ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/202 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
| ޤަޟިއްޔާ ނަންބަރ: 202/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
*ނަން: އިސްމާޢީލް ޝިފާޒު
* އައިޑީ ކާޑު ނަންބަރ: A096386
އެޑްރެސް: މ.ސިލްވަރޝާކް |މާލެ
މިހާރުގެ އެޑްރެސް:މ.ސިލްވަރޝާކް މާލެ
| އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
1429
* ނިމުނު ތާރީޚް: 30 ރަބީޢުލްއައްވަލު 1431
• ހުށަހެޅުނު ތާރީޚް: 17 ރަޖަބް
10 ޖުލައި 2008
16
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/37
* ނިންމެވިކޯޓް: ޖިނާއީކޯޓް
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ
&492ތ
29ނ
އަތުގައި
ބެހެއްޓުން.
އިށަހެޅުނުތާރީޚް: 03 - 01 - 2008
ނިމުނު ތާރީޚް: 29 - 04
2008
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/22
• ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި މ.ސިލްވަރޝާމް އިސްމާޢީލް
ޝިފާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި
މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސެކުއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތްނުވާ ކަމަށްބުނެ މ.ސިލްވަރޝާކް
އިސްމާޢީލް ޝިފާޒުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި، މިމައްސަލާގައި ކަންހިނގާފައިވާ
ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންނަށް އަންނަނިވިކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: 2007 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހުގެ 02:05
އެހާކަށްހާއިރު ލ.ގަމު ތުނޑީއަވަށު ރަޖިސްޓްރީ ނަންބަރު B06
/
17 ގޭގެ ކޮޓަރިއެއްގައި
މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން ފުލުހުންދިޔަ، އެގެއަކީ އިސްމާޢީލް
ޝިފާޒާއި އެއްވެސް ގުޅުމެއްހުރި ގެއެއްނޫންކަމާއި އަދި އެގޭގައި އެރޭ އިސްމާޢީލް ޝިފާޒު
ނިދާފައިއޮތްކަމަށް ފުލުހުން ބުނެފައިވާ ކޮޓަރިއަކީވެސް އިސްމާޢީލް ޝިފާޒު ދިރިއުޅޭ ކޮޓަރިއެއް
ނޫންކަމާއި، އިސްމާޢީލް ޝިފާޒު އެގެއަށްދިޔައީ، އެކޮޓަރީގައި ދިރިއުޅޭ މާހީ މުޙައްމަދުއެވެ ކިޔާ
ކުއްޖަކާއޮތް ގާތްރަޙްމަތްތެރި ކަމަކާގުޅިގެން، އޭގެ ދެދުވަސްކުރިންކަމާއި، އަދި އެރޭ އިސްމާޢީލް
ޝިފާޒު ނިދާފައިއޮތް ކޮޓަރިއަކީ ލާހީ މުޙައްމަދުގެ ކޮޓަރިކަމާއި އަދި އެރޭ އިސްމާޢީލް ޝިފާޒު
ނިދިއިރު، މާހީ މުޙައްމަދާއި ޙައްވާ ރިޔާޝާއާ ދެމީހުން އެކޮޓަރީގައި ހޭލާތިބިކަމާއި، އަދި އެރޭ
ދަންވަރު ފުލުހުން އެކޮޓަރިއަށް ވަންއިރުވެސް އިސްމާޢީލް ޝިފާޒު އޮތީ ނިދަންކަމާއި އިސްމާޢީލް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/202
ޝިފާޒު ހޭލާފައިވަނީ ފުލުހުން އިސްމާޢީލް ޝިފާޒަށް ގޮވުމުންކަން މިމައްސަލައާ ގުޅިގެން
ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެން އޮންނައޮތުމެވެ.
(ށ) ދެވަނަކަމަކީ: އިސްމާޢީލް ޝިފާޒުގެ ދަބަހުން ފެނުނުކަމަށް ބުނެފައިވާ 19.4132
މުށިކުލައިގެ ކުނޑިއަކީ މަސްތުވާތަކެތިކަން ފަހުންކުރެވުނު ތަޙްލީލުގެ ނަތީޖާއިން ދައްކާކަމަށް
ދައުލަތުގެ ފަރާތުން ބުނެފައިވިޔަސް، އެރޭ އިސްމާޢީލް ޝިފާޒު ނިދާފައިއޮތް ކޮޓަރިތެރޭގައި ތިބި
ތިންމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ކުޑަކަމުދާތަކެތި ތަޙްލީލުކޮށްބެލެވިފައި ނުވާކަމާއި އަދި
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 19.4132 ގްރާމް މުށިކުލައިގެ ކުނޑިފެނިފައިވާ ކޮޓަރީގެ
ވެރިފަރާތް ކަމުގައިވާ މާހީ މުޙައްމަދުގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލާގައި ދަޢުވާކުރެވޭ ވަރަށް
ހެކިލިބިފައިނެތްކަން ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް މިމައްސަލަ ތަޙްޤީޤުކުރި ފަރާތުން
ވިދާޅުވެފައިވާއިރު، އެރޭއެކޮޓަރީގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ފުލުހުންނަށް
ލިބިފައިވާތީއާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މުށިކުލައިގެ ކުނޑިއެކޮޓަރިން ފެނިފައިވަނީ
އެމަޢުލޫމާތާ ގުޅިގެން ފުލުހުން އެކޮޓަރި ބަލާފާސްކުރި ކުރުމުގެ ތެރޭގައި ކަމަށްވެފައި،
އެފަދަހާލަތެއްގައި އެކޮޓަރީގައި ތިބިމީހުން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ނޫންކަން
ކަށަވަރުކޮށްދޭ ހަރުދަނާ ޤަރީނާލިބޭނީ، ޤާނޫނު ނަންބަރު 17/77 ގެ 2 ވަނަ މާއްދާގައި ބުނެފައިވާ
ފަދަފަރާތަކުން އެމީހުންގެ ކުޑަކަމުދާތަކެތި ތަޙްލީލުކޮށް، އެތަޙްލީލުގެ ނަތީޖާދައްކާ ގޮތުން
ކަމަށްވާއިރު، އެފަދަ ތަޙްލީލެއް ކުރެވެންނެތިގެން އެމީހުންގެ ކުޑަކަމުދާތަކެތި ތަޙްލީލު
ނުކޮށްދޫކޮށްލެވިފައި އޮންނައޮތުމަކީ، އެތިންމީހުންގެ މައްޗަށްވެސް އޮތް ތުހުމަތުން އެތިންމީހުންގެ
ތެރެއިން މީހަކު އުޞޫލެއްގެ ގޮތުން ބަރީޢަވާން ޖެހޭ ސަބަބެއް ކަމަށް ޝަރުޢީ އަދި ޤާނޫނީގޮތުން
ބެލެވޭނެ ހަމައެއްނެތުމެވެ.
(ނ) ތިންވަނަކަމަކީ މީހެއްގެ ހިޔާޒަތުގެ ދަށުގައި މަސްތުވާތަކެތި ހުއްޓާ ފެނުމަކީ،
އުޞޫލެއްގެ ގޮތުން އެކަމުގެ ޒިންމާ ޤާނޫނީ ގޮތުން އެމީހަކު އުފުލަންޖެހޭފަދަ
ބެލެވުނު ކަމުގައިވިޔަސް، އަދި މީހަކު ދިރިއުޅޭ ކޮޓަރިއާއި އޭނާ ބޭނުންކުރާ އަލަމާރިއާއި ފޮށިފަދަ
ހ ( 04 އ ހވ
ސަބަބެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
4
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތަކެއްޗަކީވެސް އެއެއްޗެއް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ފަރާތެއްގެ ހިޔާޒަތުކަމަށް ބެލެވުނު
ކަމުގައިވިޔަސް، އެކަކަށްވުރެ ގިނަމީހުން ބޭނުންކުރާ ނުވަތަ އެތައްބަޔަކަށް ބޭނުންކުރެވޭ ގޮތަށް
ހުންނަކޮޓަރިތަކާއި އެކަކަށްވުރެ ގިނަމީހުން ބޭނުންކުރާ އަލަމާރިއާއި ފޮށިފަދަތަކެއްޗަކީ އެއެއްޗެއް
ބޭނުންކުރާ އެތަކެއްމީހުންގެ ތެރެއިން ވަކިމީހެއްގެ ހިޔާޒަތަށް ވެދާނެތޯ؟ މިނުކުތާގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބަލާއިރު، އެމީހަކު ކުށެއްކޮށްފައިވާކަން ކަނޑައެޅިގެން
ޘާބިތުވާ މިންވަރަށް ހެކި ނުވަތަ ޤަރީނާ ލިބިފައިނެތީސް، އަދި އެމީހަކު އެކުށެއްކޮށްފައިވާކަމާއި
ނުވަތަ ޝަރުޢީ އަދި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ހާލަތެއްގައި މީހެއްގެ މައްޗަށް ކުށް
ޘާބިތުވާކަމަށް ބެލުމަކީ ޝަރީޢަތާއި ޤާނޫނުހުއްދަކުރާ ކަމަކަށްނުވާތީ، އެކަކަށްވުރެ ގިނަމީހުން
ދިރިއުޅޭކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވީނަމަވެސް އިތުރުހެއްކާއި ޤަރީނާއާނުލައި
އެކޮޓަރިއެއްގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަކިމިވެނިމީހެއްގެ މައްޗަށް ތުހުމަތުކުރެވި،
އެކަމުގެޒިންމާ ހަމައެކަނި އެފަރާތުން އުފުލަންޖެހޭ ގޮތްވުމަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، އެކަންބިނާކުރާނެ ޝަރުޢީ އަދި ޤާނޫނީ ވިޔަސް އުޞޫލެއްނެތް ކަމަށްވާކަމެވެ.
(ތ) ހަތަރުވަނަކަމަކީ: ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެކިންނަކީ އެއްވެސް
އުނިއިތުރަކާނުލައި އެކަމެއްހިނގައި ދިޔަގޮތަށް ވަކިކޮޅަކަށް ބުރަވުމެއްނެތި ތަޢައްސުބުން
އެއްކިބާވެތިބެ ޝަރީޢަތަށް އެކަމެއް ހާމަކޮށްދޭން ޖެހޭބަޔަކަށްވެފައި، ހެކިންގެ ހެކިބަހާމެދު
އުފެދިދާނެ ސުވާލުތައް ނެތިއްޖެކަމަށް ޤަބޫލުކުރެވޭ މިންވަރަށް މަޢުލޫމާތު ސާފުކުރުމަކީ ދުނިޔޭގެ
ހުރިހާ ނިޒާމްތަކެއްގައިވެސް ޢަމަލުކުރަމުންދާ އުޞޫލަކަށްވާތީ، 2007 ވަނަ އަހަރުގެ މެއި މަހުގެ
17 ވަނަ ދުވަހު ޗުއްޓީއެއްގައި ލ.ގަމަށްދިޔަ މ.ސިލްވަރޝާކް އިސްމާޢީލް ޝިފާޒު ނިދާފައިއޮތް
ލ.ގަމް/ ބޯގަންވިލާ މާހީ މުޙައްމަދުގެ ކޮޓަރި ތެރޭގައި ހުރި އިސްމާޢީލް ޝިފާޒުގެ ދަބަހުގެ
ތެރެއިން ފެނިފައިވާ ކަމަށްބުނެފައިވާ މަސްތުވާތަކެއްޗާއި ބެހޭ ގޮތުން ސާފުކުރަންޖެހޭ ކަންތައްތައް
ސާފުކުރުމަށްޓަކައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ލ.ދަނބިދޫ ދިޔަރެސް
ޙުސައިން ޝިޙާމާއި، ލ.ގަމް މަތިމަރަދޫ ހަނދުވަރުދޭގޭ ޙުސައިން ފަޔާޝާއި، ލ.ފޮނަދޫ ފިނިވައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ct
c4ހ ހ 0
2
4
ނަނީ3ކމަށް2
ޔޫސުފް ޙުސައިނާއި، މިތިންމީހުން، އިސްމާޢީލް ޝިފާޒުގެ މައްޗަށް ތުހުމަތުކުރެވޭ ޙާދިޘާއާބެހޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު،
އެމައްސަލާގެ ތަޙްޤީޤަށް ބަޔާނެއްދީފައިވާނެ ކަމަށާއި އެއީ އެކަންހިނގާފައިވާ ގޮތަށް ދީފައިވާ
ޑިޔާނެއްކަމަށް ބުނުމަށްފަހު އެކަމާބެހޭގޮތުން ޝަރީޢަތުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބު
ދިނުމުގެގޮތުން ޔޫސުފް ޙުސައިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލިއިރު، އެޙާދިޘާއާބެހޭ
މަޢުލޫމާތު ތެދުބަހުން ރަނގަޅަށް ކިޔައިދޭންނޭނގޭ ކަމަށްބުނެފައިވާއިރު، އެރޭ ކޮޓަރިތެރޭގައި
ތިބިތިންމީހުންގެ ތެރެއިން ދެމީހުންތިބީ ބިންމަތީގައި ކަމަށާއި، އެނދުގައި އޮތީ އެކަކުކަމަށާއި
އެޙާދިޘާ އެވަރަކަށް ހަނދާންނެތްކަމަށާއި އެކޮޓަރިތެރެއިން ހަނދާންވާގޮތުގައި ރަބަރު ކޮތަޅުތަކެއް
ފެނުނުކަމަށާއި އިސްމާޢީލް ޝިފާޒުގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަން އެހާރަނގަޅަކަށް
މަށްބުނެ 17 ފެބްރުއަރީ 2009 ގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ބަޔާންދީފައިވާއިރު، ލ.ފޮނަދޫގެ ފިނިވައި ޔޫސުފް ޙުސައިން ބުނެފައިވަނީ އެހާދިޘާއާބެހޭ ރިޕޯރޓް
ލިބުނުގޮތެއްވެސް އަދި އެދުވަހު ލ.ގަން ޕޮލިސް ސްޓޭޝަނުން އައިރިޕޯޓެއް ބަލައިގަނެ، ޙާދިޘާ
ހިނގިތަނަށް ދިއުމަށް އެންގިވެރިއަކީ
ކާކުކަމެއްވެސް ނޭނގޭކަމަށާއި، މަސްތު
ސްތުވާތަކެތި
ބޭނުންކުރާކަމުގެ މަޢުލޫމާތު ދިންފަރާތުން އިސްމާޢީލް ޝިފާޒު އެތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު
ދިންކަން ނުވަތަ ނޫންކަންވެސް ނޭނގޭކަމަށާއި އަދި ރިޕޯރޓްގައި ބުނެފައިވާ ކޮޓަރިހުރީ
ހުޅުވާފައިކަން ނުވަތަ ލައްޕާފައިކަންވެސް އެނގިފައިނުވާކަމަށާއި، ދޮރުހުޅުވީ ކާކުކަމެއްވެސް
ނޭނގޭކަމަށާއި އެހެންނަމަވެސް އެކޮޓަރިއަށް ވަންއިރު ތިންމީހުންވެސް ތިބީހޭލާކަމަށްބުނެ ޔޫސުފް
ޙުސައިން 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ބަޔާނެއް ދީފައިވާއިރު، ލ.ގަމް މަތިމަރަދޫ، ހަނދުވަރުދޭގެ ޙުސައިން ފަޔާޝް ހައިކޯޓްގެ
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަކުންވެސް އެޙާދިޘާއާ، އެޙާދިޘާއާ ގުޅިގެން ޤާނޫނީގޮތުން
އުފެދޭސުވާލުތަށް އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތް ކަމަށްބެލެވޭ މިންވަރަށް ސާފުކޮށް
ޝަރީޢަތަށް ހާމަކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައި އޮންނައޮތުމެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
6
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
(ބ)ފަސްވަނަކަމަކީ: ޙާދިޘާއަކާބެހޭ ގޮތުން ޖުމްލަގޮތެއްގައި ދެވޭހެކިބަހަކީ އެޙާދިޘާއަކާގުޅޭ
ހުރިހާކަމެއް ޘާބިތު ކުރުމަށްފުދޭ ހަރުދަނާ ދަލީލެއްކަމަށް ޝަރުއީ އަދި ޤާނޫނީ ގޮތުން ބެލެވެންޖެހޭ
ހަމައެއްނެތަތީއާއި، ދަޢުވާގައި އިޝާރާތްކުރާ ޙާދިޘާއާ ގުޅިގެން ހެކިބަސްދޭ ފަރާތްތަކުން
ކޯޓަށްދީފައިވާ ހެކިބަހުގައި އެފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ޙަވާލާދީ، ޝަރީޢަތުގެ
ފަރާތުން ސުވާލުކުރާ ޙާދިޘާއާ ގުޅިގެން ތަޙްޤީޤަށް ބަޔާނެއްދީފައިވާނެ ކަމަށާއި އިތުރަށް ދައްކާނެ
ވާހަކައެއް ނެތްކަމަށްބުނެ ދޭހެކިބަހުގެ ބަޔާނަކީ، ޝަރުޢުގައިކަމެއް ޘާބިތު ކުރުމަށް ހަމަޖެހިފައިވާ
ގޮތުގެމަތިން ޝަރީޢަތުގެ މަޖިލީހުގައި އެކަމެއްކުރަނިކޮށް ދުށްގޮތަށް، ނުވަތަ އެވާހަކައެއް
އެޑުއެހިގޮތަށް އޭގެ ތަފްޞީލާއެކު އެކަންކުރިބަޔަކާއެކު ސިފަކޮށްދޭންޖެހޭ އުޞޫލުން ދީފައިވާ
ހެކިބަހެއް ކަމަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވެންޖެހޭ ސަބަބެއްނެތަތީއާއި ކޮންމެހެކިބަހަކީ،
އެހެކިބަހާމެދު ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކޮށް އޮޅުންފިލުވުމުގެ ފުރުޞަތު ލިއްބައިދޭގޮތަށް
ދޭންޖެހޭ ހެކިބަހަކަށްވާތީ، ޖުމްލަގޮތެއްގައި ޙާދިޘާއަކާ ބެހޭގޮތުން ދެވޭހެކިބަހަކީ ޝަރުޢީ އަދި
ޤާނޫނީހަމަތަކުގެމަތިން ޝަރީޢަތަށް ކަމެއް ޘާބިތުކުރުމަށް ބޭނުންވާ ކާފީހެއްކެއްކަމަށް ބެލެވޭނެ
ތަނެއްނެތުމާއެކު، މިފަދަ މައްސަލަތަކުގައި ރިޢާޔަތް ކުރަންޖެހޭނެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓްގެ
ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި ޤާއިމުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ
ފަނޑިޔާރުންދެކެނީ ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37 ޤަޟިއްޔާގައި ދަޢުވާ ލިބުނު
އިސްމާޢީލް ޝިފާޒު ނިދާފައިއޮތް، މާހީ މުޙައްމަދުގެ ކޮޓަރި ތެރޭގައިހުރި އިސްމާޢީލް ޝިފާޒުގެ
ދަބަހުގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ އިސްމާޢީލް ޝިފާޒުގެ ދަބަހުން
ކަމުގައިވިޔަސް އެއީ އިސްމާޢީލް ޝިފާޒުގެ ކޮޓަރި އަކަށްނުވާތީއާއި އެޙާދިޘާ ހިނގިތަނަށްދިޔަ
ފުލުހުން އެކޮޓަރިއަށް ވަންއިރު އިސްމާޢީލް ޝިފާޒު އޮތީ ނިދާފައިކަން އެނގެން އޮންނާތީއާއި
އިސްމާޢީލް ޝިފާޒު ހޭލާފައިވަނީ ފުލުހުން އޭނާއަށް ގޮވުމުން ކަމަށްވެފައި، އޭރު އެކޮޓަރީގައި ތިބި
އެކޮޓަރީގެ ވެރިފަރާތް ކަމުގައިވާ މާހީ މުޙައްމަދާއި، ހައްވާ ރިޔާޝާއާއި ދެމީހުން ހޭލާތިބިކަމަށް
އެދެމީހުންނާއި ފުލުހުންބުނެފައިވާއިރު، އިސްމާޢީލް ޝިފާޒަކީ މަސްތުވަތަކެތީގެ ރެކޯޑެއް އޮތް
05
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
7
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ck
3
0
¢
0 ދ ތ ދ
ފަރާތެއްކަން އެނގެންނެތުމާއި، އަދި މަސްތުވާތަކެތި އިސްމާޢީލް ޝިފާޒުގެ ދަބަހަށް ލާފައިވާކަން
އެނގޭނެގޮތެއް ނެތުމުގެ އިތުރަށް ފުލުހުން އައުމުގެ ކުރިން އެކޮޓަރީގައި ތިބި ދެމީހުންނަށްވެސް
އެރޭ އެދަބަހަށް އެއްޗެސް ލުމުގެ ފުރުޞަތު އޮންނާނެތީއާއި އެފަދައެއްޗެއް ދަބަހަށްލައިގެން
ގެންގުޅުނުކަމާމެދު އިސްމާޢީލް ޝިފާޒު އިންކާރު ކޮށްފައިވާއިރު، އެރޭއެކޮޓަރީގައި ތިބިތިންމީހުންގެ
ތެރެއިން އެއްވެސް މީހެއްގެ ކުޑަކަމުދާތަކެތި ތަޙްލީލުކޮށް، އެމީހުންއެރޭ މަސްތުވާތަކެތި
ބޭނުންކޮށްފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި، ޤާނޫނީގޮތުން އަޅަންޖެހޭ
ފިޔަވަޅުތައްއެޅިފައި ނެތުމުން އެކަންކަށަވަރު ކުރެވިފައި ނުވާތީއާއި އެރޭ އެކޮޓަރީގައި ތިބި
ތިންމީހުންނަކީވެސް އެޙާދިޘާއާ ގުޅިގެން ތުހުމަތުކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭ ތިންމީހުން
ކަމަށްވެފައި، އެޙާދިޘާގެ ހުރިހާ ޒިންމާއެއް ޝަރުޢީ އަދި ޤާނޫނީ ގޮތުން އެތިންމީހުންގެ ތެރެއިން
އެކަކުގެ އުފުލަންޖެހޭ ކަމަށް ތާއީދު ލިބިދޭއިތުރު ހެއްކެއްނެތީސް، އިސްމާޢީލް ޝިފާޒުގެ މައްޗަށް
ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37 ޤަޟިއްޔާގައި އެކުށް ޘާބިތުކުރެއްވި ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް
އިއްތިފާޤް ވެވިފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުން ދެކެނީ އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.
• ޙުކުމް.
ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37 ޤަޟިއްޔާގައި ކުރައްވާފައިވާ ދަޢުވާގައި ބުނެފައިވާ
ކޮޓަރިއަކީ، އެޤަޟިއްޔާގައި ދަޢުވާ ލިބުނު މ.ސިލްވަރޝާމް އިސްމާޢީލް ޝިފާޒު ދިރިއުޅޭ
ކޮޓަރިއަކަށްނުވެފައި، އޭގެ ދެދުވަސްކުރިން އިސްމާޢީލް ޝިފާޒު އެކޮޓަރިއަށްދިޔައީ، އެކޮޓަރީގެ
ވެރިފަރާތް ކަމުގައިވާ މުޙައްމަދު މާހީގެ ރައްޓެއސެއްގެ ގޮތުން ކަމަށްވެފައި، އެކޮޓަރީގައި
މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށްގޮސް، އެކޮޓަރި
ބެލިއިރުވެސް އެކޮޓަރީގައި އިސްމާޢީލް ޝިފާޒުގެ އިތުރުން، އެކޮޓަރީގެ ވެރިފަރާތައި އިތުރު މީހަކާއި
ދެމީހުން ތިބިކަން އެނގެން އޮންނާތީއާއި، ފުލުހުން އެކޮޓަރިއަށް ވަންއިރުވެސް އިސްމާޢީލް ޝިފާޒު
އޮތީނިދާފައިކަމާއި، އެކޮޓަރީގައި ހޭލާތިބީ ކޮޓަރީގެ ވެރިފަރާތާއި އޭނާގެ ރައްޓެއްސެއްކަމުގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
8
2008/HC-A/202
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
coco
ޙައްވާ ރިޔާޒާއާއި ދެމީހުންކަން އެނގެން އޮންނާތީއާއި، އެރޭ އެކޮޓަރީގައި މަސްތުވާތަކެތި
ބޭނުންކުރާ ކަމުގެ ރިޕޯޓް ލިބުމާގުޅިގެން، އެޙާދިޘާ ތަޙްޤީޤު ކުރެއްވި ފަރާތަށް އެރޭ، އެކޮޓަރީގައިތިބި
ތިންމީހުން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ނޫންކަން ޤާނޫނު ނަންބަރު 17/77 ގައިވާ
ގޮތުގެމަތިން ކަށަވަރު ކުރުމަށްޓަކައި، އެމީހުންގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމުގެ ފުރުޞަތު
ފަހިވެފައިނުވާއިރު، އިސްމާޢީލް ޝިފާޒުގެ ދަބަހުން ފެނިފައިވާ ކަމަށްބުނެފައިވާ މަސްތުވާތަކެތި
ކަމަށްބެލެވޭ މުށިކުލައިގެ ކުނޑިހުރި ޕެކެޓަކީ އިސްމާޢީލް ޝިފާޒު ނިދާފައިއޮއްވާ އެރޭއެކޮޓަރީގައި
ތިބި ދެމީހުންގެ ތެރެއިން މީހަކަށްވެސް އެދަބަހަށް ލެވިދާނެ ފުރުޞަތު އޮތް އެއްޗަކަށްވެފައި، އެފަދަ
ހާލަތެއްގައި އެދަބަހަކީ އިސްމާޢީލް ޝިފާޒުގެ ހިޔާޒަތުގައި ހުރި ދަބަހެއްކަމަށް ޤާނޫނީ ގޮތުން
ބެލެވޭނެތަނެއް ނެތަތީއާއި، އިސްމާޢީލް ޝިފާޒުގެ ދަބަހަށް މަސްތުވާތަކެތި ލާފައިވާކަމާމެދު
އިސްމާޢީލް ޝިފާޒު އިންކާރު ކުރަމުންދާއިރު، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، އަދި
އެތަކެތި އެދަބަށްލާފައިވަނީ އިސްމާޢީލް ޝިފާޒު ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ބެލެވޭފަދަ އިތުރު ހެކިނެތީސް، އެދަޢުވާގައި ބުނެފައިވާ މަސްތުވާ ތަކެއްޗާއިބެހޭ ޒިއްމާ ޝަރުޢީ
އަދި ޤާނޫނީ ގޮތުން މ.ސިލްވަރޝާކް އިސްމާޢީލް ޝިފާޒުއުފުލަންޖެހޭ ސަބަބެއް ނެތްކަމަށް
މިމައްސަލަ ބެލިދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވުނު ހިނދު، އެޤަޟިއްޔާގައި
ކުރައްވާފައިވާ ދަޢުވާ މ.ސިލްވަރޝާކް އިސްމާޢީލް ޝިފާޒުގެ މައްޗަށް ޘާބިތު ނުވާކަމަށް ޙުކުމް
ކޮށްފީމެވެ.
ނޯޓް: މިޤަޟިއްޔާ މިގޮތަށް
ނިމުމުން ޖިނާއީ ކޯޓްގެ ނަންބަރު 2008/JC/37
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްވީއެވެ.
މިޤަޟިއްޔާބަލާ ނިޔާ ކަނޑައެޅީ:
Cub
هما
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޙަމީދު
،ފަނޑިޔާރު)
ބޭއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes