ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/300 ޤަޟިއްޔާގެ ޙުކުމް
ދީއާހި1883 އިޓް
1
2012/HC-A/300
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ
.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 300/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
*
:
ނަން: ޢަލީ ވަޙީދު
މިހާރުގެ އެޑްރެސް: ލ.ދާލިޔާ
ދާއިމީ އެޑްރެސް: ބަދަރު ހދ.ކުޅުދުއްފުށި
އައިޑީކާޑް ނަންބަރު: A080847
• އިސްތިއުނާފު ރައްދުވި ފަރާތް:
l- ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 21 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 11 ފެބްރުއަރީ 2014
odoc
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/441
ޤަޟިއްޔާއާއި ގުޅިގެން 12 ސެޕްޓެމްބަރު 2012 ވަނަ ދުވަހު އެކޯޓުން ނިންމެވި އިޖުރާޢީ ނިންމެވުން.
.ޟިއްޔާގެ ބާވަތް: އިޖުރާއީ ނިންމުން.
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ނިމުނު ތާރީޚް: 12 ސެޕްޓެމްބަރ 2012
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ
މުޙައްމަދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
2
2012/HC-A/3{{g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
4
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/441 ޤަޟިއްޔާ ގުޅިގެން
12 ސެޕްޓެމްބަރު 2012 ވަނަ ދުވަހު އެކޯޓުން ނިންމެވި އިޖުރާޢީ ނިންމެވުން، ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެނިންމެވުން އިސްތިއުނާފު ކުރުމަށް އެދި ހދ.ކުޅުދުއްފުށީ
ބަދަރު ޢަލީ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އެވެ.
• ފާހަގަކުރެވުނު ނުކުތާތައް
1-ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/441 ޤަޟިއްޔާއާ ގުޅިގެން 12ސެޕްޓެމްބަރު
2012 ވަނަ ދުވަހު އެކޯޓުން ނިންމެވި އިޖުރާއީނިންމެވުމަށް ބަލާއިރު އެއީ، ދައުލަތުގެ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ހދ.ކުޅުދުއްފުށީ ބަނދަރު ޢަލީ ވަޙީދާއި ، ގ.ހާފްސީ. މާލެ/ އަޙްމަދު މަޙްލޫފުގެ
މައްޗަށް ހުށަހަޅާފައިވާ " ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުން" ކުށުގެ ދަޢުވާ ބަލަމުންދާ ކްރިމިނަލް
ކޯޓުގެ ނަންބަރު 2012/Cr-C/441 ޤަޟިއްޔާގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިމައްސަލާގައި
ކުރިން ދައުވާކޮށް، ދަޢުވާ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް އެކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް
ކަމަށްވާތީ ދަޢުވާ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުގެ ޤާނޫނީ ބާރު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިގެން ނުވާކަމަށްބުނެ އެމައްސަލާގައި ދަޢުވާލިބޭ ޢަލީ ވަޙީދުގެ
ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއާ ގުޅިގެން ކްރިމިނަލް ކޯޓުން އިޖުރާއީ ގޮތުން ނިންމަވާފައިވާ ނިންމެވުމެއް
ކަމާއި،
އެނިންމެވުމުގައި" ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/441 ޤަޟިއްޔާގައި ބަލަމުންދާ
މައްސަލައަކީ، މީގެކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދަވާ ދެވަނަ ފަހަރަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، މައްސަލައެއް ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހި104 މައިކް
3
2012/HC-A/3{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހެޅުމަށްފަހު އަނބުރާ ގެންދިއުމުގެ ޤާނޫނީ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވީނަމަވެސް، ހަމަ
22
އެމައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެން ނުވާކަމަށް ބުނެ
އެދަޢުވާލިބޭ ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަށް ޝަރީޢަތުން ބަލާއިރު، ޢަލީ ވަހީދުގެ
މައްޗަށް މިދަޢުވާ ކުރުމަށްޓަކައި 09 ނޮވެމްބަރު 2010 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ކްރިމިނަލް ކޯޓުގައި ދަޢުވާ ކުރުމަށްފަހު، 29 ނޮވެމްބަރު 2010 ދުވަހު މައްސަލަ ގެންދަވާފައިވާ ކަން
މިކޯޓުގެ ލިޔެކިއުން ތަކުން އެނގެން އޮންނަކަމާއި، އެމައްސަލަ އަނބުރާ ގެންދެވީ 01 ފެބްރުއަރީ 2010
ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ތަޙްޤީޤުކޮށް
ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، ކޯޓުގައި
މިމައްސަލައިގެ ޝަރީޢަތް ފެށުނުއިރުވެސް އެމައްސަލަ ހުށަހަޅާފައިނުވާތީ ކަމަށާއި، މިދެމައްސަލައަކީވެސް ވަކި
ސިޔާސީ ފިކުރެއްގެ ބަޔަކު ހިންގާފައިވާ ދެމައްސަލަ ކަމަށް ވެފައި، އެވަގުތަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
މިމައްސަލަ ކުރިއަށް ގެންދަން ނުފެންނާތީކަން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް ގެ ފަރާތުން ކޯޓަށް
ހާޟިރުވި ވަކީލުގެ ބަހުންނާއި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގި ސާބިތުވާއިރު، ޕްރޮސިކިއުޓަރ
ޖެނެރަލް މިމައްސަލަ އަނބުރާ ގެންދެވީ ޢަލީ ވަޙީދުގެ މައްޗަށް މިދަޢުވާ ނުކޮށް، ދަޢުވާ ދޫކޮށްލުމަށް
ދަޢުވާލިބޭ ޢަލީ ވަޙީދުގެ ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މީހެއްގެ މައްޗަށް
OX
22 ތ 8
4
2 ބ ގ 0
އއވގތ
ދަޢުވާކުރުމަށްޓަކައި މައްސަލައެއް ކޯޓަށް ހުށަހެޅުމަށްފަހު، އެމައްސަލައެއް އަނބުރާ ގެންދަވާ، ދެވަނަ
ފަހަރަށް އެމައްސަލައެއް މުރާޖާކޮށް ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ލިބިގެންވާކަން ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (އ) އަށާއި، ޤާނޫނު
ނަންބަރު 9/2008 ( ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ
(ނ) އަށް ބެލުމުން އެނގި ސާބިތުވާ ހިނދު މިމައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހަޅާފައިވަނީ ޤާނޫނު
އަސާސީއާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ ޤާނޫނީ
ބާރުގެ ތެރެއިން ކަމަށް ކަނޑައަޅައިފީމެވެ." މިފަދައިން ނިންމަވާފައި ވާކަން އެނިންމެވުމަށް ބެލުމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
ދީއްގި166 އިޓް
4
2012/HC-A/30{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
/
837 މ 24
3
ދެނެކަމަށެޓެން
2. އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/441
ޤަޟިއްޔާއާ ގުޅިގެން 12ސެޕްޓެމްބަރު 2012 ވަނަ ދުވަހު އެކޯޓުން އިރާއީ ގޮތުން ނިންމިގޮތަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތީން ނިންމަވާފައިވާ ހިމެވުމެއް
ހދ.ކުޅުދުއްފުށީ ބަދަރު ޢަލީ ވަޙީދުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
1- ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/441 ޤަޟިއްޔާގައި
ބަލަމުންދާ ދަޢުވާއަކީ މީގެ ކުރިންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ޢަލީ ވަޙީދުގެ މައްޗަށް
ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު އަނބުރައި ގެންގޮސްފައިވާ ދަޢުވާއަކަށް ވާއިރު ހަމަ އެދަޢުވާ، ހަމަ
ދެވަނަ ފަހަރަށް ޢަލީ ވަޙީދުގެ މައްޗަށް ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ނުވަތަ ޤާނޫނު ނަންބަރު 9/2008 ( ޕްރޮސިކިއުޓަރ
ޖެނެރަލްގެ ޤާނޫނު )ގެ ދަށުންވެސް ލިބިގެން ނުވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އަނބުރައި
ގެންގޮސްފައިވާ ދަޢުވާއެއް އަލުން ޢަލީ ވަޙީދުގެ މައްޗަށް ކޮށްގެން ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް،
ކްރިމިނަލް ކޯޓުގެ ނަންބަރު 2012;Cr
-
C;441 ޤަޟިއްޔާގައި ޤާޟީ ނިންމެވި އިޖުރާއީ ނިންމެވުމަކީ
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ
2 *ހ4
کمری
ޤާނޫނު) އާ ޚިލާފު ނިންމެވުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2- ދެވަނަ ނުކުތާއަކީ، މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށްފަހު އެދައުވާ އަނބުރައި
ޕްރޮސިކިއުޓަރ ޖެނެރަލް ގެންދިއުމަށްފަހު ހަމައެދަޢުވާ އެއްވެސް ބަދަލެއް ގެނައުމެއް ނެތި ފަހުން
އުފުލުމަކީ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ފަރުދީ މިނިވަންކަމަށް ޤާނޫނުގެ
ރައްކާތެރިކަމާއި ޚިލާފު ޢަމަލަކަށް ވާއިރު، އެދައުވާ ކުރިއަށް ގެންދެވިދާނެ ކަމަށް ކްރިމިނަލް ކޯޓުން
ނިންމެވި ނިންމެވުމަކީ ޤާނޫނާއި ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/3{{g
3 - ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/441 ޤަޟިއްޔާ އާއި ގުޅިގެން އެކޯޓުން
އިޖްރާއީ ގޮތުން ނިންމެވިގޮތް އިސްތިއުނާފު ކުރުމަށް ހދ.ކުޅުދުއްފުށީގެ ބަދަރު ޢަލީ ވަޙީދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ގުޅިގެން 12
ޑ ރ 24
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/441 ޤަޟިއްޔާ
ސެޕްޓެމްބަރު 2012 ވަނަ ދުވަހު އެކޯޓުން ނިންމަވާފައިވާ އިޖުރާޢީ ނިންމުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އިސްތިއުނާފުކުރި ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/441 ޤަޟިއްޔާގައި ބަލަމުންދާ ދަޢުވާއަކީ މީގެ ކުރިންވެސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށްފަހު
އަނބުރައި ގެންގޮސްފައިވާ ދަޢުވާއަކަށް ވާއިރު ހަމަ އެދަޢުވާ، ހަމަ އެގޮތަށް ދެވަނަ ފަހަރަށް ޢަލީ
ވަޙީދުގެ މައްޗަށް ކުރުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ
ދަށުން ނުވަތަ ޤާނޫނު ނަންބަރު 9/2008 ( ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު )ގެ ދަށުންވެސް
ލިބިގެން ނުވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އަނބުރައި ގެންގޮސްފައިވާ ދަޢުވާއެއް އަލުން ޢަލީ
ވަޙީދުގެ މައްޗަށް ކޮށްގެން ކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް، ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/441 ޤަޟިއްޔާގައި ޤާޟީ ނިންމެވި އިޖުރާއީ ނިންމެވުމަކީ ޤާނޫނުއަސާސީގެ 223
ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) އާ ޚިލާފު
ނިންމެވުމެއްކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއަށް ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
ދީއާހި1883 އިޓް
6
2{12HC-A/31040
I
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ މަސްއޫލިއްޔަތު ތަކާއި ބާރުތައް ބަޔާން ކުރެވި އެމާއްދާގެ (ނ) ގައި " ޖިނާއީ ކުށެއް
ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޮންމެ ކޯޓެއްގައިމެ ދަޢުވާ
އުފުލުމުގެ ބާރު" ލިބިގެންވާ ކަމަށް ބަޔާންކޮށް އަދި އެމާއްދާގެ (ށ) ގައި " ރައްޔިތުންގެ މަޖިލީހުން
ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން ހިންގާން
ފަށައިފައިވާ ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދަޢުވާތައް މުރާޖަޢާކޮށް،
އަނބުރާ ގެންނާން ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިއްޖެ ކޮންމެ ދަޢުވާއެއް ކޯޓުން ޙުކުމެއް އިއްވުމުގެ
ކުރީގައި އަނބުރާ ގެނައުން.1 މިފަދައިން ބަޔާންކޮށް އެމާއްދާގެ (އ) ގައި ކުށެއް ކުރިކަމަށް
ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމައިފައިވާ
ނިންމުމެއް މުރާޖަޢާކޮށް އެނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުން.
މިފަދައިން ބަޔާން ކުރެވިފައިވާ ކަމާއި،
Xo
އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި " ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނުން، ޖިނާއީ ދަޢުވާއެއް ކުރުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތަކުން
ހިންގަން ފަށާފައިވާ ޖިނާއީ ދަޢުވާއެއް ކުރިއަށް ގެންދިއުމާ ޙަވާލުވުމާއި، މިފަދަ ދައުވާތައް
މުރާޖަޢާކޮށް، އަނބުރާ ގެންނަން ޕްރޮސިކިއުޓަރ ޖެނަރަލަށް ފެނިއްޖެ ކޮންމެ ދަޢުވާއެއް ކޯޓުން
އިއްވުމުގެ ކުރީގައި އަނބުރާ ގެނައުން." މިފަދައިން ބަޔާންކުރެވި އެމާއްދާގެ (އ) ގައި
ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް
ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ
ގެނައުން." މިފަދައިން ބަޔާން ކުރެވިފައިވާ ކަމާއި
4 5 5
IL
I
ހހ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
ދީގެހި8643 އައިޓް
2012/HC-A/3{{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ބަޔާންކުރެވުނު ޤާނޫނީ ނައްޞުތަކަށާއި
ޖިނާއީ ދަޢުވާއެއް ކޯޓަށް
ހުށަހެޅުމަށްފަހު އެދަޢުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަނބުރާ ގެންދިއުމުގައި ޢަމަލުކުރެވޭ
ގޮތަށް ބަލާއިރު،
ކޯޓަށް ހުށަހެޅުމަށްފަހު
ށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަނބުރާ ގެންދެވޭ
ޖިނާއީ ދަޢުވާއެއް
ތިންހާލަތެއް ފާހަގަ ކުރެވޭ ކަމާއި
އެއްގޮތަކީ، ކޯޓަށް ހުށަހެޅިފައިވާ
ކޯޓަށް ހުށަހެޅިފައިވާ ދަޢުވާތަކާމެދު ޕްރޮސިކިއުޓަރ ޖެނެރަލް
ވިސްނެވުމަށްފަހު އެދަޢުވާ މުރާޖަޢާ
މުރާޖަޢާ ކޮށް އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންދާ ގެންދިއުން ކަމާއި،
ދެވަނަ ގޮތަކީ، އެއްވެސް ސަބަބެއް ބަޔާންކުރުމެއްނެތި މުޠުލަޤު ގޮތެއްގައި ދަޢުވާ
އަނބުރާ ގެންދާ ގެންދިއުން ކަމާއި
ތިންވަނަ ގޮތަކީ، ޞަރީޙަ އިބާރާތުން އެދަޢުވާ ދޫކޮށްލީ ކަމަށް ބަޔާންކޮށް އަނބުރާ
ގެންދާ ގެންދިއުން ކަމާއި،
މިއީ ތަފާތު ތިންހާލަތެއް ކަމާއި މިތިންހާލަތު ކޯޓުތަކުން ބަލައި ގަންނަ ގޮތްވެސް
ތަފާތުކަން ކޯޓުތަކުގައި ޢަމަލުކުރެވޭ ގޮތަށް ބެލުމުންވެސް އެނގޭ ކަމާއި މުރާޖަޢާކޮށް އަނބުރާ ގެންދާ
މައްސަލަތަކަކީ މުރާޖަޢާ ކުރުމަށްފަހު އަނބުރާ ކޯޓަށް ހުށަހެޅިދާނެ މައްސަލަ ތަކެއް ކަމާއި އެހެނަސް
ދޫކޮށްލިކަމަށް ބަޔާންކޮށް ދަޢުވާ އަނބުރާ ގެންދާ ގެންދިއުމާއި މުޠުލަޤު ގޮތެއްގައި މައްސަލައެއް
އަނބުރާ ގެންގޮސްފި ކަމަށް ބުނެފިނަމަ އެމައްސަލައެއްގައި ދެން ދަޢުވާ ނުކުރުމަށް
ގެންދާގެންދިއުން ކަމުގައި ބެލެވޭ ކަން އެނގޭކަމާއި މިކަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލު
ދިއވެ
ނިންމައި އަނބުރާ
ދިވެހިރާއްޖޭގެ
ހެޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 29
3325، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
ދީއް 1883 އަރޓް
8
2012/HC-A/3{{g
2
I
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުންވެސް އިތުރަށް ތާއީދު ވެގެން ގޮސްފައިވާކަން
އެނގޭކަމާއި ދައުލަތުގެ ވަކީލު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ވަނީ" ޢާއްމު
ގޮތެއްގައި މައްސަލައެއް އަނބުރައި ގެންގޮސްފި ކަމަށް ބުނެފިނަމަ ދޭހަކޮށްދެނީ އެމައްސަލައެއްގައި
ދެން ދަޢުވާ
ޢުވާއެއް ނުކުރުމަށް ނިންމައި އަނބުރާ ގެންދާ ގެންދިޔުން. އެނޫން ގޮތަކަށް ގެންދާ
ގެންދިޔުމަކީ އަޅުގަނޑު ހިތުން މައްސަލައެއް އަނބުރައި ގެންދިޔުން ކަމުގައި ބެލެވޭނެ ހަމައެއް ނޫން."
މިފަދައިން ކަމަށްވާއިރު މައްސަލަ އިސްތިއުނާފު ކުރި ފަރާތްކަމަށްވާ ޢަލީ ވަހީދުގެ މައްޗަށް ކްރިމިނަލް
ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ދައުލަތުން އަނބުރާ ގެންދިޔަ ސިޓީގައިވަނީ، އެއްވެސް ޤައިދެއްނެތި،
މުޠުލަޤު ގޮތެއްގައި މައްސަލަ އަނބުރާ ގެންދާވާހަކަ ކަން ވަރަށް ސާފުކޮށް އެނގެއެވެ.
c· · 4
(ށ) ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޢާއްމުގޮތެއްގައި މައްސަލައެއް އަނބުރާ ގެންގޮސްފިކަމަށް ބުނެފިނަމަ ދޭހަކޮށްދެނީ އެ
މައްސަލައެއްގައި ދެން ދަޢުވާއެއް ނުކުރުމަށް ނިންމައި އަންބުރާގެންދާ ގެންދިއުންކަމަށާއި އެނޫން
ގޮތަކަށް ގެންދާ ގެންދިއުމަކީ މައްސަލައެއް އަނބުރާ ގެންދިޔުންކަމުގައި ބެލޭނެ ހަމައެއް
ނޫންކަމަށް
ބުނެފައިވާއިރު،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި
09 ނޮވެމްބަރު 2010 ވަނަ ދުވަހު ދަޢުވާ ކުރުމަށްފަހު 29 ނޮވެމްބަރު 2010 ވަނަ ދުވަހު
މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމާޢި އަދި އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ 01
ފެބްރުއަރީ 2010 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި
މައްސަލައެއް ތަހުޤީޤުކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މޯލްޑިވްސް ޕޮލިސް
ސަރވިސްގައި އެދުމުން ކޯޓުގައި ޢަލީ ވަޙީދުގެ މައްޗަށް 09 ނޮވެމްބަރު 2010 ވަނަ ދުވަހު
ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ފެށުނުއިރުވެސް އެމައްސަލަ ހުށަހެޅިފައި ނުވާތީ ކަމަށާއި މި ދެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
9
2012/HC-A/3{{g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލައަކީ ވަކި ސިޔާސީ ފިކުރެއްގެ ބަޔަކު ހިންގާފައިވާ ދެ މައްސަލަކަމަށް ވެފައި އެ ވަގުތަށް
ޕްރޮސިކިއުޓަރ ޖެނެރަލްއަށް މިމައްސަލަ ކުރިއަށް ގެންދަން ނުފެންނާތީކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދަށުކޯޓަށް ޙާޟިރުވި ވަކީލުގެ ބަހުން އެނގޭކަމަށް ހައިކޯޓުގެ ޝަރީއަތުގައި
ދައުލަތުގެ ވަކީލު ބުނެފައިވާއިރު
/
I
ސިވިލް ސަރވިސް ކޮމިޝަނަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގި މައްސަލައަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން 09 ނޮވެމްބަރު 2010 ވަނަ ދުވަހު ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި
ދައުވާކުރެވުނު މައްސަލައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި
ބަޔާންތަކުން އެނގޭކަމާއި އަދި އެދެމައްސަލައަކީ ތަފާތު ދެ ޙާދިޘާއަކާ ގުޅޭ ދެ މައްސަލައެއްކަން ވެސް
އެގެން އޮތުމުންނާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަލީ ވަޙީދުގެ މައްޗަށް ހުށަހަޅާފައިވާ
އިސްވެ ނަންގަނެވުނު މައްސަލަ އަނބުރާ ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ
އެ އޮފީހުގެ
ނަންބަރު 145
/
2010
/
1289/A-196 (28 ނޮވެމްބަރ 2010) ގެ ސިޓީގައި
ގ.ހާފްސީ އަޙްމަދު މަޚްލޫފުއާއި ހދ. ކުޅުދުއްފުށި | ބަނދަރު، ޢަލީ ވަޙީދު ފުލުހުންގެ ދައުރު
އަދާކުރުމަށް ދަތިކުރި މައްސަލަ " މިފަދައިން " ސުރުޚީގައި ދަންނަވާފައިވާ މައްސަލަ ލިޔުންތަކާއެކު
އަނބުރާ ފޮނުއްވައި ދެއްވުންއެދި ދެންނެވީމެވެ. " މިފަދައިން ބަޔާންކުރެވިފައި ވުމުން އެސިޓީގައި
ދައުވާ މުރާޖާޢާކޮށް އަނބުރާ ގެންދަނީކަމަށް ބަޔާންކުރެވިފައި ނުވާކަމާއި އެސިޓީގައި ބަޔާންކުރެވިފައި
އެވަނީ ދައުލަތުގެ ވަކީލުވެސް ޝަރީޢަތުގައި އިޤުރާރުވެފައިވާ ގޮތަށް މުޠުލަޤު ގޮތެއްގައި ނުވަތަ ޢާއްމު
ގޮތެއްގައި މައްސަލަ ނުވަތަ ދައުވާ އަނބުރާ ގެންދިއުންކަން އެގެން އޮތުމުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުން ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާ 29 ނޮވެމްބަރު
2010 ވަނަ ދުވަހު އަނބުރާ ގެންގޮސްފައިވަނީ މުރާޖަޢާކޮށް އަނބުރާ ގެންދިއުމުގެ އުޞޫލުންކަމަށް
I!
ބެލެވެންނެތްކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12HC-A/31040
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) އިސްތިއުނާފުކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cv-C/441
ޤަޟިއްޔާއާ ގުޅިގެން އެކޯޓުން ނިންމަވާފައިވާ އިޖުރާއީ ނިންމެވުމުގައި ޢަލީ ވަޙީދުގެ
މައްޗަށް އެކޯޓުގައި 09 ނޮވެމްބަރު 2010 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދައުވާކުރުމަށްފަހު 29 ނޮވެމްބަރު 2010 ވަނަ ދުވަހު މައްސަލަ އަނބުރާ ގެންދަވާފައިވާ ކަމަށާއި
އެމައްސަލަ އަނބުރާ ގެންދެވީ 01 ފެބްރުއަރީ 2010 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް
ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލައެއް ތަހުޤީޤް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް
ފެށުނުއިރުވެސް އެމައްސަލަ ހުށަހަޅާފައިނުވާތީ ކަމަށާއި މިދެމައްސަލަ އަކީވެސް ވަކި ސިޔާސީ
ފިކުރެއްގެ ބަޔަކު ހިންގާފައިވާ ދެމައްސަލަ ކަމަށްވެފައި، އެވަގުތަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް
މިމައްސަލަ ކުރިއަށް ގެންދަން ނުފެންނާތީކަން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް
ޙާޟިރުވާ ވަކީލުގެ ބަހުންނާއި ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގި ސާބިތުވާކަމަށްވެސް
ކްރިމިނަލްކޯޓުގެ ނަންގަނެވުނު އިޖުރާއީ ނިންމެވުމުގައި ބަޔާންކުރައްވާފައިވިއަސް
19 މެއި 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި
އެލިޔުންތަކާއި ބަޔާންތަކާގުޅޭ ގޮތުން ސުވާލުކޮށް އެކަންކަން ފަނޑިޔާރުންނަށް ސާފުކޮށްދެއްވުމަށް
ދައުލަތުގެ ވަކީލުގެ ކިބައިން އެދުމުން އެލިޔުންތަކާއި ބަޔާންތައް ލިބިފައިނުވާކަމަށާއި ނަމަވެސް
ކްރިމިނަލް ކޯޓުގައި އެތަކެތި ހުންނާނެކަމަށް ޤަބޫލުކުރެވޭކަމަށް ބުނުމުން އެތަކެތި ހައިކޯޓަށް
ހުށަހެޅުމަށް ފުރުޞަތުދެވިފައި ވާއިރު އެމަޢުލޫމާތު ސާފުކުރުމަށްޓަކައި ކްރިމިނަލް ކޯޓުގައި
ދެންނެވިފައިވާ ކަމަށާއި ނަމަވެސް އެމަޢުލޫމާތު އެކޯޓުގައި ރައްކާކުރެވިފައި ނުވާތީ ލިބިފައިނުވާކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ
ނަންބަރު 95
/
2013
/
164/A-196 ސިޓީން މިކޯޓަށް
23
އަންގަވާފައިވާކަން އެނގޭކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33254429، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
highcourt.gov.mv
ދީއާހި1883 އިޓް
2012/HC-A/3{{g
92x ހ
ނޮވެމްބަ ރ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަދި ޢަލީ ވަޙީދުގެ މައްޗަށް ހުށަހެޅިފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާ 29
މެބަރ 2010 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިއުމަށް އެދި
ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާތީ އެދުވަހު އެމައްސަލައިގެ އަޑު އެހުން ބޭއްވިފައިނުވާ ކަމަށާއި
އެހެންކަމުން އެ މައްސަލައާގުޅޭ ގޮތުން އެއްވެސް ކަހަލަ ބަޔާނެއް ނަގާ އަދި ރިކޯޑު ކުރެވި އެކޯޓުގައި
ރައްކާކުރެވިފައި ނުވާކަންވެސް ކްރިމިނަލް ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުއްވާފައިވާ
ނަންބަރު 196/2013/1142(2012-441)G-145 ގެ ސިޓީއިން އެނގެން އޮތުމުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ޢަލީ ވަޙީދުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ
އަނބުރާ ގެންގޮސްފައިވަނީ މުރާޖަޢާކޮށް އަލުން ހުށަހެޅުމަށް ކަމަށް ބެލޭނެ ޤާނޫނީ ހުއްޖަތެއް
ޝަރީޢަތަށް ހުށަހެޅިފައިވާކަން އެގެންނެތްކަން ފާހަގަކުރެވެ
2 30
އކުޏ
2 2ތ ހ 3
4
އދކމނ
ންކަމުން އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމުން ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cv-C/441 ޤަޟިއްޔާގައި އެކޯޓުން ނިންމެވި އިޖުރާއީ ނިންމުމަށް ބަދަލު
ގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލިފަނޑިޔާރުންނަށް ވަނީ
ޤަބޫލުކުރެވިފައެވެ.
ހށވެ
ދެންފަހެ އިސްވެ
ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިދިޔަ އެންމެހައި ކަންކަން އެގޮތަށް
ހުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cv-C/441 ޤަޟިއްޔާގައި އެކޯޓުން 12 ސެޕްޓެމްބަރ
2012 ވަނަ ދުވަހު ނިންމެވި އިޖުރާއީ ނިންމެވުން ބާޠިލްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
4 3 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33254329، ފެކްސް: 3316471
އީމެއިލް [email protected] ސައިޓް:
www.highcourt.gov.my enos