ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/53 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 53/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިނަރމޯލްޑިވްސް ހޮލިޑޭސް ޕވޓ ލޓޑ
ރަޖިސްޓްރީ ނަންބަރު: 162798-C
އެޑްރެސް.
ދާއިމީ
އީސްޓްލައިޓް | ކ.މާލެ
* މިހާރުގެ އެޑްރެސް: ހ އީސްޓްލައިޓް / ކ.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
1- * ނަން: ޝަހުދު އަޙްމަދު
ކާޑުނަންބަރު:
ނަންބަރު:A152674
ދާއި
ޖޭޒް / ކ. މާލެ
ހ. ޖޭޒް / ކ. މާލެ
މިހާރުގެ އެޑް
ރަޖިސްޓްރީކުރި ތާރީޚް: 04 ޖުމާދަލްއޫލާ 1435
ތާރީޚް: 23 މުޙައްރަމް 1436
16 ނޮވެމްބަރު 2014
05
މާރޗް 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/150
• ނިންމެވި ފަރާތް: ވަޒީއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާ ބެހޭ
ހުށަހެޅި ތާރީޚް: 05.08.2012
ނިމުނު ތާރީޚް: 23.12.2013
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޝުޢައިބު ޙުސައިން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ
150/VTR/2012
ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ، އެ
ޓްރައިބިއުނަލުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ | ހ.ޖޭޒް
ޝަހުދު އަޙްމަދުއެވެ.
oec
(l
02c
, 2 22 22 2
އިސްތިއުނާފު ކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/156
މައްސަލައަކީ މާލެ 1 ހ.ޖޭޒް ޝަހުދު އަޙްމަދު (A152674)، އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްގައި އަދާކުރަމުން އައި އޮޕަރޭޝަންސް އެސިސްޓެންޓްގެ މަޤާމުން ވަކިކޮށްފައިވާތީ، އިނަރމޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް 05 އޯގަސްޓް 2012 ގައި ހުދު އަޙްމަދު
ހުށަހެޅުމުން، އެ ޓްރައިބިއުނަލުން ބެއްލެވި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ " ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު، ޝަހުދު
އަޙްމަދު ވަޒީފާއަށް ހާޒިރުވެފައިނުވުމާއި، އޭނާގެ މަސައްކަތު އަޚުލާޤު ދަށްވުމާއި، ގަޑިއަށް ފަރުވާ ނުބެހެއްޓުމާއި،
ކުންފުނިން ކުރާ މަސައްކަތް އެހެން ފަރާތްތަކާ ހިއްސާކުރުމުގެ ސަބަބުން އަނގަބަހުން ނަސޭހަތް ލިޔުމުން
އިންޒާރުދިނުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރެވިފައިވާކަމަށް މައްސަލަ ރައްދުވި ކުންފުނި ތަމްސީލު ކުރި ފަރާތުން
ބަޔާންކުރިނަމަވެސް، އެ ސަބަބުތައް މެދުވެރިވެގެން މަޢުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ބައުލްވޭނެކަން
ޤާއިމުކޮށް ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރެވުނުކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވާ ފަރާން
ހުށަހަޅާފައި ނުވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކަށީގެންވާ
ސަބަތެއްދީން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/53
4 2c
ފުރަތަމަ ނުކުތާއަކީ، ޝަހުދު އަޙްމަދު ވަޒީފާއަށް ފަރުވާ ކުޑަކުރާހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް މައްސަލަ ބެލި މަޖިލީހުގެ
މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލުގެ
ގޮތުގައި، ޝަހުދު އަޙްމަދުއަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭ މިންވަރުކަމަށް މައްސަލައިގެ ޓީޝާގައި
ބަޔާންކޮށްފައިވާ ޢަދަދުކަމަށްވާ -/5600 (ފަސްހާސް ހަސަތޭކަ) ރުފިޔާއަށް ބިނާކޮށް 03 މަސް ދުވަހުގެ
މުސާރައާއި ޢިނާޔަތަށްވާ -/16800 (ސޯޅަހާސް އަށްސަތޭކަ) ރުފިޔާއާއި، ޝަހުދު އަޙްމަދު ވަޒީފާއިން
ވަކިކުރުމަށް ފަހު މުސާރައާއި ޢިނާޔަތުގެ ގޮތުގައި އޭނާއަށް ދޭންޖެހޭކަމަށް މައްސަލަ ރައްދުވި ކުންފުނިން ބަލައި
ދީފައިވާ ޗެކުގައި ބަޔާންކުރާ މިންވަރުކަމަށްވާ -/5580 (ފަސްހާސް ފައްސަތޭކަ އައްޑިހަ) ރުފިޔާއާއެކު
ޖުމްލަ، -/22380 (ބާވީސްހާސް ތިންސަތޭކަ އައްޑިހަ) ރުފިޔާ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23
ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ޝަހުދު އަޙްމަދަށް އެކީ އެއްފަހަރާ
ޚަލާސްކުރުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލްއަށް ލިޔުމުން އެންގުމަށް އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްއަށް އަންގައި އަމުރުކޮށް" މައްސަލަ ނިންމަވާފައިވާކަން އެ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ، އެ
ޓްރައިބިއުނަލުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިންކަމާއި ބޫޓަށް ނޭރުނަސް އޮފީހަށް ނުކުތުމަށް އެންގިކަން ހެކިންގެ ހެކިބަހުން އެނގޭއިރު
ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(2
150/VTR/2012
404
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/53
:
04 0 0
ދެވަނަ ނުކުތާއަކީ، ކ.މާލެ ޖޭޒް ޝަހުދު އަޙްމަދު އާއި އިނަރމޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނެތްއިރު، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތް ކުރެއްވުމެއް ނެތި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ޝަހުދު އަޙްމަދުގެ މުސާރައިގެ ގޮތުގައި އިނަރމޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދެމުން އައި މިންވަރުގެ މައްޗަށް ބެއްލެވުމެއްނެތި ކޮންމެ މަހަކު -/5600 ރ.
(ފަސްހާސް ހަސަތޭކަ ރުފިޔާ) އަށް ބިނާކޮށް 3 މަސްދުވަހުގެ މުސާރައާއި ޢިނާއަތަށް -/16800ރ. (ސޯޅަހާސް
އަށްސަތޭކަ ރުފިޔާ) ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/156 މައްސަލައިގެ މައްސަލަ
ނިމުނުގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޝަހުދު އަޙްމަދު އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގައި
އޮޕަރޭޝަންސް އެސިސްޓަންޓްގެ މަޤާމު އަދާކުރަމުން ދަނިކޮށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ޝަހުދު
އަޙްމަދުއާއި އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ހެދިޔަނޫވާއިރު
ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރިކަމާއި، ވަކިކުރަން މެދުވެރިވި ސަބަބު
ބަޔާންކު،
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޝަހުދު އަޙްމަދުއަށް ދީފައިނުވާކަން ފާހަގަކުރެވެ. މާލެވެ. ޕީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2014/HC-A53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<«cec
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 5 އޮގަސްޓް 2012 ގައި ޝަހުދު އަޙްމަދު ހުށަހެޅި "މައްސަލަ
ހުށަހަޅާ ފޯމް" އަށް ބަލާއިރު، އެކްސިޑެންޓެއްގައި ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ބޫޓަށް ނޭރޭނެތީ
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް އެކަން އެންގުމުން، ފައި ރަނގަޅުވުމުން ވަޒީފާއަށް ނިކުތުމަށް
އެންގިކަމަށާއި، އޭގެ ފަހުން ޑޮކްޓަރުގެ މެޑިކަލް ބަރާބަރަށް ހުށަހަޅަމުން ދަނިކޮށް 2 (ދޭއް) މަސް ފަހުން
ޝަހުދު އަޙްމަދު ކުއްލިއަކަށް ވަޒީފާއިން ކަނޑާލިކަމަށާއި، އަދި މަސައްކަތުގެ މުސާރައަށްވާ -/5580
(ފަސްހާސް ފަސް ސަތޭކަ އަށްޑިހަ ރުފިޔާ) ގެ ޗެކެއް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޝަހުދު
އަޙްމަދުއަށް ދިނުމުން، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުމެއް ދިނުމަށް ޝަހުދު އަޙްމަދު އެދުނުކަމަށާއި، އަދި
ޕޭމަންޓް ވައުޗަރ ގައި ސޮއިކުރާނީ އެ ލިޔުން ލިބުމުންކަމަށާއި، އެހެންނަމަވެސް، އެ ލިޔުން ޝަހުދު
އަޙްމަދުއަށް ނުދީ އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން އެ ޗެކް ކެންސަލް ކުރިކަމަށާއި، އަދި
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގައި ޝަހުދު އަޙްމަދު ވަޒީފާ އަދާކުރިތާ 11 (އެގާރަ) މަސް
ވީއިރުވެސް ވަޒީފާގެ
އެކުންފުނިން ނުދޭކަމަށް ޝަހުދު އަޙްމަދު އެ ފޯމުގައި
އެއްބަސްވުމެއް
ބަޔާންކޮށްފައިވާކަމާއި،
އިސްވެ ބުނެވުނު ދަޢުވާގެ ޖަވާބުގައި، ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރި ތާރީޚަކީ 15 ޖޫން
2012 ކަމަށާއި އަދި ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބަކީ ޝަހުދު އަޙްމަދު ވަޒީފާއަށް
ޙާޟިރުވެފައިނުވުމުންނާއި، އޭނާގެ މަސައްކަތުގެ އަޚްލާޤު ދަށްވުމާއި، ގަޑިއަށް ފަރުވާ ނުބެހެއްޓުމާއި،
ކުންފުނިންކުރާ މަސައްކަތް އެހެން ފަރާތްތަކާއެކު ޙިއްސާކުރުމުގެ ސަބަބުން، އަނގަބަހުން ނަޞޭހަތްދީ، އިންޒާރު
ދިނުމަށްފަހުކަމަށް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، އިސްވެ ބަޔާންކުރެވުނު ސަބަބުތަކުންކުރެ
އެއްވެސް
ސަބަބަކާހެދި ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އޭނާއަށް ލިޔުމުން އަންގާފައިވާކަމުގެ އިވެޓް
ހެއްކެއް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ
404
ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިމެނޭގޮތަށް) ގެ
02 2 04
eހއްޓަމުން
(ށ) ދެވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008 އާއި، ޤާނޫނު ނަންބަރު
14/2008 އާއި 12/2010 ގެ ދަށުން ޤާނޫނު ނަންބަރު 2/2008 އަށް ގެނެވިފައިވާ އިޞްލާޙުތައް
23 ވަނަ މާއްދާއަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ނުކުރައްވާކަމަށް ބުނެ
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރާއިރު،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް (ހ) ގެ 1 ވަނަ ނަންބަރުގައި "ވަޒީފާގައި އިތުރަށް
ވަޒީފާދޭފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން" މިފަދައިން
ބަޔާންކޮށްފައިވާއިރު، ޝަހުދު އަޙްމަދު މަސައްކަތަށް ފަރުވާ ކުޑަކުރާތީ ނަސޭޙަތް ދިނުމަށްފަހު އަދި އޮފީހަށް
ނިކުތުމަށް
އެންގުމުން އޮފީހަށް ނިކުމެފައި ނުވާތީ، މަސައްކަތް ނުކުރާ މީހަކަށް ކޮންމެ މަހަކު މުސާރަ ދިނުމަކީ
ވަޒީފާދޭފަރާތަށް މާލީގޮތުން ލިބޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ވާތީ، ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރީކަމަށް
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިތުރަށް މި ނުކުތާގެ ތަފްޞީލުގައި ވާހަކަ
ދައްކާފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައްކަމާއި، އިސްތިއުނާފުކުރެވޭ މައްސަލާގައި، ޝަހުދު އަޙްމަދު
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިނުވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ޝަހުދު އައްމަދު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއަށް ޙާޟިރުވެފައިނުވުމުންނާއި، އޭނާގެ
މަސައްކަތުގެ އަޚްލާޤު ދަށްވުމާއި، ގަޑިއަށް ފަރުވާ ނުބެހެއްޓުމާއި، ކުންފުނިންކުރާ މަސައްކަތް އެހެން
ފަރާތްތަކާއެކު ޙިއްސާކުރުމުގެ ސަބަބުން، އަނގަބަހުން ނަސޭޙަތްދީ، އިންޒާރު ދީފައިވާކަމަށް އިނަރމޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަކުރާރުކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވުން
އެނގޭކަމާއި، އަދި ޝަހުދު އަޙްމަދުގެ ޙާޟިރީ މައްސަލަތައް ހުރިކަމާއި، އޭނާ
ވަޒީފާއަށް
ސަބަބުން އޭނާއަށް ނަސޭޙަތާއި އިންޒާރުދެވިފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި އިނަރމޯލްޑިވްސް އޮތީ؟
02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/53
404
94
OX
Oox
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހެކިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ޙާޟިރުކޮށްފައިވާއިރު، މި
މައްސަލައާގުޅޭ ގޮތުން އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލާގެ ކަންހިނގާދިޔަ ގޮތަށް ރިޢާޔަތްކޮށް، މި މައްސަލައަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައެއްކަމުގައި ބެލެވެން ނެތްކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި އެކަށީގެންވާ ސަބަބެއް ނެތި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުން މާނަކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގައި މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ
މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތު އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ
ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން
މެނުވީ، ވަޒީފާއަދާކުރަމުންދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްގެން ނުވާނެކަމަށް އެ އަކުރުގައި ބަޔާންކުރެވިފައި
އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.10 ގައި ފާހަގަކުރައްވާފައިވާ
ފަދައިން، މުވައްޒަފެއްގެ ވަޒީފާގެ އަޚްލާޤު ދަށްވެގެން އެ މުވައްޒަފަކާމެދު އިޞްލާޙީ ފިޔަވަޅު އަޅައި މުވައްޒަފެއް
ވަޒީފާއިން ވަކިކުރަން ޤާނޫނު ހުއްދަކުރާކަން އެނގޭކަމާއި،
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ މީގެ ކުރިން ނިންމާފައިވާ މި ބާވަތުގެ އެތައް
މައްސަލަތަކެއްގައިވާ ފަދައިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ
ޢަދުލްވެރިކަން ވަޒީފާދޭ ފަރާތުން ޤާއިމްކުރަންވާނެކަމާއި، އަދި އިސްވެ ބަޔާންވެދިޔަ ކަންކަން ޤާއިމްކުރުމުގައި
ކަންކަމުގެ ތަފްޞީލު އިސްތިއުނާފުކުރެވޭ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.10 ގައި
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ހުށަހެޅިފައިމިވާ މައްސަލާގެ ކަންހިނގާ ދިޔަ ގޮތަށް ބައްލަވައި، އަދި
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި
ވާހަކަތަކަށް ރިޢާޔަތް ކުރައްވާ، މި މައްސަލައަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ތަޠުބީޤު
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވެފައިވާކަން ބެލެވެން ނެތްކަމުގެ
202
ހދ 2 ه2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ތިންވަނަ ކަމަކީ، ޝަހުދު އަޙްމަދު ވަޒީފާއަށް ފަރުވާ ކުޑަކުރާތީ ނަޞޭހަތް ދިންކަމާއި
ބޫޓަށް ނޭރުނަސް އޮފީހަށް ނިކުތުމަށް އެންގިކަން ހެކިންގެ ހެކިބަހުން އެނގޭއިރު އެ ކަމުގެ މައްޗަށް ބައްލަވާފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރިއިރު،
މި މައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހެކިބަސް ދީފައިވާ، އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑްގައި ޝަހުދު އަޙްމަދުއާއި އެކު ވަޒީފާއަދާކުރި ދެ ފަރާތްކަމުގައިވާ، އިބްރާހީމް ރަމީޒްއާއި
އަޙްމަދު ރައުޙާންގެ ހެކިބަހުން ޝަހުދު އަޙްމަދުއަށް ބޫޓަށް ނޭރުނުކަމުގައި ވިޔަސް އޮފީހަށް ނިކުތުމަށް
އެންގުނުކަން އިސްވެ ބުނެވުނު ދެ ފަރާތުގެ ހެކިބަހުން އެނގެން އޮންނަކަމަށާއި، އަދި ޝަހުދު އަޙްމަދު
މަސައްކަތަށް ފަރުވާ ކުޑަކުރަމުން ދާތީ ނަސޭޙަތް ދިންކަން މިދެ ފަރާތުގެ ހެކިބަހުން ސާބިތުވީނަމަވެސް، މިކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ނުކުރައްވާކަމަށް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިސްވެ ބުނެވުނު ނުކުތާގެ ތަފްޞީލުގައި ވާހަކަ ދައްކާފައިވާއިރު،
މި މައްސަލާގައި ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރިކަމާއި ވަކިކުރަންޖެހުނު ސަބަބު އަންގައިދޭ
އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމާއި، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/156 މައްސަލާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 1.14 އަށް ބަލާއިރު، އިބްރާހީމް ރަމީޒްއާއި
އަޙްމަދު ރައުޙާންގެ ހެކިބަހަށް އެ ޓްރައިބިއުނަލުން ރިޢާޔަ ދެއްވިކަން އެނގޭކަމާއި، އަދި އިސްވެ ބުނެވުނު ދެ
ފަރާތް ހެކިބަސް ދިން ނަމަވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރާ މަރުޙަލާއަކީ މުވައްޒަފަކާމެދު އަޚްލާޤީ ފިޔަވަޅު
އެޅިދާނެ ފަދަ ކަންކަން ހުރިތޯ ބަލައި، ޢަދުލުވެރި ނިންމުމަކަށް މުވައްޒަފުގެ ވަޒީފާއާމެދު ގޮތެއް ކަނޑައަޅާ
މަރުޙަލާކަމަށާއި، މުވައްޒަފެއްގެ ފަރާތުން ވަކިކަމެއް މެދުވެރިވެފައި ވޭތޯ ނުވަތަ ނޫންތޯ ބަލާ މަރުޙަލާގައި
ހޯދަންޖެހޭ ހެކިބަސް ފަދަ ކަންކަން ހޯދައި، އެކަންކަމަށް ޖަވާބުދާރީވުމަށް މުވައްޒަފަށް ފުރުޞަތު ދޭންޖެހޭ
މަރުޙަލާގައި އެކަން ބެލިފައިނުވާއިރު، އެ މަރުޙަލާގައި ހޯދާފައިނުވާ މަޢުލޫމާތުގެ ޢަލީގައި ވަޒީފާއިނޭ
މައްސަލަ ބަލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ ޞައްޙަ ގޮތުގައި ކުރެވިފައިވާ
/ ތތ 3
04
2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަނޑައެޅުމަށް ވަޒީފާއާބެހޭ ޤާނޫނު ތަންނުދޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ބެއްލެވި މެންބަރުން
ކަނޑައެޅުއްވިކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، އިބްރާހީމް ރަމީޒްއާއި އަޙްމަދު ރައުޙާންގެ ހެކިބަހަށް ރިޢާޔަތް ކުރައްވައި، އެ
ހެކިބަހަށް ދޭންޖެހޭ ބުރަދަނާއި މެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތްތަކެއް ކަނޑައަޅުއްވާފައިވާއިރު،
ޓްރައިބިއުނަލްގެ އެ ކަނޑައެޅުއްވުންތައް ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވާގޮތް އިނަރމޯލްޑިވްސް
ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެދެވިފައިނުވާކަމެވެ.
ކުރެއް129
990 40,
4 22
(ރ) ހަތަރުވަނަ ކަމަކީ، ޝަހުދު އަޙްމަދުއާއި އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްއާ
ދެމެދު މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނެތްއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ
(ރ) އަށް ރިޢާޔަތް ނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު،
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ "ވަޒީފާއިން ވަކިކުރުމަށް
ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސްދިނުމާ ގުޅޭގޮތުން މިބާބުގެ މާއްދާތަކުގައި ވާގޮތުގެމަތިން، ވަކި މުއްދަތެއް
ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް
ބާޠިލު ކުރެވިދާނެއެވެ." މިފަދައިން ކަމަށާއި، އަދި މިފަދައިން ބަޔާންކޮށްފައިވާއިރު ޝަހުދު އަޙްމަދު އާއި
އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުއާ ދެމެދު މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް
ނޯންނާނެކަމަށާއި، ޝަހުދު އަޙްމަދު އިނަރ މޯލްޑިވްސްގައި ވަޒީފާ އަދާކުރަން ފެށިތާ 10 މަސް ދުވަސްތެރޭގައި
އޭނާ ވަޒީފާއިން ވަކިކޮށްފައިވާނެކަމަށް އިސްވެ ބުނެވުނު ނުކުތާ ތަފްޞީލުކުރަމުން އިނަރމޯލްޑިވްސް ހޮލިޑޭސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ނުވަތަ މުވައްޒަފަކަށް ބާޠިލުކުރެވިދާނެ ވާހަކަ އެ އަކުރުގެ
އެނގެން އޮންނައިރު، އިސްވެ ބުނެވިދިޔަ ގޮތަށް އެފަދަ އެއްބަސްވުމެއް ބާޠިލު ކުރެވޭނީ ވަޒީފާބެހޭ
ވަނަ ބާބުގައި ވަޒީފާއިން ވަކިކުރުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ނޯޓިސް ދިނުމާގުޅޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/ކހފައެވެއަރ“
މާއްދާތަކުގައިވާ ގޮތުގެ މަތިންކަމަށް 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ
4 ވަނަ ބާބުގައި
ހިމެނޭ އެ ޤާނޫނުގެ 22 ވަނަ މާއްދާގައި ނޯޓިސްދިނުމާއިބެހޭ ގޮތުން ޢަމަލުކުރަންޖެހޭ ގޮތް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އެ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތްތަކުގައި މެނުވީ،
މުއްދަތު ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ވަޒީފާދޭ ފަރާތަށް ބާޠިލުކުރެވޭނީ އެ އަކުރުގައި ބަޔާންކުރާ
އެންމެ މަދު މިނުން ދޭންޖެހޭ ނޯޓިސްގެ މުއްދަތު ދިނުމަށްފަހުކަން އެނގޭކަމާއި، އެގޮތުން 22 ވަނަ މާއްދާގެ
(ހ) ގެ (1) ގައި، 6 މަސް ދުވަހަށްވުރެ ކުރުނޫން އަދި އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާގައި
ބަހައްޓާފައިވާ މުވައްޒަފަކަށް ދެ ހަފްތާގެ ނޯޓިސް ދޭންޖެހޭނެކަމަށް ބަޔާންކުރެވިފައި
ހުށަހެޅިފައިމިވާ މައްސަލާގައި، ވަޒީފާގެ މުއްދަތު ކަނޑައެޅިފައިނުވާ އެއްބަސްވުމެއްގެ ވާހަކަ
ދެއްކުމުގެ ކުރިން، ޝަހުދު އަޙްމަދުއާއި އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގައިވާގޮތުގެ މަތިން ލިޔުމުން އެއްބަސްވުމެއް ވެވިފައިނުވާކަން އެނގޭކަމާއި، އަދި
ދެފަރާތުގެ ޢަމަލުތަކަށް ބަލައި، ޝަހުދު އަޙްމަދުގެ ވަޒީފާގެ ބާވަތަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ދާއިމީ
ވަޒީފާއެއްކަމުގައި ބެލިނަމަވެސް، އެކަށީގެންވާ ސަބަބެއް އޮވެގެން ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރާނަމަ،
ޝަހުދު އަޙްމަދު އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާއަދާކުރި މުއްދަތަށް ބަލައި، އޭނާއަށް
އެންމެ މަދު މިނުން 2 ހަފްތާގެ ނޯޓިސް ދޭންޖެހޭނެކަން އެނގޭއިރު، ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރި
ތާރީޚާއި ސަބަބުވެސް އެނގޭނެ ފަދަ އެއްވެސް ލިޔުމެއް ފެންނަންނެތް ޙާލު، ޝަހުދު އަޙްމަދު ވަޒީފާއިން
ވަކިކުރަންއުޅޭކަން އޭނާއަށް ކުރިއާލާ އަންގައި، ނޯޓިސް ދެވިފައިވާކަން ބެލެވެން ނެތްކަމާއި، އެހެންކަމުން،
ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރުމުގައި އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށް ބެލެވެން ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޝަހުދު އަޙްމަދުގެ މުސާރައިގެ ގޮތުގައި އިނަރމޯލްޑިވް
ޕްރައިވެޓް ލިމިޓެޑުން ދެމުން އައި މިންވަރުގެ މައްޗަށް ބެއްލެވުމެއްނެތި ކޮންމެ މަހަކު -/5600
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ބިންތ/ ހ=*
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/53
ހު
މާނަ ކޮށްފައިވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން،ރީމާއާ
ހަސަތޭކަ ރުފިޔާ) އަށް ބިނާކޮށް 3 މަސްދުވަހުގެ މުސާރައާއި ޢިނާޔަށް -/16800ރ. (ސޯޅަހާސް އަށްސަތޭކަ
ރުފިޔާ) ދޭންޖެހޭކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބެލިއިރު،
ނުކުތާގެ ތަފްޞީލުގައި، ޝަހުދު އަޙްމަދުއަށް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ދޭ މުސާރައަކީ -/3,720 ރ. (ތިންހާސް ހަތްސަތޭކަ
ވިހި ރުފިޔާ) ކަމަށާއި، އެލަވަންސްއެއްގެ
ގޮތުގައި ދޭ ފައިސާއަކީ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ ފައިސާއެއްކަމަށާއި، ނަމަވެސް ޝަހުދު
އަޙްމަދު މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކަށް -/5,600 ރ.
(ފަސްހާސް ހަސަތޭކަ ރުފިޔާ) ދޭންޖެހޭކަމަށް އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ނުދެކޭކަމަށް
ބުނެފައިވާކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޝަހުދު އަޙްމަދުއަށް ބަދަލުނަގައިދިނުމަށް ކަނޑައަޅުއްވާފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުންކަމާއި، އެގޮތުން، އެ މާއްދާގެ (ރ) ގައި، ބަދަލުދިނުމުގެ އަމުރެއް
ޓްރައިބިއުނަލުން ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް
ޓްރައިބިއުނަލަށް ފެންނަ އަދަދަކަށް ކަމަށާއި، މިފަދައިން އަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި
ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި، އެ މުވައްޒަފު ވަޒީފާއިން
ވަކިކުރުމަށް ދިމާވި މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް
ރިޢާޔަތް ކުރަންވާނެކަމަށާއި، މުވައްޒަފަށް ބަދަލު ދިނުމުގައި އޭނާ ވަޒީފާއިން ވަކިކުރީ އެ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމުގައިވަނީނަމަ، އެކަމަށްޓަކައި އެ
މުވައްޒަފަކަށް އިތުރު އަދަދެއްގެ ފައިސާ ދިނުމަށް ޓްރައިބިއުނަލަށް އަމުރު ކުރެވިދާނެކަމަށާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައި "ނޯޓިސް ދިނުމަކާ ނުލައި ވަކިކުރުން"
ފަރާތުން މުވައްޒަފަކަށް ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނުވަތަ އެ ނޯޓިސް ދޭންޖެހޭ މުއް ތަށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/53
20
0
x ތ / ހ2
މުއްދަތަކަށް ނޯޓިސް ދިނުމަށްފަހު، ވަޒީފާގެ އެއްބަސްވުން ވަޒީފާދޭ ފަރާތުން ބާޠިލުކުރުން ކަމަށް
ބަޔާންކޮށްފައިވާކަމާއި
މާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ޝަހުދު އަޙްމަދުގެ ފަރާތުން ބަދަލުގެ ގޮތުގައި ހޯދުމަށް
އެދިފައިވަނީ ޝަހުދު އަޙްމަދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެ މައްސަލަ
ނިމޭ ތާރީޚާ ހަމައަށް އޭނާއަށް ލިބުނު މުސާރައާއި ޢިނާޔަތްތައް ކަމާއި، އެކަމާގުޅޭ ގޮތުން ގޮތެއް
ކަނޑައެޅުއްވުމުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ރިޢާޔަތް ކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
184/HC
-
A/2012 ޤަޟިއްޔާގައިވާ ފަދައިން ރިޑަންޑަންސީގެ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން
ޤާއިމުނުކޮށްވާ ޙާލަތްތަކުގައި ބަދަލު ނަގައިދިނުމުގައި ރިޢާޔަތް ކުރާނެ ކަންތައްތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދޭއިރުވެސް ރިޢާޔަތްކުރަންޖެހޭ ކަންކަން ކަމަށް ބައްލަވާފައިކަން
އިސްތިއުނާފުކުރެވޭ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ 1.20 އަށް ބެލުމުން އެނގޭކަމާއި،
އެގޮތުން ޝަހުދު އަޙްމަދުއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ އެދިފައިވާ ގޮތަށް
ނަންގަވައިދެއްވާފައި ނުވާކަން އެނގޭކަމާއި، އިސްތިއުނާފުކުރެވޭ މައްސަލާގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ
1.22 ވަނަ ނުކުތާގައި، ޝަހުދު އަޙްމަދުއަށް ބަދަލުގެ ގޮތުގައި ނަންގަވައިދެއްވުމަށް ނިންމަވާފައިވަނީ ޝަހުދު
އަޙްމަދުއަށް 3 މަސް ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ މިންވަރުކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އެހެންނަމަވެސް، އެ މިންވަރު ކަނޑައެޅުއްވުމަށްޓަކައި ޝަހުދު އަޙްމަދުއަށް ލިބޭ މުސާރައާއި ޢިނާޔަތްތަކަށް
ޙައްޤުވާ ފައިސާގެ އަދަދަކީ ކޮބައިކަން އެނގޭނެ ވަޒީފާގެ އެއްބަސްވުމެއް ދެފަރާތު ދެމެދު ނެތް ހިނދު، ޝަހުދު
އަޙްމަދުގެ މުސާރަކަމަށް އޭނާ މައްސަލާގެ ސީޘާގައި ބަޔާންކޮށްފައިވާ -/5600 ރ. (ފަސްހާސް ހަސަތޭކަ ރުފިޔާ)
އަށް ބިނާކޮށް 3 މަސް ދުވަހުގެ މުސާރައަށްވާ -/
16800ރ. (ސޯޅަހާސް އަށްސަތޭކަ ރުފިޔާ)
ނަންގަވައިދެއްވުމަށް ކަނޑައަޅުއްވާފައިވާކަން، އިސްވެ ބުނެވުނު ރިޕޯޓުގައި ބަޔާންކުރައްވާފައިވާއިރު،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިސްވެ ބުނެވުނު އަދަދު ކަނޑައަޅުއްވާފައިވާ
ޤާނޫނުގައި ބުނާ ފަދައިން ދެފަރާތު ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމެއް ނެތުމުން،
4 22
[
4
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/53
ލިބުނު މުސާރައާއި ޢިނާޔަތްތައް އެނގެން ނެތުމުންކަން އެނގޭކަމާއި، އަދި މި މައްސަލާގައިވާ ޙާލަތުގައި ހުދު
އަޙްމަދުއަށް ލިބުނު މުސާރައާއި ޢިނާޔަތްތައް ނަންގަވައިދެއްވުމަށް ނިންމަވާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29
ވަނަ މާއްދާގެ (ރ) ގައި ބުނާ ފަދައިން، އެއީ މި މައްސަލައަށް އެންމެ އެކަށީގެންވާ، އަދި ޢަދުލުވެރި
އަދަދުކަމަށް އެ ޓްރައިބިއުނަލަށް ފެނިވަޑައިގަންނަވާތީކަން އެނގޭކަމާއި، އަދި އިސްވެ ބުނެވުނު މާއްދާގެ ދަށުން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިވަޑައިގެންފައިވާ ތަޤްދީރީ ބާރު އެ ޓްރައިބިއުނަލުން ބޭނުންކުރެއްވުމުގައި ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލަކާ ޚިލާފުވާގޮތް އިސްތިއުނާފުކުރާ އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑަށް
ދެއްކިފައިނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/156 މައްސަލަ އިސްތިއުނާފު ކުރަމުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
މިހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2014/HC-A/53
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/150 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އިނަރމޯލްޑިވްސް ހޮލިޑޭސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
k
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;