ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/20 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/20
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
404
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 20/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން. ފަވާޒު ކަޅުތުއްތު
އައިޑީ ކާޑުނަންބަރު: A167263
ދާއިމީ އެޑްރެސް: ފ.ރެދަން/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 17 ޞަފަރު 1430
23 ޖެނުއަރީ 2013
ނިމުނު ތާރީޚް: 16 ޝަޢުބާން 1434
25 ޖޫން
2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr-C/336
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޓެރަރިޕަމް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރުން ޢަބްދުއްރައޫފު އިބްރާހީމް
ވެސް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/20
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/336 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ.ރެދަން ފަވާޒު
ކަޅުތުއްތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/336 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ހ.ރެދަން ފަވާޒު ކަޅުތުއްތު 01 މާރޗް 2012 ވަނަ ދުވަހުގެ
16:30 އެހައިކަންހާއިރު، އަލިކިލެގެފާނުމަގާއި މަޖީދީމަގާއި ގުޅުން ކަންމަތިން މީނާއާއި އިތުރު ބަޔަކު
އެއްވެ ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ސައިކަލެއް، މަޖީދީމަގުގެ ދެކުނު ފަރާތުގައި ވެއްޓިފައި އޮއްވާ،
މީނާ އެސައިކަލްގެ ޕެޓްރޯލް ޓޭންކް ހުޅުވުމަށްފަހު މީނާގެ އަތުގައި އޮތް ލައިޓަރުން ޕެޓްރޯލް ޓޭންކްގައި
ރޯކޮށްލާފައިވާތީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޚަމް މަނާކުރުމުގެ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ޅ) އާ ޙަވާލާދީ އެޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފަވާޒު ކަޅުތުއްތުގެ
މައްޗަށް ޓެރަރިރަމްގެ ކުށުގައި ބައިވެރިވުމުގެ ދަޢުވާ ކުރެއްވުމުން ބެލުނު މައްސަލައެއްކަން" އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ކ.މާޅެ| ހ.ރެދަން ފަވާޒު ކަޅުތުއްތުގެ
މައްޗަށް ދައުލަތުން ކުޅަ ޓެރަރިޚަމްގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، 2012 މާރޗް 01 ވަނަ
ދުވަހުގެ 16:30 ހާއިރު، އަލިކިލެގެފާނުމަގާއި މަޖީދީމަގު ގުޅުނު ކަންމަތީ، މަޖީދީމަގުގެ ދެކުނު ފަރާތަށް
ވެއްޓިފައި އޮތް ސައިކަލެއް ޕެޓްރޯލް ޓޭންކް ފަވާޒު ކަޅުތުއްތު ހުޅުވުމަށްފަހު، ފަވާޒު ކަޅުތުއްތުގެ އަތުގައި
އޮތް ލައިޓަރަކުން އެސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ދުށްކަމަށް އެތަނުގައި ހުރި މީހަކު
ޝަރީޢަތުގައި ހެކިބަސްދީފައިވާތީއާ، އަދި ފަވާޒު ކަޅުތުއްތު އެސައިކަލްގައި އަލިފާން ރޯކުރާ މަންޒަރު
ފެންނަކަމަށް ބުނެ ޝަރީޢަތަށް ހުށަހަޅާފައިވާ ވީޑިއޯއަށް ބެލުމުން، އެވީޑިއޯއިން ފަވާޒު ކަޅުތުއްތު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
އެސައިކަލްގައި އަލިފާން ރޯކުރުމަށްފަހު، ދުވެފައިދާ މަންޒަރު ރަނގަޅަށް ފެންނަން ހުރުމުންނާއި،
މިމައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ އެހެނިހެން ޤަރީނާތަށް، މިމައްސަލައިގެ ހެކިތަކަށް ބާރުދޭތީ، މިއީ
ފަވާޒު ކަޅުތުއްތު ކޮށްފައިވާ ޢަމަލެއްކަން އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ޘާބިތުވާތީ، ޤާނޫނު
ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޚަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ޅ) ގެ
ދަށުން ފަވާޒު ކަޅުތުއްތު ޓެރަރިރަމްގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ބުނެވިދިޔަ ޤާނޫނުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން މާލެ/ ހ.ރެދަން ފަވާޒު ކަޅުތުއްތު 15
(ފަނަރަ) އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
cc
532 ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/336 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ.ރެދަން ފަވާޒު
ކަޅުތުއްތު ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
¢ ¢
(ހ) ފުރަތަމަ ނުކުތާއަކީ، މަންޒަރު ދުއްކަމަށް ބުނެ ހެކިބަސް ދިން ފަރާތް ހެކިބަސް ދީފައިވަނީ
ސައިކަލުގައި ރޯކުރިމީހާ ހުރީ މޫނުގައި އެއްޗެއް އަޅައިވާކަމަށްވެފައި ހެކިދިން މީހާގެ ބަހުން ފަވާޒު
ކަޅުތުއްތު މާރަނގަޅަށް ނުދަންނަކަމަށް ބުނާކަން އެނގެން އޮއްވައި މައްސަލަ ނިންމެވުމުގައި އޭނާގެ ބަހަށް
ޝަރީޢަތުން ބުރަވެ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ފަވާޒު ކަޅުތުއްތު ވެއްޓިފައިވާ ސައިކަލުގައި އަލިފާން ރޯކުރުމަށްފަހު
ދުވެފައިދާ މަންޒަރު ފެންނަކަމަށް ބުނެ ހުށަހެޅި ވީޑިއޯ އެނަލައިޒް ކޮށްފައިވާ ފަރާތަކީ އެފަދަ ކަމަކަށް
އެކަށީގެންވާ ތަޢުލީމީ ޤާބިލު ފަރާތެއްތޯ ޝަރީޢަތުން އެކަށީގެންވާ މިންވަރަށް ބައްލަވާފައި ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ހޯއިލި
.ލައްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
(ނ) ތިންވަނަ ނުކުތާއަކީ، ދަޢުވާ ލިބުނު ފަވާޒު ކަޅުތުއްތުގެ ފަރާތުން ހުށަހަޅަން ބޭނުންވި ހެކި
ޙާޟިރު ކޮށްދެއްވާފައި ނުވުމުގެ އިތުރުން ދަޢުވާކުރާ ފަވާޒު ކަޅުތުއްތު ކުށުން ބަރީޢަ ވުމަށް ބޭނުންވާ
ހެކިންގެ މަޢުލޫމާތު ހުށަހެޅުމަށް ދީފައިވަނީ އެފަދަ ކަމަކަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ނުވުން ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/336 ޤަޟިއްޔާ
ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ފަވާޒް ކަޅުތުއްތުގެ ފަރާތުން އިސްތިއުނާފް ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
03
¢ ¢ ¢ ¢
ހޯމަނުޖެހުމެއްގެ
ބުނެ
(ހ) ފުރަތަމަކަމަކީ، ހ.ރެދަން ފަވާޒު ކަޅުތުއްތުގެ މައްޗަށް ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓުގައި
އުފުލި ދަޢުވާއަށް ބަލާއިރު އެއީ 01 މާރޗް 2012 ވަނަ ދުވަހުގެ 16:30 އެހައިކަށްހާއިރު،
އަލިކިލެގެފާނުމަގާއި މަޖީދީމަގާއި ގުޅުނު ކަންމަތިން ފަވާޒު ކަޅުތުއްތު އާއި އިތުރު ބަޔަކު އެއްވެ ހިންގި
ތެރޭގައި ސައިކަލެއް މަޖީދީމަގުގެ ދެކުނު ފަރާތުގައި ވެއްޓިފައި އޮއްވާ، މީނާ އެސައިކަލްގެ
ޕެޓްރޯލް ޓޭންކް ހުޅުވުމަށްފަހު މީނާގެ އަތުގައި އޮތް ލައިޓަރުން ޕެޓްރޯލް ޓޭންކްގައި ރޯކޮށްލާފައިވާކަމަށް
އެކަމުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގޭކަމާއި، ދައުލަތުގެ ފަރާތުން ފަވާޒު ކަޅުތުއްތުގެ މައްޗަށް
ކުޅަ ދަޢުވާގައި ޙަވާލާދެއްވާފައިވާ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޝަމް މަނާކުރުމުގެ
ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ޅ) އަށްބަލާއިރު، އެމާއްދާގައި” މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް
ނުވަތަ މުދަލަށް ގެއްލުން ލިބިދާފަދަ ގޮތެއްގައި އެއްވެސް ތަނެއްގައި ނުވަތަ އެއްޗެއްގައި ހުޅު ޖެހުން ނުވަތަ
ހުޅު ޖަހަން އުޅުން ނުވަތަ އެފަދަ ގޮތަކަށް ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުން
ނުވަތަ ގެއްލުމެއް ދޭން އުޅުމަކީ ޓެރަރިޒަމްގެ ކުށެއްކަމަށް" ބަޔާން ކޮށްފައިވާކަން އެނގެން އޮންނައިރު،
މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމްގެ ކުށެއް ކުރި މީހެއްގެ އަދަބަކީ، 10 އަހަރާއި 15 އަހަރާއި
ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުންކަމަށާއި މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި
ބައިވެރިވި މީހާގެ އަދަބަކީވެސް މިއީ ކަމުގައި އެޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން
އެނގޭކަމެވެ.
Cec
42
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
(ނ) ދެވަނަކަމަކީ، ފަވާޒު ކަޅުތުއްތުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކްރިމިނަލްކޯޓުން
ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ މިދަޢުވާގައި ބަޔާންކުރާ ސައިކަލުގައި ފަވާޒު ކަޅުތުއްތު ރޯ ކުރި ތަން
ދުށްކަމަށް ބުނެފައިވާ ހެއްކެއްގެ ހެކިބަހާއި، މި ޙާދިސާ ހިނގި ދުވަހު ފަވާޒު ކަޅުތުއްތު ލައިގެން ހުރި
އަންނައުނުގެ ތެރެއިން އޭނާ އެދުވަހު ލައިގެން ހުރި ސޯޓު ފުލުހުންނާއި ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާ
ޕޮލިސް ސަރޖެންޓް އަޙުމަދު އަޒުމަތު ޢަބްދުﷲ އާއި ލާންސްކޯޕްރަލް އިބްރާހިމް ހުޝާމްގެ ހެކިބަހާއި،
ފުލުހުންނާއި ފަވާޒު ކަޅުތުއްތު ޙަވާލުކުރި މިސޯޓާއި މިމައްސަލައާއި ގުޅިގެން ހުށަހެޅުނު ވީޑިއޯ ފުޓޭޖުން
ފެންނަ މީހާ ލައިގެން ހުރި ސޯޓާއި އެއްގޮތްކަން ވީޑިއޯ އެނަލިސިސް ރިޕޯޓުން އެނގެން އޮތް އޮތުމަށާއި،
ސައިކަލްގައި ރޯކޮށްލުމަށްފަހު ފަވާޒުކަޅުތުއްތު ދުވެފައިދާ މަންޒަރު ފެންނަކަމަށް ބުނެ ތަޙްޤީޤަށް ހޯދާފައިވާ
ވީޑިއޯއަކާއި، މިމައްސަލައާއި ގުޅިގެން ހުށަހެޅުނު ވީޑިއޯ ފުޓޭޖަށް ބަލާ އެވީޑިއޯ ފުޓޭޖްއިން އެކްސްޓްރެކްޓް
ކޮށްފައިވާ ފޮޓޯތަކާއި ފަވާޒު ކަޅުތުއްތުގެ ޙަރަކާތްތައް މާފަންނު އިސްކަންދަރު ކޮށީގައި ނަގާފައިވާ ފޮޓޯތަކާއި
އަޅާ ކިޔާއިރު މި ދެފަރާތަކީވެސް އެއްފަރާތެއްކަން ފާހަގަކުރެވިފައިވާކަމަށް ބަޔާންކޮށް އެރިޕޯޓުތައްޔާރު ކުރި
ފަރާތުން ދީފައިވާ ހެކިބަހާއި އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބުރަވެ މިއެންމެހާ ހެކި
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެން އޮންނަކަމެވެ.
(ބ) ތިންވަނަކަމަކީ، ދައުލަތުގެ ފަރާތުން ފަވާޒު ކަޅުތުއްތުގެ މައްޗަށް ކުޅަ ދަޢުވާ ސާބިތުކުރުމަށް
ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވި އޭނާގެ
ހެކިބަސްނެގިފައިވާއިރު، އޭނާގެ ހެކިބަހުގައި އޭނާ ފަވާޒު ކަޅުތުއްތު މާރަނގަޅަށް ނުދަންނަ ކަމަށް
ބުނެފައިނުވާކަމާއި، އެހެންނަމަވެސް އޭނާގެ ފަރާތުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުގައި ޔަޤީންކަމާއި
އެކު ތަކުރާރުކޮށް އޭނާ ފަވާޒު ކަޅު ތުއްތު ރަނގަޅަށް ދަންނަކަމަށް ބުނެފައިވާކަމާއި އަދި ދައުލަތުގެ ފަރާތުން
ޙަވާލާދޭ ޙާދިސާ ހިނގިދުވަހު މިމައްސަލާގައި ޙަވާލާދޭ ސައިކަލުގައި ރޯކޮށްލީ ސީދާ ފަވާޒު ކަޅުތުއްތުކަން
ވެސް ބުނެފައިވާކަމާއި، ދައުލަތުގެ ފަރާތުން ހުށަހެޅި މިހެކިވެރިޔާއާއި ސުވާލުކުރުމަށާއި
ހެކިވެރިޔާގެ ހެކިބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފަވާޒު ކަޅުތުއްތުއަށް
ގުއަށް ފުރުސަތުދިނުމުން މިހެކިވެރިޔާގެ
ހެކިބަސް ތަޢުނު ކުރުމަށް އަދި ނަފީކުރުމުގެ ގޮތުން ފަވާޒު ފެތުއްތުގެ ފަރާތުން ކްރިމިނަލްކޯޓުގައި
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެވާހަކަތަކުގައި ހެކިވެރިޔާގެ ހެކިބަސް ނަފީކުރެވޭ ފަދަ އަދި އެހެކިބަހުގައި
ޝައްކެއް އުފެދޭ ފަދަ ހަރުދަނާ އެއްވެސް ކަމެއް ހުށަހެޅިފައިނުވާކަން އެނގޭކަމެވެ.
4ހދ8
ޤާށ2ށ
etc>
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/20
(ނ) ހަތަރުވަނަކަމަކީ، ހައިކޯޓުން މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ
އަސާސްކަމުގައި ބަލައިގެން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނަކަމާއި، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް
ހުށަހެޅި ވީޑިއޯ އެނަލައިސް ކޮށްފައިވާ ފަރާތަކީ އެފަދަ ކަމަކަށް އެކަށީގެންވާ ތަޢުލީމީ ޤާބިލު ފަރާތެއްތޯ
ޝަރީޢަތުގެ ފަރާތުން ބަލާފައިނުވާކަމަށް ފަވާޒު ކަޅުތުއްތުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާގައި ފާހަގަ
ކޮށްފައިވީނަމަވެސް މިކަން ބަލައި ދިނުމަށް އެދި ފަވާޒު ކަޅުތުއްތުގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވާކަން
އެނގެން ނެތްއިރު، ވީޑިއޯ އެނަލައިސް ކުރި ފަރާތުގެ ޤާބިލުކަމާއި މެދުވެސް ފަވާޒު ކަޅުތުއްތުގެ ފަރާތުން
ދަށު ކޯޓުގައި ސުވާލު އުފައްދާފައިނުވާކަމުން މިއީ މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިދެވޭނެ
ނުކުތާއެއްކަމުގައި ބެލެވެންނެތްކަމާއި އެހެންނަމަވެސް ފަވާޒު ކަޅުތުއްތުގެ ފަރާތުން މިސުވާލު އުފައްދާފައިވާތީ
މިވީޑިޔޯ އެނަލިސިސް ރިޕޯޓު ތައްޔާރު ކުރި ފަރާތުގެ ތަޖުރިބާ އާއިގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަރާތުން ބެލި ބެލުމުން މިވީޑިއޯ އެނަލިސިސް ރިޕޯޓު ތައްޔާރުކުރި ޕޮލިސް ސަރޖެންޓަކީ މިފަދަ ކަމެއް
ކުރުމުގެ ޤާބިލުކަން ހުރި ފަރާތެއް ނޫންކަމުގައި ނުބެލެވޭކަމެވެ.
(ބ) ފަސްވަނަކަމަކީ، މައްސަލައެއްގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހުށައަޅާ އެންމެހާ ހެކިތަކާއި
ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށައެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަން
ޖެހޭނެކަމެއްކަމަށާއި އެހެންނަމަވެސް ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށައެޅޭ ހެކިތަކާއި ދަލީލުތަކުގެ
ތެރެއިން މައްސަލައާއި ގުޅުންހުރީ ކޮން ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ
ބޭނުމުގައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި
ބަލައި ނުގަނެވޭނެ ހެކިތައް އަދި ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން
ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅިދާނެކަމާއި އަދި ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށައަޅާ
ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެންނެތް ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި
ހުރިނަމަ އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބެއް މައްސަލަ ބައްލަވާ ފަނޑިޔާރު އެމައްސަލައެއްގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވަންޖެހޭނެކަމާއި އަދި ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ
ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެސް ވާންޖެހޭނެކަން
އެނގޭކަމާއި، މިމައްސަލައާއި ގުޅިގެން ފަވާޒުކަޅުތުއްތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށް ދިނުމަށް
cuco O
ރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ކްރިމިނަލްކޯޓުގައި އެދިފައިވާ ފަރާތަކީ ޅ.ނައިފަރު ރޭދުވާގެ އަޙުމަދު ޤައްސާމް އެކަނިކަން އެނގޭކަމާއި،
އަޙުމަދު ޤައްސާމް ހެއްކެއްގެ ގޮތުގައި ޙާޟިރުކޮށްދިނުމަށް އެދިފައިވަނީ މިޙާދިސާ ހިނގި ދުވަހު ފަވާޒު
ކަޅުތުއްތު ލައިގެން ހުރި އެއްޗެއްސާ ފަވާޒު ކަޅުތުއްތު އެދުވަހުގެ މުޒާހަރާގައި ޙަރަކާތްތެރިވި ސަރަޙައްދުތައް
ސާބިތުކޮށް ދިނުމަށްކަމަށް ފަވާޒު ކަޅުތުއްތު ބުނެފައިވާއިރު، ފަވާޒު ކަޅުތުއްތުގެ ފަރާތުން ހުށަހެޅި މިހެކިވެރިޔާ
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައި ނުވާ ސަބަބު ކްރިމިނަލްކޯޓުން މިމައްސަލަ ނިންމެވުމުގައި ފަނޑިޔާރު
ފާހަގަ ކުރައްވާފައިވާކަމާއި، މިގޮތުން މިހެކިވެރިޔާ ޙާޟިރުކޮށްދެވިފައި ނުވަނީ މިބާވަތުގެ ކަމެއް
ސާބިތުކުރުމަށް އެންމެ ހެއްކަކީ އެހެކީގެ މައްޗަށް ކަމެއް ސާބިތުވާ މިންވަރެއް ނޫންކަމަށާއި އެހެއްކަކަށް
ބާރުދޭނެ އިތުރު އެހެން ޤަރީނާތަކެއްނެތި، އެހެކި މީހާގެ ބަހަށް ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް
އެއީ އެބަހަށް ބާރުދޭނެ ހަރުދަނާ ޤަރީނާތަކެއްނެތި، އެކަންކަން ސާބިތުވާނޭކަމަކަށްނުވާތީ އެހެކި މީހާ
ޝަރީޢަތަށް ޙާޟިރުކުރުމަކުން ދަޢުވާ ލިބޭ ފަރާތުން ޙާސިލުކުރަން ބޭނުންވާ ނަތީޖާ ޙާސިލުނުވާކަން އެނގޭތީ،
އެހެކި މީހާ ޝަރީޢަތަށް ޙާޟިރުކުރުމަކީ މުހިއްމުކަމެއް ނޫންކަން އެނގެން އޮތުމުން ކަމަށް ބަޔާންކޮށްފައި
އޮންނަކަމާއި، ފަވާޒު ކަޅުތުއްތުގެ ފަރާތުން ހެކި ހުށަހަޅަން ބޭނުންވި ސަބަބުގެ މައްޗަށާއި މިމައްސަލައިގައި
ފަވާޒުކަޅުތުއްތު އާއި އިދިކޮޅަށް ލިބުނު ހެކިތަކުގެ މައްޗަށް ބަލާއިރު، ފަވާޒު ކަޅުތުއްތު ހުށަހެޅި ހެކިވެރިޔާ
ޝަރީޢަތަށް ޙާޟިރުނުކުރުމަށް ކްރިމިނަލްކޯޓުން ނިންމި ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
އެކަށީގެންވާ ސަބަބެއްކަމުގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވެން އޮތް
އިރު،
ce
ހދ. ހ.249
މިމައްސަލައާއިގުޅިގެން 28 ޖޫން
2012 މިތާރީޚުގައި ފަވާ
ފަވާޒުކަޅުތުއްތުގެ ފަރާތުން
ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން ކްރިމިނަލްކޯޓުން ފަވާޒުކަޅުތުއްތުއަށް ވަކީލަކު ޢައްޔަންކުރުމަށާއި
އޭނާގެ ފަރާތުން ހުށަހަޅަންޖެހޭ ދިފާޢީ ހެކި ހުށަހެޅުމަށް 5 ދުވަހުގެ ފުރުސަތު ދިންކަން އަދި އެކަން
ތުއްތުގެ ފަރާތުން ޤަބޫލުކޮށް އެމުއްދަތުގައި ދިފާޢީ ހެކިން ހުށަހަޅާނެކަމަށް އެއްބަސްވެފައިވާކަން
އެނގެން އޮތްއިރު އެތާރީޚުގެ ފަހުން 10 ޖުލައި 2012 ވަނަ ދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައިވެސް
ދިފާޢުގައި ހެކި ހުށަހެޅުމަށް ފަވާޒުކަޅުތުއްތުގެ ވަކީލުގެ ފަރާތުން އެދުމުން ދިފާޢީ ހެކި ހުށަހެޅުމުގެ އިތުރު
ފުރުސަތެއް ކްރިމިނަލްކޯޓުން ދީފައިވާކަން އެނގޭކަމާއި މިހެންކަމުން ފަވާޒުކަ ބަރީއަވުމަށް
تور مارميه
→ ހ9 89
9
4
.$$ 300 ހނނ
899
ދިވެހިރާއްޖޭގެހައިކޯޓް، އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2013/HC-A/20
ބޭނުންވާ ހެކިންގެ މަޢުލޫމާތު ހުށަހެޅުމަށް ދީފައިވަނީ އެފަދަ ކަމަކަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް
ފަވާޒުކަޅުތުއްތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް ފަވާޒުކަޅުތުއްތުގެ މައްޗަށް
ކުށުން ބަރީއަވުމަށް އޭނާގެ ފަރާތުން ހުށަހަޅަން ބޭނުންވާ ދިފާޢީ ހެކި
އެކަށީގެންވާ ފުރުސަތު ކްރިމިނަލްކޯޓުން އޭނާއަށް ދީފައިވާކަން އެނގެއެވެ.
ހުށަހެޅުމަށް
208ބށ ފަނ
320ކރު
ވީމާ، އިސްވެފާހަގަ މިކަންކަން މިގޮތުގެ މަތީން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/336 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހ.ރެދަން ފަވާޒުކަޅުތުއްތުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.
ޙުކުމް
ce O
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/Cr-C/336 ޤަޟިއްޔާ ގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހ.ރެދަން
ފަވާޒުކަޅުތުއްތުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ
އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ކަނޑައަޅައި
އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
336/Cr-C/2012
6
8 ހދ8
ތެބޭކަށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv