ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/136 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/136
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 136/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
ނަން: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
* ވަކީލު: އަލްއުސްތާޛު ޙުސައިން އިބްރާހީމް * ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ. ޓަވަރ މާލެ
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ސަމީރު
އައިޑީ ކާޑު ނަންބަރު: A060280
*
* ދާއިމީ އެޑްރެސް: ޖާވާ/ހދ. ނާވައިދޫ
ޖިސްޓްރީކުރެވުނު
09 ޖުމާދަލްއާޚިރާ 1432
7 ޖޫން 2011
ނިމުނު ތާރީޚް: 12 ރަބީޢުލްއައްވަލް 1433
30 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/215
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
• ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 27 ސެޕްޓެމްބަރު 2010 ނިމުނު ތާރީޚް: 15 މާޗް 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 33TOT
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/136
އުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/215 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 680) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ހދ. ނާވައިދޫ(ޖާވާ، މުޙައްމަދު ސަމީރު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A060280) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/215
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، މުޙައްމަދު ސަމީރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓިރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ ސެކިއުރިޓީ އެސިސްޓަންޓެއްގެ ވަޒީފާގައިހުރެ،
އެކުންފުނީގެ ބަސްކޮންޑަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދަނިކޮށް، އޭގެކުރިން އެއްވެސް ނަސޭޙަތެއް
އިންޒާރެއްދިނުމަކާނުލާ 15 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކުރުމުގެ ލިޔުން ޙަވާލުކޮށްފައިވާތީ،
އެވަޒީފާ އަނބުރާ ހޯދުމަށާއި، އެއްވެސް އިޝާރާތެއްނެތި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމާއި،
ވައްކަމުގެ ބަދުނާމު ބޮލުގައި އަޅުވާފައި ވަޒީފާއިން ވަކިކުރުމުން ލިބުނު ބަދުނާމުގެ ބަދަލު އަދި އެއްވެސް
އެންގުމަކާނުލައި ވަޒީފާއިން ވަކިކުރުމުން 3 (ތިނެއް) މަސްދުވަހުގެ މުސާރަ ހޯދުމަށް އެދި، މުޙައްމަދު
ސަމީރުގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "... މުޙައްމަދު ސަމީރު، މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ، ހުޅުމާލެ ބަސް ސާރވިސް ޔުނިޓްގެ ބަސްކޮންޑަކްޓަރެއްގެ މަޤާމުން
15 ސެޕްޓެމްބަރު 2010 ވަނައަހަރު ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަށް ސާބިތުކޮށްދެވިފައި ނުވާތީ، މައްސަލަ
ހުށަހެޅި މުޙައްމަދު ސަމީރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނުގެ 27 ވަނަ މާއްދާ ވަނަ މާއްދާއިން ލާޒިމުކުރާފަދަ އެކަށީގެންވާ ސަބަބެއް ނެތިކަމަށް
2 /
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471(
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{11/HC-A/136
43ދ ތތ
އަޅުރށް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލަބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ހުށަހެޅި މުޙައްމަދު ސަމީރު އޭނާ މައްސަލަ
ރައްދުވާ ކުންފުނީގައި އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ ބޭނުންނުވާކަމަށާއި، އޭނާ 1 ނޮވެމްބަރު
2010 ން ފެށިގެން އެހެން ވަޒީފާއެއްގައި ބުނެފައިވާތީ، ޤާނޫނު ނަންބަރު 02/2008
(ވަޒީފާއާބެހޭ
ފާއާބެހޭ ޤާނޫނުގެ) 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މުޙައްމަދު
ސަމީރަށް ބަދަލުގެ ގޮތުގައި 6,000 (ހަހާސް) ރުފިޔާ، މިއަދު، 15 މާރޗް 2011 އިން ފެށިގެން 07
(ހަތެއް) ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި
ވަޒީފާއާބެހޭ ޓްރައިބިއުލަނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަށް އަންގާ" އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުން އެގެން
އެގެން އޮންނަކަމެވެ.
215/VTR/2010
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
7ހ2 (07
ހުށަހެޅުމުން
، ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ސަމީރު ޓްރައިބިއުނަލަށް
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށާއި، މައްސަލާގައި ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށް އެއްވެސް ގޮތަކަށް
ރިޢާޔަތްކުރުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް ނުބައްލަވައި ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
24 22
ކeއ"
. ދެވަނަ ނުކުތާއަކީ، މުޙައްމަދު ސަމީރު ވަޒީފާއިން ވަކިކުރުމަށް ކުންފުނީން
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 21 ވަނަ މާއްދާ
ނުވަތަ 23 މާއްދާއާ ޚިލާފު ކަމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅުއްވި ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ބަޔާންކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ އާއި އެކުންފުނީގެ އެތައްހާސް
ޙިއްސާދާރުންގެ މަސްލަޙަތަށް އެވެސްގޮތަކަށް ރިޢާޔަތް ނެތި އެކަނިފަރުދަކަށް
2 0 2 047
2 2c
ކުރެއްވުމުއ*
އިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކަނ މހ ބ
4
2{11/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއިން ވަކިކުރުމުން ލިބިދާނެ ގެއްލުމަކަށް ހަމައެކަނި ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްސާވާ ވިޔަފާރި ކުންފުންޏަކަށްވާ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް
ރައްކައުތެރި ކޮށްދިނުމަކީ، ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރސް އަށް ލިބިގެންވާ ޙައްޤަކަށްވެފައި
އެޙައްޤުގެ ބޭނުންހިފުން މަނާކުރާ ޤާނުނީ
02
2 ހދ20
ހމައެއްނެތެކަމަށްޓެނޭ
ހުށަހަޅާފައިވާ ނުކުތާއެވެ.
ހ 0 ﷲ2
29
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2010/VTR/215 މައްސަލަގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލަ އިސްތިއުނާފު ކުރަމުން
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ މުޙައްމަދު ސަމީރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
(ހ) ފުރިހަމަ ކަމަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕީލކ (އެމް.ޓީ.ސީ.ސީ) ގެ ސެކިއުރިޓީ އެސިސްޓަންޓެއްގެ ވަޒީފާގައިހުރެ، އެކުންފުނީގެ
ބަސްކޮންޑަކްޓަރެއް
ޑިރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ހދ. ނާވައިދޫ(ޖާވާ، މުޙައްމަދު ސަމީރު، 15
ސެޕްޓެމްބަރު 2010 އިން ފެށިގެން އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެމް.ޓީ.ސީ.ސީ.
އިން ހުޅުމާލޭގައި ދެމުން ގެންދިޔަ ބަހުގެ ޚިދުމަތުގައި ބޭނުންކުރަމުން ދިޔަ ބަސްތަކުގެ ކޮންޑަކްޓަރެއްގެ
ވަޒީފާ، މުޙައްމަދު ސަމީރު އަދާކުރަމުން ދަނިކޮށް، އެބަސްތަކުން ދަތުރުކުރާ މީހުންގެ އަތުން ފައިސާ
ނެގުމަށްފަހު ޓިކެޓު ނުދޭކަމުގެ ގިނަ ޝަކުވާތަކެއް އަންނަމުންދާތީ، އެމައްސަލަ ބެލިބެލުމުގައި މުޙައްމަދު
ސަމީރު މިކަމުގައި އިޚްމާލުވާކަމަށް އެމް.ޓީ.ސީ.ސީ. އަށް ފެނިގެން، މުޙައްމަދު ސަމީރު ކުންފުންޏަށް
އިޚްމާލުވެފައިވާކަމަށް ބަލައި، ކުންފުނީގެ ވަޒީފާގައި މުޙައްމަދު ސަމީރު އިތުރަށް ބެހެއްޓުމަކީ،
މިންފުންޏަށް އިތުރު ގެއްލުންތަކެއް ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 2/2008
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{11/HC-A/136
ގެ
މުއެ3
ޤަޟިއްޔާ ނިމުނު ގޮތު
(ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ.
އިން މުޙައްމަދު ސަމީރަށް އެޑްރެސްކޮށް 14 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ ތާރީޚުގައި
ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު2010
/
634/MTCC
-
HR
/
MIS ސިޓީގައި ބަޔާންކޮށްފައިވާކަމާއި،
އެމް.ޓީ.ސީ.ސީ. ގެ ނަންބަރު 2010
/
634/MTCC
-
HR
/
MIS ސިޓީ މުޙައްމަދު
ސަމީރަށް ލިބުމާގުޅިގެން އެކަމުގެ ޝަކުވާ، 16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ.
ގްރީވަންސް ކޮމިޓީއަށް މުޙައްމަދު ސަމީރު ހުށަހަޅާފައިވާކަމާއި،
16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް މުޙައްމަދު
ސަމީރު ފޮނުވި ސިޓީއާގުޅިގެން، މުޙައްމަދު ސަމީރު ވަޒީފާއިން ވަކިކުރެވިފައިވާ ގޮތާމެދު އެމް.ޓީ.ސީ.ސީ.
އިން ދެވަނަ ވިސްނުމަކަށް ދިއުމަށްފަހު، މިހާރު ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
އްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް މުޙައްމަދު ސަމީރަށް ދިނުންކަމަށް،
އެމް.ޓީ.ސީ.ސީ. އިން މުޙައްމަދު ސަމީރަށް އެޑްރެސްކޮށް 26 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ
ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
657/MTCC
-
HR
/
MIS ސިޓީގައި
ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، މުޙައްމަދު ސަމީރު އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކުރެވިފައިވަނީ،
ކުންފުނީގެ ވަޒީފާގައި މުޙައްމަދު ސަމީރު އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުންތަކެއް
ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން މިހާރު ބުނިކަމުގައި ވީނަމަވެސް، މިމައްސަލަގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުޙައްމަދު ސަމީރު
ވަޒީފާއިން ވަކިކުރުމަށް އެމް.ޓީ.ސީ.ސީ އިން ނިންމާފައިވާ ނިންމުން، މުޙައްމަދު ސަމީރުގެ އެދުމަކަށް،
އަލުން މުރާޖަޢާ ކުރުމަށްފަހު، އެނިންމުން ބަދަލުކޮށް މުޙައްމަދު ސަމީރު ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް
ދިނުމަށްފަހުގައިކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ފިޔަވާ އެހެން ޙާލަތުތަކުގައި، އެޤާނޫނާ އެއްގޮތްވާގޮތުގެމަތިން،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
އެއްބަސްވުމެއްގެ ދަށުން ވަޒީފާއަދާކުރަމުންގެންދާ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އެމުވައްޒަފަކު ވަޒީފާއަދާކޮށްފައިވާ މުއްދަތަށް ބަލައި، އެމުވައްޒަފަކަށް ދޭންޖެހޭ ނޯޓިސްގެ މުއްދަތު
332 0 2
C< ou
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{11/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަޔާންކުރާ މާއްދާކަމާއި، މިމާއްދާގެ ދަށުން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރާ މުވައްޒަފުން
ވަޒީފާއިން ވަކިކުރަންޖެހޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނެ ޢާންމު އުސޫލު ކަނޑައަޅާ ބަޔާންކޮށްފައިވާ، އެޤާނޫނުގެ 21 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ
އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ
އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ
އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން
ވަކިކޮށްގެން ނުވާނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމެވެ.
c 0 0 x
ﷲ3
(ށ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުޞޫލުތަކަށް ބަލާއިރު، ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޞޫއީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުސޫލަކީ އިންޓަނޭޓަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށް
ފަހުގައިކަން އެނގޭކަމާއި،
24
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2{11/HC-A/136
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، މިގޮތުންބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ
ނުވަތަ އެމުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ
ސަބަބުތަކެއްކަމަށް
ބެލެވޭކަމާއި، އަދި، އެމާއްދާގެ (ނ) ގެ (1) އިން (7) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި
ހިމެނޭ ސަބަބަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި،
އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމާއި،
މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ
ފަރާތަކުން ނިންމުމުގައި، އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ
ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން
1. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ
ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަން
ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހުގެ
2. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ
ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހުގެ
3. އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު އޮތްކަން އެމުވައްޒަފަކަ
އެނގުމަށްފަހު،
ހއ ހ2 24
ކަންކަމާމެދު
ހައިކޯ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2{11/HC-A/136
404 40
X oo
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4. އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ
ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހުގެ
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު،
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން،
ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމުވައްޒަފަކަށް
ދެވިފައިވާނަމަކަމާއި، މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި
ޢަމަލުކުރެވެމުންދާ ޢާންމު އުސޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި،
އައި.އެމް.އޯ. ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ
އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭ
މެންޑޭޝަން 1982 (ނަންބަރު 166) ގެ
ނަންބަރު 7، 8، އަދި 9 އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާފައިވާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ
ނުވަތަ މަޢުޞޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ، އެޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތުތަކުގައި ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފަށް ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ
މުވައްޒަފުންނަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ވަޒީފާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމެވެ.
9
29
ރާއްޖޭގެ ހައި
*
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖު ފޯން، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: w
&
ligirt.gov.mv
9
2{11/HC-A/136
ece
ޤަބޫލުކުރެވޭ ޙާލަތު
ﷲ0
224
4
جو ہم نے کی
ޒިންމާ
024 ހ ކ އ ވ2 2
އަބއފއވ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ
ގޮތުން، އެމާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަމާއި، އެއީ
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް
ޙާލަތުގައި؛
1. އެ
މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު
ރަނގަޅުކުރުމަށް ފިޔަވަޅުއެޅުން، އަދި
2. އެ ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ
ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ
އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮތުން
ކަން އެނގޭކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ
އްޒަފަކާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ
މިންގަނޑުތަކަށް ތަބާނުވާނަމަ، އެމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު
އަޅަން ފެންނަ އެކަށިގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި، ލިޔުމުން އިންޒާރު ދިނުމާއި، ވަޒީފާގެ
މަސައްކަތަށް ނިކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި،
ހުރިމަޤާމަށްވުރެ ދަށްމަޤާމަކަށް ބަދަލުކުރުން ހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން މުޙައްމަދު ސަމީރު ވަކިކުރެވުނުއިރު އޭނާ އަދާކުރަމުން ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދައްވެގެންކަމެއް ނުވަތަ މަސައްކަތުގެ އަޚްލާޤީ
މިންގަނޑު ރަނގަޅު ނުވެގެންކަމެއް، 26 ސެޕްޓެމްބަރ 2010 ގެ ތާރީޚުގައި އެމް.ޓީ.ސީ.ސީ. އިން
މުޙައްމަދު ސަމީރަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
657/MTCC
-
HR
/
MIS ސިޓީއަށް
ބެލުމުން ސާފުކޮށް އެނގެން ނެތްކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން
މުޙައްމަދު ސަމީރު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިންކަން ޤާއިމުކުރެވިފައިވާކަން
އެނގެންނެތްކަމާއި،
4 22
34
އަދި
ޤައާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2{11/HC-A/136
0
044 ދ ތ
ހއގނހ12
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް
ވާސިލުވުމަށްޓަކައި، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން މުޙައްމަދު ސަމީރު ވަކިކޮށްފައިވަނީ އޭނާގެ
މަސައްކަތުގެ ފެންވަރު
ނުވަތަ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު
ނުވެގެންކަމަށް ޝަރީޢަތުން ބެލި (assume) ކަމުގައިވިއަސް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ދެކެވިފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، މުޙައްމަދު ސަމީރުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. ގެ ފަރާތުން
އަޅާފައިވާކަން އެންގެން ނެތްކަމާއި، އަދި، މުޙައްމަދު ސަމީރު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެގޮތުން، އިސްވެދެންނެވިފައިވާފަދަ އެއްވެސް ފިޔަވަޅެއް
އެމް.ޓީ.ސީ.ސީ. އިން އަޅާފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން މުޙައްމަދު ސަމީރު ވަކިކޮށްފައިވަނީ،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުންޏަކަށްވީ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
ޢަމަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް ރައްކާތެރި
ކޮށްދިނުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ޙައްޤަކަށްވެފައި އެޙައްޤުގެ ބޭނުންހިފުން
މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އެމް.ޓީ.ސީ.ސީ އަކީ ސަރުކާރުގެ އިތުރުން ޢާންމު ރައްޔިތުން ޙިއްޞާވާ ވިޔަފާރި
ކުންފުންޏެއް ކަމުގައިވީނަމަވެސް، އެކުންފުނީގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންނާ ދޭތެރޭގައި އެކުންފުނިންވެސް
ޢަމަލުކުރަންޖެހޭނީ އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއިން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ މުވައްޒަފުން ފިޔަވާ އެކުންފުނީގައި
20
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{11/HC-A/136
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސައް
ސައްކަތްކުރާ އެހެން މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ، އެމުވައްޒަފަކު ކުރާ ނުވަތަ ނުކޮށްދޫކޮށްލާ
ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް ކަނޑައެޅިގެން ގެއްލުމެއް ވަމުންދާކަމަށް ނުވަތަ އެމުވައްޒަފަކު ކުރި
ކަމަކީ ޚިޔާނާތުގެ ގޮތުގައި ބެލިވިދާނެ ކަމެއްކަމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޤަބޫލުކުރެވިގެން
ކަމުގައިވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ
ގޮތަށް އަދި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަމާއި، އެނޫންގޮތެއްގެމަތިން ޢަމަލުކުރުމުގެ އިޚްތިޔާރު
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށްވެސް ލިބިގެންނުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް
ހުރުމުން،
ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/215 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ހ222222
ބަޔާންކުރުވަން
އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 215/VTR/215
މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/215 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށް ފީމެވެ.
OX
OXO
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ހކ މތ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހިމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެ ރާއްޖެ ފޯން 29}3325، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަބާރު 7
އީމެއިލް [email protected]
WWW.Inighcourt.gov.mv