ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/89 ޤަޟިއްޔާގެ ޙުކުމް
2010/HC-A/89
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 89/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަލީ ޚާލިދު
ކާޑު ނަންބަރު: A054248
5105 .
ދާއިމީ އެޑްރެސް: މމމ ދަފްތަރު
މިހާރުގެ އެޑްރެސް: މ. ވައިޓްޝެޑޯ
އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: ޙަސަން ޤާސިލް
ކާޑުނަންބަރު: A066405
*
އެޑްރެސް: ނީލޯފަރުގެ { ރ. އިނގުރައިދޫ
މިހާރުގެ އެޑްރެސް: ނީލޯފަރުގެ/ ރ. އިނގުރައިދޫ
2- * ނަން: މުޙައްމަދު މުޞްޠަފާ
* އައިޑީ ކާޑުނަންބަރު: A066404
އެޑްރެސް: މީނާޒްވިލާ / ރ. އިނގުރައިދޫ
މިހާރުގެ އެޑްރެސް: މީނާޒްވިލާ! ރ. އިނގުރައިދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޖުމާދަލްއޫލާ 1431
21 އޭޕްރިލް 2010
ނިމުނު ތާރީޚް: 13 ޛުލްޤައިދާ 1432
11 އޮކްޓޯބަރ 2011
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/1939
ނިންމެވި ފަރާތް: މަދަނީކޯޓު
• ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 06.11.2008
ނިމުނުތާރީޚް: 19.01.2018
މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖިލިސް
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
2
2010/HC-A89
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1939 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ މާލޭ މުނިލްސްޕަލްޓީގެ ޙާއްސަ ދަފްތަރު
ނަންބަރު: 5105 ޢަލީ ޚާލިދު ގެ ފަރާތުން އިސްތިޢުނާފުކުރުމަށް ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 89/HC
-
A/2010 ޤަޟިއްޔާއެވެ.
ޢަލީ ޚާލިދުގެ ފަރާތުން އިސްތިޢުނާފް ރައްދުވާފަރާތަކީ ރ.އިނގުރައިދޫ ! ނިލޯފަރުގެ
ޙަސަން ޤާސިމާއި ރ.އިނގުރައިދޫ މީނާޒްވިލާ، މުޙައްމަދު މުޞްތަފާއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު: 2008;IC/1939 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ރ.އިނގުރައިދޫ ގެ ނިލޯފަރުގެ، ޙަސަން ޤާސިމްއި ރ.އިނގުރައިދޫ { މީޔާޒްވިލާ، މުޙައްމަދު
މުސްތަފާގެ މައްޗަށް، ޢަލީ ޚާލިދު ފަރާތުން ހުށަހަޅާފައިވެއެވެ.
އަކު
2. މަދަނީކޯޓުގެ ނަންބަރު: 2008/MC/1939 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
ރ.އިނގުރައިދޫ / ނީލޯފަރުގެ ޙަސަން ޤާސިމާއި، ތ.އިނގުރައިދޫ ! މީނާޒްވިލާ މުޙައްމަދު މުޞްތަފާ
އާއި، މާލޭ ދަފްތަރު ނަންބަރު: 5105 (މ.ލައިޓް ޝެޑޯ) ޢަލީ ޚާލިދާއި ދެމެދު ކުރެވިފައިވާ
އެގްރީމެންޓެއްގެ ދަށުން ޢަލީ ޚާލިދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ލިމްނާ" ނަމަކަށް ކިޔާ ދޯނި
އަނގަމަތި ދޯންޏެއްގެ ގޮތުގައި ވަނިކޮށް ޙަސަން ޤާސިމާއި، މުޙައްމަދު މުޞްތަފާގެ އަމިއްލަ ޚަރަދުގައި
މާލެ ދަތުރުކުރާ ރަނގަޅު ފެންވަރުގެ ބޯޓަކަށް ހެދުމަށްފަހު އެކަމަށް އެކުރި ޚަރަދުކަމުގައިވާ
498,130
/
88ރ. (ހަތަރު ލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ތިރީސް ރުފިޔާ | އަށްޑިހައަށްލާރި)
އަލީ ޚާލިދުގެ އަތުން ހޯދުމަށްއެދި ޢަލީ ޚާލިދުގެ މައްޗަށް ޙަސަން ޤާސިމާއި، މުޙައްމަދު މުޞްތަ
ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަމާއި އެމައްސަލައިގެ ޙުކުމްގައިވަނީ،
ވީޑިއޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާވެ. ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/89
34
"ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި، ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ
މައްޗަށް ރިޢާޔަތްކޮށްބަލާއިރު ރ.އިނގުރައިދޫ | ނީލޯފަރުގެ ޙަސަން ޤާސިމާއި، ރ.އިނގުރައިދޫ
މީނާޒްވިލާ މުޙައްމަދު މުޞްތަފާއާއި، މާލޭ ދަފްތަރު ނަންބަރު: 5105 (މ.ލައިޓްޝެޑޯ) ޢަލީ ޚާލިދާއި
ދެމެދު ކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުން ޢަލީ ޚާލިދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ
ނަންބަރު P2917 A 10
-
T "ލިމްނާ" ނަމަކަށް ކިޔާ އުޅަނދު ދަޢުވާކުރާ ޙަސަން ޤާސިމާއި،
މުޙައްމަދު މުޞްތަފާ ކުއްޔަށް ހިފުމަށްޓަކައި މިތިންފަރާތުގެ މެދުގައި ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން
ޙަސަން ޤާސިމާއި މުޙައްމަދު މުޞްތަފާ ކުއްޔަށްހިފާފައިވާ "ލިމްނާ" ނަމަކަށް ކިޔާ އުޅަނދުގެ
މަރާމާތަށް ދަޢުވާކުރާފަރާތްތަކުން ކޮށްފައިވާ މަސައްކަތްތައްބަލާ އަގުކުރުމަށް ފޮނުވި އަގުކޮމެޓީގެ
ފަރާތުން އެއުޅަނދު ބަލާ އަގުކުރުމަށްފަހު އެމަސައްކަތުގެ އަގުކަމަށް ކަނޑައަޅުއްވާފައިވާ
324,937
/
07ރ. (ތިންލައްކަ ސައުވީސްހާސް ނުވަސަތޭކަ ތިރީސް ހަތްރުފިޔާ / ހަތްލާރި) އާއި
މިއުޅަނދުގެ އިންޖީނު މަރާމާތުކުރުމަށްޓަކައި ދައުވާލިބޭފަރާތްތަކުން ގަނެފައިވާ ތަކެތީގެ އަގަށްވާ ޖުމްލަ
23,369
/
94ރ. (ތޭވީސްހާސް ތިންސަތޭކަ ފަސްދޮޅަސް ނުވަރުފިޔާ ( ނުވަދިހަ ހަތަރު ލާރި) އާއިއެކު
ޖުމްލަ 348,307
/
01ރ. (ތިންލައްކަ ސާޅިސް އަށްހާސް ތިންސަތޭކަ ހަތްރުފިޔާ | އެއްލާރި) އަކީ
މިއުޅަނދުގެ މަރާމާތަށް ދައުވާކުރާ ރ.އިނގުރައިދޫ ! ނީލޯފަރުގެ ޙަސަން ޤާސިމާއި، ރ.އިނގުރައިދޫ (
މީނާޒްވިލާ މުޙައްމަދު މުޞްތަފާއާއި، ދެމީހުން ޚަރަދުކޮށްފައިވާ ފައިސާކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅާ މިފައިސާގެ ތެރެއިން، އެގްރީމެންޓްގައިވާ
ފަދައިން މިއުޅަނދުގެ ކުލި ހިނގަންފެށި ދުވަސްކަމުގައިވާ 01 ޖެނުއަރީ 2007 ދުވަހުން ފެށިގެން
މިއުޅަނދު އަނބުރާ ދައުވާލިބޭ ޢަލީ ޚާލިދާއި ޙަވާލުކުރި ދުވަސްކަމުގައިވާ 06 އޯގަސްޓް 2007
ދުވަހުގެ ނިޔަލަށް މިއުޅަނދުގެ ކުލީގެ ގޮތުގައި މަހަކު -/
25,000ރ. (ފަންސަވީސް ހާސް ރުފިޔާ)ގެ
ރޭޓުން އަރާ -/
180,000ރ. (އެއްލައްކަ އަށްޑިހަހާސް ރުފިޔާ)ގެ ތެރެއިން ދައުވާކުރާ ފަރާތްތަކުން
ކުލީގެ ގޮތުގައި ދައުވާލިބޭފަރާތަށް ދީފައިވާކަން ޝަރީޢަތަށް ސާބިތުވާ -/
31,300ރ. (އެއްތިރީސްހާސް
ތިންސަތޭކަ ރުފިޔާ) ކެނޑުމުން ބާކީވާ -/
148,700ރ. (އެއްލައްކަ ސާޅިސްއަށްހާސް ހަތްސަތޭކަ
ރުފިޔާ) އުނިކުރުމުން ބާކީވާ 199,607
/
01ރ. (އެއްލައްކަ ނުވަދިހަނުހާސް ހަސަތޭކަ ހަތްރުފިޔާ
އެއްލާރި) އަކީ ރ.އިނގުރައިދޫ ނީލޯފަރުގެ ޙަސަން ޤާސިމާއި، ރ.އިނގުރައިދޫ 1
3
ވ ¢ގ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A89
މުޙައްމަދު މުޞްތަފާ އާއި، ދެމީހުންނަށް މާލޭ ދަފްތަރު ނަންބަރު: 5105 (މ.ލައިޓްޝެޑޯ) ޢަލީ
ޚާލިދު ދޭންޖެހޭ ފައިސާކަމުގައި ކަނޑައަޅައި މިފައިސާ ދައުވާކުރާ ރ.އިނގުރައިދޫ | ނީލޯފަރުގެ
ޙަސަން ޤާސިމާއި، ރ.އިނގުރައިދޫ ( މީނާޒްވިލާ މުޙައްމަދު މުޞްތަފާއަށް ލިބިދިނުމުގެ ގޮތުން 19
ޖެނުއަރީ 2010 މިދުވަހުން ފެށިގެން މީލް 01 (އެކެއް) މަސްދުވަހުގެ ތެރޭގައި 199,607
/
01ރ.
(އެއްލައްކަ ނުވަދިހަދުވަހާސް ހަސަތޭކަ ހަތްރުފިޔާ އެއްލާރި) މަދަނީކޯޓަށް ދައްކާ މިދަރަނި
ޚަލާސްކުރުމަށް ދަޢުވާލިބޭ މާލޭ ދަފްތަރު ނަންބަރު: 5105 (މ.ލައިޓް ޝެޑޯ) ޢަލީ ޚާލިދަށް އަންގާ
ހުކުމްކޮށްފީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު
އެނގެއެވެއެވެ.
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން މަދަނީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް މާލޭ ދަފްތަރު ނަންބަރު: 5105 (މ.ލައިޓް ޝެޑޯ) ޢަލީ ޚާލިދުގެ ފަރާތުން
ހަތަރު ނުކުތާއެއް ހުށަހަޅާ އެއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ އަލީ ހާލިދުގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ ލިމްނާ ބޯޓް ޙަސަން
ޤާސިމްއާއި މުޙައްމަދު މުޞްތަފާއަށް ޢަލީ ޚާލިދު ކުއްޔަށް ދިންއިރު ބޯޓްގައި ކުރަންވެފައިހުރި
މަރާމާތުތަކާއި އެދެމީހުން ބޯޓް ދުއްވުމުގައި ބޯޓްގައި ކުރަންޖެހިގެން ކުރި މަސައްކަތްތަކުގެ ތަފްޞީލު
އެނގޭ ގޮތަށް ބަޔާން ހުށަހެޅުމުން އޭގެ މައްޗަށް އިންސާފުވެރި ރިޢާޔަތެއް ކުރައްވާފައިނުވާކަމަށްބުނެ
ހުށަހެޅި ނުކުތާ،
ދެވަނަ ނުކުތާއަކީ
ކުރުމަށް އަގުކޮމެޓީއަށް އެންގެވި އިންސާފެއްނެތް އެންގެވުމުގެ ސަބަބުން
އަގު ކޮމެޓީއަށް އޮޅުން އަރާ އޮޅުވާލުމެއްގެ ތެރެއިން އަގު ކޮމެޓީގެ އަގު ކަނޑައެޅިފައިވާކަމަށްބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ ފޯން: 3325029، ފެކްސް: 161ލޯ،
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހުށަހެޅި ނުކުތާ،
• ތިންވަނަ ނުކުތާއަކީ އަގުކޮމެޓީގެ ފަރާތުން އަޅުކަނޑައެޅުއްވުމުގައި އޮޅުންތަކެއްއަރާފައިވާ
ކަމަށާއި އެހެންކަމުން އަގު ކޮމެޓީން ކަނޑައެޅުއްވާފައިވާ އަގު އެއީ ޢަލީ ޚާލިދު ޤަބޫލު ނުކުރާ
އަގެއްކަމަށް ދަންނަވާފައިވާއިރު ޢަލީ ޚާލިދު އަގާއިމެދު އިންކާރުކުރާ ސަބަބުގެ މައްޗަށް އިންސާފުވެރި
ރިޢާޔަތެއް ކުރައްވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ، ،
5
2010/HC-A/89
• ހަތަރުވަނަ ނުކުތާއަކީ ބޯޓް ދުއްވުމުގައި އިންޖީނަށް ލިބުނު ގެއްލުންތަކެއް މަރާމާތު ކުރުމަށް
ކުރި ޚަރަދުކަމަށް ބުނާ ޚަރަދުއެއީ ޢަލީ ޚާލިދު ޒިންމާ އުފުލަންނުޖެހޭ ޚަރަދެއްކަމަށްވާއިރު އެޚަރަދުވެސް
ޢަލީ ޚާލިދު ބޮލުގައި އަޅުވައިގެން ކުރައްވާފައިވާ ޙުކުމްގައި ޢަދުލުވެރިކަމެއްނެތުން ކަމަށްބުނެ ހުށަހެޅި
ނުކުތާ،
4. މަދަނީ ކޯޓުގެ ނަންބަރު: 2008/MC/1939 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ޢަލީ ޚާލިދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަނާއި ޙަސަން ޤާސިމް އާއި މުޙައްމަދު
މުސްތަފާގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
644
Quo
(ހ) ދަފްތަރު ނަންބަރު: 5105 ޢަލީ ޚާލިދު އާއި ރ.އިނގުރައިދޫ ނީލޯފަރު ޙަސަން
ޤާސިމްއި، ރ.އިނގުރައިދޫ ! މީނާޒްވިލާ މުޙައްމަދު މުޞްތަފާ ޢާ ދެމެދު ވެވިފައިވާ އެގްރީމެންޓްގެ 16
ވަނަ މާއްދާގައި ބަޔާންވެގެންވަނީ "މިއެއްބަސްވުމުގައި ބަޔާންވެގެންނުވާކަމެއް މެދުވެރިވެއްޖެނަމަ
ދެފަރާތުން ވާހަކަ ދައްކައިގެން އެކަމެއް ނިންމޭތޯ ބަލާނީއެވެ. މިގޮތުން އެއްބަސް ނުވެވޭ ކޮންމެ ކަމެއް
ނިންމާނީ ދިވެހިރާއްޖޭގެ ކަމާބެހޭ ޝަރުޢީ ކޯޓަކުން ހުށަހަޅައިގެން އިސްލާމީ ޝަރީޢަތުން" ކަމަށް
ބަޔާންވެގެންވާއިރު، ދެފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެކުރިން
އެގްރީމެންޓް ނިމުމަކަށް ގެނެސް ކޯޓަށް ކުރެވިފައިވާ މުޅި ޖުމްލަ ޚަރަދާއި މެދު ދެފަރާތުން
ދެބަސްވެވިފައިވާވުމުން ޝަރީޢަތުގެ މަރުޙަލާ މެދުވެރިކޮށް އަގުކޮމެޓީއަކުން މުޅި ދޯންޏަށް ކުރެވިފައިވާ
ޚަރަދު ކަނޑައަޅާފައިވާކަން.
31
(ނ) އިސްތިޢުނާފް މަރުޙަލާގައި އަލީ ޚާލިދު ފާހަގަކޮށްފައިވާ ނުކުތާގައި މައިގަނޑު
ގޮތެއްގައިވަނީ އަގު ކޮމެޓީގެ ނިންމުމުގައި އޮޅުމެއް އެކުލެވިގެންވާކަމަށް އަގު ކޮމެޓީގެ އަގު
ޤަބޫލުނުކުރެވޭ ވާހަކަ އާއި ޢަލީ ޚާލިދު ހުށަހެޅި ޚަރަދު ތަފްޞީލަށް ރިޢާޔަތް ނުކުރާ ވާހަކަ އާއި
ތެރެއިންވި މަރާމާތުކުރުމަށް ކުޑަ ޚަރަދުގެ ޒިންމާ އުފުލަން ނުޖެހޭނެކަމަށް ހައިކޯޓުގެ ޝަރީޢަތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޭރާށި، މްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ސައިޓް:
www.highcourt.gov.my :
6
20 10/HC-A/89
މަޖިލީހުގައި ބުނެފައިވާ ވާހަކަކަމާއި، މިމައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތް ހިނގަމުން ދިޔައިރު
އަގުކޮމެޓީގެ ފަރާތުން ބަލާ އަގުކޮށްފައިވަނީ ދެފަރާތުން އެއްބަސްވެފައިވާ ކަންކަންކަމަށް ޢަލީ ޚާލިދު
ބުނެފައިވާކަމާއި މިގޮތުން ޢަލީ ޚާލިދު 03 އޯގަސްޓް 2009ގައި ބަޔާންދީ ސޮއިކޮށްފައިވާކަން އެނގެން
އޮތުމުން ޢަލީ ޚާލިދު އަގުކޮމެޓީގެ އަގާއި މެދު ނުވަތަ މަރާމާތުކުރުމަށް ކުރެވިފައިވާ ޚަރަދާއި މެދު ޢަލީ
ޚާލިދުއަށް އިންކާރުކޮށް ދެއްކޭނެ ޙުއްޖަތެއް އޝަރުޢީ ހަމަތަކުގެ މަތިން ނެތްކަމާއި އަމިއްލަ އިއުތިރާފާއި
ދެކޮޅަށް އިސްތިޢުނާފުގައި ވާހަކަ ދެއްކުމަކީ ޝަރުޢީ ހަމަތަކުގެ މަތިން ޤަބޫލުކުރެވެން ނުއޮންނާނެކަމެއް
ކަމުން އިސްތިއުނާފް ނުކުތާތަކުގެ ޤާނޫނީ އަސާސެއް ނެތްކަން ޝަރީޢަތަށް ފާހަގަކުރެވޭކަން.
ޙުކުމް
ވީމާ،
މަދަނީ
ކޯޓުގެ ނަންބަރު 2008/MC/1939 ޤަޟިއްޔާ އެކޯޓުން ބައްލަވާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
+
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާވެ. ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv