ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/273 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/273
A4
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 273/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
T
ނަން: ޢަލީ ޔޫސުފް
އައިޑީ ކާޑު ނަންބަރު: A000213
އެޑްރެސް: ހ.ޓްވައިން| ކ.މާލެ
މިހާރުގެ އެޑްރެސް: ހ.ޓްވައިން ކ.މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އާމިނަތު ސައުޝަން
ޑުނަންބަރު: A014040
ދާއިމީ އެޑްރެސް: ގުލްޒާރުވާދީ/ ސ.ހުޅުދޫ
މިހާރުގެ އެޑްރެސް: ހ.ޑޮނީގޯލް ކ.މާލެ
L
• ރަޖިސްޓްރީ ތާރީޚް: 16 ޝައްވާލް 1436
22 ޖުލައި 2015
ނިމުނު ތާރީޚް:19 ޛުލްޤަޢިދާ 1436
03 ސެޕްޓެމްބަރު 2015
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު:ފެމިލީ ކޯޓުގެ ނަންބަރު B7
/
2015
/
20 ވަގުތީ އަމުރު
• ނިންމެވި ކޯޓު: ފެމިލީ ކޯޓު
މައްސަލައިގެ ބާވަތް: ވަގުތީ އަމުރު
• ހުށަހެޅި ތާރީޚް: 31.05.2015
ނިމުނު ތާރީޚް: 02.06.2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ސުޖާޢު ޢުޘްމާން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އަޅައިފައިވާކަމަށާއި އާމިނަތު ސައުޝަންއަށް އެނގުމަކާނުލައި އެ ކުއްޖާގެ ބަފާފުށުގެ ކާފަ ޢަލީ ޔޫއުއްތީއެ
2
2015/HC-A/273
ދައުވާގެ
މިއީ ފެމިލީ ކޯޓުގެ ނަންބަރު B7
/
2015
/
20 ވަގުތީ އަމުރު، އެ ކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް އެދި، ކ.މާލެ)
ހ.ޓްވައިން، ޢަލީ ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.ހުޅުދޫ ގުލްޒާރުވާދީ، އާމިނަތު ސައުޝަންއެވެ.
29
ފާހަގަކުރެވުނު ނުކުތާ
ކުތާތައް:
l} އިސްތިއުނާފުކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު B7
/
2015
/
20 ވަގުތީ އަމުރަކީ، ފެމިލީ
ކޯޓުގެ ނަންބަރު 2015/Fm-C/1240 ޤަޟިއްޔާގައި ވަކިގޮތަކަށް ޙުކުމްކުރެވެންދެން، ކ.މާލެ/ ހ.ޓްވައިން،
އިޚްތިޝާމް ޢަލީ އާއި ސ.ހުޅުދޫ/ ގުލްޒާރުވާދީ، އާމިނަތު ސައުޝަންއަށް ލިބިފައިވާ ދަރިފުޅު، އާމިނަތު ޒާއީ
އިޚްތިޝާމް ޢަލީ (އުފަން ތާރީޚް: 01.10.2010) އާމިނަތު ސައުޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް އެދި
އާމިނަތު ސައުޝަންގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނު ހިނދު، އެ ކޯޓުން ނެރެދެން އަމުރެއްކަމާއި،
I.
پر سر
އެ ވަގުތީ އަމުރު އެ ކޯޓުން ނެރެދީފައިވަނީ ހުޅުދޫ ގުލްޒާރުވާދީ އާމިނަތު ސައުޝަން
މާލެ ހ.ޓްވައިން އިހްތިޝާމް ޢަލީ ގާތުން ވަރިވުމަށް އެދި ފެމިލީ ކޯޓުގެ ނަންބަރު
2015/Fm-C/1240 ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާގައި، މި ދެމަފިރިން ކާވެންޏަށްފަހު ދިރިއުޅެމުން ދިޔަ
މާލެ ހ.ޓްވައިން އިން އާމިނަތު ސައުޝަން ނުކުތުމަށް އިޚްތިޝާމް ޢަލީ ފޯނުކޮށް އާމިނަތު
ސައުޝަންއަށް އެންގުމުން، މި ދެމަފިރިންނަށް ލިބިފައިވާ ދަރި އާމިނަތު ޒާއީ އިޚްތިޝާމް ޢަލީ (އުފަން ތާރީޚް:
01.10.2010) ގޮވައިގެން އެ ގެއިން ނުކުންނަން އުޅުމުން އެކުއްޖާ ގޮވައިގެން ގެއިން ދިއުމަށް އެކުއްޖާގެ
މަންމަ އާމިނަތު ސައުޝަންއަށް އެ ކުއްޖާގެ ބަފާފުށުގެ ކާފަ މާލެ ހ.ޓްވައިން ޢަލީ ޔޫސުފް ހުރަސް
2 ދ ތ
ކުއްޖާ މާލެއިން ބޭރަށް ފުރައިގެން ގެންގޮސްދާނެކަމަށް އާމިނަތު ސައުޝަން ބުނެ، ވަރިވުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2015/HC-A/273
ޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅާ ފައިސަލާ ކުރެވެންދެން، އާމިނަތު ޒާއީ އިހްތިޝާމް ޢަލީ
(ޢުމުރު: 4 އަހަރު) އެ ކުއްޖާގެ މަންމަ އާމިނަތު ސައުޝަންގެ ބެލުމުގެ ދަށަށް ވަގުތީ އަމުރެއްގެ ދަށުން
ގެނައުމަށް އެދި އާމިނަތު ސައުޝަން ހުށަހަޅާފައިވާ ހުށަހެޅުމަށް ޤާނޫނީ އަދި ޝަރުޢީގޮތުން ބަލާއިރު، ވަގުތީ
އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ ޢާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި
ގުޅިގެން އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ
ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭ ސަބަބެއް ހުރުމާއިއެކު، އެކަމާ ގުޅިގެން
އުމެއްކުރުމަށް ނުވަތަ ކަމެއްނުކުރުމަށް ކޯޓުން ކުރާ އަމުރު ނުވަތަ އެކަމާ ގުޅިގެން ކޯޓުން ފިޔަވަޅެއް
ނާޅައިފިނަމަ ،މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް
ލިބިދާނެކަމަށް ބެލެވޭ ސަބަބެއް ހުރުމާއިއެކު، އެކަމާ ގުޅިގެން ކަމެއްކުރުމަށް ނުވަތަ ކަމެއްނުކުރުމަށް
ކޯޓުން ކުރާ އަމުރު ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅެއްކަން ފެމިލީކޯޓުގެ ޤަވާއިދުގެ 55 ވަނަ
މާއްދާގެ (ހ)އިން އެނގޭކަމާއި، އަދި އެފަދަ އަމުރެއް ނެރުމަކީ އެ މައްސަލާގައި އޮތް އެންމެ އަދުލުވެރި
ގޮތްކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަން ބުނެވިދިޔަ މާއްދާގެ
(ރ)ގައި ބަޔާންކޮށްފައިވާއިރު، ވަގުތީ އަމުރު ނެރުމުގައި އެއަމުރު ރައްދުވާ އަނެއް ޚަސްމަށް ޖަވާބުދާރީވުމުގެ
ފުރުޞަތު ދިނުން ލާޒިމްކޮށްފައިވާކަން އެނގެންނެތްކަމާއި، ވަގުތީ އަމުރުގެ ޠަބީޢަތަށާއި މަޤްޞަދަށް ބަލާއިރު،
ވަގުތީ އަމުރަކީ ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ކުރެވޭ ޙުކުމެއް ނުވަތަ އަމުރަކަށްނުވާކަމާއި،
އަދި އެއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވޭ
ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ އެ ގެއްލުން ދުރުކުރުމުގެ ގޮތުން ނެރެވޭ އެއްޗެއްކަމުން، އެފަދަ
ގެއްލުމެއް ދުރުކޮށް އެއްކިބާކުރުމަށް ލިބިފައިވާ ވަގުތާއި މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި
އަމުރު ރައްދުވާ ޚަޞްމު ޖަވާބުދާރީވެފައި ނުވިނަމަވެސް ނުވަތަ ޖަވާބުދާރީ ވުމަށް ވަގުތު ދިނުމަކީ އެ އަމުރުގެ
މަޤްޞަދު ޙާޞިލްނުވެދާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއްހުރިނަމަ، އެ
ވަގުތާއި ފުރުޞަތު ނުދީވެސް ވަގުތީ އަމުރު ނެރުމަކީ ޢަދުލު އިންސާފު ޤާއިމްކުރުމުގައި ކޯޓަށް ލިބިގެންވާ
ބާރުގެ ދަށުން ކުރެވިދާނެ ކަމެއްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 224/HC
-
A/2013 ޤަޟިއްޔާ
16
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/273
ނަންބަރު 188/HC-A/2013 ޤަޟިއްޔާއިން އެނގެން އޮތްހިނދު، އިސްވެ ބަޔާންކުރަނިވި އުޞޫލުގެ މަތިން
ހަމައެކަނި ދަޢުވާކުރާ ފަރާތުގެ ވާހަކަތަކަށް ނަޒަރުކޮށް، ފެމިލީ ކޯޓުގެ ޤަވާއިދުގެ 55 ވަނަ މާއްދާގެ (ރ) އާއި
މި މާއްދާގެ (ބ)ގެ 2، 5 އަދި 5 ވަނަ ނަންބަރަށް ހަވާލާދީ، ފެމިލީ ކޯޓުގެ ނަންބަރު 2015/Fm
-
C/1240
ޤަޟިއްޔާއިން ފައިސަލާކޮށް މިކަން ކޯޓުން އަންގަންދެން ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް ކަނޑަޅައި
އަންގަންދެން، މިވަގުތަށް މި އާމިނަތު ޒާއީ އިހްތިޝާމް ޢަލީގެ މަޞްލަޙަތު ހުރި އެންމެ ރަނގަޅު ގޮތަކީ މި
ކުއްޖާގެ މަންމަ އާމިނަތު ސައުޝަން ގާތުގައި ހުރުންކަމަށް ޝަރީޢަތަށް ބުރަވެވުނުހިނދު، މިހިނދު (2015
ޖޫން 2 ވަނަ ދުވަހުގެ 15:00)ން ފެށިގެން 24 (ސައުވީސް ގަޑިއިރުގެ ތެރޭގައި މި އާމިނަތު ޒާއީ
އިޚްތިޝާމް ޢަލީ މި ކުއްޖާގެ މަންމަ އާމިނަތު ސައުޝަންއާ ޙަވާލުކުރުމަށް މާލެ ހ.ޓްވައިން ޢަލީ ޔޫސުފްއަށް
އަމުރުކޮށް، މި ޢަލީ ޔޫސުފް މި އަމުރު ތަންފީޒުކޮށްފިނަމަ ނުވަތަ މި ޢަލީ ޔޫސުފް ނުވަތަ އެނޫން އެހެން
ފަރާތަކުންވިޔަސް އަމުރު ތަންފީޒުކުރުމަށް ހުރަސްއަޅާނަމަ، އެކަމެއް ހުއްޓުވައި، މި އާމިނަތު ޒައީ
އިހްތިޝާމް ޢަލީ މި ކުއްޖާގެ މަންމަ އާމިނަތު ސައުޝަންއާ ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
އަންގައި އަމުރުކޮށް" ނެރެފައިވާ އަމުރެއްކަން އެ އަމުރަށް ބެލުމުން އެނގެން އޮވެއެވެ.
(2
ފެމިލީ ކޯޓުގެ ނަންބަރު B7
/
2015120 ވަގުތީ އަމުރު، އެ ކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ/ މ.ހ.ޓްވައިން، ޢަލީ ޔޫސުފްގެ ފަރާތުން އެ
އަމުރު އިސްތިއުނާފު ކުރަމުން 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
6
ހ8.8
އެމްއެޗަށް
ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފުކޮށްފައިވާ ވަގުތީ އަމުރު ނެރެފައިވަނީ ދަޢުވާލިބޭ
ޢަލީ ޔޫސުފްގެ ބަހެއް
ނުހޯދާކަމުގައިވެފައި، ޝަރީޢަތްކުރުމުގައި ރިޢާޔަތްކުރަންޖެހޭ ޢާންމު
އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ތަބީޢީ އަދުލުގެ އުޞޫލާއި ޚިލާފަށް، ޢަލީ ޔޫސުފްގެ ބަހެއް ނުހޯދާ ވަގުތީ އަމުރު
ނެރެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: irif [email protected] ވެބްސައިޓް www.highcourt.gov.mv
5
2015/HC-A/273
ބޭރަށް
ދެވަނަ ނުކުތާއަކީ، ވަގުތީ އަމުރު ނެރެފައިވަނީ އާމިނަތު ޒާޢީ އިހްތިޝާމް ރާއްޖެއިން
ގެންގޮސްދާނެ ކަމަށް އައިމިނަތު ސައުޝަން އަށް ފެންނާތީ އާމިނަތު ޒަޢީ އިޚްތިޝާމް އާމިނަތު
ސައުޝަން ހަވާލުކުރުމަށް އާމިނަތު ސައުޝަން އެދިގެން ކަމުގައިވާއިރު، އާމިނަތު ޒަޢީ އިހްތިޝާމް
ރާއްޖެއިން ބޭރަށް ގެންގޮސްދާނެ ކަމަށް އާމިނަތު ސައުޝަންއަށް ފެންނަނީ ކޮން ސަބަބަކާހުރެ ކަމާއި، އެކަމަށް
ވާގިދޭ ހެއްކެއް އާމިނަތު ސައުޝަންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިނުވާކަމުން، ކޯޓުގެ ނިންމުން ބިނާވެފައިވަނީ
އަސްލެއްގެ މައްޗަށް ނޫންކަމާއި، އައިމިނަތު ސައުޝަން ބުނި ބުނުމެއްގެ މައްޗަށް ކަމަށްބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީއިންނާއި ޤާނޫނުން ކުޑަކުދިންގެ މަޞްލަޙަތުގައި
ކަންކުރުމަށް އަމިއްލަ ފަރުދުން އަދި ދައުލަތުގެ މައްޗަށް ލާޒިމުކުރާއިރު، އާމިނަތު ޒަޢީ އިހްތިޝާމް ބަލާ،
ބެލެހެއްޓުމަށް ނުވަތަ އޭނާގެ ހަޟާނަތު އައިމިނަތު ސައުޝަންއާ ހަވާލު ކުރުމަކީ އާމިނަތު ޒާއީ އިޚްތިޝާމްގެ
މަޞްލަޙަތުގައި އޮތް އެންމެ ރަނގަޅުގޮތް ކަމުގައި ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
O OCCC
6 24
ހަތަރުވަނަ ނުކުތާއަކީ، އާމިނަތު ސައުޝަންގެ މިޒާޖާއި
އުޅުންހުރިގޮތުން
އާމިނަތު ސައުޝަންއަކީ އިސްލާމީ ޝަރީޢަތުގައި މަނާ ކޮށްފައިވާ ފާޙިޝް އަމަލުކުރާ މީހަކު ކަމުގައި
ބެލެވޭތީއާއި، އާމިނަތު ސައުޝަންއަކީ ޤާނޫނުއަސާސީއިންނާއި ޤާނޫނުން ލާޒިމުކުރާ ފަދައިން އާމިނަތު ޒަޢީ
އިޚްތިޝާމް ބަލާބޮޑު ކުރުމުގައި އެކުއްޖާއަށް އަނިޔާ ނުކުރާ، ކުއްޖަކު އޯޤާތެރި ކަމާއި ފަރުވާތެރިކަމާއެކު
ބެލެހެއްޓޭނެ ޤާބިލްކަންހުރި މީހަކު ކަމުގައި ބެލެވެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ކަމަކީ، އާމިނަތު ޒަޢީ އިޚްތިޝާމް ބަލާ، ބެލެހެއްޓުމަށް ނުވަތަ އޭނާގެ
ހަނަތުގެ ހައްޤު ކޮންމެމީހަކާ ހަވާލު ކުރެވިފައިވިޔަސް، ކުއްޖާއާ ކުއްޖާގެ މުދަލުގެ އެންމެ އިސް ޝަރުޢީ
ބަލަދުވެރިޔަކީ، ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ބައްޕަ، އިހްތިޝާމް ޢަލީ ކަމަށް ބުނެ
ހުށަހެޅި ނުކުތާ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/273
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ފެމިލީ ކޯޓުގެ ނަންބަރު B7
/
2015
/
20 ވަގުތީ އަމުރުއަށާއި، މި މައްސަލައާ ގުޅޭ
ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ފެމިލީ ކޯޓުގެ ނަންބަރު B7
/
2015
/
20 ވަގުތީ
އަމުރަށް ބަލާއިރު، އެ އަމުރަކީ ކ.މާލެ ހ.ޓްވައިން، އިޚްތިޝާމް ޢަލީއާއި ސ.ހުޅުދޫ / ގުލްޒާރުވާދީ، އާމިނަތު
ސައުޝަން އާ ދެމީހުން ކައިވެނިކޮށް ލިބިފައިވާ ދަރިފުޅު، ކ.މާލެ /ހ.ޓްވައިން، އާމިނަތު ޒާއީ އިޚްތިޝާމް ޢަލީ
ގޮވައިގެން ކުއްޖާގެ ބަފާފުށުގެ ކާފަ ކ.މާލެ / ހ.ޓްވައިން، ޢަލީ ޔޫސުފް، ކުއްޖާގެ މަންމަ، އާމިނަތު
ސައުޝަންއަށް އެނގުމަކާއި ނުލައި މާލެއިން ބޭރަށް ފުރައިގެން ހިނގައިދާނެތީ، އާމިނަތު ޒާއީ އިހްތިޝާމް
ޢަލީ، އާމިނަތު ސައުޝަންގެ ބެލުމުގެ ދަށަށް ގެނައުމަށް އާމިނަތު ސައުޝަންގެ ފަރާތުން ފެމިލީ ކޯޓުގައި
އެދުމުން، އެ ކޯޓުން ނެރެދިން އަމުރެއްކަމާއި،
ބުނެވުނު އަމުރުގައި، ފެމިލީ ކޯޓުގެ ނަންބަރު 2015/Fm
-
C/1240 ޤަޟިއްޔާގައި
ކަނޑައަޅަންދެން ނުވަތަ ޝަރީޢަތުން އެހެން ގޮތަކަށް އަންގަންދެން، އާމިނަތު ޒާއީ އިޚްތިޝާމް ޢަލީ، ކުއްޖާގެ
މަންމަ، އާމިނަތު ސައުޝަންއާ ޙަވާލުކުރުމަށް އަމުރު ނެރެފައިވާކަން އެނގެންއޮންނަކަމެވެ.
4 22
eއ
(ނ) ދެވަނަ ކަމަކީ، ފެމިލީ ކޯޓުގެ ޤަވާޢިދުގެ 55 ވަނަ މާއްދާގެ (ހ) ގައި، ވަގުތީ އަމުރު
ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމަކީ ޢާއިލީ މައްސަލައެއްގައި ނުވަތަ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި
ގުޅިގެން، އެމައްސަލައެއް ނިމުމުގެ ކުރިން ކޯޓުން ފިޔަވަޅެއް ނާޅައިފިނަމަ މައްސަލާގައި ހިމެނޭ ދެފަރާތުންކުރެ
ފަރާތަކަށް ނުވަތަ ލިބިފައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ސަބަބެއް އޮތުމާއެކު، އެކަމާ ގުޅިގެން
ކަމެއްކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް ކޯޓުން ކުރާ އަމުރު، ނުވަތަ އެކަމާ ގުޅިގެން ކޯޓުން އަޅާ ފިޔަވަޅު
ކަމުގައި ބަޔާންކޮށްފައިވާކަމާއި، އަދި ހަމަ މި މާއްދާގެ (ރ) އަށް ބަލާއިރު، ޢާއިލީ މައްސަލައެއްގައި ވަގުތީ
އަމުރަކަށް ނުވަތަ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހެޅުމުން އެފަދަ އަމުރެއް ނެރެންޖެހޭތޯ
Pucoc
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
7
2015/HC-A/273
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުމްސް
ހއބ
ގެންކަމަށް
ދި4 4
3
އެފަދަ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލައި އެ އަމުރެއް ނެރުމަކީ އެ މައްސަލާގައި އޮތް އެންމެ ޢަދުލުވެރި
ކޯޓަށް ފެނިއްޖެނަމަ، އެ ފަދަ އަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވާކަމުގައި ބަޔާންކުރެވިފައިވާކަމާއި،
އިސްވެ ޙަވާލާދެވުނު މާއްދާގައި ވަގުތީ އަމުރަކަށް އެދި ހުށަހެޅިދާނެ ޙާލަތްތައް
ޔާންކުރެވިފައިވާއިރު، ވަގުތީ އަމުރު ނެރުމުގައި އެ އަމުރު ރައްދުވާ އަނެއް ޚަޞްމަށް ޖަވާބުދާރީވުމުގެ
ފުރުޞަތު ދިނުން ލާޒިމްކޮށްފައިވާކަން އެ މާއްދާއަށް ބެލުމުން އެނގެންނެތްކަމާއި، އެހެންނަމަވެސް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 224/HC
-
A/2014 ޤަޟިއްޔާގައި، ވަގުތީ އަމުރެއް ނެރުމުގައިވެސް
ހުށަހެޅިފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް، އެ އަމުރު ރައްދުވާ އަނެއް ޚަޞްމަށް ފުރުޞަތު ދިނުމަކީ އެންމެ
ރަނގަޅު، އަދި އުޞޫލެއްގެ ގޮތުން އެކަން ކުރަންޖެހޭނެގޮތްކަމަށާއި، ނަމަވެސް ވަގުތީ އަމުރުގެ ޠަބީޢަތަށާއި
މަޤްޞަދަށް ބަލާއިރު، ވަގުތީ އަމުރަކީ ހުށަހެޅިފައިވާ މައްސަލައެއްގެ މައުޟޫޢުގެ މައްޗަށް ކުރެވޭ ޙުކުމެއް
ނުވަތަ ނިންމާ ނިންމުމެއްކަމުގައި ނުވާތީއާއި، އަދި އެއީ މައްސަލާގައި ހިމެނޭ ފަރާތަކަށް ނުވަތަ ލިބިފައިވާ
ދަރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރިނަމަ، އެ ގެއްލުން
ދުރުކުރުމުގެ ގޮތުން އެޅޭ ވަގުތީ ފިޔަވަޅެއްކަމުން، އެފަދަ ގެއްލުމެއް ދުރުކޮށް އެއްކިބާކުރުމަށް ލިބިފައިވާ ވަގުތާއި
މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި، އަމުރު ރައްދުވާ ޚަޞްމު ޖަވާބުދާރީވެފައި ނުވިނަމަވެސް
ނުވަތަ ޖަވާބުދާރީވުމަށް ވަގުތު ދިނުމަކީ އެ އަމުރުގެ މަޤްޞަދު ޙާޞިލުނުވެދާނެ ކަމެއްކަމަށް މައްސަލަ ބަލާ
ފަނޑިޔާރަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިނަމަ، އެވަގުތާއި ފުރުޞަތު ނުދީވެސް ވަގުތީ އަމުރު ނެރުމަކީ
ޢަދުލު އިންސާފު ޤާއިމުކުރުމުގައި ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ކުރެވިދާނެކަމެއްކަމަށް ޤަބޫލުކުރެވޭކަމަށް
އިސްވެ ބުނެވުނު ޤަޟިއްޔާގައި ފާހަގަކުރެވިފައިވާކަން
އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި އާމިނަތު ސައުޝަންގެ ފަރާތުން ވަގުތީ
އަމުރަކަށް އެދިފައިވަނީ އާމިނަތު ސައުޝަންއަށް ނޭނގި ދަރިފުޅު އާމިނަތު ޒާއީ އިޚްތިޝާމް ޢަލީ ގޮވައިގެން
މާލެއިން ބޭރަށް ފުރައިގެން ގޮސްދާނެތީ ކުއްޖާގެ ބަފާފުށުގެ ކާފަ، ޢަލީ ޔޫސުފްގެ މައްޗަށް އަމުރެއް
ނެރެދިނުމަށްކަން "ވަގުތީ އަމުރަށް އެދޭ ފޯމު" އަށް ބެލުމުން އެނގެން އޮތުމުން، މި ޙާލަތަކީ ފެމިލީ ކޯޓުގެ
ޤަވާޢިދުގެ 55 ވަނަ މާއްދާގެ ދަށުން ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހެޅިދާނެ ޙާލަތެއްކަން އެނގޭކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2015/HC-A/273
މި މައްސަލާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އާމިނަތު ޒަޢީ އިޚްތިޝާމް
ޢަލީއަކީ 5 (ފަހެއް) އަހަރު ނުފުރޭ ތުއްތު ކުއްޖެއްކަމާއި، އާމިނަތު ޒަޢީ އިޚްތިޝާމް ޢަލީ ވަރަށް ފަހަކާ
ޖެހެންދެންވެސް އުޅެމުންއައީ ކުއްޖާގެ މަންމަ، އާމިނަތު ސައުޝަން ކައިރީގައި ހ.ޓްވައިންގައިކަން އެނގޭކަމާއި،
އަދި ކުއްޖާއަކީ ކުއްޖާގެ މަންމައާ ވަރަށް ދޯޅު ކުއްޖެއްކަމަށް އާމިނަތު ސައުޝަންގެ ފަރާތުން ބުނެފައިވާއިރު،
އިސްތިއުނާފު ކުރެވޭ ވަގުތީ އަމުރުގައި، އާމިނަތު ޒަޢީ އިހްތިޝާމް ޢަލީގެ މަޞްލަޙަތު ހުރި އެންމެ
ރަނގަޅުގޮތަކީ ކުއްޖާ، ކުއްޖާގެ މަންމަގެ ގާތުގައި ހުރުންކަމަށް ފާހަގަކޮށްފައި އޮތުމުން، އާމިނަތު ޒަޢީ
އިޚްތިޝާމް ޢަލީ، އާމިނަތު ސައުޝަންގެ ބެލުމުގެ ދަށުގައި މި ވަގުތަށް ހުރުމަކީ ކުއްޖާގެ މަޞްލަޙަތަށް ބަލާއިރު
އެންމެ ރަނގަޅުގޮތްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށްވެސް ބުރަވެވުނުކަމާއި،
އެހެންނަ
ންނަމަވެސް، ޢަލީ ޔޫސުފްގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަމުން މައިގަނޑު
ގޮތެއްގައި ފާހަގަކޮށްފައިވަނީ އިސްތިއުނާފުކުރެވޭ އަމުރު ނެރުމުގައި ޢަލީ ޔޫސުފްގެ ބަހެއް ނުހޯދައި ފެމިލީ
ކޯޓުން އަމުރު ނެރެފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާކަމާއި، އާމިނަތު ސައުޝަންގެ ފަރާތުން އާމިނަތު ޒަޢީ
އިޚްތިޝާމް ޢަލީ ރާއްޖެއިން ބޭރަށް ގެންގޮސްދާނެކަމަށް ބުނެފައިވަނީ އެއްވެސް އަޞްލެއްގެ މައްޗަށް
ބިނާކުރެވިގެން ނޫންކަމަށާއި، އަދި ކުއްޖާގެ ބަފާފުށުގެ ކާފަ އާއި މާމައަށް އާމިނަތު ޒަޢީ އިހްތިޝާމް ޢަލީއަށް
ޒިޔާރަތްކުރުމާއި ކުއްޖާއާ ބައްދަލުކުރެވި، ކުއްޖާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު އާމިނަތު ސައުޝަންގެ
ފަރާތުން ފަހިކޮށްދީފައިނުވާކަމަށް ޢަލީ ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވާއިރު، ޢަލީ ޔޫސުފްގެ ފަރާތުން
ފާހަގަކުރި ކަންކަން އެފަދައިން ހުރިނަމަ، އެ ކަންކަމަށް ޖަވާބުދާރީވުމަށް ޢަލީ ޔޫސުފްއަށް ފުރުޞަތެއް ދިނުމަކީ
މި މައްސަލާގައި އެންމެ އަދުލުވެރިގޮތްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 173/HC
-
A/2014 ޤަޟިއްޔާއަށް ބަލާއިރު، ވަގުތީ އަމުރު، އެ އަމުރު ނެރެދިން ކޯޓަކުން
މުރާޖަޢާކުރެވިދާނެކަން އެނގޭކަމާއި، އެހެންކަމުން، އިސްތިއުނާފުކުރެވޭ ވަގުތީ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި
ފެމިލީ ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ޢަލީ ޔޫސުފްއަށް ލިބިގެންވާކަން އެނގެންއޮންނަކަމެވެ.
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2015/HC-A/273
r ތ4
އެގެތަށް
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް
ހުރުމާއި އެކު ފެމިލީ ކޯޓުގެ ނަންބަރު
B7
/
2015
/
20 ވަގުތީ އަމުރު ބާޠިލްކުރާނެ ތަނެއް ތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
06ދ 8
25
4
2
0
94
434ށް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން ހުރުމާއެކު، ފެމިލީ ކޯޓުގެ ނަންބަރު
B7
/
2015
/
20 ވަގުތީ އަމުރު އިސްތިއުނާފު ކުރުމަށްޓަކައި ކ.މާލެ / ހ.ޓްވައިން، ޢަލީ ޔޫސުފްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެ އަމުރު ނެރެފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv