ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/124 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/124
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 124/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ވިލާޝިޕިންގ އެނޑް ޓެރޭޑިންގ ޕްރައިވެޓް ލިމިޓެޑް
*ރަޖިސްޓްރީ ނަންބަރު: 17
/
86-C
* ވަކީލު: އގ. އިބްރާހީމް ރިޝް
އެޑްރެސް: ޖަންބުމާގެ/ ކ.ގުރައިދޫ
އައިޑީ ކާޑު ނަންބަރު:
A077768
0
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާރޓްސްއެންޑް ކަލްޗަރ)
ރަޖިސްޓްރީ ތާރީޚް: 27 ޖުމާދަލްއޫލާ 1434
ނިމުނު ތާރީޚް:
05) ރަޖަބް 1434
15 މެއި 2013
444
08
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1203
ނިންމެވި ކޯޓް: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަޙްމަދު ޝަރީފު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ހައިކޯޓު
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
s
2
213/HC-A/124
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓްގެ ނަންބަރު 2011/Cv
-
C/1203 ޤަޟިއްޔާއާއި ގުޅިގެން ވިލާ ޝިޕިންގ
އެންޑް ޓްރޭޑިންގ ޕީވޓ ލޓޑގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި
ގުޅިގެން ސިވިލް ކޯޓުން 19 ފެބްރުއަރީ 2013 ވަނަ ދުވަހު ނެރެފައިވާ "ވަގުތީ އަމުރަކަށް އެދި
ހުށަހެޅި ހުށަހެޅުމާއި މެދު ނިންމިގޮތް" އެކޯޓުން ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކުރުމަށް ވިލާ ޝިޕިންގ އެންޑް ޓެރޭޑިންގ ޕީވޓ ލޓޑގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓްގެ ނަންބަރު 2011/Cv
-
C/1203 ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން ނެރެފައިވާ
ވަގުތީ އަމުރު ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނޫންކަމަށް ބުނެ ވިލާޝިޕިންގ އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސިވިލްކޯޓަށް ހުށަހަޅާފައިވާ ނަންބަރު 2011/Cv
-
C/1203 ޤަޟިއްޔާ ވަކި ގޮތަކަށް ނިންމެވުމުގެ ކުރިން
ކ. މާދޫއެވެ ކިޔާ ރަށް އެހެން ފަރާތަކަށް ކުއްޔަށް ނުދިނުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދުނު
ހިނދު، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅުއްވައިފައިވަނީ ޝަރީޢަތް
ހެދިފައިވާ ޤަވާޢިދު 6 ގެ (295) "މަދަނީ ކޯޓުން ވަގުތީ އަމުރު ނެރުމާއި، ވަގުތީ ފިޔަވަޅު އެޅުމުގެ
ޤަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރަށް ރިޢާޔަތް ނުކޮށް ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
ބެހޭގޮތެއް
ވިލިމާބެހޭ ގޮތުން
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/124
(ނ) ދެވަނަ ނުކުތާއަކީ، ރާއްޖޭގައި ހުންނަ ފަޅު ރަށްރަށް ދިގު މުއްދަތަކަށް ޓޫރިސްޓް ހޮޓާ ތަކުގެ
ގޮތުގައި ނުވަތަ އެނޫންވެސް ބޭނުންތަކަށް ކުއްޔަށް ދިނުމުގެ ސިޔާސަތަކީ މިހާރު ސަރުކާރުން ގެންގުޅުއްވާ
ސިޔާސަތަކަށް ވީހިނދު، ކ. މާދޫ އެވެ ކިޔާ ރަށް އެހެން ފަރާތަކަށް ކުއްޔަށް ދީފިނަމަ އެރަށާ ގުޅިގެން
ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އޮތް ޙައްޤު ގެއްލިގެން ދިއުމަކީ
އެކަށީގެންވާ ކަމެއްކަމަށްވާތީ އެކަން ހުއްޓުވުމަށްޓަކައި ވަގުތީ އަމުރަކަށް އެދުނު ހިނދު، ވަގުތީ އަމުރެއް
ނެރެދެވެން ނެތްކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
03- ސިވިލް ކޯޓުގެ އިސްވެ ބަޔާންކުރެވުނު ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށް ވިލާޝިޕިންގ
އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެކުންފުނީގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް
އާރޓްސް އެންޑް ކަލްޗަރގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓަށް ހުށަހެޅި ބަލަމުންދާ އެކޯޓުގެ ނަންބަރު
2011/Cv
-
C/103 ޤަޟިއްޔާއިން ހުށަހެޅި މައްސަލައަކީ ކ. އަތޮޅު މާދޫ އެވެ ކިޔާ ރަށަކާއި ގުޅިގެން
ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އޮތްކަމަށް ބުނާ ޙައްޤަކާއި ގުޅޭ ދަޢުވާގެ
މައްސަލައަކަށްވެފައި، އެމައްސަލަ ވަކިގޮތަކަށް ނުނިމެނީސް، މިރަށް އެހެން ފަރާތަކަށް ކުއްޔަށް
ދެވިއްޖެނަމަ، ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ ޙައްޤު
ގެއްލި އެކުންފުންޏަށް ލިބިގެންދާނެ އިޢާދަ ނުކުރެވޭނެ ގެއްލުމެއް ލިބިދާނެކަމަށް ބުނެ އެކަމަށްޓަކައިކަން،
ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ސިވިލްކޯޓަށް ހުށަހެޅި ވަގުތީ އަމުރަށް
އެދޭ ފޯމުން އެނގެން އޮންނައިރު، ސިވިލްކޯޓަށް ހުށަހެޅި ބަލަމުންދާ އެކޯޓުގެ ނަންބަރު
2011/Cv-C/1203 ޤަޟިއްޔާ އަކީ ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަމީގެ
24
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/124
.
ކުއްޔަށް ދިން ކ. މާދޫ އެވެ ކިޔާ ރަށް އެކުންފުނިން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ ޤާނޫނާ ޚިލާފަށް
ކަމަށް ކަނޑައަޅައި ދިނުމަށާއި، އެރަށް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް
ކަނޑައަޅައި ދިނުމަށާއި އަދި އެރަށް ޤާނޫނާ ޚިލާފަށް ވިލާޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ވަކިކުރުމުގެ ސަބަބުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް
ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މައްޗަށް ހުށަހެޅުމުން ބެލެވޭ މައްސަލައެއްކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ ހިގައިދާނެކަމަށް،
ނުވަތަ މައްސަލާގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ
ކޯޓުގެ ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ފާނެކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ
ފިލައިގެން ހިގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް
ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން
ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ
ގަވާއިދު" 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ ބާރުގެ
ބޭނުންކުރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި،
މައްސަލާގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary)
ބާރެއްކަން އެނގެން އޮންނައިރު،
uc
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 21/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 އާއި، 5 ގެ (ބ) ގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ މައްޗަށް
ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ ވޭތޯ ބަލަންޖެހޭ ޢާއްމު ޝަރުތުތަކެއްވާކަން
ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން
އޮންނަކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކަކީ:-
ޖެހިރާއްޖޭގެ
އަޢީކޯޓު
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013/HC-A/124
(ހ) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް
ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ގޮތެއްގައި ޤާއިމްވެގެންވުން
(Fumus boni juris): ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު
ޤާއިމްވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް
އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ
މަރުކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް
ވުމާއި،
4 2 23s
ہر فرد کی
9
(ށ) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora): މީގެ މަފްހޫމަކީ މައުޟޫޢީ ދަޢުވާ
އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ
ނުރައްކަލަކާއި ނުވަތަ ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމާއި،
(ނ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން
ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު މައްސަލާގައި
ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ އެޙައްޤު
ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ، އެހެންނޫންނަމަ
އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް
ދާއިމީ ހިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، އިސްތިއުނާފުކުރެވުނު މިމައްސަލައާއި ގުޅިގެން މި މައްސަލައިގެ ޝަރީޢަތުގެ
މަޖިލީހުގައި ދެފަރާތުންމެ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަގުތީ އަމުރަކުން އެރަށެއްގެ
ފެއްގެ މަސްލަޙަތު ޙިމާޔަތްކުރުމަށް އެދޭ ރަށްކަމަށްވާ
ކ.މާދޫ އެވެ ކިޔާ ރަށަކީ 1997 ވަނަ އަހަރުންފެށިގެން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީންގެ
ހައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/124
ޕްރައިވެޓް ލިމިޓެޑުގެ ބެލުމުގެ ދަށުގައި އޮތް ރަށަކަށްނުވެފައި އެއަހަރުން ފެށިގެން މިހާތަނާއި
ޖެހެންދެންވެސް އެރަށް ހުރީ އެހެން ފަރާތަކަށް ކުއްޔަށް ދީފައިކަމަށް ދައުލަތުގެ ފަރާތުން ބުނާތީއާއި، އަދި
މިކަމަށް ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް އިންކާރު
ކޮށްފައިނުވާއިރު، 1997 ން ފެށިގެން މިމައްސަލަ ސިވިލްކޯޓަށް ހުށަހެޅުމާއި ހަމައަށްވެސް މިރަށާއި ގުޅޭ
ގޮތުން އެއްވެސް ޙައްޤެއް ޙިމާޔަތްކުރުމަށް ޝަރުޢީ އެއްވެސް މަރުޙަލާއަކަށް ވިލާ ޝިޕިންގ އެންޑް
ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގޮސްފައިވާކަން އެނގެން ނެތް އިރު، މި
މައްސަލގައި ވަގުތީ އަމުރަށް އެދި ހުށަހެޅި ސަބަބަށާއި، މިމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި،
ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި، އަދި ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295
ވަނަ މާއްދާގައިވާ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތް ކުރަން ޖެހޭނެ ކަންކަމުގެ މައްޗަށް ބަލާއިރު، ވިލާ
ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް
ނުނެރެފިނަމަ، އެފަރާތަށް ގެއްލުންތަކެއްވެ، އެގެއްލު
ގެއްލުންތައް އިޢާދަ ނުކުރެވޭ ވަރުގެ ކަމަކަށް ވެދާނެކަމަށް
ފެންނަވަރުގެ އެކަށީގެންވާ ސަބަބުތަކެއް ފެންނަން ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށްވެސް އެއްބަސްވެވޭ ކަމެވެ.
OOoCc
ވީމާ، އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި މެދު
ނިންމިގޮތުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރަމުން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރަންޖެހޭފަދަ ސަބަބެއް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވެއެވެ
ވެވެއެވެ.
ޙުކުމް
ހެރެމެއެވެ
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތުގެ މަތިން ސިވިލް
ކޯޓްގެ ނަންބަރު 2011/Cv-C/1203 ޤަޟިއްޔާއާއި ގުޅިގެން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ވާ
ދިވެހިރާއްޖެ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2013/HC-A/124
ލޓޑގެ ފަރާތުން ސިވިލް ކޯޓުގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ސިވިލް ކޯޓުން
19 ފެބްރުއަރީ 2013 ވަނަ ދުވަހު ނެރެފައިވާ "ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމާއި މެދު
ނިންމިގޮތް" ބާޠިލް ކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލްކޯޓުގެ އެނިންމުން ބަދަލު ކުރަން
ޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
6 24
ހައިކޯޓް
ވޯ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv