ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/136 ޤަޟިއްޔާގެ ޙުކުމް
1
2{012/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
s
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 36
1/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޒާހިރު
އައިޑީ ކާޑު ނަންބަރު: A049693
ދާއިމީ އެޑްރެސް: ހެޕީވިންޑް | ހއ. ބާރަށް
މިހާރުގެ އެޑްރެސް: ދަނބުގެ / ހއ. ބާރަށް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް: ވެލާނާގެ / ކ. މާލެ
މިހާރުގެ އެޑްރެސް: ވެލާނާގެ | ކ. މާލެ
ރަޖިސްޓްރީ ތާރީޚް: 15 ޖުމާދަލްއާޚިރާ 1433
މެއި
، ނިމުނު ތާރީޚް: 22 ޖުމާދަލްއާޚިރާ 1439
މެއި
06
2012
02
2013
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން
ހުށަހެޅި ތާރީޚް: 01.12.2011
* ނިމުނު ތާރީޚް: 15.03.2012
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{012/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/245 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ. ބާރަށް | ހެޕީވިންޑް މުޙައްމަދު ޒާހިރުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން އެވެ.
2 0 /
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/245 ޤަޟިއްޔާގައި، ސިވިލް
ސަރވިސް ކޮމިޝަނަށް މައްސަލަ ރައްދުވާ ގޮތަށް ބާރަށް | ހެޕީވިންޑް މުޙައްމަދު ޒާހިރުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 16 ޖޫން 2011 ގައި ހުށަހެޅިގެން ބެލެވުނު އެޓްރައިބިއުނަލުގެ ނަންބަރު
2011/VTR/83 މައްސަލަ 14 ސެޕްޓެމްބަރ 2011 ގައި އެޓްރައިބިއުނަލުން ނިންމަވައި މައްސަލަ ރައްދުވި
ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައި ވީހިނދު، އެމައްސަލައިގައި ނިންމަވާފައިވާ ނިންމުމަށް
އެކޮމިޝަނުން ޢަމަލުކޮށްފައިނުވާތީކަމަށް ބުނެ، އެނިންމުން ތަންފީޛުކުރުމަށާއި އަދި އެނިންމުން ތަންފީޛުކުރުން
ލަސްވުމުގެ ސަބަބުން މުޙައްމަދު ޒާހިރަށް ލިބުނު ގެއްލުމުގެ ބަދަލާއި މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމާއި
ގުޅިގެން ރާއްޖެ ތެރެއިން އައިސް މާލޭގައި ހުންނަންޖެހުމުގައި މުޙައްމަދު ޒާހިރުގެ އަތުން ޚަރަދުވާ ފައިސާއާއި
މިމައްސަލައިގައި މުޙައްމަދު ޒާހިރުގެ ފަރާތުން ވަކާލާތުކުރުމަށް
ވަކާލާތުކުރުމަށް ޢައްޔަންކުރެވުނު ޤާނޫނީ ވަކީލުގެ ޚަރަދަށްވާ
ފައިސާ ސިވިލް ސަރވިސް ކޮމިޝަނުން ނަގައިދިނުމަށް އެދި، 1 ޑިސެމްބަރ 2011 ގައި ސިވިލް ސަރވިސް
ކޮމިޝަނުގެ މައްޗަށް ހއ. ބާރަށް / ހެޕީވިންޑް މުޙައްމަދު ޒާހިރު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، "...ދެންފަހެ، ބާރަށް ދަނބުގެ މުޙައްމަދު ޒާހިރު
(ދ.ރ.ކާޑް: A049693) ގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ކުޅު މިދަޢުވާއަށް ބެލިއިރު،
ދަޢުވާކުރާ ފަރާތުގެ ބަދަލުގެ ގޮތުގައި ޢައްޔަނުކޮށްފައިވާ ޙުސައިން ވަޙީދަށް ކޯޓުގެ ނަންބަރު:
8
/
2012
/
909-B
-
CR (05 މާރޗް 2012) ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން، ޙުސައިން ވަޙީދު ވަނީ
ރާއްޖެއިން ބޭރަށް ގޮސްފައިކަމަށް ކޯޓަށް މަޢުލޫމާތު ލިބިފައިވާތީ، ޙުސައިން ވަޙީދު ރާއްޖެ އޭގެ ބޭރަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/136
ގޮސްފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާ
ކުރާނެގޮތުގެ ޤަވާޢިދުގެ 23 ވަނަ މާއްދާއާއި ޚިލާފަށް
ކޯޓުގެ ހުއްދަ ނުހޯދައިކަމުން، ދަޢުވާކުރާ ފަރާތުން ޙާޟިރުވެފައިނުވާތީ، ދަޢުވާ ބާޠިލުކުރުންއެދި ދަޢުވާލިބޭ
ފަރާތުން ބަޔާންދީފައިވާތީ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 116 ވަނަ މާއްދާގެ 2 ގެ
ދަށުން މިއަދު 2012 ފެބްރުއަރީ 23 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ކުރިން މިމައްސަލަ އަލުން
ހުށަނޭޅޭގޮތަށް މައްސަލައިގެ ފޯމު ބާޠިލުކޮށް.." ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ. ބާރަށް | ހެޕީވިންޑް މުޙައްމަދު ޒާހިރުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޒާހިރު އަދާކުރަމުން އައި ވަޒީފާއިން 2009 ވަނަ އަހަރު
އޮކްޓޯބަރ މަހުން ފެށިގެން އޭނާއަށް ލިބެންޖެހޭ ވަޒީފާއާއި މުސާރައާއި އިނާޔަތް އޭނާއަށް ދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވައި ސިވިލް ސާރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައިވާ މައްސަލަ
ތަންފީޒުކޮށްދެއްވުމަށް މުޙައްމަދު ޒާހިރު ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ކޯޓަށް
މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާއާއި އެއްގޮތަށް ފުރުމުގެ ކުރިން ހުއްދަ
ހޯދުމަށް ދިވެހިރާއްޖޭގެ ސިވިލް ކޯޓުގައި ދަޢުވާކުރާ ފަރާތުގެ ބަދަލު ހަމަޖައްސާފައިވާ ޙުސައިން ވަޙީދު
އެދިފައިވީނަމަވެސް، އެކަމަށް ކޯޓުން ޖަވާބެއް ދެއްވުމަކާއިނުލައި، އަދި އެލިޔެކިއުންތަކަށް ރިޢާޔަތް
ކުރެއްވުމެއްނެތި ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ
މާއްދާއާއި ދަޢުވާކުރާ ފަރާތުން ޚިލާފުވެފައިނުވާއިރު، އެމާއްދާއާއި ޚިލާފުވެފައިވާކަމަށް ބަޔާންކުރައްވައި ދަޢުވާކުރާ
ފަރާތުން ހުށަހެޅި މައްސަލަ 180 ދުވަހަށްވުރެ ގިނަ ދުވަހަށް އިންސާފު ލިބިގެން ދިއުމުން އެއްކިބާކުރުވައި،
ޢާއިލާއަށާއި އަމިއްލައަށް އާމްދަނީ ހޯދުމަށް މުޙައްމަދު ޒާހިރު އަދާކުރަމުން އައި ވަޒީފާއިން 2009 ވަނަ އަހަރު
އޮކްޓޯބަރ މަހުން ފެށިގެން އޭނާއަށް ލިބެންޖެހޭ ވަޒީފާއާއި ވަޒީފާގެ މުސާރައާއި އިނާޔަތް އޭނާއަށް ދިނުމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިޔާ ކަނޑައަޅުއްވައި ސިވިލް ސަރވިސް ކޮމި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{012/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
6
އަމުރުކުރައްވާފައިވާ މައްސަލަ ތަންފީޒުކޮށް ދެއްވުމަށް މުޙައްމަދު ޒާހިރު ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި
މައްސަލައަށް އެކޯޓުން އިންސާފު ހޯއްދަވައި ދެއްވުމުގައި ބައްލަވަންވީ މިންވަރަށް ބެއްލެވުމެއްނެތި، ހަމައެކަނި
ދަޢުވާލިބޭ ސިވިލް ސަރވިސް ކޮމިޝަނުގެ އެދުމުގެ މަތިން މައްސަލަ ބާޠިލުކުރައްވައި 6 (ހައެއް) މަސްދުވަހަށް
ސަސްޕެންޑްކުރައްވާފައިވާކަމަށާއި އަދި މިމައްސަލަ ތަންފީޒުކުރުމަށާއި އިންސާފު ހޯދުމަށް ދާނޭ އެހެން އިތުރު
އިދާރާއެއް ނުވަތަ ފަނޑިޔާރުގެއެއް ނެތްއިރު، ޤާނޫނާއި ގަވާއިދާއި އެއްގޮތަށް ދަޢުވާކުރާ ފަރާތުން
ޢަމަލުކޮށްފައިވަނިކޮށް، ޤާނޫނާ ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ފާހަގަކޮށް ޙުކުމްކުރައްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދަޢުވާކުރު
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ފަރާތުގެ ބަދަލު
ހަމަޖައްސާފައިވާ ފަރާތުން އެކޯޓަށް ހުށަހެޅި ލިޔެކިއުންތަކަށް ރިޢާޔަތް ކުރެއްވުމަކާނުލައި، އިދާރީ ގޮތުން
އެޅުއްވި މިފިޔަވަޅަކީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނާއި ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް
އަޅުއްވާފައިވާ ފިޔަވަޅެއް ނުވަތަ ކުރައްވާފައިވާ ޙުކުމެއްކަމުގައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 02c
ބޮއެވެ
• ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ޙުކުމްގައި ބަޔާންކުރައްވާފައިވާ ތާރީޚާއި، 6
ދިހައެއް) މަސް ދުވަހަށް މައްސަލަ ހުށަނޭޅޭގޮތަށް ބާޠިލުކުރެއްވި ތާރީޚާއި ދިމާނުވާތީ، މައްސަލައިގެ އަޑުއެހުން
ތާރީޚުތަކާއިމެދު އޮޅުން އަރާފައިވާކަމާއި އަދި މިމައްސަލައިގެ އަޑުއެހުން 20 މާރޗް 2012 އަށް
ފަސްކުރައްވާފައިވާކަމުގައި ކޯޓުން 13 މާރޗް 2012 ގައި ދަޢުވާކުރާ ފަރާތަށް ގުޅުއްވައި ވިދާޅުވެފައިވާއިރު،
އެތާރީޚުގައި އަޑުއެހުން ނުބާއްވަވައި، މިޙުކުމް ކަނޑައަޅުއްވާފައިވާ ގޮތް ސާފުނުވުމުން، ޙުކުމް
ކަނޑައެޅުއްވުމުގައި އޮޅުންތަކެއް އަރާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ ޙުކުމަށާއި، މިމައްސަލައާ
ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނީފީ ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/136
ހއ. އަތޮޅު
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245
ޤަޟިއްޔާގައި ހއ. ބާރަށް | ހެޕީވިންޑް މުޙައްމަދު ޒާހިރު 16 މެއި 2007 އިން ފެށިގެން
އޮފީހުގެ "ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާ" ކަމުގެ މަޤާމް އަދާކުރަމުން ދަނިކޮށް 15 އޮކްޓޯބަރ 2009 ގައި
ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވާތީވެ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މުޙައްމަދު ޒާހިރަށް
ލިބެންޖެހޭ ވަޒީފާއާއި ވަޒީފާއާބެހޭ އެންމެހައި ކަންކަން 15 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށްފަހު އެކަންކަން
ހަމަޖެހޭތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/83 މައްސަލައިގެ ނިންމުމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ
މައްޗަށް އަމުރުކޮށްފައިވާތީވެ، އެމައްސަލަ ތަންފީޒުކޮށްދެއްވުމަށް އެދި 01 ޑިސެމްބަރ 2011 ގައި މުޙައްމަދު
ޒާހިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އިސްވެ ފާހަގަކުރެވުނު ޤާޟިއްޔާ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް އެކޯޓަށް ޙާޟިރުވުމަށް
މުޙައްމަދު ޒާހިރުގެ ބަދަލުގައި ހަމަޖައްސާފައިވާ ފަރާތްކަމުގައިވާ ޙުސައިން ވަޙީދު، ކޯޓަށް މީހުން
ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާއާއި ޚިލާފަށް ކޯޓުގެ ހުއްދަ ނުހޯދައި
ރާއްޖެއިން ބޭރަށް ގޮސްފައިވާތީވެ، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 116 ވަނަ މާއްދާގެ 2
އަށް ރިޢާޔަތްކުރައްވައި މައްސަލަ އިދާރީގޮތުން ބާޠިލުކުރައްވާފައިވާކަން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ ޙުކުމުގައި "... މިއަދު 2012
ފެބްރުއަރީ 23 ވަނަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ކުރިން މިމައްސަލަ އަލުން ހުށަނޭޅޭގޮތަށް
މައްސަލައިގެ ފޯމް ބާޠިލްކޮށްފީމެވެ." މިހެން ބަޔާންކުރެވިފައިވާކަމާއި، އެހެންނަމަވެސް، މިމައްސަލައިގެ
ޙުކުމްކުރެއްވި ތާރީޚުކަމަށް އެޙުކުމްގައި ބަޔާންކުރައްވާފައިވަނީ 15 މާރޗް 2012 ކަން ފާހަގަކުރެވެން
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ
މާއްދާގައި ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ކޯޓުގެ
ހުއްދަނެތި ފުރައިގެން ގޮސްގެންނުވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ
ގަވާއިދުގެ 6 ގެ 116 ވަނަ މާއްދާގެ 2 ގައި، ހުށަހެޅިފައިވާ ޤަޟިއްޔާއެއްގައި ދަޢުވާކުރާމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{012/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފުރައިގެން ހިނގައްޖެނަމަ، ދަޢުވާ ފޯމު ބާޠިލުކޮށް، 6 މަސް ދުވަހުގެ ކުރިން އެމައްސަލަ ހުށަނޭޅޭގޮތަށް ކޯޓަށް
ކަނޑައެޅިދާނެކަން ފާހަގަކުރެވޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ބަލާއިރު، މުޙައްމަދު ޒާހިރު ސިވިލް
ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ މައްސަލައިގައި، އެކޯޓަށް މުޙައްމަދު
ޒާހިރުގެ ބަދަލުގައި ޙާޟިރުވުމަށް ހަމަޖައްސާފައިއޮތީ ޙުސައިން ވަޙީދުކަމާއި، އިސްވެ އިޝާރާތްކުރެވުނު
ޤަޟިއްޔާގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 1 ޑިސެމްބަރ 2011 ގައި ކަމަށާއި، އެމައްސަލަ ސިވިލް
ކޯޓުގައި ފުރިހަމައަށް ރަޖިސްޓަރީވެ، މައްސަލައިގެ ޤަޟިއްޔާ ނަންބަރެއް ކަނޑައަޅައި، މައްސަލަ ބެލުމަށް
ޙަވާލުކުރެވުނު ސެކްޝަނެ
ޝަނެއްވެސް، ޙުސައިން ވަޙީދަށް އަންގަވާފައިނުވާއިރު، 20 ފެބްރުއަރީ 2012 ގައި
ޙުސައިން ވަޙީދު ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރަންޖެހުމާ ގުޅިގެން، 15 ފެބްރުއަރީ 2012 ގައި
ސިވިލް ކޯޓަށް އެކަން އަންގާފައިވަނިކޮށް، ސިވިލް ކޯޓުގައި ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާ ބެއްލެވި
ސެކްޝަނުން ޙުސައިން ވަޙީދު އެކޯޓަށް ހުށަހެޅި އެއްވެސް ލިޔެކިއުމެއް އަދި އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް
ލިބިފައިނުވާކަމަށް ބަޔާންކުރައްވައި ކޯޓުގެ ހުއްދައާ ނުލައި ޙުސައިން ވަޙީދު ފުރައިގެން ދިޔައީކަމަށް މަޢުލޫމާތު
ލިބިފައިވާކަމަށް ބަޔާންކުރައްވައި، ދަޢުވާކުރާ ފަރާތުން ޙާޟިރުވެފައިނުވާތީ، ހަމައެކަނި ދަޢުވާލިބޭ ފަރާތުގެ
އެދުމަށް ދަޢުވާ ބާޠިލުކުރައްވާފައިވާކަމަށް މުޙައްމަދު ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ މައްސަލަ އެކޯޓުން ނިންމެވުމުގެ
ކުރިން، އެކޯޓުން 12 މާރޗް 2012 ގައި މުޙައްމަދު ޒާހިރަށް ގުޅާފައިވާކަމަށާއި، އަދި މުޙައްމަދު ޒާހިރު
ހުށަހެޅި މައްސަލަ 15 މާރޗް 2012 އަށް ތާވަލުކުރެވުނު ވާހަކަ ބުނިކަމަށާއި، އަދި ބަދަލު ހަމަޖައްސާފައިވާ
ފަރާތުން ކޯޓު އަމުރާ ޙަވާލުވެފައިނުވާތީވެ، ކޯޓު އަމުރު ފޮނުވަންވީ ތަން ސާފުކުރިކަމަށާއި، ކޯޓުން ގުޅި ފަރާތް
ކައިރީގައި މުޙައްމަދު ޒާހިރު ދެކަމަކަށް އެދުނުކަމަށާއި، އެއީ، ޙުސައިން ވަޙީދު ރާއްޖެ އެނބުރި އައުމުން
މައްސަލަ 19 މާރޗް 2012 ގައި ތާވަލުކޮށްދިނުމަށާއި، އެހެންނޫންނަމަ މުޙައްމަދު ޒާހިރު ހުރީ އޭނާގެ
ރަށުގައިކަމަށްވާތީ، މުޙައްމަދު ޒާހިރު މާލެ އައިސް އަމިއްލައަށް ކޯޓަށް ޙާޟިރުވުމަށްޓަކައި ސާފު 3 ދުވަސް
ދިނުމަށްކަމަށާއި، އެއަށްފަހު ކޯޓުން ވާހަކަދެއްކި ފަރާތުން އެކަމާގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު ގުޅާނެކަމަށް
ބުނިކަމަށާއި، އަދި ޖެހިގެން އައި ދުވަހު ކޯޓުން ގުޅާފައިބުނީ އެމައްސަލައިގެ އަޑުއެހުން 20 ޓްގެ ބޭ@އަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/136
Puc
ޝެޑިއުލްކޮށް ހަމަޖައްސާފައިވާކަމަށާއި، އެހެންނަމަވެސް، ޙުސައިން ވަޙީދު 20 މާރޗް 2012 ގައި މައްސަލަ
ޝެޑިއުލް ކުރެވިފައިވޭތޯ ޗެކްކުރިއިރު، އެމައްސަލަ އެހެން ޝެޑިއުލް ނުކުރާކަމަށާއި އަދި އެމައްސަލަ އޮތީ
ބާޠިލުކޮށްފައިކަމަށް މުޙައްމަދު ޒާހިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ފާހަގަކޮށްފައިވާކަމާއި،
ޙުސައިން ވަޙީދު ރާއްޖެއިން ބޭރަށް ފުރުމުގެ ކުރިން ސިވިލް ކޯޓުގައި ޗުއްޓީއަށް އެދި ސިޓީއެއް
ފޮނުވިކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެސިޓީގެ ކޮޕީއެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހަށް ހުށަހެޅިކަން ފާހަގަކުރެވޭކަމާއި، 13 ފެބްރުއަރީ 2012 ގެ ތާރީޚު ޖަހާފައިވާ މިސިޓީގައި ޙުސައިން
ވަޙީދު ޗުއްޓީއަކަށް އެދިފައިވާއިރު، ޗުއްޓީއަށް އެދުނު މައްސަލައިގެ ރަޖިސްޓަރީ ފުރިހަމަނުވާކަމަށް ބުނެ،
އެމައްސަލައިގެ ޤަޟިއްޔާ ނަންބަރު ލިބިފައިނުވާކަމަށް އެސިޓީގައި ބަޔާންކޮށްފައިވާކަމާއި،
އިސްވެ އިޝާރާތްކުރެވުނު ސިޓީގެ އެންޓްރީ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް ހޯދުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް ލިޔުމުން، ސިވިލް ކޯޓުގެ ނަންބަރު 95
/
2012
/
38/A3B-144
ސިޓީގައި، 15 ފެބްރުއަރީ 2012 ވަނަ ދުވަހު ސިވިލް ކޯޓުގެ ޗުއްޓީއަށް އެދޭ ފޯމުން ޗުއްޓީއަށް އެދިފައިވަނީ
ހަމައެކަނި އެކޯޓުގެ ނަންބަރު 2011/Cv
-
C/1854 ޤަޟިއްޔާއަށްކަމަށް ވިދާޅުވެފައިވާކަމާއި، އަދި އެސިޓީއާއެކު
ފޮނުއްވި އެފޯމުގެ ކޮޕީއަށް ބެލުމުން އެކަން އެނގެން އޮންނަކަމާއި، އިސްވެ ބުނެވުނު ޤަޟިއްޔާގެ ޗުއްޓީއާ
ގުޅޭގޮތުން އެކޯޓުން ގޮތެއް ކަނޑައަޅުއްވައި އެކަން ޙުސައިން ވަޙީދުއަށް އެންގެވުމަށް ޙުސައިން ވަޙީދު
ހޯއްދެވިއިރު، ޙުސައިން ވަޙީދު ފުރައިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައިވާކަމާއި، އެހެންނަމަވެސް، ޙުސައިން
ވަޙީދު ސިވިލް ކޯޓަށް 13 ފެބްރުއަރީ 2013 ގެ ތާރީޚުޖަހާފައި ފޮނުވިކަމަށް ބުނާ ސިޓީގެ ކޮޕީއެއް އެކޯޓުގެ
ރިކޯޑުތަކުން ފެންނަން ނެތްކަމަށް ސިވިލް ކޯޓުން ވިދާޅުވެފައިވާކަމާއި، އެކަމަކު އެކޯޓުގެ ނަންބަރު
2011/Cv
-
C/1854 ޤަޟިއްޔާގެ ޗުއްޓީއަށް އެދުނު ފޯމާއެކު އެކޯޓަށް ސިޓީއެއް ލިބުނުކަމަށް އެކޯޓުން
ވިދާޅުވެފައިވާކަން ފާހަގަކުރެވޭކަމެވެ.
.
22
(ބ) ތިންވަނަ ކަމަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ
މާއްދާގައި ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ކޯޓުގެ
ހުއްދަނެތި ފުރައިގެން ގޮސްގެންނުވާނެކަމަ
ކަމަށް ބަޔާންކުރެވިފައިވާއިރު، މައްސަލައެއްގެ ޚަޞްމުންނަށް ފުރައިގެން
ދެވޭނީ ފުރައިގެން ދިއުމުގެ ހުއްދަ ކަމާބެހޭ ކޯޓުން ދިނުމުންކަން، އިސްވެ ބުނެވުނު ޤަވާއިދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{12/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ ޞަރީޙަ ނައްޞުން އެނގެން އޮންނަކަމާއި، އަދި މިހާތަނަށް ކޯޓުތަކުން ޢަމަލުކުރަމުން އަންނަގޮތަށް
ބަލާއިރުގައިވެސް، ޤަޞްމެއް ނުވަތަ ޚަޞްމެއްގެ ބަދަލު ހަމަޖައްސާފައިވާ ފަރާތެއް ރަށުން ބޭރަށް ދިއުމަށް
ހުއްދައަކަށް އެދުމުން، ކޯޓުތަކުން އެކަމާމެދު ގޮތެއް ކަނޑައަޅަނީ ކޯޓުތަކުގެ ތާވަލަށާއި މިނޫންވެސް އެހެނިހެން
ކަންކަމަށް ރިޢާޔަތް ކުރުމަށްފަހުގައިކަން ފާހަގަކުރެވޭކަމާއި، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ކޯޓުން
ޗުއްޓީއަށް އެދޭ ކޮންމެ ފަރާތަކަށް ކޮންމެ ފަހަރަކު އޮޓޮމެޓިކުން ޗުއްޓީ ނުލިބިވާއިރު، ޗުއްޓީއަށް އެދޭ ފަރާތަށް
ޗުއްޓީ ލިބުނީކަމަށް ބެލެވޭނީ ކޯޓުން އެގޮތަށް ކަނޑައަޅައި އެހެންކަމަށް އެފަރާތަށް އެންގުމުންކަމާއި، ޚަޞްމެއް
ރަށުން ބޭރަށް ދާންޖެހޭތީ، އެކަމެއް ކޯޓަށް އަންގާ އެންގުމަކުން އެކަނި އެޚަޞްމަށް ޗުއްޓީ ލިބުނީކަމަށް ބެލެވެން
ނެތްކަމާއި،
މިހެންކަމުން، ހުށަހެޅިފައިމިވާ މައްސަލައިގައި، ޙުސައިން ވަޙީދު ރާއްޖެއިން ބޭރަށް
ފުރަންޖެހޭކަމަށް ބުނެ 13 ފެބްރުއަރީ 2012 ގައި ޗުއްޓީއަށް އެދި ސިވިލް ކޯޓަށް ސިޓީއެއް ފޮނުވުމުން،
އެކޯޓުން ޙުސައިން ވަޙީދު އެދުނު އެދުމަށް ވަކި ގޮތެއް ކަނޑައަޅުއްވައި ޙުސައިން ވަހީދުއަށް
އަންގަވާފައިނުވާއިރު، އެކޯޓުން ޙުސައިން ވަޙީދުގެ ޗުއްޓީ ހަމަޖައްސަވާދެއްވާފައިވާކަން ބެލެވެން ނެތްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/245 ޤަޟިއްޔާގެ ނަންބަރާއި،
ހީވާލުކުރެވުނު ސެކްޝަން ފަދަ
ތަފްޞީލު ޙުސައިން ވަޙީދުއަށް އޭރު އެނގިފައިނުވިނަމަވެސް، ޙުސައިން ވަޙީދު ފުރުމުގެ ކުރިން ކޯޓުން
ވަކިގޮތެއް ކަނޑައަޅުއްވައި އަންގަވާފައިނުވާނަމަ، ޙުސައިން ވަޙީދުއަށް ކޯޓުން ޗުއްޓީ ދެއްވިތޯ ނުވަތަ ނޫންތޯ
ކަށަވަރު ކުރުމަކީ ޙުސައިން ވަޙީދު ކުރަންޖެހޭ ކަމެއްކަމާއި، އެހެންކަމުން، ޙުސައިން ވަޙީދު ފުރައިގެން ދިޔައީ
ކޯޓުން ޗުއްޓީ ދެއްވައިގެންކަމަށް ބެލެވެންނެތްކަމެވެ .
<
ކޯޓުތަކުން ޢަމަލުކުރަމުން އަންނަ ގަވާއިދެއްކަމުގައި ވީހިނދު، ޙުސައިން ވަޙީދު ރާއްޖެއިން ބޭރަށް ފުރާފައިވަނީ
ސިވިލް ކޯޓުގެ އެއްވެސް ހުއްދައެއް ލިބިގެންކަމުގައި ނުވާއިރު، އެގަވާއިދާ ޙަވާލާދެއްވައި، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގައި އެމައްސަލަ އިދާރީގޮތުން ބާޠިލުކުރައްވައި، އެމައްސަލަ 6 (ހައެއް)
މަސް ދުވަހުގެ މުއްދަތެއްގެ ކުރިން އެކޯޓަށް ހުށަނޭޅޭނެކަމަށް ޙުކުމް ކުރައްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލަކާ ޚިލާފަށްކަމުގެ އެއްވެސް ހުއްޖަތެއް މުޙައްމަދު ޒާހިރުއަށް ދެއްކިފައިނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{12/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާގެ
މިމައްސަލައިގައި ސިވިލް ކޯޓުގެ މުވައްޒަފެއް މުޙައްމަދު ޒާހިރުއާ ފޯނުން ގުޅާ މުޙައްމަދު ޒާހިރު
ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 މައްސަލަ އެހެން ތާރީޚަކަށް
ފަސްކޮށްދީފައިވާނެކަމަށް ބުނެފައިވީނަމަވެސް، އެއީ އެކޯޓުގެ ކޮން މުވައްޒަފެއްކަން މުޙައްމަދު ޒާހިރުއަށް
ބުނެދެވިފައިނުވާކަމާއި، ކޯޓަށް މީހުން ޙާޟިރުކުރުމާގުޅޭ ގޮތުން ޢަމަލުކުރަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި
ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް ކަމުގައި ވީހިނދު، އެގަވާއިދުގެ ދަށުން ކޯޓަށް މީހަކު ޙާޟިރުކުރާނަމަ ލިޔުމުން
ޙާޟިރުވުމުގެ އަމުރެއް ފޮނުވަންޖެހޭކަން އެނގޭކަމާއި، މުޙައްމަދު ޒާހިރުގެ ބަދަލުގައި ކޯޓަށް ޙާޟިރުވާން
ހަމަޖައްސާފައިވަނީ ޙުސައިން ވަޙީދުކަމާއި، އަދި މިކަން އޮތީ އެކޯޓަށް ރަސްމީކޮށް އަންގާފައިކަން މިމައްސަލައާ
ގުޅިގެން މުޙައްމަދު ޒާހިރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބެލުމުން
އެނގެން އޮތްއިރު، މުޙައްމަދު ޒާހިރުގެ ބަދަލުގައި ޙުސައިން ވަޙީދު ކޯޓަށް ޙާޟިރުވާން ކަނޑައަޅައި، އެކޯޓަށް
އެންގި އެންގުމަށް ބަދަލެއް ގެނެސްފައިވާކަން އެކޯޓަށް ރަސްމީކޮށް އެންގިކަން ލިޔެކިއުމުން އެނގެން ނެތްކަމާއި،
މިބާވަތުގެ ޙާލަތްތަކުގައި، ކޯޓުތަކާއެކު ކުރެވޭ ރަސްމީ މުޢާމަލާތްކަމަށް ބެލެވޭނީ ލިޔެކިއުމުން އެނގެން ހުންނަ
މުޢާމަލާތް އެކަނިކަމާއި، އެހެނީ، ކޯޓަށް ޚަޞްމެއްގެ ބަދަލުގައި އެހެން ފަރާތެއް ޙާޟިރުވާން
ހަމަޖައްސައިފިނަމަ، އެކަން ލިޔުމުން ކޯޓަށް އަންގަންޖެހޭކަމީ، އަބަދުވެސް ކޯޓުތަކުގައި ޢަމަލުކުރެވެމުން
އަންނަގޮތްކަން ފާހަގަކުރެވޭކަމާއި، އަދި ހަމަ އެބީދައިން، ބަދަލުގައި ޙާޟިރުވާ ފަރާތް ކެންސަލް ކުރަން
ޚަޞްމެއް ބޭނުންވާނަމަ، އެކަންވެސް ކޯޓުތަކަށް އަންގަމުން އަންނަނީ ލިޔުމުންކަމާއި، އަދި ލިޔުން ހުށަނޭޅޭ
ޙާލަތްތަކުގައި ޚަޞްމު އަމިއްލައަށް ޙާޟިރުވެ ޝަރީޢަތުގެ މަޖިލިހުގައިކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، މުޙައްމަދު ޒާހިރުވެސް އަދި ޙުސައިން ވަޙީދުވެސް މިފަދައިން ސިވިލް ކޯޓަށް
ލިޔުމުން އެއްވެސް އެންގުމެއް އަންގާފައިވާކަން އެނގެން ނެތަތީ، ސިވިލް ކޯޓުން އެކޯޓުގެ ނަންބަރު
2012/Cv-C/245 ޤަޟިއްޔާގެ އަޑުއެހުމަށް ޙާޟިރުވާންޖެހޭ ފަރާތަކީ ޙުސައިން ވަޙީދުކަމަށް ބައްލަވާފައިވަނީ
ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމާއި އަދި ޙުސައިން ވަޙީދު ރާއްޖެއިން ބޭރަށް ފުރައިގެންދިޔައީ
ކޯޓުގެ ހުއްދަ ހޯދައިގެންކަމަށް ބެލެވެން ނެތުމުން، ސިވިލް ކޯޓުން މުޙައްމަދު ޒާހިރު ހުށަހެޅި އެކޯޓުގެ
ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ މައްސަލައިގައި 6 މަސް ދުވަހުގެ މުއްދަތެއްގެ ކުރިން އެމައްސަލަ
އަލުން ހުށަނޭޅޭނެ ގޮތަށް ދަޢުވާ ފޯމު ބާޠިލުކުރައްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުޖަޓާގެ ޚިލާފަށްކަ
ބެލެވެން ނެތްކަމެވެ.
LCLC
ދޮށްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{012/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ބ) ފަސްވަނަ ކަމަކީ، ކޯޓުގެ ޙުކުމްގައި ބަޔާންކުރައްވާފައިވާ ތާރީޚާއި، 6 (ހައެއް) މަސް
ދުވަހަށް މައްސަލަ ހުށަނޭޅޭގޮތަށް ބާޠިލުކުރެއްވި ތާރީޚާއި ދިމާނުވާތީ، މައްސަލައިގެ އަޑުއެހުން ބޭއްވުނު
ތާރީޚުތަކާއިމެދު އޮޅުން އަރާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުން
ނަޒަރުކުރިއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ އަޑުއެހުމެއް 15 މާރޗް 2012
ގައި ބޭއްވުނުކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެކޯޓަށް ޙާޟިރުވި ޤާނޫނީ ވަކީލާ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި 15 މާރޗް 2012
ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވާން ސިވިލް ކޯޓުން ފޮނުއްވި އެކޯޓުގެ ނަންބަރު -B-CR
8/2012/1018 ކޯޓަށް ޙާޟިރުވުމުގެ އަމުރުގެ ކޮޕީއެއްވެސް ސިވިލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/245 ޤަޟިއްޔާގެ އަޑުއެހުމެއް 15 މާރޗް 2012
ގައި ބޭއްވުނުކަން އެނގޭކަމާއި، އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމުގައި އެމައްސަލަ އަލުން ހުށަހެޅޭނީ 6
މަސް ދުވަހުގެ ފަހުން ކަމަށް ވިދާޅުވެފައިވާއިރު، އެ 6 މަސް ދުވަސް ފެށި މުއްދަތުކަމަށް އެޙުކުމްގައި
ވިދާޅުވެފައިވަނީ އެދުވަހުން ފެށިގެންކަމުގައި ފާހަގަކުރެވޭއިރު، އަދި ޙުކުމްކުރެއްވި ތާރީޚުކަމުގައި
ކުރެވިފައިއޮތީވެސް 15 މާރޗް 2012 ކަމުގައި ވީހިނދު، އެޙުކުމްގައި 6 މަސް ދުވަހުގެ މުއްދަތު ގުނަން
ފެށޭ ތާރީޚުކަމަށް ބެލެވޭނީ 15 މާރޗް 2012 ކަމުގައި ޤަބޫލުކުރެވޭކަމާއި، އަދި 23 ފެބްރުއަރީ 2012 ކަމަށް
ލިޔުއްވިފައިވަނީ އިދާރީ އޮޅުމަކުންކަން ޤަބޫލުކުރެވޭކަމެވެ.
2 2 22
22 22
(ޅ) ހަވަނަ ކަމަކީ، މިޤަޟިއްޔާގެ ޙުކުމްކުރުމަށްޓަކައި 02 މެއި 2013 ދުވަހުގެ 10:00 ގައި
ބޭއްވުނު ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވުމަށް ފޮނުވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
HC
-
B2
/
2013
/
263 ކޯޓަށް ޙާޟިރުވުމުގެ އަމުރާއި އިސްތިއުނާފުކުރާ ފަރާތުގެ ބަދަލުގެ ގޮތުގައި
ހަމަޖައްސާފައިވާ ސ. ހިތަދޫ ; ރެސްޓްވިލާ ޙުސައިން ވަޙީދު ޙަވާލުވެ އެއަމުރުގައިވާ ގަޑިއަށް އެފަރާތުން
ޝަރީޢަތަށް ހާޟިރުވެފައިނުވާތީ މިޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ކަމަނާތުވެ ޣައިރު
ޙާޟިރުގައެވެ.
{
.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/136
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/245 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތްތަކެއް
އެޤަޟިއްޔާ އިސްތިއުނާފުކުރާ މުޙައްމަދު ޒާހިރުއަށް ދެއްކިފައިނުވެއެވެ.
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/245 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ހއ. ބާރަށް | ހެޕީވިންޑް މުޙައްމަދު ޒާހިރުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ހަމައެއް
ނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، މިޤާޟިއްޔާގައި
އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މުޙައްމަދު ޒާހިރުގެ ބަދަލު ހަމަޖައްސާފައިވާ ސ. ހިތަދޫ ! ރެސްޓްވިލާ
ޙުސައިން ވަޙީދުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;