ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/77 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A73
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހަކަ 6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 7/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް ޒިޔާދު
އައިޑީ ކާޑު ނަންބަރު: A000049
ދާއިމީ އެޑްރެސް: މއ. ކޯނަރ / ކ. މާލެ
މިހާރުގެ އެޑްރެސް:ގ. ޗާންދަނީމާގެ ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ދާއިމީ އެޑްރެސް:
*ނަން:ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އައިޑީ ކާޑުނަންބަރު:
464ވ
މިހާރުގެ އެޑްގެ
• ރަޖިސްޓްރީ ތާރީޚް: 23 ރަބީޢުލްއާޚިރު 1431"
އެޕްރީލް 2010
ނިމުނު ތާރީޚް: 19 ޖުމާދަލްއޫލާ 1436
މާރޗް 2015
08
10
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާ
• ނިންމެވި ކޯޓު: މަދަނީ ކޯޓު
• މައްސަލައިގެ ބާވަތް: ފްލެޓް ހޯދުން
ހުށަހެޅި ތާރީޚް: 18.08.2009
ނިމުނު ތާރީޚް: 20.12.2009
#
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހިރާއްޖޭގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢައްބާސް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ / މއ. ކޯނަރ އާދަމް ޒިޔާދުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. ޚި
މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެވެ.
ceco
1) އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާއަކީ،
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓުގެ ގުރުއަތުން ކެޓަގަރީ "ސީ" އަށް އާދަމް ޒިޔާދު
ހޮވިފައިވަނިކޮށް، ގުރުއަތުން ހޮވިފައިވާ ހޮވުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން
ކެންސަލްކޮށްފައިވާތީ، އެއީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ޞައްޙަ އަޞްލެއްގެ މައްޗަށް ބުރަވެ
ނިންމި ނިންމުމެއް ނޫންކަމަށް ބުނެ، އާދަމް ޒިޔާދަށް ގުރުއަތުން ލިބުނު ފްލެޓް ހޯދުން އެދިގެން ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް، ކ.މާލެ / މއ. ކޯނަރ އާދަމް ޒިޔާދު ދަޢުވާކޮށް ހުށަހެޅުމުން
ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488
ފްލެޓުގެ ޤުރުޢަތުން ކެޓަގަރީ "ސީ" އަށް އާދަމް ޒިޔާދު ހޮވިފައިވަނިކޮށް، ޤުރުއަތުން ހޮވިފައިވާ ހޮވުން ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކެންސަލްކޮށްފައިވާތީ، އެއީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުން ޞައްޙަ އަޞްލެއްގެ މައްޗަށް ބުރަވެ ނިންމި ނިންމުމެއް ނޫންކަމަށްބުނެ، އާދަމް ޒިޔާދަށް ޤުރުޢަތުން
ލިބުނު ފްލެޓް ހޯދުން އެދިގެން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް، މއ. ކޯނަރ އާދަމް
ޒިޔާދު ކުޅަ ދަޢުވާއަށް ޝަރީޢަތުން ނަޡަރުކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
21/HC-A/77
OOOX
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް އެދި ކުރިމަތިލާ ފަރާތްތަކުން ފޯމް
ހުށަހަޅަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެކަމަށް ކަނޑައަޅާފައިވާ ޝަރުތުތަކާއި ފްލެޓަށްއެދޭ
ފަރާތްތަކުން އެއްބަސްވެ، އެޝަރުޠުތަކުގެ މަތީންކަމަށްވެފައި،
އާދަމް ޒިޔާދުގެ ބައްޕަގެ ނަމުގައި މއ. ކޯނަރ އެވެކިޔާ ގޯތި ވާކަމާއި، މިގޯތީގެ ބޮޑުމިނަކީ
1349 އަކަފޫޓުކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި، ދެފަރާތުގެ ބަހުން އެނގެންއޮތްހިނދު،
ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދޭ ފޯމުގެ 8 ވަނަ ނަންބަރު (ފްލެޓަށްއެދޭ މީހާގެ
ގޯތިގެދޮރާބެހޭ މަޢުލޫމާތު) މިޞުރުޚީގެދަށުން 8.10 ގައި ތިމާގެ މަންމަ ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް
ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ، މަންމަ އަދި ބައްޕައަށް ލިބިފައިވާ ގޯތި ދަރިންގެ މެދުގައި ބަހާލުމުން،
އެމީހަކަށްޖެހޭ ޖުމްލަ އޭރިއާ (އަކަފޫޓުން) ޖެހުމަށް އޮތްތަނުގައި އެމަޢުލޫމާތު އާދަމް ޒިޔާދު ފުރާފައިނުވާތީ،
މިގޮތުން މިއީ ޞައްޙަ މަޢުލޫމާތު ނުދިނުންކަމަށްވެފައި، މިސަބަބަށްޓަކައި، އާދަމް ޒިޔާދު ޤުރުޢަތުން ހޮވިފައިއޮތް
އޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބާޠިލުކުރި ކުރުމަކީ ޞައްޙަ އަޞްލެއްގެ މައްޗަށް
ބިނާކޮށް ނިންމި ނިންމުމެއް ނޫންކަމަށް ޝަރީޢަތުން ކަނޑައަޅާނެތަނެއް ނެތަތީ، އާދަމް ޒިޔާދު ޤުރުޢަތުން
ހޮވުނު ފްލެޓް އާދަމް ޒިޔާދަށް ދިނުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އަންގާނެތަނެއް
ނެތްކަމަށް ކަނޑައަޅައި
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ
x
ހކއކށ
ގއ.
2) މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ / މއ. ކޯނަރ އާދަމް ޒިޔާދުގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A}}}
ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާގައި
ކ.މާލެ / މއ. ކޯނަރ އާދަމް ޒިޔާދު ގުރުއަތުން ހޮވިފައިއޮތް އޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑުން ބާޠިލުކުރި ކުރުމަކީ ޞައްޙަ އަޞްލެއްގެ މައްޗަށް ބިނާކޮށްގެ
ބިނާކޮށްގެން ނިންމި ނިންމުމެއްކަމަށް ވިދާޅުވެ
މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް، ސަރުކާރަށް ކުޅަދާނަވީ މިންވަރެއްގެ މައްޗަށް
ބޯހިޔާވަހިކަން ލިބިދޭންޖެހޭނެކަމަށް ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ ލާޒިމުކުރުމާއި ފުށުއަރާގޮތަށް
ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބެލެންއޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ދޫކުރާ ފްލެޓަށް
އެދޭއިރު ފުރިހަމަ ކުރަންޖެހޭ ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް ދިނުމުގައި ކ.މާލެ / މއ. ކޯނަރ އާދަމް
ޒިޔާދު އޮޅުވާލާފައިވާކަމަށް ބުނެ އެކަމުގެ ސަބަބުން އާދަމް ޒިޔާދަށް ލިބިފައިވާ ބޯހިޔާވަހިކަމުގެ ޙައްޤުން
މަޙްރޫމްކޮށްފައިވާ ސަބަބަކީ ޤާނޫނީ ސަބަބެއްކަމަށް
ބެލެވެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
0 0
<< O
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، "2008 ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488
ފްލެޓްގެ ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ މަޢުލޫމާތު" އަށް ބަލާއިރު، ފްލެޓްތަކަށް ފޯމުލުމަށް ތިން ކެޓަގަރީއެއް
ކަނޑައަޅައި އެ ކެޓަގަރީތަކުގެ ޝަރުޠުތައް ބަޔާންކޮށްފައިވާކަމާއި، ބުނެވިދިޔަ ޝަރުޠުތައް ބަޔާންކުރުމަށްފަހު،
"ޢާއްމު ނޯޓު" މި ސުރުޚީގެ ދަށުގައިވާ 3 ވަނަ ނަންބަރުގައި، ފްލެޓަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން
ދާތީވެ، ފޯމުގައި ދީފައިވާ މަޢުލޫމާތުގެ މައްޗަށް ޕޮއިންޓް ދިނުމަށްފަހު ގުރުއަތަށް ގެންދެވޭނީ ކަނޑައެޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
*
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2(10/HC-A; 7
އަދަދަކަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަމަށާއި، ގުރުއަތުލުމަށްފަހު، ގުރުއަތުން ހޮވޭ ފަރާތްތަކުގެ
މަޢުލޫމާތު ކަމާއިބެހޭ ރަސްމީ ފަރާތްތަކަށް ފޮނުވޭނެކަމަށާއި، މަޢުލޫމާތުތައް ޗެކްކުރުމަށް ފަހު ގުރުއަތުން
ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާކަމަށް ސާބިތުވެއްޖެނަމަ ނުވަތަ ޕޮއިންޓް
ދިނުމުގެ ގޮތުން ދީފައިވާ މަޢުލޫމާތު ޞައްޙަނޫންކަމަށް ސާބިތުވެއްޖެނަމަ، ގުރުއަތުން ހޮވިފައިވާ ހޮވުން
ޠިލުކުރެވޭނެކަމަށާއި، އަދި ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ގުރުއަތަށް ހޮވޭ ވަރަށް ވުރެ މަދުން
ޕޮއިންޓް ލިބޭ ފަރާތްތަކުން ގުރުއަތުން ހޮވިފައިވާ ހޮވުންވެސް ބާޠިލުކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އިސްވެ ބުނެވުނު ޢާއްމު ނޯޓު" ގެ 4 ވަނަ ނަންބަރުގެ (ހ) ގައި ފޯމުގައިވާ މަޢުލޫމާތަކީ
ޞައްޙަނޫން
މަޢުލޫމާތެއްކަން ފޯމު
ހުށަހަޅާއިރު ސާބިތުވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެކަމަށް
ބަޔާންކޮށްފައިވާއިރު، އެ ނަންބަރުގެ (ށ) ގައި ފްލެޓް ޙަވާލުކުރުމަށް ފަހުވެސް ފޯމުގައިވާ މަޢުލޫމާތު
ޞައްޙަނޫންކަން ސާބިތުވެއްޖެނަމަ ފްލެޓް ވަކިކުރެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި 14 ވަނަ
ނަންބަރުގައި، ފޯމް ހުށަހެޅުމުން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހުށަހަޅާފައިވާ ފަރާތްތައް
ޝަރުޠުތަކުގައި ހިމެނޭ ކެޓަގަރީތަކަށް މަށާއި، އެގޮތުން ކެޓަގަރީ
ގައި ހިމެނޭ ފަރާތްތަކުގެ
ތެރެއިން ގުރުއަތުން ނުހޮވޭ ފަރާތްތައް ކެޓަގަރީ "ބީ" ގެ ގުރުއަތުގައި ހިމެނޭނެކަމަށާއި، އަދި ހަމަ އެ މޭރުމުން
ކެޓަގަރީ އަދި "ބީ" ގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނުހޮވޭ ފަރާތްތައް ކެޓަގަރީ "ސީ"
ގެ ގުރުއަތުލުމުގައި ހިމެނޭނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 48 ފްލެޓްގެ ކެޓަގަރީ "ސީ" އަށް ކުރިމަތިލާ
ފަރާތްތަކަށް ޕޮއިންޓް ދެވޭގޮތަށް ބަލާއިރު، އުމުރުގެ ބަޔަށް 12 ޕޮއިންޓް، ރަށްވެހިކަމުގެ ބަޔަށް 15 ޕޮއިންޓް،
ޖޮއިންޓް އެޕްލިކޭޝަންގެ ބަޔަށް 10 ޕޮއިންޓް، އަދި ދަރިންގެ ބަޔަށް 20 ޕޮއިންޓް ލިބޭއިރު، ގޯތި ގެދޮރުގެ
ބަޔަށް ޝަރުތު ފުރިހަމަވާނަމަ ޖުމްލަ 43 ޕޮއިންޓް ލިބޭކަމާއި، ނަމަވެސް މި ބަޔަށް ޕޮއިންޓް ދެނީ އެ
92
ހއ 2 ه2 4ހ ހދ
ހޅަނސ(
fr
2~x9
i
***
ނަންބަރުގައި
ބަޔާންކޮށްފައިވާ ގޮތްތަކުގެ
މަތިން ޕޮއިންޓް އުނިކުރެވޭ އުޞޫލުންކަމަށްކަމާއި، އެ ގޮތުން، ބުނެވުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބައިގެ (ޅ) ގައި ތިމާގެ މަންމަ ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައި
މަންމައާއި ބައްޕައަށް ލިބިފައިވާ ގޯތި ދަރިންގެ މެދުގައި ބަހާލުމުން، އެމީހަކަށް ޖެހޭ ޖުމްލަ އޭރިއާ 600
އަކަފޫޓަށް ވުރެ ކުޑަނަމަ 4 ޕޮއިންޓް އުނިކުރެވޭނެކަން ކެޓަގަރީ "ސީ" އަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް
ދެވޭ ގޮތުގެ ތަފްޞީލަށް ބެލުމުން އެނގެންއޮންނަ
.
(ނ) ދެވަނަ ކަމަކީ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު F17773
ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދޭ ފޯމް" އިން، ކ.މާލެ / މއ.ކޯނަރ، އާދަމް ޒިޔާދު ފްލެޓަށް އެދި
ހުށަހަޅާފައިވާކަމާއި، ބުނެވުނު ފޯމުގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އާދަމް ޒިޔާދުއަށް 75 ޕޮއިންޓް ލިބި،
ޕްލެޓަށް ޝަރުތު ހަމަވާކަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފޯމު ނަންބަރު 17773 ގައިވާ
މަޢުލޫމާތު އެންޓަރ ކުރި ޝީޓުން އާދަމް ޒިޔާދުއަށް އަންގާފައިވާކަމާއި، އަދި އެ ޝީޓުގައި އެކި ބައިތަކަށް
ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލް ބަޔާންކޮށްފައިވާއިރު، އެ ޝީޓްގައިވާ މަޢުލޫމާތަކީ ފްލެޓަށް އެދި ހުށަހެޅި
ފޯމްގައިވާ މަޢުލޫމާތާ އެއްގޮތަށް އެންޓަރ ކުރެވިފައިވާ މަޢުލޫމާތުކަމަށް ޤަބޫލުކޮށް އެއްބަސްވާކަމަށާއި، އަދި
ޝަރުޠު ހަމަވޭތޯއާއި ޕޮއިންޓް ދިނުމުގައި ބެލެވިފައިވަނީ އެ ޝީޓްގައި ލިޔެވިފައިވާ މަޢުލޫމާތަށްކަމަށާއި،
ޝަރުތުހަމަވެ، ގުރުއަތަށް ގެންދިޔުމަށް ކަނޑައެޅޭ މިންގަނޑަށް ފެތޭ ފަރާތްތައް ގުރުއަތަށް ގެންގޮސް
ގުރުއަތުން ހޮވުނުކަމުގައި ވިޔަސް ފްލެޓްގެ އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން ފޯމުގައި ދީފައިވާ މަޢުލޫމާތަކީ
ޞައްޙަ މަޢުލޫމާތުތޯ ބެލުމަށްފަހު، ޝަރުޠު ހަމަނުވާކަން އެނގިއްޖެނަމަ ނުވަތަ ޕޮއިންޓް ދިނުމާބެހޭގޮތުން
ދީފައިވާ މަޢުލޫމާތު ޞައްޙަނޫންކަން ސާބިތުވެއްޖެނަމަ، ގުރުއަތުން ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެކަން
ޤަބޫލުކުރާކަމަށާއި، އެގޮތުން، ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ގުރުއަތަށް ހޮވޭވަރަށް ވުރެ މަދުން
ޕޮއިންޓް ލިބޭ ފަރާތްތައް ގުރުއަތުން ހޮވިފައިވާ ހޮވުންވެސް ބާޠިލުކުރެވޭނެކަން ޤަބޫލުކުރާކަމަށް
ބުނެ އެ
ޝީޓުގައި އާދަމް ޒިޔާދު ސޮއިކޮށްފައިވާކަން އެނގޭކަމާއި،
މީގެ އިތުރުން، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު 2009/426 (04
ފެބްރުއަރީ 2009) "ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް ގުރުއަތުން ހޮވުނުކަން އަންގަޅޭ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
,
ސްލިޕް" އިން އާދަމް ޒިޔާދު ގުރުއަތުން ހޮވުނުކަން އާދަމް ޒިޔާދުއަށް އަންގާފައިވާކަމާއި، ބުނެވުނު ސްލިޕްގައި
ނޯޓެއްގެ ގޮތުން ގުރުއަތަށް ހޮވުނު ފަރާތްތަކަކީ ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތެއްތޯ ޗެކްކުރުމަށްޓަކައި
ކަމާއިބެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، ޝަރުތުހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތު
ދީފައިވާ ފަރާތްތައް ހޮވުނުހޮވުން ބާޠިލުކުރެވޭކަމަށް ބަޔާންކޮށްފައިވާކަމާއި،
ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން
ލިމިޓެޑްގެ ނަންބަރު
2009
/
422/HDC
(
161
)
-EM
/
PRV (15 ޖޫން 2009) ސިޓީން އާދަމް ޒިޔާދުގެ މަޢުލޫމާތު ސަރުކާރުގެ
ކަމާއިބެހޭ ފަރާތްތަކުން ސާފުކުރުމުން، އާދަމް ޒިޔާދުގެ ބައްޕައަށް މއ. ކޯނަރ ގޯތިން 1349 އަކަފޫޓު
ލިބިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާއި، ބައްޕަގެ ގޯތި ބަހާލުމުން އާދަމް ޒިޔާދަށް ޖެހޭ އަކަފޫޓު ފޯމް
ހުށަހެޅި އިރު ފޯމުގެ 8.10.2 ގައި ޖަހާފައި ނެތުމުގެ ސަބަބުން، އާދަމް ޒިޔާދު ވަނީ ކެޓަގަރީ "ސީ" އިން 75
ޕޮއިންޓް ލިބިގެން ކެޓަގަރީ "ސީ" ގެ ގުރުއަތަށް ގޮސް ގުރުއަތުން ހޮވިފައިކަމަށާއި، އެހެންނަމަވެސް، ފޯމުގެ
8.10.2 ގައި ބައްޕަގެ ގޯތި ބަހާލުމުން އެމީހަކަށް ޖެހޭ ޖުމްލަ އޭރިއާ އަކަފޫޓުން އިންނަ ބައިގައި، އެ
މަޢުލޫމާތު ދީފައި ނެތުމުގެ ސަބަބުން ކުރިން ލިބުނު 75 ޕޮއިންޓްގެ ތެރެއިން 4 ޕޮއިންޓް މަދުވެފައިވާކަމަށާއި،
ކެޓަގަރީ "ސީ" ގައި 15 ޕޮއިންޓުން 71 ޕޮއިންޓަށް ބަދަލުވެ ކެޓަގަރީ "ސީ" ގެ ގުރުއަތަށްދާ ޕޮއިންޓް (75
ޕޮއިންޓް) ހަމަނުވުމުގެ ސަބަބުން އާދަމް ޒިޔާދު ގުރުއަތުން ހޮވިފައިވާ ހޮވުން ބާޠިލުވެފައިވާކަމަށް އިސްވެބުނެވުނު
ސިޓީން އާދަމް ޒިޔާދުއަށް އަންގާފައިވާކަން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1944 ޤަޟިއްޔާގައި އާދަމް
ޒިޔާދު ގުރުއަތުން ހޮވިފައި އޮތް އޮތުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ބާޠިލުކުރި ކުރުމަކީ
ޞައްޙަ އަޞްލެއްގެ މައްޗަށް ބިނާކޮށްގެން ނިންމި ނިންމުމެއްކަމަށް ވިދާޅުވެ މަދަނީ ކޯޓުން ކުރައްވާފައިވާ
ޙުކުމަކީ، ކޮންމެ ދިވެހި ރައްޔިތަކަށް، ސަރުކާރަށް ކުޅަދާނަވީ މިންވަރެއްގެ މައްޗަށް ބޯހިޔާވަހިކަން
ލިބިދޭންޖެހޭނެކަމަށް ޤާނޫނުއަސާސީން ލާޒިމުކޮށްފައިވާ ލާޒިމުކުރުމާއި ފުށުއަރާގޮތަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ބުނެ އިސްތިއުނާފުކުރާ އާދަމް ޒިޔާދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރި
އިހަށް
. ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x 2
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކޮންމެ ރައްޔިތަކަށްމެ ދިރިއުޅޭނެ ސާފު އަދި
ޞިއްޙަތު ރަނގަޅު މާޙައުލެއް ލިބުމުގެ ޙައްޤު ލިބިދީފައިވާއިރު، ބުނެވުނު ޙައްޤަކީ އެއްވެސް ޤައިދު ކުރުމެއްނެތި
ކަށަވަރުކޮށްދީފައިވާ ޙައްޤެއްނޫންކަމާއި، އެހެން ނަމަވެސް، އެކަން ބިނާވެފައި ވަނީ ދައުލަތުގެ ތަނަވަސްކަމާއި
ކުޅަދާނަކަން ހުރި މިންވަރަކުން އެ ޙައްޤުތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށްކަމާއި، ގޯތިގެދޮރާއި
ބޯހިޔާވަހިކަމަކީ މުޖުތަމަޢުގެ ނިޒާމު ޢާންމުއާ ގުޅިފައިވާ ކޮންމެ ރައްޔިތަކާމެ ގުޅިފައިވާ އަސާސީ
ޙައްޤެއްކަމުގައިވާއިރު، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަނީ ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން އެ
ޙައްޤު ހޯދުމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ލިބޭ ފަދައަކުން، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް
އިސްކަންދެވިގެން ލިބިދެވޭނެ ގޮތަކަށް އުޞޫލުތައް ބައްޓަންކުރެވިގެންކަމާއި، އެ ގޮތުން، 2008 ވަނަ އަހަރު
ހުޅުމާލެއިން ވިއްކުމަށް ހަމަޖެހުނު 488 ފްލެޓަށް އެދޭ ފަރާތްތަކަށް ޝަރުޠުތަކެއް ކަނޑައަޅައި، ފޯމުގައިވާ
މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތައް ކެޓަގަރީތަކަކަށް ބެހުމަށްފަހު، ޕޮއިންޓް
ދެވޭނޭ ނިޒާމެއް ތަޢާރަފްކޮށްފައިވަނީ ގޯތިގެދޮރާއި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް
އިސްކަންދިނުމުގެ ގޮތުންކަން އެނގޭއިރު، މި ފަދަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ގޯތިގެދޮރާއި
ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އިޝާރާތްކުރެވޭ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤާއި ފުށުއަރާކަމެއްނޫންކަމެވެ.
<< O
OOox <
(ރ) ހަތަރުވަނަ ކަމަކީ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ދޫކުރާ ފްލެޓަށް
އެދޭއިރު ފުރިހަމަ ކުރަންޖެހޭ ފޯމުގައި ހިމަނަންޖެހޭ މަޢުލޫމާތުތައް ދިނުމުގައި އާދަމް ޒިޔާދު އޮޅުވާލާފައިވާކަމަށް
ބުނެ އެކަމުގެ ސަބަބުން އާދަމް ޒިޔާދަށް ލިބިފައިވާ ބޯހިޔާވަހިކަމުގެ ޙައްޤުން މަޙްރޫމްކޮށްފައިވާ ސަބަބަކީ ޤާނޫނީ
ސަބަބެއް ނޫންކަމަށް ބުނެ އާދަމް ޒިޔާދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
އާދަމް ޒިޔާދު ހުށަހެޅި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު F17773
"ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދޭ ފޯމް" އަށް ބަލާއިރު، އެ ފޯމުގެ 8 ވަނަ ނަންބަރުގައިވާ އެއްވެ.
އެވެސް
މަޢުލޫމާތެއް އާދަމް ޒިޔާދުގެ ފަރާތުން ބަޔާންކޮށްފައިނުވާއިރު، އެ ބައިގެ 8.10.2 ނަންބަރު
22
ޓީވީޓްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
އެޙަ2 ﷲބން
9
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕޮއިންޓް ލިބޭ ފަރާތްތަކުން ގުރުއަތުން ހޮވިފައިވާ ހޮވުންވެސް ބާޠިލުކުރެވޭނެކަމަށާއި، ފޯމުގައިވާ މައުޖާލާފައި
ބައްޕައަށް މާލެއިން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާނަމަ، ބައްޕައަށް ލިބިފައިވާ ގޯތި ދަރިންގެ
މެދުގައި ބަހާލުމުން، އެމީހަކަށް ޖެހޭ ޖުމްލަ އޭރިއާ (އަކަފޫޓުން) ޖެހުމަށް ދޫކޮށްފައިވާ ގޮޅީގައި އެއްވެސް
އަދަދެއް ޖަހާފައިނުވާކަމާއި،
ބުނެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ގޯތި ގެދޮރުގެ ބަޔަށް އާދަމް ޒިޔާދުއަށް 43 ޕޮއިންޓް
ލިބިފައިވާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން އާދަމް ޒިޔާދުގެ މަޢުލޫމާތު
ކަމާއިބެހޭ ފަރާތްތަކުން ސާފުކުރުމުން، އާދަމް ޒިޔާދުގެ ބައްޕައަށް މއ. ކޯނަރ ގޯތިން 1349 އަކަފޫޓު
ލިބިފައިވާކަމަށް އެ ކޯޕަރޭޝަންގެ ނަންބަރު 2009
/
422/HDC
(
161
)
-EM
/
PRV (15 ޖޫން 2009)
ސިޓީގައި ބަޔާންކޮށްފައިވާކަމާއި، އަދި މިކަމަށް އާދަމް ޒިޔާދުގެ ފަރާތުން ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ
ހައިކޯޓުގައިވެސް އިންކާރުކޮށްފައިނުވާކަން އެނގޭކަމާއި،
ފްލެޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ބެލެވިފައިވަނީ ފްލެޓަށް އެދޭ ފޯމުގައި
ބަޔާންކޮށްފައިވާ މަޢުލޫމާތުތަކަށް ކަމާއި، ފްލެޓަށް އެދި އާދަމް ޒިޔާދު ހުށަހެޅި ފޯމުގައި ދީފައިވާ މަޢުލޫމާތަކީ އެ
ފޯމާއެކު ޙަވާލުކުރެވިފައިވާ ލިޔުންތައް ކިޔުމަށްފަހު، ޝަރުޠު ހަމަވާ މީހެއްގެ ޙައިޞިއްޔަތުން ދީފައިވާ ތެދު
މަޢުލޫމާތުކަމަށާއި، ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް އިޤުރާރުވާކަމަށާއި، ދީފައިވާ މަޢުލޫމާތަކީ ތެދު
މަޢުލޫމާތުކަމަށް ނުވާނަމަ ފޯމު ބާޠިލުކުރެވޭނެކަން ޤަބޫލުކުރާކަމަށް ބުނެ އާދަމް ޒިޔާދު ސޮއިކޮށްފައިވާކަން
އެނގެން އޮތްއިރު، "2008 ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓްގެ ފޯމް ފުރިހަމަ
ކުރުމަށް ބޭނުންވާ މަޢުލޫމާތު" ކަރުދާހުގައި، ގުރުއަތުލުމަށްފަހު ގުރުއަތުން ހޮވޭ ފަރާތްތަކުގެ މަޢުލޫމާތު
ކަމާއިބެހޭ ރަސްމީ ފަރާތްތަކަށް ފޮނުވޭނެކަމަށާއި، މަޢުލޫމާތުތައް ޗެކްކުރުމަށް ފަހު ގުރުއަތުން ހޮވިފައިވާ
ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުޠު ހަމަނުވާކަމަށް ސާބިތުވެއްޖެނަމަ ނުވަތަ ޕޮއިންޓް ދިނުމުގެ
ގޮތުން ދީފައިވާ މަޢުލޫމާތު
ސާބިތުވެއްޖެނަމަ، ގުރުއަތުން ހޮވިފައިވާ ހޮވުން
ބާޠިލުކުރެވޭނެކަމަށާއި، އަދި ޕޮއިންޓަށް އަންނަ ބަދަލެއްގެ ސަބަބުން ގުރުއަތަށް ހޮވޭ ވަރަށް ވުރެ މަދުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04
429
(22) 04 ދ ތ
2
4&2
2 ދ ތތ
ކުރެވޭނެކަމަށް
ހ22222
މަޢުލޫމާތެއްކަން ފޯމު ހުށަހަޅާއިރު ސާބިތުވެއްޖެނަމަ ފޯމު ބާޠިލު
ބަޔާންކޮށްފައިވާއިރު، ފްލެޓް ޙަވާލުކުރުމަށް ފަހުވެސް ފޯމުގައިވާ މަޢުލޫމާތު ޞައްޙަނޫންކަން ސާބިތުވެއްޖެނަމަ
ފްލެޓް ވަކިކުރެވޭނެކަމަށް އެ ކަރުދާހުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ފްލެޓަށް އެދި އާދަމް ޒިޔާދު ފޯމު ހުށަހެޅީ ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488
ފްލެޓްގެ ފޯމް ފުރިހަމަކުރުމަށް ބޭނުންވާ މަޢުލޫމާތު އެނގިހުރެ އެ ކަންކަމަށް އެއްބަސްވެގެންކަން
އެނގެންއޮތްއިރު، ފްލެޓަށް އެދި ހުށަހެޅި ފޯމުގައި ގޯތި ގެދޮރުގެ ބައިގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަނުކޮށް
އާދަމް ޒިޔާދު ފޯމު ފުރާފައި އޮތުމަކީ، އާދަމް ޒިޔާދު ހާމަކުރަންޖެހޭ މަޢުލޫމާތު ހާމަނުކޮށް އޮތުންކަން
ބަލަންޖެހޭކަމާއި، އަދި އެ ފޯމުގެ 8.10 ގައި ތިމާގެ މަންމަ ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް ލިބިފައިވާކަން
ހާމަކުރަންއޮތް އޮތުމަކީ، މަންމަ ނުވަތަ ބައްޕައަށް ލިބިފައިވާ ގޯއްޗަކީ ބަންޑާރަ ބިމެއް ވިޔަސް ނުވަތަ އަމިއްލަ
ބިމެއް ވިޔަސް، އެކަމުގެ ސަބަބުން މުސްތަޤުބަލުގައި ނިކުމެދާނެ ނަތީޖާތަކަކަށް ބެލުމެއް ނެތި، ހާމަކުރަންޖެހޭ
މަޢުލޫމާތުކަމާއި، އަދި އެގޮތުން، ދަރިންގެ މެދުގައި ގޯތި ބަހާލުމުން އެ މީހަކަށްޖެހޭ ޖުމްލަ އޭރިޔާ ހާމަކުރަން
އޮތް އޮތުމަކީވެސް، ފޯމު ހުށަހަޅާ ފަރާތަށް އެ ފަރާތުގެ މައިންބަފައިންގެ ފަރާތުން ގޯއްޗަކުން ބައެއް ލިބޭނެކަމަށް
ބަލަންޖެހޭ ސަބަބެއް ނޫންކަމާއި، އެހެންނަމަވެސް، އެފަދަ މަޢުލޫމާތު ހާމަކުރުމުގެ މަޤްޞަދަކީ މާލޭގެ ގޯތި
ގެދޮރުގެ ދަތިކަމަށް ރިޢާޔަތްކޮށް، އަދި ދިރިއުޅުމަށް ލިބެން ހުރި ތަންތަނާއި، އެފަދަ ތަންތަނަށް ބޭނުންޖެހިފައިވާ
މީހުންގެ އަދަދަށް ބަލައި، ފްލެޓް ދޫކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކަނޑައެޅުމުގެ ނިޒާމެއް ޤާއިމުކޮށް،
އެ ނިޒާމުގައިވާ ގޮތުގެ މަތިން އެންމެ އެކަށީގެންވާ ފަރާތްތަކަށް ފްލެޓް ދޫކުރުމަށް މަގުފަހިކުރުންކަމާއި،
އާދަމް ޒިޔާދު ހުށަހެޅި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
F17773 "ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދޭ ފޯމް" ގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތުކަމަށް
ބެލެވެންނެތްކަމާއި، އެގޮތުން އާދަމް ޒިޔާދުއަށް ލިބިފައިވާ 75 ޕޮއިންޓަކީ، ޞައްޙަނޫން މަޢުލޫމާތެއްގެ މައްޗަށް
ބިނާކޮށް ލިބިފައިވާ ޕޮއިންޓް ކަމުގައިވާއިރު، ފްލެޓަށް އެދޭ ފޯމުގެ 8.10.2 ވަނަ ނަންބަރުގައިވާ ފަދަ ތަނެއް
އާދަމް ޒިޔާދު ބައްޕައަށް ލިބިފައިވާތީ، އެ މަޢުލޫމާތު އިޞްލާޙުކުރުމުން، އާދަމް ޒިޔާދުއަށް ގޯތި ގެދޮރުގެ ޓަet
އެހެންކަމުން،
2 23 24
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A73
ގެ
ލިބިފައިވާ 43 ޕޮއިންޓުގެ ތެރެއިން 4 ޕޮއިންޓް އުނިވާނޭކަން އެނގޭކަމާއި، އެ ގޮތުން، އާދަމް ޒިޔާދުއަށް
ލިބިފައިވާ ޖުމްލަ 75 ޕޮއިންޓުން 4 ޕޮއިންޓް އުނިވުމުން ލިބޭ ޖުމްލަ 71 ޕޮއިންޓަކީ ކެޓަގަރީ "ސީ"
ގުރުއަތަށް ދިއުމަށް ބޭނުންވާ 75 ޕޮއިންޓަށް ވުރެ މަދު އަދަދެއްކަން އެނގޭކަމާއި،
ފްލެޓަށް އެދި ކުރިމަތިލާފައިވާ ބައެއް ފަރާތްތަކުން ދީފައިވާ މަޢުލޫމާތު އިޞްލާޙުކުރުމުގެ
ފުރުޞަތު ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެފަރާތްތަކަށް ދީފައިވާކަމަށާއި، އަދި އެ ފަރާތްތަކަށް
ފްލެޓްވެސް ލިބިފައިވާކަމަށާއި، ނަމަވެސް އާދަމް ޒިޔާދުއަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެ
ފުރުޞަތު ދީފައިނުވާކަމަށް އާދަމް ޒިޔާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އިތުރަށް
ފާހަގަކޮށްފައިވީ ނަމަވެސް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ފޯމު އިޞްލާޙުކުރުމުގެ ފުރުޞަތު
އާދަމް ޒިޔާދުއަށް ދިންކަމުގައި ބެލި ނަމަވެސް، އެ ފޯމުގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ކުރުމުން،
ލިބޭނީ ކެޓަގަރީ "ސީ" ގެ ގުރުއަތަށް ދިއުމަށް ބޭނުންވާ 75 ޕޮއިންޓަށް ވުރެ މަދު ޕޮއިންޓެއްކަން އެނގޭކަމާއި،
އަދި އިޞްލާޙުކުރުމަށް ފުރުޞަތު ދެވިފައި ނެތްކަމުގައި ބެލިނަމަވެސް، އެ މަޢުލޫމާތު އިޞްލާޙުކުރުމުން
ގުރުއަތަށް ނުދެވޭނެކަން ޚުދު އާދަމް ޒިޔާދުވެސް ޤަބޫލުކުރާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި އާދަމް ޒިޔާދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި،
ހެންކަމުން، އާދަމް ޒިޔާދު ގުރުއަތުން ހޮވިފައިއޮތް އޮތުން، ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުން ބާތިލުކޮށްފައިވަނީ ޞައްޙަ އަޞްލެއްގެ މައްޗަށް ބިނާކޮށްކަމަށް މަދަނީ ކޯޓުގެ ނަންބަރު
2009/MC/1944 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
22c 0 /
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: wwwhighcourt.gov.mv
12
2010/HC-A/77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ޙާކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1944 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ކ. މާލެ / މއ.ކޯނަރ، އާދަމް ޒިޔާދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv