ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/125 ޤަޟިއްޔާގެ ޙުކުމް
2009/HC-A/125
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ގޮޅިތީ
އިކާން
ރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ. 125/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙަސަން ލަޠީފު
* އައިޑީ ކާޑު ނަންބަރު: A065205
+
* ދާއިމީ އެޑްރެސް: ސ. ހުޅުދޫ މިލްކީވޭ
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް:.
އައިޑީ ކާޑުނަންބަރު.
ހުށަހެޅުނު ތާރީޚް: 16 ޖުމާދުލްއޫލާ 1430
މެއި
ނިމުނު ތާރީޚް: 30 ޝައްވާލު 1432
28 ސެޕްޓެމްބަރ 2011
11
2009
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/569
• ނިންމެވި ފަރާތް: ޖިނާއީކޯޓުގެ
ބާވަތް: ބަންދުކުރުމަށް
• ހުށަހެޅި ތާރީޚް: 18 މާރޗް 2008
* ނިމުނުތާރީޚް: 14 އޭޕްރިލް 2009
މައްސަލަ ބެއްލެވި ފަނޑިޔާރުން:
އަޙުމަދު ޝަރީފް
(އިސް ފަނޑިޔާރު)
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
(ފަނޑިޔާރު)
2
2009/HC-A/125
ދަޢުވާގެ ޚުލާޞާ
¢ ¢ ¢ ¢ ¢
މިއީ، ޖިނާއީކޯޓުގެ ނަންބަރު 2008/JC/569 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހިތަދޫ ގެ މިލްކީވޭ ޙަސަން ލަތީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/569 ޤަޟިއްޔާގެ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު
ކުރުމަށް ޙަސަން ލަތީފުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެއްކި
ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) 10 ނޮވެމްބަރ 2005 ވަނަ ދުވަހުގެ 18:45 އެހައިކަންހާއިރު ބްލޫޑައިމަންޑް
ގެސްޓްހައުސް ގެ 9 ވަނަ ކޮޓަރީގައި ޢަބްދުﷲ ޝަބީރާއި، އަހްމަދު ސަޢީދާއި، ޙަސަން ލަޠީފާ މި ތިން
މީހުން ތިއްބާ ފެނިފައިވާތީ އާއި، ތިން މީހުންގެ ޙާޟިރުގައި އެކޮޓަރި ޗެކްކުރިއިރު، ޢަބްދުﷲ ޝަބީރާއި
އަޙްމަދު ސަޢީދު އާއި ދެމީހުން ތިބި މޭޒުމަތިން ކިއްލި ބަންދުކުރާ ސައިޒުގެ 41 ރަބަރު ޕެކެޓް ހެރޮއިން
(4.0 ގްރާމް) އާއި މޭޒުމަތީގައި އޮތް ފިޒިކްސް ފޮތެއްގެ ތެރެއިން ކިއްލި ބަންދުކުރާ ސައިޒުގެ 01
ޕެކެޓް ކެނަބިސް (0.1 ގްރާމް) އާއި ހެރޮއިންގެ އަސަރުހުރި 2 ޕައިޕް (އެނގޭވަރަށްވުރެ ލުއި)
ފެނިފައިވާތީއާއި، މިތިންމީހުންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރެއްވިއިރު، ޢަބްދުﷲ ޝަބީރާއި، ޙަސަން
ލަޠީފުއާއި ދެމީހުން އޯޑިއޭޓްސްއަށާއި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ، އާއި އަޙުމަދު ސަޢީދުގެ
ކުޑަކަމުދާތަކެތި އޯޕިއޭޓްސްއަށާއި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީ، މިތިންމީހުންގެ މައްޗަށް ވިޔަފާރީގެ
ބޭނުމަށްޓަކައި މަސްތުވާތަކެތި އަތުގައި ބެހެއްޓުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތު
ވެއްޖެކަމަށް ޙުކުމްކުރައްވާފައިވާއިރު، ބުލޫޑައިމަންޑް ގެސްޓްހައުސްގެ 9 ނަންބަރު ކޮޓަރިއަކީ ޢަބްދު
ޝަބީރު ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއްކަމާއި އެކޮޓަރީގައި ޢަބްދުﷲ ޝަބީރުއާއި އަޙުމަދު ސަޢީދު
ނިދާހަދާކަމާއި ޙަސަން ލަތީފު 10 ނޮވެމްބަރ 2005 ވަނަ ދުވަހު އެކޮޓަރިއަށް އައިސްފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.fanv
i
8.
3
2009{HC-A25
އަޙުމަދު ސަޢީދުގެ ރަޙުމަތްތެރިކަމުގައިކަން ޢަބްދުﷲ ޝަބީރު ތަޙްޤީގަށް ދީފައިވާ ބަޔާނުން އެނގެން
އޮންނަކަން.
(ހ) ޤާނޫނު ނަންބަރު 77/17 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ނ) ގައި، "މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް 1 (އެކެއް) ގުރާމަށްވުރެ ގިނައިން މީހެއްގެ
އަތުގައި ހުރެއްޖެނަމަ ބެލޭނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް"
ބަޔާންވެގެންވާއިރު ސީދާ އެމީހެއްގެ އަތުން ނުވަތަ އެމީހެއް ލައިގެން ހުރި އެއްޗަކުން ނުވަތަ އެމީހެއްގެ
ހަށިގަނޑުން ނުވަތަ އެމީހެއްގެ ހިޔާޒާތުގައި ހުރި އެއްޗަކުން މަސްތުވާތަކެތި ފެނިގެން މެނުވީ އަތުގައި
ބެހެއްޓިކަމަށްބުނާ އުންސުރެ ފުރިހަމަނުވާނެކަމާއި، ފުލުހުން އެކޮޓަރިއަށް ވަތްއިރު ޢަބްދުﷲ ޝަބީރު
އާއި އަޙުމަދު ސަޢީދު ތިބީ މޭޒުމަތީގައި އިށީންދެގެންކަމާއި ޙަސަން ލަޠީފު އޮތީ އެނދުގައި
އޮށޯވެލައިގެންކަން އެނގެން އޮންނަކަމާއި ފުލުހުން އެކޮޓަރިއަށް ވަނުމާއިއެކު ޢަބްދުﷲ ޝަބީރު
މަސްތުވާތަކެތި ކަމަށް ބެލެވޭ 14 ޕެކެޓް ޓައިލްސް މައްޗަށް އެއްލާލިކަން ބަޔާންތަކުން އެނގެން
އޮތުމުން، ޙަސަން ލަޠީފުގެ އަތުން ނުވަތަ ޙަސަން ލަތީފުގެ ހިޔާޒަތުގައި މަސްތުވާތަކެތި ހުރިކަމަށް
ބެލެވޭނެ ޤާނޫނީ އެއްވެސް ސަބަބެއްނެތްކަމާއި އަދި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ލިބިފައިނުވާކަން
ފާހަގަކުރެވޭކަމާއި، އެކޮޓަރިއަކީ ޙަސަން ލަތީފު ދިރިއުޅޭ ކޮޓަރިއެއް ނޫންކަމާއި މިކަންކަން ސާފުކޮށް
އެނގެންއޮންނަކަން ފާހަގަކުރެވިފައި އޮންނަކަން.
(ނ) 10 ނޮވެމްބަރ 2005 ވަނަ ދުވަހުގެ 18:45 އެހައިކަންހާއިރު ބުލޫޑައިމަންޑް
ގެސްޓްހައުސްގެ 9 ނަންބަރު ކޮޓަރި ޗެކްކުރަން ފުލުހުން ވަތްއިރު ޙަސަން ލަޠީފު އޮތީ އެނދުގައި
އޮށޯވެގެންކަމާއި އޭރު އެކޮޓަރީގައި ތިބި ޢާބްދުﷲ ޝަބީރުއާއި އަޙުމަދު ސަޢީދު އަދި ޙަސަން ލަތީފު
ތިބީ މަސްތުވެގެންވާ ޙާލުގައިކަމަށް ފުލުހުންގެ 5 ބޭފުޅަކު ބަޔާންދީ އެބަޔާނުގައި ސޮއިކޮށްފައިވާކަމާއި،
ޙަސަން ލަޠީފުގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރެވުނުއިރު އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވާކަން ލެބޯޓްރީ
ތަޙްލީލު ރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވޭކަން.
(ށ) ޙަސަން ލަތީފުގެ ކުޑަކަމުދާތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާއިރު ކެނަބިސްއަކީ
ޤާނޫނު ނަންބަރ 17/77 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ތާވަލު 01 ގައި ހިމަނާފައިވާ
36
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ދޯން. 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/125
444 4
844063އ
މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެނގޭކަމާއި އެހެންކަމުން ޙަސަން ލަތީފުގެ މައްޗަށް މަސްތުވާ
ބޭނުންކުރުމުގެ ކުށް ޘާބިތުވާކަމަށް ޖިނާއީކޯޓުގެ ނަންބަރު 2008/JC/569 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވާނީކަމާއި އަދި އެޤަޟިއްޔާގައި ޙަސަން ލަތީފުގެ މައްޗަށް މަނާކުރެވިފައިވާ
އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށަށް ޙަސަން ލަތީފު އުމުރަށް ޖަލަށްލުމަށް
ޙުކުމް ކުރައްވާފައިވާތީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށަށް އަދަބު ކަނޑައަޅުއްވާފައިނުވާނީކަން
އެޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގެން އޮންނަކަން.
(ބ) ޙަސަން ލަތީފުގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރީގެ ބޭނުމަށް
އަތުގައި ބެހެއްޓުމުގެ ކުށަށް ދައުލަތުން ދައުވާ ކުރައްވާ އެދެކުށް ޙަސަން ލަތީފުގެ މައްޗަށް ޤަޟިއްޔާ
ނަންބަރު 008/JC/569 ޤަޟިއްޔާއިން ޘާބިތުވާކަމަށް ޙުކުމްކުރައްވާފައިވާއިރު ޙަސަން ލަތީފުގެ
މައްޗަށް އަދަބު ކަނޑައަޅުއްވާފައިވަނީ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ
ކުށުގައި އުމުރަށް ޖަލަށްލުމަށް
ކަމަށްވުމުން ޙަސަން ލަތީފުގެ މައްޗަށް މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށަށް އަދަބު ކަނޑައަޅުއްވާފައި ނުވަނީކަމާއި އެހެންކަމުން ވިޔަފާރީގެ
ބޭނުމަށް މަސްތުވާތަކެތި އަތުގައި ބެހެއްޓިކަން ޙަސަން ލަތީފުގެ މައްޗަށް ޘާބިތުކުރުވާފަދަ ކާފީ ހެއްކެއް
ޝަރީޢަތަށް ލިބިފައި ނުވާތީ، ޖިނާއީކޯޓުގެ ނަންބަރު 008/JC/569 ޤަޟިއްޔާގެ ޙުކުމަށް
ބަދަލުގެންނަން ޖެހޭކަމާއި އަދި ޙަސަން ލަތީފުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ކުށަށް އަދަބުކަނޑައަޅަން ޖެހޭކަމަށް މިމައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަން.
433302t4
ންކަމުގެ
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ކަންތައްތައް ބަޔާންކުރެވި ދިޔަގޮތުގެ މަތިން
ހުރުމުން ޖިނާއީކޯޓުގެ ނަންބަރު 2008/JC/569 ޤަޟިއްޔާގައި، ސ. ހުޅުދޫ ! މިލްކީވޭ ޙަސަން
ލަޠީފުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުން
{
އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީޅުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647t
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/125
ސާބިތުވާކަމަށް ކަނޑައަޅާ އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙަސަން ލަޠީފު އުމުރު ދުވަހަށް ޖަލަށްލުމަށް
ޙުކުމް ކުރައްވާފައިވަނީ އެކުށް ޙަސަން ލަތީފުގެ މައްޗަށް ސާބިތުކުރުވާ ފަދަ ހެކި ޝަރީޢަތަށް ލިބިފައި
ނެތިކަން އެނގެން އޮތުމުން އެޤަޟިއްޔާގައި ޙަސަން ލަޠީފުގެ މައްޗަށް ކުރައްވާފައިވާ މިޙުކުމް
ބާޠިލްކޮށް،
ޙަސަން ލަތީފުގެ މައްޗަށް ސާބިތުވެފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރ 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
04ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ޙަސަން ލަޠީފު
5 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް ޖިނާއީކޯޓުގެ ނަންބަރު 2008/JC/569 ޤަޟިއްޔާގައި
ޙަސަން ލަޠީފުއުމުރަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމް ތަންފީޒު ކުޅައުމުގެ ގޮތުން ޙަސަން ލަޠީފު
ބަންދުގައި ބެހެއްޓިފައިވާ މުއްދަތު ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ޙަސަން ލަޠީފުގެ މައްޗަށް
ކުރެވޭ ޙުކުމުގެ މުއްދަތުން އުނިކުރެވެންޖެހޭނެކަން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv