ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/78 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 78/HC-A/2011
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ވަކީލް: ޑެޕިއުޓީ ސްޓޭޓް އެޓަރނީ އދއ. ޞަފާ ޝަރީފު
0
• އިސްތިއުނާފް ރައްދުވި ފަރާތް:
1. ނަން: ޕީޕަލްސް އެލަޔަންސް
2. ނަން: ދިވެހި ރައްޔިތުންގެ ޕާޓީ
3. ނަން: ޖުމްހޫރީ ޕާޓީ
4. ނަން: ދިވެހި ޤައުމީ ޕާޓީ
ޒ. ޢަލީ ޙުސައިން، މުނިޔާގެ/ ބ. ކެންދޫ
0
• ރަޖިސްޓްރީކުރި ތާރީޚް: 28 ޖުމާދަލްއޫލާ 1432
މެއި 2011
މުނު ތާރީޚް: 15 މުޙައްރަމް 1434
(2
29 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/334
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މާލޭ ހުޅަނގުދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމާގުޅޭ
• ހުށަހެޅުނު ތާރީޚް: 2011 - 02 - 08 * ނިމުނު ތާރީޚް: 2011 - 03 - 09
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު:އަޙްމަދު ޝަރީފު ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2011/HC-A/78
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
ދަޢުވާގެ ޚުލާޞާ
06 =ހ2
eyނ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާ އެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތްތަކަކީ ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ
ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ދިވެހި ޤައުމީ ޕާޓީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި
ދަޢުވާލިބުނު އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތު ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން 2,000
އަކަފޫޓުގެ 05 ބިމާއި، 5،000 އަކަފޫޓުގެ 03 ބިމާއި، 500, 7 އަކަފޫޓުގެ 02 ބިމާއި، 10،000
އަކަފޫޓުގެ 01 ބިން ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 20
ޖުލައި 2010 ގައި އިޢުލާންކޮށް، އެކަން ކުރުމަށް މާލޭ މުނިސިޕަލްޓީއާއި ޙަވާލުކޮށްގެން، އެއޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/78
ce O
އެބިންތައް ނީލަމުގައި ވިއްކުމަށް 01 އޮގަސްޓް 2010 ގައި އިޢުލާނުކޮށްފައިވާއިރު ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ 03 ވަނަ މާއްދާގައި ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ
ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ފިޔަވައި ވަޒީރުންގެ މަޖިލީހުން
ބިން ވިއްކުމަށް ނިންމާފައިވާތީއާއި، ބިމާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ
ހޯދަންޖެހޭނެކަމަށް ޤާނޫނުގައި އޮންނައިރު ޤާނޫނުއަސާސީން ލާޒިމްކުރާފަދަ ވަޒީރުންގެ މަޖިލީހެއް ނެތި ބިން
ވިއްކުމުގެ ސިޔާސަތެއް ނެރެފައިވާތީއާއި، މާލޭ މުނިސިޕަލްޓީއާއި މިބިން ޙަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބުނެފައިވާ ކަމާބެހޭ ވުޒާރާއިންކަމަށްނުވާތީއާއި، ރާއްޖޭގެ ބިނާވެށި
ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ 1.1 ގައި ބުނާ ބިމުގެ ޕްލޭން 1.2 ގައި ބުނާ ކަމާބެހޭ ފަރާތުން
ފާސްކޮށްފައިނުވާތީއާއި މާލޭ ދެކުނު ހާބަރުން ބިން ވިއްކުމަކީ ވިޔަފާރި ބަންޑާރަބިން އަމިއްލަވެގެންދާނެ
ކަމަކަށްވާއިރު ވިޔަފާރި ބަންޑާރަ ބިން އަމިއްލަ ކުރުމުގެ ގަވާއިދުގެ 10 ވަނަ މާއްދާގައި ބުނާ ކޮމިޓީން އަގެއް
ކަނޑައެޅުމަކާނުލައި ބިން ވިއްކުމުގެ ކަންތައް ކުރިއަށް ގެންދާތީއާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 41 ވަނަ މާއްދާގައި ބުނާ ޕްލޭން ނެތި، އެޤާނޫނު
ފާސްވެފައިވަނިކޮށް އެޤާނޫނުގެ ދަށުން ކުރަންޖެހޭ ކަމެއް އެޤާނޫނަށް ހުރަސްއެޅޭފަދަގޮތަކަށް ކުރުމަށް
ނިންމާފައިވާތީއާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 02 ވަނަ މާއްދާގައިވާ ގޮތުން "ބިމާބެހޭ އެންމެހާ
މުޢާމަލާތްތައް ކުރަންވާނީ މިޤާނޫނާ އެއްގޮތްވާގޮތުގެ މަތިން" ކަމަށްބުނާއިރު އެޤާނޫނުގެ 04 ވަނަ މާއްދާގެ
ދަށުން ބިން އެކަށައެޅުން ނުވަތަ ލޭންޑް އެލޮކޭޝަން ހަދަންޖެހޭ ބޭނުންތަކާއި ކަންކަން ބަޔާންކޮށްފައިވާއިރު،
ދައުލަތުގެ ބިން ގަނޑުކޮށް ނުވަތަ ބަހައިގެން ނަމަވެސް ވިއްކުން ނުހިމެނޭކަމާއި، އެޤާނޫނުގެ 09 ވަނަ
މާއްދާގެ (ހ)ގެ ދަށުން ދިރިއުޅުމަށާއި ޢިމާރާތްކުރުމަށް އެކަށައަޅާ ބިން ފިޔަވައި އެޤާނޫނުގެ 05 ވަނަ
މާއްދާގެ (ހ)ގެ ދަށުން އެކިއެކި މިނިސްޓްރީތަކާއި ޙަވާލުކުރާ ބިން ދޫކުރަންވާނީ އެމިނިސްޓްރީއަކާއި ބިން
ދޫކުރެވޭ ފަރާތަކާއި ދެމެދުގައި ކުރެވޭ އެގްރީމެންޓެއްގެ ދަށުންކަމާއި، އަދި އެމާއްދާގެ (ށ) ގައި "ބިން
ދޫކުރެވޭ ފަރާތަށް އެބިމެއް ބޭނުންކުރެވޭނީ އަދި އެބިމާބެ މުޢާމަލާތްކުރުމުގެ ޙައްޤު
14
އެބިމާބެހޭގޮތުން
هދންއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
އެފަރާތަށް އެބިމެއް ދޫކުރެވޭ މުއްދަތަކަށް" ކަން ބަޔާންކޮށްފައިވާތީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން
ބިން ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި މާލޭ މުނިސިޕަލްޓީން އިޢުލާންކޮށް ބިން ވިއްކަންއުޅޭ
އުޞޫލުން ބިން ވިއްކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ޖާގަނުދޭތީވެ މިނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް
ކަނޑައަޅައި، އެނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްދިނުން އެދިގެން މާލޭ
މުނިސިޕަލްޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ ޕާޓީ،
ޖުމްހޫރީ ޕާޓީ، އަދި ދިވެހި ޤައުމީ ޕާޓީއިން 08 ފެބްރުއަރީ 2011 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. " ދެންފަހެ،
ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ދިވެހި ޤައުމީ ޕާޓީގެ ފަރާތުން މާލޭ
މުނިސިޕަލްޓީ (މާލެ ސިޓީ ކައުންސިލް) އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް މިދަޢުވާއަށް
ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
މިދަޢުވާގައި ދަޢުވާކުރާ ފަރާތްތަކުން އެދިފައިވަނީ މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން 11
ބިމެއް ވިއްކުމަށް 20 ޖުލައި 2010 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު
ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށާއި، އަދި، މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ވިއްކުމަށް
ވަޒީރުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބިންތައް ނުވިއްކުމަށް ސަރުކާރުގެ މައްޗަށް އަމުރެއް ނެރެދިނުން،
މިދެކަމަށްކަން ދަޢުވާފޯމަށް ބެލުމުން އެނގޭހިނދު، މިދަޢުވާއާއިގުޅިގެން ދަޢުވާކުރާ ފަރާތްތަކުންނާއި ދަޢުވާލިބޭ
ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބަލާއިރު، މިމައްސަލަ
ބިނާވެގެންދަނީ އަންނަނިވި މައިގަނޑު ތިން ނުކުތާގެ މައްޗަށްކަމާއި، އެތިން ނުކުތާއަކީ މާލޭ ހުޅަނގު ދެކުނު
ހާބަރުގެ ސަރަޙައްދުން ބިން ވިއްކުމަށް ނިންމުނު ނިންމުމަކީ ވަޒީރުންގެ މަޖިލީހުގެ ނިންމުމެއްކަމާމެދު
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
.1
ނުކުތާއާއި، މިމައްސަލައިގައި އިޝާރާތްކުރެވޭ ވަޒީރުންގެ މަޖިލީހަކީ މިމައްސަލައިގައި އެމަޖިލީހުން އަދާކުރި
ދައުރު އަދާކުރުމުގެ ޙައިޘިއްޔަތު ލިބިގެންވާ މަޖިލީހެއްކަމާމެދު އޮތް ނުކުތާއާއި، މިމައްސަލައިގައި
އިޝާރާތްކުރެވޭ ބިމުގެ މުޢާމަލާތަކީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން
ހުއްދަ މުޢާމަލާތެއްކަމާމެދު އޮތް ނުކުތާކަން ފާހަގަކުރެވޭހިނދު، މިކަންކަމުގެ މައްޗަށް ޝަރީޢަތުން
ނަޒަރުކުރިއިރު،
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގައިވާ ގޮތުން
ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވާހިނދު،
ދަޢުވާގައިވާ އިޝާރާތްކުރެވޭ ބިން ވިއްކުމުގެ މުޢާމަލާތްކުރުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުންކަމަށް
ދަޢުވާކުރާ ފަރާތުން ބުނާބުނުމަށާއި، މިމުޢާމަލާތަކީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) ގައިވާ ގޮތުގެ މަތިން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ
ނިންމުމެއްކަމަށް ދައުލަތުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު،
މާލޭ މުނިސިޕަލްޓީގެ ނަންބަރު: IUL
)
99
-
A1
/
1
/
2010
/
1074) (01 އޮގަސްޓް 2010)
އިޢުލާނަށް ބެލުމުން، މިއިޢުލާނުގައި ބަޔާންކުރަނީ 20 ޖުލައި 2010 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ
މަޖިލީހުގެ ޖަލްސާއިން މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް ވަޒީރުންގެ މަޖިލީހުން
ނިންމި ވާހަކަކަން ވަރަށް ސާފުކޮށް މިއިޢުލާނުން އެނގެން އޮތްނަމަވެސް، ދަޢުވާއާއިގުޅިގެން ހުށަހެޅިފައިވާ
ލިޔެކިޔުމާއި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިނިންމުމަކީ ވަޒީރުންގެ މަޖިލީހުން އެގޮތަށް ލަފާ އެރުވުމުން
ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުމެއްކަން އެނގޭކަމާއި، މިގޮތުން މާލޭ މުނިސިޕަލްޓީގެ ނަންބަރު:
IUL
)
99
-
A1
/
1
/
2010
/
1074) (01 އޮގަސްޓް 2010) އިޢުލާނަކީ ކަމުގެ ޙަޤީޤަތާއި މިމުޢާމަލާތުގައި
ވަޒީރުންގެ މަޖިލީހުގެ ދައުރު އޮޅޭފަދައަކުން އޮތް އިޢުލާނެއްކަމާއި،
މިމައްސަލައިގައި އިޝާރާތްކުރެވޭ ވަޒީރުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ސީގެ 129 ވަނަ މާއްދާގެ (ނ) އާއި އެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ލިބިފައިވާ މަޖިލީހެއް ނޫންކަމުން، މިވަޒީރުންގެ މަޖިލީހަކީ އެމަޖިލީހުގެ ޤާނޫނީ ޙައިޘިއްޔަތު ފުރިހަމަވެފައިވާ
މަޖިލީހެއްނޫންކަމަށާއި، މިގޮތުން ވަޒީރުންގެ މަޖިލީހުން މިމައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނީ
ޚިލާފު ނިންމުމެއްކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުމަށާއި، ވަޒީރުންގެ މަޖިލީހަކީ އެމަޖިލީހުގެ ޙައިޘިއްޔަތުގެ
ޠަބީޢަތާމެދު ޤާނޫނީގޮތުން ސުވާލު އުފެދޭ މަޖިލީހެއް ނޫންކަމަށާއި، އެއީ، ދައުލަތުގެ ބަންޑާރަނައިބަކީ
ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށްވީހިނދު، ދިވެހިރާއްޖޭގެ ޝަރުޢީ އެންމެހައި ކޯޓަކުން ބަންޑާރަނައިބު
ދައުލަތް ތަމްޘީލްކުރާ ތަމްޘީލްކުރުން ބަލައިގަނެފައިވާތީކަމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:
23/SC-C/2010 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުން މިކަމަށް އިތުރު ހަރުދަނާކަމެއް ލިބިގެންދާކަމަށް
ދައުލަތުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު،
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެވޭ ފަރާތްތަކުގެ ޙައިޘިއްޔަތު ފުރިހަމަވެގެންދާނީ ޤާނޫނުއަސާސީގައި
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެވޭ ފަރާތްތަކާގުޅޭގޮތުން ތަރުތީބުކޮށްފައިވާ ދެރުކުން ފުރިހަމަވެގެންކަމާމެދު
ދުސްތޫރީ އަދި ޤާނޫނީގޮތުން ދެބަސްވެވޭނެ ޖާގައެއްނެތްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
129 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އެ ދެ ރުކުނަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި،
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރާ އެހެން މެންބަރުން އެމަޖިލީހަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރުމަށްފަހު،
ޢައްޔަނުކުރުމަށްފަހު، މިމާއްދާގެ (ނ)
ގެ ދަށުން އެމެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުންކަމާއި،
ވަޒީރަކު ނެތުމާއި، ޤާނޫނީ ޙައިޘިއްޔަތު ފުރިހަމަވެފައިވާ ވަޒީރަކު ހުރުމާއި ތަފާތެއްވާކަމާއި،
މިގޮތުން ދައުލަތުގެ ބަންޑާރަނައިބަކު އެއްގޮތަކަށްވެސް ޢައްޔަނުކުރެވިފައި ނެތުމާއި، ރައީސުލްޖުމްހޫރިއްޔާ
އްޔަނުކޮށްފައިވާ، އެހެނަސް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިނުވާ ފަރާތެއް ބަންޑާރަނައިބެއްގެ
ގޮތުގައި ހުރުމާއި ތަފާތެއްވާކަމާއި، އެހެނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ
މާއްދާގެ (ނ) އަދި (ރ) އަށް ބެލުމުން، ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރެވޭ ފަރާތްތަކަށް ރައްޔިތުންގެ
މަޖިލީހުގެ ރުހުން ހޯދަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެފަރާތްތައް ޢައްޔަނުކުރުމަށްފަހުގައިކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2011/HC-A/78
UCOUOX
OCOCC>
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 23/SC-C/2010 ޤަޟިއްޔާއަކީ ވަޒީރުންގެ މަޖިލީހުގެ
މެންބަރުންގެ ޙައިޘިއްޔަތާމެދު ގޮތެއް ކަނޑައަޅުއްވާފައިވާ ޤަޟިއްޔާއެއްނޫންކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު: 25/SC
-
C/2010 އާއި 26/SC-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަލާއިރު، "...ޤާނޫނުއަސާސީއާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި އެމާއްދާގެ (ހ) ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް އެމާއްދާގެ (ނ) ގައި ބުނާ ރުހުން
ނުލިބުނުކަމުގައިވިޔަސް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުންނާއި،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ޤާނޫނީގޮތުން ލިބިފައިވާ ޤާނޫނުއަސާސީގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތުގެ
މައްޗަށް ވިސްނުމަށްފަހު، ދިވެހި ދައުލަތް ޤާނޫނީ ހުސްކަމަކަށް އަޔަނުދީ ދައުލަތުގެ އެންމެހައި
މުއައްސަސާތަކުން ޢާންމުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްވެސް މެދުކެނޑުމަކާ ނުލައި ފޯރުކޮށްދިނުން
ކަށަވަރުކުރުމަށްޓަކައި، ރުހުން ނުލިބޭ ވަޒީރުން އެމަޤާމުން ވަކިވަންދެން ނުވަތަ ވަކިކުރެވެންދެން،
ނަޡަރިއްޔަތުއް ޝަނޫރާ (ޑޮކްޓްރީން އޮފް އެސެސިޓީ) ގެ ދަށުން ފެކްޓާ މުވައްޒަފުންގެ ގޮތުގައި އެމަޤާމުގައި
ތިބެވުނުކަމުގައިވިއަސް..." މިފަދައިންކަން އެނގެން އޮންނަހިނދު،
ކަންމިހެން ހުރިއިރު، ދައުލަތުގެ ބަންޑާރަނައިބު ކޯޓުތަކުގައި ދައުލަތް ތަމްޘީލްކުރާ ކުރުން ކޯޓުތަކުން
ބަލައިގަތުމަކީ އަދި ބަލައިގެންފައިވުމަކީ ބަންޑާރަނައިބުގެ ޤާނޫނީ ޙައިޘިއްޔަތާމެދު ގޮތެއް ކަނޑައެޅުން
ނޫންކަމާއި، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކޮށްފައިވާ، އެހެނަސް،
ޤާނޫނުއަސާސީގައިވާ ދެރުކުން ފުރިހަމަވެފައިނުވާ ބަންޑާރަނައިބަކާ ހުރެމެ، ޤައުމުގެ މަސްރަޚާއި ޙާލަތަށް
ރިޢާޔަތްކޮށް، އަދި ހަމައެހެންމެ، ކޯޓުތަކަށް ހުށަހެޅިފައިވާ ރައްޔިތުންގެ އެތަކެއް ޙައްޤުތަކެއް އެކުލެވިގެންވާ
ގިނަ ގުނަ މައްސަލަތައް ހުރިޔަތީ، އެހިނދަށް ބަންޑާރަނައިބު ދައުލަތް ތަމްޘީލްކުރާ ކުރުން އެގޮތުގައި
ބަލައިގަތުމީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ ބަންޑާރަނައިބަކާމެދު ނުވަތަ އެފަދަ ވަޒީރުންގެ
މަޖިލީހަކާމެދު ކޯޓުތަކުން ގޮތެއް ކަނޑައެޅިކަމަށް ބެލޭނެ ހަމައެއްނެތްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
OCCE
މިދަޢުވާގައި އިޝާރާތްކުރެވޭ ބިން ވިއްކުމުގެ މުޢާމަލާތާގުޅޭ ނިންމުން ނިންމުމުގައި ވަޒީރުންގެ
މަޖިލީހުން އަދާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފަޔާއި އިރުޝާދު އެރުވުމުގެ ދައުރެއްކަން
އެނގެންއޮތްހިނދު، މިދައުރު ވަޒީރުންގެ މަޖިލީހަށް އަދާނުކުރެވެންވީ ޤާނޫނީ ސަބަބެއްނެތްކަމާއި،
ދަޢުވާކުރާ ފަރާތުން ބުނާބުނުމާއި ޚިލާފަށް މިދަޢުވާގައި އިޝާރާތްކުރެވޭ ބިން ވިއްކުމުގެ މުޢާމަލާތަކީ
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަ މުޢާމަލާތެއްކަމަށާއި،
ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ (ހ) ގައި ބުނާ ޤާނޫނަކީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު) ކަމަށް ދައުލަތުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު،
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަކީ ވަރަށް ފުޅާ ދާއިރާއެއްގައި
ބިމާބެހޭ ކަންކަން ޝަރަހަކުރުމާއި، މާނަކުރުމުގެ ފުރުޞަތު ލިބިދީފައިވާ ޤާނޫނެއްކަމަށް ދައުލަތުގެ ފަރާތުން
ބުނާހިނދު، ޤާނޫނު މާނަކުރުމަކީ ޝަރުޢީ ކޯޓުތަކަށް އޮތް ދައުރެއްކަމާއި،
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގައިވާ މިޤާނޫނުގެ
ތަޢުރީފުގައި މިޤާނޫނަކީ ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި، ބޭނުންތަކަށް
ދުންތަކަށް އެކަށައެޅުމާއި، ދޫކުރުމާއި،
ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތި ގެންގުޅުމާއި،
ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިކަންކަމާގުޅޭ އެހެނިހެން ކަންތައްތަކާބެހޭ
ޤާނޫނުކަމަށް ބަޔާންވެފައި އޮތުމުން، މިޤާނޫނުގެ ދަށުން ހުއްދަވާނީ އަދި ހިންގޭނެ މުޢާމަލާތްތަކަކީ މިތަޢުރީފްގެ
އިމުގެ ތެރޭގައި ހިމެނޭ މުޢާމަލާތްތައްކަމާއި، މިތަޢުރީފަށް ނަޒަރުކުރާއިރު، ބިން ވިއްކުމާއި ބެހޭގޮތުން
މިތަޢުރީފްގައި ބަޔާންވެގެންވަނީ ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަގޯއްޗާއި އަމިއްލަގޯތި ވިއްކުމުގެ ވާހަކަ ކަމާއި،
މިތަޢުރީފްގެ އެންމެފަހު ބައިގައި
އަދި މިކަންކަމާގުޅޭ އެހެނިހެން ކަންތައްތަކާބެހޭ ޤާނޫނު'
މިފަދައިން އޮތުމުން، މިޢިބާރާތް އިޝާރާތްކުރަނީ މިޢިބާރާތުގެ ކުރިއަށް ކަނޑައެޅި ބަޔާންވެފައިވާ ކަންކަމާގުޅޭ
އެހެނިހެން ކަންކަމަށް ކަމާއި، އެގޮތުން މިއީ މިޢިބާރާތުގެ ކުރިއަށް ބަޔާންކޮށްފައިވާ ކަންކަމާއި ގުޅޭ
މިތަޢުރީފުގައި ކަނޑައެޅި ބަޔާންކުރެވިފައިނުވާ، އެހެނަސް އެކަންކަމާގުޅޭ އަދި މިތަޢުރީފްގެ އިމުގެ ތެރޭގައި ރާއްޖޭގެ
ޚަ22 2
4
2
4
ބަންގީނެވެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
40 0ޑ 4
ބަޔާންވެޤިވާ
3 ދސ ޑ ވ 2
3
4
349
8
ކުމުލައެކެރެމާގުޅޭގޮތުން
ހިމެނޭކަންކަން މިޤާނޫނުގެ ތެރެއަށްލުމަށް އޮތް ޢާންމު ޢިބާރާތެއް ނުވަތަ ’umbrella phrase، އެއްކަމާއި،
އެހެންކަމުން، މިޢިބާރާތަކީ ޢާންމު ޢިބާރާތެއް ނުވަތަ "umbrella phrase] އަކަށްވުމުން، މިޢިބާރާތުގެ
ތެރޭގައި ބިންބިމާއިގުޅޭ ހުރިހާ ކަމެއް އެކުލެވިގެންވާނޭކަމަށް ބެލުން ޤާނޫނީގޮތުން ތަންނުދޭކަމާއި، މިޢިބާރާތުގެ
ތެރޭގައި އެކުލެވިގެންދާނީ މިޢިބާރާތް އިޝާރާތްކުރާ ތަޢުރީފްގައި ކަނޑައެޅި
ކަންކަމާގުޅޭ
އެހެނިހެން ކަންކަމަށްކަން ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެނގޭކަމާއި،
ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ނަޒަރުކުރާއިރު، މިޤާނޫނުގެ
އެއްވެސް މާއްދާއެއްގައި ދައުލަތުގެ ބަންޑާރަބިން ވިޔަފާރި އުޞޫލުން އަގު
ނަގާގޮތަށް ވިއްކުމުގެ
އެގޮތުން އިޝާރާތެއްކޮށްފައިނުވާކަމާއި،
މިޤާނޫނުގެ
ތަޞައްވުރުގައި މިބާވަތުގެ
މުޢާމަލާތެއްނުވާކަމާއި، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށް އެކަށައެޅުމާއި، ދޫކުރުން މިޤާނޫނުގެ އިމުގެ
ތެރޭގައިވާހިނދު، އަދި މިޤާނޫނުގެ 4 ވަނަ މާއްދާގައި ބިން އެކަށައެޅޭ ގޮތްތައް ބަޔާންކޮށްފައިވާއިރު،
މިކަންކަމުގެ ތެރޭގައި އިޤްތިޞާދީ ބޭނުންތަކަށް ބިން އެކަށައެޅުން ހިމަނާފައިވީހިނދު، މި މާއްދާގައިވެސް
ކުރަނީ އެކަށައެޅުމުގެ ވާހަކަ ކަމާއި، މީގެ ތެރޭގައި ވިޔަފާރި އުޞޫލުން އަގު ނަގާގޮތަށް ދިވެހިރާއްޖޭގެ
ބިން ދައުލަތުގެ ފަރާތުން ވިއްކުން ނުހިމެނޭކަން ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
ބެލުމުން ޞަރީޚަކޮށް އެނގި ސާފުވާން އޮތަތީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 250 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ
މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދޭންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ
ކުއްޔަށްދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ ނުވަތަ ރަހުނުކުރަންވާނީ ނުވަތަ ނައްތާލަންވާނީ ނުވަތަ މިނޫންވެސް
މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ޤާނޫނުގައިވާ ގޮތުގެމަތީން ކަމަށް ބަޔާންވެފައި
އޮންނަ
އޮތުމުން، މިމާއްދާގެ މަޤްޞަދަށްޓަކައި އޮތް ޤާނޫނަކީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
P7
އދ
ޤާނޫނު) ކަމަށް ބެލޭނެ ހަމައެއް ނެތްކަމަށްޓަކައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
CUO
ވަޒީރުންގެ މަޖިލީހުން ލަފާ އެރުވުމާއިގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން
ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) ގެ ދަށުން ހުއްދަ މުޢާމަލާތެއްނޫންކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250
ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް ވިއްކަންވާނީ
ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންވެފައިއޮތުމުން، ދައުލަތުގެ މިލްކުގެ ދަށުގައިވާ ދައުލަތުގެ ބިން
ވިއްކުމަށް ބަޔާންކޮށްފައިވާ އެފަދަ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނެތަތީ، މިމުޢާމަލާތަކީ މިގޮތުން
ކުރިއަށްގެންދެވޭނެ މުޢާމަލާތެއްނޫންކަމަށް ކަނޑައަޅައި، ވަޒީރުންގެ މަޖިލީހުން ލަފާ އެރުވުމާއިގުޅިގެން މާލޭ
ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން
ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް، ޙުކުމްކޮށްފީމެވެ."
cu COCO
މިހެންނެވެ.
(ނުވައެއް) ނުކުތާއެއް
އެކަންކަމާ ބެހޭގޮތުން
4. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ،
އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ގެ ފަރާތުން 09
ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ޕީޕަލްސް އެލަޔަންސާއި، ދިވެހި ރައްޔިތުންގެ
ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ޤައުމީ ޕާޓީއަށް ބިންވިއްކުމުގެ މުޢާމަލާތާ ގުޅޭގޮތުން ދައުލަތުގެ މައްޗަށް ދަޢުވާއެއް
ކުރުމުގެ ހައިސިއްޔަތު ނުވަތަ [Standi
Locus“ (ލޯކަސް ސްޓެންޑައި) ނެތްކަމަށް ދައުލަތުން
ފާހަގަކޮށްފައިވާއިރު، އެކަމާގުޅޭގޮތުން ދައުލަތުގެ ފަރާތުން ޤާނޫނީ ސަބަބުތަކެއް ފާހަގަކޮށްފައިނުވާކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި
ރާއްޖޭގެ ހަ
ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2011/HC-A/78
2 20
ކީ އވ
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ
ތަޢާރުފަށް ބަލާއިރު، ބަންޑާރަ ބިމުގެ ގޮތުގައި ވިއްކޭނީ ހަމައެކަނި ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗާއި
އަމިއްލަ ގޯތިކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި
(ނ) ތިންވަނަ ނުކުތާއަކީ، މުޚާޠަބުކުރެވޭ ނަން ނުވަތަ ކަމަކާ ގުޅުވައިގެން އޮންނަ ބަހުގެ ޢިބާރާތުގެ
ފަހަތަށް އޮންނަ ކޮމާ ނުވަތަ "،" މިނިޝާނުން ދޭހަކޮށްދެނީ ގުޅުވައިދޭ ބަހަކީ ޢިބާރާތަކީ އޭގެ ޒާތުގައި އެކަތި
އަނެކެއްޗާ ޝާމިލުނުކޮށް އެކަނި އޮންނައިރުވެސް މުޚާތަބުކުރެވޭ ނަމަކީ ކަމަކާ ގުޅުވައިގެން ފުރިހަމަ މާނަ
ދޭހަވާ ގޮތަށް އޮންނަ ބަހާއި ޢިބާރާތްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާ: ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަންޑާރަ ބިން ވިއްކުމުގެ ވަކި ޚާއްޞަ
އިޖުރަޢާތެއް ނެތުމަކީ ދައުލަތަށް ވިޔަފާރި އުޞޫލުން އަގުނަގާ ގޮތަށް ބިން ނުވިއްކޭނެ ސަބަބެއްކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ބ) ފަސްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް
ޤާނޫނު) ގައި ޤާނޫނެއްގެ މަޤްޞަދު ޙާޞިލްނުވާނެ
ނުވާނެގޮތަށް ޤާނޫނެއް މާނަކޮށްގެން ނުވާނެކަމަށް ބުނެފައިވާއިރު،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްޞަދުތަކާ ޚިލާފުވާގޮތަށް ސިވިލް ކޯޓުން އެޤާނޫނު
ޝަރަޙަކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ: މަދަނީ މުޢާމަލާތުގެ އަޞްލަކަށް ވެގެންވަނީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި
އެކަމެއް ކުރުން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުން ހުއްދަވެފައި އޮންނަ އޮތުން ކަމަށްވެފައި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި ބިން ވިއްކޭނެކަމަށް ބަޔާންކޮށްފައިވާއިރު، ބިން ނުވިއްކޭނެކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި
(ކ) ހަތްވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ބޭނުމަކަށް
ބިން އެކަށައަޅައި، ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އިރުޝާދުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާކަމަށް
ހދ 62798
0a9ނP/30
499 ޑޑ
ރެކުތައވެ.
ދިވެހިރާއްޖޭގެ
އައިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2011/HC-A/78
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރު، އެނިންމުމާ އެއްގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ބިން
ނުވިއްކޭނެކަމަށް ސިވިލްކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(އ) އަށްވަނަ ނުކުތާއަކީ: ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބިން ވިއްކުމާ ގުޅޭގޮތުން
ޢަމަލުކުރަންވީ ގޮތެއް ބަޔާންކޮށްފައި ނެތުމަކީ ދައުލަތަށް ވިޔަފާރި އުޞޫލުން އަގުނަގާ ގޮތަށް ބަންޑާރަ ބިން
ނުވިއްކޭނެ ކަމެއްކަމަށް ސިވިލްކޯޓުން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ވ) ނުވަވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދައުލަތުގެ މިލްކުގައިވާ
ބަންޑާރަ ބިމާބެހޭގޮތުން ޢަމަލުކުރަންޖެހޭނެ ޤާނޫނަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) ގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
44
ccc
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާއަކީ، މާލޭ ހުޅަނގު
ދެކުނު ހާބަރު ސަރަޙައްދުން، 50000 (ފަންސާސްހާސް) އަކަފޫޓު ހިމެނޭ ޖުމްލަ 11 ބިމެއް (2000
އަކަފޫޓުގެ 05 ބިމާއި، 5،000 އަކަފޫޓުގެ 03 ބިމާއި، 7,500 އަކަފޫޓުގެ 02 ބިމާއި، 10،000
އަކަފޫޓުގެ 01 ބިން) ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
20 ޖުލައި 2010 ގައި އިޢުލާންކޮށް، އެކަން ކުރުމަށް މާލޭ މުނިސިޕަލްޓީއާއި ޙަވާލުކޮށްގެން، އެއޮފީހުގެ
ފަރާތުން އެބިންތައް ނީލަމުގައި ވިއްކުމަށް 01 އޮގަސްޓް 2010 ގައި އިޢުލާނުކޮށްފައިވުމުން،
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ވަޒީރުންގެ މަޖިލީހުން ނިންމައި މާލޭ މުނިސިޕަލްޓީން އިޢުލާންކޮށް، ބިން ވިއްކަންއުޅޭ އުޞޫލުން
ބިން ވިއްކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ޖާގަނުދޭތީކަމަށް ބުނެ، އެ ނިންމުމަކީ ބާޠިލް ނިންމުމެއްކަމަށް
ކަނޑައަޅައި، އެނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްދިނުން އެދިގެން މާލޭ
މުނިސިޕަލްޓީއަށް ރައްދުވާގޮތަށް ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ ޕާޓީ، ޖުމްހޫރީ ޕާޓީ، އަދި ދިވެހި
ޤައުމީ ޕާޓީއިން ދިވެހި ދައުލަތުގެ މައްޗަށް 08 ފެބްރުއަރީ 2011 ގައި ސިވިލް ކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮންނަކަމާއި،
އެ މައްސަލަ ބައްލަވައި ސިވިލް ކޯޓުން ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް
ފަރާތަކަށް ވިއްކަންވާނީ ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންވެފައިއޮތްއިރު، ދައުލަތުގެ މިލްކުގެ ދަށުގައިވާ
ދައުލަތުގެ ބިން މިގޮތަށް ވިއްކުމަށް ބަޔާންކޮށްފައިވާ ޤާނޫނެއް ނުވަތަ ޤަވާއިދެއް ނެތުމުންނާއި، ވަޒީރުންގެ
މަޖިލީހުން އެރުވި ލަފާއާ ގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން، ބަޔާންކުރެވިދިޔަ ބިންތައް
ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުމަކީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) ގެ ދަށުން ހުއްދަ މުޢާމަލާތެއްނޫންކަމުން، އެ މުޢާމަލާތަކީ އެގޮތުން ކުރިއަށް ގެންދެވޭނެ
ނޫންކަމަށް ކަނޑައަޅައި، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް
ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން ތަންފީޛްކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ދިވެހި
ދައުލަތުގެ މައްޗަށް އަމުރުކޮށް، އެގޮތުގެމަތިންކަން އެނގެއެވެ.
(4ހ4ޑ0 0
2 ހދ8
e9240އންނަކަމަށް
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334
ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާ، ބަޔާންކުރެވިދިޔަ ސިޔާސީ ޕާޓީތަކުގެ ފަރާތުން، ދައުލަތުގެ މައްޗަށް
ކުރެވިދާނެކަމަށާއި އަދި އެދަޢުވާއަކީ ހިންގިދާނެ ދަޢުވާއެއްކަމުގައި، އެ ދަޢުވާ އެންމެ ފުރަތަމަ މަދަނީ ކޯޓަށް
ހުށަހެޅުނު އެކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2062
/
MC/1053 ޤަޟިއްޔާއާ ގުޅިގެން 16
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ސެޕްޓެމްބަރު 2010 ދުވަހު މަދަނީ ކޯޓުން ނިންމެވި އިޖްރާއީ ނިންމެވުމުގައި ކަނޑައަޅުއްވާފައިވާއިރު، އެފަދަ
ނިންމެވުންތައް އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެނިންމެވުން އެއްވެސް ފަރާތަކުން
އިސްތިއުނާފުކޮށް އެނިންމެވުން ބާޠިލްކޮށް ނުވަތަ ބަދަލުކޮށްފައިވާކަން އެނގެންނެތްކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާ
އެންމެ ފުރަތަމަ މަދަނީ ކޯޓަށް ހުށަހެޅުނު އެކޯޓުގެ ނަންބަރު (2010/Cv
-
C
/
2010
(
2062
/
MC/1053
ޤަޟިއްޔާ، ދަޢުވާކުރިފަރާތުން ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވެފައި ނުވުމުން 31 ޖެނުއަރީ
2011 ގައި ސިވިލް ކޯޓުން އެމައްސަލަ ބާޠިލުކުރައްވާފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/334 ޤަޟިއްޔާގައި ދެވަނަ ފަހަރަށް އެދަޢުވާ ޤަވާއިދުން ސިވިލް ކޯޓަށް ހުށަހެޅުނު އިރުވެސް
އެޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ އެދަޢުވާ ހުށަހެޅި ސިޔާސީ ޕާޓީތަކަށް ހުށަހެޅިދާނެ އަދި އެގޮތުގެމަތިން
ހިންގިދާނެ ދަޢުވާއެއްކަމުގައި މަދަނީ ކޯޓުން ނިންމެވި ނިންމެވުން، ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 77 ވަނަ މާއްދާގައި ބަޔާންވެފައިވާފަދައިން، އެ
ލާޒިމް ނިންމެވުމެއްގެ ގޮތުގައި ދެމިއޮތްކަން އެނގެން އޮންނަކަމެވެ.
މައްޗަށް
މއމ
هބން
COCCO
cu
74
8 ދދވ
ނޫންކށ
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާގައި ހުށަހެޅިފައިވާ
ދަޢުވާގައި ބަޔާންކޮށްފައިވަނީ ބިން ވިއްކުމާގުޅޭ މުޢާމަލާތަކަށްވާއިރު، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު
ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމާއި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި އެކަށައެޅުމާއި،
ދޫކުރުމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯތި
ގެންގުޅުމާއި، ބޭނުންކުރު
ންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިކަންކަމާގުޅޭ އެހެނިހެން
ބެހޭ ޤާނޫނުކަމާއި، މިކަންކަން މިގޮތަށް، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާއާއި 2
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ހއ ހއ ހދ
ކަންތައްތަކު
ce OS
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
4 މ އ ހދ8
ބޭންނޭނކެށް
ދެވޭ ބަންޑާރަ ގޯއްޗާއި،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ތަޢާރަފް
ބަޔާންކުރުމުގެގޮތުން، އެމާއްދާގެ (ހ) ގައި "މިއީ، ދިވެހިރާއްޖޭގެ ބިން އެކިކަންކަމަށާއި
އެކަށައެޅުމާއި ދޫކުރުމާއި، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި، ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ
އަމިއްލަ ގޯތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިއްކުމާއި، ދިނުމާއި، ކުއްޔަށް ދިނުމާއި، އަދި މިކަންކަމާގުޅޭ
އެހެނިހެން ކަންތައްތަކާ ބެހޭ ޤާނޫނެވެ" މިފަދައިން ބަޔާންކޮށްފައިވުމުގެ އިތުރުން،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި "ދިވެހިރާއްޖޭގައި ބިމާއި ގޯތި ދޫކޮށް ލިބިގަނެ،
މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ،
މިޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ" މިފަދައިން ބަޔާންކޮށްފައިވުމުން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ
ދަށުން ބިން ވިއްކުމުގެ މުޢާމަލާތް ކުރެވިދާނެކަން އެނގޭކަމާއި،
ނަމަވެސް ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ބިމާބެހޭ ޤާނޫނާ
މަތިންކަމުގައި ބަޔާންކޮށްފައި ބިމާއި ގޯތި ވިއްކުމުގެ މުޢާމަލާތުވެސް ކުރެވެންޖެހޭނީ ބިމާބެހޭ
ޤާނޫނުގައިވާ ގޮތުގެ މަތިންކަމާއި، އަދި އެޤާނޫނާ އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ
4
ޑ 8 ތ 4=3 ޑ
އއޤީ38390
އެންމެން،
އެއްގޮތަށްކަން އެނގޭކަމެވެ.
ޑ 8 *ހއ ހ
4
(ރ) ހަތަރުވަނަ ކަމަކީ، ބިމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއަށް ބަލާއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ
ސިޔާސަތު ކަނޑައަޅާ ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާކަމާއި، ނަމަވެސް
ރައީސުލްޖުމްހޫރިއްޔާއަށް މިމާއްދާއިން ލިބިދީފައިވާ ބާރަކީ މުޠުލަޤު ބާރެއްނޫންކަމާއި، ބިމާބެހޭ ސިޔާސަތާ
ތުގެމަތިން، އެކި ބޭނުންތަކަށާއި، އެކި ކަންކަމަށް ބިން އެކަށައަޅައި، އެކަށައެޅި ބިން އެއްބައިން
އަނެއްބަޔަށް ބަދަލުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމާއި، މިގޮތުން ބިމާބެހޭ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން،
ރައީސުލްޖުމްހޫރިއްޔާއަށް ބިން އެކަށައެޅޭނީ؟
ދ. ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށާއި،
ở : 2 = 2x + 1
03083
uc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
211/HC-A/78
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ށ، އިޤްތިޞާދީ ބޭނުންތަކަށާއި،
ނ. އިޖްތިމާޢީ ބޭނުންތަކަށާއި،
ކ. ތިމާވެށި ރައްކާތެރިކުރުމަށާއި،
ބ. ދައުލަތުގެ ބޭނުމަށް،
4
މި ފަސްކަމުގެ ނުވަތަ ބޭނުމުގެ މައްޗަށްކަމާއި، މިކަންކަން ބިމާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި 4
ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތްއިރު،
ބިމާބެހޭ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން، ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ކަނޑައެޅިފައިވާ
5 ބޭނުމުގެ ނުވަތަ ކަމުގެ މައްޗަށް އެކަށައެޅޭ ބިންތައް ކަމާބެހޭ މިނިސްޓްރީތަކާ ޙަވާލުކުރެވެންޖެހޭކަމާއި،
މިގޮތުން ކަމާބެހޭ މިނިސްޓްރީތަކާ ޙަވާލުކުރެވޭ ބިންތަކުގެ ތެރެއިން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި
ޢިމާރާތްކުރުމަށް އެކަށައެޅޭ ބިންބިން ފިޔަވައި، އެހެނިހެން ބިންބިން ޙަވާލުކުރެވޭ މިނިސްޓްރީއަކުން
ދޫކުރަންވާނީ، ލިޔުމަކުން ކުރެވޭ އެގްރީމެންޓެއްގެ ދަށުންކަމާއި، އެގޮތުން ދޫކުރެވޭ ބިމެއް ދޫކުރެވޭ ފަރާތަށް
އެބިމެއް ބޭނުންކޮށް، އެބިމާބެހޭގޮތުން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިދެވިފައިވަނީ ބިމާބެހޭ ޤާނޫނާއި، އެކި
ނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި، ބިމާބެހޭ ޤަވާއިދުގައިވާގޮތުގެ މަތިން، އެބިމެއް
ދޫކުރެވޭ މުއްދަތަކަށްކަމާއި، އެބިމެއް ދޫކުރެވޭ އެގްރީމެންޓުގައިވާގޮތުގެ މަތިންކަން، ބިމާބެހޭ ޤާނޫނުގެ 9 ވަނަ
44 /
މާއްދާގެ ނައްޞުން އެނގެން އޮންނަކަމެވެ.
CUO
(ބ) ފަސްވަނަ ކަމަކީ، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައެޅޭ ބިންބިން
ފިޔަވައި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައިވާގޮތުން، ބިން އެކަށައެޅޭ
އިތުރު 4 ކަމެއް
ނުވަތަ ބޭނުމެއް އޮންނަކަމާއި، އެއީ، އިޤްތިޞާދީ ބޭނުންތަކާއި، އިޖްތިމާޢީ ބޭނުންތަކާއި، ތިމާވެށި
ރައްކާތެރިކުރުމަށާއި، ދަޢުލަތުގެ ބޭނުމަށްކަން އެނގޭކަމާއި، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި
ކަށައެޅޭ ބިންބިން ފިޔަވައި، އެހެނިހެން ބޭނުންތަކަށާއި ކަންކަމަށް އެކަށައެޅޭ ބިންބިން
ޢިމާރާތްކުރުމަށް އެކަށައެޅޭ
ޏެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
8 *ތ މާތް
17
2011/HC-A/78
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ހ4 3
2 ޑ 4
އވާލކރވ
މިނިސްޓްރީތަކުން އެފަދަ ބިންބިން ދޫކުރަންވާނީ، ކަނޑައެޅޭ ވަކި މުއްދަތަކަށްކަން، ބިމާބެހޭ
ޤާނޫނުގެ 9 ވަނަ މާއްދާއިން އެނގެން އޮތްއިރު،
ބިމާބެހޭ ސިޔާސަތާ
މަތިން ބިން އެކަށައެޅޭ ބޭނުންތަކާއި ކަންކަމުގެ ތެރެއިން،
ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، ޢިމާރާތްކުރުމަށް ބިމާއި ގޯތި ގަނެ ވިއްކުމުގެ މުޢާމަލާތް ކުރުމަށް ބިމާބެހޭ
ޤާނޫނުން ތަންދީ، އެފަދަ މުޢާމަލާތްތައް ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ގޯތި އަމިއްލަކުރުމާއި،
ގަނެ ވިއްކުމާބެހޭ ޤަވާއިދުގައި ތަންތީމުކޮށްފައިވާކަން އެނގޭކަމާއި،
ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިން އެކަށައެޅޭ ބޭނުންތަކާއި ކަންކަމުގެ ތެރޭގައި ހިމެނޭ ހުރިހާ
ބާވަތެއްގެ ބިންތަކަކީ އެބިންތަކުގެ މައްޗަށް ދައުލަތަށް ލިބިފައިއޮތް މިލްކުވެރިކަމުގެ ބާރާއި ޙައްޤު ދޫކޮށް
ވިއްކާލެވޭނެ އެއްޗެއްނޫންކަމާއި، އަދި އެއީ ބިމާބެހޭ ޤާނޫނުގެ މަޤްޞަދެއްވެސް ނޫންކަމާއި،
ބިމާބެހޭ ޤާނޫނުގެ 1 ވަނަ، 2 ވަނަ، 3 ވަނަ، 4 ވަނަ، 5 ވަނަ، 6 ވަނަ، 7
etc
ޑ 4
2 ހ
ންނަމަސް، ބިމާބެހޭ
ވަނަ، އަދި 8 ވަނަ މާއްދާގެ އިތުރުން، 9 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާ އެއްކޮށް
ކިއުމުން، ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، ޢިމާރާތްކުރުމަށް ބިމާއި ގޯތި ވިއްކުން ފިޔަވައި ދައުލަތުގެ
ބިންތަކުގެ މައްޗަށް ދައުލަތަށް ލިބިފައިވާ ބާރާއި މިލްކުވެރިކަމުގެ ޙައްޤު ދޫކޮށްނުލައި، ދިވެހިރާއްޖޭގެ ބިން
ރައްކާތެރިކުރުމުގެ ޤަޞްދު އެޤާނޫނުން އެނގި ފާހަގަކުރެވެން އޮތްކަމެވެ.
6
68
8
9 ހއ
އއ އ
(ޅ) ހަވަނަ ކަމަކީ، ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ބިން އެކަށައެޅޭ ބޭނުންތަކާއި ކަންކަމުގެ
ތެރޭގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބިންތަކަކީ އެބިންތަކުގެ މައްޗަށް ދައުލަތަށް ލިބިފައިއޮތް މިލްކުވެރިކަމުގެ
ބާރާއި ޙައްޤު ދޫކޮށް ވިއްކާލެވޭނެ ޗެއްނޫންކަމާއި، އަދި އެއީ ބިމާބެހޭ ޤާނޫނުގެ މަޤްޞަދެއްވެސް
ނޫންކަމާއި، ދިރިއުޅުމަށްޓަކައި ގެދޮރުއެޅުމަށާއި، ޢިމާރާތްކުރުމަށް ބިމާއި ގޯތި ވިއްކުން ފިޔަވައި ދައުލަތުގެ
ބިންތަކުގެ މައްޗަށް ދައުލަތަށް ލިބިފައިވާ ބާރާއި މިލްކުވެރިކަމުގެ ޙައްޤު ދޫކޮށް ދައުލަތުގެ ބިން
ވިއްކާނުލެވޭނެކަން ބިމާބެހޭ ޤާނޫނުގެ އިސްވެ ބަޔާންކުރެވިދިޔަ މާއްދާތައް އެއްކޮށް
ކިއުމުން އެނގެން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ޤާނޫނުގައިވާ
އޮންނާތީއާއި، އަދި ބިމާއި ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ، ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ
މަތިންކަމުގައި ބަޔާންކޮށްފައި އޮތުމުން، ބިމާއި ގޯތި ވިއްކުމުގެ މުޢާމަލާތުވެސް ކުރެވެންޖެހޭނީ ބިމާބެހޭ
ގޮތުގެ މަތިންކަމާއި، އަދި އެޤާނޫނާ އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާ
އެއްގޮތަށްކަން އެނގޭކަމާއި، އަދި މިކަންކަން ބިމާބެހޭ ޤާނޫނުގައި މިފަދައިން ކަނޑައެޅި، ބަޔާންވެފައިވުމުން،
| لا هلا 1لاތ 1:لهلا ނުވަތަ މުޢާމަލާތްތަކުގެ އަޞްލަކަށް ވެގެންވަނީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި
އެކަމެއް ކުރުން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުން ހުއްދަވެފައި އޮތުން ކަމަށް ބަލައި، މިމައްސަލާގައި
ބަޔާންކޮށްފައިވާފަދައިން ދައުލަތުގެ އެފަދަ ބިންތައް ވިއްކުމުގެ ބާރު ސަރުކާރަށް ލިބިގެންވާކަމަށް ބެލެވޭނެ
ހަމައެއް ނެތްކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިޤްތިޞާދީ ބޭނުމަކަށް
ބިން އެކަށައަޅައި، ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އިރުޝާދުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާކަމަށް
ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވީނަމަވެސް، އެނިންމުމާ އެއްގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން
ބިން ނުވިއްކޭނެކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރު، ޒަމާނުއްސުރެ އަދި މިހާރުވެސް ދިވެހިރާއްޖޭގެ
އެކި އެކި ސަރަހައްދުތަކުން އެކި ބާވަތުގެ އިޤްތިޞާދީ ތަފާތު ބޭނުންތަކަށް ބަންޑާރަބިން ކުއްޔަށް
ދޫކުރެވިފައިވާކަން ފާހަގަކުރެވޭކަމަށާއި، ވީމާ، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ތަޢާރަފުގައި ބިން ކުއްޔަށް
ދެވޭނެކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކުރެވިގެން ބަންޑާރަބިން ކުއްޔަށް ދެވޭކަމަށްވާނަމަ، ހަމަ އިސްވެ
ބުނެވުނު ތަޢާރަފުގައި ބިން ވިއްކޭނެ ކަމަށް އޮންނަ އޮތުމަށް ރިޢާޔަތްކޮށް ބަންޑާރަބިން ވިއްކޭނެކަންވެސް
ޞަރީޙަކޮށް އެނގޭ
ނގޭކަމަށް ބުނެ ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތު ކަނޑައަޅައި، އެކި ބޭނުންތަކަށާއި ކަންކަމަށް ބިން އެކަށައަޅާ
ފަރާތަކީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާކަމާއި، މިގޮތުން ބިން އެކަށައެޅޭ
ކަންކަމުގެ ތެރޭގައި އިޤްތިޞާދީ ހިމެނިފައިވީނަމަވެސް، އިޤްތިޞާދީ ބޭނުންތަކާއި، އިޖްތިމާޢީ
ޓނނއ
ހައިކޯޓް
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
2
8
6
4 0ޅ2
އއއ
ބޭނުންތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، ދައުލަތުގެ ބޭނުންތަކަށާއި ކަންކަމަށް އެކަށައެޅޭ ބިންބިން
ޙަވާލުކުރެވޭ މިނިސްޓްރީތަކުން އެފަދަ ބިންބިން ދޫކުރަންވާނީ، ކަނޑައެޅޭ ވަކި މުއްދަތަކަށްކަން، ބިމާބެހޭ
ޤާނޫނުގެ 9 ވަނަ މާއްދާއިން އެނގެން އޮތްއިރު، ވިއްކުމަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އެވިއްކާލެވޭ
ދޫކުރުންނޫންކަމާއި، ވިއްކުމަކީ އެއްޗެއް މިލްކުކޮށް އެއެއްޗެއްގެ މައްޗަށް ތަސައްރަފްކުރުމަށް އެއެއްޗެއްގެ
މިލްކުވެރި ފަރާތަށް ލިބިގެންވާ ޙައްޤު، އެހެން އެއްޗެއް ނުވަތަ އަގެއްގެ މުޤާބިލުގައި، އެއެއްޗެއް ގަންނަ
ފަރާތަށް ވަކި މުއްދަތެއްނެތި ދާއިމަށް ބަދަލުކުރުންކަން އެނގެންއޮތުމުން، ބަޔާންކުރެވިދިޔަ 4 ބޭނުމަށް
ބިންތައް ނުވިއްކޭނެކަމާއި، އެފަދަ ބިންތައް ވިއްކުމަކީ ބިމާބެހޭ ޤާނޫނުގެ އިމުގެ ތެރެއިން
މ އ ވ
އެކަށައެޅޭ
ކުރެވެންއޮތް ކަމެއްނޫންކަން އެނގޭކަމެވެ.
0 333 21
ލިފައރަމުން
(އ) އަށްވަނަ ކަމަކީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ
މާއްދާގައި، ދައުލަތުގެ މުދަލެއް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ
ދޫކޮށްލަންވާނީ، ނުވަތަ ރަހުނުކުރަންވާނީ، ނުވަތަ ނައްތާލަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ
ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، މިކަންކަން ކުރުމަށް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާއަށް
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތެއްގެމަތިންކަމަށް ބަޔާންވެފައިވާއިރު،
ދައުލަތުގެ މުދަލާމެދު ޢަމަލުކުރަންވީގޮތް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 7.02 ގައި
ބަޔާންކޮށްފައިވާއިރު، ދައުލަތުގެ މުދަލުގެ ތެރޭގައި ހިމެނޭ ބިން ވިއްކުމާ ބެހޭގޮތުން ޢަމަލުކުރަންވާގޮތެއް
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައި އަދި ބަޔާންކުރެވިދިޔަ، ދައުލަތުގެ
މާލިއްޔަތުގެ ގަވާއިދުގައިވެސް ކަނޑައަޅައި ބަޔާންކޮށްފައިނުވާކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ބަލާއިރު، ދައުލަތުގެ ފައިސާއާއި
މުދާ ކޮންޓްރޯލްކުރުމާ
ފޯމާއި ބެލެހެއްޓުމަކީ އެ ޤާނޫނުގެ މަޤްޞަދެއްކަން އެޤާނޫނުގެ ތަޢާރަފަށް ބެލުމުން
ޖޭގެ ހައި
އެނގެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ3، ދިވެހިބޭން
2(
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
4 22
(ވ) ނުވަވަނަ ކަމަކީ، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކަށް
ދޭންވާނީ ނުވަތަ ވިއްކަންވާނީ ނުވަތަ ކުއްޔަށް ދޭންވާނީ ނުވަތަ ދޫކޮށްލަންވާނީ ނުވަތަ ރަހުނުކުރަންވާނީ
ނުވަތަ ނައްތާލަންވާނީ ނުވަތަ މިނޫންވެސް މިފަދަ ކަމަކާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ޤާނޫނުގައިވާ
ގޮތުގެމަތިން ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ (ހ)ގައި
ބުނެފައިވުމުން، ދައުލަތުގެ މިލްކުގައި ހިމެނޭ އެއްވެސް އެއްޗަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ މިމާއްދާގައި ބަޔާންކޮށްފައިވާފަދަ މުޢާމަލާތެއް ކުރަންވާނީ ޤާނޫނުގައިވާ ގޮތުގެމަތިންކަން
ސާފުކޮށް އެނގޭކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މިމާއްދާއަށް ބަލާއިރު، މިއީ
ދައުލަތުގެ މިލްކުގައި ހިމެނޭ ތަކެތީގެ ތެރެއިން ދައުލަތުގެ މިލްކު ބިންތަކުގެ މައްޗަށް އެކަނި ހިންގުމަށް އޮތް
މާއްދާއެއްނޫންކަމާއި، އެހެނަސް ދައުލަތުގެ މިލްކުގައި ހިމެނޭ އެންމެހައި ތަންތަނާއި ތަކެތީގެ މައްޗަށް
ހިންގުމަށް އޮތް މާއްދާއެއްކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 250 ވަނަ
މަޤްޞަދަށްޓަކައި އޮތް ޤާނޫނަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުކަމުގައި ބެލެވޭނެ ތަނެއް އޮތްކަމަށް
ނުފެންނަކަމާއި،
6 244
މައެދާގެ
އއ
ނަމަވެސް ދައުލަތުގެ މިލްކުގައި ހިމެނޭ ބިމަކީ ދައުލަތުގެ މުދަލުގެ މާނައިގެ ތެރޭގައި ހިމެނޭ
ތެއްކަމަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 250 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ
ގޮތުގެމަތިން، ދައުލަތުގެ މިލްކުގައިވާ ބިމާބެހޭ ގޮތުން ޢަމަލުކުރަންޖެހޭ ޚާއްސަ ޤާނޫނަކީ ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުކަމަށް ޤަބޫލުކުރެވޭކަލާ
ޤަބޫލުކުރެވޭކަމާއި،
etc
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ބަލާއިރު، ދިރިއުޅުމަށްޓަކައި
ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައެޅޭ ބިންބިން، ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ
ކަމާބެހޭ ޤަވާއިދުތަކުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ވިއްކިދާނެކަމާއި، އެފަދަ ބިންތަކުގެ މައްޗަށް ދައުލަތަށް
46
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
ލިބިގެންވާ މިލްކުވެރިކަން، ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ކަމާބެހޭ ޤަވާއިދުތަކުގައި
ކަނޑައެޅިފައިވާ ގޮތުގެމަތިން އެފަދަ ބިންތައް ގަންނަ ފަރާތްތަކަށް ބަދަލުކޮށްދެވިދާނެކަން އެނގެންއޮތްއިރު،
ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމަށް އެކަށައެޅޭ ބިންބިން ފިޔަވައި ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އެހެން
ބޭނުންތަކަށް އެކަށައެޅޭ ބިން ވިއްކޭނެގޮތް ބިމާބެހޭ ޤާނޫނުގައި ކަނޑައެޅިފައި ނުވާކަމާއި، އެފަދަ ބިން
ދޫކުރެވޭނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން، ކަނޑައެޅޭ
ވަކި މުއްދަތަކަށްކަމާއި، އެފަދަ ބިންބިމާ ހޭގޮތުން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިދެވޭނީ ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނާއި، އެކި ބޭނުންތަކަށާއި ކަންކަމަށް އެކަށައަޅާ ބިންބިމާބެހޭ ޤާނޫނުތަކާއި، އެ ޤާނޫނުތަކުގެ
ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިންކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) އިން
އެނގެން އޮންނަކަމެވެ.
ގެ
(ލ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް
ޢަމަލުކުރަން ފެށިފަހުން، ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި ޢިމާރާތްކުރުމުގެ ބޭނުމުގައި އެކަށައެޅޭ ބިން،
ޤާނޫނާއި ކަމާބެހޭ ޤަވާއިދުތަކުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ވިއްކާ ވިއްކުން ފިޔަވައި، ބަންޑާރަބިންތަކުގެ
މައްޗަށް ދައުލަތަށް ލިބިފައި އޮންނަ މިލްކުވެރިކަމުގެ ޙައްޤު ދޫކޮށްލައި، ދައުލަތުން ބަންޑާރަބިން،
މިމައްސަލާގައި ބަޔާންކޮށްފައިވާ މުޢާމަލާތުގެ ކުރިން ވިއްކަމުން ގޮސްފައިވާކަން އެނގެންނެތްކަމާއި،
މިމުޢާމަލާތުގެ ކުރިން، ދިރިއުޅުމަށްނޫން އެހެން ބޭނުމަކަށް ދައުލަތުގެ ބިން ވިއްކާފައިވާކަން
އެނގިފައިނުވާކަމަށް 16 ނޮވެންބަރު 2011 ގައި ދައުލަތުގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
() އެގާރަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ މިޤަޟިއްޔާއިން އިސްތިއުނާފުކުރެވުމުން، މިޤަޟިއްޔާގައި ދަޢުވާލިބޭ ޕީޕަލްސް އެލަޔަންސް، ދިވެހި
ރައްޔިތުންގެ ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ދިވެހި ޤައުމީ ޕާޓީގެ ފަރާތުން ބ. ކެންދޫ މުނިޔާގެ ޢަލީ ޙުސައިން
ހާޒިރުވެ މައްސަލައިގެ ޝަރީޢަތް ހިންގިފައިވަނިކޮށް، މައްސަލަ ނިންމުމަށް 29 ނޮވެމްބަރ 2012 ދުވަހުގެ
އަށް ކޯޓަށް ހާޒިރުވުމަށް
ކެންދޫ މުނިޔާގެ ޢަލީ ޙުސައިން އަށް މިކޯޓުގެ ނަންބަރު
HC
-
B1
/
2012
/
645 "ކޯޓަށް ހާޒިރުވުމުގެ އަމުރު" ޙަވާލުކުރެވިފައިވީނަމަވެސް، އެއަމުރުގައި ދެންނެވިފައިވާ
ގަޑިއަށް ކެންދޫ މުނިޔާގެ ޢަލީ ޙުސައިން ހާޒިރުވެފައިނުވާތީ، މިމައްސަލައިގެ ޙުކުމް ކުރެވިފައިމިވަނީ
އޭނާގެ ޣައިރު ހާޒިރުގައެވެ.
13:50
23
(ދ) ބާރަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ވަޒީރުންގެ
މަޖިލީހުން ލަފާ އެރުވުމާގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ބިން ވިއްކުމަށް
ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުމަކީ، އެނިންމުމުގެ މައްޗަށް ބިނާކޮށް، ޤާނޫނީ ހަމަތަކުގެމަތިން
ހުއްދަ މުޢާމަލާތެއްނޫންކަމާއި، އަދި އެ މުޢާމަލާތަކީ އެގޮތުން ކުރިއަށްގެންދެވޭނެ
މ 2
2x
ހއe
އީމަލާތެއްނޫންކަންވެސް އެނގޭކަމާއި،
އެހެންކަމުން، ވަޒީރުންގެ މަޖިލީހުން ލަފާ އެރުވުމާގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު
ސަރަޙައްދުން ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމުން ތަންފީޛުކުރުމުގެ ގޮތުން އެއްވެސް
ކަމެއް ނުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/334
ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް
މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ނުފެނުނެވެ
ދ ދމ ޑ ވ ލ ތ ގއ ގތ 8 ހދ.8
می کرد رس مره مره مي مير حسام
ދިޗެހިރާއް.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/78
453
0
ދެންފަހެ، ވަޒީރުންގެ މަޖިލީހުން ލަފާ އެރުވުމާ
ވުމާގުޅިގެން މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން
ބިން ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމެވުން ތަންފީޛްކުރުމުގެ ގޮތުން އެއްވެސް ކަމެއް
ނުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/334 ޤަޟިއްޔާގައި
ނިންމަވާފައިވާ ނިންމެވުމަށް ތާއީދުކޮށް، މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ދަޢުވާލިބޭ ޕީޕަލްސް އެލަޔަންސް، ދިވެހި ރައްޔިތުންގެ ޕާޓީ، ޖުމްހޫރީ ޕާޓީ އަދި ދިވެހި ޤައުމީ
ޕާޓީގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv