ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/344 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
*
ޤަޟިއްޔާ ނަންބަރ: 344/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: ފާތިމަތު ފަރީޝާ
ދާއިމީ އެޑްރެސް: މމ ޚާއްޞަ ދަފްތަރު 463
އައި.ޑީ.ކާޑު ނަންބަރ: A056544 * މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 03-2-13
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
* ދާއިމީ އެޑްރެސް: އެޗް. ޑީ. ސީ. ޢިމާރާތް، 3 ވަނަ ފަންގިލާ، ހުޅުމާލެ
މިހާރުގެ އެޑްރެސް: އެޗް. ޑީ. ސީ. ޢިމާރާތް، 3 ވަނަ ފަންގިލާ، ހުޅުމާލެ
ރެޖިސްޓްރީ ނަންބަރ. 793
/
2008-C
ވަކީލު: މޒ. ޙަސަން ޝަފީޤް
*
• ހުށަހެޅުނު ތާރީޚް: 02 ޑިސެމްބަރު 2009
* ނިމުނު ތާރީޚް: 28 ޖެނުއަރީ 2010
*
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1909 ނިންމެވިކޯޓް: މަދަނީކޯޓް
• ޤަޟިއްޔާގެ ބާވަތް: ޙައްޤު ހޯދުން
ފުހެޅުނުތާރީޚް: 13-08-2009
ނިމުނު ތާރީޚް: 27-10-2009
0
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2009/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1909 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާއިމެދު ހިތްހަމަ ނުޖެހިގެން، މާލެ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު ނަންބަރު 463 ފާޠިމަތު
ފަރީޝާ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ހައުސިންގް ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1909 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ
ފާޠިމަތު ފަރީޝާގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާއި
ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
މަޢުލޫމާތު ފޯމުގެ
އއމު
66 04
ممتع
(ހ) ފޯމްގައި ދީފައިވާ މަޢުލޫމާތު ތަކަކީ ޞައްޙަނޫން މަޢުލޫމާތެއްކަން ފޯމު ހުށަހަޅާއިރު
ސާބިތުވެއްޖެ ނަމަ ފޯމް ބާޠިލް ކުރެވޭނެ ކަމަށާއި، އަދި ފްލެޓް ޙަވާލު ކުރުމަށްފަހު ވެސް،
އެމަޢުލޫމާތަކީ ޞައްޙަ ނޫން މަޢުލޫމާތުކަން ސާބިތުވެއްޖެނަމަ ފްލެޓް ވަކި ކުރެވޭނެކަމަށް، 2008
ވަނަ އަހަރު ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓްގެ ފޯމް ފުރިހަމަ ކުރުމަށް ބޭނުންވާ
ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާކަން އެނގެން
އޮތްއިރު،
ދީފައިވާ އެއްވެސް މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމަށް ނުވާނަމަ ފޯމް ބާޠިލް ނެކަން
ޤަބޫލު ކުރާކަމަށް ފްލެޓަށް އެދި ހުށަހެޅި ފޯމްގެ އިޤްރާރުގައި ލިޔެފައިވާއިރު،
ސޮއިކޮށްފައިވާކަން އެނގެން އޮތުމުގެ އިތުރުން، ޤުރުއަތުން ހޮވުނު ފަރާތްތަކަކީ ފްލެޓް ލިބުމަށް
ޝަރުޠު ހަމަވާ ފަރާތެއްތޯ ޗެކްކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު،
2 · & 4ހ 0
!ޠިލް ކުރެވޭނެކަން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޝަރުޠު ހަމަ ނުވާ ފަރާތްތަކާއި،
ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާ ފަރާތްތައް ބާޠިލް
ކުރެވޭނެކަން، ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ 488 ފްލެޓަށް ޤުރުއަތުން ހޮވުނުކަން އަންގާ،
ސްލިފުގެ ނޯޓްގެ 2 ވަނަ ނަންބަރުގައި ބުނެފައިވާ ކަން އެނގެން އޮވެއެވެ.
**
(ށ) އިސްވެ އިޝާރާތް ކުރެވުނު ފްލެޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކެޓަގަރީ
”ބީ“ އަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭގޮތަށް ބަލާއިރު، ގޯތި ގެދޮރުގެ ބައިން ޝަރުތު
ފުރިހަމަވާނަމަ ޖުމްލަ 43 ޕޮއިންޓް ލިބޭނެ ކަމަށް އޮތް އިރު، ތިމާގެ މަންމަ ނުވަތަ ބައްޕައަށް
މާލެއިން ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައި، މަންމަ އާއި ބައްޕަ އަށް ލިބިފައިވާ ގޯތި
ދަރިންގެ މެދުގައި ބަހާލުމުން އެމީހަކަށް ޖެހޭ ޖުމްލަ އޭރިޔާ 600 އަކަފޫޓަށްވުރެ ކުޑަ ނަމަ، ގޯތި
ގެދޮރުގެ ބައިން ލިބިފައިވާ ޕޮއިންޓުން 4 ޕޮއިންޓް އުނިކުރެވޭނެ ކަން ކެޓަގަރީ “ބީ” އަށް
ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދެވޭ ގޮތުގެ ތަފްޞީލުން އެނގެން އޮވެއެވެ.
4 22
0 )
(ނ) ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް އެދި ފާޠިމަތު ފަރީޝާ ހުށަހަޅާފައިވާ ނަންބަރު
11515
F ފޯމަށް ބަލާއިރު، އެފޯމްގެ 8 ވަނަ ނަންބަރު (ފްލެޓަށް އެދޭމީހާގެ ގޯތި ގެދޮރާ ބެހޭ
މަޢުލޫމާތު) ގައި ފާޠިމަތު ފަރީޝާ ހަމަ އެކަނި ބަޔާންކޮށްފައިވަނީ، 8.12 ވަނަ ނަންބަރުގައިވާ
ސަރުކާރުގެ ޕްރޮޖެކްޓެއްގެ ދަށުން ޢިމާރާތްކޮށްފައިވާ ފްލެޓެއް ފާތިމަތު ފަރީޝާއަށް ލިބިފައިވާތީ
އެކަން ކަމާއި، މީގެ އިތުރުން ގޯތި ގެދޮރާއިބެހޭ މަޢުލޫމާތާއި ބެހޭ ބައިގާވާ އެއްވެސް ގޮޅިއެއްގައި
އެއްވެސް މަޢުލޫމާތެއް ހިމަނާފައިނުވާއިރު އެއިން ކޮންމެ ގޮޅިއެއްގައި ހަމައެކަނި ރޮގު ބުރިއެއް
ޖަހާފައި އޮންނަކަމާއި، އެހެން ކަމުން ގޯތި ގެދޮރުގެ ބަޔަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތަށް
ބަލައި ފާޠިމަތު ފަރީޝާއަށް 38 ޕޮއިންޓް ލިބިފައިވާކަން އެނގެން އޮވެފައި، ފާޠިމަތު ފަރީޝާގެ
މަންމަ ޙަފްޞާ މުޙައްމަދަށް ހ. ގާރޑަންބިއުޓީ އެވެ ކިޔާ ގޯތިން 452.7 އަކަފޫޓް ލިބިފައި
އޮންނަކަން ފާޠިމަތު ފަރީޝާގެ ބަހުންނާއި، މާލޭ މުނިސިޕަލްޓީގެ ނަންބަރު 2009
/
259-C (18
ޖޫން 2009) ގެ ”އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު، ން އެނގެން އޮތުމުން، ކެޓަގަރީ ”ބީ“
ގެ ޝަރުޠުގެ (ޅ) ގައި ބުނެފައިވާ ފަދަ ތަނެއް ފާތިމަތު ފަރީޝާގެ މަންމައަށް ލިބިފައިވާކަން
ސާބިތުވުމުން، އެބައިން އިތުރަށް 4 ޕޮއިންޓް އުނިކުރަން ޖެހޭކަން އެނގޭކަމާއި، އެހެން ކަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2009/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0 0
ގޯތި ގެދޮރުގެ ބައިން ފާތިމަތު ފަރީޝާއަށް ލިބެނީ 34 ޕޮއިންޓް ކަމާއި، އެހެން ބައިތަކުން ފާތިމަތު
ފަރީޝާއަށް ލިބިފައިވާ ޕޮއިންޓް ތަކަށް ބަލާއިރު، އުމުރުގެ ބައިން 12 ޕޮއިންޓާއި، ރަށްވެހި ކަމުގެ
ބައިން 15 ޕޮއިންޓާއި ދަރިންގެ ބައިން 5 ޕޮއިންޓާއި، ޖޮއިންޓް އެޕްލިކޭޝަންގެ ބައިން އެއްވެސް
ޕޮއިންޓެއް ލިބިފައިނުވާކަމާއި، ވުމާއިއެކު ފާތިމަތު ފަރީޝާއަށް މުޅިޖުމްލަ ލިބެނީ 66
ޕޮއިންޓްކަމާއި، 66 ޕޮއިންޓަކީ ކެޓަގަރީ “ބީ” އަދި "ސީ" ގެ ގުރުއަތަށް ދިއުމަށް ބޭނުންވާ
ޕޮއިންޓަށްވުރެ ދަށް ޢަދަދެއްކަން އެނގެން އޮވެއެވެ.
2149ތށް ބނނކށ
(ނ) ފުލެޓް ދޫކުރުމަށްޓަކައި ގުރުއަތަށް ގެންދިއުމަށް ޕޮއިންޓް ކަނޑައެޅިފައިވާ ގޮތަށް
ބަލާއިރު، ކެޓަގަރީ ”ބީ“ އިން ޤުރުއަތަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ އެކެޓަގަރީން ޝަރުތު
ހަމަވުމާއިއެކު، 70 ޕޮއިންޓް އަދި އެއަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތައްކަމާއި، ޝަރުޠު
ފުރިހަމަވޭތޯ އާއި ޕޮއިންޓް ދިނުމުގައި ބެލިފައިވަނީ ފްލެޓަށް އެދި ހުށަހެޅިފައިވާ ފޯމްގައި ދީފައިވާ
ކަމަށްވާތީ، ފްލެޓް ޙަވާލު ކުރުމުގެ ކުރިން ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން،
ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބެލޭނެ ކަމާއި، މަޢުލޫމާތު ސާފުކުރުމަށްފަހު ޝަރުތު
ފުރިހަމަ ނުވާކަން ސާބިތުވެއްޖެ ނަމަ ނުވަތަ ޕޮއިންޓަށް އުނިކަމެއް އަތުވެއްޖެނަމަ ފްލެޓް ޙަވާލު
ނުކުރެވޭނެ ކަމާއި، ފްލެޓް ޙަވާލު ކުރުމުގެ ފަހުންވެސް މިފަދަ ކަމެއް ސާބިތުވެއްޖެނަމަ
އަނބުރާ ނެނގޭނެ ކަން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
2009
/
01/HDC
(
161
)
-IU (04 ޖެނުއަރީ 2009) ގެ އިޢުލާނުން އެނގެން އޮވެއެވެ.
ފްލެޓް
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން، ހުޅުމާލެއިން ވިއްކާ 488 ފްލެޓަށް
އެދި ފާޠިމަތު ފަރީޝާ ފޯމެއް ހުށަހަޅާފައިވާ ކަމާއި، ފްލެޓް ޙަވާލު ކުރުމުގެ ކުރިން ފޯމްގައި
ދީފައިވާ މަޢުލޫމާތުގެ ޞައްޙަކަން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބެލޭނެ ކަމާއި،
މަޢުލޫމާތު ސާފުކުރުމަށްފަހު ޝަރުތު ފުރިހަމަ ނުވާކަން ސާބިތުވެއްޖެ ނަމަ ނުވަތަ ޕޮއިންޓަށް
އުނިކަމެއް އަތުވެއްޖެނަމަ ފްލެޓް ޙަވާލު ނުކުރެވޭނެ ކަމާއި، ފްލެޓް ޙަވާލު ކުރުމުގެ ފަހުންވެސް
މިފަދަ ކަމެއް ސާބިތުވެއްޖެ ނަމަ ފްލެޓް އަނބުރާ ނެނގޭނެކަމާއި، މިކަންކަން ފްލެޓަށް އެދި
ހުށަހެޅި ފަރާތްތަކަށް ޢާންމުކޮށް އެންގިފައިވާކަން އެނގެން އޮތުމާއިއެކު، ފާތިމަތު ފަރީޝާގެ މަންމަ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2009/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙަފްޞާ މުޙައްމަދަށް ރ. ގާރޑަންބިއުޓީ އެވެ ކިޔާ ގޯތިން 452.7 އަކަފޫޓް ލިބިފައި އޮންނަކަން
ފާތިމަތު ފަރީޝާގެ ބަހުންނާއި، މާލޭ މުނިސިޕަލްޓީގެ ނަންބަރު 2009
/
259-C (18 ޖޫން
2009) ގެ "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު، ން އެނގެން އޮވެފައި، ފްލެޓަށް އެދި
ހުށަހެޅި ފޯމްގެ ގޯތި ގެދޮރުގެ ބައިގާ އެމަޢުލޫމާތު ހިމަނާފައިނުވުމުން، ފްލެޓަށް އެދި ފާތިމަތު
ފަރީޝާ ހުށަހަޅާފައިވާ ފޯމްގައި ދީފައިވާ މަޢުލޫމާތަކީ މުޅިން ޞައްޙަ މަޢުލޫމާތު ކަމަށް ބެލެވެން
ނެތަތީ، މަދަނީކޯޓުގެ ނަންބަރު 2009/MC/1909 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކަމަށް
ބަދަލު ގެންނަންޖެހޭ
ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި
ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ބުރައެއް ނުވެވުނެވެ.
ނ
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން ބުނެވުނު ގޮތަށް
ހުރުމާއިއެކު، މަދަނީކޯޓުގެ ނަންބަރު 2009/MC/1909 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ
ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް
ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cenk
.ދި
ޙަމީދު
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަM
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes