ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/217 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/21
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 217/HC
-
A/2012
• އިސްތިއުނާފް ކުރިފަރާތް:
ނަން: ދައުލަތް ( މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ)
ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް | ހ. ވެލާނާގެ
* މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް | ހ. ވެލާނާގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ސިލްވަރ ލީފް | މާލެ
ޑީ
، މިހާރުގެ އެޑްރެސް: އޭ.ޑީ.ކޭ ހޮސްޕިޓަލް | މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 އޯގަސްޓް 2012
ނިމުނު ތާރީޚް: 28 އޭޕްރީލް 2013
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ:
ނަންބަރު: 2010/MC
/
2010
)
681
/
Cv
-
C/1478)
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 18 މާރޗް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
2012/HC-A/21
کی مری من **
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤާ ޟިއްޔާ އިސްތިއުނާފު ކުރުމަށް
ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ހއ. ދޮނަކުޅި މެރީނާއެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި
މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ ("މިނިސްޓްރީ އޮފް ޓޫރިޒަމް") އިން 15
ސެޕްޓެމްބަރ 2002 ވަނަ ދުވަހު ކުރި އިޢުލާނަކާއި ގުޅިގެން ބިޑްކުރި ފަސް ފަރާތުގެ ތެރެއިން އެންމެ
ގިނަ މާރކްސް ލިބުނު ފަރާތަކީ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ("އޭ.ޑީ.ކޭ ކޮމްޕެނީ") ކަމަށް ބިޑް
އިވެލުއޭޓް ކުރި ކޮމެޓީގެ އިއްތިފާޤުން ކަނޑައަޅާފައި އޮއްވައި، އޭ.ޑީ.ކޭ ކޮމްޕެނީ އަށްވުރެ ދަށް މާރކްސް
ލިބުނު ފަރާތަކަށް ހއ.ދޮނަކުޅި އެވޯޑް ކުރުމުގެ ބާރު މިނިސްޓްރީ އޮފް ޓޫރިޒަމް އަށް ލިބިގެން
ކަނޑައަޅުއްވައި ދެއްވުމަށް އެދި އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން ބެލެވުނު
ވާކަމަށް
0
2
4
2 ހއ
ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 43
=32
2{012/HC-A/21
کی مرکی
"ދިވެހިން186 ހައިކޯޓު
3 ޤަޟިއްޔާ ނިމުނު ގޮ
ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށްރަށާއި ބިންކުއްޔަށް
ދޫކުރަންވާނީ މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށް އިޢުލާންކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެ މަތީން
އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށައަޅާ ފަރާތްތަކަށް ކަމަށް ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު)ގެ 5 ވަނަ މާއްދާގައި ބަޔާންވެގެން ވާކަމާއި، ދޮނަކުޅި ގައި
މެރީނާއެއް ތަރައްޤީކުރުމަށްޓަކައި ބިޑަށް ހުޅުވާލިއިރު އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން އެންމެ
ރަނގަޅު ހުށައެޅުމަށް ހުށައަޅާފައިވާ ފަރާތެއް ހޮވުމަށް ކަނޑައެޅި އުޞޫލަކީ އައި.ޓީ.ބީ (އިންސްޓްރަކްޝަން
ޓު ބިޑާޒް) ކަމާއި، ބިޑް އިވެލުއޭޓްކޮށް އެންމެ ރަނގަޅު ހުށައެޅުމެއް ހުށައަޅާފައިވާ ފަރާތެއް ހޮވުމަށް
ސަރުކާރުން ބިޑް އިވެލުއޭޓް ކުރާނެ ކޮމިޓީއެއް އެކުލަވާލައި އެކޮމިޓީއާއި އެމަސައްކަތް ޙަވާލުކޮށްފައިވާކަން
އެކޮމެޓީގެ ރިޕޯޓުގެ ފުރަތަމަ މާއްދާއިން އެގެން އޮތުމާއި، ބިޑަށް ހުޅުވާލުމުން ބިޑުކުރި 5 ކުންފުނީގެ
ތެރެއިން އެންމެ ގިނަ މާރކްސް، ބިޑް އިވެލުއޭޓް ކުރި ކޮމިޓީއިން ދީފައިވަނީ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ހުށަހެޅި ބިޑަށް ކަމާއި، ބިޑް އިވެލުއޭޓް ކުރި ކޮމިޓީގެ ރިޕޯޓުގެ ނިންމުން އެކޮމިޓީގެ ރިޕޯޓުގެ
10 ވަނަ ނަންބަރު ގައި ބަޔާންވެގެންވުމާއި، އެ ނިންމުމަކީ ކޮމިޓީގެ އެންމެހާ މެންބަރުންގެ އިއްތިފާޤުން
ނިންމާފައިވާ ނިންމުމެއްކަން އެރިޕޯޓުން އެގެން އޮތުމާއި، ބިޑްތައް ވަޒަންކުރި ކޮމިޓީން ނިންމި ނިންމުމާއި
ޚިލާފަށް ދެވަނައަށް އެންމެމަތިން މާރކްސް ލިބުނު ޓާރކޮއިސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ހއ.
ދޮނަކުޅި އެވޯޑް ކޮށްފައިވަނީ ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތު
އަދާކުރުމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރެވޭ މިންވަރަށް ޤާބިލްކަންހުރި ފަރާތެއްކަމަށް ކޮންޓްރެކްޓް
ޙަވާލުކުރެވޭ ފަރާތް ވާންޖެހޭނެކަމަށް އައި.ޓީ.ބީގެ 24 އަދި 25 ވަނަ މާއްދާގައި ބަޔާންވެގެންވާ
އެގޮތުން ބެލިބެލުމުން އެންމެ ޤާބިލު ފަރާތަކީ އެފަރާތްކަމަށް ސަރުކާރުން ކަނޑައެޅީ، މާރކްސް ދެވޭ
ބައިތަކުގެ ތެރެއިން ގިނަބައިތަކުން އެންމެ މަތީ މާރކްސް ލިބިފައިވަނީ އެފަރާތަށް ކަމުގައިވާތީ ކަމަށް
ދައުވާ ލިބޭ ފަރާތުން ބުނެފައިވާއިރު،
02c22
4 2 2 4 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: A316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/217
4 ޤަޟިއްޔާ ނިމުނު "
و مری
=32
&
އޭ.ޑީ.ކޭ ކޮމްޕެނީ އަކީ މާރކްސް ދެވޭ ބައިތަކުން ޖުމްލަކޮށް އެންމެމަތިން މާރކްސް
ލިބިފައިވާ ފަރާތްކަމާއި، އޭ.ޑީ.ކޭ ކޮމްޕެނީ އިން ހުށަހެޅި ބިޑަށް ލިބިފައިވަނީ 86.665 މާރކްސް ކަމާއި،
ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑް އިން ހުށައެޅި ބިޑަށް ލިބިފައިވަނީ 83.723 މާރކްސް ކަމާއި،
ބިޑްކުރުމުގައި މާރކްސް ލިބިގެން ކާމިޔާބުވާ އުޞޫލު ތަޢާރަފްކުރުމުގެ ބޭނުމަކީ އެންމެމަތިން ޖުމްލަކޮށް
މާރކްސްލިބޭ ފަރާތެއް ހޯދުން ކަމަށްވާއިރު، އެނޫންގޮތެއް ޚިޔާރުކުރާނަމަ ކުރިން ހާމަކުރެވެންވާނެކަމާއި،
ރަށް އެވޯޑް ކުރެވޭނީ މާރކްސް ދެވޭ ބައިތަކުގެ ތެރެއިން ގިނަ ބައިތަކުން އެންމެމަތީ މާރކްސް ލިބޭ
ފަރާތެއް ކަނޑައެޅުމުގައި ޢަމަލުކުރެވޭ އުޞޫލަކީ އައި.ޓީ.ބީ ކަމަށްވާއިރު، އައި.ޓީ.ބީ ގައި އެވޯޑް ކުރެވޭ
ފަރާތެއް ކަނޑައެޅުމުގައި ޢަމަލުކުރެވޭ އުޞޫލަކީ އައި.ޓީ.ބީ ކަމަށްވާއިރު، އައި.ޓީ.ބީގައި ކަންކުރާނެ
ވަކިއުސޫލެއް ކަނޑައަޅައި ބަޔާންކޮށް، އޭގެ ފަހަތުން އެކަން ކުރުމުގައި ވަކިފަރާތަކަށް ފެންނަ ގޮތެއްގެ
މައްޗަށް ކަންކުރުމުގެ ބާރާއި އިޚްތިޔާރު އެހެން މާއްދާއަކުން ދީފައި އޮތްނަމަ، އެއީ ފުރަތަމަ ބުނެފައިވާ
ތަޢާރުޟުވާ އެގޮތާއި ދިމާ އިދިކޮޅު ވުމާއި، ހުށައަޅާ ފަރާތްތަކުގެ ތެރެއިން
އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށައަޅާ ފަރާތެއް ކަނޑައަޅާނީ ސަރުކާރުން ކަމަށް އައި.ޓީ.ބީގައި
ބަޔާންވެފައިވުމާއި، ބިޑްތައް ވަޒަންކުރާނެ ކޮމިޓީއެއް އެކުލަވާލާ ވާހަކަ އައި.ޖީ.ޓީ ގައި ބަޔާންވެފައި
ނުވާއިރު، ސަރުކާރުން އެކޮމިޓީ ޢައްޔަންކޮށް ބިޑްތައް ވަޒަންކުރުމުގެ މަސައްކަތް އެކޮމިޓީ އާއި
ޙަވާލުކުރިއިރު، ޤާބިލުކަން ވަޒަންކުރުން އެކޮމިޓީއާއި ޙަވާލުނުކުރެވި، ލިޔެވި ހާމަކުރެވިފައި ނުވާ
މިންގަނޑަކުން ދަޢުވާލިބޭ ފަރާތުން އެކަންކުރިކަމަކީ މިފަދަ ކަންކަމުގައި ޢަމަލުކުރެވޭ އުޞޫލުތަކާއި
ހުޅުވާލެވިފައިވާ މުޖްތަމަޢުތަކުގެ ދެފުށްފެންނަގޮތަށް ޢަމަލުކުރެވޭ އިޖުރާޢަތުތަކާއި އިންސާފުގެ ހަމަތަކުގެ
މަތިން ބަލާއިރު ކުރެވިގެންވާނެ ކަމެއްކަމަށް ނުވާތީ، ހއ. ދޮނަކުޅި މެރީނާއެއްގެ ގޮތުގައި ތަރައްޤީ
ކުރުމަށްޓަކައި ބިޑްކުރި ފަސް ފަރާތުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކީ އޭ.ޑީ.ކޭ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑްކަމަށް ބިޑް އިވެލުއޭޓް ކުރި ކޮމެޓީގެ އިއްތިފާޤުން ކަނޑައަޅާފައި އޮއްވައި، އޭ.ޑީ.ކޭ
9ނ
މ 04 ތތ 27
ބަސްއަހހހ29
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 23/16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/217
5 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
ކޮމްޕެނީ އަށްވުރެ
އަށްވުރެ ދަށް މާރކްސް ލިބުނު ފަރާތަކަށް ހއ.ދޮނަކުޅި އެވޯޑް ކުރުމުގެ ބާރު، މިނިސްޓްރީ އޮފް
ޓޫރިޒަމް އަށް ލިބިގެންނުވާ ކަމަށް ކަނޑައަޅުއްވައި ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
20944
3- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާ
އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދައުލަތުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި!-
(ހ) ފުރަތަމަ ނުކުތާގެ ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ
5 ވަނަ މާއްދާގައި ބަޔާންވެގެންވަނީ، ޓޫރިސްޓް ރިސޯޓެއް ހެދުމަށް ރަށްރަށާއި، ބިންބިން ކުއްޔަށް
ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާންމުކޮށް އިޢުލާނުކޮށްގެން ކަނޑައެޅިފައިވާ އުޞޫލެއްގެ
މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށްކަމުގައި ބަޔާންކޮށްފައިވާއިރު ހއ.
ދޮނަކުޅީގައި ޓޫރިސްޓް ރިސޯޓެއް ހެދުމަށް އިޢުލާނުކޮށްފައިނުވާއިރު، ސިވިލް ކޯޓުގައި މައްސަލަ ބެއްލެވި
ޤާޟީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާ މި މައްސަލަ
ނިންމަވާފައިވަނީ ކޮން ގޮތަކަށްކަން ކަނޑައަޅުއްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާ: ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާއިން
ބެއްލެވި މައްސަލާގެ ޙުކުމްގެ މައިގަނޑު ޤާނޫނީ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5
ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރަށް ޙަވާލުކުރާނޭ ފަރާތެއް ކަނޑައެޅުމަށްޓަކައި، ސަރުކާރުން
ކަނޑައަޅާފައިވާ ގޮތަކީ އިންސްޓްރަކްޝަން ޓު ބިޑާރސް ނުވަތަ އައި.ޓީ.ބީ ކަމުގައިވާ ގޮތްކަމަށްވާއިރު،
އައި.ޓީ.ބީ ގައިވާ ގޮތުގެ މަތިން ޢަމަލުކުރާނަމަ ދަޢުވާކުރާ ފަރާތަށް ރަށް ލިބިމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [531647/
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިއްޔާ
##
2{12/HC-A/217
ނިމުނު
هي في سمعي
ލިބިގެންނުވާކަމާއި، އަދި އައި.ޓީ.ބީގައިވާ ގޮތުގެ މަތިން ރަށްލިބުމުގެ ހައްޤު ލިބިގެންވަނީ ޓަރކޮއިސް
ޕްރައިވެޓް ލިމިޓެޑަށް ކަމަށްބުނެ ހުށަހެޅި ނުކުތާ
44
2&
(ނ) ތިންވަނަ ނުކުތާ: ބިޑްކުރި 5 ފަރާތުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު
ފަރާތަކީ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުކަމުގައި އިވެލުއޭޓްކުރި ކޮމިޓީގެ އިއްތިފާޤުން
ކަނޑައެޅުމަށްފަހު، އެއަށް
އަށްވުރެ ދަށުން މާރކްސް ލިބުނު ފަރާތަކަށް ހއ.
ދޮނަކުޅި އެވޯޑް ކުރުމުގެ ބާރު
ލިބިގެން ނުވާކަމަށް ޙުކުމްކުރެއްވިއިރު، ދަޢުވާކުރާ ފަރާތުން ޤަބޫލުކޮށް، އެލިޔުމެއްގެ ދަށުން ބިޑް ހުށަހެޅި،
އިސްޓްރަކްޝަން ޓު ބިޑާރސް ނުވަތަ އައި.ޓީ.ބީ ގައި، ބިޑް އިވެލުއޭޝަނުން އެންމެ މަތީ މާރކްސް ލިބޭ
ފަރާތަކަށް ރަށް އެވޯޑް ކުރުން ކޮންމެހެން މަޖުބޫރުނުވާނޭ ކަމުގައި ބަޔާންކޮށްފައިވާކަމުގެ ޤާނޫނީ
ނަތީޖާގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4 ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް،
ދައުލަތުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުންނާއި
މިއިސްތިއުނާފް ދައުވާރައްދުވާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/681
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މައްސަލަ
ނިންމަން ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެރަޢުޔެއްގެ މައްޗަށް ޚިޔާލުތަފާތުވެފައިވެއެވެ.
މިގޮތުން:-
ދިޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471/*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
}
2012/HC-A/21?
ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
ފުރަތަމަ ޚިލާފުވި ރަޢުޔު: ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔާއި، އެރައުޔު ބިނާކުރެވިފައިވާ އަސާސާތައް:
<< O
(ހ) ފުރަތަމަ ކަމަކީ: ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ
26 ވަނަ މާއްދާގައި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓު ހެދުމަށް
ރަށްރަށާއި ބިންދޫކުރުމަށް ޓޫރިޒަމާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންނެވެ. އަދި ޓޫރިސްޓް
ރިޒޯޓުތަކާމެދު ޢަމަލުކުރުމަށް މި ޤާނޫނުގައި ހިމަނާފައިވާ މާއްދާތައް ޔޮޓު ބަނދަރުތަކުގެ މައްޗަށްވެސް
ހިނގާނެއެވެ" މިފަދައިން ބަޔާންވެގެން އޮތުމުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި
ބަޔާންވެގެންވާ ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިންދޫކުރުމަށް އޮންނަ އުސޫލުން ޔޮޓް ބަނދަރު
ހެދުމަށް ތަންތަންދޫކުރުމުގައިވެސް ޢަމަލުކުރެވޭނެކަމާއި، މިހެންކަމުން ސިވިލްކޯޓުން މި މައްސަލަ
ނިންމުމުގައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރި ކުރުމަކީ އެކަމުގައި
ޤާނޫނީގޮތުން ފުށު އެރުންތަކެއް ހުރި ކަމެއް ނޫންކަން އެނގޭކަމެވެ.
32
0 2
އުސޫލު ބަޔާން ކޮށްދޭ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަކީ، ޔޮޓް ބަނދަރު ހެދުމަށް
ތަންތަން ދޫކުރުމުގައިވެސް ޢަމަލުކުރަން ޖެހޭ ގޮތް ބަޔާންކޮށްދޭ މާއްދާއެއްކަން އިސްވެ އިޝާރާތް ކުރެވުނު
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތް އިރު، ޓޫރިޒަމާބެހޭ
ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންވެގެންވަނީ " ޓޫރިސްޓް ރިޒޯޓް ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް
ދޫކުރަންވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ޢާއްމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ
މަތިން، އެކަށީގެންވާ އެންމެ ރަނގަޅު
ހުށަހެޅި ފަރާތަކަށެވެ" މިފަދައިން ކަމާއި،
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައިވާގޮތަށް، އެކަށީގެންވާ އެންމެ ރަނގަޅު ބިޑެއް
ހުށަހެޅުމެއެ
<< O
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިވެއްޖެ
އ ހދ އޭޑީއެކްސް
8 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/21
کی مرگی
=32
ހުށަހެޅި ފަރާތެއް ހަމަޖެއްސުމަށް ކަނޑައެޅިފައި އޮތް އުސޫލަކީ މި މައްސަލައިގައި ޙަވާލާދެވޭ
އިންސްޓްރަކްޝަން ޓު ބިޑާރސް (އައި.ޓީ.ބީ ކަން އެނގެން އޮންނަކަމާއި އެކަން ސިވިލްކޯޓުގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
&&
4 22
4 04
2
4
2 ހ
ކެﷲ
(ނ) ތިންވަނަ ކަމަކީ: ކޮންޓްރެކްޓާއިބެހޭ ޤާނޫނީ އުސޫލުތަކަށް ބަލާއިރު،
ދޮނަކުޅީގައި ޔޮޓް މެރީނާ އެއް ތަރައްޤީ ކުރުމާއި ބެހޭ ގޮތުން ނެރެފައިވާ އިންސްޓްރަކްޝަން ޓު ބިޑަރސް
ނުވަތަ އައި.ޓީ.ބީ އަކީ ބިޑަށް ކުރިމަތިލުމަށް ދީފައިވާ ދަޢުވަތެއްކަން އެނގެން އޮތް އިރު،
ހއ.ދޮނަކުޅީގައި ޔޮޓް މެރީނާ ތަރައްޤީކުރުމަށް ދިވެހި ސަރުކާރު ދީފައިވާ މި ދަޢުވަތު ޤަބޫލުކޮށް، އޭ.ޑީ.ކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މި ދަޢުވަތުގެ މައްޗަށް ބިނާކޮށް ހުށަހެޅުމެއް ހުށަހަޅާފައިވަނީ
އެދަޢުވަތުގައިވާ އެންމެހާ ކަންކަމުގެ މައްޗަށް ރުހި ޤަބޫލުވެގެން ކަމަށް ބަލަން ޖެހޭއިރު، އައި.ޓީ.ބީ ގައި
ހިމެނޭ އެއްވެސް މާއްދާއަކީ އިންސާފުވެރި ނޫން [unfair މާއްދާއެއް ކަމަށް ބުނެ އެކަމުގެ މައްޗަށް
އައި.ޓީބީ ގައި ހިމެނޭ އެއްވެސް މާއްދާއަކީ އިންސާފުވެރިނޫން މާއްދާއެއްކަމަށް މިހާތަނަށް ޝަރުޢީ
އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަން އެނގޭކަމާއި، އެ ދަޢުވަތެއްގެ މައްޗަށް ބިނާކޮށް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހުށަހެޅުން ބިނާކޮށްފައިވާ އިންސްޓްރަކްޝަން ޓު ބިޑާރސް ނުވަތަ
އައި.ޓީ.ބީ ގެ 21 ވަނަ މާއްދާގައި ބަޔާންވެގެން ވަނީ ބިޑްތައް އިވެލުއޭޓް ކުރާނެ ގޮތް ކަން އެނގެން އޮތް
އިރު، ބިޑުތައް އިވެލުއޭޓް ކުރުމަށްފަހު ރަށް ޙަވާލުކުރާނެ ގޮތް ކަނޑައަޅައި އުސޫލު ބަޔާންކޮށްފައިވަނީ
އައި.ޓީބީގެ 24 ވަނަ މާއްދާގައި ކަން އެނގޭކަމާއި، އައި.ޓީ.ބީ ގެ 24 ވަނަ މާއްދާ އަށް ބަލާއިރު،
އައި.ޓީ.ބީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން ބިޑް އިވެލުއޭޝަނުން އެންމެ މަތިން
މާރކްސް ލިބޭ ފަރާތަކީ highest evaluated bid ކަމުގައި ކަނޑައެޅުނު ކަމުގައި ވީ ނަމަވެސް
46
44
.ޑީ.9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
ދިވެހިރާއްޖެ
2{12/HC-A/217
9 ޤަޟިއްޔާ ނިމުނު ގޮ
Quoc
highest evaluated bidder އަށް އެއްބަސް
ބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރުމުގެ ޤާބިލުކަން
ލިބިގެންވޭތޯ ކަނޑައެޅުމުގެ ބާރު ސަރުކާރަށް ލިބިގެންވާކަމާއި އަދި މި ގޮތުން ބަލާ ބެލުމުން މިކަން
ނުކުރެވޭނެ ކަމަށް ސަރުކާރަށް ފެނިއްޖެނަމަ، އެފަރާތަށް ރަށް ނުދިނުމުގެ ޙައްޤު ސަރުކާރަށް
ލިބިގެންވާކަމަށް އައި.ޓީ.ބީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ޖުމްލަ ގޮތެއްގައި ބެލުމުން
އެނގޭކަމާއި، މިހެންކަމުން އައި.ޑީ.ބީގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުން ބިޑް
އިވެލުއޭޝަނުން އެންމެ މަތިން މާރކްސް ލިބޭ ފަރާތަކީ ރަށް އެވޯޑު ކުރުން ދިވެހި ސަރުކާރުގެ މައްޗަށް
ލާޒިމް ވާ ފަރާތެއް ނޫންކަން އެނގޭކަމެވެ.
2 22
(ރ) ހަތަރުވަނަ ކަމަކީ: އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް
ކޯޓުގައި އުފުލި ދަޢުވާ ބިނާކޮށްފައިވަނީ، އެފަރާތަކީ ހއ. ދޮނަކުޅީގައި މެރީނާ އެއްގެ ގޮތުގައި ތަރައްޤީ
ކުރުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމުން 15 ސެޕްޓެމްބަރު 2002 ވަނަ ދުވަހު ކުރި އިޢުލާނަކާއި
ގުޅިގެން ބިޑް ކުރި ފަސް ފަރާތުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތްކަމަށްވެފައި، އޭ.ޑީ.ކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވުރެ ދަށުން މާރކްސް ލިބުނު ފަރާތަކަށް ހއ.ދޮނަކުޅި އެވޯރޑުކުރުމުގެ
ބާރު ދިވެހި ސަރުކާރަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުން އެދިގެންކަމާއި އަދި މި ނޫން އިތުރު
އެދުމެއް އެފަރާތުގެ ދަޢުވާގައި އެދިފައި ނުވާކަން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސިވިލްކޯޓުގައި ދަޢުވާ އުފުލި ދަޢުވާ ފޯމުގައިވާ ދަޢުވާގެ ޚުލާސާއަށާއި، އެފޯމުގައި ބަޔާންކޮށްފައިވާ
ދަޢުވާކުރާ ފަރާތުން އެދޭ ގޮތުގެ މައްޗަށް ބެލުމުން އެނގެން އޮންނަކަމާއި، މިހެން ކަމުން މައްސަލަ
ނިންމުމުގައި ޝަރީޢަތުން ބަލަން ޖެހޭނީ މިނިސްޓްރީ އޮފް ޓޫރިޒަމުން 15 ސެޕްޓެމްބަރު 2002 ވަނަ
ދުވަހު ކުރި އިޢުލާނަކާއި ގުޅިގެން ހއ.ދޮނަކުޅީގައި ޔޮޓް މެރީނާއެއް ތަރައްޤީކުރުން އެދި ބިޑް ކުރި ފަސް
ފަރާތުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތް ފިޔަވާ އެހެންފަރާތަކަށް އެރަށް އެވޯޑު ކުރުމަކީ،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 8316471(
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 43
2{12/HC-A/217
10 ޤަޟިއްޔާ ނިމުނު 1
کی مرکی
ދެވެ
ދިވެހި ސަރުކާރަށް ލިބިގެންވާ ބާރެއްތޯ ނުވަތަ ނޫންތޯ ކަމާއި، މިކަމުގެ މައްޗަށް ބަލާއިރު، އިސްވެ
އިޝާރާތް ކުރެވުނު އައި.ޓީ.ބީ ގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކަށް ބެލުމުން ބިޑް ކުރި ފަސް
ފަރާތުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކަށް އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ވީ
ވުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލާ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރަށް އެވޯޑުކުރަން ޖެހޭ
ސަބަބެއް ނޫންކަން އެނގޭކަމާއި، އައި.ޑީ.ބީގެ 24 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ރަށް
ޙަވާލުކުރެވޭ އެގްރީމެންޓްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި، ދިވެހި
ސަރުކާރަށް ޤަބޫލުކުރެވޭ މިންވަރުގެ ޤާބިލުކަން ހުރި ފަރާތެއް ވަޒަންކޮށް ބެލެވޭ އިތުރު ބެލުންތަކަކަށްފަހު
އެންމެ މަތިން މާރކްސް ލިބުނު ފަރާތް ފިޔަވާ ބިޑަށް ކުރިމަތިލި އެހެން ފަރާތަކަށްވެސް ހއ. ދޮނަކުޅިގައި
ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް އެވޯރޑުކުރުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންވާކަން އައި.ޑީ.ބީގެ
އެމާއްދާއަށް ބެލުމުން އެނގެންއޮތްއިރު، މިއީ މިކަން މިގޮތަށް ހިނގާފާނެކަމަށް މިމުޢާމަލާތަށް ވަނުމުގެ
ކުރިން އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެނގިފައިވާ ގޮތެއްކަންވެސް ޤަބޫލުކުރެވޭ ކަމާއި،
2
4
2 ހދ 4
0
އެހެންނަމަވެސް
2x 2 04
24 22
/04ކށް
ހުޅުވާލައިގެން ބީލަންތަކުގައި އެބީލަން ކާމިޔާބުކުރާ
ފަރާތެއް ދެނެގަތުމުގައި ބަލާނެ ޢާއްމު މިންގަނޑަކަށް ވާންޖެހޭނީ އެބީލަމެއް ވަޒަން ކުރާއިރު، އެންމެ
މަތިން މާރކްސް ލިބޭ ފަރާތަކަށް ބީލަމުގައި ކަނޑައެޅިފައިވާ ތަނެއް ޙަވާލުކުރުން ކަމާއި، އަދި ބީލަންތައް
ވަޒަންކުރާއިރު އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށް ބީލަން ޙަވާލުކުރެވެން ނެތް ޙާލަތުގައި ދަށުން
މާރކްސް ލިބޭ ފަރާތަކަށް ބީލަން ޙަވާލުކުރެވޭ ކުރުން ބިނާ ކޮށްފައިވާ ސަބަބު ވާން ޖެހޭނީ ޢަދުލުވެރި
އަދި އިންސާފުވެރި ސަބަބަކަށްކަމާއި، މި ގޮތުން މި މައްސަލައިގެ ޙަވާލާދެވޭ ހއ.ދޮނަކުޅީގެ ޔޮޓް މެރީނާގެ
ބީލަމާއި
އާއި ގުޅޭ ގޮތުން ފެންނަން ހުރި ލިޔެކިޔުންތަކުގެ މައްޗަށް ބަލާއިރު، މިބީލަމާއި ގުޅޭގޮތުން ދީފައިވާ
އިންސްޓްރަކްޝަން ޓު ބިޑާރސް ގައި ބީލަން ވަޒަން ކުރާނެ ގޮތް ބަޔާންކުރުމަށްފަހު އަދި
.ލްޑް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/21?
11 ޤަޟިއްޔާ ނިމުނު 1
مری
ވަޒަން ކުރުމުގައި އެންމެ މަތިން މާރކްސް ލިބޭ ފަރާތަކަށް އެތަން އެވޯޑު ކުރުން ލާޒިމް ނޫންކަމަށް
ބަޔާންކުރުމަށްފަހު، މިރަށް ޙަވާލުކުރެވޭ އެގްރީމެންޓްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަސްއޫލިއްޔަތު ތައް
އަދާ ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަން ކުރުމަށްފަހު ކުރިން އެންމެ މަތިން މާރކްސް ލިބުނު
ކަމަށް ކަނޑައަޅާފައި އޮތް ފަރާތަށް ރަށް އެވޯޑު ކުރުން ސަރުކާރަށް ލާޒިމް ނޫންކަމަށް ބަޔާންކޮށްފައި
އޮތުމުން، އެގްރީމެންޓްގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަސްއޫލިއްޔަތު ތައް އަދާ ކުރުމުގެ ޤާބިލުކަން ހުރި
މިންވަރު ވަޒަން ކުރެވުނު ގޮތަކީ ޢަދުލުވެރި އަދި އިންސާފުވެރި ގޮތަކަށް ވުން ލާޒިމްކަމާއި، މި ގޮތުން
ބަލާއިރު، ހއ.ދޮނަކުޅީގައި ޔޮޓް މެރީނާ ތަރައްޤީ ކުރުން އެވޯޑުކޮށްފައިވަނީ މި ބީލަން އިވެލުއޭޓް
ކުރުމަށްފަހު މާރކްސް ލިބުނު ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާރކްސް ލިބުނު
ފަރާތްކަމަށްވާ ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑާއި ކަމާއި، ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑާއި މިރަށް
އެވޯޑުކުރުމަށް ނިންމާފައިވަނީ އިވެލުއޭޓް ކުރުމަށް ކަނޑައެޅުނު ކޮމެޓީގެ ނިންމުމަކުން ކަމާއި، މި
ނިންމުން ނިންމާފައިވަނީ އެކޮމެޓީގެ އިއްތިފާޤުންކަމާއި، ބިޑް އިވެލުއޭޓްކުރުމުގައި އޭ.ޑީ.ކޭ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް އެންމެ މަތިން މާރކްސް ލިބުނު ކަމުގައިވީ ނަމަވެސް އެފަރާތަށް ރަށް އެވޯޑު ނުކޮށް
ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑާއި ރަށް ޙަވާލުކޮށްފައިވާ ސަބަބަކީ ބީލަމަށް މާރކްސް ދެވޭ ހަތަރު ބައިގެ
ތެރެއިން ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑަށް ވުރެ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ގިނައިން
މާރކްސް ލިބިފައިވަނީ ހަމައެކަނި ކުއްޔަށް Rent އަށްކަމަށްވެފައި، އަނެއް ތިން ބައިކަމުގައިވާ
ތަރައްޤީކުރުމަށް ވިސްނާފައިވާ ގޮތް Development Concept އާއި، ތިމާވެއްޓާއި ބެހޭ ކަންތައްތަކާއި
Environmental Aspects އަދި ވިޔަފާރި ރާވާފައިވާ ގޮތް Business Plan އަށް ބަލާއިރު، ގިނަ
މާރކްސް ލިބިފައިވަނީ ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑަށް ކަމަށްވާތީ، ޤާބިލުކަން ހުރި ފަރާތެއްކަމަށް
ސަރުކާރުން ޤަބޫލުކޮށްފައިވާ ފަރާތަކީ ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑުކަމުގައިވާތީ ކަމަށް ދައުލަތުގެ
ފަރާތުން ބުނެފައިވާއިރު، އެގޮތުގެ މަތިން ޓަރކޮއިސް ޕްރައިވެޓް ލިމިޓެޑަށް މާރކްސް ތައް ލިބިފައި
ހުރިކަން ބިޑް އިވެލުއޭޝަން ރިޕޯޓުން ފެންނަން އޮންނަކަމާއި، ދައުލަތުގެ ފަރާތުން ފާހަގަކުވީއިޖޭގެ ޤަކީ
&
24 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
¢ ¢3
2{12/HC-A/21
کی مرکی
ދެވެ
ގޮތެއް ކަމުގައި
22
2 4ހ22
ނެބެލެވޭކަމެވެ.
ހ2 2 ބ
އަހރނ
"ދިވެހިން186 ހައިކޯޓް
12 ޤަޟިއްޔާ ނިމުނު ގޮ
ސަބަބުގެ މައްޗަށާއި ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ބަލާއިރު، އެގްރީމެންޓްގެ ދަށުން ފުރިހަމަ ކުރަން
ޖެހޭ މަސްއޫލިއްޔަތު ތައް އަދާ ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަން ކުރެވުނު މިގޮތަކީ ޢަދުލުވެރި
އަދި އިންސާފުވެރި ނޫން ގޮތެއް
ވީމާ، އިސްވެ ބަޔާންކުރެވުނު މިކަންކަން މިގޮތުގެ މަތިން ހުރުމުން މިމައްސަލައިގައި
ރައުޔަކީ ސިވިލްކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމެވެ.
ދެވަނަ އަޣުލަބިއްޔަތު ރައުޔު: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި، އިސްފަނޑިޔާރު އަޙްމަދު ޝަރީފްގެ
ރައުޔާއި، އެރަޢުޔު ބިނާކުރެވިފައިވާ އަޞާޞްތައް:
(ހ) ފުރަތަމަ ކަމަކީ: ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރަންވާނީ، ޓޫރިސްޓް ރިޒޯޓު
ހެދުމަށް ރަށްރަށާއި ބިން ދޫކުރުމަށް ޤާނޫނުނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގައި
ބަޔާންކޮށްފައިވާ ގޮތެއްގެ މަތިންކަމަށާއި، އަދި ޓޫރިސްޓް ރިޒޯޓުތަކާމެދު ޢަމަލުކުރުމަށް އެޤާނޫނުގައި
ހިމަނާފައިވާ މާއްދާތައް ޔޮޓު ބަނދަރުތަކުގެ މައްޗަށްވެސް ހިނގާނެކަމަށް އެޤާނޫނުގެ 26 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ރަށް ރަށާއި ބިން ކުއްޔަށް ދޫކުރަންވާނީ މިނިސްޓްރީ
އޮފް ޓޫރިޒަމުން ޢާންމުކޮށް އިޢުލާނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ
ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށްކަމަށް އެޤާނޫނުގެ 5 ވަނަމާއްދާގައި ބަޔާންކޮށްފައި އޮތުމުން
ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށްޓަކައި، 15 ސެޕްޓެމްބަރ 2002 ގައި މިނިސްޓްރީ
އޮފް ޓޫރިޒަމުން ބިޑަށް ހުޅުވާލި ހުޅުވާލުމަކީ ޔޮޓް ބަނދަރު ތަރައްޤީކުރުމަށް ރަށްރަށާއި ބިންދޫކުރުމަށް
އެޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފުކަމެއްކަމަށް ޤަބޫލުނުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/21
و مری
ދެވެ
;
(ށ) ދެވަނަ ކަމަކީ: ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށްޓަކައި، 15
ސެޕްޓެމްބަރ 2002 ގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ބިޑަށް ހުޅުވާލިކަމާއި، އެބިޑާގުޅޭ ގޮތުން
ޢަމަލުކުރެވޭނޭ އުޞޫލުތައް އިންސްޓްރަކްޝަން ޓު ބިޑާރސް (އައ.ޓީ.އީ) ގައި ބަޔާންކޮށްފައިވާކަމާއި،
މިގޮތުން ބިޑުތަކަށް މާރކްސް ދެވޭނީ 4 (ހަތަރެއް، ދާއިރާއިންކަމާއި، އެއީ ކުއްޔަށް 40 މާރކްސް؟
ވެލޮޕްމަންޓް ކޮންސެޕްޓަށް 20 މާރކްސްގެ އެންވަޔަރަންމަންޓަލް އެސްޕެކްޓަށް 20 މާރކްސްގެ އަދި
ބިޒްނަސް ޕްލޭނަށް 20 މާރކްސްގެ ކަމާއި، މިހަތަރު ބައިން މެރިޓް އުސޫލުން އެންމެ މަތީ މާރކްސް ލިބޭ
ފަރާތަކީ އެންމެ ރަނގަޅު ބިޑެއް ހުށަހެޅި ފަރާތްކަމާއި، ހުށަހެޅޭ ބިޑުތަކުގެ ތެރެއިން އެންމެ ރަނގަޅު
ބިޑެއް ހުށަހެޅި ފަރާތަކީ، ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓްގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތު
ތަންފީޒުކުރުމުގައި، ދިވެހިސަރުކާރުން ޤަބޫލުކުރާ މިންވަރަށް ޤާބިލުކަން ހުރި ފަރާތެއްކަމަށް ކަނޑައެޅުމުގެ
އިޚްތިޔާރު ސަރުކާރަށް ލިބިގެންވާކަމާއި، ބިޑަށް ލިބޭ މާރކްސް ތަކަށް ރިޢާޔަތްކޮށް އެންމެ މަތިން
މާރކްސް ލިބޭ ފަރާތަކީ، ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭނެ މަސްއޫލިއްޔަތު
އަދާކުރުމުގައި އެކަށީގެންވާ މިންވަރަށް ޤާބިލުކަން ހުރި ފަރާތެއްކަން ކަނޑައެޅުމުގައި އެފަރާތުގެ ފަންނީ
އަދި މާލީ ޤާބިލިއްޔަތު ހުރިކަން ނުވަތަ ނޫންކަން ސަރުކާރުން ވަޒަންކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަން
އައި.ޓީބީގެ 21.3 އާއި 21.4 އާއި 24.1 އަދި 24.2 އިން އެނގޭކަމާއި، ހުށަހެޅޭ ބިޑުތަކުގެ ތެރެއިން
އެންމެ ރަނގަޅު ބިޑެއް ހުށަހެޅި ފަރާތަކަށް ކޮންޓްރެކްޓް ދިނުމުގައި، އެފަރާތަކީ އެކޮންޓްރެކްޓުގެ ދަށުން
ފުރިހަމަކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިސަރުކާރަށް ޤަބޫލުކުރެވޭ މިންވަރަށް ޤާބިލުކަން ހުރި
ފަރާތެއްކަމަށް ވާންޖެހޭކަން އައި.ޓީ.ބީގެ 25.1 އަށް ބެލުމުން އެނގޭކަމާއި، އައި.ޓީ.ބީގައި ބަޔާންކޮށްފައިވާ
އުސޫލުތަކުގައިވާ ގޮތުގެމަތިން ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށް 5 (ފަހެއް)
ފަރާތަކުން ބިޑުކޮށްފައިވާކަމާއި، އެބިޑުތައް އިވެލުއޭޓްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ 30 ޖެނުއަރީ
2003 ގައި ކޮމެޓީއެއް އެކުލަވާލާފައިވާ ކަމާއި، އެކޮމެޓީން އެބުޑުތައް އިވެލުއޭޓްކުރުމަށްފަހު، 06
02
oooox
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471(*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/21
14 ޤަޟިއްޔާ ނިމުނު ގޮތު
و مری
=32
ފެބްރުއަރީ 2003 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބިޑްތަކަށް މާރކްސް ދީ، ބިޑްތައް ތަރުތީބު
ކޮށްފައިވަނީ:-
1- އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޖުމްލަ 86.665 މާރކްސް؟
2- ޓަރކުއިސް ޕްރައިވެޓް ލިމިޓެޑް ޖުމްލަ 83.723 މާރކްސް؟
3- އަލްފާޟިލް މުޙައްމަދު ޢާދިލް ޖުމްލަ 70.205 މާރކްސްގެ
4 ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް ޖުމްލަ 65.544 މާރކްސްގެ
5- އަލްފާޟިލް ޢުމަރު މުޙައްމަދު މަނިކު ޖުމްލަ 59.607 މާރކްސްގެ
މިގޮތުގެމަތިން ކަން އެނގޭކަމާއި، އެމާރކްސްތަކަށް ބަލައި، ހުށަހެޅި ބިޑުތަކުގެ ތެރެއިން
އެންމެ ރަނގަޅު ބިޑެއް ހުށަހެޅި ފަރާތަކީ، އެބިޑުތަކުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްކަމަށް ކަނޑައަޅާފައިވާކަން އެރިޕޯޓުގެ 10 ނަންބަރަށް ބެލުމުން އެނގޭކަމާއި
އަދި އެރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަމަށް އެކޮމެޓީން އިއްތިފާޤުވެފައިވާ ރިޕޯޓެއްކަންވެސް އެނގެން
އޮންނަކަމެވެ.
3 3 3 3
(ނ) ތިންވަނަ ކަމަކީ: ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށް ބިޑު
ކުރުމަށް ސަރުކާރުން ހުޅުވާލުމާ ގުޅިގެން ބިޑު ކުރި ފަރާތްތަކުގެ ބިޑުތައް އިވެލުއޭޓްކުރުމަށް ފަހު، 06
ފެބްރުއަރީ 2003 ގައި ތައްޔާރުކޮށްފައިވާ ބިޑް އިވެލުއޭޓްކުރި ކޮމެޓީގެ ރިޕޯޓުގެ 11 ވަނަ ނަންބަރުގައި
މުސްތަޤުބަލުގައި އެފަދަ ބިޑްތަކުގައި ޢަމަލުކުރަން ފެންނަ ގޮތުގެ އިރުޝާދުތަކެއް ދީފައިވާކަން އެނގެން
އޮންނައިރު، 23 ފެބްރުއަރީ 2008 ދުވަހުގެ 4:30 ގައި މިނިސްޓްރީ އޮފް ޓޫރިޒަމަށް އިވެލުއޭޝަން
ކޮމެޓީ ޙާޟިރުކޮށް، ބޭއްވުނު ބައްދަލުވުމުގައި އެރިޕޯޓުގެ 11 ވަނަ ނަންބަރުގައި އެކޮމެޓީން ދީފައިވާ
އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް، ކޮންޓްރެކްޓް ހަވާލުކުރުމާބެހޭ ގޮތުން އިރުޝާދު ދިނުމަށް މިނިސްޓަރ
oooox
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: h316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
15 ޤަޟިއްޔާ ނިމުނު "
کی عمری
2012/HC-A/21
=32
ހި x
OX
އޮފް ޓޫރިޒަމް އޮނަރަބްލް އަލްފާޟިލް ޙަސަން ޞާބިރު އެދިވަޑައިގެން
އިގެންނެވުމުން، އެއިރުޝާދުތަކުގެ މައްޗަށް
ބިޑުކުރި 5 (ފަހެއް) ފަރާތް ރޭންކްކޮށްފައިވާ ކަމާއި، އެގޮތުން:-
ރޭންކް 1: ޓަރކުއިސް ޕްރައިވެޓް ލިމިޓެޑް ;
ރޭންކް 2: ސަންލޭންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ
ރޭންކް 3: އަލްފާޟިލް މުޙައްމަދު ޢާދިލް؛
ރޭންކް 4: އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރޭންކް 5: އަލްފާޟިލް ޢުމަރު މުޙައްމަދު މަނިކް،
ކަން އެނގޭކަމާއި، އެއިރުޝާދުގައިވާ ގޮތުގެމަތިން ބިޑުތައް ރޭންކް ކުރުމުން އެންމެ
ރަނގަޅު ބިޑެއް ހުށަހެޅި ފަރާތަކީ ޓަރކުއިސް ޕްރައިވެޓް ލިމިޓެޑުކަމާއި، އެގޮތަށް ބިޑް ހުށަހެޅި ފަރާތްތައް
ރޭންކް ކުރުމަކީ އިވެލުއޭޝަން ކޮމެޓީން 06 ފެބްރުއަރީ 2005 ގައި ނިންމާފައިވާ ރިޕޯޓަށް ގެނައި
އިސްލާހެއް، އަދި އެރިޕޯޓަށް އިތުރުކުރި ބައެއްނޫންކަން އެނގެން އޮންނަކަމެވެ.
،
02c22
(ރ) ހަތަރުވަނަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށް ހުޅުވާލި
ބީލަމާ ގުޅިގެން ހުށަހެޅި ބިޑުތައް އިވެލުއޭޓް ކުރާނެ ގޮތާއި މާރކްސް ދޭނެ ގޮތާއި، ހުށަހަޅަންޖެހޭ
މަޢުލޫމާތާއި ލިޔުންތަކާއި، ބިޑް ކާމިޔާބުކުރާ ފަރާތް ކަނޑައަޅާނެ ގޮތާއި، ރަށް ހަވާލުކުރާނެ
ފަރާތްކަނޑައަޅާނެ އުސޫލުތައް ބަޔާންކޮށްފައިވަނީ އައި.ޓީ.ބީ.ގައި ކަމާއި، މިގޮތުން ބިޑުތަކަށް މާރކްސް
ދިނުމަށް ކަނޑައަޅާފައިވާ 4 (ހަތަރެއް) ބައިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކީ އޭޑީކޭ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑު ކަމާމެދު ދެބަސްވުމެއް ނެތްކަން އެނގޭކަމާއި، ނަމަވެސް ބިޑްކުރި ރަށް އޭޑީކޭ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުނުކުރީ ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓުގެ ދަށުން ފުރިހަމަކުރަންޖެހޭ
މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިސަރުކާރަށް ޤަބޫލުކުރެވޭ މިންވަރަށް ޤާބިލުކަން ހުރި ފަރާތަކާ އެ
ކޮންޓްރެކްޓް ހަވާލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިދީފައިވާތީ، މާރކްސް ދިނުމަށް ކަނޑައަޅާފައިވާ ގެ ކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/217
مری
=32
2 20
"ދިވެހިން&ގެ ހައިކޯ"
16 ޤަޟިއްޔާ ނިމުނު "
ހަތަރު ބައިގެ ތެރެއިން ޑިވެލޮޕްމަންޓް ކޮންސެޕްޓާއި، އެންވަޔަރު
ވަޔަރަންމަންޓް އެސްޕެކްޓާއި، ބިޒްނަސް ޕްލޭނާ
މިތިން ބައިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކީ ޓަރކުއިސް ޕްރައިވެޓް ލިމިޓެޑުކަމާއި
އެކުންފުންޏަކީ، ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތު
އަދާކުރުމުގައި އެންމެ ޤާބިލުކަން ހުރި ފަރާތްކަމަށް ސަރުކާރުން ޤަބޫލުކޮށްފައިވާ ފަރާތްކަމަށް ދައުލަތުގެ
ފަރާތުން ބުނެފައިވާއިރު، ބިޑްތައް އިވެލުއޭޓް ކުރުމުގައި މާރކްސް ދިނުމަށް ބެލެވުނު ހަތަރު ބައިގެ
ތެރެއިން ވަކި ވަކި ބައިތަކެއް ބަލައި އެބައިތަކުން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކީ އެންމެ
ޤާބިލުފަރާތްކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު އައި.ޓީ.ބީގެ ދަށުން ދަޢުލަތަށް ލިބިދީފައިނުވާކަން
އެނގޭކަމާއި، އަދި އެންމެ ޤާބިލުފަރާތްކަމަށް ކަނޑައެޅުމުގައި އެބައިތަކުގެ ތެރެއިން ވަކިބައިތަކަކަށް
ބަލަންޖެހޭ އުސޫލެއް އަދި ޤާނޫނީ ހަމައެއް ދަޢުލަތަށް ދެއްކިފައި ނުވާކަން އެނގޭކަމާއި، އެހެނީ
އެއާއިގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ އެންމެހައި އުޞޫލުތައް ބަޔާންކޮށްފައިވަނީ އައި.ޓީ.ބީ.ގައި ކަމާއި،
އައި.ޓީ.ބީ. ގައި ބަޔާންކޮށްފައިވާ އުޞޫލުގެ މަތިން އެންމެ މަތީ މާރކްސް ލިބޭ ފަރާތަކީ، ކޮންޓްރެކްޓްގެ
ދަށުން ފުރިހަމަ ކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި ފަރާތްތޯ ނުވަތަ ނޫންތޯ
ކަނޑައެޅުމުގައި ދިވެހިސަރުކާރުން ބަލަންޖެހޭނީ އެފަރާތުގެ ފަންނީ އަދި މާލީ ޤާބިލިއްޔަތު ހުރި
މިންވަރެއްގެ މައްޗަށްކަން އައި.ޓީބީގައި ބަޔާންކޮށްފައިވާކަން އެނގެން އޮތްނަމަވެސް، މިމައްސަލާގައި
ދިވެހިސަރުކާރުން ޢަމަލުކޮށްފައިވަނީ އެއުސޫލާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭކަމެވެ.
•) ފަސްވަނަ ކަމަކީ: މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ އެކަ
ރަނގަޅު އަގެއް ހޯދުމަށް ނުވަތަ އެޕްރޮޖެކްޓް ހިންގުމަށް އެންމެ ރަނގަޅު ފަރާތެއް ހޯދުމަށްޓަކައި، ކުރިން
އެންގިފައިވާ މަޢުލޫމާތާއި އިރުޝާދުތަކާ އެއްގޮތް ވާ ގޮތުގެމަތިން ހުށަހަޅާ ބިޑު އިވެލުއޭޓްކުރުމާއި، ބިޑު
ކާމިޔާބުކުރާ ފަރާތް ކަނޑައެޅުމާއި އެފަރާތާ ކޮންޓްރެކްޓް ހަވާލުކުރެވޭނޭ ގޮތާއި ބިޑުކުރި ފަރާތެއްގެ
ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައަޅައި ބިޑެއް ބަލައި ނުގަތުމުގެ އުސޫލުތައް ބިޑިންގ ޑޮކިއުމަންޓުތަކުގަ
2ތ&2ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471( *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2{12/HC-A/217
17 ޤަޟިއްޔާ ނިމުނު
ملي تي سي یری
=32
OXO
2
4 22
0x0
ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބީލަން ހުށަހެޅުމަށް ދެވޭ ދަޢުވަތަށް އިޖާބަދީގެން ހުށަހެޅުމެއް ހުށަހަޅާ
ފަރާތުގެ ހުރިހާ ސަމާލުކަމެއްވެސް ގެންގުޅޭނީ ހަމައެކަނި ހުށަހެޅުމަށް ދިން ދަޢުވަތާ އެއްގޮތްވާ
ގޮތުގެމަތީން އެހުށަހެޅުން ހުށަހެޅުމަށް ކަމާއި، ހުށަހެޅުމަށް ދަޢުވަތު ދިންފަރާތުން ވަކި ނުކުތާއަކާ
ދޭތެރޭގައި ޚިޔާލުކޮށްފާނެ ގޮތަކާ ދޭތެރޭގައި ހުށަހެޅި ފަރާތުގެ ސަމާލުކަމާއި ވިސްނުން ގެންގުޅެން ޖެހޭނެ
އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 139/HC
-
A/2005
ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަމާއި، ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީ ކުރުމަށް
ސަރުކާރުން ދިން ދަޢުވަތާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ވިސްނުމާއި ހުށަހެޅުން ވެސް
ބިނާކުރެވިފައިވާނީ، އެބިޑު ހުށަހެޅުމަށް އައި.ޓީ.ބީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ މައްޗަށް ކަމަށް
ޤަބޫލުކުރެވޭކަމާއި، އައި.ޖީ.ބީގައި ބަޔާންކުރެވިފައިވާ އުސޫލުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބިޑު
އިވެލުއޭޝަން ކޮމެޓީން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އޭ.ޑީ.ކޭ. ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުކަމަށް ކަނޑައަޅާފައިވާކަން އެކޮމެޓީގެ ރިޕޯޓުން އެނގޭކަމާއި، ހުށަހަޅާ ރަށް ހަވާލުކުރެވޭ
ކޮންޓްރެކްޓުގެ ދަށުން ފުރިހަމަކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިސަރުކާރަށް ޤަބޫލު
މިންވަރަށް ޤާބިލުކަން ހުރި ފަރާތަކާ ކޮންޓްރެކްޓް ހަވާލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް
ލިބިދީފައިވީނަމަވެސް، އެފަރާތުގެ ޤާބިލުކަން ބެލުމަށްޓަކައި އައި.ޓީ.ބީގައި ކަނޑައަޅާފައިވާ އުސޫލުގެ
އެހެން ކަންތައްތަކެއްގެ މައްޗަށް ބަލައި ބިޑު ހަވާލުކު އިންސާފުވެރި ގޮތެއްކަމަށް
ޤާބިލިކަރވެ
0 32c
22
92 42ހ2 2
ޤަބޫލުނުކުރެވޭކަމެވެ"
(ވ) ހަވަނަ ކަމަކީ، ތިލަދުންމަތީ އުތުރުބުރީގައި މެރީނާއެއް ތަރައްޤީކުރުމަށް ހުޅުވާލި
ބީލަމާ ގުޅިގެން ހުށަހެޅި ބިޑުތަކުގެ ތެރެއިން އެންމެ ގިނަ މާރކްސް ލިބުނު ފަރާތަކީ އޭޑީކޭ ކޮމްޕެނީ
ރައިވެޓް ލިމިޓެޑުކަމަށް ކަނޑައަޅާފައިވަނިކޮށް، އަދި ބިޑުކުރި ރަށް ހަވާލުކުރެވޭ ކޮންޓްރެކްޓުގެ ދަށުން
ފުރިހަމަކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހިސަރުކާރަށް ޤަބޫލުކުރެވޭ މިންވަރަށް ޤާބިލުކަން ހުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18 ޤަޟިއްޔާ ނިމުނު "
4, 2
=32
2012/HC-A/21
کی مری
ފަރާތަކާ އެ ކޮންޓްރެކްޓް ހަވާލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިދީފައިވީނަމަވެސް، އެއިޚްތިޔާރުގެ
ބޭނުން ސަރުކާރުންކޮށްފައިވަނީ، އައި.ޓީ.ބީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުގެ ދާއިރާއިން
ބޭރުންކަމަށް ޤަބޫލުކުރެވޭތީ،
ދޮނަކުޅީގައި މެރީނާއެއް ތަރައްޤީކުރުމަށް ބިޑްކުރި ފަސްފަރާތުގެ
ތެރެއިން އެންމެ ގިނަ މާރކްސް ލިބުނުފަރާތަކީ އޭ.ޑީ.ކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުކަމަށް ބިޑް
އިވެލުއޭޓްކުރި ކޮމެޓީގެ އިއްތިފާޤުން ކަނޑައަޅާފައިވަނިކޮށް، އެއަށްވުރެ ދަށް މާރކްސް ލިބުނު ފަރާތަކާ
ރަށް ހަވާލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ޓޫރިޒަމަށް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުން
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް އޮތްކަމަށް
ނުފެންނަކަމެވެ.
އެކުމް:
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/681 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް
އޮތްކަމަށް ނުފެންނަކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv