ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/05 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-K05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 05/HC
-
I
-
K/2011
، މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ދަޢުވާ ރައްދުވި ފަރާތް:
* ނަން:ޢަބްދުލް މުހްސިން ޢަލީ
އައިޑީ ކާޑުނަންބަރު: 126315-A
ދާއިމީ އެޑްރެސް: ބ.ގޮއިދޫ ނޫރާނީވިލާ
މިހާރުގެ އެޑްރެސް: ބ.ގޮއިދޫ ،ނޫރާނީވިލާ
*
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
* ނިމުނު ތާރީޚް: 16 މާޗް 2011
0
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K05
ޚުލާޞާ
I
މިއީ، ބ.ގޮއިދޫ ނޫރާނީވިލާ، ޢަބްދުލްމުޙްސިނު ޢަލީ (ދ.ރ.ކ.ނަންބަރ:
126315-A) 05
ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި "ލޯކަލް ކައުސިލްތަކުގެ މެމްބަރުކަމަށް ކުރިމަތި ލުމަށް އެދޭ ފޯމް" ގައި،
މީނާއަކީ ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި
ބުނެފައިވާ ޝަރުޠުތައް ފުރިހަމަ ވެފައިވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތު
ތަކެއްކަމަށް ޢަބްދުލްމުޙްސިނު ޢަލީ އިޤްރާރުވެ، އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް
ދޮގު މަޢުލޫމާތު ދީފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74
ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ޢަބްދުލްމުޙްސިނު ޢަލީ ގެ
މައްޗަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުރުމުން ބަލާފައިވާ
އިންތިޚާބާބެހޭ ކުށުގެ މައްސަލައެކެވެ.
473ޖވ
ފާހަގަކުރެވުނު ނުކުތާތައް:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:94/2011 "އިންތިޚާބާބެހޭ ކުށުގެ މައްސަލަ ހުށަހަޅާފައިވާ
ފޯމް" އިން، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ މިމައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވި އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރ
އަލްއުސްތާޛު ޙުސައިން ނާޝިދު ދައްކާފައިވާ ވާހަކައަށާއި، މައްސަލަ ރައްދުވާ ޢަބްދުލްމުޙްސިނު ޢަލީގެ ފަރާތުން
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:94/2011 "އިންތިޚާބާބެހޭ
ކުށުގެ މައްސަލަ ހުށަހަޅާފައިވާ ފޯމް އިން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ބ.ގޮއިދޫ
ނޫރާނީވިލާ، ޢަބްދުލްމުޙްސިނު ޢަލީގެ މައްޗަށް ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ ދަޢުވާގައި ބުނެފައިވާފަދައިން،
05 ފެބްރުއަރީ 2011 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލުމުގެ
<<
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2011/HC-I-K05
04 ދ ތ 0
2
0
އެއްގޮތަކަށްވެސް
== e ތ ދދު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި " ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް"
ގައި، ދޮގު މަޢުލޫމާތު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމާއި ގުޅިގެން
ޢަބްދުލްމުޙްސިން ޢަލީ ޖަވާބު ދެމުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް
ކުރިމަތިލުމަށް އެދި ހުށަހެޅި ފޯމުގައި އޭނާ ވެފައިވާ އިޤްރާރުގައި އޭނާއަކީ ޤާނޫނު ނަންބަރ: 10/2010
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަ
ވެފައިވާ މީހެއްކަމަށާއި، އެ؟
އެފޯމުގައިވާ މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތު
ކަމަށް ބުނެފައި އެވަނީ
އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ދޮގުމަޢުލުމާތު ދީގެން ކަމެއް އޮޅުވާލުމުގެ ނިޔަތުގައި
މަށާއި، އެކަން އެގޮތަށް ހިގާފައިވަނީ އެކަމުގެ މަތީން ހަނދާން ނެތުމުގެ ސަބަބުންނާއި ޤާނޫނުގައި ބުނާ
އެއްޗެއް ނޭގުމުގެ ސަބަބުން ކަމަށްބުނެ،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ ފަދައިން ފުލުސް ކޯޓުގެ
ޤަޟިއްޔާއަކުންނާއި، ކިނޮޅޮހު ކޯޓުގެ ޤަޟިއްޔާއަކުން ވައްކަމުގެ ކުށްވަނީ އޭނާގެ މައްޗަށް ސާބިތުވެފައިކަމަށް
ޢަބްދުލް މުޙުސިން ޢަލީ އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޢަބްދުލް މުޙުސިން ޢަލީ
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރ:20/SC
-
E/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ ހުށަހަޅާފައިވާކަން
ފާހަގަކުރެވޭކަމާއި،
މީގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޢަބްދުލް މުޙުސިން ޢަލީ
ބައިވެރިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމަށް ބަލާއިރު، އެފޯމުގައި
"ކެންޑިޑޭޓުގެ އިޤްރާރު" މި ސުރުޚީގެ ދަށުގައިވާ ލިޔުމުގައި، "ލޯކަލް ކައުންސިލްގެ އިންތިޚާބަން، މިފޯމުގައި
ބަޔާން ކޮށްފައިވާ ބ.ތުޅާދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލުމަށްއެދި އަޅުގަޑު ހުށަހަޅާމެވެ. އަޅުގަޑަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ.10
/
2010) ގެ 12 ވަނަ މާއްދާގައި ބުނާ
ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، މިފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި މިފޯމާއެކު
ހުށަހަޅާފައިވާ ހުރިހާ ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށާއި، ޙަޤީޤަތާއި ޚިލާފް މަޢުލޫމާތެއް ހިމަނާފައިވާނަމަ
އެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011 HC-I-K05
ގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކެންޑިޑޭޓްކަން ބާޠިލް ކުރެވޭނޭކަން، ދެނެހުރެ އަޅުގަޑު ޢަބްދުލްމުހުސިނު ޢަލީ އިޤްރާރުވަމެވެ." މިފަދައިން
ބަޔާންކޮށްފައިވާ ލިޔުމުގެ ތިރީގައި ސޮއިކުރުމަށް ކަނޑައެޅިފައިވާ ބައިގައި ސޮއިކޮށް، " ޢަބްދުލްމުޙުސިން ޢަލީ"
ގެ ނަން ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:20/SC
-
E/2011 ޤަޟިއްޔާގެ
ޝަރީޢަތް ގޮތުގެ ޚުލާޞާ އަށް ބަލާއިރު، ބ.ގޮއިދޫ، ނޫރާނީވިލާ، ޢަބްދުލްމުހުސިނު ޢަލީއަކީ ކުރީގެ ފުލުސް
ކޯޓުގެ ނަންބަރ:07/FC/87 ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ކުށުގެ ޢުޤޫބާތެއްގެ
ގޮތުން 01 އަހަރާއި 06 މަސް ދުވަހުގެ މައްދަތަށް އަރުވާލުމަށް ޙުކުމް ކުރައްވާފައިވާކަން މިހާރުގެ ކްރިމިނަލް
ނަންބަރ:2011
/
348/PM)
NECB-145 (26 ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު
ފޮނުއްވާފައިވާ ނަންބަރު:07/FC/87 ޤަޟިއްޔާގެ އުކުމުންނާއި، އެކޯޓުގެ ނަންބަރު:-145
2011
/
337/R
/
NECB (26 ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު ފޮނުވާފައިވާ ކުށުގެ ރެކޯޑުން
އެނގެން އޮންނަކަމަށް ބަޔާން ކުރައްވައި، އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ
ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުން
ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކު ކަމުގައިވާނަމަ، ޤާނޫނު ނަންބަރ: 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ވަނަ ނަންބަރުގެ ދަށުން އެމީހަކަށް
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ބައިވެރި ނުވެވޭނޭކަމަށް ބަޔާންކުރައްވައި، ބ.ގޮއިދޫ، ނޫރާނީވިލާ،
ޢަބްދުލްމުޙްސިނު ޢަލީއަކީ ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި އެލެކްޝަންސް ކޮމިޝަނަށް
އެޕްލިކޭޝަން ފޯމް ހުށަހެޅިއިރު، އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއްކޮށް އެކަން ޝަރީޢަތަށް
ސާބިތުވެފައިވާ މީހެއްކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޤާނޫނު ނަންބަރ: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 20
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަންތައް ފިޔަވައި،
ތާއީދު ހޯދުމަށް މަސައްކަތް ކުރުމާއި، ވޯޓު ނެގުމަށް ތައްޔާރު ވުމާއި ގުޅޭގޮތުންނާއި، ވޯޓު ނެގުމާއި، ވޯޓު
ގުނުމާއި، ނަތީޖާ އިޢުލާން ކުރުމާއި، އިންތިޚާބާބެހޭ ޝަކުވާއާއި، ފައިސާއާއި، މާލީ ކަންކަމާއި ގުޅޭގޮތުންނާއި،
އިންތިޚާބާބެހޭ ކުށާއި، އަދަބާއި ގުޅޭގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޢަމަލު ކުރަންވާނީ ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2011/HC-I-K05
4 22
&
32 ތ ދ
x
22x
| 2 / 2 ه2
2 2x24 2
ކޮށްފައި
ތުމުން، އިންތިޚާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި އެކަންކަމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ގޮތުގެ
މަތީންކަމަށް ބަޔާން ކޮށްފައި އޮންނަ އޮތުމުންނާއި،
އެމާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޤާނޫނު ނަންބަރު:11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) އާއި، އެޤާނޫނުގެ 25 ވަނަ މާއްދާއާއި،
އެޤާނޫނުގެ 66 ވަނަ މާއްދާއާއި، އެޤާނޫނުގެ 67 ވަނަ މާއްދާއާއި، އެޤާނޫނުގެ 73 ވަނަ މާއްދާގެ ދަށުން
ކުރަންޖެހޭ ކަންތައްތައް
އެތައް ކުރުން ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ
ނުމަށްޓަކައި، އެޤާނޫނުގެ ދަށުން ބޭއްވޭ ކައުންސިލްތަކުގެ އިންތިޚާތަކުގެ މައްޗަށް ނުހިނގާނެކަމަށް ބަޔާން
ކުށާއި، އަދަބު
ޢަމަލު ކުރަންޖެހޭނީ
ޤާނޫނު
ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީންކަން
ފާހަގަކުރެވެއެވެ.
(ރ) އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތައް އެގޮތުގެ މަތީން
ހުރުމާއެކު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ޢަބްދުލްމުޙްސިނު ޢަލީ ބައިވެރިވުމަށް އެދި
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުގައި ޢަބްދުލްމުޙުސިން ޢަލީ ވެފައިވާ
އިޤްރާރރުގައި، އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރ:10/2010) ގެ 12
ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، އެފޯމުގައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށް
ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފަށް ބުނެފައިވާ ބުނުމެއްކަމާއި، ޢަބްދުލްމުޙްސިނު ޢަލީ ގެ އިޤްރާރުގެ
ސަބަބުން ޤާނޫނު ނަންބަރު:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޢަބްދުލްމުޙުސިން ޢަލީ ކުށްވެރިވާކަން ފާހަގަކުރެވެއެވެ.
ވީމާ 05 ފެބްރުއަރީ 2011 ދުވަހު ބޭއްވުނު " ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011" ގެ
އަތޮޅު ކައުންސިލް (ބ.ތުޅާދޫ ދާއިރާ) ގެ މެންބަރުކަމަށް ކުރިމަތިލި ބ.ގޮއިދޫ ނޫރާނީވިލާ، ޢަބްދުލްމުޙްސިނު
ޢަލީ (ދ.ރ.ކ.ނަންބަރ:126315-A) ، އެ އިންތިޚާބަށް ކުރިމަތި ލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" ގައި ދޮގު
ހ2 22
2
މަޢުމްތ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2011/HC-I-K05
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދީފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ
(ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޢަބްދުލްމުޙްސިނު ޢަލީ ގެ މައްޗަށް
ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ދަޢުވާ ކުރުމުން ބެލުނު މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ޢަބްދުލްމުޙްސިނު ޢަލީ އަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު
ނަންބަރ:10/2010) ގެ 12 ވަނަ މާއްދާގައި ބުނާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށާއި، ޢަބްދުލްމުއްސިނު
ޢަލީ ހުށަހެޅި ފޯމުގައި ދީފައިވާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތު ކަމަށާއި، އަދި އެފޯމާއެކު ހުށަހަޅާފައިވާ ހުރިހާ
ތަކެއްޗަކީ ޞައްޙަ ތަކެތި ކަމަށް އިޤްރާރުވެ އެފޯމުގައި ސޮއިކޮށްފައިވާއިރު، ޤާނޫނު ނަންބަރު:10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި
ބައިވެރި ނުވެވޭނޭކަމަށް ބަޔާން ކޮށްފައިވާ ޙާލަތް ތަކުގެ ތެރެއިން "އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ
ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ
މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވުން" މިފަދައިން ބުނެފައިވާ
ޙާލަތު ޢަބްދުލްމުޙްސިނު ޢަލީ ގެ ކިބައިގައި ފުރިހަމަ ވެފައިވާކަން، ކުރީގެ ފުލުސް ކޯޓުގެ ނަންބަރ:07/FC/87
ޤަޟިއްޔާއިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ވައްކަމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 01 އަހަރާއި 06 މަސް
ދުވަހުގެ މައްދަތަށް އަރުވާލުމަށް ޙުކުމް ކުރައްވާފައިވާކަން މިހާރުގެ ކްރިމިނަލް ކޯޓުގެ ނަންބަރ:
-145
2011
/
348/PM)
NECB (26 ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު ފޮނުއްވާފައިވާ
ނަންބަރު:07/FC/87 ގެ ޤަޟިއްޔާގެ ޙުކުމުންނާއި، އެކޯޓުގެ ނަންބަރު:2011
/
337/R
/
NECB-145 (26
ޖަނަވަރީ 2011) ގެ ފެކްސް މެސެޖާއެކު ފޮނުވާފައިވާ ކުށުގެ ރެކޯޑުގެ ލިޔުމަށް ރިޢާޔަތް ކުރައްވައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ:20/SC
-
E/2011 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމުން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ: 11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު)
ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ށ) ދަށުން އިންތިޚާބަށް ކުރިމަތި
ލުމުގައި ދޮގުމަޢުލޫމާތު ދިނުމުގެ ކުށުން ބ.ގޮއިދޫ، ނޫރާނީވިލާ، ޢަބްދުލްމުޙްސިނު ޢަލީ (ދ.ރ.ކ.ނަންބަރ:-A
126315) ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތުގެ ގޮތުން އެމާއްދާގެ (ނ) ގެ ދަށުން މި
ޢަބްދުލްމުޙްސިނު ޢަލީ -/
20000ރ. (ވިހިހާސް) ރުފިޔާ އިން ޖޫރިމަނާކޮށް، މިފައިސާ މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށްޓަކައި މިއަދުން (16މާރޗް 2011) ފެށިގެން 01 (އެކެއް)
އެހިރާއް
ހައިކޯޓް
" ދިވެހިއެވެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2011/HC-I-K05
ޢަގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖެގެ ހައިކޯޓަށް ދެއްކުމަށް ޢަބްދުލްމުޙުސިން ޢަލީއަށް
ޙުކުމް ކޮށްފީމެވެ.
އެގޮތުގެ މަތީން
$
"ދިވެހިއްމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv