ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/297 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
214/HC-A/2g7
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 297/HC-A/2014
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު:
ދާއިމީ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 4 މުޙައްރަމް 1436
• ނިމުނު ތާރީޚް: 6 މުޙައްރަމް 1436
30 އޮކްޓޫބަރު 2014
28 އޮކްޓޫބަރު 2014
• އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2014/9251(J
(
MD-145
• ޤަޟިއްޔާގެ ބާވަތް: ކޯޓުއަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 24 އޮކްޓޫބަރު 2014 ނިމުނު ތާރީޚް: 24 އޮކްޓޫބަރު 2014
* ނަން. ޝަރުޤީލް އަޝްފާޤް
ކާޑު ނަންބަޕު.A374836
އައިޑީ
* ދާއިމީ އެޑްރެސް: ހަދިވިދާގެ ގއ.ވިލިނގިލި
ދިވެހިރާއްޖޭގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢައްބާސް ޝަރީފް.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9251(J(MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ވިލިނގިލިހަދިވިދާގެ،
ޝަރުޤީލް އަޝްފާޤް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A303927) އެވެ.
4.93
yއ•
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9251(J
(
MD-145 ކޯޓުއަމުރަށް ބަލާއިރު،
އެ ކޯޓުއަމުރަކީ،
ވިލިނގިލި ހަދިވިދާގެ، ޝަރުޤީލް އަޝްފާޤްގެ މައްޗަށް ތުހުމަތުކުރެވިފައިވާ،
މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް
ދޫކޮށްލާފިނަމަ އޭނާގެ ފަރާތުން އެފަދަ ކުށްތައް ތަކުރާރުވެ އެކަމުން މުޖްތަމައަށް ނޭދެވޭ
އަސަރުކޮށްފާނެކަމަށް ފެނުތީއާއި، މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރުޤީލް އަޝްފާޤް
ބަންދުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހެޅުމާގުޅިގެން، "މުޖްތަމަޢުގެ ސަލާމަތަށްޓަކައި” ކަމަށް ވިދާޅުވެ، 2014
އޮކްޓޫބަރު 25 ވަނަ ދުވަހުގެ 16:16 އިން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް،
ވިލިނގިލި(ހަދިވިދާގެ، ޝަރުޤީލް އަޝްފާޤް ގޭގައި ބަންދުކޮށްފައި
ކްރިމިނަލް ކޯޓުން
2
2
4
2 ހއ
هހއeމށް
ނެރުއްވާފައި
އޮންނަ އަމުރެއްކަން
ރެއްކަން އެނގެއެވެ.
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
ޑ 8 *ހ8 29
2 ހދ38 2
އއގނނނކމަށްނ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9251(J(MD-145 ކޯޓުއަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ، ޝަރުޤީލް އަޝްފާޤްގެ މައްޗަށް ތުހުމަތުކުރެވެނީ، އިތުރު
ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއްކަމަށްވެފައި،
މުޖްތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ބަންދުން ދޫކުރަން ނުފެންނަކަމަށް ބަޔާންކުރައްވާ،
ޝަރުޤީލް އަޝްފާޤް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު MF118943 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން
ހުށަހަޅާފައި ވީނަމަވެސް، ޝަރުޤީލް އަޝްފާޤް ގޭ ބަންދަށް ބަންދުކުރަން އަމުރުކުރައްވައި، 24
އޮކްޓޫބަރު 2014 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި
ކަނޑައަޅުއްވާފައިވާ އުސޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރަކަށްވާކަމަށްބުނެ ހުށަހަޅާފައިވާ
4
م مم ورع يک
ނުކުއެވެ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށް ރިޢާޔަތްނުކުރައްވާ ޝަރުޤީލް އަޝްފާޤް ގޭ
ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެ
އެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 647)
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
0
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުސޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް،
ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެއުޞޫލަށް ރިޢާޔަތްނުކުރައްވާ އަމުރު ނެރުއްވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2014
/
9251/J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ނުކުތްތަކަށާއި، އެނުކުތްއް ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ
ގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް)
: 8
ސަބަބުން
ޖ: ސަބަބެއް އޮތްތޯކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: fމާ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން،
ޝަރުޤީލް އަޝްފާޤް 07 (ހަތެއް) ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން
އަމުރުކުރައްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުމުގެ
ކުށުގެ މައްސަލާގައި އޭނާ މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ހުރެއްޖެނަމަ އޭނާ ސަބަބުން
ސަބަބުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް
،ނުކުރެއްވޭތީކަން އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުގެ ތެރޭގައި ހިމެނޭ ސަބަބެއްކަމެވެ.
(ނ) ދެވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"
ގައިވާ ގޮތުގެމަތިން ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ޢަމަލުކުރާނެ
އުސޫލުތަކެއް ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަމާއި،
UCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ލީކްސް، ދިވެހިބަޓަ338
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
eyއ
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު
ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ
ތަނެއް ކަނޑައެޅުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC-A/2012 ޤަޟިއްޔާއާއި
ނަންބަރު 355/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރު، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކުރެވޭ މީހާއަކީ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ
ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް
ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި މިގޮތުގެމަތިން ބަންދުކުރެވޭ މީހެއްގެ ކިބައިން މުޖްތަމަޢަށް އޮތް
U COX
ނުރައްކަލެއް ނެތިކޮށްލެވޭނީ އެމީހަކު ކޮންތާކު ކޮންގޮތަކަށް ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ
ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އެމިނިސްޓްރީއެއްގެ ދަށުން
ހިނގަމުންދާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި
ކަނޑައަޅާފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 371/HC
-
A/2013 ޤަޟިއްޔާއާއި ނަންބަރު 374/HC
-
A/2013 ޤަޟިއްޔާއާއި
ނަންބަރު 62/HC
-
A/2014 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން، ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނުންކަމަށްވާނަމަ، އެމީހަކު ބަންދުގައި
ހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖްތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 338029/
ފެ3316473
އީމެއިލް [email protected] ވެބް ސައިޓް ww.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/297
ތަނެއް
އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ އެމީހަކު ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ ފަރާތުން
މުޖްތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް ނެތިކޮށްނުލެވޭނޭ ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް ޤަބޫލުކުރެވޭ ޙާލަތުތަކުގައި އެމީހަކު ގޭގައި ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް ކޯޓުތަކުން
އަމުރު ނެރެގެން ނުވާނެކަމާއި، އެފަދަ ޙާލަތުތަކުގައި އެމީހަކު ބަންދުގައި ބަހައްޓާނެ
ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށްކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައިވާ ގޮތުގެމަތިން
ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ
އުސޫލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ އިސްވެމިދެންނެވުނު އުސޫލަށް ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު، އަދި މަތީ މަރުޙަލާގެ ކޯޓުތަކުން
ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް
ތަބާވާންވާނެކަމަށް ޤާނޫނުއަސާސީގެ 143
ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅާފައިވާ، އިސްވެމިދެންނެވުނު އުސޫލާ ޚިލާފަށް ދަށުކޯޓަކުން ޢަމަލުކުރުމަކީ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ކަނޑައެޅިގެން ޚިލާފުވާނޭކަމެއްކަމާއި،
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/9251(J
(
MD-145 ކޯޓު އަމުރަކީ، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާވެސް
ޚިލާފަށް އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަމަށާއި، އެހެންކަމުން އެ ކޯޓުއަމުރުގައި،
ވިލިނގިލި ހަދިވިދާގެ، ޝަރުޤީލް އަޝްފާޤް، 2014 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 16:16 އިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެސް ދޮ3
:
5
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A797
ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
• ޙުކުމް
ހ4 292
99
هއނދރނ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/9251(J
MD-145 ކޯޓު
އަމުރުގައި، ގއ.ވިލިނގިލި ހަދިވިދާގެ، ޝަރުޤީލް އަޝްފާޤް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A303927) 2014 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 16:16 އިން ފެށިގެން 7 (ހަތެއް)
ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ބައި ބާޠިލުކޮށް، އެއަމުރުގައި
ބަޔާންކޮށްފައިވާ މުއްދަތުގައި، ގއ.ވިލިނގިލި ހަދިވިދާގެ، ޝަރުޤީލް އަޝްފާޤް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A303927} މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން އަމުރުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv