ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/385 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/385
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 385/HC-A/2013
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ރަޝީދު
އައިޑީ ކާޑު ނަންބަރު: A064904
ދާއިމީ އެޑްރެސް: ހުވަދުމާގެ/ ބ. އޭދަފުށި
މިހާރުގެ އެޑްރެސް: ގ. ނީނަވާ
0
ހުށަހެޅުނު ތާރީޚް: 31 ޑިސެމްބަރ 2013
ނިމުނު ތާރީޚް: 19 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1948
ނިންމެވިކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނުތާރީޚް: 17 ނޮވެމްބަރު 2012
ނިމުނު ތާރީޚް: 11 އޯގަސްޓް 2013
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/385
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދައުލަތު (އެޓަރނީ ޖެނެރަލް އޮފީސް) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ، އޭދަފުށި ހުވަދުމާގެ ޢަބްދުﷲ ރަޝީދު އަށެވެ.
CCCO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިޓް
ޤަޟިއްޔާއަކީ، އޭދަފުށި ހުވަދުމާގެ
ޢަބްދުﷲ ރަޝީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A064904) މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިންސްޕެކްޓަރެއްގެ ވަޒީފާގައި ހުއްޓާ، 09 ޖެނުއަރީ 2005 ގައި މަސައްކަތަށް ފަރުވާ
ކުޑަކުރަމުންދާތީ ކަމަށްބުނެ، ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވާތީ،
އެވަޒީފާ ނުވަތަ އެވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް ލިބިދިނުމަށާއި، އަދި ވަޒީފާ އަނބުރާ ލިބުމާއި
ހަމައަށް
އަށް ލިބެންޖެހޭ މުސާރައާއި، ޢިނާޔަތްތައް ލިބިދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައިވެސް ޚިދުމަތްތައް މެދުކެނޑިފައިވާ މުއްދަތުގެ ތެރޭގައި
ކުރިއެރުންތައް ލިބިދިނުމަށްއެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
އިޗަށް ޢަބްދުﷲ ރަޝީދު ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށާއި،
މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، އޭދަފުށި ހުވަދުމާގެ،
ޢަބްދުﷲ ރަޝީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A064904} މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިންސްޕެކްޓަރ އެއްގެ ވަޒީފާގައި ހުއްޓާ، 09 ޖެނުއަރީ 2005 ގައި މަސައްކަތަށް ފަރުވާ
ކުޑަކުރަމުންދާތީ ކަމަށްބުނެ، ޤާނޫނާއި، ޤަވާޢިދާއި ޚިލާފަށް ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވާތީ،
އެވަޒީފާ ނުވަތަ އެވަޒީފާއާއި އެއްވަރުގެ އެހެން ވަޒީފާއެއް ލިބިދިނުމަށާއި، އަދި ވަޒީފާ އަނބުރާ ލިބުމާއި
ހަމައަށް ލިބެންޖެހޭ މުސާރައާއި، ޢިނާޔަތްތައް ލިބިދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ
މުއްދަތުގައި ގުނުމަށާއި، މަޤާމުގެ ކުރިއެރުން ލިބުމުގައިވެސް ޚިދުމަތްތައް މެދުކެނޑިފައިވާ މުއްދަތުގެ ތެރޭގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/385
8 6
ކުރިއެރުންތައް ލިބިދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޢަބްދުﷲ ރަޝީދު ހުށަހަޅާފައިވާ
މިމައްސަލަ ޝަރީޢަތުން ބެލިއިރުގައި،
ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރ ކަމުގެ މަޤާމުގައި ހުއްޓައި 09
ޖެނުއަރީ 2005 ގައި، އެމަޤާމުން ޢަބްދުﷲ ރަޝީދު ވަކިކުރައްވާފައިވާކަމާއި، ޢަބްދުﷲ ރަޝީދު ވަޒީފާ
އަދާކުރުމުގައި ކުރިމަތިވި މައްސަލައަކާއި ގުޅިގެން ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރެވިފައިވާކަމާއި،
ޢަބްދުﷲ ރަޝީދު ސަސްޕެންޑް ކުރުމާއި ގުޅިގެން، ތުހުމަތު ކުރެވުނު ކަންކަމަށް އެއްބަސްވެ، މަޢާފަށް އެދި
ޕޮލިސް ހެޑްކުއަޓަރިޒަށް 23 މެއި 2004 ގައި ޢަބްދުﷲ ރަޝީދު ސިޓީ ފޮނުވާފައިވާކަމާއި، މިސިޓީ ފޮނުވުމާ
ގުޅިގެން ޢަބްދުﷲ ރަޝީދަށް 02 ޖޫން 2004 ގައި އެފަދަ އިތުރު މައްސަލައެއް ތަކުރާރު ނުކުރުމަށާއި،
އިތުރަށް އެފަދަ މައްސަލައެއް ޢަބްދުﷲ ރަޝީދުގެ ކިބައިން ތަކުރާރުވެއްޖެނަމަ އިތުރު އިންޒާރެއް
ދިނުމެއްނެތި، އެކަމާމެދު ޤަވާޢިދު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަން، ޢަބްދުﷲ ރަޝީދަށް 02
ޖޫން 2004 ގައި ލިޔުމުން އަންގާފައިވަނިކޮށް، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް
ފަރުވާކުޑަވެފައިވާކަމަށް ބުނެ، ޢަބްދުﷲ ރަޝީދު އެވަޒީފާއިން ވަކިކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސް އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއިން 09 ޖެނުއަރީ 2005 ގައި ވަކިކުރެވިފައިވާކަމާއި، މިފަދައިން ޢަބްދުﷲ ރަޝީދު
އެވަޒީފާއިން ވަކިކުރެވިފައިވަނީ، އެވަޒީފާއަށް ޢަބްދުﷲ ރަޝީދު ފަރުވާކުޑަކޮށްފައިވާތީކަމަށް، މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ބުނެފައިވިޔަސް، އެކަމުގެ މައްޗަށް ޝަރީޢަތަށް ބުރަވެވޭފަދަ އެއްވެސް ހެއްކެއް
ނުވަތަ ޤަރީނާއެއްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހަޅާފައިނުވާތީ، ޢަބްދުﷲ ރަޝީދު
އެވަޒީފާއިން ވަކިކޮށްފައިވަނީ، ސަރުކާރު މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދުގެ 51 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ކަނޑައަޅައި،
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު މިއަދު 11 އޮގަސްޓް 2013 ވަނަ ދުވަހުން
ފެށިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަބްދުﷲ ރަޝީދަށް ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 03
(ތިނެއް) މަސް ދުވަހުގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށްޓަކައި، އެފައިސާ މިއަދުން ފެށިގެން 02 (ދޭއް)
މަސް ދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށާއި، އަދި ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވިފައިވަނީ ޤަވާއިދާ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/385
ޚިލާފަށްކަމަށްވާތީވެ، އިސްވެ ޙަވާލާދެވުނު 03 (ތިނެއް) މަސްދުވަހުގެ މުއްދަތު ޚިދުމަތުގެ މުއްދަތުގެ ގޮތުގައި
ހިމަނައި، ޢަބްދުﷲ ރަޝީދު ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއްފަދަ ވެގެންވާ ވަޒީފާއެއް،
މަޤާމުގެ ކުރިއެރުން ޙައްޤުވާނަމަ، މަޤާމުގެ ކުރިއެރުމާއެކު، މިއަދުން ފެށިގެން 03 (ތިނެއް) މަސް ދުވަހުގެ
ތެރޭގައި ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި ޙުކުމްކޮށްފީމެވެ. މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
¢¢ ¢ ¢
0
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1948
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމު ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، 03 (ތިނެއް)
ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން.
ފުރަތަމަ ނުކުތާއަކީ: ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއިން ވަކިކުރެވިފައި ވަނީ
ވަޒީފާއަށް އޭނާ ފަރުވާ ކުޑަކުރާތީ ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުން އެނގެން އޮންނައިރު، ޢަބްދު
ރަޝީދު ވަޒީފާއިން ވަކިކުރެވިފައިވަނީ އޭނާ ވަޒީފާއަށް ފަރުވާކުޑަކުރާތީކަން ޝަރީޢަތަށް ބުރަވެވޭ ފަދަ ހެއްކެއް
ނުވަތަ ޤަރީނާއެއްވެސް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ލިޔެކިޔުންތަކުގެ މައްޗަށް
ރިޢާޔަތް ނުކުރައްވާ ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ސަރުކާރު މުވައްޒަފުންގެ ކަންތައްތަ
ހިންގުމުގެ ޤަވާޢިދުގެ 51 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވަޒީފާ އަނބުރާ އިޢާދަކުރުމަށާއި ޢިނާޔަތްތައް ލިބިދިނުމަށް ޙުކުމްކުރައްވާފައި
ވާއިރު، ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ
އިންސާފުވެރި ގޮތަކަށް ނޫން ގޮތަކަށް ކަމަށް ކަނޑައެޅޭ ޙާލަތުގައިވެސް ވަޒީފާ އަނބުރާ ރުޖޫޢަ ކުރުމަކީ ވަޒީފާ
އަދާކުރާ ފަރާތުގެ ޙައްޤެއް ނޫން ކަމާއި، އެހެންނަމަވެސް ވަޒީފާ އަނބުރާ ރުޖޫޢަކޮށްދޭން އެދެފިނަމަ
މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމުގައި ބަލަންޖެހޭ ފެކްޓަރސްތަކަށް
ބަލައި ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަކީ، ކޯޓުތަކަށް ނުވަތަ ޓްރައިބިއުނަލަށް ލިބިގެންވާ އިޚްތިޔާރެއް
0
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/385
ކަމުގައިވާއިރު، ސިވިލް ކޯޓުގެ ޙުކުމުގައި އެކަންކަމުގެ މައްޗަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ވަޒީފާއާއި ގުޅިގެން ދެވޭ ޢިނާޔަތްތަކަކީ އެފަރާތެއް އަދާކުރާ ވަޒީފާގެ ބާވަތާއި
ޙާލަތާއި ތަނަށް ބަލައި ދެވޭ އިނާޔަތްތަކެއް ކަމަށްވާއިރު، އެކަންކަމުގެ މައްޗަށް ރިޢާޔަތް ނުކުރައްވައި ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1948 ޤަޟިއްޔާގެ ޙުކުމުގައި ޢަބްދުﷲ ރަޝީދު އަދާކުރަމުން ދިޔަ ވަޒީފާގެ
މުސާރައާއި އިނާޔަތްތައް ދިނުމަށް ކަނޑައަޅުއްވާފައިވުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
CO.
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮ ރިޕޯޓަށާއި
ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުތާތަކާއި ގުޅިގެން
ޢަބްދުﷲ ރަޝީދުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަސައްކަތަށް ފަރުވާކުޑަކޮށް، ތަކުރާރުކޮށް ނަޞޭޙަތްދީ އަދި އިންޒާރު ދިނުމުންވެސް އިޞްލާޙުވެ
ރަނގަޅު ވެފައިނުވާތީ، އޭދަފުށި/ ހުވަދުމާގެ ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި
އަދާކުރަމުންދިޔަ އިންސްޕެކްޓަރެއްގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި، 19 ޑިސެމްބަރ 2004 ދުވަހު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2004/17(HRD
(
VV-171 ”ވަޒީފާއިން ވަކިކޮށްދެއްވުމަށްއެދި
ދަންނަވާ ޗިޓް] އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމާއި ގުޅިގެން، އެއޮފީހުގެ ނަންބަރު:
(ށ)2005
/
1/x ”ވަޒީފާވަކިކުރެއްވި ޗިޓް] އިން 09 ޖެނުއަރީ 2005 ދުވަހު، ޢަބްދުﷲ ރަޝީދު ވަޒީފާއިން
ވަކިކޮށްފައިވާކަން އެނގެންއޮވެއެވެ.
10
COocox
CCCXOC
އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2004/17(HRD
(
VV-171 ”ވަޒީފާއިން ވަކިކޮށްދެއްވުމަށްއެދި ދަންނަވާ ޗިޓް، ގައި، ޢަބްދުﷲ ރަޝީދު
ވަޒީފާއިން ވަކިކުރަން ބޭނުންވާ ސަބަބުގެ ގޮތުގައި، ޢަބްދުﷲ ރަޝީދު އޭނަގެ މަސައްކަތަށް ފަރުވާކުޑަކޮށް،
ތަކުރާރުކޮށް ނަޞޭޙަތްދީ އަދި އިންޒާރު ދިނުމުންވެސް ރަނގަޅުވެފައިނުވާކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/385
&
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: (ށ)2005
/
1/”ވަޒީފާވަކިކުރެއްވި ޗިޓް“ ގައި ޢަބްދުﷲ ރަޝީދު
ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި، މަސައްކަތައް ފަރުވާކުޑަކުރާތީ ތަކުރާރުކޮށް ނަސޭޙަތްދެވި އަދި
އިންޒާރު ކުރުމުންވެސް އިޞްލާޙެއް އައިސްފައިނުވާތީކަމަށް، ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
(ނ) ޢަބްދުﷲ ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރި ތާރީޚުކަމަށްވާ 09]
ޖެނުއަރީ 2005 ގައި، އޭރު ޢަމަލުކުރެވެމުންދިޔަ ”ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 20 މެއި 2004“ ގެ
51 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ
މުވައްޒަފެއްގެ ބޭނުން ކެނޑިއްޖެ ކަމަށް ފެނުމުން، ނުވަތަ ވަޒީފާގައި ބެހެއްޓުން އެކަށީގެން ނުވާފަދަ ކަމެއް
ކުރުމުން، ނުވަތަ އެ ޤަވައިދުގައިވާ ގޮތުގެ މަތިން އިސްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ނުވެގެންކަމާއިގެ
އެގޮތުން އިސްވެ އިޝާރާތްކުރެވުނު ޤަވާޢިދުގެ 37 ވަނަ މާއްދާގައި އިސްލާޙީ ފިޔަވަޅު އެޅިދާނެ
ޙާލަތްތަކުގެ ތެރޭގައި،
މަސައްކަތަށް ފަރުވާ ކުޑަކުރުމާއި،
ހާޒިރީއަށް ފަރުވާކުޑަކުރުމާއި،
ވަޒީފާ އަދާ ކުރުމުގައި ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި ޚިލާފުވުމާއި،
މުވައްޒަފުން ހުރުމަތްތެރިކޮށް ހިތަންޖެހޭ އުޞޫލުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި،
މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ޢަމަލުތައް ކުރުމާއި
އަދި އޮފީހުގެ ނަމަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާނެ ފަދަ ގޮތަކަށް ކަމެއް ކުރުން ހިމެނޭކަމާއި،
މީގެ އިތުރުން އިޝާރާތްކުރެވުނު ޤަވާޢިދުގެ 41 ވަނަ މާއްދާގައި، މުވައްޒަފުންކުރާ ކުށްތަކާމެދު
އާންމުގޮތެއްގައި އެޅޭނެ އިޞްލާޙީ ފިޔަވަޅުތައް ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، އިޞްލާޙީ ފިޔަވަޅުތަކުގެ
ތެރޭގައި ނަސޭހަތް ދިނުމާއި، ޖޫރިމަނާ ކުރުމާއި އަދި ވަޒީފާއިން ވަކިކުރެވިދާނެ ކަމުގެ އިންޒާރު ކުރުން
ހިމެނޭކަން ބަޔާންކުރެވިފައިވާކަން އެނގެންއޮވެއެވެ.
UCO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/385
8
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޕެކްޓަރެއްގެ ވަޒީފާއިން 09 ޖެނުއަރީ 2005 ގައި،
ޢަބްދުﷲ ރަޝީދު ވަކިކޮށްފައިވަނީ، އިސްވެ އިޝާރާތްކުރެވުނު ”ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 20 މެއި
2004 ގައި ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ބަޔާންކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށްތޯ
ނުވަތަ ނޫންތޯ ބަލާއިރު؟
ޢަބްދުﷲ ރަޝީދު ޕޮލިސް ހެޑްކްއޯޓަރޒްގެ ފައިސާއާބެހޭ ސެކްޝަނުގެ ވެރިއެއްގެ ގޮތުގައި
މަސައްކަތް ކުރިއިރު، އެފަދަ މަގާމެއްގައި ހުރެގެން ޢާންމު ފަރާތްތަކާއި ގުޅުން ބަހައްޓަންޖެހޭ އުޞޫލުތަކާ
ޚިލާފަށް ޢަމަލުތައް ބަހައްޓަމުންގެންދާ ކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ޢަބްދުﷲ ރަޝީދު ޕޮލިސް
ހެޑްކްއޯޓަރޒްގެ ސެކިޔުރިޓީ ޑިވިޒަނަށް ބަދަލުކުރެވިފައިވާކަން އެނގެން އޮންނަކަމާއި، އެއަށް ފަހުވެސް
މަސައްކަތައް ފަރުވާ ކުޑަކުރަމުންދާތީ، އިޞްލާޙުވުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ނަސޭޙަތް
ދިނުމަށްފަހު، މާރާމާރީއާބެހޭ ސެކްޝަނަށް ބަދަލުކުރުމުން، ވެރިކަމުގެ ސިޔާސަތާއި އަދި ޕޮލިސް
ހެޑްކްއޯޓަރޒްގެ ވެރިން ބަދުނާމުކޮށް ފުލުސް އޮފީހުގެ ތެރޭގައި ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކި ކަމަށް
ތުހުމަތު ކުރެވުނު މައްސަލައިގައި ޢަބްދުﷲ ރަޝީދު ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާކަމާއި؟
އިސްވެ ބަޔާންކު
ލާންކުރެވުނު ގޮތުގެ މަތިން ޢަބްދުﷲ ރަޝީދު ވަޒީފާއިން ސަސްޕެންޑު ކުރުމާ ގުޅިގެން،
ޢަބްދުﷲ ރަޝީދުގެ ފުށުން ކޮމިޝަނަރ އޮފް ޕޮލިސް ހިތްހަމަނުޖެހޭ އެއްވެސް ސިފައެއް ފެނިފައިވާނަމަ،
ކޮށްދެއްވައި، ޢަބްދުﷲ ރަޝީދު ވަޒީފާއަށް ނުނިކުމެވޭގޮތަށް ސަސްޕެންޑް ކުރެވިފައިވާ
ކުރުމާމެދު ވިސްނާވަޑައިގެން، ޢަބްދުﷲ ރަޝީދަށް އަލުން އަނބުރާ ވަޒީފާއަށް ނިކުމެވޭނެގޮތް ހައްދަވައި
ދެއްވުން އެދި 23 މެއި 2004 ގައި، ކޮމިޝަނަރ އޮފް ޕޮލިސްއަށް އެޑްރެސްކޮށް ޕޮލިސް ހެޑްކްއޯޓަރޒަށް
ޢަބްދުﷲ ރަޝީދު ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއިގެ
23 މެއި 2004 ގައި ޕޮލިސް ހެޑްކްއޯޓަރޒަށް ޢަބްދުﷲ ރަޝީދު ފޮނުވި ސިޓީއާއި ގުޅިގެން،
ޢަބްދުﷲ ރަޝީދުގެ ޢަމަލުތައް ހުންނަގޮތާއި، އަދި ޕޮލިސް ހެޑްކްއޯޓަރޒްއިން ޢަބްދުﷲ ރަޝީދުއާމެދު
ޢަމަލުކޮށްފައިވާ ގޮތްބަޔާންކޮށް، އިތުރު މައްސަލައެއް ތަކުރާރު ނުކުރުމަށާއި، އިތުރު އެފަދަ މައްސަލައެއް
ޢަބްދުﷲ ރަޝީދުގެ ކިބައިން ތަކުރާރުވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމެއް ނެތި އެކަމާމެދު ޤަވާއިދު ތަންދޭ
ހދީ 9%|
އެކަމެއް މަޢާފުކޮށްގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/385
އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަން އަންގައި، 2 ޖޫން 2004 ގައި ޢަބްދުﷲ ރަޝީދަށް ލިޔުމުން އިންޒާރު
ދީފައިވާކަން އެނގެންއޮންނަކަމާ
2 ޖޫން 2004 ގައި ޢަބްދުﷲ ރަޝީދަށް ލިޔުމުން އިންޒާރު ދިނުމަށްފަހު، އަލުން އަނބުރާ
ވަޒީފާއަށްނެރެ ދޫނިދޫ ޑިޓެންޝަން ސެންޓަރުގެ އިސްވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލު ކުރެވިފައިވާކަމާއި،
ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި، ސެންޓަރުގެ އިސްވެރިޔާގެ އެހީތެރިޔާގެ މަގާމަށް ޢަބްދުﷲ ރަޝީދު ބަދަލު
ކުރުމަށްފަހުވެސް، ނުކިޔަމަންތެރިކަމާއި ނޭންގާނީކަން ދެއްކުމާއި، ދިމާވަމުންދާ މައްސަލަތަކާމެދު ފުންކޮށް
ވިސްނާ އިޞްލާޙް ވުމުގެ ބަދަލުގައި ދޫނިދޫގައި ހިނގާ އެއްވެސް ކަމަކާ އަޅާ ނުލުމާއި ދޫނިދޫއަށް ތަޙްޤީޤަށްދާ
ކުދިން ކައިރީ އާއި ދޫނިދޫގައި ވަޒީފާ އަދާކުރަމުންދާ މީހުން ކައިރީވެސް ޢަބްދުﷲ ރަޝީދުގެ ހިތްހަމަ
ނުޖެހުމުގެ ޝުޢޫރުތައް ފާޅުކޮށް ދައްކަމުން ގެންދާ ވާހަކަތަކުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި
ތަޙްޤީޤަށްދާ މީހުންނަށް ނުރަގަޅު އަސަރު ފޯރަމުންދާތީ، އެފަދަ ޒިންމާދާރު މަޤާމެއްގައިހުރެ ޢަބްދު
ރަޝީދުގެ ޢަމަލުތައް ބަހައްޓާގޮތުން، ޕޮލިސް ހެޑްކްއޯޓަރޒްގެ ދާއިރާގައި ޢަބްދުﷲ ރަޝީދު ބެހެއްޓެން
ނެތުމުން ފެނިވަޑައިގަންނަވާ ގޮތަކަށް ޢަބްދުﷲ ރަޝީދުއާމެދު ޢަމަލުކުރެއްވުމަށް އެދި، މިނިސްޓަރ އޮފް
ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ލެފްޓިނެންޓް ޖެނަރަލް ޢަބްދުއްސައްތާރު އަންބަރީއަށް
އެޑްރެސްކޮށް، ޕޮލިސް ހެޑްކްއޯޓަރޒްގެ ނަންބަރު 28
/
2004
/
148-2-NSS (25 ޖުލައި 2004) ސިޓީއިން
އެދިފައިވާކަން
އެނގެން އިފިއެވެ.
(ބ) އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ”ސަރުކާރު މުވައްޒަފުންގެ ޤަވާޢިދު 20 މެއި
2004“ ގެ 37 ވަނަ މާއްދާގައި އިސްލާޙީ ފިޔަވަޅު އެޅިދާނެ ޙާލަތްތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ
ޙާލަތްތަކުގެ ދަށުން، އެ ޤަވާއިދުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރެއިން،
ނަސޭޙަތްދިނުމާއި އަދި ވަޒީފާއިން ވަކިކުރެވިދާނެކަމުގެ އިންޒާރު ޢަބްދުﷲ ރަޝީދަށް ދެވިފައިވާކަމާއި، 2
ޖޫން 2004 ގައި ޢަބްދުﷲ ރަޝީދަށް ލިޔުމުން އިންޒާރު ދިނުމަށްފަހު، އަލުން އަނބުރާ ވަޒީފާއަށްނެރެ
ދޫނިދޫ ޑިޓެންޝަން ސެންޓަރުގެ އިސްވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލު ކުރެވިފައިވާކަން އެނގެން
އޮންނައިރު، އެ މަގާމަށް ޢަބްދުﷲ ރަޝީދު ބަދަލު ކުރުމުންވެސް ނުކިޔަމަންތެރިކަމާއި ނޭންގާނީކަން
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/385
ދެއްކުމާއި، ދިމާވަމުންދާ މައްސަލަތަކާމެދު ފުންކޮށް ވިސްނާ އިޞްލާޙް ވުމުގެ ބަދަލުގައި ދޫނިދޫގައި ހިނގާ
އެއްވެސް ކަމަކާ އަޅާ ނުލުމާއި ދޫނިދޫއަށް ތަޙްޤީޤަށް ދާ ކުދިން ކައިރީ އާއި ދޫނިދޫގައި ވަޒީފާ އަދާކުރަމުންދާ
މީހުން ކައިރީވެސް ޢަބްދުﷲ ރަޝީދުގެ ހިތްހަމަ ނުޖެހުމުގެ ޝުޢޫރުތައް ފާޅުކޮށް، ދައްކަމުން ގެންދާ
ވާހަކަތަކުން ތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ތަޙްޤީޤަށްދާ މީހުންނަށް ނުރަގަޅު އަސަރު
ފޯރަމުންދާތީ، ޢަބްދުﷲ ރަޝީދު ވަޒީފާއިން ވަކިކުރެވިފައިވަނީ، އޭރު ޢަމަލުކުރެވެމުންދިޔަ ސަރުކާރު
މުވައްޒަފުންގެ ޤަވާޢިދު 20 މެއި 2004“ ގެ
51 ވަނަ މާއްދާއާ
މަތިންކަން
އެނގެންއޮވެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާގައި، އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުންނަށް އެއްބަސް
ޑ 0 ޑ
وی وی مریم دم
CCCXOS
.ބަސްވެވެއެވެ.
ޙުކުމް:
40,
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޢަބްދުﷲ ރަޝީދު މޯލްޑިވްސް
ޕޮލިސް ސަރވިސްގެ އިނިސްޕެކްޓަރެއްގެ ވަޒީފާއިން 09 ޖެނުއަރީ 2005 ގައި ވަކިކޮށްފައިވަނީ، އިތުރު
މައްސަލައެއް ޢަބްދުﷲ ރަޝީދުގެ ކިބައިން ތަކުރާރުވެ
ކުރާރުވެއްޖެނަމަ އިތުރު އިންޒާރެއް ދިނުމެއް ނެތި އެކަމާމެދު
ޤަވާޢިދު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަން އަންގައި، 2 ޖޫން 2004 ގައި ޢަބްދުﷲ ރަޝީދަށް
ލިޔުމުން އިންޒާރު ދީ، ދޫނިދޫ ޑިޓެންޝަން ސެންޓަރުގެ އިސްވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލު
ކުރުމުންވެސް އިޞްލާހްވެފައި ނުވާތީ، އެފަދަ ޒިންމާދާރު މަޤާމެއްގައިހުރެ ޢަބްދުﷲ ރަޝީދުގެ ޢަމަލުތައް
ބަހައްޓާގޮތުން، ޕޮލިސް ހެޑްކްއޯޓަރޒްގެ ދާއިރާގައި ޢަބްދުﷲ ރަޝީދު ބެހެއްޓެން ނެތިގެންކަން އެނގެން
އޮންނާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1948 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
4
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv