ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/350 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/35
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 350/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް
* ނަން: ޢަބްދުއްލަޠީފް ޢަލީ
އައިޑީ ކާޑުނަންބަރު: A026518
)
ދާއިމީ އެޑްރެސް: ހ.ފެ ލަޑަލްފިޔަ/ މާލެ
މިހާރުގެ އެޑްރެސް: ހ.ފެލަޑަލްފިޔަ/ މާލެ
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ތާރީޚް: 09 މުޙައްރަމް 1434
ނިމުނު ތާރީޚް: 20 ރަޖަބް 1435
19 މެއި 2014
13 ނޮވެމްބަ
2013
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cr
-
C/55
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ހަށިވިއްކުމަށް ޖާމިނުވުން
، މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ގެ ހައިކް*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ނަން
2
2013/HC-A/350
• ދަޢުވާގެ ޚުލާޞާ
cu O
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/55 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ހ.ފެލަޑަލްފިޔަ |ކ.މާލެ ޢަބްދުއްލަޠީފު ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/55 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޢަބްދުއްލަޠީފް ޢަލީ، މީނާގެ ގެ މ.ފެލަޑަލްފިޔަގައި ބިދޭސީ އަންހެނުން
ބައިތިއްބައިގެން އެމީހުން މެދުވެރިކޮށް އެގޭގެތެރޭގައި ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު ހިންގާފައިވާތީ،
ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި، ފިރިހެނުން ބަދު އަޚްލާޤީ ޢަމަލު
ހިންގުމަށް ޖާމިނުކުރުވުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ދެންފަހެ، ހ.ފެލަޑަލްފިޔަގައި ބިދޭސީ އަންހެނުން
ބައިތިއްބައިގެން އެމީހުން މެދުވެރިކޮށް އެގޭގެ ތެރޭގައި ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު
ހިންގާފައިވާތީކަމަށްބުނެ، ހ.ފްލަޑަލްފިޔަ ޢަބްދުއް ލަޠީފް ޢަލީގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ފައިސާ
ހޯދުމުގެ ބޭނުމުގައި އަންހެހުންނާއި، ފިރިހެނުން ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް ޖާމިނުކުރުވުމުގެ ކުށުގެ
މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ދައުލަތުގެ ދަޢުވާއަށް ޢަބްދުއްލަޠީފް ޢަލީ އިންކާރުކޮށްފައިވާއިރު،
ޢަބްދުއްލަޠީފް ޢަލީ އާއިއެކު މަސައްކަތްކުރި މިސިސް ވަނަކޯރން ކުއަކޫލް (ތައިލޭންޑް) އާއި، މިސް
ވަނިޑާތޮންގހަމް (ތައިލޭންޑް) އާއި، މިސް ބެންޗަވަން ހިއަމީ (ތައިލޭންޑް) ދީފައިވާ ބަޔާނުގައި ހުށަހެޅިފައިވާ
މައްސަލަ އެނގޭކަމަށާއި، އަސްޕަރަގަސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ ސްޕޮންސަރގައި
ދިވެހިރާއްޖެއަށް އައިކަމާއި އަސްޕަރަގަސް ޕްރައިވެޓް ލިމިޓެޑް ހިންގަނީ ޢަބްދުއްލަޠީފް ޢަލީކަމާއި، މަސައްކަތް
ކުރަނި ހ.ފެލަޑަލްފިޔަގެ ބިޔުޓީ ކެއާރ ސެލޫންގައިކަމާއި، އެތަނުގައިކުރާ މަސައްކަތަކީ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/350
ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، މަސާޖު ކުރުންކަމާއި، ބަދުއަޚްލާޤީ ޢަމަލު ހިންގައިގެން ފައިސް ހޯދާކަމާއި،
ބަދުއަޚްލާޤީ ޢަމަލު ހިންގައިގެން ފައިސާ ހޯދުމަށް ޢަބްދުއްލަޠީފް ޢަލީ ބުނެފައިވާކަމަށާއި، ނުކޮށްފިނަމަ
ވަޒީފާއިން ވަކިކޮށް ރަށަށް ފޮނުވާލާނެކަމަށްބުނެ އިންޒާރުދީ ހަދާކަމަށާއި، އަންނަ ކަސްޓަމަރުން ކައުންޓަރަށް
ފައިސާ ދައްކާފަ އަދި އެތެރެއަށްވަދެ ދައްކާ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރާ ކަމަށާއި، ރާއްޖެ ގެނައީ
މަސާޖު ކުރުމަށް ބުނެގެން ކަމަށާއި، ރާއްޖެ އައުމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން ޖެހޭނެކަމަށާއި، އެއީ
މަޖްބޫރު ކަމެއްކަމަށް ބުނެފައިވާ ކަމަށާއި، ބަދުއަޚްލާޤީ ޢަމަލު ނުހިންގައިފިނަމަ ޝަކުވާކުރާކަމަށާއި، ކޮންމެ
ދުވަހަކު ޢަބްދުއްލަޠީފް ޢަލީއަށް ފައިސާ ދޭންޖެހޭ ކަމަށާއި، ވަކިޢަދަދަކަށް ފައިސާ ދެއްކުމަށް ޢަބްދުއްލަޠީފް
ބުނެފައިނުވާ ކަމަށާއި، މަހަކު -/300 (ތިންސަތޭކަ ޑޮލަރ) ޢަބްދުއްލަޠީފް ދޭކަމާއި، ބަދުއަޚްލާޤީ ޢަމަލު
ހިންގާކަން ޢަބްދުއްލަތީފަށް އެނގޭނެކަމަށާއި، ކައުންޓަރުގައި އިންނަނީ ބަންގްލަދޭޝް މީހަކާއި ޢަބްދުއްލަޠީފް
ޢަލީ ކަމަށާއި، އެތަނުގެ ބޭރުގައި ސީސީޓީވީ ކެމެރާ ބަހައްޓައިގެން މިކަން ބަޔަކަށް އެނގިދާނެތީ
ސިއްރުކުރަން އުޅޭކަން އެނގިފައިވާކަމަށް މިސިސް ވަނަކޯރން ކުއަކޫލްއާއި، މިސްވަނިޑާތޮންގހަމްއާއި، މިސް
ބެންޗަވަން ހިއަމީގެ ބަހުން އެގެން އޮތުމާއި، ހާދިސާ ހިއިތަނަށް ދިޔަ ފުލުހުންގެ ބަހުން ހ.ފެލަޑަލްފިޔަގައި
ހިނގަމުންދިޔަ ސެލޫނަށް ދިޔަކަށާއި، ސެލޫންތެރޭގައި ޢަބްދުއްލަޠީފް ޢަލީ ހުއްޓާ ފެނިފައިވާ ކަމަށާއި،
ކައުންޓަރުގައި ވީޑިއޯ ފުޓޭޖް ބަލަން އިންކަމަށާއި، އަރައިގެން އަންނަ ސިޑިއާއި، މަގުމަތި ކެމެރާއިން
ފެންނަން ހުރިކަމަށާއި، ކޮޓަރިތައް ބަލާ ފާސްކުރެވުނުކަމަށާއި، ބަލާ ފާސްކުރިކުރުމުގައި ބިދޭސީ އަންހެނަކާއި،
ދިވެހި ފިރިހެނަކު ފެނިފައިވާކަމަށާއި، ދެމީހުންތިބީ ކޮޓަރި ތަޅުލައިގެން ކަމަށާއި، ބިދޭސީ އަންހެންމީހާ ހުރީ
މަތިން ނުވާކަމާއި، ދިވެހި ފިރިހެންމީހާ އޮރިޔާމުން ހުއްޓާ ފެނުނުކަމަށާއި، ތުވާލި އަންނަ
މަސައްކަތް ކުރަމުންދަނިކޮށް ފެނިފައިވާކަމާއި، އަދި އޭގެ ފަހުގައި ތުވާލިއަނދެގެން ހުއްޓާ ފެނިފައިވާކަމާއި،
ބަލާފާސްކުރިކުރުމުގައި ގިނަޢަދަދެއްގެ ކޮންޑަމްއާއި، ދޭތެރެ ދުރުކުރާބޭސް ފެނިފައިވާކަމާއި، ރީތިވުމަށް
.ޗެހި ފެނިފައިވާއިރު އެތަކެތި
ގިނަދުވަސް ވެފައިވާކަން ފާހަގަކުރެވޭކަމާއި،
ސެލޫންގައި ރީތިވާ އެއްޗެހި މަދުކަން ފާހަގަކުރެވުނުކަމާއި، ސެލޫނެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުއްޓަސް
ސެލޫންގައި ހުންނަންޖެހޭކަހަލަ އެއްޗެއް ހުރިކަން ފާހަގަކުރެވިފައިނުވާކަމަށާއި، ސެލޫނެ
އެއްޗެހި ހުރިކަމަށާއި، ގިނަދުވަސްވެގެން ހިރަފުސް އަރާފައިހުރިކަމާއި، ދޭތެރެދުރުކުރާ ބޭހާއި، ގިނަޢަދަދެއްގެ
ކޮންޑަމް ފެނިފައިވާކަމަށާއި، ޢަބްދުއްލަޠީފް ދިރިއުޅޭ ކަމަށްބުނާ ކޮޓަރިން ގިނަޢަދަދެއްގެ ފައިސާ ފެނިފައިވާ
ކަމަށާއި، އޭގެ ތެރެއިން ބައެއް ފައިސާއަކީ ހަށިވިއްކުމުގެ ވިޔަފާރި ހިންގައިގެން ލިބުނު ފައިސާކަމަށް
ޢަބްދުއްލަޠީފް ބުނެފައިވާކަމާއި، އެތަނުގައި މަސައްކަތްކުރަން އުޅުނު ބިދޭސީންނާއި ސުވާލުކުރުމުން
ހަށިވިއްކުމުގެ ޖާމިނު ކުރުވާކަމަށާއި، ޢަބްދުއްލަޠީފްގެ ސްޕޮންސާގެ ދަށުން އައިސްފާވާ މީހުންކަމަށް އެލިއުފެއްޖޭގެ ހައިg
6 8ޑ 8
އެއިއ
486 4983 4
2x 9 8 74
ރވލއނތ
ބން ނކށް
=ހ2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/350
ބުނެފައިވާކަން ހާދިސާ ހިގިތަނަށް ދިޔަ ފުލުހުންގެ ބަހުން އެނގެން އޮތުމާއި، މަތިން އެއްޗެއް ނުލާހުރި
ބިދޭސީ އަންހެނަކާއި، ތުވާލި އަނދެގެން ހުރި ދިވެހި ފިރިހެނަކާއި، ކޮންޑަމާއި ގިނަޢަދަދެއްގެ ފައިސާއާއި،
މަސާޖުކުރުމަށް ބޭނުންކުރާ އެނދުފަދަ ތަކެތިހުރިކަން، ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން އެނގެން އޮތުމުން، މިއީ
ގުޅިފައިވާ ޤަރީނާތަކެއްކަމުން، ހެކިންގެ ހެކިބަހުންނާއި، އިސްވެދިޔަ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް،
ހަށިވިއްކުމަށް ޖާމިނުކުރުވުމުގެ ކުށުން ހ.ފެލަޑަލްފިޔަ ޢަބަދުއްލަޠީފް ޢަލީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާ،
މިއީ މިބާވަތުގެ ކުށެއް ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 173 ވަނަ މާއްދާއާއި ޙަވާލާދީ، މިނިސްޓްރީ
އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 ސަރކިއުލާރގެ 14 ވަނަ ނަންބަރުގެ (ނ) ގެ 1 ވަނަ
ނަންބަރުގެ ދަށުން ހ.ފިލަޑަލްފިޔަ ޢަބްދުއްލަޠީފް ޢަލީ 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ޙުކުމްކޮށް މިމައްސަލަ ނިންމީއެވެ" މިފަދައިންނެވެ.
55/Cr-C/2013
02- ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގ.ފެލަޑަލްފިޔަ
ޢަބްދުއްލަޠީފް ޢަލީގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހ) ފުރަތަމަ ނުކުތާއަކީ، ދައުލަތު (ޕްރޮސެކިއުޓަރ ޖެނެރަލްގެ) ފަރާތުން ހ.ފެލަޑަލްފިޔަ
ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް ދަޢުވާ އުފުލާފައިވާ ސިޝާއަށް ބަލާއިރު، ދަޢުވާކޮށްފައިވަނީ "ބިދޭސީ
އަންހެނުން ބައިތިއްބައިގެން އެމީހުން މެދުވެރިކޮށް ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު ހިންގާފައިވާތީ،
ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ބަދުއަޚްލާޤީ
ޢަމަލު ހިންގުމަށް ޖާމިނު ކުރުވުމުގެ ކުށުގެ ދަޢުވާ" ކަމަށް ބަޔާންކޮށްފައިވީ ހިނދު، އެކުށް
ކުރުވިކަމުގެ ކަށަވަރު މަގުން ޔަޤީން ކުރެވޭ ވަރުގެ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ފީ
ހެއްކެއް ޤަރީނާއެއް، ޤާނޫނީ ޝަރުޢީ ހަމަތަކުން ބަލާއިރު ފެންނަންނެތި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ބުނެފައިވާ ގޮތާއި ޚިލާފަށް ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް
ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ އަދަބު ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ރި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/350
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނީ އަދި ޝަރުޢީ އެއްވެސް ނައްޞަކަށް ޙަވާލާދެއްވުމެއް ނެތި ކުރި
މިދަޢުވާގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ވަކާލާތުކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ކޮން
ނައްޞަކަށް ޙަވާލާދީ، ކޮން އަދަބެއް ކަނޑައެޅުމަށް އެދިގެން ކަމެއް ނުވަތަ އެފަދަ ކޮން ނައްސެއްގެ
ދަށުން ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ ކޮން ޢިޖުރާޢަތު ތަކާއި ކޮން ދަލީލު ތަކެއްގެ މައްޗަށް
ބުރަވެ ހުރެގެން ހުށަހެޅި ދަޢުވާއެއް ކަމެއް ޝަރީޢަތުގައި ބަޔާން ކުރުމެއްނެތި، ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން ކުށުގެ ދަޢުވާއޭ ބުނެ ހުށަހެޅި ދަޢުވާގެ މައްޗަށް ކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 06 ގެ 173 ވަނަ މާއްދާއާއި ޙަވާލާދީ، މިނިސްޓްރީ
އޮފް ޖަސްޓިސްގެ ނަންބަރު MLJ/2008
/
03 ސާރކިއުލާރގެ 14 ވަނަ ނަންބަރުގެ (ނ) ގެ 1 ވަނަ
ނަންބަރުގެ ދަށުން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް ނިންމަވާފައިވުން
ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގައި ބުނާ ހެކިންގެ ކިބައިގާ ހުރުން ލާޒިމްވާ
ޝަރުތާއި ޙާލަތު ވަޒަން ކުރުމަކާއިނުލާ ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގެ މައްޗަށް
ބިނާކޮށް، ހެކިބަސް ވަޒަން ކުރުމަށް އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، ދަޢުވާ
ޘާބިތު ކުރުމަށް ދައުލަތުން ޝަރީޢަތަށް ހުށަހެޅި ބިދޭސީ އަންހެނުން ތަކެއްގެ ހެކި ބަސްތައް
ޝަރީޢަތަށް ނެގުނު ހިނދު، އެމީހުންނަކީ މިކުށުގެ މުއްތަހަމުންކަން ކަނޑައެޅިގެން އެނގެން އޮވެފައި،
އެއް ޖަރީމާއަކާއި ގުޅިގެން ތުހުމަތު ކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން މުއްތަހަމެއްގެ މައްޗަށް
ގުޅިގެން ދެކޮޅަށް ދީފައިވާ ހެކިބަހެއްކަން އެހެކިބަހަށް ބެލުމުން އެނގޭއިރު، އެމުއްތަހަމުގެ މައްޗަށް
ގުޅިގެން ދެކޮޅަށް ދީފައިވާ ހެކިބަހެއްކަން އެހެކިބަހަށް ބެލުމުން އެނގޭއިރު، އެމުއްތަހަމަކު އެފަދަ
ޢަމަލެއް ހިނގީ އަޅުގަނޑު ބުނެގެންނޭ ވަކިވަކިން ބުނާ ބުނުން ފިޔަވައި އެފަދަ ކަމެއް ކުރުމަށް
އަޅުގަނޑު ބުނިކަން ޘާބިތުކޮށްދޭނޭ އެނޫން އެއްވެސް ހެއްކެއްނެތި، ދަޢުވާގެ ޞިޝާގައި ބުނާ ކުށް
ޘާބިތު ނުވާ ޙާލަތެއްގައި، ކުށް ޘާބިތުވާކަމަށް ކަނޑައަޅުއްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ
ހުށަހެޅިނުކުތާ.
Oo<
ހައިކޯއާ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
442ށް ތުހުމަތުކު85
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/350
(ރ) ހަތަރުވަނަ ނުކުތާއަކީ: ހެކިންގެ ހެކިބަހާއި ގުޅިގެން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ
01/SC
-
A/2012 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތް ކުރައްވާފައި
ބައްލަވަންވާ ވަރަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނި ހުށަހެޅި ނުކުތާ.
,123ކ6
3. ކްރިމިނަލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ށ.ފޯލަޑަލްފިޔަ
ޢަބްދުއްލަޠީފް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ
ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހ.ފެލަޑަލްފިޔަ ޢަބްދުއްލަތީފު ޢަލީ ގެ މައްޗަށް ދައުލަތުގެ ފަރާތުން
ކްރިމިނަލްކޯޓުގައި އުފުލި ދަޢުވާއަކީ، ހަށިވިއްކުމަށް ޖާމިނުކުރުވުމުގެ ކުށުގެ ދަޢުވާކަމާއި މިދަޢުވާ
ޢަބްދުއްލަތީފު ޢަލީގެ މައްޗަށް ކޮށްފައިވަނީ ޢަބްދުއްލަތީފު ޢަލީގެ ފަރާތުން ދ.ފެލަޑަލްފިޔަގޭގައި ބިދޭސީ
ބައިތިއްބައިގެން އެމީހުން މެދުވެރިކޮށް އެގޭގެ ތެރޭގައި ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު
ހިންގާފައިވާކަމުގެ ތުހުމަތުގައި ކަން އެނގެން އޮންނަކަމެވެ
1 0ޑ 2 ދޑ 8
އނހނަންeކއެ
04މޑމ
ހ28 ހއ
ދި4 3
89 07
ކުށަކީ
30 341 33
(ށ) ދެވަނަކަމަކީ، އިޝާރާތްކުރެވުނު ކުށުގެ ދަޢުވާ އުފުލަމުން ދައުލަތުގެ ފަރާތުން 28 ޖެނުއަރީ
ކޮބައިކަން އަދި އެކުށް ޢަބްދުއްލަތީފު ޢަލީ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ސަބަބު ކޮށްދީފައިވާކަން
އެނގެން އޮންނަކަމާއި، ފައިސާގެ ބޭނުމުގައި ބަޔަކު މީހުން މެދުވެރިކޮށް ހަށިވިއްކުމުގެ ޢަމަލުތައް ހިންގުމަކީ
އިސްލާމީ ޝަރީޢަތުގައި އަދި ތަބީޢީ އިންސާނީ އުސޫލުތައް ހިނގާ މުޖުތަމަޢުތަކުގައި ކުށެއްގެ ގޮތުގައި
ތަކެއް ދެވެމުންދާ ކަމެއްކަމާއި މިގޮތުން މިފަދަ މައްސަލަތަކުގައި
އަދަބުކަނޑައެޅުމުގައި ދިވެހިރާއްޖޭގެ
ޝަރީޢަތްކުރުމާއިބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ
173 ވަނަ މާއްދާގެ (14) ވަނަ ނަންބަރަށް ބެލުމުން ހަށިވިއްކުމާއި އެޢަމަލުކުރުވައިގެން ފައިސާ ހޯދުމަކީ
އަދަބު ކަނޑައެޅިފައިވާ ކުށެއްކަން އެނގެން އޮތްއިރު، ދައުލަތުގެ ފަރާތުން މިދަޢުވާ ޝަރީޢަތަށް ހުށަހެޅުމުން
މިދަޢުވާ ސާފު ނުވާކަމަށް ބުނެ ނުވަތަ މިދަޢުވާ އިތުރަށް ސާފުކޮށްދިނުމަށްއެދި ޢަބްދުއްލަތީފު ޢަލީގެ ފަރާޒުރިއްޖޭގެ ހައި
1/
އ
/32ނ
6 2
އެކަހަ2
އަދަބު
ce
4 22
4 8 7
2094/PPމދު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/350
އެއްވެސް ވާހަކައެއް ދަށުކޯޓުގައި ދައްކާފައިވާކަން އެނގެންނެތްއިރު 28 ޖެނުއަރީ 2013 މިދުވަހު
ޢަބްދުއްލަތީފު ޢަލީ ގެ ފަރާތުން ކްރިމިނަލްކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން މިދަޢުވާ ރަނގަޅަށް
ސާފުވެއްޖެކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއި މިހެންކަމުން މިމައްސަލައާއި ގުޅިގެން ޢަބްދުއްލަތީފު
ޢަލީ ގެ ފަރާތުންނާއި އޭނާގެ ވަކީލުގެ ފަރާތުން ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން ޢަބްދުއްލަތީފު
ޢަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކޮންކުށެއްގެ ދަޢުވާއެއްކަން އަދި މިދަޢުވާކުރެވެނީ ކޮން ނައްސެއްގެ
މައްޗަށް ބިނާކޮށްގެންކަ ޢަބްދުއްލަތީފު ޢަލީ އަށް އޮޅުންފިލައިފާ ނުވާތީ ޢަބްދުއްލަތީފު ޢަލީއަށް
މިމައްސަލައިގައި ދިފާޢުވުމަށް ހުރަސްތަކެއް އެޅިފައިވާކަމަށް ޤަބޫލުނުކުރެވޭ
COCOX
ނިކަން
c
(ކއ9ކމެވެ.
OX
(ނ) ތިންވަނަކަމަކީ، ދައުލަތުގެ ފަރާތުން ޢަބްދުއްލަތީފު ޢަލީގެ މައްޗަށް އުފުލާފައިވާ ކުށުގެ
ދަޢުވާގެ ބާވަތަށް ބަލާއިރު، މިއީ ތަޢުޒީރީ އަދަބެއް ކަނޑައެޅިފައިވާ މައްސަލައެއްކަން އެނގޭކަމާއި، މިބާވަތުގެ
ދަޢުވާތައް ސާބިތުކުރުމަށް ވަކިބާވަތެއްގެ ވަކި ހެކިތަކެއްމެނުވީ ޤަބޫލުނުކުރެވޭނެކަން އިސްލާމީ ޝަރީޢަތުގައި
ޤަޠަޢީ (definitive) ކޮށް ކަނޑައެޅިފައިނުވާކަމާއި، މިބާވަތުގެ މައްސަލަތައް ސާބިތުވާކަމަށް ކަނޑައެޅުމުގައި
ޝަރީޢަތަށް ހުށަހެޅޭ ތަފާތު ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ފަނޑިޔާރުންނަށް ރިޢާޔަތްކުރެވިދާނެކަން
އެނގެން އޮތް އިރު، މިދަޢުވާއަށް ޢަބްދުއްލަތީފު ޢަލީ އިންކާރު ކޮށްފައިވާތީ މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ
ފަރާތުން ހެކީގެ ގޮތުގައި ޢަބްދުއްލަތީފު ޢަލީ އާއި އެކުގައި މަސައްކަތްކުރި ކަމަށްބުނާ ތައިލެންޑްގެ
ރައްޔިތުންތަކެއްކަމަށްވާ މިސިޒް ވަނަރ ކޯރން ކުއަކޫލް އާއި މިސިޒް ވަނީ ޑަތޮންހަމް އާއި މިސް
ބެންޗަންމަން ހިއަމީ އާއި، މިމައްސަލައިގެ ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންނާއި، ސީން އޮފް ކްރައިމް
އެގްޒެމިނޭޝަން ރިޕޯޓާއި މައްސަލައާއި ގުޅުންހުރި އެހެނިހެން ޤަރީނާތައް ހުށަހަޅާފައިވާކަން އެނގެން
އޮންނައިރު، ދައުލަތުގެ ފަރާތުން ޢަބްދުއްލަތީފު ޢަލީގެ މައްޗަށް ހުށަހެޅި ދަޢުވާ އޭނާގެ މައްޗަށް
ސާބިތުވާކަމަށް ކްރިމިނަލްކޯޓުން ނިންމަވާފައިވަނީ އިޝާރާތްކުރެވުނު ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު
އެދަލީލުތަކުން ލިބުނު ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ، ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން މިމައްސަލަ
ނިންމިގޮތުގެ ރިޕޯޓުގައި ފާހަގަކުރެއްވުމަށްފަހުގައި ކަން އެނގެން އޮންނައިރު، މިމައްސަލައިގެ ޙުކުމަށް
ވާސިލުވުމަށް ކްރިމިނަލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން، ޢަބްދުއްލަޠީފް ޢަލީ އާއިއެކު
މަސައްކަތްކުރި އަދި މިމައްސަލައާއި ގުޅިގެން ހެކިންގެ ގޮތުގައި ހުށަހެޅުނު މިސިސް ވަނަކޯރން ކުއަކޫލް
(ތައިލޭންޑް) އާއި، މިސް ވަނިޑާތޮންގހަމް (ތައިލޭންޑް) އާއި، މިސް ބެންޗަވަން ހިއަމީ (ތައިލޭންޑް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2013/HC-A/350
ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެފަރާތްތަކުން ރާއްޖެއައިސްފައިވަނީ އަސްޕަރަގަސް ޕްރައިވެޓް ލިމިޓެޑުގެ އެވެ
ކިޔާ ކުންފުންޏެއްގެ ސްޕޮންސަރގައި ކަމަށާއި އެކުންފުނި ހިންގަނީ ޢަބްދުއްލަޠީފް ޢަލީކަމަށާއި، އެފަރާތްތަކުން
މަސައްކަތް ކުރަނީ ހ.ފެލަޑަލްފިޔަގެ ސޮންޑޮބޮން ބިޔުޓީ ކެއާރ ސެލޫންގައިކަމަށާއި، އެތަނުގައިކުރާ
މަސައްކަތަކީ ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި، މަސާޖު ކުރުންކަމަށާއި ބަދުއަޚްލާޤީ ޢަމަލު ހިންގައިގެން ފައިސާ
ހޯދާކަމަށާއި، ބަދުއަޚްލާޤީ ޢަމަލު ހިންގައިގެން ފައިސާ ހޯދުމަށް ޢަބްދުއްލަޠީފް ޢަލީ ބުނެފައިވާކަމަށާއި،
ނުކޮށްފިނަމަ ވަޒީފާއިން ވަކިކޮށް ރަށަށް ފޮނުވާލާނެކަމަށްބުނެ އިންޒާރުދީ ހަދާކަމަށާއި، އަންނަ ކަސްޓަމަރުން
ކައުންޓަރަށް ފައިސާ ދައްކާފަ އަދި އެތެރެއަށްވަދެ ދައްކާ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރާ ކަމަށާއި،
ރާއްޖެ ގެނައީ މަސާޖު ކުރުމަށް ބުނެގެން ކަމަށާއި، ރާއްޖެ އައުމުން ބަދުއަޚްލާޤީ ޢަމަލު ހިންގަން
ޖެހޭނެކަމަށާއި، އެއީ މަޖްބޫރު ކަމެއްކަމަށް ބުނެފައިވާ ކަމަށާއި، ބަދުއަޚްލާޤީ ޢަމަލު ނުހިންގައިފިނަމަ
ޝަކުވާކުރާކަމަށާއި، ކޮންމެ ދުވަހަކު ޢަބްދުއްލަޠީފް ޢަލީއަށް ފައިސާ ދޭންޖެހޭ ކަމަށާއި، ވަކިޢަދަދަކަށް ފައިސާ
ދެއްކުމަށް ޢަބްދުއްލަޠީފް ބުނެފައިނުވާ ކަމަށާއި، މަހަކު -/300 (ތިންސަތޭކަ ޑޮލަރ) ޢަބްދުއްލަޠީފް
ދޭކަމަށާއި، ބަދުއަޚްލާޤީ ޢަމަލު ހިންގާކަން ޢަބްދުއްލަޠީފަށް އެނގޭނެކަމަށާއި، ކައުންޓަރުގައި އިންނަނީ
ބަންގްލަދޭޝް މީހަކާއި ޢަބްދުއްލަޠީފް ޢަލީ ކަމަށާއި، އެތަނުގެ ބޭރުގައި ސީސީ ޓީވީ ކެމެރާ ބަހައްޓައިގެން
މިކަން ބަޔަކަށް އެނގިދާނެތީ ސިއްރުކުރަން އުޅޭކަން އެނގިފައިވާކަމަށް ބުނެ މިފަރާތްތަކުން ހެކިބަސް
ދީފައިވާއިރު، މިމައްސަލައިގައި ޙަވާލާދޭ ސެލޫނަކީ ޢަބްދުއްލަތީފު ޢަލީގެ ބެލުމުގެ ދަށުން ހިންގަމުންދިޔަ
ސެލޫނެއްކަމަށް ޢަބްދުއްލަތީފު ޢަލީގެ ފަރާތުން އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި، މިހާދިސާ ހިގިތަނަށް
ދިޔަ ފުލުހުންގެ ހެކި ބަހުގައި ހ.ފެލަޑަލްފިޔާގައި ހިނގަމުންދިޔަ ސެލޫނަށް އެފަރާތްތަކުން މިޙާދިސާ
ހިނގިކަމަށް ބުނާ ދުވަހު ދިޔަކަމަށާއި، ސެލޫންތެރޭގައި ޢަބްދުއްލަޠީފް ޢަލީ ހުއްޓާ ފެނިފައިވާ ކަމަށާއި،
އެވަގުތު ޢަބްދުއްލަތީފް އަލީ ހުރީ ކައުންޓަރުގައި ވީޑިއޯ ފުޓޭޖް ބަލަން ކަމަށާއި، އެއީ އެތަނަށް ވަންނަ މީހުން
ކެމެރާއިން ބެލުމަށް އިން އިނުމެއްކަމަށާއި، މިކެމެރާއިން މަގުމައްޗާއި އަރައިގެން އަންނަ ފެންނަން
ހުރިކަމަށާއި، މިތަނަށް ވަދެ މިތަނުގެ ކޮޓަރިތައް ބަލާ ފާސްކުރެވުނުކަމަށާއި، ބަލާ ފާސްކުރިކުރުމުގައި ބިދޭސީ
އަންހެނަކާއި، ދިވެހި ފިރިހެނަކު ފެނިފައިވާކަމަށާއި، ދެމީހުންތިބީ ކޮޓަރި ތަޅުލައިގެން ކަމަށާއި، ބިދޭސީ
އަންހެންމީހާ ހުރީ މަތިން އެއްޗެއް ނުވާކަމަށާއި، ދިވެހި ފިރިހެންމީހާ އޮރިޔާމުން ހުއްޓާ ފެނުނުކަމަށާއި،
މިތަން ބަލާފާސްކުރިކުރުމުގައި ގިނަޢަދަދެއްގެ ކޮންޑަމްއާއި، ދޭތެރެ ދުރުކުރާބޭސް ފެނިފައިވާކަމަށާއި، މިތަންހެވެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
9
2013/HC-A/350
ސެލޫނެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ހުރި ތަނެއްނަމަވެސް ހިންގަމުންދާ ސެލޫންއެއްގައި ހުންނަންޖެހޭކަހަލަ
އެއްޗެއް ހުރިކަން ފާހަގަކުރެވިފައިނުވާކަމަށާއި، މިތަނުގައި ރީތިވުމަށް ބޭނުން
ބޭނުންވާ ބައެއް ސާމާނު ފެންނަން ހުރި
ނަމަވެސް އެތަކެއްޗަކީ ގިނަދުވަސްވެގެން ހިރަފުސް އަރާފައިހުރިތަކެތިކަން ފާހަގަކުރެވުނުކަމަށާއި، ޢަބްދުއްލަޠީފް
ޢަލީ ދިރިއުޅޭ ކަމަށްބުނާ ކޮޓަރިން ގިނަޢަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް
ފައިސާއަކީ ހަށިވިއްކުމުގެ ވިޔަފާރި ހިންގައިގެން ލިބުނު ފައިސާކަމަށް ޢަބްދުއްލަޠީފް އެވަގުތު ފުލުހުންގެ ގާތު
ބުނެފައިވާކަމަށާއި އެތަނުގައި އެވަގުތު މަސައްކަތްކުރަން އުޅުނު ބިދޭސީންނާއި ސުވާލުކުރުމުން ހަށިވިއްކުމުގެ
ޖާމިނު ކުރުވާކަމަށާއި، އެމީހުންނަކީ ޢަބްދުއްލަޠީފް ޢަލީގެ ސްޕޮންސާގެ ދަށުން އައިސްފާވާ މީހުންކަމަށް
އެމީހުން ބުނިކަމަށާއި އެންމެހައިކަންކަން މިގޮތަށް ހުރިކަމަށް މިހާދިސާ ހިގިތަނަށް ދިޔަ ފުލުހުންގެ
ފަރާތުން ދީފައިވާ ހެކިބަހުގައި ބަޔާންކޮށްފައިވާކަން އެނގޭއިރު މަތިން އެއްޗެއް ނުލާހުރި ބިދޭސީ އަންހެނަކާއި،
ތުވާލި އަނދެގެން ހުރި ދިވެހި ފިރިހެނަކާއި، ކޮންޑަމާއި ގިނަޢަދަދެއް ފައިސާއާއި، މަސާޖުކުރުމަށް
ބޭނުންކުރާ އެނދުފަދަ ތަކެތި މިތަނުގައި ހުރިކަމަށް މިމައްސަލައާއި އެކު ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުން
އެނގެން އޮތްކަމަށް ކްރިމިނަލްކޯޓުން މިމައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި، މިހެންކަމުން ދައުލަތުގެ ފަރާތުން ޢަބްދުއްލަތީފު ޢަލީގެ މައްޗަށް ހުށަހެޅި ފައިސާ ހޯދުމުގެ
ބޭނުމުގައި އަންހެނުންނާއި، ފިރިހެނުން ބަދު އަޚްލާޤީ ޢަމަލު ހިންގުމަށް ޖާމިނުކުރުވުމުގެ ކުށުގެ ދަޢުވާ އޭނާގެ
ޗަށް ސާބިތުވާކަމަށް ކްރިމިނަލްކޯޓުން ނިންމަވާފައިވަނީ މިމައްސަލައާއި ގުޅިގެން ހުށަހެޅުނު ބިދޭސީ
އަންހެނުން ދީފައިވާ ހެކިބަހުގެ މައްޗަށް އެކަނި ބިނާކޮށްގެން ނޫންކަންއެނގޭކަމާއި އަދި މިދަޢުވާ ޢަބްދުއްލަތީފު
ޢަލީގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ މިމައްސަލައިގައި ހެކިބަސްދީފައިވާ ބިދޭސީ އަންހެނުންގެ
ހެކިބަހުގެ އިތުރަށް މިމައްސަލައިގައި ފުލުހުންގެ ފަރާތުން ދީފައިވާ ހެކިބަސްތަކަށާއި އެހެކިބަހަށް ބާރު
ލިއްބައިދޭ ގުޅިފައިވާ އިތުރު ހެކިތަކަކާއި ޤަރީނާތަކުގެ މައްޗަށްވެސް ރިޢާޔަތްކުރެއްވުމަށް ފަހުގައިކަން އެނގެން
އޮތްއިރު، މިމައްސަލައިގެ ބާވަތަށާއި މުޅިމައްސަލައިގެ ވަށައިގެންވާކަންކަމަށާއި، މިމައްސަލައާއި ގުޅިގެން
ލިބިފައިވާ ގުޅިފައިވާ އިސްވެ އިޝާރާތްކުރެވުނު އެކި ޤަރީނާތަކަށް ބެލުމުން ޢަބްދުއްލަޠީފް ޢަލީގެ މައްޗަށް
ދައުލަތުގެ ފަރާތުން އުފުލާފައިވާ ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ބަދުއަޚްލާޤީ ޢަމަލު
ހިންގުމަށް ޖާމިނު ކުރުވުމުގެ ކުށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ބުނެފައިވާ މިންގަނޑުން ސާބިތުވާން އޮތްކަމަށް ޤަބޫލުކުރެވޭކަމެވެ.
މައްޗަށް
404
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
1)
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
213/HC-A/350
(ނ) ހަތަރުވަނަކަމަކީ، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ ތަފާތު މަދަނީ އަދި ޖިނާޢީ މައްސަލަތަކުގައި
ހެކިބަސްދޭ މީހަކީ ފާސިފަކަށް ވެގެން ނުވާނެކަމަށް އިސްލާމީ ފިޤްހް ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވާކަން
އެނގެން އޮންނަކަމަށާއި އަދި އެފަދަ ހެކިވެރިއެއްގެ ހެކިބަހަކީ އެއިން އެކަނި ދަޢުވާއެއް ސާބިތުކުރުމަށް ފުދޭ
ކާ ދަލީލެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު ހަމަ އެރިޕޯޓުގެ 5 ވަނަ ނަންބަރުގައިވާ ޢިބާރާތަށް ބެލުމުން،
މިފަދަ ހެކިވެރިއެއްގެ ހެކިބަހަކީ އެހެކިބަހުން އެކަނި ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް ފުދޭ ދަލީލަކަށް
ނުވިނަމަވެސް އެ ހެކިބަހަށް ތާއީދު ލިބޭހެން ހުރި އެހެނިހެން ދަލީލުތަކާއި ޤަރީނާތަކާއި އެކު އެފަދަ ޖިނާއީ
މައްސަލަތައް ސާބިތުކުރެވިދާނެކަމަށް ބެލެވެން އޮންނަކަމާއި، އިސްވެ އިޝާރާތްކުރެވުނު ފަދައިން މިމައްސަލަ
ނިންމެވުމުގައި ކްރިމިނަލްކޯޓުން ރިޢާޔަތްކޮށްފައިވަނީ މިމައްސަލައިގައި ހެކިބަސްދީފައިވާ ބިދޭސީ އަންހެނުންގެ
ހެކިބަސްތަކުގެ މައްޗަށް އެކަނި ނޫންކަމަށްވާއިރު، މިމައްސަލަ ނިންމެވުމުގައި އެހެކިބަސްތަކުގެ އިތުރުން
އެހެކިބަހާއި ގުޅިގެން ލިބިފައިވާ ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ވެސް ރިޢާޔަތްކޮށްފައިވާކަން އެނގެން
އޮތުމުން މިދަޢުވާ ޘާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ބިދޭސީ އަންހެނުން ތަކެއްގެ ހެކި
ބަސް ޝަރީޢަތަށް ނެގިނެގުމަކީ ހަމައެކަނި އެސަބަބަށްޓަކައި މިމައްސަލައިގައި ކްރިމިނަލްކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ސަބަބެއް ނޫންކަމާއި، އަދި މިފަރާތްތަކުގެ ހެކިބަސް ޝަރީޢަތުން ނެގި
ނެގުމަކީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ 01/SC
-
A/2012 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުސޫލާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަމުގައިވެސް ބެލެވެންނެތްކަމެވެ.
cccccc
CU O
ވީމާ، އިސްވެ ދިޔަ ސަބަބުތައް މިގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/55 ޤަޟިއްޔާގައި އެކޯޓުންކުރައް
ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް ހ.ފެލަޑަލްފިޔަ ޢަބްދުއްލަތީފު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް ފެންނަންނެތްކަމަ
ޑ ޓ
.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/350
• ޙުކުމް
ދ ވ މ ގ ( •
ބަޔާންކުރެވި
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/55 ޤަޟިއްޔާގައި ހިމެނޭ މައްސަލަ
އިސްތިއުނާފުކުރުމަށް ޢަބްދުއްލަތީފު ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/55 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv