ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/69 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/69
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
، ޤަޟިއްޔާ ނަންބަރު: 69/HC
-
A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ހިލާލް
ދާއިމީ އެޑްރެސް: ގްރީންލީފް ގދ. ތިނަދޫ
* އައި.ޑީ.ކާޑު ނަންބަރު: A060534 މިހާރުގެ އެޑްރެސް: ގ. ޕިކްޗަރ މާލެ
* ވަކީލް: އދ. ނަދީމް އިބްރާހީމް ދަފްރަތު ނަންބަރު 7006، މާލެ
އދ. އަޙްމަދު ޝަފީޤް / މ. ތާއިފް، މާލެ
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ މަރްޔަމް ފެޒްލީން
• ރަޖިސްޓްރީ ކުރެވުނު ތާރީޚު: 11 ރަބީޢުލްއާޚިރު 1434 * ނިމުނު ތާރީޚް: 18 ރަބީޢުލްއާޚިރު 1434
21 ފެބްރުއަރީ 2013
28 ފެބްރުއަރީ 2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/1193(J
(
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 14 ފެބްރުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ޙައީސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2013/HC-A/69
ދަޢުވާގެ ޚުލާޞާ:
CO
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1193(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ގދ. ތިނަދޫ، ގްރީންލީފް މުޙައްމަދު ހިލާލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
1..
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1193(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ގދ. ތިނަދޫ، ގްރީންލީފް މުޙައްމަދު ހިލާލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
1193/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ގދ. ތިނަދޫ ގްރީންލީފް މުޙައްމަދު ހިލާލްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުއްޖަކާމެދު ގަދަކަމުން
ޖިންސީގުޅުން ހިންގި މައްސަލާގައި، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، މުޙައްމަދު ހިލާލް 15 ފެބްރުއަރީ 2013
ވަނަ ދުވަހުގެ 20:16 އިން ފެށިގެން 02 މާރޗް 2013 ވަނަ ދުވަހުގެ 20:15 ގެ ނިޔަލަށް، 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު ހިލާލް ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
ދިވެހިރާއް
P
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/69
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1193(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ގދ. ތިނަދޫ، ގްރީންލީފް މުޙައްމަދު ހިލާލްގެ ފަރާތުން
03 (ތިނެއް) ނުކުތާ
ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
+ + +
• ފުރަތަމަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ އިޖުރާއަތާ
ޚިލާފަށް ޝަރީޢަތް ހިންގަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މުޙައްމަދު ހިލާލުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 14 ފެބްރުއަރީ 2013
ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ހިލާލްގެ ވަކީލު ހާޟިރުކުރުމެއްނެތި ހިންގަވާފައިވާ
ޝަރީޢަތަކީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް
ހިންގަވާފައިވާ ޝަރީޢަތެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
OCX
• ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 12 އަދި 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއްނެތި ބަންދުގެ މުއްދަތު އިތުރުކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
¢ ¢ 3 9
4. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1193(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ގދ. ތިނަދޫ، ގްރީންލީފް މުޙައްމަދު ހިލާލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއީޑީޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
39/ ހދ
ނެކު ބައެށް
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ހައްޔަރާމެދު ނުވަތަ
ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރަށް ހުށަހަޅާނީ ތަޙްޤީޤުކުރާ މީހާކަމަށް ބަޔާންކޮށްފައިވާއިރު،
މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ނިންމުމަށް 14 ފެބްރުއަރީ 2013 ގައި ބޭއްވި މަޖިލީހަށް، މުޙައްމަދު
ހިލާލުގެ މައްސަލަ ތަޙްޤީޤުކުރާ ފަރާތް ހާޟިރުވެފައި ނުވާކަމުގައި މުޙައްމަދު ހިލާލުގެ ފަރާތުން ބުނެ ހުށަހެޅި
އަދި އެނުކުތާއާގުޅިގެން ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު،
ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް ފަނޑިޔާރަށް ހުށަހަޅާނީ ތަޙްޤީޤުކުރާ މީހާ
ކަމުގައި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުގެ
ބަޔާންކުރެވިފައިވާއިރު،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ތަޙްޤީޤުކުރާ މީހާކަމަށް ބެލެވޭނީ
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި ތަޙްޤީޤުކުރާ މީހާކަމަށް ބަޔާންކޮށްފައިވާ ފަރާތް ނުވަތަ ފަރާތްތައް
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 53/HC
-
A/2013 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި،
ނަމަވެސް ތަޙްޤީޤްކުރާ ފަރާތް ބަދަލުކުރުމުގެ ފުރުސަތު އޮންނައިރު، ބަންދާމެދު ގޮތެއް ނިންމުމަށް
ފަނޑިޔާރަށް ހުށަހެޅޭ ފޯމުގައި ތަޙްޤީޤްކުރާ ފަރާތްކަމަށް ބަޔާންކުރެވިފައިވާ ފަރާތް ނުވަތަ ފަރާތްތަކަކީ،
ބަންދާމެދު ފަނޑިޔާރު ގޮތެއް ނިންމުމުގައި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
Ucc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2013/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި،
ތަޙްޤީޤުކުރާ މީހާކަމަށް ބެލެވޭނެކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 53/HC-A/2013 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީވެސް މިކަން މިގޮތަށް ބެލުން ނަފީކުރާކަމެއްނޫންކަމާއި،
15 ފެބްރުއަރީ 2013 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މުޙައްމަދު ހިލާލުގެ
ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 085998/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި މައްސަލަ ތަޙްޤީޤުކުރާ ފަރާތް ކަމުގައި
ބަޔާންކުރެވިފައިވަނީ ޕޮލިސް ކޯޕްރަލް އަޙްމަދު ފާރިޝް (3168) ކަން އެނގެން އޮތްކަމާއި،
މިކަންކަން މިހެން ހުރިއިރު، މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ނިންމުމަށް 14 ފެބްރުއަރީ
2013 ގައި ބޭއްވި މަޖިލީހަށް ޙާޟިރުވެފައިވަނީވެސް ޕޮލިސް ކޯޕްރަލް އަޙްމަދު ފާރިޝް (3168) ކަން
އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ހިލާލުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް 14 ފެބްރުއަރީ 2013
ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު ހިޔާލުގެ ވަކީލު ހާޟިރުކުރުމެއްނެތި ހިންގަވާފައިވާ
ޝަރީޢަތަކީ ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި 48 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް
ހިންގަވާފައިވާ ޝަރީޢަތެއްކަމަށާއި، މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ނިންމުމަށް 14 ފެބްރުއަރީ 2013
ގައި ބޭއްވި މަޖިލީހަށް ޙާޟިރުވުމަށް މުޙައްމަދު ހިޔާލުގެ ވަކީލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އަންގާފައިވަނީ އެދުވަހުގެ 18:30 އެހާކަންހާއިރު ކަމަށާއި، އަދި މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް
ނިންމުމަށް ބޭއްވި މަޖިލިސް އެދުވަހު ފަށާފައިވަނީ 19:05 އެހާކަންހާއިރު ކަމަށާއި، މުޙައްމަދު ހިލާލުގެ ވަކީލު
އެވަގުތު ކޯޓަށް ޙާޟިރުވެފައިނުވާތީ، ވަކީލު ޙާޟިރުވަންދެން މައްސަލަ ފަސްކޮށްދިނުމަށް މުޙައްމަދު ހިލާލް
އެދިފައިވާނެ ކަމަށާއި، ނަމަވެސް މުޙައްމަދު ހިލާލުގެ ވަކީލު ޙާޟިރުވުމަށް އެއްވެސް މިންވަރަކަށް
މަޑުކުރުމެއްނެތި، އެދުވަހުގެ އެމަޖިލިސް ބާއްވާފައިވަނީ މުޙައްމަދު ހިލްލުގެ ވަކީލު ޙާޟިރުކުރުމެއްނެތިކަމަށާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
;ވ. ދިވެހީން
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/69
އެހެންކަމުން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ހިލާފަށް ޤާނޫނީ ވަކީލުގެ
4 4 3 24
އެހީތެރިކަން ދެމެހެއްޓުމަށް ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ބެލިގެންވާނެކަމަށް މުޙައްމަދު ހިލާލް
ޤަބޫލުނުކުރާކަމަށް މުޙައްމަދު ހިލާލުގެ ފަރާތުން ބުނެ، މުޙައްމަދު ހިލާލުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، އަދި އެއާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު،
ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި "ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ
ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ" މިފަދައިން
ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާއިން ލިބިފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) އަށް ބަލާއިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން
ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމާއި، އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ
ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
މިމައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު
ލިބިގެންވާކަން މުޙައްމަދު ހިލްލަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަންގާފައިވާކަމާއި، އަދި
މުޙައްމަދު ހިލާލް ޤާނޫނީ ވަކީލަކު ހަމަޖައްސާފައިވާކަން، މުޙައްމަދު ހިލާލް ހައްޔަރުކުރުމަށްފަހު
އެސަރވިސްއިން ތައްޔާރުކޮށްފައިވާ އެސަރވިސްގެ ނަންބަރު TD049394 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު
ފޯމް" އަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު VR008117 "ޤާނޫނީ ވަކީލުކަން ޤަބޫލުކުރިކަމުގެ
ލިއުން ބަލައިގަތް ސްލިޕް" އަށް ބެލުމުން އެނގޭކަމާއި، އަދި މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ނިންމުމަށް
ކުރިން ބޭއްވި މަޖިލީހަށްވެސް މުޙައްމަދު ހިޔާލުގެ ވަކީލު ޙާޟިރުވެފައިވާކަންވެސް އެނގޭކަމާއި،
އަދި މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 14 ފެބްރުއަރީ 2013 ގައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހަށްވެސް ޙާޟިރުވުމަށް އެދުވަހުގެ 18:25 ހާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން އަންގާފައިވާކަމާއި، އެދުވަހު މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި
84 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
سرما مر مر د و م ك ميسي
2013/HC-A/69
ބޭނުންވާކަމަށް ބުނެ
ބޭއްވި މަޖިލިސް ފަށާފައިވަނީ 19:05 އެހާކަންހާއިރު ކަމާއި، އެމަޖިލިސް ފެށުނުއިރުވެސް މުޙައްމަދު ހިލާލުގެ
ވަކީލު ޙާޟިރުވެފައިނުވާކަން އެނގޭއިރު، އެދުވަހުގެ އެމަޖިލިސް ކުރިއަށް ގެންދިޔައީ މުޙައްމަދު ހިލާލް
މައްސަލައެއްނެތްކަމަށް ބުނުމުންކަމަށާއި، އަދި މުޙައްމަދު ހިލާލަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ކޯޓުން
ދިނުމުންވެސް މުޙައްމަދު ހިލާލް އެކަމާގުޅޭގޮތުން ޝަކުވާ ކޮށްފައިވެސް ނުވާކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާއިރު، މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލީހުގައި މުޙައްމަދު ހިލާލަށް
ވާހަކަ ދައްކަން ފުރުޞަތު ދެވިފައިވާއިރު، ޤާނޫނީ ވަކީލުގެ އެހީތެރިކަން އެމަޖިލީހުގައި
އެކަން އެމަޖިލީހުގައި ފާހަގަކޮށްފައިނުވާނެކަމަށް މުޙައްމަދު ހިޔާލު ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވާކަން އެނގޭކަމާއި،
ވުމާއެކު، މިކަންކަން ހިނގާފައިވާގޮތުގެ މައްޗަށް ބެލިއިރު، މުޙައްމަދު ހިލާލުގެ ބަންދާމެދު ގޮތެއް
ކަނޑައެޅުމަށް 14 ފެބްރުއަރީ 2013 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިސް މުޙައްމަދު ހިލާލުގެ ޤާނޫނީ
ވަކީލުގެ ޣައިރު ޙާޟިރުގައި ބޭއްވިފައިވަނީ މުޙައްމަދު ހިލާލުގެ ރުހުމުގައިކަމަށް ޤަބޫލުކުރެވޭކަމާއި،
އެހެންކަމުން، މިމައްސަލާގައި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އާއި 48 ވަނަ މާއްދާގެ
(ށ) އިން ލިބިދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި، ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ
މުޙައްމަދު ހިލާލް މަޙްރޫމް ކުރެވިފައިވާކަމަށް ބެލެވެން ނެތްކަމެވެ.
ޙައްޤުން
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 12 އަދި 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއްނެތި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ބުނެ ހުށަހެޅި
ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
24 25
ނޫނޭކަމާއި،
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/69
އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ
ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް
ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
އޮތްތޯ ނުވަތަ
ނެތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވުނު ފަދައިން، އެމާއްދާގައި
ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު
ލިބިފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން
އެނގެން އޮންނައިރު، އެފަދަ ސަބަބެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ
ނިންމެވުމަކީ، އެފަނޑިޔާރަށް ލިބިފައިވާ އިސްވެދެންނެވުނު ބާރާއި އިޚްތިޔާރުގެ ބޭރުން ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ސާބިތުކޮށްނުދެވޭހާ ހިނދަކު، އެ ނިންމެވުމަކީ އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނެ
ނިންމެވުމެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 262/HC
-
A/2012 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަމާއި،
> > COCCO
OCCO
CU O
މުޙައްމަދު ހިލާލާމެދު ތުހުމަތު ކުރެވިފައިވަނީ މުޙައްމަދު ހިލާލް އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައްޗަށް ކަމަށްވާއިރު، މިމައްސަލާގައި ކަންހިނގާފައިވާ
ގޮތުގެ މައްޗަށާއި، ފެންނަންހުރި ކަންތައްތަކުގެ މައްޗަށް ބަލާއިރު މުޙައްމަދު ހިޔާލުގެ މައްޗަށް ތުހުމަތު
ކުރެވޭވަރުގެ އެކަށީގެންވާވަރުގެ
އިންވާވަރުގެ ކަންތައްތަކެއް ހުރިކަން އެނގެން އޮންނަކަމާއި، މުޙައްމަދު ހިޔާލުގެ މައްޗަށް
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2013/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ތުހުމަތު ކުރެވިފައިވާފަދަ ކުށުގެ ޢަމަލުތަކަކީ ފަރުދުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ނުރައްކާތެރި
29 ހޑ އ ހވ
ކެeވ
މިތަކެއްކަމާއި،
އެހެންކަމުން، މުޙައްމަދު ހިލާލުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށާއި، ތުހުމަތުކުރެވޭ
ކުށުގައި މުޙައްމަދު ހިލާލް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މިންވަރަށާއި، ހާދިސާގައި ކަން ހިންގާފައިވާ
ގޮތަށް ރިޢާޔަތްކޮށް ބަލާއިރު، މުޖުތަމަޢުގެ ސަލާމަތަށްޓަކައި، މުޙައްމަދު ހިލާލް ބަންދުކޮށްފައިވަނީ ރަނގަޅަށް
ނޫންކަމަށް ބެލެވޭނެ ތަނެއްނެތްކަމެވެ.
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1193(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv