ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/13 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/13
باندا وراثيم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަلއްޔާ ނަންބަރ: 13/HC
-
I
-
SH/2009
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: މުޙައްމަދު ރަޝީދު (ހިޔަލީ)
* ވަކީލު: އާމިނަތު ޝިރުނީމް އއ.ހަނދުވަރީވިލާ
އައިޑީ
ކާޑު ނަންބަރ A033469
* ދާއިމީ އެޑްރެސް: އަރާއިރުސ.ހިތަދޫ
* މިހާރުގެ އެޑްރެސް:ހ.ލައިޓްސްޓަރ މާލެ
*
*
އިންތިޚާބީ ކުށުގެ މައްސަލަ ރައްދުވި ފަރާތްފަރާތް:
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
ވަކީލް: ޝާހީން ޙަމީދު
| އައިޑީ ކާޑު ނަންބަރ: A034430
ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް
މީނާޒް
މީނާޒް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:29ޖުމާދަލްއޫލާ1430
24 މެއި 2009
*ނިމުނު ތާރީޚް:22ޖުމާދަލްއާޚިރާ 1439
16 ޖޫން 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2039;HC-[-SI/13
• ދަޢުވާގެ ޚުލާޞާ
މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގައި ސ.ހިތަދު! އަރާއިރު
މުޙައްމަދު ރަޝީދު (ހިޔަލީ) ކުރިމަތިލި ހިތަދޫ މެދުދާއިރާގައި، އިންތިޚާބާބެހޭ ޤާނުތަކާއި ޤަވާޢިދުތަކާއި
އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ވޯޓްގެ ކަންތައްތައް ކުރިއަށް ގެންގޮސް، ވޯޓްގެ ނަތީޖާ އިޢުލާން
ކޮށްފައިވާކަމަށްބުނެ، ހިތަދޫ ދާއިރާގައި ބަހައްޓާފައިވާ ނަންބަރު s05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލް
ކޮށްދެއްވައި، އަލުން އެފޮށީގެ އިންތިޚާބު ބާއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި
ދެއްވުންއެދި މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހެޅުމުން
ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ފާހަގަކުރެވުނު
101- މިއީ
ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގައި ސ.ހިތަދު އަރާއިރު
މުޙައްމަދު ރަޝީދު (ހިޔަލީ) ކުރިމަތިލި ހިތަދޫ މެދުދާއިރާގައި، އިންތިޚާބާބެހޭ ޤާނުތަކާއި ޤަވާޢިދުތަކާއި
އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ވޯޓްގެ ކަންތައްތައް ކުރިއަށް ގެންގޮސް، ވޯޓްގެ ނަތީޖާ އިޢުލާން
ކޮށްފައިވާކަމަށްބުނެ، ހިތަދޫ ދާއިރާގައި ބަހައްޓާފައިވާ ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލް
ކޮށްދެއްވައި، އަލުން އެފޮށީގެ އިންތިޚާބު ބާއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި
ދެއްވުންއެދި މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހެޅުމުން
ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެއްކަން ފާހަގަކުރެވެއެވެ.
02- މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުޅަ
އިންތިޚާބީ ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، ހިތަދޫ މެދުދާއިރާގައި،
އިންތިޚާބާބެހޭ ޤާނުތަކާއި ޤަވާޢިދުތަކާއި އުސޫލުތަކާއި ހަމަތަކާއި ޚިލާފަށް ވޯޓްގެ ކަންތައްތައް ކުރިއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
SH13-ޤ-HC;2009
ގެންގޮސް، ވޯޓްގެ ނަތީޖާ އިޢުލާން ކޮށްފައިވާކަމަށްބުނެ، ހިތަދޫ މެދު ދާއިރާގައި ބަހައްޓާފައިވާ
ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލް ކޮށްދިނުމަށް އެދިފައިވާ ސަބަބުތަކަކީ:
| 09 މެއި 2009 ދުވަހުގެ މެންދުރު 1:05 އިން ފެށިގެން 3 ގަޑިއިރު ވަންދެން އެފޮށީގެ
ކައިރީގައި އެފޮއްޓާ ހަވާލުވެ ހުރި އިސްވެރިޔަކު ނެތި، ވޯޓްލުން ކުރިއަށް ގެންގޮސްފައިވާކަމަށާއި، އަދި
ވޯޓްލުން ނިންމާ ވޯޓް ގުނަމުން ދިޔައިރުވެސް ވޯޓް ފޮށި ކަރީގައި އިސްވެރިޔަކު ނެތި ވޯޓް ގުނުން
ކުރިއަށް ގެންގޮސްފައިވާކަމަށް ބުނެ ފާހަގަކުރި ސަބަބާއި،
• ނަންބަރު S05.1.2 ވޯޓް ފޮށި ގުނާ އެފޮށީގެ ނަތީޖާ ޢާއްމުކޮށް އިޢުލާން ކޮށްފައި
ނުވާކަމަށާއި، މިއީ
ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 57 ވަނަ މާއްދާގެ (ހ)
އާއި ޚިލާފް ކަމެއްކަމަށާއި، އަދި އެކަމުގެ ސަބަބުން ކެންޑިޑޭޓުންނަށް އެފޮށީން ލިބިފައިވާ ނަތީޖާ
ސާބިތުކޮށް އެގިފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބާއި،
އިންތިޚާބުގެ ނަތީޖާ ބަދަލު ކޮށްލުމަށްޓަކައި، ވޯޓުލުމުގެ އެއްދުވަސް ކުރިން، ހިތަދޫ
ކައުންސިލަރ އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ހިތަދޫ އެތައް ބަޔަކަށް އެމް.ޑީ.ޕީ ގެ ކެންޑިޑޭޓަށް
މަސައްކަތް ކޮށްދީފިނަމަ، ވަޒީފާއާއި ސަރުކާރުގެ ތެރެއިން ކަންތައްތައް ކޮށްދޭނެ ކަމަށާއި، ފައިސާގެ ބޮޑެތި
ޢަދަދުތައް ދޭނެކަމަށް ވާހަކަ ދައްކާފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ސަބަބާއި،
• ވޯޓްލާ ދުވަހު މުޙައްމަދު ރަޝީދު (ހިޔަލީ) އަށް މަސައްކަތް ކުރަމުން ދިޔަ އިސް 3 މީހުން
ފުލުހުން ހައްޔަރު ކޮށްފައިވާކަމަށާއި، އެމީހުން ބަންދު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި
ކަމަށް ބުނެފައިވާއިރު، އެމީހުންނަކީ ދުވަހެއްގައި އެބާވަތުގެ ކަމެއް ކޮށްފައިވާ ބައެއް ނޫންކަމަށާއި، އެމީހުން
އެބާވަތުގެ ކުށެއްގައި މީހަކު ހައްޔަރު ކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތްކަމަށާއި، އޭނާ
ބަންދު ކުރެވުނީ -/101500ރ.(ދިހަހާސް ފަސްސަތޭކަ) ރުފިޔާ އޭނާގެ އަތުން ފެނިގެންކަމަށްވާއިރު،
އެފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުވާ އެއްވެސް ހެއްކެއް
ޤަރީނާއެއް ނެތްކަމަށް ޤާޟީ ވަނީ ނިންމަވާފައިކަމަށާއި، އަދި އޭނާ ހައްޔަރު ކުރުމުން އޭނާއަށް ވީ ގޮތެއް
ބަލަން ދިޔަ މުޙައްމަދު އަސްލަމްވެސް ހައްޔަރު ކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ސަބަބާއި،
މުޙައްމަދު ރަޝީދު (ހިޔަލީ) އިންތިޚާބުން ބަލިވެފައިވަނީ، އިންތިޚާބު ކާމިޔާބުކުރި ކަމަށް
އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ މުޙައްމަދު ރަޝީދާއި 62 ވޯޓްގެ ތަފާތަކުން
ހައްޔަރު ކުރެވުނީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޓެން
5
20{09;HC-I-SH/13
ކަމުގައިވާއިރު، މަތީގައިވާ ކަންކަން އެހެން ހުރުމުން އެއި ޤާނޫނު ނަންބަރު:11/2008 (އިންތިޚާބާބެހޭ
ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގައިވާ ފަދަ އެކަށީގެން ނުވާ އަސަރެއް ނަތީޖާއަށް ފޯރާފައިވާކަމަށާއި، އޭގެ
ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށްބުނެ ފަހަގަކޮށްފައިވާ ސަބަބުންކަން އެނގެން އޮވެއެވެ.
03- މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލައާއި ބެހޭގޮތުން އެކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ހިތަދޫ މެދު ދާއިރާގައި
ބަހައްޓާފައިވާ ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލް ކޮށް އަލުން އެފޮއްޓަށް ވޯޓުލުން
ބާއްވަންޖެހޭ ވަރުގެ ކަންތައްތަކެއް ހިގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިންކާރުކޮށް،
އެފަދަ އެއްވެސް ކަމެއް ހިގާފައި ނުވާކަމަށް ބުނެފައިވަކަމާއި،
މިގޮތުން ވޯޓް ފޮއްޓާ ހަވާލުވެ ހުންނަ އިސްވެރިޔާ ހުރިހާ ވަގުތެއްގައި ވޯޓްފޮށީގެ
ކައިރީގައި ހުރުން ޤާނޫނީ ގޮތުން ލާޒިމް ނުކުރާ ކަމަށާއި، ވޯޓުލުމުގެ ކަންތައް ހިގަމުން ދާއިރު،
އެކިކަންކަން އެކި މީހުންނާއި ވަނީ ހަވާލު ކުރެވި މަސްއޫލު ކުރެވިފައިކަމަށާއި، މުޙައްމަދު ރަޝީދު
(ހިޔަލީ) ގެ ދަޢުވާގައި ބުނެފައިވާ ވޯޓް ފޮއްޓާ ހަވާލުވެ ހުރި އިސްފަރާތަށް އެދުވަހު ދިމާވި ބަލި ހާލުގެ
ސަބަބުން އެތަނުގައި ހުރުން ޢުޛުރުވެރި ވުމާއި ގުޅިގެން އެ މަސްއޫލިއްޔަތު އެހެން އޮފިޝަލަކާ ހަވާލު
ކުރެވިފައިވާކަމަށާއި، މިކަން އިލެކްޝަންސް އޮފިސަރާއި އަތޮޅު އިލެކްޝްނަން ކޮމެޓީއާއި އަދި
އިލެކްޝަންސްގެ މައި އޮފީހާއި ވާހަކަ ދެކެވި މަޝްވަރާ ކުރުމަށްފަހު ގައި ކަމަށާއި، ފަހުން
އެމަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ފަރާތަކީ ފާތިމަތު މުހައްމަދު ދީދީ ކިޔާ ބޭފުޅަކު ކަމަށާއި،
އެބޭފުޅާއާއި ހަވާލުވުމަށްފަހު، ވޯޓް ގުނުމުގެ ކަންތައް ކުރިއަށް ދިޔައިރުވެސް އެބޭފުޅާ އެތަނުގައި
ހުންނެވިކަމަށާއި، މިފަދަ ކަންކަމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވާގޮތް ކެންޑިޑޭޓުންނަށް ދޫކުރެވިފައިވާ
އަތްމަތީ ފޮތުގެ 13، 14 މި ދެޞަފްޙާގައިވެސް ބަޔާން ކުރެވިފައިވާކަމަށާއި، އަދި މިފަދަ ކަމެއް
ހިގާފައިވާކަމަށް ޝަރީޢަތަށް މިމައްސަލަ ހުށަހެޅުމުގެ ކުރީން މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން
މިފަދަ މައްސަލައެއްގެ ޝަކުވާ ކޮންޕްލައިޓްސް ބިއުރޯއަށް ހުށަހަޅާފައިނުވާކަން ފާހަގަކުރާކަމަށާއި،
އަދި ހިތަދޫ މެދު ދާއިރާގައި ބަހައްޓާފައިވާ ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ
އިޢުލާން ކޮށްފައިނުވާކަމަށް މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ބުނެފައިވާ ބުނުމާމެދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/SC-j-SH/13
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިންކާރު ކުރާކަމަށާއި، ވޯޓްލާ ނިމި އޮބްޒާވަރުންނާއި މަންދޫބުންގެ
ކުރިމަތީގައި ވޯޓްގުނާ ނަތީޖާ އިޢުލާން ކުރެވި، ނޯޓިސް ބޯޑުގައި އެނަތީޖާ ބެހެއްޓިފައިވާކަމަށާއި،
އަދި މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ފާހަގަކޮށްފައިވާ (ނ) އަދި (ރ) ގައި
ބަޔާން ކޮށްފައިވާ ކަންތައްތަކަކީ، އެއްގޮތަކަށްވެ.
ށްވެސް އިލެކްޝަންސް ކޮމިޝަނާއި ގުޅުންހުރި ކަންތައްތަކެއް
ނޫންކަމަށާއި، އެކޮމިޝަނުގެ ރެކޯޑްތައް ދައްކާގޮތުން އެދެ އަކުރުގައި ބަޔާން ކޮށްފައިވާ ފަދަ ކަމެއް
ހިގައިގެން ކަމާބެހޭ އެއްވެސް ބިއުރޯއަކަށް މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ޝަކުވާއެއް
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި، ވީމާ އެދެއަކުރުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް
އެކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވާން ޤަޞްދު ނުކުރާކަމަށާއި،
އަދި މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު،
މުޙައްމަދު ރަޝީދު (ހިޔަލީ) އާއި އެ އިންތިޚާބު ކާމިޔާބު ކުރި ފަރާތާއި ދެމެދު ހުރި ވޯޓުގެ ތަފާތު
ނެތިގެން ދާފަދަ އެއްވެސް ކަމެއް ހިގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނަށް ޤަބޫލު ނުކުރެވޭކަމަށް
އެކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ
ފޯމް” އިން، ސ.ހިތަދޫ އަރާއިރު (ހ.ލައިޓްސްޓަރ) މުޙައްމަދު ރަޝީދު (ހިޔަލީ) ހުށަހަޅާފައިވާ
މައްސަލައަށާއި، އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
$,
44 44 9,14
ފާހގކުރއވ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ "އިންތިޚާބާބެހޭ ޝަކުވާގެ
މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން މުޙައްމަދު ރަޝީދު (ހިޔަލީ) ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު،
ހިތަދޫ މެދު ދާއިރާގައި ބަހައްޓާފައިވާ ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލްކޮށް، އަލުން
އެފޮއްޓަށް ވޯޓުލުން ބާއްވައިދިނުމަށް އެދިފައިވާ ސަބަބުތަކާއިމެދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، އެފޮށީގެ ނަތީޖާ ބާޠިލްކޮށް އަލުން އެފޮއްޓަށް ވޯޓްލުން ބާއްވަންޖެހޭ ފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަބިރޯޛާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SHI/13
* 2
އެއްވެސް ކަމެއް ހިގާފައިވާނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަން ފާހަގަކުރެވެއެވެ.
(ހ) ހިތަދޫ މެދު ދާއިރާގައި ބަހައްޓާފައިވާ ނަންބަރު S05.1.1 ވޯޓް ފޮށީގެ ކައިރީގައި
3 ގަޑިއިރު ވަންދެން އިސްވެރިއަކު ނެތި ދިޔަކަމަށާއި، އަދި ވޯޓްލުން ނިންމާ ވޯޓް ގުނަމުން ދިޔައިރުވެސް
އެފޮއްޓާ ހަވާލުވެ ހުރި އިސްވެރިޔާ ނެތްކަމަށް މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ބުނެފައިވާއިރު،
އެފޮއްޓާ ހަވާލުވެގެން ހުރި އިސްވެރިޔާ އަލްފާޟިލާ ޢާޠިފާ ސަޢީދަށް ދިމާވި ބަލި
ހާލަތަކަށްޓަކައި އެތަނުގައި ހުރުމަށް ޢުޛުރުވެރިވުމާއި ގުޅިގެން އެކަން ކުރުމުގައި މަޝްވަރާ ކުރަންޖެހޭ
ފަރާތްތަކުން މަޝްވަރާކޮށް އެފޮށީގެ ވެރިއެއްގެ ގޮތުގައި ފާޠިމަތު މުޙައްމަދު ދީދީ ހަމަޖެއްސާފައިވަކަމަށް
ބުނެ، އެކަން ސާބިތު ކޮށް ދިނުމަށްޓަކައި އެފޮށީގެ ކަންހިގާފައިވާ ގޮތުގެ ރިޕޯޓް ހުށަހަޅާފައިވާކަމާއި،
އެރިޕޯޓުގައި އެފޮއްޓާ ހަވާލުވެ ހުރި އިސްވެރިޔަކީ މި ފާޠިމަތު މުޙައްމަދު ދީދީ ކަމަށް ބަޔާން
ކޮށްފައިވާކަން އެނގެން އޮތްއިރު، އެފަދަ ކަމެއް އެގޮތަށް ހިގައިގެން ފާތިމަތު މުޙައްމަދު ދީދީ އެފޮށީގެ
އިސްވެރިއަކަށް ހަމަޖެއްސިކަން އެނގިފައިނުވާކަމަށް މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނާތީ، އެފޮއްޓަށް ވޯޓްލަމުން ދިޔައިރު 3 ގަޑި
އިރުވަންދެން، އަދި ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ދިޔައިރުވެސް އެފޮއްޓަށް ކަނޑައަޅާފައިވާ އިސްވެރިޔާ
އެތަނުގައި ނެތްކަމަށްބުނެ އެކަން ސާބިތު ކޮށްދިނުމަށްޓަކައި މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން
ހުށަހަޅާފައިވާ ސ.ހިތަދޫ! އަލިގާ ޢަލީ ނަސީމާއި، ނޫރުވާދީ) އިބްރާހީމް ރަޝީދު ވަޖުދީއާއި، ބްލޫވިލާ
މުޙައްމަދު ލަޠީފް ހެކީންގެ ގޮތުގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ކުރުމުގެ ބޭނުމެއްއޮތްކަމަށް
ނުފެންނާތީ، އެމީހުން ހާޒިރު ކުރެވިފައި ނުވާކަމާއި، އަދި ވޯޓް ލުން ހިނގަމުންދާ ވަގުތު ތަކުގައާއި ވޯޓް
ގުނުމުގެ ކަންތައް ހިނގަމުންދާ ވަގުތުގައި ވޯޓް ފޮށީގެ ކައިރީގައި އެފޮށީގެ އިސްވެރިޔާ ހުރުން ޤާނޫނީ
ގޮތުން ލާޒިމްކޮށްފައި ނުވާއިރު، އެކަމުގެ ސަބަބުން އެފޮށީގެ ނަތީޖާއަށް އެއްވެސް އަސަރެއް ކުރާނެ
ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
(ނ) ނަންބަރު S05.1.2 ވޯޓް ފޮށި ގުނާ އެފޮށީގެ ނަތީޖާ އިޢުލާން ކޮށްފައި
ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 57 ވަނަ މާއްދާގެ
*9 8 2
ޢާއްމުކޮށް
ނުވާކަމަށާއި، މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/C-I-SH/13
24484
OXO >
(ހ) އާއި ޚިލާފް ކަމެއްކަމަށާއި، އަދި އެކަމުގެ ސަބަބުން ކެންޑިޑޭޓުންނަށް އެފޮރީން ލިބިފައިވާ ނަތީޖާ
ސާބިތުކޮށް އެގިފައި ނުވާކަމަށް މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ބުނެފައިވާއިރު،
ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 57 ވަނަ މާއްދާގައި
ވާގޮތުގެ މަތިން އެފޮށީގެ ނަތީޖާ އިޢުލާން ކުރެވި، އަދި ނޯޓިސް ބޯޑުގައި ޢާއްމުންނަށް ފެންނަ ގޮތަށް
ބެހެއްޓިފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނު ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ޤާނޫނު
ނަންބަރު11
/
2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 57 ވަނަ މާއްދާއަށް ބެލިއިރު، އެމާއްދާގައިވަނީ،
އެޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެމަތީން ވޯޓްލާ އެމަރުކަޒެއްގެ ނަތީޖާ ޝީޓުގައި
އެމާއްދާގައި ބުނެފައިވާ ފަރާތްތަކުން ސޮއިކުރުމަށްފަހު، އެމަރުކަޒުގެ ވަގުތީ ނަތީޖާ ވަގުތުން އެމަރުކަޒުގައި
އިޢުލާންކޮށް ޢާއްމުންނަށް ފެންނަ ގޮތަށް އެމަރުކަޒުގައި ބަހައްޓަން ވާނެކަމަށާއި، އެގޮތުމަތިން އިޢުލާން
ކުރުމާއެކު ލަސްނުކޮށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން މަލޭގައި ހުންނަ
ވޯޓާބެހޭ މައިމަރުކަޒަށް އެނަތީޖާ ފޮނުވަން ވާނެކަމަށް ބުނެފައިވާކަން އެނގެން އޮންނަ ކަމާއި، އެފޮށީގެ
ވަގުތީ ނަތީޖާ ޝީޓަށް ބަލާއިރު، އެފޮށީގެ ނަތީޖާ އިޢުލާން ކުރީ 10 މެއި 2009
4:38 ގައި ކަމަށް
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭތީ، އެނުކުތާއާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު
ރަޝީދު (ހިޔަލީ) އާ ސުވާލު ކުރުމުން އޭނާހުރީ ބޭރުގައި ދުރުގައި ކަމަށާއި، ދުރުގައި ހުރެފައި، ނަތީޖާ
ސާފް ކުރުމަށްޓަކައި އައިސް ސުވާލު ކުރުމުން އެމީހުން ބުނާ ޢަދަދު ދިމާނުވާކަމަށާއި، ނަންބަރު S05.1.2
ވޯޓް ފޮނިން އެންމެ ގިނައިން ލިބުނު ކެންޑިޑޭޓަށް ލިބުނު ކަމަށް އެމީހުން ބުނެފައިވަނީ 287
ވޯޓްކަމަށާއި، ނަމަވެސް އިޢުލާން ކުރިއިރު އިޢުލާން ކޮށްފައިވަނީ އޭނާއަށް 288 ވޯޓް ލިބުނު ކަމަށް
ކަމާއި، މުޙައްމަދު ރަޝީދު (ހިޔަލީ) އަށް ލިބުނުކަމަށް ބުނެފައިވަނީ 226 ވޯޓް ކަމަށާއި، ނަމަވެސް
ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އިޢުލާން ކުރިއިރު، އެނާއަށް 232 ލިބުނުކަމަށް އިޢުލާން ކޮށްފައިވާކަމަށް
މުޙައްމަދު ރަޝީދު (ހިޔަލީ) ބުނެފައިވާކަން އެނގެން އޮންނާތީ، މިވާހަކައަކީ މީހަކު ބުނި ބުނުމެއްގެ
މައްޗަށް މުޙައްމަދު ރަޝީދު (ހިޔަލީ) ފަހަގަކޮށްފައިވާ ނުކުތާއެއްކަމާއި، ވޯޓް ގުނުމަށްފަހު އެމަރުކަޒުގައި
ނަތީޖާ އިޢުލާން ކޮށްފައިނުވާކަމަށް ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފް ވާހަކައެއްކަން އެނާގެ ބަހުން
ޝަރީޢަތަށް ހާމަވެގެން ގޮސްފައިވާތީ، އެކަން ސާބިތު ކުރުމަށްޓަކައި އޭނާގެ ފަރާތުން ހެކީންގެ ގޮތުގައި
ހުށަހަޅާފައިވާ ސ.ހިތަދޫ ބީޗްހެވަން ޢަލީ ނަޞީރާއި، ބްލޫވިލާގެ ޙަސަން ދިދީއާއި، ޖަބްރޯލުމާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤާސިވިއްޔާ ނިމުނު
އިޓް
2009/HC-I-SH/13
0
81 ހ04
އޭނާކުމެއެކަމަށް
4 2 2 4 9,
މުޙައްމަދު ޙައްސާން ރަޝީދާއި، ލަވްލީސްޓަރ! ޙުސައިން ޝިނާޒާއި، ނޫރުވާދީ! އަސްއަދު މުޙައްމަދު
ވަޖްދީއާއި، ޕިއާނާގެ އިބްރާހީމް މާހިރު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރު ކުރުމަކީ ބޭނުމެއް
މަށް ނުފެންނަ ކަން ފާހަގަކުރެވެއެވެ.
(ރ) މުޙައްމަދު ރަޝީދު (ހިޔަލީ) ގެ ފަރާތުން ކުޅަ ޝަކުވާގައި އިންތިޚާބަށް ނުފޫޒު
ފޯރުވުމަށް ސ.ހިތަދޫ ކައުސިލަރ ކުރިކަމަށް ބުނެފައިވާ ކަންކަމާއި، ހިތަދޫގައި ހުންނަ މޯލްޑިވްސް ޕޮލިސް
ސާރވިސުން ކޮށްފައިވާކަމަށް ބުނެފައިވާ ކަންކަމަކީ، މިޝަކުވާ ރައްދުވާ އިލެކްޝަންސް ކޮމިޝަނާއި
އެއްވެސް މިންވަރަކަށް ގުޅުމެއްވާ ކަންތައްތަކެއް ނޫންކަން އެނގެން އޮންނާތީ، އެނުކުތާތަކާއި ގުޅިގެން
މުޙައްމަދު ރަޝީދު (ހިޔަލީ) ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވަހަކައަށް މިމައްސަލާގައި
އެއްވެސް މިންވަރަކަށް ރިޢާޔަތް ކުރެވިފައި ނުވާނެކަން ފާހަގަކުރެވެއެވެ.
o loc
8
ދެންފަހެ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގައި ސ.ހިތަދު އަރާއިރު މުޙައްމަދު
ރަޝީދު (ހިޔަލީ) ކުރިމަތިލި ހިތަދޫ މެދުދާއިރާގައި، އިންތިޚާބާބެހޭ ޤާނުތަކާއި ޤަވާޢިދުތަކާއި އުސޫލުތަކާއި
ހަމަތަކާއި ޚިލާފަށް ވޯޓްގެ ކަންތައްތައް ކުރިއަށް ގެންގޮސް، ވޯޓްގެ ނަތީޖާ އިޢުލާން ކޮށްފައިވާކަމަށްބުނެ،
ހިތަދޫ ދާއިރާގައި ބަހައްޓާފައިވާ ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލް ކޮށްދެއްވައި، އަލުން
އެފޮށީގެ އިންތިޚާބު ބާއްވައި ދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި ދެއްވުންއެދި މުޙައްމަދު
ރަޝީދު (ހިޔަލީ) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ
ޝަކުވާގެ މިމައްސަލައާއި ގުޅިގެން އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު
ރަޝީދު (ހިޔަލީ) ގެ ދަޢުވާގައި އެދިފައިވާ ފަދައިން ހިތަދޫ މެދު ދާއިރާގައި ބަހައްޓާފައިވާ
44
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ގޮތުގެ ރިޕޯޓް
2009}FIC-I-SH/13
ނަންބަރު S05.1.2 ވޯޓް ފޮށީގެ ނަތީޖާ ބާޠިލްކޮށް އަލުން އެފޮއްޓަށް ވޯޓްލުން ބޭއްވުމަށް އިލެކްޝަންސް
ކޮމިޝަނަށް އަންގަންޖެހޭފަދަ އެއްވެސް ކަމެއް ހިގާފައިވާކަން ޝަރީޢަތަށް ސާބިތުވެފައިނުވާތީ، އެފޮށީގެ
ނަތީޖާ ބާޠިލްކޮށް އަލުން އެފޮއްޓަށް ވޯޓްލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގާނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
OXO
OC
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
4/
އަޙްމަދު ޝަރީފް ޢަލީ
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: މަރިޔަމް މުޙައްމަދު
ޗެކްކުރީ ޢާއިޝަތު ޝިހާބު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv