ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/164 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
1
ޤަޟިއްޔާ ނަންބަރު: 164/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
*
* ނަން: މުޙައްމަދު މޫސާ
އައިޑީ ކާޑު ނަންބަރު: A043488
އެޑްރެސް: މ.ފުރަވެލި / މާލެ
މިހާރުގެ އެޑްރެސް: ބ.ފުރަވެލި/ ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އިބްރާހީމް ޝަރީފް
އައިޑީ ކާޑު ނަންބަރު: A050459
ދާއިމީ އެޑްރެސް: ރަތްކެޔޮގެ ހއ.ކެލާ
އެޑްރެސް: ހ.އިލާވެހި | މާލެ
1436
، ނިމުނު ތާރީޚް: 11 ޞަފަރު 1437
• ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ރަޖަބް
30 އޭޕްރީލް 2015
:04 ތ
23 ނޮވެމްބަރ 2015
އިސްތިއުނާފުކުރެވު. ޤަޟިއްޔާ ނަންބަރު: 2014/Cv-C/1433
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ޢިމާރާތް ކުއްޔަށްދިނުން
މައްސަލަ ހުށަހެޅުނު ތާރީޚް: 07 ޖުލައި 2014
މައްސަލަ ނިމުނު ތާރީޚް: 13 ޑިސެމްބަރ 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު އިޒް.ޢަބްދުﷲ ދީދީ، ފަނޑިޔާރު އގ.ޝުޖާޢު ޢުޘްމާން
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1433 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
މ.ފުރަވެލި މުޙައްމަދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ހ ޑ 33 ه
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހއ.ކެލާ / ރަތްކެޔޮގެ އިބްރާހީމް
ޝަރީފުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1433 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހ.އުލިގަމުގެ އެވެ ކިޔާ ބަންޑާރަގޯތީގައި ހަދާފައިވާ
7 ބުރި ޢިމާރާތުގެ ތިރީ ދެބުރި މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް މުޙައްމަދު މޫސާއާއި، އެގޭގެ
ވެރިފަރާތުން އެތަން ކުއްޔަށްހިފައިގެން އުޅޭ އިބްރާހީމް ޝަރީފްއާއި ދެމެދު 10 ފެބްރުއަރީ 2005
ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 30 އޭޕްރީލް 2014 ގައި ހަމަވެފައިވާ ކަމަށާއި، އެ މުއްދަތުގެ
ފަހުން އެތަން ބޭނުންކުރުމުގެ އިޚްތިޔާރު މުޙައްމަދު މޫސާއަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި
ދިނުމަށާއި، ކުލި ނުދައްކައިވާ މަސްމަހުގެ ކުރިހޯދައިދިނުމަށާއި، ތަންހުސްކޮށް އިބްރާހީމް ޝަރީފްއާއި
ޤަލުކުރުމަށް މުޙައްމަދު މޫސާއަށް ޝަރީއަތުން އަންގައި ދިނުމަށް އެދި، މުޙައްމަދު މޫސާގެ މައްޗަށް
އިބްރާހީމް ޝަރީފު ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ހ3ވ
އެޤަޟިއްޔާގައި ޙުކުމް ކު .ވާފައިވަނީ،
ރީ، "ދެން ފަހެ، އިސްވެބަޔާންވެދިޔަ ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާގައި ބުނެފައިވާ ތަން 1 މެއި 2005 އިން ފެށިގެން ނުވައަހަރު
ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާކަމާއި، އެ މުއްދަތު ހަމަވުމުން އެ މުއްދަތުގެ ތެރެއަށް 4
އަހަރާއި 7 މަސްދުވަސް އިތުރު ކުރެވޭނެ ކަމަށް އެއްބަސްވުމުގެ އެއްވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
ދެފަރާތަށް
ބަޔާންވެގެންވުމާއި، އެދެމުއްދަތުގެ ގުޅިގެންދާއިރު ކުއްޔަށްދިން ފަރާތުގެ ރުހުން ފާޅުވެފައި އޮންނަން
ޖެހޭކަމަށް އެއްބަސްވުމުގައި ބަޔާންވެފައި ނެތުމާއި، އެފަދަ ރުހުމެއް ފާޅުވެފައި އޮންނަންޖެހޭކަން
އެމާއްދާގެ އިބާރާތުން ދޭހަވާތީ، ދެމުއްދަތު ގުޅިގެން ދާކަމަށް ޝަރީ
ޝަރީއަތަށް ބުރަވެވޭކަމަށާއި،
ކުއްޔަށްދިން މުއްދަތު ކަމަށް ދެފަރާތުން އެއްބަސްވެފައިވަނީ 13 އަހަރާއި 7
މަސްދުވަސް ކަމަށް ވީނަމަވެސް، ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ
ބަންޑާރަ ގޯއްޗެއްގެ ބައެއް ދިރިއުޅުން ނޫންބޭނުމަކު ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 10 އަހަރު
ކަމަށްވާއިރު، ޤާނޫނާއިޚިލާފަށް އެއްބަސްވުމުގެ
އެއްބަސްވުމުގެ
ލިބިގެންނުވާކަމާއި، ޤާނޫނާއި ޚިލާފަށް އެއްބަސްވެފައިވާބަޔަކީ ބާޠިލް ބައެއްކަމާއި، 10 އަހަރު
ދުވަހަށްވުރެ އިތުރަށް އެއްބަސްވެފައިވާބައި ގުޅިގެން ދިއުމަށް ކުއްޔަށްދިން ފަރާތުގެ ރުހުން އޮވެގެން
އަލުން އެއްބަސްވާން ޖެހޭކަމާއި، އެފަދަ ރުހުމެއް ނެތްކަމަށް އެފަރާތުން ބުނެފައިވާތީ، 30 އޭޕްރީލް
2015 ފަހުން ކުއް
ކުއްޔަށްދިންތަން ބޭނުންކުރުމު
އިޚްތިޔާރު މުޙައްމަދު މޫސާއަށް ލިބިގެން ނުވާކަމަށާއި،
2014 މެއި މަހުން ފެށިގެން ދަޢުވާގައި ބަޔާންކޮށްފައިވާ ތަނުގެ ކުލި، ކުއްޔަށްހިފި
ފަރާތުން ދައްކާފައިނުވާކަން ދެފަރާތުގެ ބަހުން އެނގެންއޮތުމާއި، މިބުނެވިދިޔަ މުއްދަތުގެ ދަޢުވާލިބޭ
ފަރާތުން ހޯދައިދިނުމަށް ދަޢުވާކުރާފަރާތުން ދަޢުވާގައި އެދިފައިނުވުމުން، މިބުނެވިދިޔަ މުއްދަތުގެ ކުލި
ކަމުގައިވާ -/
384,000ރ. (ތިންލައްކަ އަށްޑިހަ ހަތަރު ހާސް ރުފިޔާ) އަކީ އިބްރާހީމް ޝަރީފްއަށް
މުޙައްމަދު މޫސާ ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މިފައިސާ އިބްރާހީމް ޝަރީފްއަށް
މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދެއްކުމަށް
މުޙައްމަދު މޫސާއަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
couc
6ދންމަށްޓަކައި
I ¢.
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1433 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް
ގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުންއެދި
މ.ފުރަވެލި މުޙައްމަދު މޫސާގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
hig ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
4
.މުނު ގޮތުގެ ޚުލާޞާ
2015/HC-A/164
(ހ) ފުރަތަމަ ނުކުތާއަކީ، އުލިގަމު ކިޔާ އިމާރާތުގެ ތިރީ ދެބުރި 30 އޭޕްރީލް 2015
އިން ފެށިގެން ކުއްޔަށްދޭގޮތަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ބަޔަކީ ބާޠިލު ބައެއްކަމަށް
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ވަކި މުއްދަތަކަށް އެއްބަސްވެ އަދި އެމުއްދަތުގައި ވަކި
ރޭޓަކަށް ކުއްޔަށްދޭން
ޔަށްދޭން އެއްބަސްވެ، އިސްތިއުނާފުކުރާ ފަރާތުން ޢިމާރާތްކުރުމަށް ބޮޑު ޚަރަދެއް
ކޮށްފައިވާއިރު، އެމުއްދަތު އިސްތިއުނާފުކުރާ ފަރާތަށް ނުލިބޭގޮތަށް އެއްބަސްވުން ނިމޭގޮތަށް
މާނަކޮށްފައިވުން ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ،
ޕްރިންސިޕަލެއްކަމަށްވާ
މައްސަލަ
ނިންމަވާފައިވުންކަމަށްބުނެ ހުށަހެޅި ނުކުތާ
preferentum)
(contra
(
ރިޢާޔަތެކރއެޅުމެވެ
ނުލައި
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1433 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
މ.ފުރަވެލި މުޙައްމަދު މޫސާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1433 ޤަޟިއްޔާގެ ދަޢުވާފޯމަށާއި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މިމައްސަލައަކީ
10 ފެބްރުއަރީ 2005 މިތާރީޚުގައި ހ.އުލިގަމުގެއެވެ ކިޔާ ބަންޑާރަގޯތީގެ ވެރިފަރާތުގެ އަތުން އެތަން
ހިފައިގެން އުޅޭ ހއ.ކެލާ ރަތްކެޔޮގެ އިބްރާހީމް ޝަރީފް އާއި ނ.ހެނބަދޫ ކަނީރުގެ
މުޙައްމަދު މޫސާއާއި ދެމެދު، ހ.އުލިގަމުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހަދާ 7 ބުރީގެ ޢިމާރާތުގެ
63 ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
3
2
6 ދ 3
ތިރީދެބުރި މ.ފުރަވެރި މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ
އެއްބަސްވުމަކާއި ގުޅިގެން އުފެދިފައިވާ ޚިލާފެއްގެ މައްޗަށް ބިނާކޮށް، އިބްރާހީމް ޝަރީފްގެ ފަރާތުން
އެމަދު މޫސާގެ މައްޗަށް ރައްދުވާގޮތަށް ސިވިލް ކޯޓުގައި ދަޢުވާ އުފުލުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި، އިބްރާހީމް ޝަރީފުގެ ފަރާތުން ސިވިލް ކޯޓުގައި އުފުލި ދަޢުވާގެ
މައިގަނޑު އަސާސަކީ، މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާއި މުޙައްމަދު މޫސާ ތަކުރާރުކޮށް
ޚިލާފުވަމުން ގެންދާތީ، މުޙައްމަދު މޫސާގެފަރާތުން ނުދައްކާވާ ކުލީގެފައިސާ ހޯދުމަށާއި، މި ދެފަރާތުގެ
ދެމެދުގައިވެވިފައިވާ އެއްބަސްވުމުގެ މުއްދަތު 30 އެޕްރީލް 2014 ގައި ހަމަވެފައިވާކަމަށް
ކަނޑައަޅައިދިނުމަށާއި، 01 މެއި 2014 އިން ފެށިގެން އެއްބަސްވުމުގެ މުއްދަތު އައުކޮށްދިނުމަށް
އިބްރާހީމް ޝަރީފް ބޭނުންނުވާތީ، ތަން ބޭނުންކުރުމުގެ ޙައްޤު މުޙައްމަދު މޫސާއަށް މިހާރު ނެތްކަމަށް
ކަނޑައަޅައިދީ ތަން ހުސްކޮށް އެތަން އިބްރާހީމް ޝަރީފަށް ޙަވާލުކުރުމަށް މުޙައްމަދު މޫސާއަށް
އަންގައި ދިނުމަށާއި، އެއްބަސްވުމުގެ ދަށުން ނުދެއްކިވާ އެންމެހާ ފައިސާ އާއި އަދި މުއްދަތު ހަމަވި
ތާރީޚުންފެށިގެން
ގެންގޮސްފައިވާކަމަށްބުނާ މުއްދަތުގެ ފައިސާ ހޯދުންކަން އެނގެން
ކަމެވެ.
ދ ޏ 324 ه2 ހ ه
ފ ދ ¢ ¢
އަންނަ ކަމެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން މިމައްސަލައިގައި ހިމެނޭ ދެފަރާތުން
ސިވިލް ކޯޓަށް ދީފައިވާ ބަޔާންތަކަށާއި މިމައްސަލަ ނިންމެވުމުގައި ސިވިލް ކޯޓުން ފާހަގަކުރައްވާފައިވާ
ކަންކަމުގެ މައްޗަށް ބެލުމުން، އިބްރާހީމް ޝަރީފުގެ ފަރާތުން ހުށަހެޅި ދަޢުވާގެ ސީޝޯގައި،
އެއްބަސްވުމާ މުޙައްމަދު މޫސާގެ ފަރާތުން ތަކުރާރުކޮށް ޚިލާފުވާކަމަށް ބުނެފައިވާ ބުނުމަކީ،
އެއްބަސްވުމުގައި ބަޔާންކުރާ ކުލި މުޙައްމަދު މޫސާގެ ފަރާތުން ނުދައްކާވާކަމަށް ބުނާ ބުނުންކަން
އިބްރާހީމް ޝަރީފުގެ ފަރާތުން ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި، މިކަމަށް މުޙައްމަދު
މޫސާގެ ފަރާތުން އިންކާރުކޮށް، 2014 މެއި މަހުން ފެށިގެން ކުލި ނުދެއްކިވަނީ ކުއްޔާއި އިބްރާހިމް
ޝަރީފު ޙަވާލުނުވެގެންކަމަށް ބުނެފައިވާކަމާއި، މިނުކުތާއާއި މެދު ސިވިލް ކޯޓުން ނިންމަވާފައިވާ
ނިންމެވުމަށް ބެލުމުން، މިމައްސަލައާއި ގުޅިގެން ހުށަހެޅި ލިޔުންތަކަށް ސިވިލް ކޯޓުގައި މިމައްސަލަ
ބެއްލެވި ފަނޑިޔާރު ރިޢާޔަތްކޮށް، ކުލިދައްކަން މުޙައްމަދު މޫސާ މަސައްކަތްކުރިކަން އެނގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
އެބައޮތްކަމަށް
މަށް
އަދި އެލިޔުންތަކަށް އިބްރާހީމް ޝަރީފުގެ ފަރާތުން އިންކާރުނުކުރާކަމަށް
ފެންކުރައްވާފައި އޮތުމުން، މިމައްސަލައިގައި ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުން 2014
މެއިން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށް، އަދި 30 އެޕްރީލް 2015 ގެ ފަހުން ކުއްޔަށް ދިން
އިޚުތިޔާރު މުޙައްމަދު މޫސާއަށް ލިބިގެންނުވާކަމަށް ކަނޑައަޅައިފައިވަނީ،
އެއްބަސްވުމާއި މުޙައްމަދު މޫސާ ޚިލާފު
ލާފުވެގެން އެސަބަބުގެ މައްޗަށް ނޫންކަން އެނގޭކަމެވެ.
ތަނުގެ
هe $$$
ތެކެރެމެގެ
(ނ) ތިންވަނަކަމަކީ، އިޝާރާތްކުރެވޭ އެއްބަސްވުމުގެ މުއްދަތު 30 އެޕްރީލް 2015
ގައި ނިމުމަކަށް އައިސްފައިވާކަމަށް، އަދި އެމުއްދަތުގެ ފަހުން ޢިމާރާތް ބޭނުންކުރުމުގެ އިޚްތިޔާރު
މުޙައްމަދު މޫސާއަށް ލިބިގެންނުވާކަމަށް ސިވިލް ކޯޓުން ބެއްލެވި މައިގަނޑު ސަބަބަކީ، ކުއްޔަށްދިން
މުއްދަތުކަމަށް ދެފަރާތުން އެއްބަސްވެފައިވަނީ 13 އަހަރާއި 7 މަސްދުވަސްކަމަށް ވީނަމަވެސް،
ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު، ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގެ ބައެއް
ދިރިއުޅުން ނޫން ބޭނުމަކު ކުއްޔަށްދެވޭ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށްވާއިރު، ޤާނޫނާއި
ޚިލާފަށް އެއްބަސްވުމުގެ އިޚްތިޔާރު އެއްބަސްވުމުގެ ދެފަރާތަށް ލިބިގެންނުވާކަމަށާއި، މިހެންކަމުން
ޤާނޫނާއި ޚިލާފަށް އެއްބަސްވެފައިވާ އެބަޔަކީ ބާތިލުބައެއްކަމަށް ކަނޑައަޅައި، 10 އަހަރު ދުވަހަށްވުރެ
އިތުރަށް އެއްބަސްވެފައިވާބައި ގުޅިގެން ދިއުމަށް ކުއްޔަށްދިން ފަރާތުގެ ރުހުން އޮވެގެން އަލުން
އެބަސްވާން ޖެހޭކަމަށްބުނެ އެސަބަބު ބަޔާންކުރުމަށްފަހުގައި ކަން އެނގެން އޮންނައިރު، ދެފަރާތުގެ
ދެމެދުގައިވެފައިވާ އެއްބަސްވުމުގެ މުއްދަތު ފެށޭ ތާރީޚުކަމަށްވާ 01 މެއި 2005 އިން 30 އެޕްރީލް
2014 އަށް ނިޔަލަށްވަނީ 09 އަހަރުކަމަށްވާތީއާއި، އިބްރާހީމް ޝަރީފްއާއި، މުޙައްމަދު މޫސާއާއި
ދެމެދު ކުރެވުނު އެއްބަސްވުމުގެ ދެވަނަ ތާރީޚު ފެށެނީ ފުރަތަމަ އެއްބަސްވުމުގެ 120 މަސް ދުވަސް
ފަހުންކަން އެއްބަސްވުމަށް ބެލުމުން އެނގޭއިރު، އެތާރީޚުގެ ކުރިން 23 ޖުލައި 2008 ގައި ބިމާބެހޭ
ޤާނޫނަށް ގެނެވުނު އިސްލާހެއްގެ ދަށުން 35 އަހަރު ދުވަހުގެ މުއްދަތަށް ދިރިއުޅުމަށް ދޫކޮށްފައިވާ
ބަންޑާރަ ގޯއްޗެއް ދިރިއުޅުން ނޫން ބޭނުމަކަށް ކުއްޔަށް ދެވިދާނެކަން އެނގެން އޮތުމުން،
މިއެއްބަސްވުން މިހިނދަށް ކުރިއަށް ގެންދިއުމަކީ ޤާނޫނީ ގޮތުން ސައްޙަ
ދުންކަމެއްކަމުގައި
ނުބެލެވޭކަމުން، މިއެއްބަސްވުމަކީ ޤާނޫނީ ގޮތުން ސައްޙަ ނޫން އެއްބަސްވުމެއްކަމުގައި ސިވިލް ކޯޓުން
ބިނާކުރި އަސާސް ސައްޙަ ނޫންކަން އެނގޭކަމެވެ.
އއބ
ޓީއްޖޭގެ ޖޯކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
»
ޑހ/ މޑ
މިދެފަރާތުގެ
1
(ރ) ހަތަރުވަނަކަމަކީ، މުޙައްމަދު މޫސާއާއި، އިބްރާހީމް ޝަރީފްއާއި ދެމެދު ވެވުނު
އިޝާރާތްކުރެވުނު އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުން އޭގެޒާތުގައި ސައްޙަނޫންކަމާއިމެދު
އިބްރާހީމް ޝަރީފުގެ ފަރާތުން ސުވާލެއް އުފައްދާ
އްދާފައިވާކަން އެނގެން ނެތްކަމާއި، އަދި މިއީ
ދެމެދުގައި ވެފައިނެތް އެއްބަސްވުމެއްކަމާއި މެދަކުވެސް
މެދަކުވެސް ޚިލާފެއްނެތްކަމާއި،
މިއެއްބަސްވުމާއި ގުޅިގެން އިބްރާހީމް ޝަރީފުގެ ފަރާތުން އުފައްދާ ސުވާލަކީ، އެއްބަސްވުމުގެ
ވަނަމާއްދާގައި ބަޔާންކުރާ މުއްދަތާއި ގުޅިގެން އުފައްދަމުންދާ ސުވާލުކަން އެނގޭކަމާއި، މިގޮތުން
އެއްބަސްވުމުގެ 1 ވަނަ މާއްދާގައި ބަޔާންކުރާ 120 މަސްދުވަހުގެ އިތުރަށް، އެމުއްދަތުގެ ތެރެއަށް
55 މަސްދުވަސް އިތުރުކުރެވޭކަމަށް އޮންނަ އޮތުމަކީ، އިބްރާހީމް ޝަރީފަށް ލިބި އޮތް
އިޚްތިޔާރެއްކަމަށް އިބްރާހީމް ޝަރީފު ދެކޭއިރު، މިއެއްބަސްވުން 120 މަސްދުވަހުގެ އިތުރަށް
މިގެންދާނެކަމަށް އެއްބަސްވުމުގެ 1 ވަނަ މާއްދާއިން އެނގޭކަމަށް މުޙައްމަދު މޫސާގެ ފަރާތުން
ބުނާކަމާއި، މިދެފަރާތުގެ ދެމެދުގައި ޚިލާފުއުފެދިފައިވާ، އެއްބަސްވުމުގެ 1 ވަނަ މާއްދާގެ ޢިބާރާތަށް
ބަލާއިރު އެމާއްދާގައި ބަޔާންކޮށްފައިވަނީ " މިއެއްބަސްވުމުގެ މުއްދަތަކީ 1 މެއި 2005 ން ފެށިގެން
30 އެޕްރީލް 2014 ގެ ނިޔަލަށް ހިނގާ
120 މަސްދުވަހެވެ. މިމުއްދަތުގެ ތެރެއަށް މިއެއްބަސްވުމުގެ
އެއްވެސް ތާކަށް ބަދަލެއް ނުގެނެސް 1 މެއި 2014 އިން 30 ނޮވެމްބަރ 2018 އަށް ހިނގާ 55
މަސްދުވަސް އިތުރު ކުރެވޭނެއެވެ." މިފަދައިންކަން އެނގޭކަމެވެ.
63
-.
coco Occ
ބ) ފަސްވަނަކަމަކީ، ދެފަރާތެއްގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައިވާ މާއްދާއަކާއި
ގުޅިގެން ދެފަރާތެއްގެ ދެމެދުގައި ޚިލާފު އުފެދޭފަދަ ޙާލަތްތަކުގައި، އެއެއްބަސްވުމެއްގެ މާއްދާ
މާނަކުރުމުގެ ބޭނުމަ އެމާއްދާއެއް އެއްބަސްވުމުގައި ހިމެނުމުގައި އެއްބަސްވުމުގެ ބައިވެރިންގެ
މަޤްޞަދު ދެނެގަތުމަށްޓަކައި އެއްބަސްވުމުގައި ހިމެނިގެންވާ ޖުމްލަ މާއްދާތަކުގެ މައްޗަށާއި،
އެއްބަސްވުން އެކުލަވާލެވުނު ގޮތުގެ މައްޗަށާއި މުޢާމަލާތް ހިނގާފައިގޮތުގެ މައްޗަށާއި މުޅި
އެއްބަސްވުމުގެ ވަށައިގެންވާ ކަންކަމަށް ބެލެވެންޖެހޭނެކަން އެނގޭކަމާއި، މިގޮތުން ބަލާއިރު،
މިއެއްބަސްވުމަކީ، އިބްރާހީމް ޝަރީފުގެ ފަރާތުން ތައްޔާރުކޮށްގެން ގެނައުމުން، މުޙައްމަދު މޫސާ
މިއެއްބަސްވުމުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްކަމަށް މުޙައްމަދު މޫސާގެ ފަރާތުން ބުނާބުނުމާއި މެދު
އޭޑީޖޭގެ ޤަ9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/164
ޔާރުކުރި
od >>
ބަޔާންކޮށްފައި
އިބްރާހީމް ޝަރީފު އިންކާރުނުކުރާއިރު، އެއްބަސްވުން މާނަކުރުމުގައި އެއްބަސްވުން ތައްޔާރު
ފަރާތަށްވުރެ އެރައްދުވާ ފަރާތެއްގެ މަސްލަޙަތަށް ބޮޑަށް ރިޢާޔަތްކުރުމަކީ ޤާނޫނީ އުޞޫލެއްކަން
އެނގޭކަމާއި، މީގެ އިތުރުން އެއްބަސްވުން މާނަކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް
ދެނެގަންނާނީ ހަމައެކަނި ދެފަރާތުން ދައްކާވާހަކަތަކުގެ މައްޗަށް އެކަނި ނޫންކަމާއި، އެއާ ޚިލާފަށް
އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް ދެނެ ގަތުން ދައްކާވާހަކަތަކުގެ އިތުރަށް އެމާއްދާއެއްގައި ލިޔެފައިވާ
ލިޔުމުގެ މައްޗަށްވެސް ރިޢާޔަތްކުރެވޭކަމާއި، މިމައްސަލައިގައި މުޙައްމަދު މޫސާއާއި އިބްރާހީމް ޝަރީފު
އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ އެއްވަނަ މާއްދާގައިވާ ޢިބާރާތަށް ބަލާއިރު، މިއެއްބަސްވުމުގެ
މުއްދަތަކީ 1 މެއި 2005 ން ފެށިގެން 30 އެޕްރީލް 2014 ގެ ނިޔަލަށް ހިގާ 120
މަސްދުވަސްކަމަށް ބަޔާންކުރުމަށްފަހު ހަމަ އެމާއްދާގައި މިމުއްދަތުގެ ތެރެއަށް މިއެއްބަސްވުމުގެ
އެއްވެސް ތާކަށް ބަދަލެއް ނުގެނެސް 1 މެއި 2014 އިން 30 ނޮވެމްބަރ 2018 އަށް ހިނގާ 55
މަސްދުވަސް އިތުރު ކުރެވޭނެއެވެ."
މިފަދައިން ފައިވާއިރު، އެދެމުއްދަތު ގުޅިގެންދާ ދިއުމަށް
އިތުރު އެއްވެސް ކަމެއް
މިމާއްދާގައިވެސް އަދި އެހެން މާއްދާއެއްގައިވެސް
ޝަރުތުކޮށްފައިނުވާކަމާއި، އަދި އެދެމުއްދަތު ގުޅިގެންދާ ދިއުމުގައި އިބްރާހީމް ޝަރީފުގެ ރުހުން
ފާޅުވެފައި އޮންނަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންވެފައި ނެތްއިރު، އެފަދަ ރުހުމެއް ފާޅުވެފައި
އޮންނަން ނުޖެހޭކަން އެމާއްދާގެ ޢިބާރާތް އޮތް ގޮތުން ދޭހަވާކަމާއި، މިއެއްބަސްވުމުގެ މުއްދަތު
ބޭއްވުމުގެ މަޤްޞަދެއްގެ ގޮތުގައި ބެލެވެނީ، މިއެއްބަސްވުން އެކުލަވާލެވުނުއިރު ޤާނޫނުގައި
ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 10 އަހަރު ކަމަށްވެފައި، އެމުއްދަތު ހަމަވުމުން އިތުރު
އެއްބަސްވުން ދެމެހެއްޓުމަށް ލާޒިމުކުރުމުގެ ގޮތުން ކަމަށް ބެލެވޭކަމާއި، މިހެންކަމުން
މިއެއްބަސްވުމުގެ 1 ވަނަ މާއްދާގައިވާ ލަފްޒަށާއި، މިއެއްބަސްވުމުގެ ވަށައިގެން ހުރި ކަންކަމުގެ
މައްޗަށް ބެލުމުން، އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ، 01 މެއި 2005 ން ފެށިގެން 30
އެޕްރީލް 2014 އަށް 120 ދުވަސް ހަމަވުމަށްފަހު އިތުރު އެއްވެސް ޝަރުތެއްނެތި އެއްބަސްވުމުގެ
އެއްވެސްތަކަށް ބަދަލެއް ނުގެނެސް އެމުއްދަތުގެ ތެރެއަށް 55 މަސްދުވަސް އިތުރުކުރުންކަން
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
.އ
6
8 ދ 6
22
4
އއބަ9ގ
583އ
2
8 ގ އ ހވ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv
9
.މުނު ގޮތުގެ ޚުލާޞާ
2015/HC-A/164
މިހެންކަމުން، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2014/Cv-C/1433 ޤަޟިއްޔާގެ ޙުކުމުގައި، ހ.އުލިގަމުގެ އެވެ ކިޔާ
ބަންޑާރަގޯތީގައި ހަދާފައިވާ 7 ބު، ޢިމާރާތުގެ ތިރީ ދެބުރި މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް،
އިބްރާހީމް ޝަރީފްއާއި މުޙައްމަދު މޫސާއާއި ދެމެދު 10 ފެބުރުއަރީ 2005 ގައި ވެފައިވާ
އެއްބަސްވުމުގެ މުއްދަތު 30 އެޕްރީލް 2014 ގައި ހަމަވެފައިވާކަމަށް ކަނޑައަޅައި، އެމުއްދަތުގެ
ފަހުން އެތަން ބޭނުންކުރުމުގެ އިޚުތިޔާރު މުޙައްމަދު މޫސާއަށް ލިބިގެންނުވާކަމަށް ސިވިލް ކޯޓުން
ކަނޑައަޅައި ކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭނެ ކަމަށެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1433 ޤަޟިއްޔާގެ ޙުކުމުގައި، ހ.އުލިގަމުގެ އެވެ ކިޔާ ބަންޑާރަގޯތީގައި ހަދާފައިވާ 7
ބުރި ޢިމާރާތުގެ ތިރީ ދެބުރި މުޙައްމަދު މޫސާއަށް ކުއްޔަށް ދިނުމަށް، އިބްރާހީމް ޝަރީފްއާއި
މުޙައްމަދު މޫސާއާއި ދެމެދު 10 ފެބުރުއަރީ 2005 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 30
އެޕްރީލް 2014 ގައި ހަމަވެފައިވާކަމަށް ކަނޑައަޅައި، އެމުއްދަތުގެފަހުން އެތަން ބޭނުންކުރުމުގެ
އިޚުތިޔާރު މުޙައްމަދު މޫސާއަށް ލިބިގެންނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ކޮށްފައިވާ ޙުކުމުގެ
އެބައި ބާޠިލުކުރަންޖެހޭކަމަށް މިމައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ފަނޑިޔާރުންނަށް
އިއްތިފާޤު ވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1433 ޤަޟިއްޔާގައި ކޮށްފައިވާ
ޙުކުމުގެ އެބައި ބާޠިލުކޮށް، އެގޮތުގެ މަތީން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
¢ ¢.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް: www.highcourt.gov.mv