ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/302 ޤަޟިއްޔާގެ ޙުކުމް
4.22
1
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ވެހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 302/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް
* ނަން: އިސްމާޢީލް ނަޞީރު
އެޑްރެސް:
ސޯ: މއ. ކާނޭޝަންވިއު
އައިޑީ
ކާޑު ނަންބަރު: A043358 މިހާރުގެ އެޑްރެސް: ވިލިމާލެ، އެން އެސް އެސް، ފްލެޓް 06-14
ބަދަލުގައި: އޒް. މުޙައްމަދު އަނިލް
ދާއިމީ
| އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީ)
ހުށަހެޅުނު ތާރީޚް: 14 އޮކްޓޯބަރ 2008
* ނިމުނު ތާރީޚް: 19 މެއި 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1300
ނިންމެވިކޯޓް: މަދަނީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބެންޖެހޭ ޙައްޤުތައް ހޯދުން
ހުށަހެޅުނުތާރީޚް: 09-06-2009 ، ނިމުނު ތާރީޚް: 15-07-2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
ވެބް ސައިޓް: www.lhighcourt.gov.mv
[email protected]
2
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1300 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މއ. ކާނޭޝަންވިއު އިސްމާޢީލް ނަޞީރު އެޤާ އްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ހު ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީ (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2009/MC/1300 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އިސްމާޢީލް ނަޞީރުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ(ހ)ގެ ދަށުން ކޮންމެ
މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި
އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިދީފައިވާހިނދު، އަދި ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ކަމަށް ބަޔާންކޮށްފައިވާހިނދު، މިނިސްޓްރީ އޮފް
ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން، ސިފައިންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދުތަކާއި ޚިލާފަށް އިސްމާޢީލް ނަޞީރު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާތީ، އެމައްސަލާގައި
ގެއްލިފައިވާ އިސްމާޢިލް ނަޞީރުގެ ޙައްޤުތައް ހޯދުމަށް އޭނާ ޝަރީޢަތުގައި ކުޅަ ދަޢުވާ، "ސިފައިންގެ
ވަޒީފާއާބެހޭ ޤަވާއިދު” ގެ 203 ވަނަ މާއްދާއަށް ޙަވާލާދެއްވައި، އިސްމާޢީލް ނަޞީރަށް ޤާނޫނުއަސާސީގެ
42 ވަނަ މާއްދާގެ (ހ) ގެ ދަށުން ލިބިދީފައިވާ ޙައްޤު ހިފެހެއްޓި ނުވަތަ ހަނިކުރެވޭނެ ކަމަށް ޝަރީޢަތުން
: 2 0
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
3
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އަދި ދުސްތޫރީ ހަމަތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް
ކަމަށް އިސްމާޢީލް ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ހައިކޯޓުން ބެލިބެލުމުން
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 01 ވަނަ މާއްދާގެ (ހ)ގައި އެޤާނޫނަކީ
”ދިވެހިރާއްޖޭގެ ސިފައިންގެ މަސްއޫލިއްޔަތު ތަކާއި، ވާޖިބު ތަކާއި، ތަބާވާންޖެހޭ ހަމަތަކާއި،
އުޞޫލުތަކާއި، ލިބިދީފައިވާ ބާރުތަކާއި ޙިމާޔަތް ތަކާއި، އިނާޔަތް ތަކާއި، ސިފައިންގެ ބާރުތައް ހިންގުމާއި،
އެބާރުތައް ބެހިފައިވާ ގޮތާއި، އަދި ދިވެހިރާއްޖޭގެ ސިފައިންނާއިބެހޭ މިނޫންވެސް އެންމެހާ އުޞޫލުތައް
ބަޔާންކުރާ ޤާނޫނު، ކަމުގައި ކަނޑައަޅައި، އެޤާނޫނުގެ 46 މާއްދާގެ (ށ) ގެ ދަށުން ”ސިފައިންގެ
ވަޒީފާއާއިބެހޭ ޤަވާޢިދު އަކާއި "ވަޒީފާއިން ވަކިކުރުމާބެހޭ ޤަވާޢިދު" އެއް ހަދައި އެޤަވާއިދަށް ޢަމަލުކުރަން
ފެށިފައިވާތީ، ސިފައިންގެ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އުފެދޭ މައްސަލަތައް ޙައްލުކުރަންޖެހޭނީ ޤާނޫނު
ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ހެދިފައިވާ އިސްވެ
ބަޔާންކުރެވުނު ޤަވާޢިދުތަކުގައިވާ ގޮތުގެ މަތިން ކަމަށް ވެފައި،
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އަކީ އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދު ތަކަކީ މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަން
ފަށާފައިވާ ޤާނޫނާއި ޤަވާޢިދު ތަކަށް ވީހިނދު، އެޤާނޫނުތަކާއި ޤަވާޢިދުތަށް މިހާރު ޢަމަލު ކުރަމުންދާ
ޤާނޫނުއަސާސީގެ ތަރަޙައިގެ ތެރޭގައި މާނަ ކުރުމާއި ޢަމަލު ކުރުން ޤާނޫނީ ގޮތުން ލާޒިމުވެފައި ވުމާއިއެކު؟
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ޤާނޫނު އަސާސީގެ
އަސާސީ ޙައްޤު ތަކާއި މިނިވަންކަމުގެ ބާބުގައި، ބަޔާން ކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން
އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނު އަސާސީ
ކަށަވަރުކޮށްދޭ ކަމަށާއި، އެއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ
މިނިވަން ކަމެއްގެ އެއްވެސް
ވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި އެފަދަ
ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަށް ކަމަށް ބަޔާން ވެފައި؟
ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ މީހަކަށް
އެމީހެއްގެ މަދަނީ ޙައްޤުތަކާއި، ވާޖިބުތައް ކަނޑައެޅުމުގައި ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ
އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިދީ، އެޙައްޤު ކަށަވަރު ކޮށްދީފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2c22
ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ 207 ވަނަ މާއްދާގައި، ވަޒީފާއިން ވަކިކުރިމީހާ
ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބަކާއި ނުލައި ކަމަށް އެމީހަކަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއިން
ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެޝަކުވާއެއް މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނޭޝަނަލް ސިކިއުރިޓީއަށް އުފުލިދާނެ ކަމަށާއި، އެމުއްދަތު ތެރޭގައި ޝަކުވާ ނުއުފުލައިފިނަމަ
ބެލެވޭނީ ޝަކުވާއެއް ނެތީކަމަށް ބަޔާން ކުރެވިފައިވާއިރު؟
ދިވެހިރާއްޖޭ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤަކުން ނުވަތަ
މިނިވަން ކަމަކުން މަޙްރޫމް ކުރެވޭނީ ނުވަތަ އެފަދަ ޙައްޤަކުން ބައެއް ހިފެހެއްޓޭނީ، އިޝާރާތް ކުރެވުނު
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން
ކަމަށް ޤާނޫނު އަސާސީގެ ސާފު ޢިބާރާތުން ބަޔާންކޮށްފައިވުމުން، އިޝާރާތް ކުރެވުނު "ސިފައިންގެ
ވަޒީފާއާއިބެހޭ ޤަވާއިދު”ގެ 203 ވަނަ މާއްދާ ގައި، ޝަކުވާ އުފުލުމަށް ވަޒީފާއިން ވަކި ކުރި ތާރީޚުން
ފެށިގެން 03 މަސް ދުވަސް ކަނޑައަޅައި، އެމުއްދަތުގައި ޝަކުވާއެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީއަށް ނުއުފުލައިފިނަމަ އެފަދަ ޝަކުވާއެއް ނެތީކަމަށް ބެލެވޭނެ ކަމަށް އޮތް އޮތުމަކީ
ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި ތަޢާރަޟުވާ ގޮތަށް އޮތް ނައްސެއް ކަމަށްވުމުން، އެމައްޗަށް
ޢަމަލު ކުރެވެން ނެތުމާއިއެކު، އެފަދައިން އޮތުމަކީ ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ މީހަކު
އިންސާފު ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ދޮރު ބަންދުވީކަމުގައި ބެލެވޭނެ ކަމެއް ނޫން
ކަމާއި، އެހެންކަމުން އިސްމާޢީލް ނަޞީރު ސިފައިންގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި އޭނާއަށް
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ދަޢުވާ ކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް
ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަން އެނގެއެވެ.
(ށ) ”ސިފައިންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 207 ވަނަ މާއްދާގައި ”ވަޒީފާއިން ވަކިކުރީ
އެކަށީގެންވާ ސަބަބަކާއި ނުލައި ކަމަށް އެމީހަކަށް ފެނިއްޖެ ހިނދެއްގައި، ވަޒީފާއިން ވަކިކުރި ތާރީޚުން
ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެޝަކުވާއެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީއަށް އުފުލިދާނެއެވެ. މިހެން ބަޔާންކޮށްފައި އޮންނައިރު މިއީ ޤަވާއިދެއްގެ ދަށުން
އިދާރީ ގޮތުން ޢަމަލުކުރުމަށްޓަކައި، ވަޒީފާ ގެއްލޭ ފަރާތަށް ލިބިދީފައިވާ އިޚްތިޔާރީ ބާރެއްކަމަށް ވީހިނދު،
އެއިޚްތިޔާރު ބޭނުންކުރުމަކީވެސް އަދި ބޭނުންނުކުރުމަކީވެސް، ޤާނޫނުއަސާސީއިން އެމީހަކަށް ލިބިދީފައިވާ
އަސާސީ ޙައްޤެއް ހަނިކޮށް ނުވަތަ ހިފެހެއްޓުމަށް އޮތް ހުއްޖަތަކަށް ނުވާކަމަށްޓަކައި، މަދަނީކޯޓަށް
ހުށަހެޅުނު ދަޢުވާ ކުރިއަށް ގެންދެވޭނީ ”ސިފައިންގެ ވަޒީފާއާބެހޭ ޤަވާއިދު”ގެ 202 ވަނަ މާއްދާގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/302
ގޮތަށް ޢަމަލުކުރުމުންވެސް ޝަކުވާ ހައްލުވެ އިންސާފު ނުލިބިއްޖެނަމަ ކަމާއި، އެމައްސަލަ މިހިނދަށް
ކުރިއަށް ގެންދެވެން ނެތްކަމަށް އަންގަވައި ޝަރީޢަތުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް އިސްމާޢީލް ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވާތީ،
އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން،
އިސްމާއިލް ނަޞީރު ސިފައިންގެ ވަޒީފާއިން ވަކިކުރުމުން އޭނާއަށް ދަޢުވާކުރުމުގެ ޙައްޤު
ލިބޭނީ "ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު"ގެ 203 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޝަކުވާއެއް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް އުފުލުމަށްފަހު ޝަކުވާ ޙައްލުވެ އިންސާފު
ނުލިބިއްޖެނަމަ ކަމަށް ކަނޑައަޅައި މަދަނީކޯޓުން ޙުކުމްކޮށްފައިވާ ކަމާއި، ސިފައިންގެ ވަޒީފާއިން ވަކިކުރާ
މީހަކަށް ދަޢުވާކުރުމުގެ ޙައްގު ލިބޭނީ ”ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު“ގެ 203 ވަނަ މާއްދާގައި ބުނާ
ޕްރޮސީޖާ ފުރިހަމަ ކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ ކަމާއި، އެހެންނަމަވެސް "ސިފައިންގެ
ވަޒީފާއާއިބެހޭ ޤަވާޢިދު“ގެ 203 ވަނަ މާއްދާއަކީ ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ މީހަކު
ސިފައިންގެއާއި ދެކޮޅަށް ދަޢުވާކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ބަޔާންކުރެވިފައިވާ މާއްދާއެއް ނޫންކަމާއި،
އެމާއްދާއަކީ ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ މީހަކު ސިފައިންގެއަށް ޝަކުވާ އުފުލުމާބެހޭ ގޮތުން
ޢަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައިވާ މާއްދާއެއް ކަމުން، ސިފައިންގެ ވަޒީފާއިން ވަކިކުރެވިފައިވާ މީހަކަށް
އެމާއްދާގެ ދަށުން ދަޢުވާ ކުރުމުގެ ޙައްޤު ގެއްލިފައިވާ ކަމަށް ކަނޑައެޅޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް
ކަމާއި
”ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު"ގެ 203 ވަނަ މާއްދާގެ ދަށުން ޝަކުވާ އުފުލުމާއި
ނުއުފުލުން އެއީ ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ އިޚްތިޔާރަށް ދޫކުރެވިފައިވާ ކަމެއް ކަން އެމާއްދާގެ
ޢިބާރާތުގައިވާ އުފުލިދާނެ“ މިބަހުން ދޭހަވާކަމާއި، އެމާއްދާގައި “ޝަކުވާ ނުއުފުލައިފިނަމަ ބެލެވޭނީ
މިފަދަ ޝަކުވާއެއް ނެތީކަމުގައެވެ، މިހެން އޮތުމަކުން އެމާއްދާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ޝަކުވާ
ނުއުފުލުމުގެ ނަތީޖާއަކީ، ވަޒީފާއިން ވަކިކުރެވުނީ އެކަށީގެންވާ ސަބަބަކާލައިގެން ކަމަށް އިފްތިރާޟް
ކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތް ކަމާއި، ސިފައިންގެ ވަޒީފާއިން ވަކިކުރުމުން ސިފައިންގެއަށް
ޝަކުވާ އުފުލުމުގެ ބަދަލުގައި އެމީހެއްގެ ޙައްޤު ހޯދުމަށްޓަކައި ޝަރުއީ ކޯޓެއްގައި ދަޢުވާކުރުމަށް
އިޚްތިޔާރުކޮށްފި މީހަކަށް އެޙައްޤު ލިބިގެންވާ ކަމާއި، "ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު"ގެ 203 ވަނަ
މާއްދާއިން އެޙައްޤަށް ހުރަސްއަޅާ ކަމަށް ބެލެވޭނެ ތަނެއްނެތްކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
6
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
24
(ނ) ސިފައިންގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ ޚިލާފަށް އިސްމާޢީލް
ނަޞީރު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީވެސް ހުދު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީ ސީދާ އަންގަވައިގެން ކަމާއި، އިސްމާޢީލް ނަޞީރު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ
ޗިޓުގައިވެސް ސޮއިކުރައްވާފައިވަނީ ހުދު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
އެނގެން އޮންނަހިނދު، އެމިނިސްޓަރުގެ ސީދާ ބެލުމުގެ ދަށުން ހިނގާ ވުޒާރާއަކަށް، އެވުޒާރާއިން ޤާނޫނާ
ޚިލާފަށް ކުރައްވާފައިވާ ކަމަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅައި އެމައްސަލައެއް ބަލައިދިނުމަށް އެދުމަކީ
ހަމަޖެހޭ އަދި ޤާނޫނީގޮތުން ޤަބޫލުކުރެވޭނެ އުޞޫލެއް ކަމަށް ނުފެންނަ ކަމަށް އިސްމާޢީލް ނަޞީރުގެ
ފަރާތުން ފާހަގަކޮށްފައިވާތީ، އެނުކުތާތަކަށް ހައިކޯޓުން ބެލިބެލުމުން،
”ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ 05 ވަނަ ބާބު (ވަޒީފާއިން ވަކިކުރުން) ގެ 185 ވަނަ
މާއްދާގައި "މިޤަވާޢިދުގެ މަޤްޞަދަކީ ސިފައިންގެ މީހުން ވަޒީފާއިން ވަކިކުރުމާއި ވަކިކުރުމުގެ އުޞޫލުތައް
ކަނޑައެޅުމެވެ. މިޤަވާޢިދަށް ޢަމަލުކުރަން ފެށުމުން ސިފައިންނަށް ވަޒީފާއިން ވަކިވެވޭނީ އަދި ސިފައިން
ވަޒީފާއިން ވަކިކުރެވޭނީ މިޤަވާޢިދުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން، ކަމަށާއި، އެޤަވާޢިދުގެ 202
ވަނަ މާއްދާގައި ”ސިފައިންގެ މީހެއްގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު
އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާގެ ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ
ސަބަބަކާލައިގެން މެނުވީ، ސިފައިން ސިފައިންގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ، މިހެން
ބަޔާންކޮށްފައި އޮންނަ ކަމަށާއި، މީގެ އިތުރުން، ސިފައިންގެ ވަޒީފާއިން މީހަކު ވަކިކުރުމުގެ ކަންތައްތައް
ނިންމަނީ ސީދާ މިނިސްޓަރ ނޫންކަމަށާއި، އެފަދަކަންކަން ނިންމަނީ ސިފައިންގޭގައި ހެދިފައިހުންނަ
ޑިސިޕްލިނަރީ ބޯޑުތަކުން ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން
ބުނެފައިވާތީ، މިނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިބެލުމުންގެ
ސިފައިންގޭގައި ހެދިފައިވާ ޑިސިޕްލިނަރީ އެއްވެސް ބޯޑަކުން އިސްމާޢިލް ނަސީރާއި މެދު
ފިޔަވަޅެއް އަޅާފައިވާކަން ހުށަހެޅިފައިވާ އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތް ހިނދު، 25 މެއި 2009
ގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ސޮއިކޮށް އިސްމާޢީލް ނަސީރު ސިފައިންގެ
ވަޒީފާއިން ވަކިކުރި މައްސަލައިގައި އިސްމާޢިލް ނަޞީރުގެ ޙައްޤަކަށް އުނިކަމެއް ލިބިފައިވާނަމަ އެޙައްޤެއް
ހޯދުމަށްޓަކައި އޮތް އެންމެ އިންސާފުވެރި ގޮތަކަށްވާނީ، އޭނާ ވަޒީފާއިން ވަކިކުރި ފަރާތަށް އެމައްސަލައެއް
ހުށަހަޅައިގެން އެމައްސަލަ ބެލުމަށްވުރެ، މިނިވަން މުސްތަޤިއްލު ފަރާތަކުން އެމައްސަލަ ބަލައި ނިންމުން
ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވޭ އިރު، އެފަދަ މައްސަލަތައް ބެލުމަށްޓަކައި ސިފައިންގޭގައި
OXO
22
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
7
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
9
އެކުލަވާލެވިފައިވާ ޑިސިޕްލިނަރީ ބޯޑުތަކަކީ، މިނިވަން މުސްތަޤިއްލު ބޯޑުތަކެއްކަމުގައި ނުވާނަމަ، ކޯޓަށް
ހުށަހަޅައިގެން މައްސަލަ ނިންމުން އެއީ އެންމެ ޢަދުލުވެރި އަދި އިންސާފުވެރިގޮތްކަމަށް ބުރަވެވޭ ކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި "އިދާރީގޮތުން އަޅާ
ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް
ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާ، ކަމަށް ބަޔާންކޮށްފައި ވުމުން، އިސްމާއިލް ނަޞީރު
ސިފައިންގެ ވަޒީފާއިން ވަކިކުރި މައްސަލައިގައި އޭނާގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެ ނަމަ
އެކަމެއް ކޯޓަށް ހުށަހަޅައިގެން އެމައްސަލައެއް ކުރިއަށް ގެންދިއުމަކީ އޭނާއަށް ލިބިދީފައިވާ ޙައްޤެއް ކަމަށް
ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ބެލެވެއެވެ.
oxo
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން،
މަދަނީކޯޓުގެ ނަންބަރު 2009/MC/1300 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޤާނޫނީ ހަމަތަކާއި
އެއްގޮތް ނުވާކަމާއި، އެޤަޟިއްޔާގެ ޙުކުމް ބާތިލު ކުރައްޖެހޭކަން އެނގެއެވެ.
2 20
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ
މުގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮންމެ މީހަކަށް އެމީހެއްގެ މަދަނީ
ޙައްގުތަކާއި، ވާޖިބުތައް ކަނޑައެޅުމުގައި ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން
ޝަރީޢަތް ކުރެވުމުގެ ޙައްޤު ލިބިދީފައި ވާއިރު، އަދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި
އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް
ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިންޞާފު
ހޯދުމަށްޓަކައި ޝަރީޢަތަށް ދިއުމުގެ ޙައްޤު، އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރު ކޮށްދީފައިވާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤަކުން މަޙްރޫމް ކުރެވޭނީ
ނުވަތަ އެފަދަ ޙައްޤަކުން އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާ
ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ޤާނޫނު އަސާސީގެ ސާފު ޢިބާރާތުން
ބަޔާންކޮށްފައިވުމުން، ”ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު ގެ 203 ވަނަ މާއްދާގައި، ވަޒީފާއިން
ވަކިކުރިމީހާ ވަޒީފާއިން ވަކިކުރީ، އެކަށީގެންވާ ސަބަބަކާއި ނުލައި ކަމަށް އެމީހަކަށް ފެނިއްޖެ ހިނދެއްގައި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް: www.highcourt.gov.mv
[email protected]
8
2009/HC-A/302
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެޝަކުވާއެއް މިނިސްޓްރީ
އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް އުފުލިދާނެ ކަމަށާއި، އެމުއްދަތު ތެރޭގައި ޝަކުވާ
ނުއުފުލައިފިނަމަ ބެލެވޭނީ ޝަކުވާއެއް ނެތީ ކަމަށް ބަޔާން ކޮށްފައި އޮތް އޮތުމަކީ، ޤާނޫނު އަސާސީގެ 16
ވަނަ މާއްދާއާއި ތަޢާރަޟުވާ ގޮތަށް އޮތް ނައްސެއް ކަމަށްވާތީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް
ނޭޝަނަލް ސެކިއުރިޓީގެ މައްޗަށް، މއ. ކާރނޭޝަންވިއު އިސްމާޢީލް ނަޞީރު ހުށަހަޅާފައިވާ މައްސަލަ
ކުރިއަށް ގެންދެވޭނީ، "ސިފައިންގެ ވަޒީފާއާއިބެހޭ ޤަވާޢިދު" ގެ 203 ވަނަ މާއްދާގައިވާ ގޮތަށް ޢަމަލު
ކުރުމުންވެސް ޝަކުވާ ޙައްލުވެ އިންޞާފު ނުލިބިއްޖެނަމަ ކަމަށް ކަނޑައަޅުއްވައި، އެމައްސަލަ ކުރިއަށް
ގެންދެވެން ނެތް ކަމަށް ޙުކުމް ކުރައްވާފައިވަނީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، މަދަނީކޯޓުގެ
ނަންބަރު 2009/MC/1300 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާތިލްކޮށް، އިސްމާޢީލް ނަޞީރުގެ
ފަރާތުން މިމައްސަލަ އަލުން ހުށަހަޅައިފިނަމަ ބެލުމަށް އަންގާ ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޢަބްދު ޙަމީދު
،ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައް
(ފަނޑިޔާރު)
ބައިކް
ދިވެވިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes