ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/43 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/43
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 43/HC-A/2012
އިސްތިއުނާފުކުރި ފަރާތް:
ނަން: އާމިނަތު އަޙުމަދު އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A004208
ދާއިމީ އެޑްރެސް: ބަނާނާހައުސްޏ.ފުވައްމުލައް
މިހާރުގެ އެޑްރެސް: ބަނާނާހައުސް ޏ.ފުވައްމުލައް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޢަލީ
ދާއިމީ އެޑްރެސް: ޖަނބުރޯލުމާގެ/ޏ.ފުވައްމުލައް
އައިޑީ ކާޑުނަންބަރު: A005282
މިހާރުގެ އެޑްރެސް: ވިޓްނެސް ޏ.ފުވައްމުލައް
0
ނިމުނު ތާރީޚް
09 ރަޖަބު 1433
، ރަޖިސްޓްރީ ތާރީޚް: 23 ރަބީޢުލްއައްވަލު 1431
15 ފެބްރުއަރީ 2012
30 މެއި 2012
04 0 0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 3
/
2011-RIC/434
ނިންމެވި ފަރާތް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ޙަޟާނާތު
ހުށަހެޅި ތާރީޚް: 29.08.2011
ތާރީޚް: 28.09.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/43
ދަޢުވާގެ ޚުލާޞާ:
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434
ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ޏ.ފުވައްމުލައް ބަނާނާހައުސް،
އާމިނަތު އަޙްމަދު އިބްރާހީމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ
ޏ.ފުވައްމުލައް ޖަނބުރޯލުމާގެ، މުޙައްމަދު ޢަލީއެވެ.
ހުށަހެޅުމުން
0
ފާހަގަކުރެވުނު ނުކުތާތައް:
{l
ޏ.ފުވައްމުލައް
01
އިސްތިއުނާފު ކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2011-RIC/434 ޤަޟިއްޔާގައި އެމުލައްބަނާނާހައުސް، އާމިނަތު އަޙްމަދު އިބްރާހީމްގެ
ބެލެނިވެރިކަމުގެ ދަށުގައިވާ 2 ކުދިން، އަޙްމަދު ނާއިލް މުޙައްމަދު ޢަލީ އާއި އިބްރާހީމް ޔާނިޢު މުޙައްމަދު ޢަލީ،
ކުދިންގެ ބައްޕަ، ޏ.ފުވައްމުލައް ޖަނބުރޯލުމާގެ، މުޙައްމަދު ޢަލީ 24 އޮގަސްޓް 2011 ދުވަހު ކުދިން
ގެންދިޔަގޮތަށް ކުދިން ނުދީ ހިފަހައްޓައިގެން ކުދިން ސްކޫލަށް ނުދެވި ކުދިންގެ އަސާސީ ޙައްޤުތައް
އުނިވެގެންދާތީ ކުދިން ވީހާވެސް އަވަހަށް ހޯދުމަށާއި، މިހާތަނަށް އެއްވެސް ޚަރަދެއް ކޮށްފައިނުވާތީވެ ޚަރަދު
ސާބިތުކޮށް ދެއްވުން އެދި އާމިނަތު އަޙްމަދު އިބްރާހީމް ހުށަހެޅުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
3
/
2011-RIC/434 ޤަޟިއްޔާގައި މައްސަލަ ހުށަހަޅާ ފުވައްމުލަކު ބަނާނާހައުސް އާމިނަތު އަޙްމަދު
އިބްރާހީމްގެ ވާހަކައަށާއި މި ދަޢުވާލިބޭ ފުވައްމުލަކު ޖަނބުރޯލުމާގެ މުޙައްމަދު އަލީގެ ވާހަކައަށާއި ކުރެވުނު
ދިރާސާތަކަށާއި ފާހަގަވާ ކަންތަކަށް ވިސްނާއިރު ފުވައްމުލަކު ބަނާނާހައުސް ނިޢުމާ ޙަސަންއާއި ޖަނބުރޯލުމާގެ
މުޙައްމަދު ޢަލީގެ ޢުމުރުން 5 އަހަރުގެ އަޙްމަދު ނާއިލް މުޙައްމަދު އަލީ (އައި.ޑީ ކާޑު ނަންބަރު A349101)
އާއި ޢުމުރުން 3 އަހަރުގެ އިބްރާހީމް ޔާނިޢު މުޙައްމަދު ޢަލީ (އައި.ޑީ ކާޑު ނަންބަރު A366710) ގެ
ބެލެނިވެރިކަމުގެ ޙައްޤު މި ދެދަރިންގެ މާމަ ބަނާނާހައުސް އާމިނަތު އަޙްމަދުގެ މައްޗަށް ސާބިތުކޮށް ފުވައްމުލަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
2012/HC-A/43
54
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2011-RIC/309 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވާކަން ފާހަގަވެއެވެ. މިގޮތުން
މާމަ މި ދެދަރިން ގެންގުޅެމުން ދަނިކޮށް މި ދެދަރިންގެ ބައްޕަ ޖަނބުރޯލުމާގެ މުޙައްމަދު ޢަލީ މި ދެދަރިން
ބެލެހެއްޓުމުގެ ދަށަށް ގެންގޮސްފައިވުމާއި، މިދަރިން ލިބިދިނުމާއި ދަރިންގެ ޚަރަދު ހޯދުމަށް މާމަ އާމިނަތު
އަޙްމަދު އިބްރާހީމް، ބައްޕަ މުޙައްމަދު ޢަލީގެ މައްޗަށް ދަޢުވާ ކުރާކަމާއި މާމަ އާމިނަތު އަޙްމަދު އިބްރާހީމްއާއި
ކުދިން ޙަވާލުނުކުރާނެކަމަށް ބައްޕަ މުޙައްމަދު ޢަލީ ބުނާކަމާއި މާމަގެ މައްޗަށް ބެލެނިވެރިކަން ސާބިތުކުރި
ޤަޟިއްޔާގައި ބައްޕަ މުޙައްމަދު އަލީގެ ބަހެއް ހޯދާފައި ނުވާނެކަން ފާހަގަކުރެވެއެވެ.
މަންމަ އާއި ބައްޕަ ވަކިވާއިރު ދަރިން ތިބިނަމަ އެދަރިން ބަލަހައްޓަން
ހަމަޖެހިފައިވަނީ ދަރިންގެ މަންމަކަމަށްވިޔަސް މަންމަ މީހަކާ އިނުމުން އެދަރިން ބެލެހެއްޓުމުގެ ޙައްޤު މާމައާއި
ޙަވާލުކުރާނަމަ ކުދިންގެ ބައްޕަ ދުނިޔޭގައި ހުރިނަމަ ބައްޕަގެ ޙާލަތާއި މާމައާއި ދަރިން ޙަވާލުކުރުމާއިމެދު ބައްޕަ
ބުނައެއެޗްއެ ބަލަންޖެހޭނެއެވެ.
ދަރިންގެ މާމަ އާމިނަތު އަޙްމަދު އިބްރާހީމްއާއި ބައްޕަ މުޙައްމަދު ޢަލީގެ
ވާހަކައަށާއި ހުށަހެޅިފައިވާ ޑޮކިއުމެންޓްރީތަކަށް ބަލާއިރު ގޯތި ގެދޮރުގެ މިލްކުވެރިކަމާއި ދިރިއުޅުމުގެ
ތަނަވަސްކަމާއި ޢުމުރުގެ ޒުވާންކަމާއި ބާރުވެރިކަމުގެ ގޮތުން ދަރިންގެ މާމަ އާމިނަތު އަޙްމަދު އިބްރާހީމަށްވުރެ
ދަރިންގެ ބައްޕަ މުޙައްމަދު ޢަލީގެ ޤާބިލުކަން ބޮޑުކަން ފާހަގަވެއެވެ. މިޙާލަތުގައި ބައްޕަގެ ބެލުމުގެ ދަށުގައި
ދަރިން ވަނިކޮށް ބައްޕަގެ ނުރުހުމުގައި ދަރިންގެ މާމައަށް އެކުދިން ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމާއި
ބެލެހެއްޓުމާއި މިނޫނަސް ދަރިންނަށް ލިބެންޖެހޭ މަންފާތަކަށް އުނިކަން އަންނާނޭ ދަރިންގެ މަސްލަޙަތަށް
ގެއްލުންހުރިކަމެކެވެ.
UcOc
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއަށާއި ޕީނަލް ކޯޑްގެ ޗެޕްޓަރ
1 ގެ 25 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ގޮތުގައި އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީ ކޮންމެ މީހަކަށްވެސް
ލިބިފައިވާ ޙައްޤެއްކަމަށްވީހިނދު އަމިއްލަ ނަފްސުގެ ތެރޭގައި ދަރިންނާއި ބައްޕަ އަދި ޝަރުޢީ ބަލަދުވެރިން
ކަނޑައެޅިގެންވާހިނދު މާމައަށްވުރެ ދަރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި ބަލަދުވެރިކަމުގެ ޙައްޤުތަކުގައި
ބައްޕައަށް އިސްކަންދެވިފައިވާކަމުގެ ޔަޤީންކަން ލިބިދެއެވެ.
ccc
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެ
4
2012/HC-A/43
ދަރިން ބެލެހެއްޓުމުގެ ޒިންމާއަކީ ވަކިފަރާތަކަށް ކަނޑައެޅިފައިވާ ބަދަލު
ކުރެވޭނެ ޙައްޤެއް ނޫނެވެ. ދަރިން ބެލެހެއްޓުމުގެ ޙައްޤު ޙަވާލުކުރެވޭ ތަރުތީބުގައި ފުރަތަމަ މަންމަ ދެވަނަ
މަންމަގެ މަންމަ ތިންވަނަ ބައްޕަކަމަށް ތަރުތީބުކުރެވިފައިވީނަމަވެސް އާއިލާއާބެހޭ ޤަވާޢިދުގެ 72 ވަނަ މާއްދާއިން
ކަށަވަރުކޮށްދޭގޮތުގައި މި ޙައްޤު ލިބިދިނުމުގައި މި ތަރުތީބު ބަދަލުކުރުމާއި ދަރިންނަށް އެންމެ މަސްލަޙަތު ހުރި
ފަރާތަކަށް އެ ޙައްޤު ވާސިލުކޮށްދިނުމުގެ ބާރު ޝަރީޢަތަށް ލިބިދީފައިވެއެވެ.
ބަނާނާހައުސް ނިޢުމާ ޙަސަން އާއި ޖަނބުރޯލުމާގެ މުޙައްމަދު ޢަލީގެ ދެ
ދަރިންގެ މަންމަގެ ޙަޟާނަތުވަނީ އޭނާ މީހަކާ އިނުމުން ކެނޑިފައިވާކަން ފާހަގަވުމާއި ބައްޕައަކީ ދަރިންގެ
ބަލަދުވެރިކަމާއި ދަރިފުޅު ބެލެހެއްޓުމާއި ހިމާޔަތްދިނުމުގެ ޙައްޤު މާމައަށްވުރެ ބޮޑަށް ލިބިފައިވާ މީހެއްކަމަށްވުމާއި
ފުވައްމުލަކު ޖަނބުރޯލުމާގެ މުޙައްމަދު ޢަލީއާއި އެރަށު ބަނާނާހައުސް ނިޢުމާ ޙަސަންގެ ޢުމުރުން 5 އަހަރުގެ
އަޙްމަދު ނާޢިލް މުޙައްމަދު އަލީ (އައި.ޑީ ކާޑު ނަންބަރު A349101) އާއި 3 އަހަރުގެ އިބްރާހީމް ޔާނިޢު
މުޙައްމަދު ޢަލީ (އައި.ޑީ ކާޑު ނަންބަރު A366710} މިވަގުތު ބެލެހެއްޓުމާއި ގެންގުޅުމުގައި ކުދިންނަށް އެންމެ
މަސްލަޙަތު ބޮޑީ ބައްޕަކަމަށް ބެލެވޭތީ އާއިލާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) އަށާއި އާއިލާއާބެހޭ
ޤަވާޢިދުގެ 72 ވަނަ މާއްދާއަށާއި ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއާއި އެމާއްދާއަށް ޙަވާލާދެވޭ ޤާނޫނުތަކަށް
ރިޢާޔަތްކޮށް ފުވައްމުލަކު ބަނާނާހައުސް ނިޢުމާ ޙަސަންއާއި ޖަނބުރޯލުމާގެ މުޙައްމަދު ޢަލީގެ ބަޔާންކުރެވުނު
ދެދަރިން މުޙައްމަދު ޢަލީގެ ނުރުހުމުގައި މާމަ
ބަނާނާހައުސް އާމިނަތު އަޙްމަދު އިބްރާހީމަށް
ނަގާދެވެންނެތްކަމަށާއި، މިޙާލަތުގައި މުޙައްމަދު ޢަލީގެ ކިބައިން މި ދެދަރިންގެ ޚަރަދު މާމަ އާމިނަތު އަޙްމަދު
އިބްރާހީމަށް ލައްވާދެވެންނެތްކަމަށް" ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
CCCX
(2
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434 ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޏ.ފުވައްމުލައް)ބަނާނާހައުސް،
އާމިނަތު އަޙްމަދު އިބްރާހީމްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
.3ކ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހީ
5
2012/HC-A/43
ހއ ހ 233
2
ހއ ކެރާން
ފުރަތަމަ ނުކުތާއަކީ، ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
3
/
2011-RIC/434 މައްސަލާގައި އާމިނަތު އަޙްމަދު އިބްރާހީމްގެ ފަރާތުން ވަކީލަކު
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ވަކީލަށްނުދީ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، އާމިނަތު .މަދު އިބްރާހީމްގެ
އިބްރާހީމްގެ ދަރިފުޅު،
ޏ.ފުވައްމުލައްބަނާނާހައުސް، ނިޢުމާ ޙަސަން ދެވަނަ ކައިވެންޏެއް ކުރުމާއި ގުޅިގެން އޭނާގެ ފުރަތަމަ
ކައިވެންޏަށް ލިބިފައިވާ ދެކުދިންކަމަށްވާ އަޙްމަދު ނާޢިލް މުޙައްމަދު ޢަލީ އާއި އިބްރާހީމް ޔާނިޢު
މުޙައްމަދު ޢަލީގެ ޙަޟާނަތު ނިޢުމާ ޙަސަންގެ ކިބައިން ގެއްލުމާއެކު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
އެކުދިންގެ ޙަޟާނަތު ހޯދުމަށް އެދި އާމިނަތު އަޙްމަދު އިބްރާހީމް މައްސަލަ ހުށަހަޅައިގެން ކުދިންގެ
ބެލެނިވެރިކަމުގެ ޙައްޤު އާމިނަތު އަޙްމަދު އިބްރާހީމްގެ މައްޗަށް އެކޯޓުގެ ނަންބަރު 1
/
2011-RIC/309
ޤަޟިއްޔާއިން ސާބިތުކޮށްދީފައިވަނިކޮށް އަދި އެ ޙުކުމް އެއޮތް ގޮތަށް ދެމިއޮތްވާ އެ ޙުކުމްގެ މައްޗަށް
މްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހ2ކ
ތިންވަނަ ނުކުތާއަކީ، އާއިލާއާބެހޭ ޤާނޫނުގައި ޙަޟާނާތު ޙަވާލުކުރެވޭ ފަރާތުގެ
ޝަރުޠުތައް ބަޔާންކޮށްފައިވާއިރު މި ކަންތައްތަކަށް ބަލާފައިނުވުމާއި، އަދި އާއިލާއާބެހޭ ގަވާއިދުގެ 72
ވަނަ މާއްދާއަށް ރިޢާޔަތްކޮށް މައްސަލަ ނިންމަވާފައިވާއިރު، ކުދިންނަށް އެންމެ މަސްލަޙަތު ހުރިގޮތް
ކަނޑައެޅުމުގައި ބަލާފައިވާ މިންގަނޑުތަކަކީ އާއިލާއާބެހޭ ޤާނޫނުގެ ތަރަހައިން ބޭރުން ބަލާފައިވާ
މިންގަނޑުތަކެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2012/HC-A/43
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި
މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
8 29 3444
އެވެން
ކަމަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
3
/
2011-RIC/434 މައްސަލާގައި އާމިނަތު އަޙްމަދު އިބްރާހީމްގެ ފަރާތުން ވަކީލަކު ޢައްޔަން
މިޔަންކުރުމުން،
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ވަކީލަށްނުދީ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއާ ގުޅިގެން،
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލައިގެ ދެ އަޑުއެހުމެއް
އެނގެންއޮންނަކަމާއި، އަދި އެ ދެ އަޑުއެހުމުގައިވެސް އާމިނަތު އަޙްމަދު އިބްރާހީމް
ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް، އާމިނަތު އަޙްމަދު
އިބްރާހީމް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434 ޤަޟިއްޔާގެ ޝަރީޢަތަށް
ބަލާއިރު، އާމިނަތު އަޙްމަދު އިބްރާހީމް ވަކީލަކަށް އެދިފައިވާކަން އެނގެން
ފެންނަކަން ފާހަގަކުރެވޭކަމާއި، ބުނެވުނު މައްސަލައިގައި އާމިނަތު އަޙްމަދު އިބްރާހީމްއަށް އެ މައްސަލައާ
ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުޞަތު ދެވިފައިވާތީ، ޤާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފުރުޞަތު
ނުދެއްވާކަމަށް ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2011-RIC/434 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ކުރައްވާފައިވާ ޙުކުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ފެންނަކަމެވެ.
ދީފައިހުރި ބަޔާން
ގެ 4 (04
ވަން_eކށް
ދެވަނަ ކަމަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އެކުދިންގެ ޙަޟާނަތު ހޯދުމަށް
އެދި އާމިނަތު އަޙްމަދު އިބްރާހީމް މައްސަލަ ހުށަހަޅައިގެން ކުދިންގެ ބެލެނިވެރިކަމުގެ ޙައްޤު އާމިނަތު
އަޙްމަދު އިބްރާހީމްގެ މައްޗަށް އެކޯޓުގެ ނަންބަރު
ޤަޟިއްޔާއިން
ސާބިތުކޮށްދީފައިވަނިކޮށް އަދި އެ
ޙުކުމް
އެއޮތް ގޮތަށް
ޙުކުމްގެ މައްޗަށް
ޙުކުމްކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
309RIC-112011
ދެމިއޮތްވާ އެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2012/HC-A/43
12 ޖޫން 2011 ގައި ބެލެނިވެރިކަން ސާބިތުކުރުމުގެ މައްސަލައެއް އާމިނަތު
އަޙްމަދު އިބްރާހީމް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމާއި، އެ މައްސަލައިގެ ޤަޟިއްޔާ
ނަންބަރަކީ 1
/
2011-RIC/309 ކަމާއި، އެ ޤަޟިއްޔާގައި ޏ.ފުވައްމުލަކު ބަނާނާހައުސް އާމިނަތު
އަޙްމަދު އިބްރާހީމްގެ އަންހެން ދަރި ޏ.ފުވައްމުލަކު ބަނާނާހައުސް ނިއުމާ ޙަސަން އާއި
ޏ.ފުވައްމުލަކު ޖަނބުރޯލުމާގެ މުޙައްމަދު ޢަލީއާ ދެމީހުން އިނދެގެން ލިބިފައިވާ ދެ ކުދިންކަމުގައިވާ
އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ (އުފަން ތާރީޚު 22-03-2008) އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީ
(އުފަން ތާރީޚު 09-08-2006) އާއި ދެކުދިން، މުޙައްމަދު ޢަލީއާއި ނިއުމާ ޙަސަން ވަރިވުމާއި ގުޅިގެން،
ބަލަނީ އާމިނަތު އަޙްމަދު އިބްރާހީމް ކަމަށްބުނެ މި ދެކުދިންގެ ބެލެނިވެރިކަން ސާބިތުކުރުމަށް އާމިނަތު
އަޙްމަދު އިބްރާހީމް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެ ޤަޟިއްޔާގައި، އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް
މުޙައްމަދު ޢަލީއާ ދެބެންގެ މަންމަ، ނިއުމާ ޙަސަން އެހެން މީހަކާ އިދެގެންއުޅޭކަމާއި، އަދި އެދުވަހުން
ފެށިގެން މިދެކުދިން ބަލަމުން އަންނަނީ ނިއުމާ ޙަސަންގެ މަންމަކަމުގައިވާ އާމިނަތު އަޙްމަދު
އިބްރާހީމްކަން ޏ.ފުވައްމުލަކު އަބްރަރީގެ އަމީނާ އަޙްމަދުއާއި ޏ.ފުވައްމުލަކު އަބްރަރީގެ ފާތިމަތު ނަފީސާގެ
ބަހުން ސާބިތުވާތީ، މި ކުދިން ބަލާ ބެލެނިވެރި ފަރާތަކީ މި ކުދިންގެ މާމަ (މަންމަގެ މަންމަ)
ޏ.ފުވައްމުލަކު ބަނާނާހައުސް އާމިނަތު އަޙްމަދު އިބްރާހީމްކަން ޝަރީޢަތަށް ސާބިތުވާކަމަށް ޙުކުމް
ކުރައްވާފައިވާކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ 7 ޖުލައި 2011 ގައިކަމާއި، އަދި އެ
މައްސަލައިގައި އެ ދެ ކުދިންގެ ބައްޕަ، މުޙައްމަދު ޢަލީގެ ބަހެއް ހޯދާފައިނުވާކަން އެނގޭކަމާއި، އެ
ޤަޟިއްޔާ ހިނގަމުން ދިޔައިރު މުޙައްމަދު ޢަލީ ރަށުގައި ނޫޅޭކަމަށާއި، އަދި އެއިރު އެއީ ޝަރީޢަތަށް
ހުށަހެޅިފައިވާ މައްސަލައެއްކަންވެސް މުޙައްމަދު ޢަލީއަށް އެނގިފައިނުވާކަމަށް މުޙައްމަދު ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި 29 އޯގަސްޓް 2011 ގައި
އާމިނަތު އަޙްމަދު އިބްރާހީމްގެ ފަރާތުން މިހާރު އިސްތިއުނާފަށް ހުށަހެޅިފައިވާ ނަންބަރު
3
/
2011-RIC/434 ޤަޟިއްޔާގެ މައްސަލަ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަން
8 26
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެ
8
2012/HC-A/43
309}RIC-1}2011
އެނގެންއޮންނަކަމާއި، އަދި، ބުނެވުނު ޤަޟިއްޔާގެ މައްސަލައަކީ ކުދިން ލިބިގަތުމަށް އެދި
ދަޢުވާކޮށްފައިވާ މައްސަލައެއްކަން އެނގެންއޮތުމުން،
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ މައްސަލައިގައި އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީއާ
ދެބެންގެ ޙަޟާނަތުގެ މައްސަލަ ބެލެވިފައިނުވާކަން އެނގެންއޮންނަކަމާއި، އެ މައްސަލައަކީ އެކުދިންގެ
މަންމަ ފަރާތުގެ މާމަ، އާމިނަތު އަޙްމަދު އިބްރާހީމްއަކީ އެ ކުދިން ބަލާ ބެލެނިވެރި ފަރާތްކަން
ޝަރީޢަތުން ކަނޑައަޅުއްވާފައިވާ ޤަޟިއްޔާއެއްކަން އެނގޭކަމާއި، އަދި އެ ދެ ކުދިންގެ ޙަޟާނަތުގެ
މައްސަލަ ބެލެވިފައިވާ ޤަޟިއްޔާއަކީ މިހާރު އިސްތިއުނާފަށް ހުށަހެޅިފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 3
/
2011-RIC/434 ޤަޟިއްޔާކަން އެނގެންއޮތަތީ، ބަޔާންކުރެވުނު ދެޤަޟިއްޔާއަކީ
އެއް މައްސަލައެއް މައުޟޫޢީގޮތުން ބެލެވިފައިވާ ދެ ޤަޟިއްޔާއެއް ނޫންކަމާއި، އެ ދެ ޤަޟިއްޔާއަކީ
ފުށުއަރާ ދެ ޤަޟިއްޔާކަމަށް ބެލެވެން ނެތްކަމާއި، ކުދިންގެ ބެލެނިވެރިކަން ކަނޑައެޅުނުއިރު، ކުދިންގެ
ޙަޟާނާތުވަނީ ކަނޑައެޅިފައި ނޫންކަމާއި، އަދި މިކަމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފު
ކަމއކކޮށް ވާން.29 0 ﷲމން
4
46 ހދ8
ދ
OC cucc
434/RIC-3}2011
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
1
/
2011-RIC/309 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ އެއް މައުޟޫއަކަށް ކުރައްވާފައިވާ ދެ
ޙުކުމްކަމުގައި ބެލެވޭނެ ތަނެއް ނެތްކަމެވެ.
celcc
ތިންވަނަ ކަމަކީ، އާއިލާއާބެހޭ ޤާނޫނުގައި ޙަޟާނަތު ޙަވާލުކުރެވޭ ފަރާތުގެ
ޝަރުޠުތައް ބަޔާން
ބަޔާންކޮށްފައިވާއިރު މި ކަންތައްތަކަށް ބައްލަވާފައިނުވުމާއި، އަދި އާއިލާއާބެހޭ ގަވާއިދުގެ 72
ވަނަ މާއްދާއަށް ރިޢާޔަތްކުރައްވާ މައްސަލަ ނިންމަވާފައިވާއިރު، ކުދިންނަށް އެންމެ މަސްލަޙަތު ހުރިގޮތް
ކަނޑައެޅުމުގައި ބައްލަވާފައިވާ މިންގަނޑުތަކަކީ އާއިލާއާބެހޭ ޤާނޫނުގެ ތަރަހައިން ބޭރުން ބައްލަވާފައިވާ
މިންގަނޑު
ނޑުތަކެއްކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެ
9
2012/HC-A/43
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނުގެ) 40 ވަނަ މާއްދާގެ (ބ)
ގައި އެ މާއްދާގައިވާ ގޮތަށް ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލު ކުރަންވާނީ ކުއްޖާގެ މަސްލަޙަތަށް
އޮތް އެންމެ ރަނގަޅު ގޮތަށްކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އާއިލާއާބެހޭ ގަވާއިދުގެ
71 ވަނަ މާއްދާގައި ޙަޟާނަތުގެ ތަރުތީބު ބަޔާންކޮށްފައިވާއިރު، ކުއްޖާގެ މަންމައަށްފަހު އަންނަނީ
ކުއްޖާގެ މަންމަ ފަރާތު މާމަކަމާއި އަދި އެއަށްފަހު އަންނަނީ ކުއްޖާގެ ބައްޕަކަން އެނގޭކަމާއި، އަދި ހަމަ
އެ ގަވާއިދުގެ 72 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތު ތަރުތީބުން އެންމެ އިސްކަން ދެވޭ މީހާއާ ކުއްޖާގެ
ޙަޟާނަތު ޙަވާލުކޮށްފިނަމަ، ކުއްޖާގެ މަސްލަޙަތަށް އުނިކަމެއް އަންނާނެކަމަށް ބެލެވޭ ޤާރީނާތަކެއް
ހުރިނަމަ، ކުއްޖާގެ މަޞްލަހަތަށް ރިޢާޔަތްކޮށް، ޙަޟާނަތުގައި އިސްކަން ދީފައިވާ ތަރުތީބުގެ މަތިން
ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ޙަވާލުކުރެވިދާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީއާ
ދެބެންގެ މަންމައާއި ބައްޕަ ވަރިވި ފަހުން، އަދި އެދެބެންގެ މަންމަ ނިއުމާ ޙަސަން އެހެން މީހަކާއިން
ފަހުން، އެދެކުދިން ބަލަމުން ގެންދިޔައީ އެކުދިންގެ މަންމަ ފަރާތު މާމަ އާމިނަތު އަޙްމަދު އިބްރާހީމްކަން
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2011-RIC/309 ޤަޟިއްޔާއިން ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެދެކުދިން އެއިރު ބެލީ އާމިނަތު އަޙްމަދު
އިބްރާހީމްކަމަށް މުޙައްމަދު ޢަލީގެ ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވާކަމާއި، ނިއުމާ ޙަސަން އެހެންމީހަކާ އިނުމާ ގުޅިގެން ނިއުމާ ޙަސަންއަށް އިބްރާހީމް ޔާނިއު
މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީގެ ޙަޟާނަތުގެ ޙައްޤު ގެއްލިފައި އޮތުމުން،
އާއިލާއާބެހޭ ގަވާއިދުގެ 71 ވަނަ މާއްދާގެ ތަރުތީބަށް ބަލާއިރު، ދެން އެ ދެކުދިންގެ ޙަޟާނަތު އެންމެ
ޙައްޤުވަނީ އެ ދެކުދިންގެ މަންމަ ފަރާތު މާމަ، އާމިނަތު އަޙްމަދު އިބްރާހީމްއަށްކަން އެނގޭކަމާއި،
އާމިނަތު އަޙްމަދު އިބްރާހީމް ބަލަންޖެހޭ އޭނާގެ އުފަން 6 އަހަރުގެ ކުއްޖަކާއި
9 އަހަރުގެ ކުއްޖެއް ހުންނަކަމަށް އާމިނަތު އިބްރާހީމް 13 ސެޕްޓެމްބަރ 2011 ގައި ޏ.ފުވައްމުލަކު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ
ބަޔާނުގައި އޮންނަކަމާއި، މިކަމާބެހޭ ގޮތުން އާމިނަތު އަޙްމަދު އިބްރާހީމްއާ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ސުވާލުކުރުމުން، އާމިނަތު އަޙްމަދު އިބްރާހީމްގެ އުފަން އެންމެ ހަގު ދަރިފުޅުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެކީ
10
2012/HC-A/43
އުމުރަކީ 13
އަހަރުކަމަށް ބުނެފައިވާކަމާއި، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2011-RIC/434 ޤަޟިއްޔާގެ ޝަރީޢަތަށް ދިން ބަޔާނުގައި އާމިނަތު އަޙްމަދު އިބްރާހީމް ސޮއިކުރީ
އައިނު ނެތުމުން ރަނގަޅަށް ނުބަލާކަމަށް ބުނެފައިވާކަމާއި، އަދި މިކަންކަން ސާފުކުރުމަށްޓަކައި
ދިވެހިރާއްޖޭގެ ހައިކޯޓުން ދިގުވާނޑު ކައުންސިލްއިން މަޢުލޫމާތު ސާފުކުރުމުން، އާމިނަތު އަޙްމަދު
އިބްރާހީމްގެ ޖުމްލަ 9 (ނުވައެއް) ކުދިން ތިބޭކަމާއި އަދި އެންމެ ހަގު ދެ ކުދިން ކަމުގައިވާ އިބްރާހީމް
ނާޞިފްގެ އުމުރަކީ 15 އަހަރު (އުފަން ތާރީޚު 30.08.1996) ކަމުގައާއި އަދި ޢަލީ ނަޒީހުގެ އުމުރަކީ
13 އަހަރުކަން (އުފަން ތާރީޚު 06.11.1998) އެ ކައުންސިލްއިން ދިވެހިރާއްޖޭގެ ހައިކޯޓަށް
ފޮނުވާފައިވާ ނަންބަރު 02
/
95
/
2012
/
3-E-424 ސިޓީއިން އެނގެން އޮންނަކަމާއި،
އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީއާ
ދެބެންގެ ޙަޟާނަތު އެ ކުދިންގެ ބައްޕަ، މުޙައްމަދު ޢަލީއާ ޙަވާލުކުރެވިއްޖެނަމަ، އެ ކުދިން ބެލުމުގެ
އެންމެ އިސް ދައުރެއް އަދާ ކުރާނީ އެކުދިންގެ ބައްޕަގެ މަންމަ ކަމުގައިވާ ޢާއިޝަތު ދީދީކަމަށް
މުޙައްމަދު ޢަލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މުޙައްމަދު
ޢަލީއަކީ ވަޒީފާގެ ގޮތުން ބައެއް ފަހަރު ރަށުން ބޭރަށް ދާންޖެހޭ މީހެއްކަމަށް މުޙައްމަދު ޢަލީ
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، ޢާއިޝަތު ދީދީގެ އުމުރަކީ 45 އަހަރުކަމާއި، އަދި ޢާއިޝަތު ދީދީގެ
އެންމެ ހަގު ދަރިފުޅު، އާމިނަތު ރާޔާ މުޙައްމަދުގެ އުމުރަކީ އެންމެ 2 އަހަރުކަމަށް (އުފަން ތާރީޚު
17.03.2010) ދިވެހިރާއްޖޭގެ ހައިކޯޓަށް ހޯދަޑު ކައުންސިލްއިން ފޮނުވާފައިވާ ނަންބަރު
03
/
95
/
2012
/
2-E-424 ސިޓީއިން އެނގެން އޮތުމުން،
އާމިނަތު އަޙްމަދު އިބްރާހީމްގެ ކިބައިގައި ޤާނޫނު ނަންބަރު 4/2000
(އާއިލާއާބެހޭ ޤާނޫނުގެ) ގެ 41 ވަނަ މާއްދާގައި ބުނާ ޝަރުތެއް ފުރިހަމަ ނުވާކަމުގެ އެއްވެސް ހެއްކެއް
ހުށަހެޅިފައިނުވާކަމާއި، އަދި ހަމަ އެޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް އަދި އާއިލާއާބެހޭ
ގަވާއިދުގެ 71 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިބްރާހީމް ޔާނިއު މުޙައްމަދު އަލީ އާއި އަޙްމަދު ނާއިލް
މުޙައްމަދު ޢަލީއާ ދެކުދިންނަށް މުޙައްމަދު ޢަލީއަށްވުރެ ބޮޑަށް، އެކުދިން ބަލައި ބޮޑުކުރުމުގައި ދޭންޖެހޭ
ފަރުވާތެރިކަމާއި އަޅާލުން ދެވޭނީ، އެކުދިންގެ މަންމަ ފަރާތު މާމަ، އާމިނަތު އަޙްމަދު އިބްރާހީމްއަށްކަމާއި
eco
OOC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެ
11
2012/HC-A/43
އަދި މިއީ
އެ ދެކުދިންގެ މަޞްލަހަތަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށް މި މައްސަލަ ބެލުމުގައި
ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2011-RIC/434
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޏ.ފުވައްމުލައްބަނާނާހައުސް، އާމިނަތު އަޙްމަދު އިބްރާހީމްއަކީ އާއިލާއާބެހޭ ގަވާއިދުގެ 11 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙަޟާނަތުގެ ތަރުތީބުން، އާމިނަތު އަޙްމަދު އިބްރާހީމްގެ އަންހެން ދަރި،
ޏ.ފުވައްމުލައް ބަނާނާހައުސް ނިއުމާ ޙަސަންއާއި ޏ.ފުވައްމުލައް ޖަނބުރޯލުމާގެ މުޙައްމަދު ޢަލީއާ ދެމީހުން
އިނދެގެން ލިބުނު ދެކުދިންކަމުގައިވާ އިބްރާހީމް ޔާނިއު މުޙައްމަދު އަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީގެ
ޙަޟާނަތު ޙަވާލުކުރެވޭނެ ފަރާތްކަމުގައިވީ ހިނދު، އާމިނަތު އަޙްމަދު އިބްރާހީމްގެ ކިބައިގައި ޤާނޫނު ނަންބަރު
4/2000 (އާއިލާއާބެހޭ ޤާނޫނުގެ) ގެ 41 ވަނަ މާއްދާގައި ބުނާ ޝަރުތެއް ފުރިހަމަ ނުވާކަމުގެ އެއްވެސް
ހެއްކެއް ނުވަތަ ޤަރީނާއެއް އެއްވެސް ފަރާތަކުން ދެއްކިފައިނެތުމުން، އަދި ބުނެވުނު ޤާނޫނުގެ 40 ވަނަ މާއްދާގެ
(ބ) ގެ ދަށުން އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީއާ ދެކުދިންގެ
މަސްލަޙަތަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށްވެސް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އިބްރާހީމް ޔާނިއު މުޙައްމަދު ޢަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު
ޢަލީއާ ދެކުދިންގެ ޙަޟާނަތު އެދެކުދިންގެ މަންމަގެ މަންމަ، އާމިނަތު އަޙްމަދު އިބްރާހީމްއާ ޙަވާލުކޮށް، އިބްރާހީމް
ޔާނިއު މުޙައްމަދު އަލީ އާއި އަޙްމަދު ނާއިލް މުޙައްމަދު ޢަލީއާ ދެކުދިން ގާތަށް ޒިޔާރަތްކޮށް ބައްދަލުކުރުމުގެ
ޙައްޤު މިދެކުދިންގެ ބައްޕަ، މުޙައްމަދު ޢަލީއާއި ބައްޕަ ފަރާތު ތިމާގެ މީހުންނަށް ލިބިގެންވާކަމާއި މިދެކުދިން
ތަރުބިއްޔަތު ކުރުމުގައި މިދެކުދިންގެ މާމަ، އާމިނަތު އަޙްމަދު އިބްރާހީމްގެ އިތުރުން، މި ދެކުދިންގެ މަންމައާއި
ބައްޕަ ޙިއްޞާވެ، މިދެކުދިންގެ މަޞްލަޙަތަށް އިސްކަން ދީގެން ކަންތައްތައް ކުރުމަށާއި، ޞިއްޙީ ގޮތުންނާއި،
އެހެނިހެން ގޮތްގޮތުންވެސް މި ދެކުދިންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކޮންމެ ކަމަކުން ދުރުވެތިބެ، ހެޔޮގޮތުގައި
ދެކުދިންނަށް ކިޔަވައިދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް މި ދެ ކުދިންގެ މާމަ، އާމިނަތު އަޙްމަދު
COX OX
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
2012/HC-A/43
އިބްރާހީމްއާއި މި ދެ ކުދިންގެ މަންމައާއި ބައްޕަ، ނިއުމާ ޙަސަންއާއި މުޙައްމަދު ޢަލީއަށް ނަސޭހަތްތެރިވެ،
މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv