް އެންގުމުގެ
ކުރިން ލިޔުމުން އެފަދަ އެއްވެސް އެންގުމެއް އަންގާފައިނުވާނެކަމަށާއި، ނަމަވެސް އަނގަބަހުން ރެޑްޕަވަރ
ޕްރައިވެޓް ލިމިޓެޑަށް އޭގެކުރިން އެކަން އަންގާފައިވާނެކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ބުނެފައިވާއިރު، އަނގަބަހުން އެފަދަ އެންގުމެއް އެންގިކަމާމެދު ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުން
އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިޗ 8
s((
އަލއކރމަށް
އަދި މިކަމާގުޅޭގޮތުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑަށް ފޮނުވާފައިވާކަން އެނގެން އޮތް އެންމެ ފުރަތަމަ ސިޓީ (29 ޖޫން 2009) އަށް ބަލާއިރު،
އެސިޓީއަކީ
ކޮމްޕްލީޝަން ސަރޓިފިކެޓް އިޝޫކުރުމާއި ގުޅިގެން އެ ސަޓިފިކެޓުގައި
އިޞްލާޙްކުރުމަށް ރިސޯޓުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތައް ފާހަގަކޮށްފައިވާ ތާރީޚުތަކުގެ ކުރިން
ކުލާޙުކުރުމަށް އަންގާފައިވާ އެންގުމެއް ނޫންކަމާއި،
އެސިޓީއަކީ އޭގެ ކުރިން ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ފޮނުވާފައިވާ ދެ
ސިޓީއަކަށް ޖަވާބު ދިނުމުގެ ގޮތުން ފޮނުވާފައިވާ ސިޓީއެއްކަމާއި، އެސިޓީގައި، ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑުން އެދިފައިވާ، މަސައްކަތް ނިންމާފައިވާ ކަމުގެ ލިޔުން (ކޮމްޕްލީޝަން ސަރޓިފިކެޓް ދޫކުރެވޭނީ
ބެނިޔަންޓްރީ އަނގްސާނާ ވެލާވަރު ރިސޯޓުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެފަދަ ލިޔުމެއް
ދޫކުރުމުން ކަމަށާއި، ރިސޯޓުގެ ފަރާތުން އެލިޔުން ދޫކުރާނީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކުރަންޖެހޭ މަސައްކަތްތައް ކޮށްނިންމާ ހަވާލުކުރުމުންކަމަށް ބުނެފައިވާއިރު، 25 މެއި 2009 ގައި އެރިސޯޓުގެ
ފަރާތުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ނިންމާފައިވާ ކަމުގެ ލިޔުން (ކޮމްޕްލީޝަން
ސަރޓިފިކެޓް) ދޫކޮށްފައިވާކަމާއި، އިސްވެ ފަދައިން އެލިޔުމުގައި ތިންކަމެއް ފާހަގަކޮށް،
ކަނޑައެޅި ބަޔާވެގެންވާ ދެ ތާރީޚެއްގެ ކުރިން އެ ތިން ކަންތައް ނިންމުމަށް ބުނެފައިވާއިރު، އެމަސައްކަތްތަކަކީ
ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދެކޭނަމަ، އެތާރީޚު ތަކުގެ ކުރިން އެމަސައްކަތް ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވާ
ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް އަންގަން ޖެހޭނެކަމާއި، ނަމަވެސް އެފަދައިން ޓްރައިވޭސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.
އަދި 29 ޖޫން 2009 ގައި ފޮނުވާފައިވާ ސިޓީން އެންގުމުގެ ކުރީން ކޮމްޕްލީޝަން
ސަޓިފިކެޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް އޭގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ކުރިން ނިންމުމަށް
އަނގަބަހުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެކަމަށް ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ހއ 2
3 ޑ 23
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާފަ، ޖީ
15
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑުގެ ފަރާތުންބުނެ، އެކަން ސާބިތުކުރުމަށް ހެކީން ހާޒިރުކުރުމަށް ބޭނުންވާކަމަށްބުނެފައިވިޔަސް،
29 ޖޫން 2009 ގައި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑަށް ފޮނުވާފައިވާ އިސްވެ ބަޔާންކުރެވުނު ސިޓީއަށް ބަލާއިރު، އެހާތަނަށްވެސް ރިސޯޓުގެ ފަރާތުން
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކޮމްޕްލީޝަން ސަޓިފިކެޓް ދޫކޮށްފައި ނުވާކަމަށް ބުނެފައިވާކަން
އެނގެން އޮންނަ އޮތުމުން، ކޮމްޕްލީޝަން ސަރޓިފިކެޓުގައި ރަގަޅުކުރުމަށް ބުނެފައިވާ ކަންތައްތައް އޭގައި
ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ކުރިން ރަގަޅުކުރުމަށް އަނގަބަހުންވިޔަސް އެންގޭނެ
ގޮތެއް ނޯންނާނެކަން
އެނގެން
އޮންނާތީ، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރަސްމީ ލިޔެކިޔުމުން ސާބިތުވާ ކަމެއްގެ
އިދިކޮޅަށް ކަމެއް ސާބިތުކުރުމަށް ޝަފަހީ ހެކި ބަސް ނެގުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް
ކަމަކަށް ނުވާނެތީ، އެކުންފުނީން އެދިފައިވާ ހެކީން ހާޒިރުކުރެވިފައި ނުވާނެކަމެވެ.
(ކ) ހަތްވަނަ ކަމަކީ: މަދަނީ ކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގައި ރެޑް ޕަވަރ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުޅި ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން 29 އޮކްޓޯބަރ 2009 ގައި ހުށަހަޅާފައިވާ "ޖަވާބު ފޯމް" އާއި އެޓޭޗްކުރެވިފައިވާ،
"ދަޢުވާގެ ޖަވާބުގެ ޚުލާޞާ" ގެ 03 ވަނަ ނަންބަރުގައި، "ޙަޤީޤަތަކީ މަސައްކަތް ނިންމައި ހަވާލުކުރުމުގައި
އެތައް މަސައްލަތަކެއް ހުރިކަން މެއިން ކޮންޓްރެކްޓަރުގެ ފަރާތުން އެތައް ފަހަރެއްގެ މަތިން އެންގުމާއި
ގުޅިގެން މިކުންފުނީން އެތައް ފަހަރެއްގެ މަތީން ދަޢުވާ ކުރިފަރާތަށް އެންގުމުންވެސް އެކަމަށް އެއްވެސް
ޖަވާބެއް ނުދީ އެކަންކަން ރަގަޅުކޮށް އަޅާނުލައި ދޫކޮށްފައިވާ ކަމެވެ. އަދި މިމަސައްކަތްތައް ވަނީ މިހާރު
ރިސޯޓުގެ ވެރިފަރާތާއި މިކުންފުންޏާ ވެވުނު އެއްބަސްވުމެއްގެ ދަށުން ރިސޯޓުން ކޮށް ނިންމާފައެވެ. އަދި
މިކަމުގެ ސަބަބުން މިކުންފުނި ވަރަށް ބޮޑަށް ބަދުނާމުވެ، މިމަސައްކަތުން މިކުންފުންޏަށް ލިބެން ޖެހޭ އަގުން
ވަރަށް ބޮޑު ޢަދަދެއް މެއިން ކޮންޓްރެކްޓަރ އުނިކޮށްފައި ވެއެވެ." މިފަދައިންބުނެ، ރިސޯޓުގެ ފަރާތުން
އުނިކުރިކަމަށް ބުނެ ފައިސާގެ ޢަދަދުތަކެއް އޭގެ ފަހުން ހުށަހެޅި ބަޔާންތަކުގައި ބަޔާންކޮށް، ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއިން އެ ޢަދަދަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
16
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 4
ފައިސާ އުނިކުރުމަށް މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ ހިނގަމުންދިޔައިރު ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތްއިރު،
ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން 10 އޮކްޓޯބަރ 2012 ގައި ބޭއްވުނު ޝަރީޢަތުގެ
މަޖިލީހުގައި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު،
ރިސޯޓުން، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮމްޕްލީޝަން ސަރޓިފިކެޓުގައި
ކަނޑައެޅިފައިވާ ވަކި ދެ ތާރީޚެއްގެ ކުރީން ވަކި ކަންތައްތަކެއް ނިންމުމަށާއި، ނުނިންމައިފިނަމަ، އެ
މަސައްކަތްތައް
ރިސޯޓުގެ ފަރާތުން ކުރުމަށްފަހު، އެކަމަށް ދިޔަ ޚަރަދު ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދޭންޖެހޭ ފައިސާއިން އުނިކުރެވޭނެކަމަށް ބަޔާން ކޮށްފައިވިޔަސް، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ އެދުމުގެ މަތިން އެތާރީޚު ތަކަށް ބަދަލު ގެނެވިފައިވާކަމަށާއި، މިގޮތުން އެންމެ ފަހުގެ
އިންސްޕެކްޝަން ކުރެވިފައިވަނީ 12 ނޮވެމްބަރ 2009 ގައި ކަމަށާއި، އެކަން ކުރެވިފައިވަނީ ރިސޯޓުގެ
ފަރާތުންނާއި، ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއި،
ދަންމާނު އިންވެސްޓްމަންޓުގެ ފަރާތުން ވެސް މީހުން ތިބެގެން އެމީހުންގެ ހާޒިރުގައި ކަމަށާއި، އަދި
02 ނޮވެމްބަރ 2009 ގައި ކުރެވިފައިވާ އިންސްޕެކްޝަން ކުރުމުގެ ކުރިން ނުކުރެވިހުރި އެއްވެސް
މަސައްކަތަކަށް ރިސޯޓުން ފައިސާ ކަނޑާފައިނުވާކަމަށް ބުނެފައިވާ ބުނުމުން، 29 އޮކްޓޯބަރ 2009 ގައި
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީކޯޓަށް ދަޢުވާގެ ޖަވާބު ފޯމް ހުށަހެޅިއިރު،
ރިސޯޓުގެ ފަރާތުން މަސައްކަތް އިންސްޕެކްޓްކޮށް، ނުކުރެވި ހުރި މަސައްކަތްތައް ރިސޯޓުގެ ފަރާތުން ކުރުވާ،
އެމަސައްކަތްތަކުގެ
ތަކުގެ އަގަށްވާ ފައިސާ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއިން
އުނިކޮށްފައިވާކަމަށް ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި އެއްގޮތަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމެއް
ނޫންކަން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކައިން ރަގަޅަށް
ސާފުވެގެން ގޮސްފައިވާކަމާއި،
ucou
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑް
WITH
MEETING
VO
7.
ބޮއެފި
މީގެ އިތުރުން
10 އޮކްޓޯބަރ 2012 ގައި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ [TRIWAYS
MINUTES OF“ މިނަމުގައި
ހުށަހަޅާފައިވާ ޑޮކިޔުމެންޓަކީ، 02 ނޮވެމްބަރ 2009 ދުވަހު އަންގްސާނާ ވެލާވަރު ރިސޯޓުގައި ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ފައިނަލް އިންސްޕެކްޝަން ކުރުމަށްފަހު
ބައްދަލުވުމުގައި ނިންމާފައިވާ ނިންމުތަކުގެ ޔައުމިއްޔާ ކަމަށާއި، އަދި އެ ބައްދަލުވުމުގައި
ސަބްކޮންޓްރެކްޓަށް މަސައްކަތް ކޮށްފައިވާ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާއި ދަންމާނު އިންވެސްޓްމަންޓުގެ
ފަރާތުންވެސް ބައިވެރިވެފައިވާކަމަށް ބުނެފައިވާއިރު، އެ ޑޮކިޔުމެންޓްގެ އެއްވެސް ތަނެއްގައި
ސަބްކޮންޓްރެކްޓަށް އެރިސޯޓުގައި މަސައްކަތްކޮށްފައިވާ އެއްވެސް ފަރާތެއްގެ ސޮއެއް ނެތްކަމާއި، އެ ބުނާ
ބައްދަލުވުމެއްގައި އެއިން އެއްވެސް ފަރާތަކުން ބައިވެރިވިކަން އެލިޔުމުން އެނގޭނޭ އެއްވެސް ގޮތެއް
ނެތްކަމުން، އެލިޔުމަކީ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެލިޔުމުގެ ޒަރިއްޔާއިން
ސާބިތުކުރުމަށް ބޭނުންވި އެއްވެސް
ކަމެއް ޝަރީޢަތަށް
ސާބިތުކުރުމަށް ފުދޭ ލިޔުމެއްނޫންކަން
OcOOX
އދ9 2
ހޤީހފާކަމެވެ.
(އ) އަށްވަނަ ކަމަކީ: މައި ކޭބަލް އެޅުމަކީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ކުރަންޖެހޭ ކަމެއްކަމަށްވާއިރު، އެކުންފުނީގެ ފަރާތުން އެމަސައްކަތް ކޮށްފައި ނުވާކަމަށާއި، އެސަބަބަށްޓަކައި
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ޚަރަދުގައި ކޭބަލް ގަތުމަށްފަހު، އެމަސައްކަތްވެސް
ކޮށްފައިވަނީ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަމަށްވާއިރު އެމަސައްކަތުގެ އަގު
މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގައި އުނިކޮށްފައި ނުވާކަމަށްބުނެ ޓްރައިވޭސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައިވާއިރު، އެމަސައްކަތަކީ ރެޑްޕަވަރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ކުރަންޖެހޭ މަސައްކަތެއް ނޫންކަމަށްބުނެ އެކުންފުނީގެ ފަރާތުން ރައްދު ދީފައިވާތީ،
އެމަސައްކަތަކީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުރަންޖެހޭ މަސައްކަތެއްކަން އެނގޭ ގޮތަކީ ކޮބައިޖޭގެ އައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
20]1/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
763ހ9 8
4
2
ތެރޭ022ނވެ
2
3 4 5 6
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ސުވާލުކުރުމުން، އެ
ދެކުންފުނީގެ ދެމެދުގައި ވެވިފައިވާ އެއްވެސް އެއްބަސްވުމެއްގެ އެއްވެސް މާއްދާއަކުން، އަދި އެއްބަސްވުމުގެ
ބައިތަކެއްގެ ގޮތުގައި އެއިން އެއްބަސްވުމަކާ އެޓޭޗްކުރެވިފައިވާ އެއްވެސް
މައި ކޭބަލް
އެޅުމަކީ ރެޑްޕަވަރ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވާ މަސައްކަތެއްކަން އެނގެން ހިތްކަމަށްބުޑު
ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޖަވާބު ދީފައިވާތީ،
މައިކޭބަލް އެޅުމަކީ ރެޑް ޕަވަރގެ ފަރާތުން ކުރަންޖެހޭކަމެއްކަން ޝަރީޢަތަށް ސާބިތުނުވާކަމެވެ.
(ވ) ނުވަނަ ކަމަކީ: މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާގައި
ދަޢުވާކުރިއިރު 27 އޮކްޓޯބަރ 2008 ގައި މިދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ ފުރަތަމަ އެއްބަސްވުމުގެ
20.2 ގެ ދަށުން ހިފެހެއްޓިފައިވާ ރިޓޭންޝަން ފައިސާ ހޯދުމަށް ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާކޮށްފައި ނުވިނަމަވެސް، މައްސަލަ ހިނގަމުންދިޔައިރު، އެފައިސާ ހޯދުމަށް ރެޑް ޕަވަރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެދިފައިވާކަމާއި، އަދި އެފައިސާއަކީ ޓްރައިވޭސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން
ދޭންޖެހޭ ފައިސާއެއްކަމަށް އެކުންފުނީން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެއްބަސްވެފައިވާތީއާއި، އެއްބަސްވުމުގެ ދަށުން ފައިސާ ހިފެހެއްޓިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް
ކަމަށްވާތީއާއި، ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރި މަސައްކަތްތައް ނިންމާ ޙަވާލުކުރުމުން
ރިސޯޓުގެ ފަރާތުން ކޮމްޕްލީޝަން ސަރޓިފިކެޓް ދޫކުރި ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ވެފައިވާތީއާއި،
އެމުއްދަތުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުގެ މައްސަލައެއް ހުރެގެން އެކަން ރަނގަޅުކުރުމަށް ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރެޑް ޕަވަރ ޕްރައިވެޓް ލިމިޓެޑަށް އަނގާފައިވާކަން އެނގެން ނެތަތީ،
މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ ނިންމެވިއިރު އެފައިސާ ރެޑް ޕަވަރ ޕްރައިވެޓް
ލިމިޓެޑަށް ނަންގަވައި ދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް
c
ނެތްކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
20jj/HC-A/206
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ
މަތިން ހުރުމާއެކު، މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު،
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް
ދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
• އްވެމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތީން ރިޢާޔަތްކޮށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 2009/MC/2256 ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ
ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް އެޤަޟިއްޔާ އިސްތިއުނާފުކުރި ޓްރައިވޭސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް
މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ކު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv