ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/110 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/110
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 110/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ލަޠީފު
އައިޑީ ކާޑު ނަންބަރު: A036306
އިމީ އެޑްރެސް: ދަފްތަރު ނަންބަރު 1044
އެޑްރެސް: ފ.ނަޔާރޯޝަން / މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 19 ޖުމާދަލްއާ
ހިލްއާޚިރާ 1432
ނިމުނު ތާރީޚް: 03 ރަބީޢުލްއައްވަލު 1434
ޖެނުއަރީ
22
2011
15
2013
0
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/Cr
-
C/1756
• ނިންމެވި ކޯޓް: ކްރިމިނަލްކޯޓް
• މައްސަލައިގެ ބާވަތް: މާރާމާރީ ހިންގުން
• މައްސަލަ ބެލި މަޖްލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯ"
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
'2
2011/HC-A/110
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1756 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް
.ގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު ނަންބަރު
1044 (ޅ.ނަޔާރޯޝަން) އަޙްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް
IF
I 8
401 ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1756 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ހ.އެމެޓީ ޙަސަން ވަޙީދުއާއި ދަފްތަރު ނަންބަރު 1044
(ޅ.ނަޔާރޯޝަން) އަޙްމަދު ލަޠީފުއާއި ދެމީހުން 2008 އެޕްރީލް 3 ވަނަ ދުވަހުގެ 19:30
އެހައިކަންހާއިރު " އަލްސްމާރޓް" ފިހާރަތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މިދެމީހުން އެކަކު އަނެކަކު
ގަޔަށް އަތްލާ މާރާމާރީ ހިންގާފައިވާތީއާއި، މިމާރާމާރީގެ ސަބަބުން ޙަސަން ވަޙީދު އާއި އަޙުމަދު ލަތީފަށް
އަނިޔާ ވެފައިވާކަން މިދެމީހުންގެ މެޑިކޯ ލީގަލް ރެކޯޑުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 24/76
(ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 58 ވަނަ މާއްދާގެ ދަށުން
ޙަސަން ވަޙީދުއާއި އަޙްމަދު ލަޠީފުގެ މައްޗަށް އަމަން ނަގާލުމުގެ ކުށުގެ ދަޢުވާ ކުރެއްވުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ހ.އެމެނިޓީ ޙަސަން ވަޙީދުއާއި މާލޭ މުނިސިޕަލްޓީގެ
ދަފްތަރު 1044 އަޙްމަދު ލަޠީފްއާ ދެމީހުން 3 އޭޕްރީލް 2008 ދުވަހުގެ ރޭ 07:30 ހާއިރު އަޙްމަދު
ލަތީފްގެ "އަލްސްމާޓް" އެވެ ކިޔާ ފިހާރަތެރޭގައި މިދެމީހުން އެކަކު އަނެކަކުގެ ގަޔަށް އަރައި މަރާމާރީ
ހިންގާފައިވާކަމަށް ވިދާޅުވެ މިދެމީހުންގެ މައްޗަށް ދައުލަތުން ދަޢުވާކުރެއްވި މައްސަލާގައި، މިދެމީހުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/110
coc
ދީފައިވާ ބަޔާނަށާއި މެޑިކޯ ލީގަލް ރެކޯޑަށް ބަލާއިރު މިދެމީހުން މަރާމާރީ ހިންގިކަން ސާބިތުވާތީ، މަރާމާރީ
ހިންގުމުގެ ކުށުން ޙަސަން ވަޙީދުއާއި އަޙްމަދު ލަޠީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން މިއިން ކޮންމެ މީހަކު -/200ރ.
(ދުއިސައްތަ) ރުފިޔާއިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މިކޯޓަށް
ދެއްކުމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ" މިފަދައިންނެވެ.
02
OXOC
ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1756 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދަފްތަރު ނަންބަރު
1044 (ހ.ނަޔާރޯޝަން) އަޙްމަދު ލަތީފުގެ ފަރާތުން 10 (ދިހައެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، މިމައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހަޅާފައިވަނީ
ޤާނޫނު ނަންބަރު 24/77 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު، އަދި ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑާއި ޚިލާފަށް ހެކިހުށަހެޅިގެން
ދިޔަ އިރުވެސް އެކަންކަމަށް މައްސަލަ ބެއްލެވުމުގައި މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކޮށްފައި ނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، މިމައްސަލާގައި އަޙްމަދު ލަޠީފު ޢަމަލުކޮށްފައިވަނީ އަމިއްލަ ނަފްސު
ދިފާޢުކުރުމުގައިކަން ކަނޑައެޅިގެން އެނގެން އޮތް ހިނދު، އަދި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ދަށުން އަޙްމަދު ލަޠީފް ޢަމަލުކޮށްފައިވަނީ އަމިއްލަ ދިފާޢުގައި ކަމަށް ބެލެވޭ، އަދި މާރާމާރީ އެއްކަމަށް
ބެލެވުމުގައި އެކަށީގެންވާ ފަދަ ޝައްކެއް އޮތްކަމެއްގައި، މައްޗަށް ޖިނާއީ މައްސަލައެއް
ސާބިތުކޮށްގެން ނުވާނެކަމަށް ކަނޑައެޅިގެން ބުނެފައިވާއިރު، މިމައްސަލަ ނިންމެވުމުގައި މައްސަލަ ބެއްލެވި
ޤާޟީ ޤާނޫނުއަސާސީއާއި ޚިލާފުވެވަޑައިގެންފައިވާކަމަށް ޤަބޫލުކުރެވޭކަމަށް ބުނެ ހުށަހެޅި ނުކުތާ
އޭނާގެ
cox >
ދިވެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/110
(ނ) ތިންވަނަ ނުކުތާއަކީ، މައްސަލާގައި ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ޙަސަން ވަޙީދުއާއި
އަޙްމަދު ލަތީފްގެ ހެކިބަސް ކަމަށްވާއިރު، އަދި ދެފަރާތުންވެސް އެކަކު އަނެކަކުގެ ގައިގައި ޖަހާ މާރާމާރީ
ހިންގާފައި ނުވާނެކަމަށް ބުނާއިރު، ހަމައެކަނި މެޑިކޯ ލީގަލް ރިކޯޑަށް ބައްލަވައި ޖިނާއީ މައްސަލަތައް
ސާބިތުކުރަންޖެހޭ މިންގަނޑުން މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ތ) ހަތަރުވަނަ ނުކުތާއަކީ، މިމައްސަލާގައި ދައުލަތުން ދަޢުވާކުރައްވާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ
58 ވަނަ މާއްދާގެ ދަށުން ކަމަށްވާއިރު، ނިޔާކަނޑައެޅުމުގައި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް
ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ، އަޙްމަދު ލަޠީފް އޭނާގެ ފިހާރާގައި ހުއްޓައި، ޙަސަން ވަޙީދު
ފިހާރައަށް ދިޔަކަމަށް އޭނާގެ އިޢުތިރާފުން ސާބިތުވެ އެނގެންއޮތް ހިނދު، އަދި ޙަސަން ވަޙީދު އެ
ފިހާރައަށް ދިޔައީ ވިޔަފާރިކުރިކަމުގެ ނިޔަތުގައި ނޫންކަން އެނގެންއޮތް ހިނދު، އަދި މައްސަލާގައި
އަޙްމަދު ލަތީފަށް އިސްވެ ޙަމަލާދިނީ ޙަސަން ވަޙީދުކަން އެނގެން އޮތްއިރު، އެކަމަށް މައްސަލަ
ނިންމެވުމުގައި ބައްލަވާފައިނުވުމާއި، ޖިނާއީ މައްސަލައެއްގައި މީހަކު މައްޗަށް ކުށް ސާބިތުކުރުމުގެ
ކުރިން، އެމީހަކު އެކުރި ކުށުގެ ޢަމަލާއި ނިޔަތް އެކަށީގެންވާވަރެއްގެ ޝައްކެއް ނެތްމިންވަރަށް ދައުލަތުން
ސާބިތުކޮށްދޭންޖެހޭއިރު، މިމައްސަލާގައި މަރާމާރީ ހިންގުމަށް އަޙްމަދު ލަޠީފް އެއްވެސް ތަނަކަށް ގޮސްފައި
ނުވުމުންނާއި، އަދި އަޙްމަދު ލަޠީފް އޭނާގެ އަމިއްލަ ފިހާރާގައި ހުއްޓައި ޙަސަން ވަޙީދު އައިސް މަރާމާރީ
ހިންގާފައިވުމުން، ހިނގައިދިޔަ ޙާދިސާގައި މަރާމާރީ ހިންގުމުގެ ނިޔަތް އެއްވެސް ވަރަކަށް އަޙްމަދު
ލަޠީފްގެ އޮތްކަމަށް ދައުލަތުން ސާބިތުކޮށް ނުދެވެނީސް މިމައްސަލާގައި އަޙްމަދު ލަޠީފް ކުށްވެރިވެއްޖެކަމަށް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ޅ) ހަވަނަ ނުކުތާއަކީ، ޤާނޫނުލް ޢުޤޫބާތުގެ 23 ވަނަ މާއްދާގައި ނުބައި ނިޔަތެއްނެތި ޤާނޫނާއި
އެއްގޮތްވާގޮތަށް އެކަށީގެންވާ ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު
ކުރާކަމަކުން
ދިމާވާ ނުވަތަ މެދުވެރިވާ
ދެރައަކީ، ނުވަތަ ބަދު ނަސީބަކީ، އެޢަމަލުކުރި ފަރާތުގެ ކުށެއް ނޫންކަމަށް ބަޔާންކޮށްފައިވާއިރު،
އެކަންކަމަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
2011/HC-A/110
(ޅ) ހަތްވަނަ ނުކުތާއަކީ، ޤާނޫނުލް ޢުޤޫބާތުގެ 25 ވަނަ މާއްދާގައި ތިމާގެ އަމިއްލަ ނަފްސު
ދިފާޢުކުރުމަށްޓަކައި ކުއްލިއަކަށް ކުރާކަމަކީ ކުށެއް ނޫންކަމަށް ކަނޑައެޅިގެން ބުނެފައި އޮތްހިނދު، އަދި
ޝަރީޢަތުގެ މަޖިލީހުގައި އެވާހަކަ ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އަދި މައްސަލާގައި ހުށަހަޅާފައިވާ
ހެކިތަކުން އަޙްމަދު ލަޠީފް ޢަމަލުކޮށްފައިވަނީ އަމިއްލަ ނަފްސު ދިފާޢުކުރަންކަން ކަނޑައެޅިގެން އެނގެން
އޮތްއިރު، މިމައްސަލާގައި ޙުކުމްކުރައްވާފައިވާ ގޮތުން އަޙްމަދު ލަތީފަށް ޤާނޫނުއަސާސީއާއި ޤާނޫނުން
ލިބިދީފައިވާ އޭނާގެ ނަފްސު ދިފާޢުކުރުމުގެ ޙައްޤުން މަޙްރޫމްވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ކ) އަށްވަނަ ނުކުތާއަކީ، ޤާނޫނުލްޢުޤޫބާތުގެ 25 ވަނަ މާއްދާގެ ދަށުން، އަޙްމަދު ލަޠީފް އޭނާގެ
އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ތެރޭގައި ޙަސަން ވަޙީދަށް ލިބުނު އެއްވެސް ގެއްލުމަކަށް ޛިންމާވާން
ނުޖެހޭ ހިނދު، އަދި އެކަން ޤާނޫނުލްޢުޤޫބާތުގެ 23 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަ
ހިނދުވެސް، އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
..,
(ކ) ނުވަވަނަ ނުކުތާއަކީ، ތަޙުޤީޤަށް ދީފައިވާ ބަޔާންތައް، ދައުލަތުން ޝަރީޢަތަށް އިއްވަވައި
އެބަޔާންތައް ޞައްޙަތޯ ސުވާލުކޮށް ޙަސަން ވަޙީދުގެ އަތުން ހެކިބަސް ނަގާފައިވުމުން ދައުލަތުން
"ވިޓްނެސް ލީޑް" ކޮށްފައިވާކަން އެނގޭކަމާއި، އަދި ޙަސަން ވަޙީދަކީ ދަޢުވާލިބޭ ފަރާތަކަށްވެފައި،
މިމައްސަލައަކީ ޙަސަން ވަޙީދާއި އަޙްމަދު ލަޠީފް ދެމެދުގައި ހިނގިކަމަކަށްވެފައި، އަޙްމަދު ލަތީފާ ދެކޮޅަށް
ޙަސަން ވަޙީދު ދޭ ބަޔާނަކީ ނުވަތަ ހެކިބަހަކީ އެބަޔާނުގައި ނުވަތަ ހެކި ބަހުގައި ޝައްކު އުފެދުމުގެ
ފުރުޞަތު އޮތް ބަޔާނެއް ނުވަތަ ހެކިބަހަކަށް ވުމާއި، އަދި މިމައްސަލާގައި ޙަސަން ވަޙީދުގެ ބަހަށް
އިތުބާރު ނުކުރެވޭނެކަން އެނގޭހިނދުވެސް، ވިޓްނެސް ލީޑް ކުރަން ދައުލަތުން ފުރުޞަތު ދެއްވުމަކީ ޢަދަލު
އިންސާފު ގެއްލިގެން ހިނގައިދާނެކަމެއްކަން ކަނޑައެޅިގެން އެނގެން އޮންނަހިނދު، އަނިޔާވިމީހާ،
(އަޙްމަދު ލަޠީފް) ކުށްވެރިކުރުމަށް ދައުލަތުން އަނިޔާކުރިމީހާ އަދި ދަޢުވާލިބޭ އެއްފަރާތް (ޙަސަން ވަޙީދު
މެދުވެރިކޮށް ވިޓްނެސް ލީޑް ކުރަން ޝަރީޢަތުން ފުރުޞަތު ދެއްވައި، އެހެކިބަހަށް ޝައްކުކުރެވޭ އިރުވެސް
އެހެކިބަހަށް އިތުބާރުކޮށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2011/HC-A/110
(އ) ދިހަވަނަ ނުކުތާއަކީ، ފިހާރަ ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާއި
އަދި އެނޫންވެސް ކޮންމެ ފަރާތަކީ އެފަރާތެއްގެ ޖާނާއި މާލު، ފޭރޭ މީހުންނާއި، ގޭންގް މެންބަރުންނާއި
ވަގުންނާއި މިފަދަ، މުޖުތަމަޢުގެ އަމާންކަން ނަގާލާ ފަރާތްތަކުގެ ޢަމަލުތަކުން ދިފާޢުވުމަށްޓަކައި އަބަދާއި
އަބަދު މަސައްކަތްކުރަންޖެހިފައިވާ ފަރާތްތަކެއްކަން ހަމަބުއްދީގެ އުޞޫލުތަކުން ވިސްނުމުންވެސް
ޤަބޫލުކުރެވޭއިރު، މިފަދަ ފަރާތްތަކުގެ ޝިކާރައަށްވާ މީހުންނަށް އިތުރަށް އަނިޔާވާ ގޮތަށް މައްސަލަތައް
ނިންމެވުމުގެ ސަބަބުން މުޖުތަމަޢުގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބޭނެކަން ކަނޑައެޅިގެން އެނގެން
އޮތްއިރު، "ގޭންގް ރިލޭޓަޑް ކްރައިމްސް" އަށް މަގުފަހިވާ ގޮތަށް ޕަބްލިކް ޕޮލިސީއާއި ޚިލާފަށް ދައުލަތުގެ
ނަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާކުރައްވައި އަދި އެކަމަށް ބެއްލެވުމެއް ނެތި، މައްސަލަ ބެއްލެވި
ޤާޟީ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1756 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހޭ ކަމަށްބުނެ ދަފްތަރު ނަންބަރު 1044 (ހ.ނަޔާރޯޝަން) އަޙްމަދު ލަޠީފުގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ކްރިމިނަލްކޯޓުގެ ނަންބަރު 2010/Cr-C/1756 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހ.އެމެނެޓީ ޙަސަންވަޙީދު އާއި
ދަފްތަރު 1044 އަޙުމަދު ލަތީފުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ޤާނޫނު ނަންބަރު 24/76 ހެއްކާބެހޭ
ޤާނޫނުގެ" ގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 58 ވަނަ މާއްދާގެ ދަށުން
މިދެމީހުން
މީހުންގެ މައްޗަށް އަމަން ނަގާލުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮންނައިރު، މިދަޢުވާ ސާބިތުކުރުމަށް
ދައުލަތުގެ ފަރާތުން ކްރިމިނަލްކޯޓަށް ހުށަހަޅާފައިވަނީ، މިދެމީހުންގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ
ބަޔާންތަކާއި، މިދެމީހުންގެ މެޑިކޯ ލީގަލް ރިޕޯޓުން ދެމީހުންނަށް އަނިޔާވެފައިވާކަން އެނގެން އޮތް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2011/HC-A/110
coc
ލިޔުންކަމާއި މި ނޫން އިތުރު އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސް ނެތްކަމަށް ދައުލަތުގެ ފަރާތުން
ބުނާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން އަޙުމަދު ލަތީފުގެ ފަރާތުން ކްރިމިނަލްކޯޓަށް ދީފައިވާ
ބަޔާނުގައި އޭނާގެ ފިހާރައެއްކަމުގައިވާ " އަލްމާރސްޓް" ފިހާރައިގައި އިންދާ ޙަސަން ވަޙީދު އައިސް
އޭނާގެ އަނގަމަތީގައި އަތުން ޖަހާ ފަޅާލުމަށްފަހު އޭނާގެ ބޮލުގައި ޖެހުމުން، އަޙުމަދު ލަތީފުގެ އަމިއްލަ
ދިފާޢުގައި ކުރިމަތިލި ނަމަވެސް ޙަސަން ވަޙީދަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ނޭނގޭކަމަށް
ބުނާއިރު، ޙަސަން ވަޙީދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި ޙަސަން ވަޙީދު، އަޙުމަދު
ލަތީފާއި ބައްދަލުކުރުމަށް އަޙުމަދު ލަތީފުގެ " އަލް މާރސްޓް" ފިހާރައަށް ދިޔުމުން އަޙުމަދު ލަތީފު ވަރަށް
ބަރު އެއްޗަކުން ޙަސަން ވަޙީދުގެ މޫނުމަތީގައި ޖެހިކަމަށާއި، ޖެހީމާ ޙަސަން ވަޙީދު ފިހާރައިން ނުކުމެން
އައީކަމަށް ބުނެފައިވާ ކަން އެނގޭއިރު، މިދެމީހުންވެސް އެކަކު އަނެކެއްގެ ގައިގައި ނުޖަހާ ކަމަށް ބުނެ
ދައުލަތުގެ ފަރާތުން ކުރި ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، އަޙުމަދު ލަތީފުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާފައިވަނީ
ޤާނޫނުލް ޢުޤޫބާތުގެ 58 ވަނަ މާއްދާގެ ދަށުން އަމަންނަގާލުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮތްނަމަވެސް
އަޙުމަދު ލަތީފުގެ މައްޗަށް ކުށް ސާބިތުވެ އަދަބު ކަނޑައަޅާފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ 126 ވަނަ
މާއްދާގެ ދަށުން މާރާމާރީ ހިންގުމުގެ ކުށެއްކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1756
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ކޯޓަށް ހުށަހެޅޭ ޖިނާއީ
ދަޢުވާތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެދޭ އެދުމެއްނެތި، ދައުލަތުގެ ފަރާތުން ހުށަހަޅާ
ދަޢުވާފިޔަވައި އެހެން ދަޢުވާއަކަށް ދަޢުވާގެ ޤާނޫނީ ސިފަކުރުން ބަދަލުކުރުމަކީ ފަނޑިޔާރުންނަށް ލިބިގެންވާ
ބާރެއްނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 152/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅައި
ޤާއިމުކުރައްވާފައިވާ އުސޫލަށް ބެލުމުން އެނގޭކަމާއި، އަޙުމަދު ލަތީފުގެ މައްޗަށް ދައުލަތުގެ ފަރާތުން
ދަޢުވާ ކޮށްފައިވާ އަމަންނަގާލުމުގެ ކުށުގެ ދަޢުވާގެ ސިފަކުރުން ބަދަލުކޮށް އަޙުމަދު ލަތީފުގެ މައްޗަށް ކުށް
:
ވާ،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
8
2011/HC-A/110
ސާބިތުވަނީ މާރާމާރީ ހިންގުމުގެ ކުށުގެ މައްޗަށް ކަމަށް ކްރިމިނަލްކޯޓުން ކަނޑައަޅާފައިވަނީ ދަޢުވާގެ
ސިފަކުރުން ބަދަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދުނު އެދުމެއްގެ މައްޗަށް
ބިނާކޮށްގެންކަން ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
ޑ ތކތ ހ ކ ވ
އފގeކ19
Iccoc
I
(ހ) ހަތަރުވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ” މިހެންކަނޑައެޅި
ބަޔާންވެގެން އޮތުމުން، ޖިނާއީ މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވައި އެހެނިހެން
މައްސަލަތަކުގައި ކުށް ސާބިތުވި ކަމަށް ބަލަން ޖެހޭ މިންގަނޑަކީ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި، ކުށް ސާބިތުވުމުގެ މިންގަނޑުކަމާއި، މި މިންގަނޑަށް ރިޢާޔަތްކޮށް ދައުލަތުގެ
ފަރާތުން މި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ހެކި ތަކުގެ މައްޗަށް ބަލާއިރު، ޙަސަން ވަޙީދުވެސް
އަދި އަޙުމަދު ލަތީފުވެސް އެކަކު އަނެކެއްގެ ގަޔަށްއަތްލާ މާރާމާރީ ހިންގާފައިނުވާނޭ ކަމަށް ބުނެ ދައުލަތުގެ
ފަރާތުން ކުރި ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގެން އޮންނައިރު، މިދެމީހުން އެކަކު އަނެކަކާއި
މާރާމާރީ ހިންގިކަމުގެ މައްޗަށް ޙުއްޖަތް ޤާއިމުކޮށް ދިނުމަށް ދައުލަތުގެ ފަރާތުން މިދެމީހުންގެ މެޑިކޯ
ލީގަލް ރިޕޯޓު ފިޔަވާ އިތުރު އެހެން އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއްވިޔަސް ހުށަހަޅާފައި ނުވާކަމާއި،
މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އަޙުމަދު ލަތީފާއި ޙަސަން ވަޙީދަށް އެކިވަރުގެ ގެއްލުންތަކެއް
ލިބިފައިވާކަން އެނގެން އޮތްނަމަވެސް، މި ރިޕޯޓަކީ އޭގެ ޒާތުގައި އަޙުމަދު ލަތީފުގެ ފަރާތުން ޙަސަން
ވަޙީދަށް ޤަސްދުގައި އަނިޔާކުރިކަން ނުވަތަ ގެއްލުންތަކެއް ދިންކަން އެރިޕޯޓުގެ މައްޗަށް އެކަނި ބުރަވެހުރެ
ސާބިތުކުރުމަށް ފުދޭނެ ހެއްކެއް ނޫންކަމާއި، މިހެންކަމުން ގުޅިފައިވާ ހަރުދަނާ އިތުރު ހެކިތަކާއި
ޤަރީނާތަކެއް ނެތަސް އަޙުމަދު ލަތީފުގެ ފަރާތުން ޙަސަން ވަޙީދަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި
މާރާމާރީއެއް ހިންގާފައިވާކަން ހަމައެކަނި ހުށައެޅި ލެޑިކޯ ލީގަލް ރިޕޯޓަށް ބަލާ، އެކަން ޖިނާއި
މިންގަނޑުން ސާބިތުނުވާ
cccc
ންވެކަން އެނގއެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/110
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1756 ޤަޟިއްޔާގައި އަޙުމަދު ލަތީފުގެ
މައްޗަށް ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލުގެންނަން ޖެހޭނެކަމަށެވެ.
| ޙުކުމް
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ކްރިމިނަލްކޯޓުގެ ނަންބަރު
2010/Cr
-
C/1756 ޤަޟިއްޔާގައި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 1044 އަޙުމަދު ލަތީފުގެ
މައްޗަށް މާރާމާރީ ހިންގުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި އަދި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ޤާނޫނުލްޢުޤޫބާތުގެ 126 ވަނަ މާއްދާގެ ދަށުން އަޙުމަދު ލަތީފު 200 ( ދުއިސައްތަ) ރުފިޔާއިން
ޖޫރިމަނާކޮށް އެފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމްގެ އެބައި ބާތިލުކުރަން ޖެހޭކަމަށް މިމައްސަލަ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ކްރިމިނަލްކޯޓުގެ ނަންބަރު 2010/Cr-C/1756
ޤަޟިއްޔާގައި އަޙުމަދު ލަތީފުގެ މައްޗަށް ކޮށްފައިވާ ޙުކުމްގެ އެބައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާތިލުކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
.ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv