ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/155 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/155
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 155/HC
-
A/2013
ނަން: ޚަދީޖާ މުޙައްމަދު ދީދީ
ދާއިމީ އެޑްރެސް: ގޯލްޑަންގޭޓް ޏ.ފުވައްމުލައް
• މިހާރުގެ އެޑްރެސް:މ.ހިންވިޔަ އައިޑީކާޑް ނަންބަރު: A006577
ބަދަލު: އިޒް. މުޙައްމަދު އިބްރާހީމް މުތް 2 (ހުޅުމާލެ ރޯހައުސް)
OU OO
• އިސްތިއުނާފު ރައްދުވި ފަރާތް:
• ނަން: މުޙައްމަދު ޝަހީދު
ދާއިމީ އެޑްރެސް: ގޯލްޑަންގޭޓް/ ޏ.ފުވައްމުލައް
، މިހާރުގެ އެޑްރެސް: މަޖުދިންދީން ދަނާލް މާލެ * އައިޑީކާޑް ނަންބަރު: A006450
5ނ
މަހެޅުނު ތާރީޚް: 09 މެއި 2013
* ނިމުނު ތާރީޚް:
18 ސެޕްޓެމްބަރ 2013
72 0 0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 3
/
2012-R1C/609 ޤަޟިއްޔާ
ނިންމެވިކޯޓު: ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓު
• ޤަޟިއްޔާގެ ބާވަތް: ހިނބަ އަނބުރާ ނެގުން ( ހިބައިން ރުޖޫޢަވުން)
ހުށަހެޅުނުތާރީޚް: 27-11-2012
ނިމުނު ތާރީޚް: 13-03-2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my ieman ;
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/155
ދަޢުވާގެ ޚުލާޞާ
ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2012-R1C/609 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ޏ.ފުވައްމުލައްގޯލްޑަންގޭޓް ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ، ޏ.ފުވައްމުލައް) ގޯލްޑަންގޭޓް
މުޙައްމަދު ޝަހީދުއެވެ.
ފާހަގަ
ހަގަކުރެވުނު ނުކުތާތައް:
1- ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2012-R1C/609 ޤަޟިއްޔާ އަކީ
ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2011-R1C/596 ޤަޟިއްޔާއިން ޏ.ފުވައްމުލައް
ގޯލްޑަންގޭޓް ޚަދީޖާ މުޙައްމަދު ދީދީ އޭނާގެ މާމަ ދަރި،ޏ.ފުވައްމުލައް! ގޯލްޑަންގޭޓް މުޙައްމަދު
ޝަހީދުއަށް ކުޅަ ހިބަ އަނބުރާ ނަގައި އެހިބައިން ރުޖޫޢަވުމަށް ޚަދީޖާ މުޙައްމަދުދީދީގެ ފަރާތުން
ހުށަހެޅުމުން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި
ދީދީ އޭނާގެ
OU OO
24 2
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ
ނަންބަރު 3
/
2012-R1C/609 ޤަޟިއްޔާގައި ފުވައްމުލަކު ގޯލްޑަންގޭޓް ޚަދީޖާ މުޙައްމަދު
މާމަ ދަރި ފުވައްމުލަކު ގޯލްޑަންގޭޓް މުޙައްމަދު ޝަހީދު އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2011-R1C/596 ޤަޟިއްޔާއިން ސާބިތުވި ހިބައިގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ގޯލްޑަންގޭޓް ކިޔާ
ގެއާއި އިންވެގެން އުތުރަށް ރާނާ ޓިނުން ހިޔާކޮށްފައިވާ ޢިމާރާތާއި ތަކެތި މުޙައްމަދު ޝަހީދު ކިބައިން
އަނބުރާ ނަގައި ރުޖޫޢަވުމަށް މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް މުޙައްމަދު ޝަހީދު މިހިބަ އަނބުރާ
ދިނުމަށް އިންކާރުކޮށްފައިވާތީ އާއި، މިހިބައިގެ ތެރޭގައި ހިމެނޭ ޢިމާރާތަކީ މުޙައްމަދު ޝަހީދުގެ
މިލްކުވެރިކަމުގެ ޙިއްސާ ހިމެނިގެން އުފައްދާފައިވާ ޢިމާރާތެއްކަން ޚަދީޖާ މުޙައްމަދު ދީދީ އާއި މުޙައްމަދު
42 0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/155
ޝަހީދުގެ ބަހުން އެނގޭ ހިނދު ޚަދީޖާ މުޙައްމަދު ދީދީ މިހިބަ ހިންގާފައިވަނީ ޤާނޫނު ނަންބަރު 09/68
(މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު) ގެ 2 ވަނަ ނަންބަރާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
40 ވަނަ މާއްދާގެ (ހ) އިން މުދާ މިލްކު ކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤުގެ
މިނިވަންކަން ޚަދީޖާ މުޙައްމަދު ދީދީ އަށާއި، މުޙައްމަދު ޝަހީދު އަށް ލިބިގެންވާ ޤާނޫނީ ހުދޫދުގެ
ތެރެއިންކަން އެނގޭ ހިނދު މިހިބައިގެ ތެރޭގައި ހިމެނޭ ތަކެތި މުޙައްމަދު ޝަހީދުގެ ނުރުހުމުގައި އޭނާގެ
ކިބައިން ވަކިކޮށް ޚަދީޖާ މުޙައްމަދު ދީދީ އަށް ލިބިދެވެން ނެތްކަމަށް ޙުކުމް ކޮށްފީމެވެ. " މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2012-R1C/609 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ ޚަދީޖާ މުޙައްމަދުދީދީގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއިމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ފުވައްމުލަކު ގޯލްޑަންގޭޓް އެވެ ކިޔާ ގެއާއި އިންވެގެން
ހުރި އުތުރަށް ރާނާ ޓިނުން ހިޔާކޮށްފައިވާ އެއާއި ގުޅިގެން 4839 (ހަތަރުހާސް އަށް ސަތޭކަ
ތިރީސް ނުވައެއް) އަކަ ފޫޓުގެ ބިން މުޙައްމަދު ޝަހީދުއަށް ހިބަކޮށްދީފައިވާއިރު އެހިބައަކީ ޤާނޫނު
ނަންބަރު 9/68 ( މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ހަމައަކުން
ހިންގޭ ކަމެއްކަން ކަށަވަރު ކޮށްފައިނެތުން ކަމަށްބުނެ ހުށަހެޅި
• ތިންވަނަ ނުކުތާއަކީ، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145
ވަނަ މާއްދާގައި ބުނާފަދަ ބަދަލެއް ޢިމާރާތަށް ހިބަކޮށްދިންފަހުން މުޙައްމަދު ޝަހީދު ގެނެސްފައިވޭތޯ
ބެލުމަކީ، ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ޒިންމާއެއް ކަމުގައިވާއިރު ހަމައެކަނި މުޙައްމަދު ޝަހީދު ބުނާ
4 4 22
را مرمر
Puc
ދިވެހިރާއްޖޭގެ
ޢައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/155
ބުނުމެއްގެ މައްޗަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ޤަޟިއްޔާގެ
03 ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2012-R1C/609
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޚަދީޖާ މުޙައްމަދު ދީދީގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ފުވައްމުލަކު މެޖިސްޓްރޭޓު
ކޯޓުގެ ނަންބަރ 3
/
2012-R1C/609 ޤަޟިއްޔާއަކީ، ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ
3
/
2011-R1C/596 ޤަޟިއްޔާއިން ޏ.ފުވައްމުލައް |ގޯލްޑަންގޭޓް ޚަދީޖާ މުޙައްމަދު އޭނާގެ މާމަ
ދަރި،ޏ.ފުވައްމުލައް ގޯލްޑަންގޭޓް މުޙައްމަދު ޝަހީދުއަށް ކުޅަ ހިބަ އަނބުރާ ނަގައި އެހިބައިން
ރުޖޫޢަވުމަށް ޚަދީޖާ މުޙައްމަދުދީދީގެ ފަރާތުން ހުށަހެޅުމުން ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގައި ހުކުމްކުރައްވާފައިވަނީ، މުޙައްމަދު ޝަހީދު ހިބަ އަނބުރާ ދިނުމަށް
އިންކާރުކޮށްފައިވާތީ އާއި، އެހިބައިގެ ތެރޭގައި ހިމެނޭ ޢިމާރާތަކީ މުޙައްމަދު ޝަހީދުގެ މިލްކުވެރިކަމުގެ
ޙިއްސާ ހިމެނިގެން ހަދާފައިވާ ޢިމާރާތެއްކަން ޚަދީޖާ މުޙައްމަދު ދީދީ އާއި މުޙައްމަދު ޝަހީދުގެ ބަހުން
އެނގޭ ހިނދު ޚަދީޖާ މުޙައްމަދު ދީދީ އެހިބަ ހިންގާފައިވަނީ ޤާނޫނު ނަންބަރު 09/68 (މިލްކުވެރިކަން
ބަދަލު ކުރުމުގެ ޤާނޫނު) ގެ 2 ވަނަ ނަންބަރާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 40 ވަނަ
މާއްދާގެ (ހ) އިން މުދާ މިލްކު ކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤުގެ މިނިވަންކަން
ޚަދީޖާ މުޙައްމަދު ދީދީ އަށާއި، މުޙައްމަދު ޝަހީދު އަށް ލިބިގެންވާ ޤާނޫނީ ހުދޫދުގެ ތެރެއިންކަން އެނގޭ
ހިނދު އެހިބައިގެ ތެރޭގައި ހިމެނޭ ތަކެތި މުޙައްމަދު ޝަހީދުގެ ނުރުހުމުގައި އޭނާގެ ކިބައިން ވަކިކޮށް
ޚަދީޖާ މުޙައްމަދު ދީދީ އަށް ލިބިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާކަން އެޤަޟިއްޔާ އަށް ބެލުމުން
އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ހިބައިން އަނބުރާ ރުޖޫއަވުމަށް
ދިވެހިރާއްޖޭގެ
ޢައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
5
2{13/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހަޅާފައިވާ މިމައްސަލައަށް ބަލާއިރު، ޚަދީޖާ މުޙައްމަދު ދީދީ އޭނާގެ މާމަ ދަރި،ޏ.ފުވައްމުލައް
ގޯލްޑަންގޭޓް މުޙައްމަދު ޝަހީދުއަށް ފުވައްމުލަކު ގޯލްޑަންގޭޓް ކިޔާ ގެއާއި އިންވެގެން އުތުރަށް ރާނާ
ޓިނުން ހިޔާކޮށްފައިވާ ގެއާއި ގޯތިން 4839 އަކަފޫޓު ބިމުގައިވާ އެންމެހައި ރުއްގަހާއި ވަޅުފަދަ ތަންތަން
ހިބަކޮށްދީ، ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2011-R1C/596 ޤަޟިއްޔާއިން އެހިބަ
ސާބިތުވެފައިވާކަން އެނގެން އޮންނަކަމާއި، ދެންނެވުނު ޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން
އިސްތިއުނާފުކޮށްފައި ނުވާ ޤަޟިއްޔާއެއްކަން މިޤަޟިއްޔާއާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ދެފަރާތުންވެސް ދީފައިވާ ބަޔާންތަކުން އެނގެން އޮވެއެވެ.
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ
އިސްތިއުނާފު ކުރިފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
ދިވެހިރާމް
ވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ 17 ވަނަމާއްދާގެ (ހ) ގައިވަނީ " ހިބައިން
ނުވަތަ ވަޞިއްޔަތުން ލިބޭ ފަރާތަކީ، ހިބައިން ނުވަތަ ވަޞިއްޔަތުންދޭ މީހާގެ އަނބިމީހާ ނުވަތަ
ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ މަރުވެފައިވާ
ދަރިއެއްގެ އުފަންދަރިއެއްކަމުގައިވުން" މިފަދައިންކަމާއި، އަދި އެމާއްދާގެ (ށ) ގައިވަނީ
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކުން އިޢުތިރާޝެއް ނުކުރާނަމަ
ނުވަތަ އެއިން އެއްވެސް ފަރާތެއް ދުނިޔޭގައި ނެތްނަމަ ހިބައިން ނުވަތަ ވަޞިއްޔަތުންދޭމީހާއަށް
އޭނާގެ ދަރިއެއްގެ ދަރިއަކަށް ނުވަތަ އޭނާއާ ބަފައިފުށުން ނުވަތަ މައިފުށުން ތިމާގެ ކަމުގެ
ގުޅުންހުރި ފަރާތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެއެވެ." މިފަދައިން ކަމަށްވާއިރު
މިނުކުތާއަކީ ހިބައިންދީ ހިބަ ސާބިތުކުރުމުގެ ޤަޟިއްޔާގެ މައުޟޫއާ
ގުޅުންހުރި ނުކުތާ އެއްކަމާއި، ހިބައިންދީ ހިބަ ސާބިތު ކުރުމުގެ ޤަޟިއްޔާ އެއްވެސް ފަރާތުން
އިސްތިއުނާފު ކޮށްފައިނުވާކަން ބަޔާން ތަކުން އެނގޭކަމާއި
އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ
ނަންބަރު 3
/
2012-R1C/609 (ހިބަ އަނބުރާ ނެގުމުގެ މައްސަލަ ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my ieman ;
6
2013/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ބަޔާންކުރެވުނު ނުކުތާ އަކީ ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ދަށުކޯޓަށް
ހުށަހަޅާފައިވެސް ނުވާ ނުކުތާއަކަށް ވާއިރު އެނުކުތާ އަކީ މިހާރު އިސްތިއުނާފު މަރުހަލާގައި ބެލޭނެ
ނުކުތާއެއް ނޫންކަން ފާހަގަކުރެވެއެވެ.
4 22
(ށ) ހަތަރުވަނަ ކަމަކީ، ފުވައްމުލަކު ގޯލްޑަންގޭޓް އެވެ ކިޔާ އާއި އިންވެގެން ހުރި
އުތުރަށް ރާނާ ޓިނުން ހިޔާކޮށްފައިވާ އާއި ގުޅިގެން 4839 ( ހަތަރުހާސް އަށް ސަތޭކަ ތިރީސް
ނުވައެއް) އަކަފޫޓު ބިން މުޙައްމަދު ޝަހީދުއަށް ހިބަކޮށްދީފައިވާއިރު އެހިބައަކީ ޤާނޫނު ނަންބަރު 9/68
މިލްކުވެރިކަން ބަދަލުކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައިވާ ހަމައަކުން ހިންގޭ ކަމެއްކަން
ކަށަވަރުކޮށްފައިނުވާކަމަށްބުނެ މައްސަލަ އިސްތިއުނާފު ކުރިފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
މިނުކުތާއަކީވެސް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގެ ނަންބަރ 3
/
2011-R1C/596 (ހިބަ
ސާބިތު ކުރުމުގެ މައްސަލަ) ގެ މައުޟޫއާ ގުޅުން ހުރި ނުކުތާއެއްކަމާއި ހިބަ ސާބިތުކުރުމުގެ މައްސަލަ
އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާކަން ބަޔާންތަކުން އެނގޭ
އިނގޭކަމާއި
އިސްތިއުނާފު ކޮށްފައިވާ މައްސަލައަކީ ހިބަ އަނބުރާ ނެގުމުގެ މައްސަލަ ކަމަށްވާއިރު،
ހިބަ އަނބުރާ އަތުލުމުގެ މައްސަލަ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާގޮތް މިލްކްވެރިކަން
ބަދަލުކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާ ޚިލާފުވެފައިވަނީ ކިހިނެތްކަން އިސްތިއުނާފުކުރި ފަރާތުން
ބަޔާންކޮށްފައިނުވާކަން ފާހަގަކުރެވޭ ކަމާއި
އިސްތިއުނާފް ނުކުތާތައް ބިނާ ކުރެވެންޖެހޭނީ ދަށުކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި
ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށްގެ
ކުށްގެން ކަމާއި، އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގައި މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސް ކަމުގައި ބަލައިގެން
ކަމަށްވާއިރު ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ހުށަހަޅާފައި މިވާ ނުކުތާ އަކީވެސް އިސްތިއުނާފު
ކުރެވިފައި މިވާ މައްސަލަ ދަށުކޯޓުގައި ހިންގިއިރު ދަށުކޯޓަށް ހުށަހެޅި ދިފާޢުތައް އަސްލަކަށް ބަލައިގެން
ހުށަހެޅިފައިވާ ނުކުތާއެއް ނޫންކަން އެނގެއެވެ.
02 0 0
(ބ) ފަސްވަނަ ކަމަކީ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 145 ވަނަ
މާއްދާގައި ބުނާ ފަދަ ބަދަލެއް އިމާރާތަށް ހިބަކޮށްދިންފަހުން މުޙައްމަދު ޝަހީދު ގެނެސްފައިވޭތޯ ބެލުމަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman o
2013/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ouoc
22c 2ވ
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޒިންމާއެއް ކަމުގައި ވާއިރު ހަމައެކަނި މުޙައްމަދު ޝަހީދު ބުނާ
ބުނުމެއްގެ މައްޗަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ މައްސަލަ އިސްތިއުނާފް ކުރި ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-RIC/609 ޤަޟިއްޔާއާ ގުޅިގެން
މުޙައްމަދު ޝަހީދު ދީފައިވާ ބަޔާންތަކުގައި އޭނާގެ މާމަ ފުވައްމުލަކު ގޯލްޑަންގޭޓް ޚަދީޖާ މުޙައްމަދު ދީދީ
ހިބަދިނީ އެދިގެންނޫން ކަމަށާއި މާމަ އަމިއްލައަށް ފެނިގެން ހިބައިން ދިނީ ކަމަށާއި މާމަ
ހިބަ ދިނުމުގެ ވިސްނުން ހުރެގެން އޭނާ ކައިރީގައި މާމަ ގޯތީގައި ގެއަޅައިގެން ދިރިއުޅޭ ބުނެގެން މާމަ
ގޯތިން ބައެއް ހިބައިން ދިނުމުގެ ކުރިންވެސް ޕައުންޑޭޝަން އަޅައި، ދެކޮޓަރި ރާނާ ނިންމި ކަމަށާއި އަދި
މާމަ ހިބައިން ދިން ފަހުން ދެކޮޓަރިއާއި ސިޓިންރޫމް މުޅިން ނިންމާ ދިރިއުޅެވޭވަރު ކޮށްފައިވާ ކަމަށާއި،
އެތަނަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް
ފެޓެއް ކުރެވިފައި ވާކަމަށާއި މިހުރިހާ ޚަރަދެއް ކުރި ތަނެއް އަނބުރާ
މާމައަށް ދިނުމަކީ އޭނާ ޤަބޫލު ކުރާ ކަމެއްނޫން ކަމަށްވެސް މުޙައްމަދު ޝަހީދު ބުނެފައިވާއިރު އެކަންކަމަށް
ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ދަށުކޯޓުގައި އިންކާރުކޮށްފައިނުވާ ކަމާއި އަދި ޚަދީޖާ މުޙައްމަދު ދީދީ
05 ފެބްރުއަރީ 2013 ގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި ޚަދީޖާ މުޙައްމަދު ދީދީ
ހިބައިން ދީފައިވާ ގޯލްޑަންގޭޓް ގޯތީގައިވާ އިމާރާތް ރާނާ ހިޔާ ކުރުމުގައި އޭނާގެ މާމަ ދަރި މުޙައްމަދު
ޝަހީދުވެސް ޚަރަދުކޮށްފައިވާކަމަށް ޚަދީޖާ މުޙައްމަދު ދީދީ ބުނެފައިވާކަންވެސް އެގެން އޮތުމުން ޚަދީޖާ
މުޙައްމަދު ދީދީ އޭނާގެ މާމަ ދަރިފުޅު މުޙައްމަ ޝަހީދުއަށް ހިބަކޮށްދީފައިވާ ބައިގައި އިމާރާތްކޮށް އެތަން
ރާނާ ހިޔާކުރުމުގެ މަސައްކަތްތައް ކުރެވިފައިނުވާ ކަމަށް ބެލޭނޭ އެއްވެސް ހުއްއްޖަތެއް ނެތްކަން އެގެއެވެ.
އެހެންކަމުން ބަޔާންކުރެވި ދިޔަ ސަބަބުތައް ބަޔާން ކުރެވިދިޔަ ގޮތަށް ހުރުމާއެކު
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-RIC/609 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ޚަދީޖާ މުޙައްމަދު ދީދީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ހުކުމަށް
ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ވިއަސް ސަބަބެއް ނެތް ކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ވަނީ ޤަބޫލު ކުރެވިފައެވެ.
ދިވެހިރާއްޖޭގެ
ޢުޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/155
ޙުކުމް:
22 422
ދެންފަހެ އިސްވެ ބަޔާން ކުރެވިދިޔަ ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް
ފުވައްމުލަކު މެޖިސްޓްރޭޓު
ސްޓްރޭޓު ކޯޓުގެ ނަންބަރު 3
/
2012-R1C/609 ޤަޟިއްޔާގައި ކުރައްވާފައިވާ ހުކުމަކީ
ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކުރައްވާފައިވާ ހުކުމެއް ކަމަށް ބަލާނޭ ތަނެއްނެތް ކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ
ޢުޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް
www.highcourt.gov.my ieman ;