ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/48
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
9
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 348/HC-A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުﷲ ރަޝާދު
އައިޑީ ކާޑު ނަންބަރު: A058802
ދާއިމީ އެޑްރެސް: ގ.ފްލާވަރސްވީޓް/ މާލެ
މިހާރުގެ އެޑްރެސް: ގ.ވުޑްވިންޑް މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން
އައިޑީ ކާޑު ނަންބަރު: A067935
ދާއިމީ އެޑްރެސް: ނޫތަރި/ ނ.ކެނދިކުޅުދޫ
މިހާރުގެ އެޑްރެސް: ނޫތަރި/ ނ.ކެނދިކުޅުދޫ
...
• ރަޖިސްޓްރީ ތާރީޚް: 20 ޛުލްޙިއްޖާ 1430
07 ޑިސެމްބަރ 2009
، ނިމުނު ތާރީޚް: 30 ޛުލްޤަޢިދާ 1433
16 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 04.09.2008
' ނިމުނު ތާރީޚް: 07.09.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2009/HC-A/48
ދަޢުވާގެ ޚުލާޞާގެ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގ.ފްލާވަރސްވީޓް މާލެ ޢަބްދުއްރަޝާދުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޝިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ނ.ކެނދިކުޅުދޫ/ނޫތަރި ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާން އެވެ.
3 1474
4...)
0
ފެމެގެން ދެކެލެއް
{l
10-T
4753A-02
އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގައި
ރަޖިސްޓަރީ ނަންބަރު
C "ސިނަމަން" ނަމަކަށް ކިޔާ ސަފާރީ ބޯޓަކީ
ގ.ފްލާވާރސްވީޓް މާލެ ޢަބްދުﷲ ރަޝާދުގެ މިލްކުވެރި އުޅަނދެއްކަމަށް ނުވާއިރު، އެއުޅަނދަކީ ޢަބްދު
ރަޝާދުގެ ނަމުގައިވާ ޢަބްދުﷲ ރަޝާދުގެ މިލްކުވެރި އުޅަނދެއްކަމަށް ބުނެ ނުބައި ނިޔަތުގައި
ނ.ކެނދުކުޅުދޫ/ނޫތަރި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނުއަށް ގަސްތުގައި ދޮގު މަޢުލޫމާތު ދީގެން އެއުޅަނދުގެ އަގުގެ
50
% ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނުއަށް ވިއްކުމަށް ލިޔުމުން ބާޠިލް އެއްބަސްވުމެއްވެ ޢަބްދުއްސަމަދު
ޢަބްދުއްރަޙްމާނު އަތުން 95,661.00$US (ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް ޔޫ.އެސް ޑޮލަރު)
މަކަރާއި ޙީލަތުން އަތުލާފައިވާތީއާއި، އަދި ޢަބްދުﷲ ރަޝީދު ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނުއަށް އެއުޅަނދު
ދައްކައި އެއުޅަނދުގެ އެކިއެކި ކަންކަމަށާއި، އޭގެ ކްރޫންނަށް ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނު ލައްވައި
151,969
/
15ރ. (އެއްލައްކަ ފަންސާސް އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަނަރަ ލާރި) ޚަރަދު
ކުރުވައި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނުއަށް މާލީ ބޮޑެތި ގެއްލުން ދީފައިވާތީ އެ އެއްބަސްވުމަކީ ބާޠިލް
އެއްބަސްވުމެއްކަމަށް ޝަރީޢަތުން ކަނޑައަޅާދިނުމުގެ މައްސަލައާއި، އަދި އިސްވެ ދެންނެވުނު 95,661.00$US
(ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް ޔޫ.އެސް ޑޮލަރު) އާއި، 151,969
/
15ރ. (އެއްލައްކަ
ފަންސާސް އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ފަނަރަ ލާރި) ދަޢުވާލިބޭ ޢަބްދުﷲ ރަޝާދުގެ އަތުން
އެއްފަހަރާ ހޯދުމަށާއި، އަދި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނަށް ލިބުނު އިސްވެ ދެންނެވުނު މާލީ ބޮޑު ގެއްލުމުގެ
ޙައްޤު ބަދަލު ހޯދުމަށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަންޖެހުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2009/HC-A/348
...!
C 4753A-02
ނ.
ސަބަބުން ވަކީލުގެ ފީއަށް ހޭދަކުރަންޖެހުނު -/15,000ރ. (ފަނަރަހާސް ރުފިޔާ) ދަޢުވާލިބޭ ޢަބްދުﷲ ރަޝާދުގެ
އަތުން ހޯދުމަށް އެދި ޢަބްދުﷲ ރަޝާދުގެ މައްޗަށް ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނު ދަޢުވާކުރުމުން، މަދަނީ
ކޯޓުން ބެއްލެވި މައްސަލައެ
ސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ރ. ނަންބަރު T-10
ނަމަކަށް ކިޔާ ސަފާރީބޯޓުގެ %50 ޙިއްޞާ ކެނދިކުޅުދޫ | ނޫތަރި ޢަބްދުއްސަމަދު
ޢަބްދުއްރަޙްމާނަށް ވިއްކުމާއިބެހޭގޮތުން 01 އެޕްރީލް 2008 ގައި ގ. ފްލާވަރ ސްވީޓް ޢަބްދުﷲ ރަޝާދު
(އައިޑީ ކާޑު ނަންބަރު A058802) އާއި ކެނދުކުޅުދޫ | ނޫތަރި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާނު
(އައިޑީ ކާޑު ނަންބަރު A067935) އާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓަކީ ދަޢުވާލިބޭ ޢަބްދުﷲ ރަޝާދަށް
މިލްކުނުވާ އުޅަނދެއް އެއުޅަނދުގެ މިލްކުވެރިފަރާތަކީ ޢަބްދުﷲ ރަޝީދު ކަމަށް ދޭހަވާ ޢިބާރާތަކުން
އެގްރީމެންޓެއްލިޔެ ޢަބްދުއްސަމަދު ޢަބްދުއްރަޙުމާނަށް ފޮނުވުމުން އެމައްޗަށް އިތުބާރުކޮށްގެން އެ އެގްރީމެންޓްގައި
ހިމެނޭ ރ. ނަންބަރު C 4753A
-
02 10
-
T "ސިނަމަން" ނަމަކަށް ކިޔާ ސަފާރީބޯޓުގެ %50 ޙިއްޞާ
ކެނދިކުޅުދޫ / ނޫތަރި ޢަބްދުއްސަމަދު ޢަބްދުއްރަޙުމާނު ގަތުމަށް އެއްބަސްވެ މިދެފަރާތުގެ ދެމެދު ކުރެވިފައިވާ
އެގްރީމެންޓެއްކަން ޝަރީޢަތަށް ސާބިތުވާތީ މިއެގްރީމެންޓަކީ ޤާނޫނީ ގޮތުން ސައްޙަނޫން ބާޠިލް އެގްރީމެންޓެއް
ކަމަށާއި، އަދި ބަޔާންވެ ދިޔަ އެގްރީމެންޓްގެ ދަށުން ރ. ނަންބަރު C 4753A
-
02 10
-
T "ސިނަމަން"
ނަމަކަށްކިޔާ އުޅަދުގެ %50 ޙިއްޞާ ގަތުމަށްޓަކައި، ދަޢުވާކުރާ ޢަބްދުއްސަމަދު ޢަބްދުއްރަޙުމާންގެ ފަރާތުން
ދަޢުވާލިބޭ ޢަބްދުﷲ ރަޝާދަށް 95,661.00$US (ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް
ޔޫ.އެސް.ޑޮލަރ) ދީފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށާއި، އަދި މިއުޅަނދަކީ
މިދެމީހުން ޙިއްޞާވާ އުޅަނދެއްކަމަށް ބަލައިގެން މިއުޅަނދުގެ އެކިއެކި ބޭނުންތަކަށް ދަޢުވާކުރާ ޢަބްދުއްޞަމަދު
ޢަބްދުއްރަޙުމާނު ޚަރަދުކޮށްފައިވާ ފައިސާކަމަށްބުނެ މިދަޢުވާގައި ހޯދުމަށް ހުށަހަޅާފައިވާ ފައިސާގެ ތެރެއިން
"ސިނަމަން" ސަފާރީ ބޯޓްގެ ބޭނުމަށް ޚަރަދު ކޮށްފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުން
ޝަރީޢަތަށް ސާބިތުވާ -/30,952ރ. (ތިރީސްހާސް ނުވަސަތޭކަ ފަންސާސް ދެރުފިޔާ) އާއި އަދި މިދަޢުވާގައި
ހިމެނޭ މުޢާމަލާތުގެ ސަބަބުން ޢަބްދުއްޞަމަދު ޢަބްދުއްރަޙުމާނަށް ލިބުނު ގެއްލުމުގެ ބަދަލުހޯދުމުގެ ގޮތުން
މިމައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން ޖެހުމުގެ ސަބަބުން ވަކީލްފީގެ
ގޮތުގައި ޢަބްދުﷲ ރަޝާދުގެ އަތުން ހޯދުމަށްއެދިފައިވާ ފައިސާގެ ތެރޭން ޝަރީޢަތުން ނަގާދޭ -/100 5ރ.
CO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/48
(ފަސްހާސް އެއްސަތޭކަރުފިޔާ) އާއި އެކުޖުމްލަ 95,661.00$US (ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް
އެކެއް ޔޫ.އެސް. ޑޮލަރ) އާއި، -/36,052ރ. (ތިރީސް ހަހާސް ފަންސާސް ދެރުފިޔާ) އަކީ ދަޢުވާލިބޭ
ފްލާވަރ ސްވީޓް ޢަބްދުﷲ ރަޝީދު ދަޢުވާކުރާ ނ. ކެނދިކުޅުދޫ ނޫތަރި ޢަބްދުއްޞަމަދު ޢަބްދުއްރަޙުމާނަށް
ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މިފައިސާ ދަޢުވާކުރާ ނ. ކެނދިކުޅުދޫ | ނޫތަރި ޢަބްދުއްޞަމަދު
ޢަބްދުއްރަޙުމާނަށް ލިބިދިނުމުގެ ގޮތުން 07 ސެޕްޓެމްބަރ 2009 މިދުވަހުންފެށިގެން މީލާދީ 03 (ތިނެއް)
މަސްދުވަހުގެ ތެރޭގައި މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު މަދަނީކޯޓަށް ފައިސާދައްކަމުންގޮސް މިދަރަނި
ޚަލާޞްކުރުމަށް ދަޢުވާލިބޭ
ގ. ފްލާވަރ ސްވީޓް ޢަބްދުﷲ ރަޝާދަށް އަންގާ" ޙުކުމްކުރައްވާފައިވާކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCX
(2
8
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގ.ފްލާވަރސްވީޓް މާލެ ޢަބްދުﷲ ރަޝާދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ރަޖިސްޓަރީ ނަންބަރު C 4753A
-
02 10
-
T "ސިނަމަން"
ސަފާރީ ބޯޓުގެ %50 ޙިއްސާ ގަތުމަށް އެއްބަސްވިގޮތަށް ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު ޢަމަލުކޮށް ނިމުމުން
އެވިޔަފާރީގެ މުޢާމަލާތް އެގޮތުގައި ތަންފީޛުކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށް ސާބިތުކަމާއެކު އެނގެން
އޮތްއިރު، އެކަންކަމަށް އިންސާފުވެރިކަމާއެކު ރިޢާޔަތް ކުރެއްވުމެއްނެތި ކުރައްވާފައިވާ ޙުކުމުގައި ޢަދުލުވެރިކަން
ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، "ސިނަމަން" ސަފާރީ ބޯޓުގެ %50 ޙިއްސާ ގަތުމަށް ކުރި
އެގްރީމެންޓްގެ ދަށުން ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު އެ ސަފާރީ ބޯޓާއި ޙަވާލުވެ އެބޯޓަށް އަރައި، އޭނާގެ
ރިޒަވޭޝަންތަކަށް އެސަފާރީ ބޯޓު ހަތަރު މަހެއްހާ ދުވަސްވަންދެން ބޭނުންކޮށް މަންފާ ލިބިގަތުމަށްފަހު އެ ސަފާރީ
ބޯޓަށާއި އޭގައިވާ އިންޖީނަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، އެކަންކަމުގެ މައްޗަށް އިންސާ
8
9 ހޑ އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/348
ރިޢާޔަތެއް ކޮށްދެއްވުމަށް ތަކުރާރުކޮށް ދަންނަވާފައިވާއިރު، އެކަންކަމަށްވެސް ނަޒަރުކުރެއްވުމެއްނެތި ކުރައްވާފައިވާ
ޙުކުމް ޤާނޫނީ އިންތަކުން ބޭރުވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތް
ތިންވަނަ ނުކުތާއަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ މޯހިރުގައި އެ ސަފާރީ ބޯޓު
ބޭނުންކުރި ފަރާތްތަކުން ދިންކަމަށް ބެލެވޭ ފައިސާ އެއީ އެ ސަފާރީ ބޯޓުގެ %50 ޙިއްސާ ގަތުމަށް
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު ދައްކަންޖެހޭ ފައިސާގެ ތެރެއިން ދެއްކި އަދަދުތަކެއްކަމަށް ބެއްލެވި ހަމައިގައި
ޤާނޫނީ ބުރަދަން ކުޑަވެފައިވުމުން ކުރައްވާފައިވާ ޙުކުމްގެ ޢަދުލުކުވެރިކަމެއް ނެތްކަން ބަލަންޖެހޭކަމަށް
ހުށަހެޅި ނުކުތާ.
ބުނެ
0
ހަތަރުވަނަ ނުކުތާއަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަލް ޢަބްދުﷲ ރަޝާދު
ދައްކަންޖެހޭކަމަށް ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ޢަބްދުﷲ ރަޝާދު
އަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ދައްކަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްއިރު، އެފައިސާ ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާނުއަލް ޢަބްދުﷲ ރަޝީދު ދައްކަންޖެހޭކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމުގައި ޢަދުލުވެރިކަން
.އްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ ޤާނޫނީ ވަކީލުގެ ފީ
ދައްކަންޖެހޭނީ ޢަބްދުﷲ ރަޝާދުކަމަށް ބެއްލެވުމުގައި އިންސާފުން އެއްކިބާވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަވަނަ ނުކުތާއަކީ، މައްސަލައިގައި ހުށަހެޅި މުހިންމު ލިޔުންތަކާއި، ޝަރީޢަތަށް
ޙާޟިރުކުރި ހެކިންގެ ތެރެއިން ގިނަ ހެކިންގެ ބަޔާން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވާކަމާއި،
އެލިޔުންތަކާއި އެބަޔާންތަކުގެ މައްޗަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހފާނނކތކ
ބައްލަވަންވީވަރަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2009/HC-A/48
(3
މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
"
83
82
4
2 ހއ
އދއފއވާންއަށް
ފުރަތަމަ ކަމަކީ، "ސިނަމަން" ކިޔާ ކަނޑުގައި ދުއްވާ އުޅަނދު ރަޖިސްޓަރީ
ކުރެވިފައިވަނީ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑްއަށްކަން ޢަބްދުﷲ ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ ކަނޑުގެ އުޅަނދުގެ
ރަޖިސްޓަރީ ނަންބަރު C 4753A
-
02 10
-
T އަށް ބެލުމުން އެނގެން އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގެ ކަންހިނގާ ދިޔަ ގޮތަށް ބަލާއިރުގައި، އެންމެ ފުރަތަމަ،
އޭޕްރިލް 2008
ގައި ޢަބްދުﷲ ރަޝީދުއާއި ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންއާ ދެމެދު
އެއްބަސްވުމެއްވެފައިވާކަން އެނގޭކަމާއި، ބުނެވުނު އެއްބަސްވުމުގައި، ޢަބްދުﷲ ރަޝާދަކީ "ސިނަމަން" ސަފާރީ
ބޯޓުގެ މިލްކުވެރިޔާކަމަށާއި، އެ ބޯޓުގެ 50
% (ފަންސާސް އިންސައްތަ) ޙިއްސާ ޢަބްދުއްޞަމަދު
ވިއްކުމަށާއި، ސަން ސޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު
343
/
2008-C) އަށް އެ ސަފާރީ ބޯޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް އެއްބަސްވެފައިވާކަމާއި، އަދި އެ
އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓަރީކުރާ ވަގުތުން ފެށިގެން ސަން ސޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ
(ފަންސާސް އިންސައްތަ) ޙިއްސާ ޢަބްދުއްސަމަދު ޢަބްދުއްރަޙްމާންއަށް ބަދަލުވެގެންދާނެކަން
ބަޔާންކުރެވިފައިވާކަން އެނގެންއޮންނަކަމާއި،
އެގޮތުން "ސިނަމަން" ސަފާރީ ބޯޓުގެ %50 (ފަންސާސް އިންސައްތަ) ޙިއްސާގެ އަގަށް
100,000.00 $US (އެއްލައްކަ ޔޫ.އެސް ޑޮލަރު) ޢަބްދުއްސަމަދު ޢަބްދުއްރަޙްމާން ދޭން އެއްބަސްވެފައިވާކަން
އެނގެން އޮންނަކަމާއި،
އިސްވެ ބުނެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، 7 އޭޕްރިލް 2008 ގައި އަބްދު
ރަޝާދުއާއި ސ.ހުޅުދޫ/އަތިރަގޭ އާދަމް ނަޞީރުއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނުކަން އެނގޭކަމާއި، މި
އެއްބަސްވުމުގައި، "ސިނަމަން" ރަޖިސްޓަރީ ނަންބަރު C 4753A
-
02 10
-
T އުޅަނދު އާދަމް ނަސީރުގެ
50%
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2009/HC-A/48
ސިފިދަރަންކޮކާ
8 0 4 6 1
އަތުން ޢަބްދުﷲ ރަޝީދު ގަތުމަށް އެއްބަސްވެފައިވާކަން އެނގޭކަމާއި، އަދި ހަމަ މިއެއްބަސްވުމުގައި
މެދުވެރިއެއްގެ ހައިސިއްޔަތުން
ފޭދޫ ރަންކޮކާގެ ޙަސަން ޞާލިޙްވެސް ބައިވެރިވެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި ބުނެވުބު
ބުނެވުނު އެއްބަސްވުމުގައި ސޮއިކުރި ތާރީޚުގެ އެތައް މަހެއްފަހުން، 15 އޮކްޓޯބަރ
2008 ގައި، "ސިނަމަން" ބޯޓު ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނި ކަމުގައިވާ ސަންލޭންޑް ޓްރެވަލްއިން، އެ
ކުންފުނީގެ ނަންބަރު 002
/
08/BR ޤަރާރުގައި ރަޖިސްޓަރީ ނަންބަރު C 4753A
-
02 10
-
T "ސިނަމަން"
ނަމަކަށް ކިޔާ ބޯޓު ސ.ހުޅުދޫ/އަތިރަގޭ އާދަމް ނަޞީރުއަށް ވިއްކާލުމަށް އެކުންފުނީގެ ޑިރެކްޓަރުން
ނިންމާފައިވާކަން ފާހަގަކުރެވެން އޮތުމުން،
1 އޭޕްރިލް 2008 ގައި ޢަބްދުﷲ ރަޝާދުއަކީ "ސިނަމަން" ބޯޓުގެ މިލްކުވެރި
އެ އުޅަނދުގެ %50 (ފަންސާސް އިންސައްތަ) ޙިއްސާ ވިއްކާލަން ޢަބްދުއްސަމަދު
ޢަބްދުއްރަޙްމާންއާއެކު އެއްބަސްވެފައިވަނީ، ބުނެވުނު "ސިނަމަން" އުޅަނދަކީ ޢަބްދުﷲ ރަޝާދުގެ މިލްކު
ނޫންކަން ޢަބްދުﷲ ރަޝީދުއަށް ކަނޑައެޅިގެން އެނގިހުރެކަން ފާހަގަކުރެވޭކަމެވެ.
ފަރިކަމަށްބުނޭ
cc
ދެވަނަ ކަމަކީ، ޢަބްދުﷲ ރަޝީދުއާއި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާންއާ ދެމެދު
އެއްބަސްވެވުނީ ބުނެވުނު "ސިނަމަން" އުޅަނދުގެ މިލްކުވެރިކަން ސަން ސޭންޑް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
ކިޔާ ކުންފުންޏަކަށް ބަދަލުކުރަން ކަމުގައިވެފައި، އަދި އެ ކުންފުނީގެ %50 (ފަންސާސް އިންސައްތަ) ޙިއްސާ
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންއަށް ވިއްކައި އެ އުޅަނދު ދުއްވާ ބޭނުންކުރުމު
ފުންކުރުމުގެ ފުރުޞަތު ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާންއަށް ލިބިފައި އޮތުމުން، ޢަބްދުﷲ ރަޝީދުއާއި ޢަބްދުއްސަމަދު ޢަބްދުއްރަޙްމާންއާ ދެމެދު ވެވުނު
އެއްބަސްވުމުގެ
.ގެ ދަށުން އެ މުޢާމަލާތް އެގޮތަށް ތަންފީޛުކުރުމަށް ހުރަހެއް ނެތްކަމަށް ޢަބްދުﷲ ރަޝާދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި ވީނަމަވެސް،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގައި ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން
ޖުމްލަކޮށް ކޮށްފައިވާ ދަޢުވާއަކީ، "ސިނަމަން" ކިޔާ ސަފާރީ ބޯޓަކީ ޢަބްދުﷲ ރަޝާދުގެ މިލްކު އުޅަނދަކަށް
ނުވާއިރު، އެ އުޅަނދަކީ ޢަބްދުﷲ ރަޝާދުގެ މިލްކު އުޅަނދެއްކަމަށް ބުނެ، ނުބައި ނިޔަތުގައި ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާންއަށް ގަސްތުގައި ދޮގު މަޢުލޫމާތު ދީގެން، އެ އުޅަނދުގެ އަގުގެ %50 (ފަންސާސް އިންސައްތަ)
ޢަބްދުއްސަމަދު ޢަބްދުއްރަޙްމާންއަށް ވިއްކުމަށް ލިޔުމުން ބާޠިލު އެއްބަސްވުމެއްވެ ޢަބްދުއްޞަމަދު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2009/HC-A/48
ޢަބްދުއްރަޙްމާންގެ އަތުން 95,661.00$US (ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް ޔޫ.އެސް
ޑޮލަރު) މަކަރާއި ޙީލަތުން އަތުލައި، އެ ފައިސާ އަނބުރާ ހޯދުމަށާއި އެ އުޅަނދަށް ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާން އެކިއެކި ޚަރަދުތައްކޮށްފައިވާތީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންއަށް ބޮޑެތި މާލީ ގެއްލުންތަކެއް
ލިބިފައިވާތީ އެ ގެއްލުންތަކުގެ ބަދަލުވެސް ހޯދުމަށްކަން އެނގެން އޮންނައިރު،
ދެފަރާތު ދެމެދުގައި ލިޔުމަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައިގަނޑު މަޤުޞަދަކީ
އެދެފަރާތުން ކުރަން އެއްބަސްވާކަމެއްގައި ދެފަރާތުގެ އިލްތިޒާމްތައް ސާފުކޮށް ދެފަރާތަށްވެސް އެނގޭފަދައަކުން
އޭގެ ލިޔެވިފައި ހުރުމުގެ އިތުރުން، އެ މުޢާމަލާތާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކަކީ ދެފަރާތު ދެމެދުގައި
ހަރުދަނާ ގޮތަކަށް ޤާނޫނީގޮތުން ބަނދެވޭ ބަނދެވުންތައް ސާފުކޮށް ބަޔާންކުރެވިފައިވުމާއި، އެއްބަސްވުމުގެ އެއް
ބައިވެރިއެއްގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް އެ އެއްބަސްވުމުގައިވާ ފަދައިން ފުރިހަމަ
ނުކުރެއްވިޖެނަމަ، އެފަދަ ޙާލަތެއްގައި ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް މަގުފަހިކުރުންކަމަށްވާއިރު،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، ޢަބްދުﷲ ރަޝާދުއާއި ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާންއާ ދެމެދު ވެވުނު އެއްބަސްވުމުގައި އެ އުޅަނދުގެ އޭރުގެ ވެރިފަރާތަކީ ޢަބްދުﷲ ރަޝާދުކަމަށް
ދޭހަވާ ފަދައަކުން ޢަބްދުއްޞަމަދު ޢަބްދުއްރަޙް
.ރަޙްމާންއާ ޢަބްދުﷲ ރަޝީދު މުޢާމަލާތްކޮށްފައިވާކަމާއި، އަދި 1
އޭޕްރިލް 2008 ގައި ބުނެވުނު ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ އުޅަނދުގެ މިލްކުވެރި
ފަރާތަށްވާން އޮތީ ޢަބްދުﷲ ރަޝީދުއާއި ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން ޙިއްސާވާ ކުންފުންޏެއްކަމަށް ވީހިނދު،
ޢަބްދުﷲ ރަޝާދުގެ މިލްކުގައި ނެތް އެއްޗެއް އެއީ ޢަބްދުﷲ ރަޝާދުގެ މިލްކު އެއްޗެއްކަމަށް
ބުނެ، އެއީ ޢަބްދުﷲ ރަޝީދު ވިއްކާ އެއްޗަކަށް ހަދައި، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންގެ އަތުން
US
$
95,661.00 (ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް ޔޫ.އެސް ޑޮލަރު) އަތުލައި، އެ ބޯޓަށް
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާން ޚަރަދުތަކެއްކޮށް، އަދި އެ ބޯޓަށް ޓޫރިސްޓުން އަރުވައިގެން އެބޯޓު ބޭނުން
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންއަށް ފުރުޞަތު ލިބުމަކީ، ޙަޤީޤަތް އޮޅުވާލައިގެން ވެފައިވާ
އެއްބަސްވުމެއްގެ ސައްޙަނޫންކަން ނަފީކުރެވޭނެ ސަބަބެއްނޫންކަމާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 12 ވަނަ މާއްދާގައި އަމިއްލަ އިޚްތިޔާރުގެ ބޭރުންވެފައިވާ އެއްބަސްވުންތަކުގައި ޙަޤީޤަތް
އޮޅުވާލައިގެންވެވޭ އެއްބަސްވުންތައް ހިމެނިފައިވާއިރު، އެފަދަ އެއްބަސްވުންތަކަކީ ބުނެވުނު ޤާނޫނުގެ 13 ވަނަ
މާއްދާގައިވާ ފަދައިން، ބާޠިލު އެއްބަސްވުންކަން ފާހަގަކުރެވެން އޮތުމުން، 1 އޭޕްރިލް 2008 ގައި އަބްދު
4223
ކުރަމުނ
ވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2009/HC-A/48
ރަޝާދުއާއި ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާންއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ވިޔަފާރީގެ މުޢާމަލާތަކީ
ތަންފީޛު ކުރުމުގެ ހުރަހެއްނެތް މުޢާމަލާތެއްކަމަށް ޢަބްދުﷲ ރަޝާދުގެ ފަރާތުން ބުނާބުނުމަކީ، ޢަބްދުއްޞަމަދު
އޮޅުވާލި އޮޅުވާލުން ނަފީކުރެވޭނެ ޤާނޫނީ ހުއްޖަތެއް ނޫންކަމެވެ.
278 ދ8 4
2 ހއ
އދ.އއނއށް
ޢަބްދުއްޞަމަދު ޢަބްދުއްރަޢީލްމީ
ތިންވަނަ ކަމަކީ، "ސިނަމަންދޫ ސަފާރީ ބޯޓުގެ %50 ޙިއްސާ ގަތުމަށް ކުރި
އެގްރީމެންޓްގެ ދަށުން ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު އެ ސަފާރީ ބޯޓާއި ޙަވާލުވެ އެބޯޓަށް އަރައި، އޭނާގެ
ރިޒަވޭޝަންތަކަށް އެސަފާރީ ބޯޓު ހަތަރު މަހެއްހާ ދުވަސްވަންދެން ބޭނުންކޮށް މަންފާ ލިބިގަތުމަށްފަހު އެ ސަފާރީ
ބޯޓަށާއި އޭގައިވާ އިންޖީނަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ޢަބްދުﷲ ރަޝާދުގެ ފަރާތުން
ބުނެފައިވީނަމަވެސް،
އެބޯޓު ދުއްވިކަމަށް ބުނާ މުއްދަތުގައި އެ ބޯޓުގެ
މިލްކުވެރި ފަރާތަކީ ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއާއި ޢަބްދުﷲ ރަޝާދުއާ ދެމިހުންގެ ޙިއްސާއޮތްކަމަށްބުނާ
ސަން ސޭންޑް ޕްރައިވެޓް ލިމިޓެޑްއެއް ނޫންކަން އެނގޭކަމާއި، އަދި 1 އޭޕްރިލް 2008 ގައި ޢަބްދުއްޞަމަދު
ޢަބްދުއްރަޙްމާނުއާއި ޢަބްދުﷲ ރަޝާދުއާ ދެމީހުން ދެމެދު ވެވުނު އެއްބަސްވުމުގައިވާ ފަދައިން އެ ބޯޓަކީ ޢަބްދު
ރަޝާދުގެ ބޯޓެއްވެސް ނޫންކަން އެނގެން އޮތުމުން،
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ ފަރާތުން "ސިނަމަން" ސަފާރީ ބޯޓަށް އެއްވެސް
ގެއްލުމެއް ދީފައިވާނަމަ، އެފަދަ ގެއްލުމެއް ސާބިތުކޮށް އެ ގެއްލުމަށް ޝަރީޢަތް މެދުވެރިކޮށް ބަދަލު ހޯދުމަކީ
"ސިނަމަންދޫ ސަފާރީ ބޯޓުގެ ވެރިފަރާތަށް ޤާނޫނީ ގޮތުން ލިބިގެންވާ ހައްޤެއްކަމާއި، ޢަބްދުﷲ ރަޝާދަކީ
"ސިނަމަން" ސަފާރީ ބޯޓުގެ ވެރިފަރާތްކަމުގައި ނުވާ ހިނދު، އެބޯޓުގެ ވެރިފަރާތަށް ކުރެވިދާނެ ދަޢުވާއެއް
ކުރުމުގެ ހައިސިއްޔަތު ޢަބްދުﷲ ރަޝާދަށް ލިބިގެންނުވާކަން އެނގެން އޮންނަކަމަވެ.
co
8
ހަތަރުވަނަ ކަމަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ މޯހިރުގައި އެ ސަފާރީ ބޯޓު
ބޭނުންކުރި ފަރާތްތަކުން ދިންކަމަށް ބެލެވޭ ފައިސާ އެއީ އެ ސަފާރީ ބޯޓުގެ %50 (ފަންސާސް އިން ސައްތަ)
ޙިއްސާ ގަތުމަށް ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު ދައްކަންޖެހޭ ފައިސާގެ ތެރެއިން ދެއްކި އަދަދުތަކެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2009/HC-A/48
ބެއްލެވި ހަމައިގައި ޤާނޫނީ ބުރަދަން ކުޑަވެފައިވުމުން ކުރައްވާފައިވާ ޙުކުމްގެ ޢަދުލުކުވެރިކަމެއް ނެތްކަން
ބަލަންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލުމުން ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު ޢަބްދުﷲ ރަޝާދަށް ފައިސާ ދެއްކިކަން ސާބިތުކުރުމަށްޓަކައި،
ހުށަހެޅި ތިން ލިޔުމުގެ ތެރެއިން، ދެ ލިޔުމަކީ އެންޖެލް ކިޔާ މީހަކާއި ކޯރނީލިޔާ ކިޔާ މީހަކު ޢަބްދުﷲ ރަޝާދަށް
ފައިސާ ފޮނުވިކަމަށް އޮންނަ ދެ ލިޔުން ކަމަށާއި، ޢަބްދުﷲ ރަޝާދުގެ ފަރާތުން އެންޖެލްއާއި ކޯރނީލިޔާ އާ
ދެމީހުންވެސް ފައިސާ ފޮނުވާފައިވަނީ އެޑްވާންސް ބުކިންގއަށްކަމަށް ޢަބްދުﷲ ރަޝާދުގެ ފަރާތުން
ބުނެފައިވީނަމަވެސް، އެފަދަ މުޢާމަލާތެއް ބުނެވުނު ދެމީހުންނާއެކު ކުރެވުނުކަމަށް ޢަބްދުﷲ ރަޝާދަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ފާހަގަކުރައްވާފައިވާކަމާއި،
އަދި މިސިޒް ވޯލްޓްރޯޑް އެންޖެލްއާއި މިސް ކޯރނީލިޔާ ބޯމް ޢަބްދުﷲ ރަޝާދަށް ފައިސާ
ފޮނުވި ސަބަބު ބަޔާންކުރާ ލިޔުންތަކަކީ ޖަރުމަން ވިލާތުގެ ނޯޓަރީ ޕަބްލިކްއަކުން ހެކިވެ ތައްގަނޑުޖަހައި،
ނޯޓަރައިޒްކޮށްފައިވާ ލިޔުންތަކެއްކަން ފާހަގަކުރައްވާފައިވާއިރު،
އިސްވެ ބަޔާންކުރެވުނު ގޮތަށް ދަށު ކޯޓުން ޢަމަލުކުރެއްވުމުގައި އެ ކޯޓުން ޤާނޫނީ ނުވަތަ
ޝަރުޢީ އުޞޫލަކާ ޚިލާފަށް ޢަމަލުކުރައްވާފައިވާ ސަބަބުތަކެއް ޢަބްދުﷲ ރަޝާދަށް ދެއްކިފައިނުވާކަމެވެ.
Occ
(•
8
83 ދ8 4
3 ދވ
84ދއރއހެންސީއަށް
ފަސްވަނަ ކަމަކީ، ޢަބްދުއްޞަމަދު އަބްދުއްރަޙްމާނުއަށް ޢަބްދުﷲ ރަޝާދު
ދައްކަންޖެހޭކަމަށް ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް ޢަބްދުﷲ ރަޝާދު
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ދައްކަންޖެހޭނެ ޤާނޫނީ ހަމައެއް ނެތްއިރު، އެފައިސާ ޢަބްދުއްޞަމަދު
ޢަބްދުﷲ ރަޝީދު ދައްކަންޖެހޭކަމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުމުގައި ޢަދުލުވެރިކަން
ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނަޒަރުކުރިއިރު،
ޢަބްދުﷲ ރަޝާދު "ސިނަމަން" ސަފާރީ ބޯޓު ގެ %50 (ފަންސާސް އިން ސައްތަ) އަށް ވާ
ޙިއްސާ ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ވިއްކިކަމާއި، އަދި ބުނެވުނު މުޢާމަލާތް ކުރެވުނީ ޤާނޫނު ނަންބަރު
4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 16 ވަނަ މާއްދާގައިވާ ގޮތުން، އެއްބަސްވުމުގެ އެއް ބައިވެރިއެއްކަމަށްވާ
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ހަޤީޤަތް އޮޅުވާލައިގެންކަމަށް މަދަނީ ކޯޓަށް ސާބިތުވެފައިވާއިރު، އަދި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2009/HC-A/48
US$95,661.00
ޢަބްދުއްޞަމަދު އަބްދުއްރަޙްމާނުގެ އަތުން ޢަބްދު ރަޝާދަށް
(ނުވަދިހަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް އެކެއް ޔޫ.އެސް ޑޮލަރު) ދައްކާފައިވާކަމާއި އަދި "ސިނަމަން"
ސަފާރީ ބޯޓުގެ ބޭނުމަށް ކޮށްފައިވާ ޚަރަދުތަކުން ޝަރީޢަތަށް ސާބިތުވާ -/30,952ރ. (ތިރީސްހާސް ނުވަސަތޭކަ
ފަންސާސް ރުފިޔާ) ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށްވީއިރު، އަދި
ޢަބްދުﷲ ރަޝާދަކީ "ސިނަމަން" ސަފާރީ ބޯޓުގެ ވެރިފަރާތްކަމަށްބުނެ އެއްބަސްވުމުގައި ސޮއިކުރި އަނެއް
ފަރާތްކަމުގައިވާ ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ޙަޤީޤަތާ ޚިލާފު ތަސައްވުރެއް ދައްކާ، އޭގެ މައްޗަށް ބިނާކޮށް
ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ އަތުން ފައިސާތަކެއް ހޯދި ފަރާތް ކަމުގައިވާއިރު،
ޢަބްދުﷲ ރަޝީދު ދައްކަންޖެހޭކަމަށް ޙުކުމުގައި ކަނޑައަޅުއްވާފައިވާ ފައިސާގެ ތެރެއިން
އެއްވެސް މިންވަރެއް ޢަބްދުﷲ ރަޝާދު، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ދައްކަންޖެހޭނެ ޤާނޫނީ
ހަމައެއް
ނެތްކަމުގެ އެއްވެސް ހުއްޖަތެއް ޢަބްދުﷲ ރަޝާދަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެއްކިފައިނުވާކަން ފާހަގަކުރެވޭކަމެވެ.
ހަވަނަ ކަމަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުގެ ޤާނޫނީ ވަކީލުގެ ފީ ދައްކަންޖެހޭނީ
ޢަބްދުﷲ ރަޝާދުކަމަށް ބެއްލެވުމުގައި އިންސާފުން އެއްކިބާވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ނަޒަރުކުރިއިރު،
ޢަބްދުﷲ ރަޝީދުއާއި ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއާ ދެމެދު 1 އޭޕްރިލް 2008 ގައި
ވެވުނު އެއްބަސްވުމުގައި ދެފަރާތު ދެމެދު ހިނގާ މައްސަލައެއްގައި ކޯޓަށް ދާންޖެހިއްޖެ ޙާލަތެއްގައި އެކަމަށްޓަކައި
ހިނގާ މިފަދަ ޚަރަދުތައް ދިނުމާމެދު ވަކި ގޮތަކަށް އެއްބަސްވެފައިނުވާކަން މަދަނީ ކޯޓުގެ ނަންބަރު
2008/MC/1647 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި، އަދި މި
ނުކުތާއާ ގުޅޭގޮ
ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ކަނޑައެޅުއްވީ ކުއްޔަށް ގެންދާ ތަކެތީގެ ކުލި
ޝަރީޢަތުން ނަގައިދިނުމާބެހޭ ގަވާއިދަށް ޤިޔާސްކުރައްވައިގެންކަން ފާހަގަކުރެވޭކަމާއި،
ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 2 ގައި
ހިމެނިފައިވާ ދިވެހިރާއްޖޭގައި ވަކާލާތުކުރާ ވަކީލުންނާބެހޭ ގަވާއިދުގެ 5 ވަނަ މާއްދާގައި، ޤާނޫނީ ވަކީލަކަށް
މުވައްކިލުގެ އަތުން ފީ ނެގިދާނެގޮތްތައް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އެގޮތުން، އިސްވެ ބުނެވުނު
4.
ދިވެހިރާއްa
އައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
t
ވެފައި
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/48
492 22
މާއްދާގައި ވަކީލަކަށް މުވައްކިލެއްގެ އަތުން ފީނެގޭނީ އެދެފަރާތު ދެމެދު އެއްބަސްވާ ގޮތެއްގެ މަތިންކަން އެނގެން
އޮންނަކަމާއި، ވަކީލުގެ ފީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދިނުމުގައި، ކުއްޔަށް ގެންދާ ތަކެތީގެ
މައްސަލަތަކުގައި ޢަމަލުކުރާނެގޮތް، ކުއްޔަށް ގެންދާ ތަކެތީގެ ކުލި ޝަރީޢަތުން ނަގައިދިނުމާބެހޭ
ގަވާއިދުގައި ބަޔާންކުރެވިފައިވާއިރު، ކުއްޔަށް ގެންދާ ތަކެތީގެ ކުއްޔާގުޅޭ މައްސަލަތައް ފިޔަވައި އެހެން
މައްސަލަތަކުގައި، ވަކީލުގެ ފީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދެވޭނެ ގޮތްތަކެއް ބަޔާންކުރާ
ޤާނޫނެއް އަދި ގަވާއިދެއްވިޔަސް ނެތްކަމާއި، އަދި މައްސަލައިގެ ދެޚަޞްމުންގެ ދެމެދުގައިވެސް މިފަދަ ޚަރަދުތަކާ
ގުޅޭގޮތުން ކުރިން ވަކިގޮތަކަށް އެއްބަސްވެފައިނުވާއިރު، މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމަށްފަހު، ވަކީލާއި
މުވައްކިލާ ދެމެދު އެއްބަސް
ބަސްވާގޮތަށް، އެހެންނަމަވެސް އެ އެއްބަސްވާ ފީއާއި ޚަރަދުތަކުގެ އިލްތިޒާމް އުފުލަންޖެހޭ
ފަރާތަކީ މައްސަލައިގެ އަނެއް ޚަސްމުކަމަށް ކަނޑައެޅުމަކީ މިފަދަކަންކަން ތަންޒީމުކުރެވޭ އެއްވެސް ޤާނޫނެއް،
ގަވާއިދެއް، ނުވަތަ ދެޚަސްމުން ދެމެދު މިކަމާގުޅޭގޮތުން އޮތް އެއްބަސްވުމެއްވެސްނެތި، ޢަމަލުކުރެވޭނެ އެންމެ
އިންސާފުވެރި ގޮތް ނޫންކަމާއި، ވަކީލުގެ ފީ، މައްސަލައިގެ އަނެއް ޚަސްމުގެ އަތުން ނަގައިދިނުމުގައި، މިހާތަނަށް
ކޯޓުތަކުން އަމަލުކުރަމުން އައި ގޮތަކީ، ދެޚަސްމުން ދެމެދު މިކަމާގުޅޭގޮތުން އޮތް އެއްބަސްވުމެއް އޮތްނަމަ އެއާ
އެއްގޮތަށް ވަކީލުގެ ފީ ނަގައިދިނުންކަމާއި، އަދި އެފަދަ އެއްބަސްވުމެއް ނެތްނަމަ ވަކީލުގެ ފީ ނަގައިދެވޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި މައްސަލަ ނިންމުންކަން އެނގެން އޮތަތީ، ޢަބްދުﷲ ރަޝާދު، ޢަބްދުއްޞަމަދު
. ޤާނޫނީ ވަކީލުގެ ފީ ދައްކަންޖެހޭނެކަމަށް
ޕްރިންޖެހޭނެކަމަށް ކަނޑައަޅާނެތަނެއް ނެތްކަމާއި،
އެހެންކަމުން، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގެ ޙުކުމުގައި ޢަބްދު
ރަޝާދު ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނުއަށް ވަކީލުގެ ފީ ގޮތުގައި -/
5,100ރ. (ފަސްހާސް އެއްސަތޭކަރުފިޔާ)
ދައްކަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް
ވުމަށް ބަދަލު ގެންނަން
މިނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ހ4 43
442
3
އދއނއމނގ
ކ) ހަތްވަނަ ކަމަކީ، މައްސަލައިގައި ހުށަހެޅި މުހިންމު ލިޔުންތަކާއި، ޝަރީޢަތަށް
ޙާޟިރުކުރި ހެކިންގެ ތެރެއިން ގިނަ ހެކިންގެ ބަޔާން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވާކަމާއި،
އެލިޔުންތަކާއި އެބަޔާންތަކުގެ މައްޗަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2009/HC-A/48
ލައިޓްސްކައި، ޢަބްދުﷲ އާދަމްއާއި ހުޅުމާލެ ފްލެޓް ނަންބަރު 5207، މުޙައްމަދު
ޒާހިރު އަޙްމަދު މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް
ޙާޟިރުކުރެއްވިކަމަށް ޢަބްދުﷲ ރަޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ބުނެފައިވާކަމާއި، ބުނެވުނު ދެ މީހުންވެސް ޝަރީޢަތަށް ބަޔާން ދީފައިވާނެކަމަށާއި، މި ދެ މީހުންގެ ބަޔާންތަކުގެ
މުހިންމުކަމަކީ، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު "ސިނަމަން" ސަފާރީ ބޯޓަށް ގެއްލުންދީފައިވާ ގޮތާއި ބޯޓަށް
ލިބިފައިވާ ގެއްލުމާއި އަދި އެ ބޯޓަށް އިހުމާލުވެފައިވާ ގޮތުގެ ތަފްޞީލު އެނގޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބަޔާންކޮށްފައިވާއިރު،
ކުރިންވެސް އިޝާރާތް ކުރެވުނު ފަދައިން، ޢަބްދުއްޞަމަދު ޢަބްދުއްރަޙްމާނު "ސިނަމަން"
ސަފާރީ ބޯޓު ބޭނުންކުރިއިރު، ޢަބްދުﷲ ރަޝާދަކީ "ސިނަމަން" ބޯޓުގެ ވެރިފަރާތްނޫންކަން އެނގެން
އޮންނަކަމާއި، އެހެންކަމުން، އެ އުޅަނދަށް އެއްވެސް ގެއްލުމެއް އެއްވެސް މީހެއްގެ ފަރާތުން ލިބިފައިވާނަމަ،
އެފަދަ ގެއްލުމެއްގެ ބަދަލު ހޯދުމަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ އެއްވެސް ހައިސިއްޔަތެއް ޢަބްދު
ރަޝާދުއަށް ލިބިފައި ނުވާތީ،
ޢަބްދުﷲ ރަޝާދުގެ ފަރާތުން ފާހަގަކޮށްފައިވާ ހެކިންގެ
މަދަނީ ކޯޓުގެ ނަންބަރު
2008/MC/1647 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނުއްވާފައި ނުވުމަކީ، ބުނެވުނު
ޤަޟިއްޔާ ބާޠިލުކަމަށް ކަނޑައެޅޭނެ ސަބަބެއްނޫންކަމެވެ.
ހ2 4 އދ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
2009/HC-A/48
ދެންފަހެ އިސްވެ ބަޔާންކުރެ
ންތައްތައް
އެގޮތުގެ މަތިން ހުރުމުން، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/1647 ޤަޟިއްޔާގެ ޙުކުމުގައި ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި ޢަބްދުﷲ ރަޝާދުގެ އަތުން
ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން -/5,100ރ. (ފަސްހާސް އެއްސަތޭކަ ރުފިޔާ) ޝަރީޢަތުން ނަންގަވައި
ދެއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ފެންނާތީ، އެ ޙުކުމްގެ އެބައި ބާޠިލުކަމަށް
މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު 2008/MC/1647
ޤަޟިއްޔާގެ ޙުކުމުގައި ދެން ހުރި ކަންތައްތަކަށް ތާއީދުކޮށް، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv