ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-DM/01 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DM/01
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
• ޤަޟިއްޔާ ނަންބަރ: 01/HC-DM/2012
• ދަޢުވާކުރި ފަރާތް:
ފުރިހަމަ ނަން: މުޙައްމަދު ސަޢީދު ދާއިމީ އެޑްރެސް: މީނާނީޒް، ގދ. ތިނަދޫ
އައިޑީ ކާޑު ނަންބަރ: A054144 މިހާރުގެ އެޑްރެސް: މ. ކުރެދިގެ، މާލެ
ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް (އެޓާނީ ޖެނެރަލްގެ އޮފީސް)
*
.
0
މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
ހުށަހެޅުނު ތާރީޚް: 19 ޖެނުއަރީ 2012
ނިމުނު ތާރީޚް: 04 އޭޕްރީލް 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DVI/1
ދަޢުވާގެ ޚުލާޞާ
Occc
26
މިއީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ނަންބަރު 4/93 (19-4
1993) އާއި އެޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި
ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ޤަވާޢިދަކީ، 7 އޯގަސްޓް 2008 ގައި ހިންގަންފެށުނު
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ހ. އަދި އާއި 24، 63، 66، 69
މިމާއްދާތަކުން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ހުރަސްއެޅި، ބޮޑެތި މާލީ
ގެއްލުންތައް ލިބޭގޮތަށް އޮތް ޤާނޫނަކާއި ޤަވާޢިދަކަށް ވުމުން، އަސާސީ ޤާނޫނުއާއި ފުށުއަރާ އަދި
ޤާނުނުއަސާސީ އާއި ތަޢާރުޟުވާ ޤާނޫނަކަށް 4/93 ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ ރުއްގަސް
ކެޑުމާއިބެހޭ ޤަވާޢިދުވާތީ، އެއީ ބާޠިލު ޤާނޫނަކާއި ބާޠިލު ޤަވާޢިދެއް ކަމަށް ޤާނޫނުއަސާސީގެ 43 ވަނަ
މާއްދާގެ (ހ) އިން ހައިކޯޓަށް ލިބިދޭ އިޚްތިޔާރާއި، ހައިކޯޓުގެ އިޚްތިޞާޞްގެ ތެރެއިން ކަނޑައަޅައި ދިނުމަށް
އެދި މުޙައްމަދު ސަޢީދު މީނާނީޒް، ގދ. ތިނަދޫ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
CCC
0
ފާހަގަކުރެވުނު ނުކުތާތައް:
01- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ނަންބަރު 4/93 (19-4
1993) އާއި އެޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި
އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ޤަވާޢިދަކީ، 7 އޯގަސްޓް 2008 ގައި ހިންގަންފެށުނު
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ
އަދި ރ އާއި 24، 63، 66، 69
މިމާއްދާތަކުން ރައްޔިތުންނަށް ލިބިދޭ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް ހުރަސްއެޅި، ބޮޑެތި މާލީ
ގެއްލުންތައް ލިބޭގޮތަށް އޮތް ޤާނޫނަކާއި ޤަވާޢިދަކަށް ވުމުން، އަސާސީ ޤާނޫނުއާއި ފުށުއަރާ އަދި
ޤާނުނުއަސާސީ އާއި ތަޢާރުޟުވާ ޤާނޫނަކަށް 4/93 ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން ހަދާފައިވާ ރުއްގަސް
ކެޑުމާއިބެހޭ ޤަވާޢިދުވާތީ، އެއީ ބާޠިލު ޤާނޫނަކާއި ބާޠިލު ޤަވާޢިދެއް ކަމަށް ޤާނޫނުއަސާސީގެ 43 ވަނަ
މާއްދާގެ (ހ) އިން ހައިކޯޓަށް ލިބިދޭ އިޚްތިޔާރާއި، ހައިކޯޓުގެ އިޚްތިޞާޞްގެ ތެރެއިން ކަނޑައަޅައި ދިނުމަށް
އެދި ދައުލަތުގެ މައްޗަށް ގދ. ތިނަދޫ މީނާނީޒް، މުޙައްމަދު ސަޢީދު ދަޢުވާކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DVI/1
02- މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މިމައްސަލައިގާ އެ ފަރާތުން
އެދޭގޮތެއްގެ ގޮތުގައި މުޙައްމަދު ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނަންބަރު 423/2011
”ދުސްތޫރީ މައްސަލަ ހުށަހަޅާފޯމު“ ގެ 7 ވަނަ ނަންބަރުގައި ”ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް
ދެމެހެއްޓުމާއިބެހޭ 4/93 ޤާނޫނާއި، އެޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދު އެއީ ބާޠިލު އެއްޗެއްކަމަށް
ކަނޑައަޅުއްވައި ދެއްވުން އެދެމެވެ.” މިފަދައިން ބަޔާންކޮށްފައިވާއިރު، މިމައްސަލައާއި ގުޅިގެން 2012 މާޗް
20 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ސަޢީދު ދައްކާފައިވާ
ވާހަކަތަކުގައި ޤާނޫނު ނަންބަރު 4/93 ގެ ފެށުން 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ”ގަސްގަހާގެއްސާއި“
މިޢިބާރާތް ޤާނޫނުއަސާސީ އާއި ތަޢާރުޟުވާކަމަށާއި، މުޅި އެޤާނޫނު، ޤާނޫނު އަސާސީއާއި ތަޢާރުޟު
ވާކަމަށާއި، އެހެންނަމަވެސް އެޤާނޫނުގެ 1 ވަނަ މާއްދާ އެކަނި ތަޢާރުޟުވާ ކަމަށް ދެކޭ ކަމަށާއި، މުޅި
ޤާނޫނު ބާޠިލް ކުރުމަކީ މުޙައްމަދު ސަޢީދުގެ މަޤްޞަދު ނޫން ކަމަށްބުނެފައިވާ ކަން އެނގެން އޮވެއެވެ.
ނ
CCCX
03- މުޙައްމަދު ސަޢީދުގެ ފަރާތުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ދަޢުވާ
ފޯމުގައި ދަޢުވާގެ ޞިޝާ އަދި އެދޭ ގޮތުގައި ޤާނޫނު ނަންބަރު 4/93 އާއި އެޤާނޫނުން ބާރު ލިބިގެން
ހަދާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއް ރަށުން އަނެއް ރަށަށް ގެންދިއުމާއި
ބެހޭ ޤަވާޢިދު ޤާނޫނުއަސާސީ އާއި ތަޢާރުޟުވާކަމަށް ބުނެ އެޤާނޫނާއި ޤަވާއިދު ބާޠިލު ކޮށްދިނުމަށް
އެދިފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޝާރާތްކުރެވުނު ދަޢުވާފޯމުގައި ލިޔުމުން
ބަޔާންކުރެވިފައިވާ ވާހަކަތަކާއި ޚިލާފު ގޮތަކަށް މުޙައްމަދު ސަޢީދު ވަކާލާތުކޮށްފައިވާތީ، މިމައްސަލަ މިހާރު
ހުށަހެޅިފައިވާ ގޮތަށް ކުރިޔަށް ގެންދެވިދާނެ ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި
ބައިވެރިވި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙާކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވިފައިވާ އެންމެހައި ކަންކަމަށް ބަލާއިރު، ޤާނޫނު ނަންބަރު 4/93
(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) އާއި އެޤާނޫނުން ބާރު ލިބިގެން ހަދާފައިވާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-DVI/1
ޖެހޭ
”ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާއި
ޤަވާޢިދު"، ޤާނޫނުއަސާސީއާއި ތަޢާރުޟުވާކަމަށް ބުނެ އެޤާނޫނާއި އެޤަވާޢިދު ބާޠިލުކޮށްދިނުމަށް އެދި،
ގދ. ތިނަދޫ މީނާނީޒް މުޙައްމަދު ސަޢީދު ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 423/2011
”ދުސްތޫރީ މައްސަލަ ހުށަހަޅާފޯމު“ ގައި ލިޔުމުން ބަޔާންކޮށްފައިވާ ވާހަކަތަކާއި ޚިލާފުގޮތަކަށް މުޙައްމަދު
ސަޢީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވާތީ، މިމައްސަލަ މިހާރު
ހުށަހެޅިފައިވާ ގޮތަށް ކުރިޔަށް ގެންދެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފިމެވެ.
ދިވެހި
k
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv