ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/219 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤާޟީއްޔާ ނަންބަރު: 219/HC
-
A/2010
• އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ސަޢީދު
އައިޑީ ކާޑު ނަންބަރ: A128994
* ދާއިމީ އެޑްރެސް: ވައިމަތީގެ ކ.ދިއްފުށި
* މިހާރުގެ އެޑްރެސް: ވައިމަތީގެ/ ކ.ދިއްފުށި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޙަމީދު
އައިޑީ ކާޑު ނަންބަރ: A026322
ދާއިމީ އެޑްރެސް: ޖަބުރޯލުމާގެ/ ކ.ދިއްފުށި
* މިހާރުގެ އެޑްރެސް: ޖަބުރޯލުމާގެ/ ކ.ދިއްފުށި
• ހުށަހެޅުނު ތާރީޚް: 18 އޮކްޓޯބަރ 2010
ބާވަތް: ފައިސާ ހޯދުން
ނިމުނު ތާރީޚް: 5 މެއި 2011
40
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
އެހިރާއްޖެ
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2010/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ ކ.ދިއްފުށީ ކޯޓު (ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓު)ގެނަންބަރ -3-H/15
2010/Cޤޟިއްޔާ އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫކުތަކާ ޚިލާފަށްކަމަށް ދެކިގެން
ކ.ދިއްފުށި ވައިމަތީގެ(އައިޑީ ކާޑު ނަންބަރ A128994) މުޙައްމަދު ސަޢީދު އެމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފުކުރުމުން ބެލި މައްސަލައެކެވެ. މިމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ކ.ދިއްފުށި
ޖަނބުރޯލުމާގެ(އައިޑީކާޑު ނަންބަރ A026322) ޢަބްދުﷲ ޙަމީދުއެވެ.
ފާހަގަކުރެވުނު ނުކުތާތައް
ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާވިސްނުމުން އަންނަނިވި ކަންތައްވަނީ ފާހަގަކުރެވިފައެވެ.
ބަޔާންތަކަށް
22 22 22
04 0 2
44/ހއކއި
އެމީހުން
ނަންބައެވާނަ
22 ދތ
ނަޑީނނަށް
ނުހުންނާނެ ކަމަ.
(ހ) މުޙައްމަދު ސަޢީދުގެ ފަރާތުން އޭނާގެ ވަކީލު ޝަރީޢަތަށް ދީފައިވާ
ބަލާއިރު ދަށުކޯޓުގެ މަރުޙަލާގައި މުޙައްމަދު ސަޢީދުގެ ކިބައިން ދައްކާފައި ހުރި ހެކިތަކަކީ ޤަބޫލު ކުރެވޭ
ފެންވަރުގެ ޝަރުޢީ ހަމަތަކުން ބަލާނަމަ ބަލައިގަނެވޭ ފެންވަރުގެ ހެކިތަކެއް ނޫންކަމުގައި ދަށު ކޯޓުން
ނިންމާފައިވާކަމަށާއި ނަމަވެސް މިއުމުރުގެ މީހަކު ރަށުގައި މުޢާމަލާތަތެއް ނިންމާއިރު މިއަށްވުރެން
ބާއްވާނެ ކަމަށާއި އެހުންނާނީ ހަމައެއްގޮތަކަށްވެސް އަޅުގަނޑުމެން
ޤަބޫލުކުރެވޭ ފެންވަރެއްގައެއް ނޫންކަމަށާއި ޤާނޫނީ އެއްބަސްވުންތަކެއް ނުހުންނާނެ ކަމަށާއި ރިސިޕްޓްތަކެއް
މަށްވެސް ބުނެފައިވާކަން އެގޭއިރު އެވާހަކަތަކުންވެސް ދަޢުވާކުރާފަރާތުން އެފަރާތުގެ ދަޢުވާގައި
ބަޔާންކޮށްފައިވާކަންކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ކާފީ
ހުށަހެޅިފައި ނެތްކަން އެގެއެވެ.
(ށ) މިމައްސަލަ އިސްތިއުނާފުކުރި ފަރާތުން މިކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި
ދަޢުވާލިބޭފަރާތުން ބުނާ އަދަދުގެ ފައިސާ ދަށުކޯޓުގެ ޝަރީޢަތަށް ސާބިތުވާ ކަމަށް ކަނޑައަޅާ އެފައިސާ
ޢަބްދުﷲ ޙަމީދަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ޝަރީޢަތުން ދީފައިވުމަކީ
މައްސަލާގައި އަދުލު އިންސާފު ގެއްލިފައިވާ ކަމެއް ކަމުގައި ބުނެފައިވާއިރު މުޙައްމަދު ސަޢީދުއަށް ޢަބްދު
ޙަމީދު ދޭންޖެހޭ ކަމަށް ދަށުކޯޓުގެ ޝަރީޢަތުގައި ޢަބްދުﷲ ޙަމީދު އެއްބަސް ވެފައިވާ ފައިސާގެ މިންވަރު
04 04
91/
04
2 ހ
ދެއްކުމަށް
24 02c
ވެލް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2010/HC-A/219
ޤަޟިއްޔާ ނިމުނު ގޮ
6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކ.ދިއްފުށީ ކޯޓު( ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް) މެދުވެރިކޮށް ދައްކާނެ
ކަމަށް ޢަބްދުﷲ ޙަމީދު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނުމުން ދަޢުވާކުރާ މުޙައްމަދު ސަޢީދުގެ
ފަރާތުން ދަށުކޯޓުގައި އެކަމަށް އިންކާރުކޮށް އެމުއްދަތާމެދު އިޢުތިރާޟު ކޮށްފައިވާކަން އެގެންނެތް ހިނދު ،
އެނުކުތާއަކީ މިމަރުޙަލާގައި މިހާރު ބެލޭނެ ކަމެއް ނޫންކަން އެގެއެވެ.
(ނ) މުޙައްމަދު ސަޢީދުއަށް ދަށުކޯޓުގައި ހެކިން ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާކަމަށް
ބުނެފައިވާއިރު ދަށުކޯޓަށް ހެކިބަސް ހުށަހެޅުމުގެ ފުރުސަތަކަށް އެދިފައިވާކަން އެގެންނެތްކަމަށާއި އަދި
މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި އޭނާ ހެއްކަކު
ނުގެންދާ ކަމަށާއި އެއްވެސް ހެއްކެއް ހުށަހަޅަން ބޭނުންކަމަށްވެސް މެޖިސްޓްރޭޓަށް ނުވެސް ދަންނަވާ
ކަމަށާއި އަދި މުޙައްމަދު ސަޢީދުއާއި ޢަބްދުﷲ ޙަމީދުއާއި ދެމީހުންގެ މެދުގައި ކުރި މުޢާމަލާތާބެހޭ
ކަންތައްތައް ފޮތެއްގައި ލިޔެފައިވާކަމަށާއި ހުރިހާ ހިގަންވީގޮތް އެއިންފެންނަން ހުންނާނޭ
ކަމަށާއި އެފޮތް ފިޔަވައި އިތުރު ހެއްކެއް ދަށުކޯޓަށް މުޙައްމަދު ސަޢީދު ހުށަނާޅާ ކަމަށްވެސް ބުނެފައިވާކަން
އެގޭއިރު މުޙައްމަދު ސަޢީދު ދަށުކޯޓަށް ހުށަހެޅިކަމަށް ބުނެފައިވާ ލިޔުންތައް މިކޯޓުގެ ޝަރީޢަތަށް
ހުށަހަޅާފައިވާ ކަމާއި އެލިޔުންތަކަށް ބަލާއިރު އެލިޔުންތަކަކީ މުޙައްމަދު ސަޢީދު ހުށަހަޅާފައިމިވާ
މައްސަލާގައި އޭނާ ބަޔާންކޮށްފައިވާ ކަންކަން ސާބިތުކުރުމަށް ކާފީ ހެއްކެއް ނޫންކަން އެގޭކަމާއި
އެހެންކަމުން ދަށުކޯޓުން އެމައްސަލަ ބަލާ ނިންމެވިއިރު މައްސަލާގެ ދަޢުވާލިބޭފަރާތް ކަމަށްވާ ޢަބްދު
ޙަމީދަށް ހުވައިލައިދީ ފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން އެގޭކަމާއި އެހެން ކަމުން
ދަށުކޯޓުން އެމައްސަލަ ބަލާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލޭނޭ
އެއްވެސް ތަނެއް ނެތްކަން އެގެއެވެ.
ﷲ 8 ހއ ހތ
ކަންތައްތއް
0x4
ދެންފަހެ އިސްވެބަޔާން ކުރިކަންތައް އެގޮތުގެ މަތިން ހުރުމާއެކު ކ.ދިއްފުށި ކޯޓު (ކ.ދިއްފުށީ
މެޖިސްޓްރޭޓް ކޯޓް) ގެ ނަންބަރ 2010/I
-
3
-
C-15 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް ބެލޭނެ އެއްވެސް ތަނެއް ނެތްކަމަށް
މިމައްސަލަ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤު ވެފައިވާތީ، ކ.ދިއްފުށި ކޯޓު
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2010/HC-A/219
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް) ގެ ނަންބަރ 2010/H
-
3
-
C/15 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް
ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
t
+
އެހިރާއްޖެ
*
މާލެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv