ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/214 ޤަޟިއްޔާގެ ޙުކުމް
1
ފޯ އް
ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/714
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 214/HC-A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ޢަލީ
* ދާއިމީ އެޑްރެސް: ސްކޫނަރ / ހދ.ކުޅުދުއްފުށި
އައިޑީ ކާޑު ނަންބަރު: A241221
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަމަޟާން 1430
ނިމުނު ތާރީޚް: 11 ޛުލްޤައިދާ 1433
27 ސެޕްޓެމްބަރ 2012
29 އޮގަސްޓް 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/B12C/62
• ޤަޟިއްޔާގެ ބާވަތް: ބަދުއަޚްލާޤީ ޢަމަލުހިންގުން
• ނިންމެވި ކޯޓް: ތިލަދުއްމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: W16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ކުރާތަކާ
2
2011/HC-A/714
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/62
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހދ.ކުޅުދުއްފުށި ސްކޫނަރ އާދަމް
ޢަލީއެވެ.
ފާހަގަކުރެވުނު ނުކުތާތައް
01- ތިލަދުންމަތީ ދެކުނުބުރި ކުޅުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/62
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ހދ.ކުޅުދުއްފުށި ސްކޫނަރ
އާދަމް ޢަލީ 02 ފެބްރުއަރީ 2009 ދުވަހުގެ 00:30 އެހައިކަށްހައިއިރު، ހދ.ކުޅުދުއްފުށި ލޮޓަސްގޭގެ
ކޮޓަރީގައި އެގޭ ޝާޢިރާ އާދަމްއާއެކު އެކޮޓަރީގެ ދޮރު ތަޅުލައިގެން އެކަހެރިކޮށް ތިބެފައިވާތީ، އާދަމް
ޢަލީގެ މައްޗަށް ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކޮށް، ހދ.ކުޅުދުއްފުށި ސްކޫނަރ އާދަމް ޢަލީގެ މައްޗަށް ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގައި
ދައުލަތުން ކުރައްވާ ދަޢުވާ ޝަރީޢަތަށް ޘާބިތުނުވާކަމަށް ޙުކުމް ކޮށްފީމެވެ." މިފަދައިންނެވެ.
-402
ތިލަދުންމަތީ ދެކުނުބުރީ ކުޅުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/62
ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 05 (ފަހެއް) ކުއްތާއެއް
ހުށަހަޅާ ތަކާއި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
ދައްކާފައިވެއެވެ.
cu o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/714
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ހ) ފުރަތަމަ ނުކުތާއަކީ، ހދ.ކުޅުދުއްފުށި ސްކޫނަރ އާދަމް ޢަލީ، ހދ.ކުޅުދުއްފުށި ލޮޓަސްގޭގެ
ކޮޓަރިއެއްގައި ހދ.ކުޅުދުއްފުށި ލޮޓަސްގެ ޝާޢިރާ އާދަމްއާއެކު އެކަހެރިކޮށް ތިބެފައިވާކަމަށް އާދަމް ޢަލީ
ތަޙްޤީޤުގައްޔާއި ޝަރީޢަތުގައި އިންކާރުނުކުރާއިރު، ޝަރީޢަތުން އާދަމް ޢަލީ ވެފައިވާ އިޢުތިރާފަށް
ބެއްލެވުމެއްނެތި ދަޢުވާ ޝަރީޢަތަށް ޘާބިތުނުވާކަމަށް ނިންމަވާފައިވާ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް
ނޫންކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ހަތަރުވަނަ ނުކުތާގައި ހިލޭއަންހެނާއި
ހިލޭފިރިހެނަކު އެކަހެރި ތަނެއްގައި ތިބުމުގެ ކުށަކީ ތަފާތު ކުށެއްކަމަށް ބަޔާންކުރައްވާފައިވުމުން،
ހިލޭއަންހެނާއި ހިލޭ ފިރިހެނަކު އެކަހެރިކޮށް ތިބުމަކީ ކުށެއްކަން ޝަރީޢަތުން ޤަބޫލުކުރެއްވުމާއެކުވެސް
ދައުލަތުގެ ދަޢުވާ ޘާބިތު ނުވާކަމަށް ނިންމަވާފައިވުންކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 180/HC-A/2001
ޤަޟިއްޔާއިން އެކަހެރިކޮށް ތިބުމަކީ ބަދުއަޚްލާޤީ ޢަމަލު ހިންގުން ކަމަށް މާނަކުރައްވައި އެފަދައިން
މައްސަލަ ނިންމެވުމާގުޅިގެން ދައުލަތުން އިސްވެދެންނެވުނު ބާވަތުގެ މައްސަލަތަކުގައި ދަޢުވާ
ކުރަމުންއަންނަނީ މިމައްސަލާގައިވެސް ދަޢުވާގެ ސުރުޙީގައި ލިޔެފައިވާ ފަދައިން "ބަދުއަޚްލާޤީ
އަމަލުހިންގުމުގެ ކުށުގެ ދަޢުވާ ކަމަށްވެފައި، އަދި ޖިނާއީކޯޓުންވެސް ހައިކޯޓްގެ އިސްވެދެންނެވުނު
ޤަޟިއްޔާއަށް ރިޢާޔަތްކުރައްވައި އެކަހެރިކޮށް ތިބެގެން ދައުވާކުރާ މައްސަލަތައް ނިންމަވަމުން
އައިސްފައިވަނީ ބަދުއަޚްލާޤީ ޢަމަލުހިންގުން ކަމަށް ބައްލަވައިގެން ކަމަށް ވުމުން، މިމައްސަލާގައި
މިއިންއެއްވެސް ކަމަކަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
(ރ) ހަތަރުވަނަ ނުކުތާއަކީ، ދައުލަތުން ހުށަހަޅާ މައްސަލަތަކުގައި، ދައުލަތުން ހުށަހަޅާ ދަޢުވާގެ
އިތުރުކޮށް ތަކެއްޘާބިތުވާން ހުރިނަމަ، އެކުށްތައް ޘާބިތު ކުރަންވާނެކަމަށް ޝަރީޢަތް ކުރުމާތް
ހެދިފައިވާ ޤަވާއިދުގައި އޮއްވައި، އެކަމަށް ބެއްލެވުމެއްނެތި މައްސަލަ ނިންމަވާފައިވުން
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011/HC-A/714
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ބ) ފަސްވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ.
03- ތިލަދުންމަތީ ދެކުނުބުރީ ކުޅުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/62
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެ
ހި އ ވ3ސ . ސ
އއ.
(ހ) ފުރަތަމަކަމަކީ، ދިވެހި ދައުލަތުގެ ފަރާތުން އާދަމް ޢަލީގެ މައްޗަށް ހުށައަޅާފައިވާ
ދަޢުވާއަކީ، އާދަމް ޢަލީ ބަދުއަޚުލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާކަމާއި، އެ ދަޢުވާކޮށްގެ
ފުކޮށްފައިވަނީ ކޮން
ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން ކަން އެނގެން ނެތްކަމާއި، އާދަމް ޢަލީގެ މައްޗަށް ހުށައެޅި
ބަދުއަޚުލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ މިދަޢުވާ އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ނިންމެވުމުގައި
ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2010/B12C/62 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައިގަނޑު ނުކުތާއަކީ "ދަޢުވާ އެކަށައެޅުމުގައި
އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ބަޔާންކޮށްފައިނެތުމާއި، ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ
ކުށް ސާބިތުވާނީ ޖިންސީގޮތުން ނަހީ ކުރައްވާފައިވާ ކަންކަމުގެ ތެރެއިން ކަމެއްކުރިކަން އިޢުތިރާފުން
ނުވަތަ ހެކިބަހުން ސާބިތުވުން ކަމަށްވާއިރު، މިކަން ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އެއްވެސް
ހުށައަޅާފައި ކަން ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށީ
މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2010/B12C/62 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގޭކަމެވެ
ޑ 4
ޙަވާލާދެވޭ
06 8 2
ނެތުމުން"
6
(ށ) ދެވަނަކަމަކީ، ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، މީގެ ހެއްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށަކީކޮބައިކަން އެނގުމުގެ ޙައްޤާއި އަދި ކުށުން ބަރީއަވުމަށްޓަކައި
ފުރުސަތު ލިބުމަކީ، ކުށުގެ ތުހުމަތުގައިވާ މީހަކަށް ލިބެން ޖެހޭ އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ
ހުށައެޅުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/714
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަދި (ޅ) އަށް ބެލުމުން އެނގެން އޮންނަކަމާއި،
ކުށުގެ ތުހުމަތުގައިވާ މީހަކަށް އޭނާގެ މައްޗަށް ހުށައެޅިފައިވާ ދަޢުވާގެ ދިފާޢު ބިނާކުރަން އެނގޭނީ އޭނާގެ
މައްޗަށް ހުށައެޅިފައިވާ ކުށަކީކޮބައިކަން ދެނެގަނެވިގެންކަމާއި، މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ
ކޮބައިކަން އެންމެ ރަނގަޅަށް ދެނެގަނެވޭނީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ބަޔާންކޮށްދޭ ޝަރުޢީ
ނުވަތަ ޤާނޫނީ ނައްސެއް އެމީހަކަށް ބުނެދިނުމުންކަމާއި، މިހެންކަމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(ހ) އަދި (ޅ) ގައި
އަސާސީ ޙައްޤު، ކުށުގެ ތުހުމަތުގައިވާ މީހާއަށް އޭގެ ތަނަވަސް
މާނައިގައި ލިބިދެވޭނީ ދައުލަތުގެ ފަރާތުން ހުށައަޅާ ދަޢުވާ ތަކުގައި، ދަޢުވާ އެކަށައެޅޭ ޤާނޫނު ނުވަތަ
ޤަވާޢިދެއް ނުވަތަ ޝަރުޢީ ނައްސު ކުށުގެ ތުހުމަތުގައިވާ މީހާއަށް ބަޔާންކޮށް ދިނުމުންކަން އެނގޭކަމެވެ.
OCCO
37/02
62B12C/2010
އިރު،އެމާއް
(ނ) ތިންވަނަކަމަކީ، ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއި އްސަލައިގައި އާދަމް
ޢަލީގެ މައްޗަށް ދަޢުވާކުރެވިފައިވަނީ 2 ފެބުރުއަރީ 2009 ވަނަ ދުވަހުގެ
ހދ.ކުޅުދުއްފުށި ލޮޓަސްގެ
ޝާޢިރާ އާދަމްއާއި އެކު ކޮޓަރިއެއްގެ ތެރޭގައި އެކަހަރިކޮށް ތިބެފައިވާތީ އާދަމްޢަލީ ބަދުއަޚުލާޤީ ޢަމަލެއް
ހިންގާފައިވާކަމަށް ބުނެ އެކަމުގެ މައްޗަށްކަން އެނގޭއިރު، ބަދުއަޚުލާޤީ ޢަމަލު ދެގޮތަކަށް މާނަކުރާކަމާއި،
މިގޮތުން ޝަރީޢަތަށް ހުށައެޅޭ ގިނަ މައްސަލަތަކުގައި އަދި ދިވެހި ބަހުން އެލަފްޒު ބޭނުންކުރެވޭ ޢާއްމު
މާނައިގައި ބަދުއަޚުލާޤީ ކުށް މާނަކޮށްފައިވަނީ ޖިންސީގޮތުން ނަހީކުރައްވާފައިވާ ކަންކަން ކުރުމުގެ
މާނައިގައިކަމާއި، މިގޮތުން ބަދުއަޚުލާޤީ ކުށާއި އެކުށަށް ކަނޑައެޅިފައިވާ އަދަބު ބަޔާންކުރުމަށް
ޝަރީއަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުގައިވެސް އަދި މިކުށަށް އަދަބު ބަޔާންކުރުމަށް މިނިސްޓްރީ
އޮފް ޖަސްޓިސްއިން މީގެ ކުރިން ނެރެފައިވާ ސަރކިއުލަރ ތަކުގައިވެސް ބަދުއަޚުލާޤީ ކުށް ކަމުގައި
ބަޔާންކޮށްފައިވަނީ ޖިންސީ ގޮތުން ނަހީ ކޮށްފައިވާ ކަމެއް ކުރުމުގެ މައްޗަށްކަމާއި،
ބަދުއަޚުލާޤުގެ ދެވަނަ މާނައަކީ ރިވެތި އަޚުލާޤާއި އިދިކޮޅު އަދި ޢާއްމު މީސްތަކުންގެ މެދުގައި
އަޚުލާޤީ ގޮތުން ދަށްފެންވަރުގެ ކޮންމެ ޢަމަލެއްކަމާއި،އަޚުލާޤީ ގޮތުން މުޖުތަމަޢުއަކުން ބަލައިނުގަންނަ
ކަންކަމަކީ ވަރަށް ފުޅާ މާނައެއް ކުރެވެން އޮތްކަމަކަށްވާއިރު، އަޚުލާޤީ ގޮތުން ބަދު ކަންކަރޫޒް ހަތެރޭ
ހިމެނޭ ޝަރީޢަތުން ނުވަތަ ޤާނޫނުން މަނާކޮށްފައިވާ ކަންކަމުގެ މައްޗަށް މިހާތަނަށް ކުރެވެމުން)
ގޮސްފައިވަނީ އެކަމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އަމުރަކަށް ނުކިޔަމަންތެރިވުން ކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2011/HC-A//214
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު 1166 ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަން
އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ހިލޭ އަންހެނަކާއި ހިލޭ ފިރިހެނަކު އެކަހަރިކޮށް ތަނެއްގައި ތިބުމަކީ
އިސްލާމީ ޝަރުޢުގައި އެކަން ނުކުރުމަށް އަމުރުކޮށްފައިވާ ކަމެއްކަން އެނގޭކަމާއި އެހެން ނަމަވެސް
ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށާއި، ހިލޭ އަންހެނަކާއި ހިލޭ ފިރިހެނަކު އެކަހަރިކޮށް ތަނެއްގައި ތިބުމުގެ
ކުށަކީ ތަފާތު ދެކުށެއްކަމަށް އަދި ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ މައްޗަށް ދަޢުވާކުރާއިރު، ހިލޭ
ހިލޭ ފިރިހެނަކު އެކަހަރިކޮށް ތިބުމުގެ އިތުރުން އެތިބި ތިބުމުގައި ޖިންސީ ގޮތުން ނަހީ
ކަމެއް ކުރިކަން ދައުލަތުން ސާބިތުކޮށް
ތިލަދުންމަތި ދެކުނުބުރި
މެޖިސްޓްރޭޓު ކޯޓުން މިމައްސަލަ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ ފާހަގަކުރެއްވުމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވޭކަމާއި،
ކުރައްވާފައި
44 ޏ ސ ޑ ތ ދ
ދޭންޖެހޭނެކަމަށް
5 0
ވެދި
އާދަމް ޢަލީގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ އޭނާ ބަދުއަޚުލާޤީ ޢަމަލެއް ހިންގުމުގެ ކުށުގެ
މައްޗަށް ކަން އެނގެން އޮތްއިރު، އާދަމް ޢަލީ، ޝާޢިރާ އާދަމްއާއި އެކު ޖިންސީގޮތުން އެއްވެސް ޢަމަލެއް
ކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް
ވިޔަސް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށައަޅާފައި ނުވާކަން އެނގެއެވެ.
ދަޢުވާއަށް އޭނާ
· 4
(ބ) ފަސްވަނަކަމަކީ، އާދަމް ޢަލީގެ މައްޗަށް ހުށައެޅުނު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ
އިންކާރުކުރުމުން، އާދަމް ޢަލީ، ޝާޢިރާ އާދަމް އާއި އެކު އެކަހަރިކޮށް ހުރެފައިވާތީ،
މައްޗަށް ޝަރުޢީ ނުވަތަ ޤާނޫނީ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދަޢުވާ ދައުލަތުގެ ފަރާތުން
އުފުލާފައިނުވާކަމާއި، ދައުލަތުގެ ފަރާތުން ނުކުރާ ދަޢުވާއަކަށް ފަނޑިޔާރަކަށް ޙުކުމެއް ފިކުރެވޭނެކަމަށާއި
އަދި ކުރެވިފައިވާ ދަޢުވާއެއްގެ ޤާނޫނީ ސިފަކުރުން ބަދަލުކުރުމަކީ އެއްވެސް ޤާނޫނަކުން ނުވަތަ
ޤަވާޢިދަކުންވެސް ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 152/HC-A/2009 ޤަޟިއްޔާ ނިންމެވުމުގައި ޝަރީޢަތުން ފާހަގަކުރައްވާފައިވާ ނުތަކުން ހައި
ބެލުމުން އެނގޭކަމާއި، މިހެންކަމުން އާދަމް ޢަލީގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފަ
ދަޢުވާއެއްގެ މައްޗަށް އެމައްސަލަ ބެއްލެވި ފަނޑިޔާރަށް ޙުކުމް ނުކުރެވޭނެކަން އެނގޭކަމެވެ.1
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2011/HC-A/714
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު
2010/B12C/62 ޤަޟިއްޔާގައި ކުރައްވާފައި ޙުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުޢީ ނުވަތަ
ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ތިލަދުންމަތި ދެކުނުބުރި
ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2010/B12C/62 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށައަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާ، އެ މައްސަލައިގެ
ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތުމުން
ތިލަދުންމަތި ދެކުނުބުރި ކުޅުދުއްފުށި މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2010/B12C/62 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް، މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
34
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv