ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/147 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/141
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 147/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޢަޒީޒް
އައިޑީ ކާޑު ނަންބަރު: A302613
ދާއިމީ އެޑްރެސް: ޕެރިސްރޯސްމާގެ ގއ. ވިލިނގިލި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލުޑް
ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 12
ރަޖަބު 1432
ޖޫން 2011
ނިމުނު ތާރީޚް: 04 މުޙައްރަމް 1433
30 ނޮވެމްބަރު 2011
14
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/P2C/22
ޤަޟިއްޔާގެ ބާވަތް: ވައްކަން ކުރުން
ނިންމެވި ކޯޓް: ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުނު ތާރީޚް: 4 ފެބްރުއަރީ 2009 * ނިމުނު ތާރީޚް: 4 މެއި 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭ
އިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{11/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
އުވާގެ ޚުލާޞާ
0 ށ 2
xތ
22/P2C/2009
2ތ 2x
22 ހދޖ 2
4
ހަދަ،
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި
މުޙައްމަދު އަޒީޒް،
ޕެރިސްރޯސްމާގެ|ގއ. ވިލިނގިލި (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A302613)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1.3
ގއ.
1. އިސްތިއުނާފުކުރެވޭ ހުވަދު އަތޮޅު އުތުރުބު
ތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2009/P2C/22 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ވިލިނގިލި/ހިކިދުނބުރިމާގެ
އަހްމަދު ޢަމްރޫ (16 އަހަރު) އާއި، ވިލިނގިލިޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒު (16 އަހަރު)
އާއި ވިލިނގިލި އޮޅުތިލަގެ ލިއުޝާން އަދުނާން (18 އަހަރު) 27 ޑިސެމްބަރ 2007 ދުވަހުގެ ރޭ
ދަންވަރު 2:30 އެހައި ކަންހާއިރު، ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ފޯކޯ ކޭބަލް
ރޯލަކުން 12 (ބާރަ) މީޓަރުގެ ކޭބަލް ބުރިކޮށްގެން ވަގަށް ނަގާފައިވާތީއާއި، އަހްމަދު ޢަމްރޫއާއި،
މުޙައްމަދު ޢަޒީޒް، އިތުރުމީހަކާއެކު 24 ޑިސެމްބަރ 2007 ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު،
ގއ. އަތޮޅު ހޮސްޕިޓަލުގެ ގޯތިގެތޮގައި އޮތް ކޭބަލް ރޯލަކުން ކޭބަލް ބުރިކޮށްގެން ލޯނަރު ވަގަށް
ނަގާފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާއާއި،
137 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ޢަމްރޫއާއި، މުޙައްމަދު ޢަޒީޒްއާއި،
ލިއުޝާން ޢަޒީޒްގެ މައްޗަށް ޖަމާޢަތް ހަދައިގެން އެއްޗެއް ހަލާކުކޮށްލައިގެން ސަރުކާރުގެ މުދަލަކުން
ވައްކަންކުރުމުގެ ކުށުގެ ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުރުމުން ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "27 ޑިސެމްބަރ 2007މ ދުވަހުގެ
ދަންވަރު 12:30 އެހާކަންހާއިރު،
އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ފޯކޯ ކޭބަލް
ރޯލަކުން 12 (ބާރަ) މީޓަރު ވަގަށް ނަގާފައިވާކަމަށް މުޙައްމަދު ޢަޒީޒްއާއި ލިއުޝާން އަދުނާނުއާއި،
ގއ. ވިލިނލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{11/HC-A/147
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OX
02 2 2 4 2 2 47
ޝަރީޢަތުގައި ބުނެފައިވާކަމަށާއި މިވައްކަން ކުރީ ފުލުހުން މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއާއި
ދެމީހުންނަށް ބިރުދައްކައިގެން ކަމުގައި ބުނެފައިވީނަމަވެސް މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއަށް
ފުލުހުން ބިރުދެއްކިކަން ސާބިތުކޮށް ނުދެވޭނެކަމަށް ބުނެފައިވާކަމަށްޓަކައި، މުޙައްމަދު ޢަޒީޒުއާއި
ލިއުޝާން އަދުނާނު އަމިއްލަ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ވައްކަންކުރުމުގެ ކުށުން މުޙައްމަދު
ޢަޒީޒުއާއި ލިއުޝާން އަދުނާނުއާއި މިދެމީހުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، ޚިކުށުގެ ޢުޤޫބާތެއްގެ
ގޮތުން "ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާ" ގެ ދަށުން 06 (ހައެއް) މަސްދުވަހަށް،
މިވައްކަންކޮށްފައިވަނީ ޖަމާޢަތްހަދައިގެން ކަމަށްވާތީ 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް)
މަސްދުވަހަށް، މިވައްކަން ކޮށްފައިވަނީ ސަރުކާރުގެ .ދަލަކުންކަމަށްވާތީ 143 ވަނަ މާއްދާގެ ދަށުން 02
(ދޭއް) އަހަރަށް އެކު ޖުމްލަ 03 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީ(ޕެރިސްރޯސްމާގެ
މުޙައްމަދު ޢަޒީޒްއާއި،
ވިލިނގިލީ!އޮޅުތިލަގެ ލިއުޝާން އަދުނާނަށް އަރުވާލުމަށް
ގގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
94
I 0x 833
4=3 4ދ
ہ کر کی کہ
4 22
2. ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/P2C/22 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޢަޒީޒްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި
މައިގަނޑު 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޢަޒީޒްގެ މައްޗަށް ދައުލަތުން
އްކަންކުރުމުގެ ކުށުގެ ދަޢުވާއަށާއި، މައްސަލައިގެ އަސްލަށް މުޙައްމަދު ޢަޒީޒް އިންކާރުކޮށްފައިވަނިކޮށް،
ޝަރީޢަތުގައި އިޢުތިރާފުވެފައިވާކަމަށް ދައުލަތުން ކުޅަ
ސާބިތުވާކަމަށް
ނިންމަވާފައިވާކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި، ގއ. އަތޮޅު ހޮސްޕިޓަލު ގޯތިތެރޭގައި އޮތް ކޭބަލް
ބުރިކުރީ ފުލުހުން ބުނެގެން ކަމަށާއި، އެކަމަކީ ފުލުހުން މަޖުބޫރުކޮށްގެން ކުރިކަމެއްކަމަށާއި، އެކަމަކީ
ވައްކަންކުރިގޮތް ދެއްކުމަށްޓަކައި ފުލުހުން ބުނެގެން ކުޅެފައިވާ ޑްރާމާއެއްކަމަށާއި، އެޑްރާމާ ކުޅެފައިވަނީ
އެބުނާ ވައްކަމެއް ބަޔަކު ކުރިފަހުން ކަމަށްވާއިރު، އަދި އެކަން ޝަރީޢަތުގެ މަޖިލީހުގައި
ކިޔާދީފައިވާއިރު، އެއިންއެއްވެސް ކަމަކަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ
ދަޢުވާ
24 422
.42/
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: T6471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2{11/HC-A/147
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ދެވަނަ ނުކުތާއަކީ، މުޙައްމަދު އަޒީޒްއަކީ، ތުހުމަތު އުފުލުނު އިރު 16 (ސޯޅަ)
އަހަރުގެ ކުޑަކުއްޖަކަށްވާއިރު، ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިއަކު ނުވަތަ ޖެންޑަރ މިނިސްޓްރީގެ
ކައުންސެލަރަކާ ނުލައި ޝަރީޢަތް ހިންގައި، ޝަރުޢީ ލިޔުންތަކުގައި ސޮއިކޮށް، އިނގިލީގެ ނިޝާން
ޖަހުވާފައިވުމަކީ، ކުޑަކުއްޖަކަށް ލިބިދޭންޖެހޭ ޤާނޫނީ ރައްކާތެރިކަމުގެ ހިޔަލުން ބޭރުން، ކުޑަކުއްޖެއްގެ
ހިތަށް ނާމާންކަމާއި، ބިރުވެރިކަން އިޙްސާސްކުރެވޭފަދަ ގޮތަކަށް ކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ
42 273
ނެކެ#އޅު"
ގއ. އަތޮޅު
• ތިންވަނަ ނުކުތާއަކީ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް
އިންސާފްކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ ޚިލާފަށް ކުށުގެ އުޤޫބާތުގެ ތިންބައިކުޅަ
އެއްބަޔަށްވުރެ ބޮޑު ޢުޤޫބާތެއް ދީފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ވައްކަމުގެ ޙާދިސާއެއް
ހޮސްޕިޓަލުން
ހިނގާފައިވާކަމެއް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްއިރު، އެކަމަށް ރިޢާޔަތްކުރައްވާފައި
ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2009/P2C/22 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން މުޙައްމަދު ޢަޒީޒްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މުޙައްމަދު ޢަޒީޒްގެ މައްޗަށް ދައުލަތުން ކުޑަ ވައްކަންކުރުމުގެ
ކުށުގެ ދަޢުވާއަށާއި، މައްސަލައިގެ އަސްލަށް މުޙައްމަދު ޢަޒީޒް އިންކާރުކޮށްފައިވަނިކޮށް، ޝަރީޢަތުގައި
އިޢުތިރާފުވެފައިވާކަމަށް ބުނެ ދައުލަތުން ކުޅި ދަޢުވާ ސާބިތުވާކަމަށް ނިންމަވާފައިވާކަމަށާއި، ޝަރީޢަތުގެ
މަޖިލީހުގައި ގއ. އަތޮޅު ހޮސްޕިޓަލު ގޯތިތެރޭގައި އޮތް ކޭބަލް ބުރިކުރީ ފުލުހުން ބުނެގެން ކަމަށާއި،
އެކަމަކީ ފުލުހުން މަޖުބޫރުކޮށްގެން ކުރިކަމެއްކަމަށާއި، އެކަމަކީ ވައްކަންކުރިގޮތް ދެއްކުމަށްޓަކައި ފުލުހުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{011HC-A/141
ޤަޟިއްޔާ ނިމުނު ގޮތު
0249
ކުޅެފައިވާ ޑްރާމާއެއްކަމަށާއި، އެޑްރާމާ ކުޅެފައިވަނީ އެބުނާ ވައްކަމެއް ބަޔަކު ކުރިފަހުން
ކަމަށްވާއިރު، އަދި އެކަން ޝަރީޢަތުގެ މަޖިލީހުގައި ކިޔާދީފައިވާއިރު، އެއިންއެއްވެސްކަމަކަށް
ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ މުޙައްމަދު ޢަޒީޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއާމެދު ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
4 އޮކްޓޫބަރ 2010 އަދި 4 މެއި 2011 ގައި ހުވަދު އަތޮޅު އުތުރުބުރީ
މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ޢަޒީޒް ދީފައިވާ ދެ ބަޔާނަށް ބަލާއިރު، މުޙައްމަދު ޢަޒީޒް އެހެންބަޔަކާ
ބައިވެރިވެގެން، އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ކޭބަލް ރޯލަކުން ކޭބަލް ބުރިކޮށްގެން
ވަގަށްނަގާފައިވާކަމަށް މުޙައްމަދު ޢަޒީޒް އިޢުތިރާފުވެފައިވާކަން އެނގޭކަމާއި، މުޙައްމަދު ޢަޒީޒް
މިވައްކަން ކޮށްފައިވަނީ، މިވައްކަމުގައި ބައިވެރިވި މީހުންނަށް ފުލުހުން ބިރުދައްކައި
ކުރުވައިގެންކަމަށް، އިސްވެދެންނެވުނު ދެބަޔާނުގައި މުޙައްމަދު ޢަޒީޒް ބުނެފައިވީނަމަވެސް، އެކަން
އެނގޭނެ އެހެން މީހަކު ނުހުންނާނެކަމަށް މުޙައްމަދު ޢަޒީޒް ބުނެފައިވާކަމާއި، މި ވައްކަން ކުރިގޮތާއި
ވައްކަންކުރުމަށްފަހު މުޙައްމަދު ޢަޒީޒް ކަންތައްތައް ކޮށްފައިވާގޮތް ވަރަށް ތަފްސީލުކޮށް، މިމައްސަލައާ
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރެވުނު ތަޙްޤީޤަށް، 28 ޑިސެމްބަރ 2007 ގައި
މުޙައްމަދު ޢަޒީޒް ދީފައިވާ ބަޔާނުގައި ކިޔާދީފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިބަޔާން
ނަގާފައިވަނީ މުޙައްމަދު ޢަޒީޒްގެ ބައްޕަގެ ޙާޒިރުގައިކަމާއި، މިބަޔާނުގެ އެއްވެސް ތަނެއްގައި މުޙައްމަދު
ޢަޒީޒް މިވައްކަން ކުރީ ފުލުހުން އޭނާއަށް ބިރު ދައްކައި މަޖުބޫރުކުރުވައިގެންކަމަށް ބަޔާންކޮށްފައި
ނުވާކަމާއި، އަދި މުޙައްމަދު ޢަޒީޒް މިވައްކަން ކޮށްފައިވަނީ އޭނާއަށް ފުލުހުން ބިރުދައްކައި
މަޖްބޫރުކޮށްގެންކަން ސާބިތުކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު
ޢަޒީޒްގެ ފަރާތުން، އޭނާގެ ބަސް ފިޔަވައި، އެހެންވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ހުށަހެޅިފައި
ނުވާކަމެވެ.
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ޢަޒީޒްއަކީ ތުހުމަތު އުފުލުނު އިރު 16 އަހަރުގެ
ކުޑަކުއްޖަކަށްވާއިރު، ބެލެނިވެރިޔަކު ނުވަތަ ބަލަދުވެރިޔަކު ނުވަތަ ޖެންޑަރ މިނިސްޓްރީގެ
ކައުންސެލަރަކާ ނުލައި ޝަރީޢަތް ހިންގައި، ޝަރުޢީ ލިޔުންތަކުގައި ސޮއިކޮށް، އިނގިލީގެ ނިޝާން
ޖަހުވާފައިވުމަކީ، ކުޑަކުއްޖަކަށް ލިބިދޭންޖެހޭ ޤާނޫނީ ރައްކާތެރިކަމުގެ ހިޔަލުން ބޭރުން، ކުޑަކުއްޖެއްގެ
ހިތަށް
ނާމާންކަމާއި، ބިރުވެރިކަން އިޙްސާސްކުރެވޭފަދަ ގޮތަކަށް ކޮށްފައިވާކަމަށްބުނެ މުޙައްމަދު ޢަޒީޒްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއާމެދު ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، މުޙައްމަދު ޢަޒީޒްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވައްކަމުގެ ޙާދިސާ
مر کر ہی کر
ދިވެހިރާއްa
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [1647
23
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{11/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
02 0 0
(27 ޑިސެމްބަރ 2007) މުޙައްމަދު ޢަޒީޒްގެ އުމުރަކީ 16 އަހަރާއި 6 މަހާއި 24 ދުވަސްކަން
އެނގެން އޮތްނަމަވެސް، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި މިމައްސަލައިގެ
ޝަރީއަތް ހިންގިފައިވަނީ މުޙައްމަދު ޢަޒީޒްގެ އުމުރުން 19 އަހަރުވެފައި ވަނިކޮށްކަން، ހުވަދު އަތޮޅު
އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، ކުޑަކުދިންކުރާ ކުށްތަކާބެހޭގޮތުން
ޢަމަލުކުރަންޖެހޭ ގޮތްތައްކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު 6/2008 ޢާންމު ޤަވާޢިދުތަކުގެ ޤާނޫނު)
ގެ ޖަދުވަލު 2 ގައި ހިމެނިފައިވާ، "ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް
އަދަބުދިނުމުގައި ޢަމަލުކުރާގެ ގޮތުގެ ޤަވާޢިދު" ގައިކަން އެނގޭކަމާއި، ކުޑަކުއްޖަކުކުރާ ކުށަކާބެހޭ
މައްސަލަ ޝަރީޢަތުން ބަލާއިރު، ޝަރީއަތުގެ މަޖިލީހަށް، އެކުއްޖާގެ ބަލަދުވެރިޔާ އަދި ކުޑަކުދިންގެ
ޙައްޤުތަކާބެހޭ ޔުނިޓުގެ ފަރާތުން މީހަކު ހާޒިރުވާންވާނެކަމަށް އެޤަވާޢިދުގެ 15 ވަނަ މާއްދާގެ (ހ) އަށް
ބެލުމުން އެނގެން އޮންނަކަމާއި،
"ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި
ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" އަށް ޖުމްލަކޮށް ބަލާއިރު، އެޤަވާޢިދުގައި ކުޑަކުއްޖަކުކުރާ ކުށަކާބެހޭ
މައްސަލަ ޝަރީޢަތުން ބަލާއިރު، އެކުއްޖާގެ ބަލަދުވެރިޔާ އަދި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޔުނިޓުގެ
ފަރާތުން މީހަކު ޝަރީޢަތުގެ މަޖިލީހަށް، ހާޒިރުވާންޖެހޭގޮތަށް އޮތުމުގެ މަޤްޞަދަކީ، ކުޑަކުދިންނަކީ،
އެކުދިންގެ ތަސައްރަފު ނުފުދޭ ޙާލަތުގައި އެކުދިންގެ ޙައްޤުތައް އެކުދިން އަމިއްލައަށް
ރައްކާތެރިނުކުރެވޭބަޔަކަށްވާތީ، އެކުއްޖަކަށް ލިބިދިފައިވާ ޙައްޤުތައް ރައްކާތެރިކޮށް އެޙައްޤުތައް
އެކުއްޖަކަށް ފުރިހަމައަށް ލިބިދެވޭކަން ކަމާއި،
އާންމު އުސޫލެއްގެ ގޮތުން 18 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި ކޮންމެ
މީހަކީ އެމީހެއްގެ ޙައްޤުތައް އަމިއްލައަށް ރައްކާތެރިކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހެއްކަމާއި،
އެހެންކަމުން، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށެއްކުރިއިރު އެމީހަކީ 18 އަހަރުވެފައިވާ
މީހަކުކަމުގައި ނުވި ނަމަވެސް، އެކުށާ ގުޅިގެން އެމީހެއްގެ މައްޗަށް ކުރެވޭ ޝަރީއަތް ހިންގޭއިރު
އެމީހަކަށް 18 ވެފައިވާނަމަ، "ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް
އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖްރާއާތު
ފުރިހަމަވެފައި ނެތުމަކީ، އެކަމުގެ މައްޗަށް ބަލައި އެޝަރީޢަތް ބާޠިލު ވާނޭކަމެއް ނޫންކަން
އެނގޭކަމާއި،
ކަށަވަރުކުރުސް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޚުލާޞާ
2{11/HC-A/147
އެހެނަކު
99
ޙުކުމް
ދ ތ 2&2
މކެރ.ޖީ
«
ސަބަބެއް ނޫންކަމެވެ.
ދިވެގި 324 ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ
މިކަމުން މިމައްސަލައިގައި މުޙައްމަދު ޢަޒީޒްގެ މައްޗަށް ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގައި ޝަރީޢަތް ހިންގާފައިވަނީ އޭނާގެ ބަލަދުވެރިއަކާއި، ކުޑަކުދިންގެ
ޙައްޤުތަކާބެހޭ ޔުނިޓުގެ ފަރާތުން މީހެއްގެ ޣައިރުޙާޒިރުގައިކަމަށް ވުމަކީ ޤިމައްސަލައިގައި، ހުވަދު އަތޮޅު
އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން މުޙައްމަދު ޢަޒީޒުގެ މައްޗަށް ކޮށްފައިވާ
(ޖެހޭ
(ނ) ތިންވަނަ ކަމަކީ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް
އިންސާފްކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދާ ޚިލާފަށް ކުށުގެ އުޤޫބާތުގެ ތިންބައިކުޅަ
އެއްބަޔަށްވުރެ ބޮޑު ޢުޤޫބާތެއް ދީފައިވާކަމަށްބުނެ މުޙައްމަދު ޢަޒީޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާއާމެދު ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ކުޑަކުދިންކުރާ ކުށްތަކާ
ބެހޭގޮތުން ޢަމަލުކުރަންޖެހޭ ގޮތްތައްކަނޑައަޅާފައިވާ "ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ، ތަޙްޤީޤުކޮށް،
އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ހ) ގައި،
ވަކިގޮތަކަށް ޤާނޫނަކުން އަދަބު ކަނޑައަޅަން ބަޔާންކޮށްފައި އޮންނަ ޙާލަތުތަކުގައި ޢަމަލުކުރާނީ
ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަށްކަމަށް ބަޔާންކޮށްފައިވާކަމާއި، ކުޑަކުދިންކުރާ ކުށާ ގުޅިގެން
އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެކުށަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ ޢުޤޫބާތެއްގެ
ތިންބައިކުޅަ ދެބައި އަދަބުކަމަށް، އެމާއްދާގެ (ބ) ގެ 1 ގައި ބަޔާންކޮށްފައިވާކަމާއި،
މިމައްސަލައިގައި ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، މުޙައްމަދު ޢަޒީޒްގެ މައްޗަށް ސާބިތުވާކަމަށް އެކޯޓުން
ކަނޑައަޅުއްވާފައިވާ ވައްކަންކުރުމުގެ ކުށަށް އެކޯޓުން އަދަބު ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު
10/68 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ޗެޕްޓަރ 4
131 ވަނަ މާއްދާގެ ދަށުންކަމާއި،
އެމާއްދާގެ ދަށުން، މީހެއްގެ މައްޗަށް ވައްކަންކުރިކަން ސާބިތުވާ ފުރަތަމަ ފަހަރު ދެވޭ އަދަބަކީ 6
މަސްދުވަހުން ފެށިގެން 1 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުންކަން
އެނގޭކަމާއި، އެހެންކަމުން މުޙައްމަދު ޢަޒީޒުގެ މައްޗަށް ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅުއްވާފައިވާ
ވައްކަންކުރުމުގެ ކުށަށް އެކޯޓުން ކަނޑައަޅުއްވާފައިވަނީ އެކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑައަދަބުކަން
އެނގޭކަމާއި،
މިވައްކަންކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ މުޙައްމަދު ޢަޒީޒްގެ މައްޗަށް
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަލާއިރު،
އެޙުކުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 136 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2{11/HC-A/147
3
ޤަޟިއްޔާ ނިމުނު ގޮތު
ޙުކުމެއްކަމާއި، އެމާއްދާގެ ދަށުން، ޖަމާޢަތް ހަދައިގެން ނުވަތަ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން
ވައްކަންކޮށްފައިވާނަމަ، އެމީހެއްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ
އަދަބުގެ ތެރެއަށް 6 (ހައެއް) މަސްދުވަހާއި 3 (ތިނެއް) އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ
ޖަލަށްލުމުގެ ޢުޤޫބާތް އިތުރުކުރެވޭނެކަން އެނގޭކަމާއި، އެހެންކަމުން މުޙައްމަދު ޢަޒީޒުގެ މައްޗަށް
ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅުއްވާފައިވާ ޖަމާއަތްހަދައިގެން ވައްކަންކުރުމުގެ ކުށަށް އެކޯޓުން
ކަނޑައަޅުއްވާފައިވަނީ އެކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑައަދަބުކަން އެނގޭކަމާއި،
މިވައްކަންކޮށްފައިވަނީ ސަރުކާރުގެ މުދަލަކުން ކަމަށްވާތީ މުޙައްމަދު ޢަޒީޒްގެ މައްޗަށް
ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަލާއިރު،
އެޙުކުމަކީ ޤާނޫނުލްޢުޤޫބާތުގެ ޗެޕްޓަރ 4 ގެ 143 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ޙުކުމެއްކަމާއި،
އެމާއްދާގެ ދަށުން، ސަރުކާރުގެ މުދަލަކުން ވައްކަންކޮށްފިނަމަ އެމީހެއްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ
131 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް 2 (ދޭއް) އަހަރާއި 5 (ފަހެއް) އަހަރާ
ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމުގެ ޢުޤޫބާތް އިތުރުކުރެވޭނެކަން އެނގޭކަމާއި،
އެހެންކަމުން މުޙައްމަދު ޢަޒީޒުގެ މައްޗަށް ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅުއްވާފައިވާ ސަރުކާރުގެ
މުދަލަކުން ވައްކަންކުރުމުގެ ކުށަށް އެކޯޓުން ކަނޑައަޅުއްވާފައިވަނީ އެކުށަށް ކަނޑައެޅިފައިވާ
ކުޑައަދަބުކަން އެނގޭކަމާއި،
އެހެންނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން، ވައްކަމުގެ މި ޙާދިސާ ހިނގިއިރު
މުޙައްމަދު ޢަޒީޒްއަކީ ކުޑަކުއްޖެއްކަމުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭނީ "ކުޑަކުދިންކުރާ ކުށުގެ
މައްސަލަ ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގައިވާ
ގޮތުގެމަތިން ކަމާއި، އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު،
މުޙައްމަދު ޢަޒީޒްގެ މައްޗަށް ކަނޑައެޅެންޖެހޭނީ، އޭނާގެ މައްޗަށް ސާބިތުވާ ކުށަކަށް ކަނޑައެޅިފައިވާ
ޢުޤޫބާތެއްގެ އެންމެ ކުޑަ މިންވަރުގެ ތިންބައިކުޅަ ދެބައިކަން އެނގޭކަމާއި، ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ އިސްވެ އިޝާރާތްކުރެވިފައިވާ ޙުކުމަށް ބަލާއިރު،
އެޙުކުމުގައި މުޙައްމަދު ޢަޒީޒްގެ މައްޗަށް ކަނޑައަޅުއްވާފައިވާނީ އެކުށަށް ކަނޑައެޅިފައިވާ އެންމެ ކުޑަ
ޢުޤޫބާތްކަމުގައި ވީނަމަވެސް، "ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ ތަޙްޤީޤުކޮށް، އިންސާފުކޮށް
އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ ނަންބަރަށް
ރިޢާޔަތްކުރައްވައި، އަދަބުގެ ތިންބައިކުޅަ އެއްބައި އުނިކުރައްވާފައިނުވާކަން އެނގޭކަމެވެ.
4 22
އެންމެ
99
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2011HC-A/14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ހަތަރުވަނަ ކަމަކީ، ވައްކަމުގެ ޙާދިސާއެއް އަތޮޅު ހޮސްޕިޓަލުން
ހިނގާފައިވާކަމެއް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެންނެތްއިރު، އެކަމަށް ރިޢާޔަތްކުރައްވާފައި
ނުވާކަމަށްބުނެ މުޙައްމަދު ޢަޒީޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ގއ. އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި ބެހެއްޓިފައިވާ 35 ސްކްއަރ އެމް އެމްގެ ތެރީފޭސް ކޭބަލް
ރޯލަކުން، 27 ޑިސެމްބަރ 2007 ދުވަހުގެ ރޭ، ބަޔަކު މީހުން ބުރިކޮށްފައިވާ 12 މީޓަރު ކޭބަލްގެ
މައްސަލައިގައި ދަޢުވާކުރަން ބޭނުންކަމަށްބުނެ 15 ޖެނުއަރީ 2008 ގައި ގއ. އަތޮޅު ހޮސްޕިޓަލުން
ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ސިޓީއެއް ފޮނުވާފައިވާކަމާއި، އަދި، 27 ޑިސެމްބަރ 2007
ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ކޭބަލް ރޯލަކުން ކޭބަލް ވަގަށް
ނަގާފައިވާކަމަށް މުޙައްމަދު ޢަޒީޒްގެ ބަޔާނުގައި ބުނެފައިވުމުން، ވައްކަމުގެ މިޙާދިސާއަކީ ހިނގާފައިވާ
ކަމެއްކަމަށް މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެންގެން އޮތްކަމެވެ.
x4ތތ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން
ހުރުމުން،
އިތުރު
ބަޔަކާބައިވެރިވެގެން،
ވިލިނގިލި ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ކޭބަލް ރޯލަކުން ކޭބަލް
ބުރިކޮށްގެން ވަގަށް ނަގާފައިވާކަން މުޙައްމަދު ޢަޒީޒްގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވީކަމުގައި
ވީނަމަވެސް، މިކުށް ކުރިއިރު މުޙައްމަދު ޢަޒީޒްއަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމުން މުޙައްމަދު
ޢަޒީޒްގެ މައްޗަށް އަދަބު ކަނޑައެޅުއްމުގައި، "ކުޑަކުދިންކުރާ ކުށުގެ މައްސަލަ ބަލާ ތަޙްޤީޤުކޮށް،
އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ބ) ގެ 1 ވަނަ
ނަންބަރަށް ޝަރީޢަތުން ރިޢާޔަތްކުރައްވާފައި ނުވުމާއެކު، 27 ޑިސެމްބަރ 2007 ދުވަހުގެ ދަންވަރު
12:30 އެހާކަންހާއިރު، ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ފޯކޯ ކޭބަލް ރޯލަކުން
12 (ބާރަ) މީޓަރު ވަގަށް ނަގާފައިވާކަމަށް މުޙައްމަދު ޢަޒީޒްއާއި ލިއުޝާން އަދުނާނުއާއި، ޝަރީޢަތު
ގައި ބުނެފައިވާކަމަށާއި މިވައްކަން ކުރީ ފުލުހުން މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއާއި
ދެމީހުންނަށް ބިރުދައްކައިގެން ކަމުގައި ބުނެފައިވީނަމަވެސް މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއަށް
ފުލުހުން ބިރުދެއްކިކަން ސާބިތުކޮށް ނުދެވޭނެކަމަށް ބުނެފައިވާކަމަށްޓަކައި، މުޙައްމަދު ޢަޒީޒުއާއި
ލިއުޝާން އަދުނާނު އަމިއްލަ އިޢުތިރާފުގެ މައްޗަށް ބިނާކޮށް ވައްކަންކުރުމުގެ ކުށުން މުޙައްމަދު
ޢަޒީއާއި ލިއުޝާން އަދުނާނުއާއި މިދެމީހުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، ކުށުގެ ޢުޤޫބާތެއްގެ
ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހަށް،
މިވައްކަންކޮށްފައިވަނީ ޖަމާޢަތްހަދައިގެން ކަމަށްވާތީ 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/147
ހ2
x
އަތޮޅު
• ޙުކުމް
.އ.
ޖެހި322 ހައި
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސްދުވަހަށް، މިވައްކަން ކޮށްފައިވަނީ ސަރުކާރުގެ މުދަލަކުންކަމަށްވާތީ 143 ވަނަ މާއްދާގެ ދަށުން 02
(ދޭއް) އަހަރަށް އެކު ޖުމްލަ 03 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީ؛ޕެރިސްރޯސްމާގެ
މުޙައްމަދު ޢަޒީޒްއާއި،
ވިލިނގިލީ އޮޅުތިލަގެ ލިއުޝާން އަދުނާނު އަރުވާލުމަށް ޙުކުމްކޮށް، ހުވަދު
އުތުރުބުރީ ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/22 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުގައި ހިމެނޭ ވިލިނގިލީ ޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒްގެ މައްޗަށް
ކަނޑައެޅިފައިވާ އަދަބަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، 27 ޑިސެމްބަރ 2007 ދުވަހުގެ ދަންވަރު 12:30 އެހާކަންހާއިރު،
ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރޭގައި އޮތް ފޯކޯ ކޭބަލް ރޯލަކުން 12 (ބާރަ) މީޓަރު ވަގަށް
ނަގާފައިވާކަމަށް މުޙައްމަދު ޢަޒީޒްއާއި ލިއުޝާން އަދުނާނުއާއި، ޝަރީޢަތުގައި ބުނެފައިވާކަމަށާއި
މިވައްކަން ކުރީ ފުލުހުން މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއާއި ދެމީހުންނަށް ބިރުދައްކައިގެން
ކަމުގައި ބުނެފައިވީނަމަވެސް މުޙައްމަދު ޢަޒީޒުއާއި ލިއުން އަދުނާނުއަށް ފުލުހުން ބިރުދެއްކިކަން
ސާބިތުކޮށް ނުދެވޭނެކަމަށް ބުނެފައިވާކަމަށްޓަކައި، މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނު އަމިއްލަ
އިޢުތިރާފުގެ މައްޗަށް ބިނާކޮށް ވައްކަންކުރުމުގެ ކުށުން މުޙައްމަދު ޢަޒީޒުއާއި ލިއުޝާން އަދުނާނުއާއި
މިދެމީހުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލް
އުޤޫބާތުގެ ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހަށް، މިވައްކަންކޮށްފައިވަނީ
ޖަމާޢަތްހަދައިގެން ކަމަށްވާތީ 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހަށް، މިވައްކަން
ކޮށްފައިވަނީ ސަރުކާރުގެ މުދަލަކުންކަމަށްވާތީ 143 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރަށް އެކު
ޖުމްލަ 03 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީ!ޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒްއާއި،
ވިލިނގިލީ އޮޅުތިލަގެ ލިއުޝާން އަދުނާނަށް އަރުވާލުމަށް ޙުކުމްކޮށް، ހުވަދު އަތޮޅު އުތުރުބުރީ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P7C/22 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި
ހިމެނޭ ވިލިނގިލީ ޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒްގެ މައްޗަށް ކަނޑައަޅުއްވާފައިވާ އަދަބުގެ ބައި
ބާޠިލުކޮށް، ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/P2C/22
ޤަޟިއްޔާގައި
ވިލިނގިލީ ޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒްގެ މައްޗަށް ސާބިތުވެފައިވާ
OX
131
02c 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2{11/HC-A/147
ޤަޟިއްޔާ ނިމުނު ގޮތުގެ
ތ 0 ތ 8
9
97
4
ފބނޭ ކޮންމެގެ
ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ
ދަށުން 04 (ހަތަރެއް) މަސްދުވަހަށް، މިވައްކަންކޮށްފައިވަނީ ޖަމާޢަތްހަދައިގެން ކަމަށްވާތީ ދިވެހިރާއްޖޭގެ
ޤާނޫނުލްއުޤޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 04 (ހަތަރެއް) މަސްދުވަހަށް އަދި، މިވައްކަން
ކޮށްފައިވަނީ ސަރުކާރުގެ މުދަލަކުންކަމަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 143 ވަނަ މާއްދާގެ
ދަށުން 8 (އަށެއް) މަސްދުވަހަށް، އެކު ޖުމްލަ 02 (ދޭއް) އަހަރުދުވަހުގެ
ގއ. ވިލިނގިލީ!ޕެރިސްރޯސްމާގެ މުޙައްމަދު ޢަޒީޒް އަރުވާލުމަށް ޙުކުމްކޮށްފީމެވެ.
/
<< O
02 203
އދޗށް
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ޢަލީ ސަމީރު
ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv