ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/215 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 215/HC
-
A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު ޝިމާޢު
* ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 2561
* އައި.ޑީ.ކާޑު ނަންބަރު: A022678
މިހާރުގެ އެޑްގެ ދޫނިހުރާ މާލެ
* ބަދަލުގައި: އދ. އަޙްމަދު ފާއިޒް ރޯޝަނީވިލާ، ގދ. ރަތަފަންދޫ
ލިރުގެ އެޑްރެސް: މ.
0
* ދާއިމީ އެޑްރެސް: މ. ނަލަހިޔާގެ މާލެ
މިހާރުގެ އެޑްރެސް: މ. ނަލަހިޔާގެ މާލެ
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ވަޙީދު ޢަލީ
އައި.ޑީ.ކާޑު ނަންބަރު: A023513
ބަދަލުގައި: އދ. އާމިނަތު ޢަލީ ހުސްނުހީނާގެ،
ވަކީލް: އދ. ޢަބްދުﷲ ސަޢީދު ތްރީލައިންސް،
*
*
284
ހުޅުދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ރަމަޝާން 1433
30 ޖުލައި 2012
ނިމުނު ތާރީޚް: 29 ޝައްވާލު 1434
05 ސެޕްޓެމްބަރ 2013
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
653
/
Cv
-
C/1440)
ނިންމި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނު ތާރީޚް: 01 ޖޫން 2010
ނިމުނު ތާރީޚް: 12 އޭޕްރިލް 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/215
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ދަފްތަރު.
ނަންބަރު 2561، އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
0 =ހ8
834ނ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ
.
ނަލަހިޔާގެ އިބްރާހީމް ވަޙީދު ޢަލީއެވެ.
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް
1. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ދަފްތަރު. ނަންބަރު
2561، އަޙްމަދު ޝިމާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، ދަފްތަރު. ނަންބަރު 2561، އަޙްމަދު ޝިމާޢުއާއި
މ. ނަލަހިޔާގެ އިބްރާހީމް ވަޙީދު ޢަލީ ގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މަހަކު -/75,000ރ.
(ހަތްދިހަ ފަސްހާސް ރުފިޔާ) ގެ ކުއްޔަށް މ. ހުދުއަސުރުމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ އުތުރުބައިގައި
އިބްރާހީމް ވަޙީދު ޢަލީ ހަދާފައިވާ 18 (އަށާރަ) ކޮޓަރީގެ ބްލޮކް ކުއްޔަށް ހިފުމަށްފަހު، އެތަނުގެ ކުލިނުދީވާތީ،
2010 މެއި މަހުގެ ނިޔަލަށް -/450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) އާއި، މީގެ އިތުރަށް
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
އަޙްމަދު ޝިމާޢު ދީފައިވާ ޗެކްތަކެއް ބައުންސްވެފައިވާތީ، ނުލިބިވާ -/
318,530ރ. (ތިންލައްކަ އަށާ
އަށާރަހާސް
ފަސްސަތޭކަ ތިރީސް ރުފިޔާ) އާއި، ކުއްޔަށްދިން ތަނުގެ ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަންޖެހި
ނުދައްކައިވާ -/150,000 ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއެކު ޖުމްލަ -/918,530ރ. (ނުވަލައްކަ
އަށާރަހާސް ފަސްސަތޭކަ ތިރީސްރުފިޔާ) ނުލިބިވާތީ، އެފައިސާ ލިބިދިނުމަށާއި، އެ 18 (އަށާރަ) ކޮޓަރީގެ
ބްލޮކް އިބްރާހީމް ވަޙީދު ޢަލީއާއި ޙަވާލުކޮށްދިނުން އެދި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އަޙްމަދު ޝިފާޢުގެ
މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
,8 ހ2
3. މިޤަޟިއްޔާއާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. "ދެންފަހެ، ދަފްތަރު
2561 (މ. ދޫނިހުރާ 2 ވަނަ ފަންގިފިލާ) އަޙްމަދު ޝިފާޢު (ދ.ރ.ކާޑު ނަންބަރު
A011077) ގެ މައްޗަށް މ. ނަލަހިޔާގެ އިބްރާހީމް ވަޙީދު (ދ.ރ.ކާޑު ނަންބަރު A023513) ގެ ފަރާތުން
ކުޅަ ދަޢުވާއަށް ބަލާއިރު،
އަޙްމަދު ޝިމާޢުއާއި އިބްރާހީމް ވަޙީދުއާމެދު މ. ހުދުޢަޞުރުމާގެ އެވެކިޔާ ގޯތީގެ އުތުރުގައިވާ
ޢިމާރާތާއި ގުޅިގެން ކުލީގެ އެއްބަސްވުމެއްވެ، އެ އެއްބަސްވުމުގައިވާ ފަދައިން އަޙްމަދު ޝިމާޢުގެ ފަރާތުން
ޢަމަލުކޮށްފައިނުވާކަމާއި، މިމުޢާމަލާތާއި ގުޅިގެން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ -/
150,000ރ.
(އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއި، ޖެނުއަރީ 2010 އިން ފެށިގެން އޭޕްރީލް 2012 ގެ ނިޔަލަށް
ހުދުޢަޞުރުމާގެ އިރުމަތީ ބައިގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ،
ކުލީގެ ގޮތުގައި، މަހަކު -/
75,000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން 27 (ހަތާވީސް) މަހުގެ
ކުއްޔަށްވާ -/
2,025,000ރ. (ދެމިލިއަން ފަންސަވީސް ހާސް ރުފިޔާ) އާއެކު ޖުމްލަ -/
2,175,000ރ.
(ދެމިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އަޙްމަދު ޝިމާޢުގެ ފަރާތުން އިބްރާހީމް ވަޙީދުއަށް
ދައްކަންޖެހޭކަން މަދަނީ މިންގަނޑުން ޘާބިތުވާކަމުގައާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/1215
ދަޢުވާގައި ހޯދުމަށްއެދި ހުށަހަޅާފައިވާ -/
318,530ރ. (ތިންލައްކަ އަށާރަހާސް ފަސްސަތޭކަ ތިރީސް
ރުފިޔާ) އަކީ އިބްރާހީމް ވަޙީދުގެ ފަރާތުން ހޯދުމަށް ދަޢުވާކުރެވޭނެ ފައިސާއެއްކަން ޘާބިތުނުވާކަމުގައާއި،
އަޙްމަދު ޝިމާޢުއާއި އިބްރާހީމް ވަޙީދުއާމެދު ވެފައިވާ އެއްބަސްވުމާއި އަޙްމަދު ޝިމާޢުގެ ފަރާތުން
ޚިލާފުވެފައިވާތީ، ދ. ހުދުޢަޞުރުމާގެ އެވެ ކިޔާ ގޯތީގެ އުތުރުގައި ހަދާފައިވާ ޢިމާރާތް ކުއްޔަށް
ދިނުމާބެހޭގޮތުން އެދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ދަމަހައްޓާނެތަނެއް ނެތްކަމުގައި ކަނޑައަޅައި،
އިސްވެ ބަޔާންކުރެވުނު -/2,175,000ރ. (ދެމިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ)
އަޙްމަދު ޝިމާޢުގެ ފަރާތުން އިބްރާހީމް ވަޙީދުއަށް ރައްދުކުރުމުގެ ގޮތުން، 10 އޭޕްރީލް 2012 ވަނަ ދުވަހުން
ފެށިގެން 10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ، އެމީހަކަށް ދައްކަންޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކާ، މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ޚަލާޞްކުރުމަށާއި،
10 އޭޕްރީލް 2012 ވަނަ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި، އަޙްމަދު ޝިމާޢުއަށް ކުއްޔަށް
ދީފައިވާ މ. ހުދުޢަޞުރުމާގެ އެވެކިޔާ ގޯތީގެ އުތުރުގައި ހަދާފައިވާ ޢިމާރާތުގައި އަޙްމަދު ޝިމާޢުގެ ފަރާތުން
ބައިތިއްބާފައިވާ މީހުންނާއި، ބަހައްޓާފައިވާ ތަކެތި ނެރެ، ތަންހުސްކުރުމަށްފަހު، އެތަން އިބްރާހީމް ވަޙީދުއާއި
ވާލުކުރުމަށް އަންގައި، ޙުކުމްކޮށްފީމެވެ." މިހެންނެވެ.
ulc
4. ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ދަފްތަރު. ނަންބަރު 2561، އަޙްމަދު ޝިމާޢުގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: އެއްބަސްވުމުގައި ސޮއިކުރެވުނުތާ 02 އަހަރު ދުވަސް ފުރިހަމަވެގެން
ދިޔައިރުވެސް ކުއްޔަށްހިފިތަން ފުރިހަމައަށް ޙަވާލުކޮށްފައިނުވާކަމަށާއި، ކުއްޔަށްދިން ތަނުގެ
01
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
އެޕަރޓްމަންޓުގައި އިތުރު މީހަކު އުޅެމުންދިޔުމާއި، އިތުރު 01 ބައިގައި ގޭގެ ވެރިފަރާތުގެ ތަކެތި ބަހައްޓައި
ތަޅުލާފައިވާއިރު އެކަމަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: މ. ހުދުއަސުރުމާގެ ގޯތީގައިވާ މުސްކުޅި ގެއިން އިބްރާހީމް ވަޙީދު ޢަލީއަށް
ކުއްޔަށް ދީފައިވަނީ ވަކި ބައިތަކެއްކަމަށާއި، މިބައިތައް އަސްލު އެއްބަސްވުމުގައި ހިމަނާފައިވާނެކަމަށް
މ. ހުދުއަސުރުމާގެ އަޙްމަދު ޝަފީޢު ޝަރީޢަތުގެ މަޖިލީހުގައި ހެކިން ކުރަންޖެހޭ ހުވާކޮށްގެންހުރެ ދިން
ބަޔާނުގައި ބުނެފައިވާއިރު، އަޙްމަދު ޝިފާޢުއަށް އިބްރާހީމް ވަޙީދު ޢަލީ ކުއްޔަށްދީފައިވަނީ މ. ހުދުއަސުރުމާގެ
ގޯތީގެ އިރުމަތީގައިވާ ޢިމާރާތް (މުސްކުޅި ގެ) ކަމުގައި ބަޔާންކޮށްފައި އޮތުމުން، އަޙްމަދު ޝިމާޢުއަށް
އިބްރާހީމް ވަޙީދު ޢަލީ ކުއްޔަށްދީފައިވާ ހުރިހާ ބައެއް، ކުއްޔަށް ދިނުމުގެ ހައިސިއްޔަތު އިބްރާހީމް ވަޙީދު
ޢަލީގެ ކިބައިގައި ފުރިހަމަނުވާއިރު މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހ4
ކުއްޔަށް
(ނ) ތިންވަނަ ނުކު ދީފައިވާ ތަނުން ކުއްޔަށް ހިފި ބޭނުން ފުރިހަމަ ނުކުރެވި
ވާއިރު، އަދި ކުއްޔަށްހިފި ބޭނުން ނުކުރެވި ވަނީ ކުއްޔަށްދިން ފަރާތުގެ އިޙުމާލުންކަން ސާބިތުވާއިރު،
ކޮންޓްރެކްޓާ ޚިލާފްވި ފަރާތަކީ ކުއްޔަށް ހިފާފަރާތް ކަމުގައި ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފު މައްސަލަ ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި
ދަޢުވާގައި އެދިފައިވަނީ -/
918530ރ. (ނުވަލައްކަ އަށާރަހާސް ފަސްސަތޭކަ ތިރީސް) ރުފިޔާ ހޯދުމަށް
ކަމަށްވާއިރު، ޖުމްލަ -/
2175000ރ. (ދެމިލިއަން އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ ދޭންޖެހޭކަމަށް
ޙުކުމް ކުރައްވާފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
ނޫ8 ހ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިއުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ހިންކަމަށްބުނެ، ދަފްތަރު ނަންބަރު 2561، އަޙްމަދު ޝިމާޢުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މ. ހުދުއަސުރުމާގެއެވެ ކިޔާ ގޯތީގެ އުތުރު ބައިގައި ހަދާފައިވާ ޢިމާރާތް
މީލާދީ 06 (ހައެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމާމެދު ނަލަހިޔާގެ އިބްރާހީމް ވަޙީދު ޢަލީއާއި މާލެ
ދަފްތަރު. ނަންބަރު 2561 އަޙްމަދު ޝިމާޢު އާ ދެމެދު އެއްބަސްވުމެއްގެ ދެފަރާތުން ސޮއިކޮށްފައިވާކަމާއި،
އެއެއްބަސްވުމުގެ 5 ވަނަ މާއްދާގައިވާގޮތުން، އެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ އެ ޢިމާރާތުގެ
1 ފްލެޓް ފިޔަވައި އެހެން ހުރިހާ ފްލެޓުގެ ތަޅުދަނޑިތަކާއެކު ޙަވާލުކުރެވުނު ތާރީޚް ކަމުގައިވާ 13 ފެބްރުއަރީ
2008 ން ފެށިގެންކަމާއި، އެއެއްބަސްވުމުގެ މުއްދަތަކީ މީލާދީ 06 (ހައެއް) އަހަރު ދުވަސްކަމާއި، އެއީ
5 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން 13 ފެބްރުއަރީ 2008 ން 12 ފެބްރުއަރީ 2014 ގެ
ޑ ވ މ 6238
އއފަ2
ނިޔަލަށްކަމާއި،
އަދި އެއެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާގޮތުން، މި ޢިމާރާތުގެ ކުއްޔަކީ މީލާދީ ކޮންމެ މަހަކަށް
-/75000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ކަމާއި، ކުލި ދައްކަން ފަށާ ތާރީޚަކީ 1 މެއި 2008 ން ފެށިގެން
ކަމާއި، 1 ފްލެޓް ޙަވާލުނުކުރެވި ވުމުން 2 މަހާއި 18 ދުވަސް ދެވިފައިވަނީ ކުއްޔެއް ނެތިކަން
އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، އެއްބަސްވުމާ އެއްގޮތަށް ތަނާ ޙަވާލުވެ 1 މެއި 2008 ން ފެށިގެން 2010
ޖެނުއަރީއާ ހަމައަށް މަހަކު -/
75000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ ރޭޓުން އަޙްމަދު ޝިމާޢު، ތަނުގެ
ކުލި އިބްރާހީމް ވަޙީދު ޢަލީއަށް ދީފައިވާކަމާއި، އަދި ތަނާ ޙަވާލުވެ، ތަނުގެ ބޭނުންކުރަމުންދަނީ އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
4c74
2
2އ
12
ޝިމާޢުކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، ތަން ކުއްޔަށް ދެވުނީ ވަކި
ކުރަންކަން ބަޔާންކޮށްފައިނުވާކަމާއި، ނަމަވެސް އެއްބަސްވުމުގެ ވަނަ މާއްދާއަށް ބަލާއިރު،
އެއެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށް ހިފާތަން ދެވަނަ ފަރާތަކަށް ކުއްޔަށްދިނުމުގެ އިޚްތިޔާރު އަޙްމަދު
ޝިފާޢުއަށް ލިބިދީފައިވާކަން އެނގޭއިރު، އަޙްމަދު ޝިމާޢު ތަން ކުއްޔަށް ތަނުގެ ބޭނުންކޮށްފައިވާކަމާއި،
އަދި ތަނަށް ދައްޖަންޖެހޭ ކުލި ދައްކަމުންގޮސް، 2010 ޖެނުއަރީ މަހާ ހަމައިން ކުލި ދެއްކުން ހުއްޓާލުމުން،
ކުލި ހޯދުމަށާއި، ތަން އަނބުރާ ހޯދުމަށް އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ދަޢުވާކުރުމާ ހަމައަށް، ތަން
ކުއްޔަށް
ބޭނުން ނުކުރެވޭކަމަށް ބުނެ އަޙްމަދު ޝިމާޢުގެ ފަރާތުން އެފަދަ ޝަކުވާއެއްކޮށް، މައްސަލަ
ޖައްސާފައިވާކަން އެނގެން ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާގައި މ. ނަލަހިޔާގެ
އިބްރާހީމް ވަޙީދު ޢަލީ، ދަފްތަރު. ނަންބަރު 2561، އަޙްމަދު ޝިމާޢުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ
އިބްރާހީމް ވަޙީދު ޢަލީގެ އަތުން އަޙްމަދު ޝިފާޢު ކުއްޔަށް ހިފާފައިވާ ތަނުގެ ކުލި ނުދައްކައި އެހާތަނަށް
ފާއިތުވެފައިވާ މުއްދަތު ކަމުގައިވާ (2010 މެއި މަހުގެ ނިޔަލަށް) ދައްކަން ޖެހޭކަމަށް އިބްރާހީމް ވަޙީދު ޢަލީ
ބުނެފައިވާ -/450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) އާއި، މީގެ އިތުރަށް އަޙްމަދު ޝިމާޢު
ދީފައިވާ ޗެކްތަކެއް ބައުންސްވެފައިވާތީ، ނުލިބިވާ -/
318,530ރ. (ތިންލައްކަ އަށާރަހާސް ފަސްސަތޭކަ
ތިރީސް ރުފިޔާ) އާއި، ކުއްޔަށްދިން ތަނުގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި ދައްކަންޖެހި ނުދައްކައިވާ
-/150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) އާއެކު ޖުމްލަ -/
918,530ރ. (ނުވަލައްކަ އަށާރަހާސް
ފަސްސަތޭކަ ތިރީސް ރުފިޔާ) ނުލިބިވާތީ، އެފައިސާ ހޯދުމަށާއި، އަދި ކުއްޔަށް ދީފައިވާ ތަން އިބްރާހީމް ވަޙީދު
ޢަލީއާ ޙަވާލުކޮށްދިނުން އެދި އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން އަޙްމަދު ޝިމާޢުގެ މައްޗަށް ހުށަހެޅުނު
މައްސަލައެއްކަން އެނގޭއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:6471]33
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
ދަޢުވާގައި ހޯދުމަށްއެދި ހުށަހަޅާފައިވާ ފައިސާތަކުގެ ތެރެއިން -/318,530ރ. (ތިންލައްކަ
އަށާރަހާސް ފަސްސަތޭކަ ތިރީސް ރުފިޔާ) ނަންގަވައި ދެއްވާފައިނުވާކަމާއި،
ނަމަވެސް މިމުޢާމަލާތާއި ގުޅިގެން އެޑްވާންސް ފައިސާގެ ގޮތުގައި ދައްކަންޖެހޭ -/
150,000ރ.
(އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަޙްމަދު ޝިމާޢުގެ ފަރާތުން އިބްރާހީމް ވަޙީދު ޢަލީއަށް ދިނުމަށް
އަންގަވާފައިވާކަމާއި،
އަދި ޖެނުއަރީ 2010 އިން ފެށިގެން އޭޕްރީލް 2012 ގެ ނިޔަލަށް މ. ހުދުއަސުރުމާގެ އުތުރު
ބައިގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ، ކުލީގެ ގޮތުގައި، މަހަކު
-/75,000ރ. (ހަތްދިހަ ފަސްހާސް ރުފިޔާ) ގެ މަގުން 27 (ހަތާވީސް) މަހުގެ ކުއްޔަށްވާ -/
2,025,000ރ.
(ދެމިލިއަން ފަންސަވީސްހާސް ރުފިޔާ) އާއެކު ޖުމްލަ -/
2,175,000ރ. (ދެމިލިއަން އެއްލައްކަ ހަތްދިހަ
ފަސްހާސް ރުފިޔާ) އަޙްމަދު ޝިމާޢުގެ ފަރާތުން އިބްރާހީމް ވަޙީދު ޢަލީއަށް ދައްކަންޖެހޭކަން ސިވިލް ކޯޓުން
ކަނޑައަޅުއްވާފައިވާކަމާއި، އެގޮތަށް، މައްސަލަ ނިމުމާ ހަމައަށް ކުލި ދޭންޖެހޭކަމަށް ނިންމަވާފައިވާ
ނިންމެވުމަށް ބަލާއިރު،
އިބްރާހީމް ވަޙީދު ޢަލީގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރުމާ ހަމައަށް ކުލީގެ ގޮތުގައި އަޙްމަދު
ޝިމާޢު ދައްކަންޖެހޭ ފައިސާ ހޯދުމަށް އެދުމާއެކު، އަޙްމަދު ޝިމާޢު ގަވާއިދުން ކުލި ދައްކާފައިނުވާތީ
އިބްރާހީމް ވަޙީދު ޢަލީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިބްރާހީމް ވަޙީދު ޢަލީ އެދިފައިވާކަންވެސް އިބްރާހީމް
ވަޙީދު ޢަލީ ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައިވާ "ހުށަހަޅާ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާ" އިން
އެނގޭކަމާއި،
އަދި ސިވިލް ކޯޓުން މައްސަލަ ނިމުމާ ހަމައަށްވެސް ހިފިތަން އަޙްމަދު ޝިމާޢުގެ ފަރާތުން
ބޭނުންކުރަމުން ގޮސްފައިވާއިރު، އެމުއްދަތަށް ކުލި ދައްކާފައި ނުވާކަން އެނގެން އޮތުމުން، އެއްބަސްވުމާ
އެއްގޮތަށް އަޙްމަދު ޝިމާޢު އެހާތަނަށް ދައްކަންޖެހޭ ކުލި ދެއްކުމަށް ނިންމެވުމަކީ ދަޢުވާގައި އެދިފައިނުވާ
ގޮތަކަށް މައްސަލަ ނިންމެވުންކަމުގައި
ވެސް ކުއްޔަށް
22
4
4
4 ހދ
ފަނމއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
212/HC-A/1215
އަދި ކުލީގެ އެއްބަސްވުމެއްގައި، ކުއްޔަކީ އެއެއްބަސްވުމުގެ ޖައުހަރީ ޢުންޞުރަކަށްވާއިރު،
ހުދުއަސުރުމާގެއެވެ ކިޔާ ގޯތީގެ އުތުރުގައި ހަދާފައިވާ ޢިމާރާތުގެ ކުލި ދެއްކުން ވަކި ހިސާބަކުން
ހުއްޓާލައި، އެތަން ކުއްޔަށް ދިނުމާ ބެހޭގޮތުން އަޙްމަދު ޝިމާޢުއާ އިބްރާހީމް ވަޙީދު ޢަލީއާ ދެމެދު ވެފައިވާ
އެއްބަސްވުމާ އަޙްމަދު ޝިމާޢުގެ ފަރާތުން ޚިލާފުވެފައިވާތީ، އެއެއްބަސްވުން ދަމަހައްޓާނެތަނެއް ނެތްކަމަށް
ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާއިރު،
ދެފަރާތެއްގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތެއްގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް
އަދާކުރަންޖެހޭ ހައްޤުތަކެއް އޮވެފައި އެމުޢާމަލާތާގުޅިގެން ހުށަހެޅޭ މައްސަލައެއްގައި އެ މުޢާމަލާތް ނުވަތަ އެ
އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވާ ޙާލަތުގައި ނުވަތަ އެފަދަ މުޢާމަލާތެއް ނިމުމަކަށް
ގެންނަންޖެހޭކަމަށް ޝަރީޢަތުން ކަނޑައަޅުއްވާ ޙާލަތުގައި، އެމައްސަލައެއްގެ ޙަޤީޤަތްތަކުގެ މައްޗަށާއި،
ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި އެއްފަރާތުން އަނެއް ފަރާތަށް އަދާކުރަންޖެހޭ ޙައްޤުތަކާމެދު ގޮތް
ކަނޑައެޅުމަކީ ޝަރީޢަތުގެ ފަރާތުން ކުރެވިދާނެ ކަމެއްކަމާއި، މިކަން މިގޮތަށް، މިކޯޓުގެ ނަންބަރު
257/HC-A/2009 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމެވެ
(ނ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހުދުއަސުރުމާގޭގެ
އުތުރުބައި، އިބްރާހީމް ވަޙީދު ޢަލީގެ އަތުން އަޙްމަދު ޝިފާޢު ކުއްޔަށް ހިފައި، ތަނަށް ކުލި ނުދައްކައި
މައްސަލަ ނިމުމާ ހަމައަށް ހޭދަވެފައިވާ މުއްދަތަށްވާ ކުލި އިބްރާހީމް ވަޙީދު ޢަލީއަށް ދިނުމަށް އަޙްމަދު
ޝިމާޢުއަށް އަންގަވައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/653 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނިންމެވި ނިންމެވުމެއްކަމުގައި މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުންނަށް ނުފެނުނެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/215
ދެންފަހެ، ޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/653 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް
ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv