ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/343 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/343
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 343/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި
*ނަން: މުޙައްމަދު
ޙާމިދު
އައިޑީ ކާޑު ނަންބަރު: A080206
* ދާއިމީ އެޑްރެސް: އިރާކް ސ.މީދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 މުޙައްރަމް 1435
06 ނޮވެމްބަރ 2013
ނިމުނު ތާރީޚް: 17 މުޙައްރަމް 1435
21 ނޮވެމްބަރ 2013
ދިވެހިރާއްޖޭގެ
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/9359(J
(
MD-145
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
• ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/343
ދަޢުވާގެ ޚުލާޞާ
• * 2
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(JMD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި
ކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.މީދޫ އިރާކް މުޙައްމަދު ޙާމިދު އެވެ.
• ފާހަގަކުރެވުނު ނުކުތާތައް
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J(MD-145 ކޯޓު އަމުރު، އެކޯޓުން ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J(MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު އަމުރު
ނެރެފައިވަނީ، 29 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ 12:00 އިން ފެށިގެން ޝަރީޢަތުން ގޮތެއް
ނިންމަންދެން (މައްސަލައިގެ ޙުކުމްކުރުމާއި ހަމައަށް) ސ.މީދޫ އިރާކް މުޙައްމަދު ޙާމިދު ފުލުހުންގެ ބެލުމުގެ
ދަށުގައި ގޭގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް މުޙައްމަދު ޙާމިދު ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ، މުޙައްމަދު ޙާމިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޓެރަރިޒަމްގެ
ބިރުދެއްކުން| ކުށްތައްކުރުމާއި، ހިންގުމާއި އަދި ގޭންގް މެދުވެރިކޮށް ޖިނާއީ އެކިއެކި
ކުށްކުރަން ރޭވުމުގެ މައްސަލަތަކާއި ގުޅިގެން، މީނާ ކުރެވިފައިވާ ބަންދުން ދޫކޮށްލައިފިނަމަ ހެކި ނައްތާލުމަށް
މަސައްކަތް ކޮށްފާނެކަމަށް ބެލެވޭތީ ކަމަށް މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ގޭގެ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J(MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށައަޅާފައިވާ
ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J/MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން މ ދިވެހިއާގިލް 3325020، ފެކްސް: 331647
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/343
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 7 ވަނަ މާއްދާގެ (ހ)
އާއި 12 ވަނަ މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާ ނުލައި ނެރުއްވާފައިވާ އަމުރަކަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J(MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި
ގުޅިގެން ސ.މީދޫ އިރާކް މުޙައްމަދު ޙާމިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J(MD-145 ކޯޓު އަމުރަށް ބަލާއިރު
އެއަމުރަކީ މުޙައްމަދު ޙާމިދު ބަންދުން ދޫކޮށްލުމަށް ކޮއްފައިވާ އަމުރެއް ނޫންކަމާއި، އެއަމުރަކީ މުޙައްމަދު
ޙާމިދުގެ މައްޗަށް ވަކިކަންތައްތަކެއް ޝަރުތުކުރުމަށްފަހު މުޙައްމަދު ޙާމިދުގެ މައްޗަށް ކްރިމިނަލް ކޯޓަށް
ހުށަހެޅިފައިވާ މައްސަލައިގައި ޝަރީޢަތުން ވަކިގޮތެއް ނިންމަންދެން މުޙައްމަދު ޙާމިދު ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކޮށްފައިވާ އަމުރެއްކަން އެނގޭކަމެވެ.
(ނ) ދެވަނަކަމަކީ، މުޙައްމަދު ޙާމިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ޓެރަރިޒަމްގެ ބިރުދެއްކުން ގޭންގް
ކުށްތައްކުރުމާއި، ގޭންގް ހިންގުމާއި އަދި ގޭންގް މެދުވެރިކޮށް ޖިނާއީ އެކިއެކި ކުށްކުރަން ރޭވުމުގެ
މައްސަލައަކީ ތަޙްޤީޤުކުރުމުގެ މަރުޙަލާގައިވާ މައްސަލައެއް ނޫންކަމާއި، އަދި އެމައްސަލައަކީ ތަޙްޤީޤު ނިމި
ޝަރީޢަތަށް ހުށަހެޅުމުގެ މަރުޙަލާގައިވެސްވާ މައްސަލައެއްވެސް ނޫންކަމާއި، އެހެންނަމަވެސް،
ކްރިމިނަލްކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަން އެނގެން އޮތުމުން މިމައްސަލައަކީ މިވަގުތު ޝަރީޢަތުގެ
މަރުޙަލާގައި އޮތް މައްސަލައެއްކަމުގައި ބެލެވެން އޮތްއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާއި
މެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްދީފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުނޑު ފަތުރާއާ، ފޯން:3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް:WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/343
ބަލާއިރު، އެމާއްދާގެ (ހ) ގައި ވަނީ "ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ
މައްސަލައިގެ ޝަރީއަތް ހިންގާ ފަނޑިޔާރެކެވެ. އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެކެވެ." މިފަދައިން ކަމާއި، އެމާއްދާގެ (ށ) ގައި ވަނީ
"ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ދަޢުވާލިބޭ ފަރާތުން މައްސަލަ
ބަލާ ފަނޑިޔާރަކަށް އަނގަބަހުން ހުށަހެޅިދާނެއެވެ." މިފަދައިން ކަމާއި،އެމާއްދާގެ (ނ) ގައިވަނީ "މިމާއްދާގެ
(ށ) ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތުން ހުށަހަޅައިފިނަމަ، ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށް
ބަލައި، އެމީހަކު މިޤަވާޢިދުގެ 9 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތުގެމަތިން ޝަރުތުކުރުމަށްފަހު، ނުވަތަ 10
ވަނަ މާއްދާއާއި 11 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަފާލާތު އުޞޫލުން ޔަގީންކަން ދީފައި ހައްޔަރު ނުވަތަ
ބަންދުން ދޫކޮށްލުން، ނުވަތަ ލުއިދިނުމުގެ ގޮތުން އެމީހަކު ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރުމުގެ ބާރު
މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެން ވެއެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.
ccc
I
(ނ) ތިންވަނަކަމަކީ، މައްސަލައެއްގެ ތަޙްޤީޤު ނިންމައި އެމީހެއްގެ މައްސަލަ ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައި، އެމައްސަލައެއްގައި ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ
މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، އެފަދަ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމާ ޙާލަތްތަކުގައި، އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު ބައްލަވަން ޖެހޭނީ މުޖުތަމަޢުގެ މަސްލަޙަތަށް
އެކަނި ނޫންކަމާއި، މުޖުތަމަޢުގެ މަސްލަޙަތު ޙިމާޔަތްކުރުމާއިއެކު ކުށުގެ ތުހުމަތުގައިވާ މީހެއްގެ ފަރުދީ
މަސްލަޙަތު އަދި އެމީހެއްގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތްތަކެއްގެ މައްޗަށްވެސް ފަނޑިޔާރު ރިޢާޔަތްކޮށް
މި ދެ މަސްލަޙަތު ބެލެންސް ކުރެވޭނެ ގޮތެއްގެ މައްޗަށް ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތަށް ބަންދުގައި ބަހައްޓާ ބެހެއްޓުމުގައި މުޅި މައްސަލައިގެ
ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބަލާ، ކުށުގެ ތުހުމަތުގައިވާ މީހަކަށް
ލުއި ދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއްކަން އެނގެން
އޮތްއިރު، ހުށައެޅިފައިވާ މައްސަލައެއްގެ ޙުކުމް ކުރުމުގެކުރީން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ނުވަތަ
ވަކި މުއްދަތަކަށް ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ
ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ދިމާވެފައިވާނަމަ، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު،
އެމައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ އެންމެހާ ކަންކަމުގެ މައްޗަށް އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކު
4 0
2010/SC-A/19
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ގުޒުހިނގާފަ މާލެ ރައީ، ފޯން 3325020، ފެކްސް: 3316471
އީމެއިލް ގޮސާ
insa highcourt.gov.my
www.high court.gov.my
ހއން
5
2013/HC-A/343
2 2 4 8/
ބެއްލެވުމަށް ފަހުގައިކަން އެނގޭކަމާއި، އަދި މިގޮތަށް މައްސަލައިގެ ޝަރީޢަތަށް ހުށައެޅިފައިވާ ކަންކަމާއި،
އިޝާރާތް ކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަން މައްސަލައިގައި އަދި ތުހުމަތު
ކުރެވޭ ފަރާތެއްގެ ކިބައިގައި ހުރިކަން ބަލާ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަކީ، އެމައްސަލައެއްގައި
ކަންހިނގާފައިވާ ގޮތް (ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބެލުމަށްފަހު ނޫނީ
ނޫންކަމާއި،
އެނގޭނެކަމެއް
އަދި މިގޮތުގެމަތިން އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތް
(ފެކްޓްސް) ތަކާއި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބަލައި، އެންމެ އެކަށީގެންވާ ގޮތެއްގައި
އެކަންކަން ވަޒަންކުރެވޭނީ އެމައްސަލައެއް މަޢުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރަށްކަމާއި، މިހެންކަމުން އަދި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާ ފަރުމާކުރެވިފައިވާގޮތުން، ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ
ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތަކުގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް
ލިބިގެންވާ "ތަޤްދީރީ" (discretionary } ބާރެއް ކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC
-
A/2009 މައްސަލަ ނިންމެވިއިރު ފާހަގަކުރެއްވި
ނުކުތާތަކުގެ (ބ) ގެ 7 ވަނަ ނަންބަރުގައިވާ އުސޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް ހުށައެޅޭ
ކަންކަން ވަޒަންކުރުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން ކަނޑައެޅޭ
އެކަންކަމުގެ
އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) އިން ބޭރުގައިވާ
ކަންތައްތަކެއްކަން އެނގޭކަމެވެ.
ކަންކަމަކީ
ހއ
ދތ ވ
ރިޢާޔަބްކޮށް،
(ހ) ހަތަރުވަނަކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ)
ހުށައެޅިފައިވާ މައްސަލައަށް ބަލާ ޝަރީޢަތުގެ މަރުހަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމުމުގައި،
ކުށުގެ ތުހުމަތުގައިވާ މީހަކަށް ލުއިދިނުމުގެ ގޮތުން އެމީހަކު ގޭބަންދަށް ބަދަލުކުރުމަކީ މައްސަލަ ބައްލަވާ
ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަން އެނގެން އޮތްއިރު، މިކަން ކުރުމުގައި ޢަމަލު ކުރަންޖެހޭ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/43
އިޖުރާއާތުތައް މިމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން މިފަދަ މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނީ
އެމީހާގެ މައްޗަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލަ ބައްލަވާ ފަނޑިޔާރަކު ނުވަތަ މައްސަލަބައްލަވާ
ފަނޑިޔާރު ނެތްނަމަ ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ ފަރާތެއް ކަމުގައިވުމާއި،
ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް ކުށުގެ ތުހުމަތުގައިވާ މީހާ އެދިފައިވުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ
ކުރިން އެމައްސަލައެއްގައި ހުށައެޅިފައިވާ ކަންކަމުގެ މައްޗަށް ބެލުމަށްފަހުގައިކަން އެނގޭކަމާއި، ހުށައެޅިފައިވާ
މިވާ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތްކަމަށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މުޙައްމަދު ޙާމިދުގެ ބަންދަށް ލުޔެއްދީ ޝަރީޢަތުން ވަކިގޮތެއް ނިމެންދެން އޭނާ ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J
(
MD-145 އަމުރުކޮށްފައިވަނީ މުޙައްމަދު ޙާމިދުގެ
ބަންދުން ދޫކޮށްދިނުމަށް އޭނާ އެދުނު އެދުމުގެ މައްޗަށް ބަލާ، މުޙައްމަދު ޙާމިދުގެ މައްޗަށް ކުރެވިފައިވާ
ދަޢުވާއާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ކަންތައްތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެހެނިހެންކަންކަމުގެ
މައްޗަށް ބައްލަވާ މުޙައްމަދު ޙާމިދުގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން މިމައްސަލައިގައި ވާހަކަދެއްކުމުގެ
ފުރުސަތު ދިނުމަށްފަހު އެއެންމެހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމާއި، މައްސަލަ ބައްލަވާ ފަނޑިޔާރު
ނެތް ޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އިސްފަނޑިޔާރު ކަނޑައަޅާ ފަރާތަކަށް މިފަދަ އަމުރެއް
ނެރެވިދާނެކަމަށް ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަމާއި، މިމާއްދާގައި ބަޔާންކުރާ
މައްސަލަ ބަލާ ފަނޑިޔާރު ނެތް ޙާލަތު މާނަކުރަން ޖެހޭނީ މައްސަލަ ބައްލަވާ ފަނޑިޔާރު އެވަގުތު ޝަރީޢަތުގެ
މަޖިލީހަށް ވަދެވެން ނެތް ޙާލަތުކަމާއި، މިހެންކަމުން މިމައްސަލައިގައި މުޙައްމަދު ޙާމިދަށް ލުޔެއް ދިނުމަށް ގޭ
ބަންދަށް ބަދަލުކޮށްފައިވަނީ މިމައްސަލަ ބައްލަވާ ފަނޑިޔާރަށް ނުވިނަމަވެސް އެކަން ކޮށްފައިވަނީ ކްރިމިނަލް
ކޯޓުގެ އިސްފަނޑިޔާރު ކަނޑައަޅާފައިވާ ކްރިމިނަލް ކޯޓުގެ އެހެންފަނޑިޔާރަކު ކަމާއި މިހެންކަމުން މުޙައްމަދު
ޙާމިދު ލުއިދިނުމުގެ ގޮތުން ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުގެ
2013
/
9359/J
(
MD-145 ކޯޓުން އަމުރުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ބުންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އާއި 12 ވަނަ
މާއްދާގެ (ނ) އާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާ
ނަންބަރު
ނުލައި
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން،މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/343
ކަމުގައި ބެލެވެން ނެތްކަމާއި އަދި އެއަމުރުނެރުއްވާފައިވަނީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު"ގެ 13 ވަނަ މާއްދާގައިވާ
އިޖުރާއާތުތަކުގެ ފިންކަމުގައިވެސް
834 92ވ
| ޓޗިންގ
ޏ ސ ޑ ވ ޑ ޖ ޗ 0
38ނންeކުން އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/9359(J(MD-145 ކޯޓުއަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ
އަމުރެއްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަކަށް ނުފެނުނެވެ.
8..
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/9359(J
(
MD-145 ކޯޓުއަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް WWW.highcourt.gov.mv