ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/272 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/
22
ޤަޟިއްޔާ ނިމުނު ގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ:272/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދާއިމީ އެޑްރެސް: ޓީބިލްޑިންގ 1 ވަނަ ފަންގިފިލާ / މާލެ
މިހާރުގެ އެޑްރެސް: ޓީ-ބިލްޑިންގ 1 ވަނަ ފަންގިފިލާ / މާލެ
1
0
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
l. * ނަން: ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރ 758
/
2008-C
ދާއިމީ އެޑްރެސް: ..ހިތިގަސްދޮށުގެ / މާލެ މިހާރުގެ އެޑްރެސް: ބ. ހިތިގަސްދޮށުގެ / މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 21 އޯގަސްޓް 2014
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2013/Cv
-
C/06
*ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 19 މެއި 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
19
ފަނޑިޔާ އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ދަޢުވާގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
2
ޤަޟިއްޔާ ނިމުނު ގޮތު
کی مری
2
2013/HC-A/22
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/06 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސޯތިއުނާފު ރައްދުވާފަރާތަކީ ޓްރެޝަރ ބިޒް އިންޓަނޭޝަނަލް
ޕްރައިވެޓް ލިމިޓެޑެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/06 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤާ ޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
26 0 0
2- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި އަގުން ޓެކްސް ނެގުމުގެ
ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވުމަށް ލާޒިމުވާނަމަވެސް، ޓްރެދަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ރަޖިސްޓްރީވެފައި ނުވާކަމަށާއި، ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހަދައި، ނުވަތަ ގަސްދުގައި ޓެކްސް ދެއްކުމުން
އެއްކިބާވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެ ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ ނަންބަރު 2012
/
002/TAT
-
WA (24 ޑިސެމްބަރ 2012) "ބަލައި
އަމުރު" ގެ ދަށުން ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހަށް ވަދެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
3
ޤަޟިއްޔާ ނިމުނު
4 3 2 3
2{013/HC-A/272
جي معي ت ع کی مری
3)
0 0 0
ގިނަ ޢަދަދެއްގެ ލިޔުންތަކާއި އިލެކްޓްރޯނިކް ވަސީލަތްތައް އެއޮފީހުގެ އެއްވެސް މުވައްޒަފުއްގެ އެނގުމަކާއި
ނުލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އެ އަމުރުގައި
25 ޑިސެމްބަރު 2012 ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ދީފައިވާ 36 (ތިރީސް ހައެއް)
ގަޑިއިރުގެ މުހުލަތު 26 ޑިސެމްބަރު 2012 ދުވަހުގެ ރޭގަނޑު 10:00 ގައި ހަމަވެފައިވާނަމަވެސް،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދުގެ 12 ވަނަ މާއްދާގެ (ރ) އާއި އެއްގޮތްވާ ގޮތުގެ މަތީން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން މުއްދަތު އިތުރުކުރުމަކާއި ނުލައި، އެފަރާތުގެ ބެލުމުގެ
ދަށަށް ގެންގޮސްފައިވާ ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި އަނބުރާ
ރައްދުކޮށްދީފައިނުވާތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ޢަމަލުކޮށްފައިވަނީ ޓެކްސް
އެޕީލް ޓްރައިބިއުނަލުން ބަލައި ފާސްކުރުމަށް ދީފައިވާ މުއްދަތާއި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) އަދި (ރ) އާއި ޚިލާފަށްކަމުގައި ކަނޑައަޅައިދިނުމަށާއި، ޓެކްސް
އެޕީލް ޓްރައިބިއުނަލުގެ ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) އަދި (ރ) އާ ޚިލާފަށް މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީގެ ފަރާތުން ހިފަހައްޓާފައިވާ ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި
އެކުންފުންޏާއި ހަވާލުކުރުމަށް އަމުރުކޮށްދިނުން އެދި ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ އޮފީސް ބަލާ ފާސްކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރެފައިވާ ބަލާ ފާސްކުރުމުގެ
އަމުރު ތަންފީޛު ކުރުމުގައި، ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާކޮށްފައިވާ ފަދައިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދާ ޚިލާފުވެފައި ނުވާނެކަމުގައި ބުނެ،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދަޢުވާއަށް އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކާއި ލިޔުންތަކަށް
ބަލާއިރު، ދަޢުވާކުރާ ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި ދަޢުވާލިބޭ މޯލްޑިވެ
2x
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
44 3 2 3
3.2
2{13/HC-A/
22
4 ޤަޟިއްޔާ ނިމުނު 1
کی عمری
Oxc
ﷲ/20
އިންލަންޑް ރެވެނިއު އޮތޯރިޓީއާމެދު ޚިޔާލު ތަފާތުވެފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ
11
ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެއްގެ ދަށުން، އެޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
މުއްދަތު ހަމަވުމަށްފަހު، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން މުއްދަތު އިތުރުކުރުމަކާއި ނުލައި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
ތަކެތި ހިފެހެއްޓިދާނެ ކަމާއި މެދުކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ
(ހ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން "ޓެކްސާއި
ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް
ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސް އާ
ގުޅޭ މަޢުލޫމާތުގައި
ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ އެކުށް
ތަނަކަށް
ވަނުމުގެ
އަމުރެއް ނެރެދިނުމަށް... މީރާއަށް އެދެވިދާނެއެވެ." ކަމުގައި
ބަޔާންކޮށްފައިވާކަމާއި، މިފަދައިން ނެރޭ އަމުރުތައް ދެމި އޮންނާނީ 36 (ތިރީސް ހައެއް) ގަޑިއިރަށްކަން
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ށ)ގައާއި،
ޓެކްސް އެޕީލް ޓަރައިބިއުނަލްގެ ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ފާހަގަކޮށް، އެއިން އަމުރެއްގެ
މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެއަމުރު 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން
ދިނުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވާކަމުގައި ޤާނޫނު ނަންބަރު 3/2010 (ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ނ) ގައާއި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤަވާޢިދުގެ
12 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮންނަކަމާއި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް
އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ށ) ގެ (2) ގައި ބަލާ ފާސްކުރެވޭ ތަނަކުން ފެންނަ
ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހިނގާ ޝަރީޢަތަކާއި ގުޅިގެން ކަމާބެހޭ އޮފިސަރަށް
ގެންދެވިދާނެ ކަމުގައި ބަޔާންކޮށްފައިވާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 15 ވަނަ ޤައްދާގެ
ކުރަމުން
OXO
24 22
ގެވެޖހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{013/HC-A/272
22
(ށ) ގައި ބަލާ ފާސްކުރެވޭ ތަނަކުން ފެންނަ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހިނގާ ތަޙްޤީޤައް
ނުވަތަ ޝަރީޢަތަކާއި ގުޅިގެން ކަމާބެހޭ އޮފިސަރަށް ގެންދެވިދާނެ ކަމުގައި ބަޔާންކޮށްފައިވާކަމުން، ބަލާ
ފާސްކުރެވޭ ތަނަކުން ފެންނަ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފަދަ ތަކެތި ގެންދެވޭނީ ހަމައެކަނި
ހިނގާ ޝަރީޢަތެއްގެ ބޭނުމަކަށް ކަމުގައި ދަޢުވަކުރާ ފަރާތުން ބަޔާންކުރާއިރު، ތަޙްޤީޤުގެ
ބޭނުމަށްޓަކައިވެސް އެތަކެތި ގެންދެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ޤާނޫނު ނަންބަރު
3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 36 ވަނަ މާއްދާއަށް ޖުމްލަ ގޮތެއްގައި ބެލުމުން،
އެމާއްދާގެ ދަށުން އަމުރު ނެރެވޭނީ ޓެކްސާއި ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް
ނުވަތަ ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ ކުރަމުންދާކަމުގެ ހެކި ހުރިނަމަ ކަމުގައިވުމުން، ޤާނޫނު
ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ އަލީގައި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 36 ވަނަ މާއްދާގެ (ހ)ގެ (2) ގެ
ދަށުން ތަޙްޤީޤުގެ ބޭނުމަށް ތަކެތި ގެންދެވިދާނެކަމުގައި ބަލަންޖެހޭކަމާއި،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރޮޓީގެ ފަރާތުން ހިފަހައްޓާފައިވާ ދަޢުވާގައި
ބަޔާންކޮށްފައިވާ ތަކެއްޗާއި ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު ތަކެތިކަމުގައި
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައި ނުވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ހައްޤުތަކުގެ ތެރެއިން އެޤާނޫނުއަސާސީގެ 40 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤަކީ ކޮންމެ "ރައްޔިތަކަށް" ލިބިގެންވާ ޙައްޤެއް
ކަމުގައި އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި، ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ
ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކުރާފަދަ ޤާނޫނީ ޝަޚް ޞަކަށް (legal person) ވާހިނދު، ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
"ދިވެހިރައްޔިތް" ގެ ސިފަތައް ފުރިހަމަކުރެވޭފަދަ ފަރާތެއްނޫންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫއީކަވާރޭގެ
0 0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
6
ޤަޟިއްޔާ ނިމުނު "
2013/HC-A/22
گمرکی
32
ޤާނޫނުއަސާސީގެ ދަށުން "ރައްޔިތަކަށް" ލިބިގެންވާ ޙައްޤެއް ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ލިބިގެންވާކަމުގައި ބެލެވެން ނެތްހިނދު، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ
ކުންފުންޏާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފެދޭ ޤާނޫނީ ޝަޚްޞިތަކަށް އުފުލޭ އަދި
ނުއުފުލޭ މުދާ ހޯދައި ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށް ހަމަ އެމާއްދާގައި ބަޔާންކޮށްފައި އޮތުމުން،
ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް އެފަދައިން މުދާ ހޯދާލިބިގަތުމުގެ ޙައްޤު
ލިބިގެންވާކަމުގައި ބަލަންޖެހޭކަމާއި، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ
15 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިދޭ ޙައްޤު
(ރައްޔިތުންގެ މަޖިލީހުން ފާސްކުރާ) ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ހަނިކުރެވިދާނެ ކަމުގައި ޝަރީޢަތުން
ދެކޭހިނދު، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ށ)
ގެ (2) އަދި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލައި ފާސް
(search) ކުރެވޭ ތަނަކުން ތަޙްޤީޤުގެ ބޭނުމަށްޓަކައި ތަކެތި ގެންދެވުނުކަމުގައިވާ ނަމަވެސް، ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) އަދި ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ފަރާތުން
ނެރޭ ބަލައި ފާސްކުރުމުގެ އަމުރު ދެމި އޮންނަ މުއްދަތެއްގެ ހަމަވުމަށްފަހުގައި، ޤާނޫނު ނަންބަރު 312010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 36 ވަނަ މާއްދާގެ (ނ) އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ އަމުރުގެ މުއްދަތު އިތުރު ކުރުމަކާއިނުލައި، 36
( ތިރީސް ހައެއް) ގަޑިއިރަށްވުރެ އިތުރަށް އެތަކެތި ހިފެހެއްޓި (seize} ދާނެކަމުގައި
ބަޔާންކޮށްފައިނުވާކަމާއި، ބަލައި ފާސްކުރެވޭ ތަނަކުން ތަޙްޤީޤުގެ ބޭނުމަށްޓަކައި ތަކެތި ގެންދިއުމާއި،
އެތަކެތިވަކި މުއްދަތެއް ފަހަނައަޅާ ދިއުމަށްފަހުގައިވެސް އަނބުރާ ހަވާލުނުކޮށް ބެހެއްޓުމަކީ ދެކަމެއް ކަމާއި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ޤަވާޢިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ތަކެތި ހިފެހެއްޓުމުގެ
/
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
ޤަޟިއްޔާ ނިމުނު
سب سے کم عمری
2{013HC-A/272
ޗެވެ
ލިބިގެންވާކަމުގައި މާނަކުރެވޭނެ އެއްވެސް ޤާނޫނީ ބިނާއެއްވާކަމުގައި ޝަރީޢަތުން ނުދެކޭކަމުން، ޤާނޫނީ
އިމުން ބޭރުން، ނުވަތަ ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ޙުދޫދުން ބޭރުން، މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މުދާ ހިފެހެއްޓުމުގެ ޙައްޤު ލިބިގެން
ނުވާކަމުގައި ކަނޑައަޅުއްވައި،
ޤާނޫނުގެ މަޤްޞަދަކީ ޓެކުހާއި ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށް ކުރާ ފަރާތްތައް
ތަޙްޤީޤުކޮށް، އެފަރާތްތަކަށް އެކަމާއި ގުޅޭ އަދަބު ދިނުންކަމުގައިވާއިރު، އަދި އެކަން އެގޮތުގައި
ކުރުމަށްޓަކައި ހެކި ހޯދައި، އެހެކިތައް ރައްކާތެރި ގޮތެއްގައި ހިފަހައްޓައި، ބެލެހެއްޓުމަކީ ކުރެވެންވާނެ
ކަމެއްކަމުގައި ޝަރީޢަތުން ދެކޭހިނދު، ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ލިބިފައިވާ ބާރެއް މެނުވީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ބޭނުން ނުކުރެވޭނެކަމުން، މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ހިފެހެއްޓުމުގެ ބާރާއި
އިޚްތިޔާރު ލިބިގެންވާކަމުގައި ބެލެވެން ނެތަތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކިބައިގައި ހުރި
ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗަކީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑަށް ވަގުތުން އަނބުރާ ރައްދުކުރަންޖެހޭ ތަކެތިކަމުގައި މަދަނީ މިންގަނޑުން ޝަރީޢަތަށް
19 މެއި 2013 ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބެލުމުގެ ދަށުގައި ހުރި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ތަކެތި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރުމަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގައިފައިކަން އެނގެން އޮންނަކަމެވެ.
ބުރަވެވޭކަމުން ،
3- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/06 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤާ އްޔާ އިސްތިއުނާފު
ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން 3 (ތިނެއް) ނުކުތާ ހުރަހަކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
8
ޤަޟިއްޔާ ނިމުނު
2{13/HC-A/272
ޗެ3=
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އަމުރެއްގެ ދަށުން އަލްފާޟިލް
ފުއާދު ޒާހިރު (މަރިޔަމްލާގެ، ކޮލަމާފުށި، A051687) ގެ އަދި ފުއާދު ޒާހިރު ހިއްސާވާ
ކުންފުނިތަކުގެ (އޭގެ ތެރޭގައި ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްވެސް ހިމެނޭ ގޮތުން)
އޮފީސްތަކާއި ވިޔަފާރި ހިންގާ ތަންތަން ބަލައި ފާސްކުރުމަށްފަހު، ތަޙްޤީޤަށްޓަކައި މީރާގެ ބެލުމުގެ ދަށަށް
ގެނެސްފައިވާ ތަކެތި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އަމުރުގައި ބަލައި ފާސްކުރުމަށް ދެވިފައިވާ
މުއްދަތުގައި އަނބުރާ ޓެކްސް ދައްކާ ފަރާތުން ހަވާލުކުރަންޖެހޭކަމަށް ޙުކުމް ކުރައްވާފައިވަނީ، އެ ތަކެތި
ހެކީގެ ގޮތުގައި ހޯދުމުގެ ފުރިހަމަ ބޭނުމަށް ރިޢާޔަތް ކުރެއްވުމަކާނުލައި ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މީރާގެ ބެލުމުގެ ދަށަށް ގެނެވުނު ހުރިހާ ލިޔެކިޔުމާއި ތަކެތިވެސް
މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ވިޔަފާރިތައް ބަލައި ފާސްކުރުމުގެ އަމުރު ޓެކްސް އެޕީލް
ޓްރައިބިއުނަލްއިން ހޯދައިގެން ކަމަށް މީރާއިން ޝަރީޢަތުގެ މަޖިލީހުގައި ދެންނެވިނަމަވެސް، ބަލައި
ފާސްކުރުމުގެ އަމުރު ލިބިފައިވާ ވިޔަފާރިތަކާ ގުޅޭ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
އެޑްރެހުގައި އެހެން ކުންފުނިތަކެއް ހުރުމަކުން، އެތަނުގައި ހުރި އެހެން ކުންފުނިތަކަށް ނިސްބަތްވާކަން
ފާޅުގައި އެނގެން ހުރި ތަކެތި ބަލައި ފާސްކޮށް، އެތަކެތި މީރާގެ ބެލުމުގެ ދަށަށް ގެންދިޔުމަކީ، އެ
ކުންފުނި ބަލައި ފާސްކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުއްވާފައިވާ އަމުރުން މީރާއަށް
ލިބިދީފައިވާ ބާރުގެ ބޭރުން ކޮށްފައިވާކަމެއް ކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
OXO
ޚަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
9
44 35 33
ޤަޟިއްޔާ ނިމުނު "
2013/HC-A/22
کی عمری
(ނ) ތިންވަނަ ނުކުތާއަކީ: ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ފުއާދު ޒާހިރުގެ ނަމުގައި ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރުމަށްފަހު
މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި މީރާގެ ބެލުމުގެ
ދަށުގައި ރައްކާ ކުރެވިފައިވާ ފައިލަކީ، ދަޢުވާކުރި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް
ނިސްބަތްވާ ފައިލެއް ނޫންކަމުގައި ދެންނެވުމުންވެސް އެކަމަށް ރިޢާޔަތް ކުރެއްވުމަކާނުލައި، ދަޢުވާ ރައްދުވާ
ފަރާތަށް އެ ފައިލް ރައްދުކުރުމަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/06 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން މީރާގެ ފަރާތުންނާއި މި އިސްތިއުނާފު ދަޢުވާ ރައްދުވާ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް
ކޯޓުގެ ނަންބަރު 2013/Cv
-
C/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު 2012
/
002/TAT
-
WA
"ބަލައި ފާސްކުރުމުގެ އަމުރު" އަކީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން
ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކުރުން ލާޒިމް ވީނަމަވެސް ރަޖިސްޓްރީ
ކޮށްފައިނުވުމާއި ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުން ނުވަތަ ގަސްދުގައި ޓެކްސް ދެއްކުމުން
އެއްކިބާވުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލައިގައި ކޮލިއުމަރުމަނިކު ގޯޅީގައި
ހުންނަ މަރީނާ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ ގައި ހުންނަ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެ
ޚައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
73/
10 ޤަޟިއްޔާ ނިމުނު "
2013/HC-A/22
کی عمری
ލިމިޓެޑުގެ އޮފީސް، ބަލައި ފާސްކުރުމަށް 25 ޑިސެމްބަރު 2012 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:00
އިން ފެށިގެން 36 (ތިރީސް ހައެއް) ގަޑި އިރަށް، ނެރުއްވާފައިވާ އަމުރެއްކަމާއި، އެތަނުން ބަލައި
ފާސްކުރުމަށް ބޭނުންވާ މަޢުލޫމާތަކީ، ޓެކްސް ދައްކާ ފަރާތް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރުން ލާޒިމްވީ
ދުވަހުން ފެށިގެން 30 ޑިސެމްބަރު 2012 އާ ހަމައަށް ދައްކަންޖެހޭ ޓެކްސް އަދަދު ހިސާބުކުރުމަ
ބޭނުންވާނޭ އެންމެހައި މަޢުލޫމާތުކަމަށް ބަޔާންކޮށްފައިވާކަން އެ އަމުރުން އެނގޭއިރު، އެ އަމުރުގެ ދަށުން
މީރާގެ ފަރާތުން އެތަނަށް ވަދެފައިވަނީ 25 ޑިސެމްބަރު 2012 ދުވަހުގެ ހެނދުނު 10:50 ގައި ކަމަށާއި
އެތަނުން ހެއްކާއި ގަރީނާގެ ގޮތުގައި ބޭނުން ކުރެވިދާނޭކަމަށް އެ އަމުރު ތަންފީޒުކުރުމާ ހަވާލުވެ ހުރި
މީރާގެ އޮފިސަރަށް ގަބޫލުކުރެވޭ ތަކެތި ނެގުމަށްފަހު، އެތަން ބަލައި ފާސްކޮށް، އެ ތަނުން މީރާގެ
މުވައްޒަފުން ނުކުމެފައިވަނީ 14:46 ގައި ކަމަށާއި، އެހެންކަމުން އެއަމުރު ތަންފީޒުކޮށްފައިވަނީ 3 ގަޑި
އިރާއި 56 މިނެޓުގެ ތެރޭގައިކަމަށް މީރާގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
ޓެކުހާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކު ކުރެވޭނަމަ
ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި
ހުރިނަމަ، ޓެކުހާގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ދެކި ފެންނާނެކަމަށް މީރާއަށް
ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށްއެދި ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރަމުންދާ ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެކަމަށް
ފަދާނެކަމަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ
11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން ނެރޭ އަމުރު ދެމިއޮންނާނީ 36 (ތިރީސް
ހައެއް) ގަޑިއިރު ވަންދެންކަމަށް އެ ޤާނޫނުގެ 36 ވަނަމާއްދާގެ (ނ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެފަދަ އަމުރެއްގައި ބަލައި
ފާސްކުރުމަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް މީރާއިން
ބޭނުންވާނަމަ، ސަބަބު ބަޔާންކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
=
28
2{013HC-A/272
11 ޤަޟިއްޔާ ނިމުނު
دي وي ميت مع مری
8 794 4 2
4 05x
ހެހެޅެމުން،
کفر کی
އެކަންތައްތަކަށް ބެލުމަށްފަހު، އެއަމުރު 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ
މަތީން އިތުރުކޮށްދިނުމުގެ ބާރު ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެންވާކަން ޓެކްސް ނެގުމާބެހޭ އިދާރީ
ޤާނޫނުގެ 36 ވަނަމާއްދާގެ (ނ) އާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 12 ވަނަ މާއްދާގެ (ރ)
ގެ (1) ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމެވެ.
cococ
އެއްޗެއް
(ނ) ދެވަނަ ކަމަކީ: ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން ތަނެއް ބަލައި
ފާސްކުރުމުގެ ތެރޭގައި، ތަންތަނަށް ވަނުމުގައި ކަމާ ހަވާލުވެ ހުރި އޮފިސަރަކަށް އެތަނަކުން ފެންނަ
އެއީ ޓެކުހާ ގުޅޭ ކުށަކާ ގުޅިގެން ޝަރީޢަތެއްގައި ހެއްކެއްގެ ގޮތުގައި ބޭނުން ވެދާނެކަމަށް
އޭނާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ހިފައިގެންދެވިދާނެކަމާއި، އަދި އެތަނަކުން
ފެންނަ އެހެންމީހަކު އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއްވާ ކޮންމެ މީހަކު ބަލައި
ފާސްކުރެވިދާނެކަމަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 36 ވަނަ
މާއްދާގެ (ހ) ގެ 2 އަދި 3 ވަނަ ނަންބަރުން އެނގޭކަމާއި، ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި
ޝަރީޢަތެއްގައި ކުށެއްގެ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ ފޮރެންސިކް ތަޙުލީލަކަށް ނުވަތަ
ކުށެއްގެ ތަޙްޤީޤަށް، ކަމާ ހަވާލުވެ ހުރި އޮފިސަރ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެ
ދަށުން ތަނަކުން އެއްޗެއް ނެގުމުގައި، އެ ތަނުގައި އުޅޭ މީހަކު ނުވަތަ އެ ތަކެތި ނެގުމުގެ ކުރިން
އެތަކެއްޗާއި ހަވާލުވެ ހުރި އެތަކެތީގެ މައްޗަށް ބާރު ލިބިގެންވާ މީހަކު އެގެންދެވުނު ތަކެތީގެ ތަފްސީލު
ހޯދުމަށް އެދިއްޖެ ހާލަތެއްގައި އެ ތަފްސީލު ދޭންވާނެކަމާއި، ތަނަކުން ނަގާ އެއްޗަކީ ޝަރީޢަތެއްގައި
ކުށެއްގެ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރުމަށް ނުވަތަ ފޮރެންސިކް ތަޙުލީލަކަށް ނުވަތަ ކުށެއްގެ ތަޙްޤީޤަށް،
އެ އެއްޗަކީ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކޮފީއަކުން ފުދޭނެ އެއްޗެއްނަމަ، އެފަދަ ކަމެއް ސާބިތު
02 3
223 ހއ
سوم مسلحي
8404
ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް
ހިފަހައްޓައިގެން ނުވާނެކަން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 37
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
12
2{013HC-A/272
200 / 2
4 04:
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގެ (ހ) އާއި (ނ) އިން އެނގޭއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 37 ވަނަމާއްދާގެ ދަށުން
އެއްޗެއް ގެންދެވޭކަމާއި، ހަވާލުވެ ހުރީ އޮފިސަރަށް އެކަށީގެންވާ ސަބަބަކާއި ހެދި އެކަމަށް އުނިކަމެއް
އަތުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި އެ އެއްޗަކަށް ވާސިލްވުމާއި، ފޮޓޯ ނެގުމާއި، ކޮޕީ ހެއްދުމުގެ ހުއްދަ
ދިނުން ލާޒިމެއްނޫންކަން އެމާއްދާގެ (ޅ) އިން އެނގެން އޮތްނަމަވެސް، ކަމާ ހަވާލުވެ ހުރި އޮފިސަރެއްގެ
ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ހަވާލުވެ ހުރި ނުވަތަ އެމީހެއްގެ ބާރުގެ ދަށުގައި
އެ އެއްޗެއް ވީ މީހަކު ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެ އެއްޗެއް ބެލުމުގެ
ހުއްދައަށް އެދިއްޖެނަމަ، މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެކަމަކަށް އެދުނު މީހަކަށް އެ ކަން
ފުރިހަމަކޮށް ދޭންވާނެކަން އެމާއްދާގެ (ރ) އިން އެނގޭކަމާއި،
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރެފައިވާ ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން
ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި، އެ ތަނަކުން ފެންނަ އެއްޗެއް އެއީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ގަވާއިދުގެ 11 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅިގެން ހިންގާ ތަޙްޤީޤަކަށް ނުވަތަ
ޝަރީޢަތެއްގެ
ގޮތުން ބޭނުންވެދާނެ ކަމަށް އެ އަމުރު ތަންފީޒުކުރާ އޮފިސަރަށް
ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ގެންދެވިދާނެކަމާއި، އަދި އެތަނަކުން ފެންނަ އެހެން
މީހެއްގެ އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ މީހަކު ބަލައި
ފާސްކުރެވިދާނެކަމާއި، ބަލައި ފާސްކުރާއިރު ފެންނަ މަޢުލޫމާތަކީ އިލެކްޓްރޯނިކް މަޢުލޫމާތު ކަމުގައި ވެފައި
އެ މަޢުލޫމާތު ކުށަކާ ގުޅިގެން ހިންގާ ތަޙްޤީޤަކަށް ނުވަތަ ޝަރީޢަތެއްގެ ބޭނުމަށް ހެއްކަކަށް ނުވަތަ
ގަރީނާއަކަށް ބޭނުން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭނަމަ، އެތަނަކުން ލިބެންހުރި މަޢުލޫމާތު ކިޔަން
އެނގޭނެ ގޮތަކަށް ފަސޭހައިން ގެންދެވޭނެ ގޮތަކަށް މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ
ތަންފީޒުކުރާ މީރާގެ އޮފިސަރަށް ލިބިގެންވާކަން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ގަވާއިދުގެ 15 ވަނަ
މާއްދާގެ (ށ) ގެ 2 އަދި 3 ވަނަ ނަންބަރާއި އެމާއްދާގެ (ރ) އަށް ބެލުމުން އެނގެން އޮތުމުން،
224 ހއ
ބަނމނ
4 44 04
ހެއްކެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/22
ގތ
ބޭނުމަށް
ޓެކްސް އެޕީލް ޓްރައިބިއުނަލުން ތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ މީރާއަށް ދީ
ނެރެފައިވާ އަމުރެއްގެ ދަށުން މީރާއިން ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި، ކުށަކާ ގުޅިގެން ހިންގާ
ތަޙްޤީޤަކަށް ނުވަތަ ޝަރީޢަތެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންވެދާނެ ކަމަށް އެ އަމުރު
ތަންފީޒުކުރާ އޮފިސަރަށް ގަބޫލުކުރެވޭ އެއްޗެއް ނަގައި، ގެންދެވިދާނެކަމާއި، އަދި އެ އެއްޗެއްގެ ފޮޓޯއެއް
ނުވަތަ ކޮޕީއެއް ނަގައިގެން އެ ނެގުމުގެ ބޭނުން ފުދޭނަމަ، އެކަމެއް ކުރަން ހޭދަވާ އެކަށީގެންވާ
ވަގުތަށްވުރެ ގިނައިރު، އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެކަމާއި، އަދި އެ އެއްޗެއްގެ ފޮޓޯއެއް ނުވަތަ
ކޮފީއަކުން ނުފުދޭނަމަ، އެތަޙްޤީޤެއް ނުވަތަ ޝަރީޢަތެއްގެ ބޭނުމަށްޓަކައި އެ އެއްޗެއް ހިފައި
ގެންދެވިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަމާއްދާއާއި 32 ވަނަ މާއްދާއާއި ޓެކްސް
އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 15 ވަނަ މާއްދާގެ ނަޞްޙަށް ބެލުމުން އެނގެން އޮންނަކަމެވެ.
2 294
ޤަޓހ
(ނ) ތިންވަނަ ކަމަކީ: ޓެކްސް އިދާރީ ޤާނޫނާއި ޓެކްސް އެޕީލް
ޓްރައިބިއުނަލްގެ ޤަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ފުއާދު ޒާހިރާއި
އޭނާއާ ގުޅުން ހުރި 5 (ފަހެއް) ތަނެއް ބަލައި ފާސްކުރުމުގެ 5 (ފަހެއް) އަމުރަކަށް ޓެކްސް އެޕީލް
ޓްރައިބިއުނަލުގައި އެދުމުން އެ 5 (ފަހެއް) ތަން ބަލައި ފާސްކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
އަމުރު ނެރެދެއްވި ކަމާއި، އެގޮތުން ނެރެދެއްވި ފަސް އަމުރުތެރޭގައި މި ޤަޟިއްޔާގައި ހިމެނޭ ޓްރެޜަރ
ބިޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ހިންގަމުންދާ ތަން ބަލައި ފާސްކުރުމަށް ނެރެފައިވާ
އަމުރުވެސް ހިމެނޭކަން އެނގޭކަމާއި، އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި މީރާއިން ގެންދިޔަ
ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި އެކުންފުންޏާއި ހަވާލުކޮށްފައިވާކަމަށް މީރާގެ
ފަރާތުން ބުނެފައިވާއިރު، އެތަކެތި ލިބިފައިވާކަމަށް އެކުންފުނީގެ ފަރާތުންވެސް ބުނެފައިވާކަން މި
މައްސަލައިގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، މިހާރު ހަވާލުނުކުރެވި އޮތް
"ޕީ.އެފް.އެސް" ޖަހާފައިވާ ރީދޫކުލައިގެ ބޮކްސް ފައިލަކީ، ފުއާދު ޒާހިރާއި އޭނާއާ ގުޅުން ހުރީ އެފަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
44 35 23
2{13/HC-A/
22
ދެ
04/
5
ބޮކްސް ފައިލަކީ ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފައިލެއްނޫނެތީގެ ހަޢީ*
14 ޤަޟިއްޔާ ނިމުނު "
ތަނެއް ބަލައި ފާސްކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ފަރާތުން ނެރެދެއްވާފައިވާ 5 (ފަހެއް)
އަމުރުގެ ދަށުން އެތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ޓެކުހަށް މަކަރު ހަދައި އޮޅުވާލާފައިވާކަމަށް
ތުހުމަތުކުރެވޭ ކުށުގެ މައްސަލަ ތަޙްޤީޤު ކުރުމަށްފަހު، ޖިނާއީ ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ފައިލެއްކަމަށް މީރާގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި، މީރާގެ
ފަރާތުން ފުއާދު ޒާހިރާއި އޭނާއާ ގުޅުން ހުރި 5 (ފަހެއް) ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީރާގެ
ފަރާތުން ގެންގޮސްފައިވާ ތަކެތި ހޯދުމުގެ 5 މައްސަލައެއް ދަށު ކޯޓަށް ހުށަހަޅާފައިވާކަން ދެފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، ޖިނާއީ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މީރާގެ ފަރާތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ފައިލަކީ، މި ޤަޟިއްޔާގައި ހިމެނޭ އަމުރުގެ ދަށުން
މީރާއިން ގެންގޮސްފައިވާ ފައިލެއްކަން އަދި އެފައިލަކީ ޓްރެޝޯރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުގެ ފައިލެއްކަން ނުވަތަ އެފައިލްގައި ހިމެނޭ ލިޔުންތަކަކީ އެކުންފުނީގެ ލިޔުންތަކެއްކަން ޝަރީޢަތަށް
ސާބިތުވާ ވަރުގެ ކުފީ ހެކި ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ފުއާދު
ޒާހިރާއި އޭނާއާ ގުޅުން އޮންނަ ކުންފުނިތަކުގެ އޮފީހަށްވަދެ، އެ އޮފީސް ބަލައި ފާސްކުރުމަށްފަހު، އެ
އޮފީހުން ނަގާފައިވާ ތަކެތީގެ ތެރޭގައި "ޕީ.އެފް.އެސް" ޖަހާފައިވާ ރީނދޫ ކުލައިގެ ބޮކްސް ފައިލަކާއި،
"ޕެރިޑް ބިލްސް 2007" ޖަހާފައިވާ ކަޅުކުލައިގެ ބޮކްސް ފައިލަކާއި، ކޮމްޕިއުޓަރ ހާރޑް ޑިސްކެއް
ހިމެނޭކަމާއި، މިތަކެތީގެ ތެރެއިން "ޕީ.އެފް.އެސް" ޖަހާފައިވާ ރީނދޫ ކުލައިގެ ބޮކްސް ފައިލް ފިޔަވައި
އެހެން ހުރިހާ ތަކެއްޗެއް ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ
ފުއާދު ޒާހިރާ ހަވާލުކޮށްފައިވާކަމަށް މީރާގެ ފަރާތުން ބުނެފައިވާއިރު، އެތަކެތި ލިބިފައިވާކަމަށް އެކުންފުނީގެ
ފަރާތުންވެސް ބުނެފައިވާކަން އެނގޭކަމާއި، މިހާރު ހަވާލު ނުކުރެވި އޮތް "ޕީ.އެފް.އެސް" ޖަހާފައިވާ
כלל
ރީދޫކުލައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
15 ޤަޟިއްޔާ ނިމުނު 1
2{013/HC-A/272
کی عمری
92
2& 4
އެ ފައިލް ނުދީ ހިފެހެއްޓިފައިވަނީ ޓެކުހަށް މަކަރު ހަދައި އޮޅުވާލައިފައިވާކަމަށް ބެލެވޭ މައްސަލައެއް
ތަޙްޤީޤު ކުރުމަށްފަހު، ޖިނާއީ ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ
ލިޔުންތަކުގެ ތެރޭގައި އެފައިލް ހިމެނިފައިވާތީކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން
ބުނެފައިވާކަން އެނގޭކަމާއި، ކުށަކާ ގުޅޭ ތަޙްޤީޤު ކުރުމަށްފަހު، ޝަރީޢަތާއި ގުޅިގެން ހެއްކެއްގެ ގޮތުގައި
ބޭނުންކުރެވިދާނެ ލިޔުންތަކަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަމާއްދާއާއި 32 ވަނަ
މާއްދާއާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 15 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، އެކަމެއް
ނިމުމުގެ ކުރިން އެތަކެތީގެ ވެރިފަރާތަށް ހަވާލުކުރަންޖެހޭ ތަކެތި ނޫންކަން އެމާއްދާތަކަށް ބެލުމުން
އެނގޭކަމާއި، ޖިނާއީ ކުށަކާ ގުޅިގެން ޝަރީޢަތަކަށް ހެއްކެއްގެ ގޮތުގައި ބޭނުން ވެދާނެ އެއްޗެއް،
ޝަރީޢަތަކަށް ހުށަހެޅުމުގެ ކުރިން އެ އެއްޗެއްގެ ވެރިފަރާތަށް ހަވާލުކުރެވިއްޖެނަމަ، އެ ހެއްކާ ކުޅެ، ބަދަލު
ގެނެސް، އެ ހެކި ނައްތާލުމުގެ ފުރުސަތު ލިބި، ޢަދުލް އިންޞާފުވެރި ޝަރީޢަތެއް ހިންގުމަށް ހުރަސް
އެޅިދާނެކަމަށް ޤަބޫލުކުރެވޭ ކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުއްވާފައިވާ މި
މައްސަލައިގައި ހިމެނޭ އަޚުރަކީ ބަލައި ފާސްކުރުމަށް ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި، އެ
އަމުރުގެ ދަށުން ބަލައި ފާސްކުރި ތަން އެއަމުރުގައި ދީފައިވާ މުއްދަތުގެ ތެރޭގައި ބަލައި ފާސް
ކޮށްފައިވާކަން އެނގޭކަމާއި، ބަލައި ފާސްކުރުމާއި، ބަލައި ފާސްކުރާ ތަނަކުން ތަޙްޤީޤަކަށް ނުވަތަ
ޝަރީޢަތަކަށް ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް ނެގުމަކީ ތަފާތު ދެކަމެއްކަމާއި، ތަނެއް
ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނަކުން އެއްޗެއް ނަގައި ގެންދެވޭނީ އެކަމަށް ޤާނޫނު ހުއްދަކުރާނަމަ،
ކަމަށް ޤަބޫލުކުރެވޭއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން ތަނެއް ބަލައި ފާސްކުރުމަށް ދީފައިވާ އަމުރެއް
ތަންފީޒުކުރުމާ ހަވާލުވެ ހުންނަ އޮފިސަރަކަށް އެތަނަކުން ފެންނަ އެފަދަ އެއްޗެއް ނަގައި ގެންދިއުމުގެ ބާރު
ގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 37 ވަނެއް
ޓެކްސް ނެގުމާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
16 ޤަޟިއްޔާ ނިމުނު "
2{013/HC-A/272
کی عمری
(ހ) އާއި (ނ) އާއި (ރ) އާއި (ށ) އަށް ބެލުމުން އެނގެން އޮތްއިރު، ތަނެއް ބަލައި ފާސްކުރުމުގެ
ތެރޭގައި ފެންނަ އެއްޗެއް ގެންދިއުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވަކި އަމުރެއް އޮތުން
ލާޒިމްނޫންކަމާއި، އަދި ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި މީރާގެ ފަރާތުން ގެންދާ އެއްޗެއް، އެ
އެއްޗެއް ގެންދެވުނު ތަޙްޤީޤު ނިމެންދެން ނުވަތަ ޝަރީޢަތުގައި އެ އެއްޗެއްގެ މިފެންދެން
ހިފެހެއްޓިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާއިދަށް ބެލުމުން
02 2c
ބޭނުން
އެނގެން އޮންނަކަމެވެ.
2& 4
(ށ) ހަވަނަ ކަމަކީ:
ސިވިލް ކޯޓުގެ ނަންބަރު
2013/Cv
-
C/06 ޤަޟިއްޔާގައި
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރެދޭ ބަލައި ފާސް ކުރުމުގެ
އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގަ
ދެގައި ގެންދެވޭ ތަކެތި، އެތަނެއް ބަލައި ފާސްކުރުމަށް ދީފައިވާ
މުއްދަތަށްވުރެ އިތުރަށް ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބިގެންނުވާކަމަށާއި، ޤާނޫނު ނަންބަރު 3/2010
(ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤަވާޢިދުގެ ދަށުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ތަކެތި ހިފެހެއްޓުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާކަމުގައި މާނަކުރެވޭނެ
އެއްވެސް ޤާނޫނީ ބިނާއެއްވާކަމުގައި ޝަރީޢަތުން ނުދެކޭކަމަށާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ޓްރެޗަރ ބިޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ މުދާ ހިފެހެއްޓުމުގެ ޙައްޤު ލިބިގެން
ނުވާކަމުގައި ބަޔާންކުރައްވައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓްރެޗަރ ބިޒް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ހިފެހެއްޓުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާކަމުގައި
ބެލެވެންނެތްކަމަށާއި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިތީގެ ކިބައިގައި ހުރި ޓްރެޝަރ ބިޒް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗަކީ ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑަށް ވަގުތުން އަނބުރާ ރައްދުކުރަންޖެހޭ ތަކެތިކަމުގައި މަދަނީ މިންގަނޑުން ޝަރީޢަތަށް
ބުރަވެވޭކަމަށް ކަނޑައަޅުއްވައި، 19 މެއި 2013 ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ
A
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
17 ޤަޟިއްޔާ ނިމުނު
في تقی میری
32
2013/HC-A/22
2x
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބެލުމުގެ ދަށުގައި ހުރި ޓްރެޝަރ ބިޒް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ތަކެތި ޓްރެޗަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ރައްދުކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގަވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ އެއްގޮތަށް ނޫންކަމަށް މި ޤާ އްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވާތީ، ސިވިލް ކޯޓުގެ އިސްވެ އިޝާރާތް ކުރެވުނު ޤާޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
28 2
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު، ޓެކްސް
އެޕީލް ޓްރައިބިއުނަލުން ތަނެއް ބަލައި ފާސްކުރުމަށް ނެރެދެއްވާފައިވާ ބަލައި ފާސްކުރުމުގެ އަމުރެއް
ތަންފީޒުކުރުމާ ހަވާލުވެ ހުންނަ އޮފިސަރަކަށް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނަކުން ފެންނަ،
ނެގުމާއި ގެންދިއުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ޤަވާއިދުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން އެނގޭތީއާއި އަދި އެކަމަށް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ވަކި އަމުރެއް އޮތުން ލާޒިމްނޫންކަމާއި، ތަނެއް ބަލައި ފާސްކުރުމުގެ
ތެރޭގައި މީރާގެ ފަރާތުން ގެންދާ އެއްޗެއް،
ގެންދެވުނު ބޭނުން ނިމެންދެން
ހިފެހެއްޓިދާނެކަންވެސް އެނގޭތީއާއި، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު
2012
/
002/TAT
-
WA (24 ޑިސެމްބަރ 2012) "ބަލައި ފާސްކުރުމުގެ އަމުރު" ތަންފީޒުކުރުމުގެ
ގޮތުން ޓްރެޝަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހަށް މީރާގެ އޮފިސަރުން ވަދެ،
އެއޮފީހުން ގެންދިޔަ ތަކެތީގެ ތެރެއިން ޓްރެޗަރ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ
އެފަރާތާ ހަވާލުކޮށްފައިވާކަން އެނގެން އޮތަތީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/06 ޤަޟިއްވާ
2ބޑތ
އެ
ތަކުގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en
2{13/HC-A/
22
18 ޤަޟިއްޔާ ނިމުނު ގޮތު
( 3 މު#
کمری
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ
22 2x 22
ޙުކުމް ބާޠިލްކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ކައިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my en