ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-I-SH/13 ޤަޟިއްޔާގެ ޙުކުމް
1
2{14/HC-I-SH/13
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޤަޟިއްޔާ ނަންބަރު: 13/HC-I-SH/2014
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
ނަން: އަޙްމަދު ޠާރިޤު ޒުހައިރު
އެޑްރެސް: ގެލަ { ގދ. ތިނަދޫ
އައި.ޑީ.ކާޑް ނަންބަރު: A054786
* މިހާރުގެ އެޑްރެސް: މ.އަތައްސާގިރި | މާލެ
މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސް (5 ވަނަ ފަންގިފިލާ)!މާލެ
ތަދައްޟިލްވި ފަރާތް:
* ނަން: އަޙްމަދު މަރްޒޫޤް
ދާއިމީ އެޑްރެސް: ގ.
ވަކަރު | މާލެ
މިހާރުގެ އެޑްރެސް: ގ. ވަކަރު | މާލެ
* އައި.ޑީ.ކާރޑް ނަންބަރު: A086380
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޖުމާދަލްއާޚިރާ 1435
0
ނިމުނު ތާރީޚް: 23 ޖުމާދުލްއާޚިރާ 1439
12 އޭޕްރީލް
2014
23 އޭޕްރީލް
2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޔޫސުފް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮ
2{014/HC-I-SH/13
کمر محتمی .۶
ވ2 24
އަނހެޓޗތޓހ
• މައްސަލައިގެ ޚުލާޞާ:
މިއީ، 22 މާރޗް 2014 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ
އިންތިޚާބުގައި ވ. ފެލިދޫގައި ބެހެއްޓި ވޯޓު ފޮށީގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އެރަށު އޯޝަންވިލާ
ފާތުމަތު ސަނިއްޔާ، އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ
އަޙްމަދު މަރްޒޫޤުގެ އަތުން ރިޝްވަތު ނަގާފައިވުމުންނާއި، ޤާނޫނު ނަންބަރު 2/2009 (ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤަވާއިދު
2014 ގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި އެ ޤަވާއިދުގެ
ޖަދުވަލު 05 ގައި ބަޔާންކޮށްފައިވާ އިޤުރާރާ ޚިލާފަށް ފާތުމަތު ސަނިއްޔާ ޢަމަލުކޮށްފައިވުމާއި އިންތިޚާބު
ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ އަޙްމަދު މަރުޓޫގުގެ ކެމްޕެއިން ޓީމުން
އިންތި ޢާންމު ޤާނޫނުގެ
44 ވަނަމާއްދާގެ (ހ) އާ ޚިލާފަށް ޢަމަލުކޮށްފައިވުމާއި،
ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުންނާއި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުތަކުގެ ދަށުން އިންތިޚާބުގައި
ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި ރިޝްވަތު ދިނުމަށް ހުށަހެޅުމަކީ ވެސް ކުށެއްކަމުގައި ވީހިނދު
އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ އަޙްމަދު މަރުޒޫޤްގެ
އާއިލާއިންނާ އޭނާގެ ކެމްޕެއިން ޓީމު ވ. ފެލިދޫ ދާއިރާގެ ގިނަބަޔަކަށް ރިޝްވަތު ހުށަހަޅާފައިވީ ހިނދު،
އިސްވެ ދެންނެވި ކަންކަމަކީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 65
ވަނަ މާއްދާގެ (ހ) ގެ 2,1 އަދި 3 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެކަންކަމުގެ ސަބަބުން އެ ވޯޓު
ފޮށިތަކުގެ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، އެ ވޯޓު ފޮށިތަކުގެ
އިންތިޚާބު ބާޠިލްކޮށް އެ ވޯޓު ފޮށިތަކުގެ ވޯޓުލުން އަލުން ބާއްވައި ދިނުމަށް އަމުރުކޮށް ދިނުމަށް އެދި ވ.
ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި ގދ ތިނަދޫ، ގެލަ، އަޙްމަދު
ޠާރިޤު ޒުހއިރުގެ ފަރާތުން ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
3
2{14/HC-I-SH/13
ޤަޟިއްޔާ ނިމުނު 1
کی مرکی
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ.
ވަކަރު،
މިޤަޟިއްޔާގައި އެފަރާތެއްގެ މަސްލަހަތު ހިމެނޭ ފަރާތެއްކަމަށްވާ
އަޙްމަދު މަރްޒޫޤްގެ ފަރާތުން ތަދައްޚުލްވެފައިވެއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ގދ. ތިނަދޫ، ގެލަ، އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާން ކުރަމުން އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
OX
ޅ. ފެލިދޫގައި ބެހެއްޓި ވޯޓު ފޮށީގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އެރަށު
އޯޝަންވިލާ ފާތިމަތު ސަނިއްޔާ، އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާނުކޮށްފައިވާ އަޙްމަދު މަރުޙޫޤުގެ އަތުން ރިޝްވަތު ނަގާފައިވާކަމަށާއި، ޤާނޫނު ނަންބަރު 2/2009
(ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު)ގެ ދަށުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ
ޤަވާއިދު 2014 ގެ 46 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި އެ
ޤަވާއިދުގެ ޖަދުވަލު 05 ގައި ބަޔާންކޮށްފައިވާ އިޤުރާރާ ޚިލާފަށް އޭނާ ޢަމަލުކޮށްފައިވާކަމަށާއި، އިންތިޙާބު
ކާމިޔާބުކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ އަޙްމަދު މަރްޒޫޤްގެ ކެންޕެއިން ޓީމުން
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށާއި، އަދި
އަޙްމަދު މަރްޒޫޤްގެ ފަރާތުން ވ. ފެލިދޫ ދާއިރާގެ ގިނަ ބަޔަކަށް ރިޝްވަތު ހުށަހަޅާފައިވާކަމަށާއި،
މިކަންކަމުގެ ސަބަބުން ޤާނޫނުނަންބަރު 11/2008 (ޢާންމު އިންތިޚާބުތަކާ ބެހޭ ޤާނޫނު) ގެ 65
ވަނަމާއްދާގެ (ހ)ގެ 2،1 އަދި 3 ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތައް ވުޖޫދުވެ، އެހާލަތްތަކުގެ
ސަބަބުން 22 މާރޗް 2014 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ފެލިދޫ ދާއިރާގެ
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
¢ ¢ ¢3
=3
2{014/HC-I-SH/13
XO
0/
<< O
ބިއުރޯއަށް ހުށަހެޅި އެ ބިއުރޯއިން ތަޙުޤީގު ކުރެވިފައިވާކަމަށާއި، އެމައްސަލާޖޭގެ ހައިކޯޑު
4 ޤަޟިއްޔާ ނިމުނު ގޮ
ފުލިދޫގައި ބެހެއްޓި ނަންބަރު J01.01.1 ވޯޓު ފޮއްޓާއި، ދ. ފެލިދޫގައި ބެހެއްޓި ނަންބަރު J01.03.1
ވޯޓުފޮއްޓާއި އަދި އެދާއިރާގެ މާލޭގައި ބެހެއްޓި ނަންބަރު J01.0.1 ވޯޓު ފޮށީގެ ނަތީޖާއަށް
އެކަށީގެންނުވާ އަސަރުތަކެއް ފޯރާފައިވާކަމަށާއި، އެކަންކަމުގެ ސަބަބުން އެވޯޓު ފޮށިތަކުގެ ނަތީޖާއަށް
ބަދަލު އަންނާނެކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، އެވޯޓު ފޮށިތަކުގެ ނަތީޖާ ބާޠިލްކޮށް އެވޯޓު
ފޮށިތަކުގެ ވޯޓުލުން އަލުން ބާއްވައި ދިނުމަށް އަމުރުކޮށް ދިނުމަށްއެދޭ ކަމަށް ބުނެފައިވެއެވެ.
2. ގދ. ތިނަދޫ، ގެލަ، އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު
ބަޔާންކުރަމުން އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ، އިސްވެދެންނެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު،
މިމައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ ތެރެއިން، ވ. ފެލިދޫގައި
ބެހެއްޓި ވޯޓު ފޮށީގެ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި އެރަށު އޯޝަންވިލާ ފާތިމަތު ސަނިއްޔާ،
އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ އަޙްމަދު މަރުޒޫގުގެ އަތުން
ރިޝްވަތު ނަގާފައިވުމާއި ޤާނޫނު ނަންބަރ 2/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ
ދަށުން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 46 ވަނަމާއްދާގައި ބަޔާންކޮށްފައިވާ
ސުލޫކީ މިންގަނޑުތަކާ ޚިލާފުވުމާއި އަދި އެގަވާއިދުގެ ޖަދުވަލް 5 ގައި ބަޔާންކޮށްފައިވާ އިޤްރާރާ
ޚިލާފަށް ފާތުމަތު ސަނިއްޔާ އަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ސަބަބާ ގުޅޭގޮތުން އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ބުނެފައިވަނީ، އެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލް
ކޮމްޕްލެއިންޓްސް
ނިންމަވައި، ތަޙްޤީޤު ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވަނީ 11 އޭޕްރީލް 2014
02c
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮ
2014/HC-I-SH/13
مر علمي مي
ދުވަހުކަމަށާއި، އެ މައްސަލާގައި އެބިއުރޯގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އެ
ބިއުރޯއަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން އެކަށީގެންވާ މިންވަރެއްގެ ހެއްކެއް ނެތްކަމަށާއި، ނަމަވެސް
ޤަރީނާތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީ އެ މައްސަލައިގައި ހުށަހެޅިފައިވާ އޯޑިއޯ ރިކޯޑިންގ ނުވަތަ އޯޑިއޯ
ކްލިޕް އެނަލައިޒްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށް ރެކޮމެންޑް ކުރާ ކަމަށާއި،
އެހެންކަމުން އެމައްސަލަ އިތުރަށް ތަޙުޤީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމަށް
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ތައްޔާރުވަމުންދާކަމަށާއި،
އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ
އަޙްމަދު މަރުޒޫޤުގެ ކެމްޕެއިން ޓީމުން އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އާ
ޚިލާފަށް ޢަމަލުކޮށްފައިވާކަމަށާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުންނާއި އިންތިޚާބުތަކާ ބެހޭ
އާއްމު ޤާނޫނުގެ ދަށުން އިންތިޚާބުގައި ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ރިޝްވަތު
ހުށަހެޅުމަކީވެސް ކުށެއްކަމުގައިވީހިނދު، އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާން ކޮށްފައިވާ އަޙްމަދު މަރުޒޫޤު ކެމްޕެއިން ކުރިކަމަށް ފާހަގަކޮށްފައިވާ ސަބަބާ ގުޅޭ ގޮތުން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ، އެ ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 2 ނުކުތާގެ
މައްޗަށް ބަލާއިރު އެ ދެ މައްސަލަވެސް އިލެކްޝަންސް ކޮމިޝަންގެ ނެޝަނަލްގެ ކޮމްޕްލެއިންޓްސް
ބިއުރޯއަށް ހުށަހެޅި ތަޙުޤީޤު ކުރެވިފައިވާކަމަށާއި، އެމައްސަލައިގައި ސާބިތުވާ ވަރުގެ ހެއްކެއް ހުށަހެޅިފައި
ނެތްކަމަށް ނެޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމާފައިވާކަމަށާއި، އެމައްސަލަ ނިންމަވާފައިވަނީ
03 އޭޕްރީލް 2014 ގައި ކަމަށާއި، ނިންމާފައިވާ ގޮތަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ
ދާއިރާގެ އިންތިޚާބު މާލޭ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓުނު ވޯޓުފޮށީގެ މަރުކަޒު ސަރަހައްދުގައި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ފަރާތުން އެދާއިރާއަށް ކުރިމަތިލެއްވީ އަޙްމަދު މަރުޒޫޤްގެ ކެމްޕެއިން
ޓީމުން ކެމްޕެއިންކުރިކަމާއި، ފައިސާ ބެހުން އަދި ވޯޓުލާން ގޮސްތިބި މީހުންނަށް ނުފޫޒު ފޯރުވިކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2{14/HC-I-SH/13
6 ޤަޟިއްޔާ ނިމުނު
کی عمری
ދެވެ
ޝަކުވަތަށްވެސް
އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ޝަކުވާ ބަލައި ކުރިއަށް ގެންދާނެ ތަނެއްނެތް
ކަމަށެވެ.
.3
ގދ. ތިނަދޫ، ވެލާ، އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކާއި އޭގެ ތަފްޞީލު ބަޔާންކުރަމުން
އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ،
އިސްވެދެންނެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވުމުގެ ގޮތުން، އެމައްސަލައިގައި ތަދައްޚުލްވި ގ. ވަކަރު،
އަޙްމަދު މަރްޒޫޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރު،
އަޙްމަދު ޠާރިޤް ޒުހައިރު ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށްފައިވަނީ މައްސަލާގައި
ކަންހިނގާފައިވާ ޙަޤީޤަތްތަކާއި ޤާނޫނީ ނަތީޖާގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން ނޫންކަމަށާއި،
އިންތިޚާބުގެ ނަތީޖާއަށް އަސަރު ކުރާފަދަ މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި، އިންތިޚާބެއްގެ ރަސްމީ
ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް އިންތިޚާބު ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރު ކުރެވޭނީ ވޯޓުލާ
ސަރަޙައްދުގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ،
އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތަށް ސާބިތުވާ
ޙާލަތުގައިކަން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 22/SC
-
C/2013
ޤަޟިއްޔާއިން ދީފައިވާ ރޫލިން އަށް ބަލާއިރުވެސް އިންތިޚާބެއް ޞައްހަ ނުވާނޭކަމަށް ކަނޑައެޅޭނީ ސުވާލު
އުފެދޭ ވޯޓުގެ ޢަދަދަކީ ވޯޓުގެ ފައިނަލް ނަތީޖާއަށް އަސަރުކުރާ ޢަދަދަކަށްވާ ޙާލަތުގައިކަމާއި،
މިމައްސަލާގައި ދެކެންޑިޑޭޓުންގެ ދެމެދުގައި 26 ވޯޓުގެ ފަރަގު ހުރިކަމަށާއި އަދި ރިޝްވަތު ދިނުމުގެ ކުށް
0 ..
4 22
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2014/HC-I-SH/13
کی عمری
=32
7 ޤަޟިއްޔާ ނިމުނު "
ސާބިތުވެފައިނުވާއިރު، އެކަމުގެ މައްޗަށް ބަލައި އިންތިޚާބުގެ ނަތީޖާ ބަދަލުވުމުގެ އިހްތިމާލު ނެތްކަމަށް
ބުނެފައިވެއެވެ.
.4
މިމައްސަލަ ހުށަހަޅަމުން އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައިގައި ތަދައްޚުލްވި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާ ގުޅުންހުރި ޤާނޫނުތަކަށާއި، ޤަވާޢިދުތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ މައްޗަށް މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008)
އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ
ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ
އިންތިޚާބާ ގުޅިގެން އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި
ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ނުވަތަ އިންތިޚާބުގެ
ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަތަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެ ޤާނޫނުގެ 63
ވަނަ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެ
ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާކަން އެނގެން އޮންނަކަމާއި، 22 މާރޗް 2014
ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ އިންތިޚާބުގައި، ވ. ފެލިދޫގައި ބެހެއްޓި
ވޯޓު ފޮށީގެ އިސް ވެރިއެއްގެ ގޮތުން މަސައްކަތް ކުރި ވ. ފެލިދޫ، އޯސަންވިލާ ފާތިމަތު ސަނިއްޔާ،
އެއިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ގ. ވަކަރު އަޙްމަދު
މަރުޙޫޤުގެ އަތުން ރިޝްވަތު ހިފާފައިވާ ކަމަށާއި، ފާތުމަތު ސަނިއްޔާ ޢަމަލުކޮށްފައިވާ ގޮތުން ވޯޓު ފޮށި
· 5
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު "
2{014/HC-I-SH/13
کی عمری
=32
މުވައްޒަފުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށާއި، އަދި އަޙްމަދު
މަރުޙޫޤުގެ ފަރާތުން ވ. ފެލިދޫ ދާއިރާގެ ގިނަ ބަޔަކަށް ރިޝްވަތު ހުށަހަޅާފައިވުމަކީ، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ) ގެ 2,1 އަދި 3 ވަނަ
ނަންބަރާ ޚިލާފުކަމަކަށްވާތީއާއި އެކަންކަމުގެ ސަބަބުން އިންތިޚާބުގެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަދަލު
އަންނާނެކަމަށް ޝަރީޢަތުން ކަނޑައަޅައި ދިނުމަށާއި، އެވޯޓު ފޮށިތަކުގެ އިންތިޚާބު ބާޠިލްކޮށް، އަލުން އެ
ވޯޓު ފޮށިތަކުގެ ވޯޓުލުން ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި
ގދ. ތިނަދޫ ގެލަ، އަޙްމަދު ޠާރިޤް ޒުހައިރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ރައްޔިތުންގެ މަޖިލީގެ އިންތިޚާބުގެ ޤާނޫނު (ޤާނޫނު ނަންބަރު
12/2009 ގެ 22 ވަނަ މާއްދާގެ ދަށުން ބާރު ލިބިގެން އިލެކްޝަންސް ކޮމިޝަނުން ހަދައިފައިވާ
”ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014] ގެ 51 ވަނަ މާއްދާގެ (ރ) ގައި ”ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު 2/2009
(ރައްޔިތުންގެ މަޖިލީގެ އިންތިޚާބުގެ ޤާނޫނު) އާއި މިޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް
އެއްވެސް އަމަލެއް، އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 120 އިން 123 ވަނަ މާއްދާގައި
ކަނޑައެޅިފައިވާ ކުށެއް .ވެސް ފަރާތަކުން ކޮށްގެން އެކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް
ހުށައަޅާނަމަ، އެ ޝަކުވާއެއްގެ ތަފްސީލު، ހެއްކާ ގަރީނާއާއެކު، އިންތިޚާބު ބޭއްވި ދުވަހުން ފެށިގެން 5
(ފަހެއް) ދުވަހުގެ ތެރޭގައި ހުށައަޅަންވާނެއެވެ. ....“ މިފައިން ބަޔާން
ބަޔާންކުރެވިފައިވާއިރު،
ކެމްޕެއިން ކުރުން މަނާ ވަގުތެއްގައި ކެމްޕައިންކުރުމާއި ވ. ފެލިދޫ ސްޓާރވައިޓް
ގޭތެރޭގައި ކެމްޕެއިން ހިންގައި، އެގޭތެރޭގައި ރިޝްވަތު ދިނުމުގެ ގޮތުން ފައިސާގެ މުޢާމަލާތްކޮށް އެހެންޑީގެ ފައި
ގޭގެއަށް ގޮސް އެފަދަ މުއާމަލާތްތައް ހިންގާފައިވާކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން އިދާރާގެ ޤައުމީ
އއ.
coc
03:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2{14/HC-I-SH/13
9 ޤަޟިއްޔާ ނިމުނު ގޮތު
کی مرکی
=32
ه2
2
ނަންބަރު
2 22 22 22
oxo
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ތަޙްޤީޤުކޮށް ބެލުމުގައި، ވ. ފެލިދޫ ދާއިރާގެ އިންތިޚާބުގައި،
ޅ. ފެލިދޫގައި ބެހެއްޓި ވޯޓު ފޮށީގެ އިސް ވެރިއެއްގެ ގޮތުން މަސައްކަތް ކުރި ވ. ފެލިދޫ، އޯސަންވިލާ
ފާތުމަތު ސަނިއްޔާ، އެއިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ
ވަކަރު އަޙްމަދު މަރުޙޫޤުގެ އަތުން ރިޝްވަތު ހިފާފައިވާ ކަމަށް ބުނާ މައްސަލާގައި
ސުވާލުކޮށްފައިވާކަން އެމައްސަލަ ބަލައި އެބިއުރޯއިން ތައްޔާރުކޮށްފައިވާ ޝަކުވާ
2014
/
24/NECB
/
PE "ޝަކުވާ ނިމުނު ގޮތުގެ ރިޕޯޓް" ގެ 6 ވަނަ ނަންބަރަށް ބެލުމުން އެނގޭކަމާއި،
އެ މައްސަލާގައި ފާތުމަތު ސަނިއްޔާ އާ ސުވާލުކުރުމުން އެއްވެސް މީހަކު ވަކި ކެންޑިޑޭޓަކަށް ވޯޓު
ދީފިނަމަ ފައިސާ ދޭނެކަމަށް ބުނެ ހުށަހަޅާފައިނުވާކަމަށާއި އަދި އެއްވެސް ފައިސާއެއްވެސް
ލިބިފައިނުވާކަމަށް ފާތުމަތު ސަނިއްޔާ ބުނެފައިވާކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އަދި
އެމައްސަލައިގައި ރިޝްވަތުގެ އަމަލެއް ހިންގާފައިވާކަން ސާބިތުވާވަރުގެ ހެކި ހުށަހަޅާފައިނުވާތީ އެ
މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާ ކަމާއި، އަދި ހުށަހެޅިފައިވާ އޯޑިއޯ ރިކޯޑިންގ ތަހްލީލު
ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ފޮނުވުމަށް ފެންނަކަމަށް ނިންމާފައިވާކަން އެނގެން
އޮންނައިރު، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރި ތަޙްޤީޤަށް 30 މާރޗް 2014 ގައި ވ. ފެލިދޫ
އޯޝަންވިލާ ފާތިމަތު ސަނިއްޔާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ "ވ. ފެލިދޫ ދާއިރާއަށް ވާދަކުރި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަޙްމަދު މަރުޒޫގެ (އެޑްރެސް ނޭނގޭ) އަށް ވޯޓު
ހޯދުމަށްޓަކައި އަޅުނގަޑާއި އަޅުގަނޑުގެ މަންމަ ޘުރައްޔާ މުޞްޠަފާއާއި ދެމީހުންނަށް އެއްވެސް މީހަކަށް
ވޯޓު ދިނުމަށް ޝަރުތުކޮށް އެއްވެސް މީހަކު ފައިސާ ދީފައެއް ނުވެއެވެ. އަދި އަޙްމަދު މަރުޖޫޤަށް ވޯޓު
ދިނުމަށް ޝަރުތުކޮށް އަޙްމަދު މަރުޒޫޤުގެ ފަރާތުން ފައިސާ ދީފައިވާކަމަށް އެއްވެސް މީހެއްގެ ގާތުގައި
އަޅުގަނޑު ބުނެފައެއްވެސް ނުވާނެއެވެ. އަދި އަޅުގަނޑުމެންގެއަށް ނުވަތަ އަޅުގަނޑާއި އަޅުގަނޑުގެ މަންމަ
ޘުރައްޔާ މުޞްޠަފާއަށް އެއްވެސް މީހަކު ފައިސާ ދިންކަމަށް ނުވަތަ ފައިސާ ދީފައިވާކަމަށް އަޅުގަނޑު
oec
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2{14/HC-I-SH/13
10 ޤަޟިއްޔާ ނިމުނު "
04 04
14
މީހެއްގެ ގާތުގައި ބުނިކަމަށް މީހަކު ނުވަތަ ބަޔަކު ބުނާނަމަ އެބުނާ ބުނުމަކީ އެމީހަކު ނުވަތަ
އެބަޔަކު ކަނޑައެޅިގެން ބުނާ ދޮގު ބުނުމެކެވެ." މިފަދައިންކަން އެނގެން އޮންނަކަމެވެ.
2 0 2 0 2 0x
(ނ) ތިންވަނަ ކަމަކީ: އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ
އެންމެހައި ކަންތައްތައް ބަލަހައްޓަން ތިބެންވާނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ނުވަތަ އެކަމަށް
އެ ކޮމިޝަނުން ޢައްޔަންކުރާ ބަޔެއް ކަމަށާއި، އެގޮތުން ތިބޭ މީހުންގެ ތެރެއިން ވޯޓުލާ ކޮންމެ
މަރުކަޒެއްގައި އެ މަރުކަޒެއްގެ އެންމެހައި ކަންކަން ބަލަހައްޓާނެ އިސް ފަރާތެއް އިލެކްޝަންސް
ކޮމިޝަނުން ޢައްޔަން ކުރަންވާނެކަމަށާއި، އަދި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ
މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ވޯޓުފޮށި ބެލެހެއްޓުމާއި، ވޯޓު ނެގުމާއި ވޯޓު ގުނުމާގުޅޭ އެންމެހައި
ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާންކުރުމާއި، އަދި ވޯޓުލާން އަންނަ މީހުންގެ
ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުލާ ސަރަހައްދުގައި ވޯޓުލާން އަންނަ މީހުންގެ އިންތިޒާމް ހަމަޖެއްސުމާއި
ބްޒާވަރުންނާއި މޮނިޓަރކުރާ ފަރާތްތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، އަދި އެސަރަހައްދުގައި ޤާނޫނާ
ޚިލާފު ކަމެއް
ހިނގާނަމަ އެކަމެއް މަނާކުރުމާއި ންކަން ޤާނޫނުނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 32 ވަނަމާއްދާގެ (ހ) އާއި (ނ) އިން އެނގޭކަމާއި،
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އައްޔަންކޮށްފައިވާ އެންމެހާ ފަރާތްތަކާ، ވޯޓުލާ މަރުކަޒުތަކުގައި
މަސައްކަތް ކުރުމަށް އެކޮމިޝަނުން ކަނޑައަޅާ އޮފިޝަލުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި
ތަބާވާންޖެހޭ ސުލޫކީ މިންގަނޑު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދުގެ 2014 ގެ 46 ވަނަ
މާއްދާގެ (ހ) ގެ 1 އިން 7 އަށް ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެމާއްދާގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، އިންތިޚާބުތަކާބެހޭ އާންމު
ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި،
22
32 ހ
ހއޓެވެނޭކަން
0 0
<< O
.1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471"
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
4 * 2
=32
2{014/HC-I-SH/13
11 ޤަޟިއްޔާ ނިމުނު "
کی مرگی
2x
.2
.3
އިންތިޚާބު ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން
އެމީހަކާ ހަވާލުކުރެވޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުން.
ވޯޓުދޭ މީހުންނާއި ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި،
އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ސިޔާސީ ޕާޓީތަކަށް ޤާނޫނުގެ ދަށުން ލިބިފައިވާ ޙައްޤަށް އުނިކަމެއް
ލިބިދާނެ އެއްވެސް ކަމެއް ނުކުރުން.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ހަވާލުކުރާ
މަސައްކަތް ތެދުވެރިކަމާއި، އިޚްލާސްތެރި ކަމާއެކު ކުރުން.
އިންތިޚާބުގެ މަސައްކަތުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ތަބާނުވުން.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތުގައި ވަކި ކެންޑިޑޭޓަކަށް، ނުވަތަ
ކެންޑިޑޭޓަކަށް ތާއީދުކުރާ ފަރާތަކަށް، ނުވަތަ ތާއީދުނުކުރާ ފަރާތްތަކަށް ބުރަނުވުން.
މަސައްކަތް ހަވާލުކުރާ ވަގުތުން ފެށިގެން އިންތިޚާބުގައި ހަރަކާތްތެރިވާ
ފަރާތްތަކަކީ ވަކި ފަރާތްތަކަށް ނުޖެހި ތިބޭ ބަޔަކަށްވުން.
އިންތިޚާބީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ދެފުށް ފެންނަ
އިންތިޚާބަކަށް ހެދުމަށް މަސައްކަތްކޮށް އެކަމަށް ބާރު އެޅުން.
.4
.5
.6
މިފަދައިންކަން އެނގޭކަމާއި، އަދި އެގަވާއިދުގެ ޖަދުވަލް 5 ގައި، ވަނީ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ކަމާއި، ވޯޓުނަގާ މަރުކަޒުތަކުގައި މަސައްކަތް ކުރާ
އޮފިޝަލުންނާއި މުވައްޒަފުންގެ އިގުރާރު، އޮންނަނީ އެގަވާއިދުގެ ޖަދުވަލު 2 ގައިކަން އެނގޭކަމާއި ވ.
އަތޮޅު ތައުލީމީ މަރުކަޒު، ވ. ފެލިދޫގައި ބެހެއްޓި ނަންބަރު J01.03.1 ވޯޓުފޮށީގެ އިސްވެރިއެއްގެ
ގޮތުގައި މަސައްކަތް ކުރި ވ. ފެލިދޫ އޯޝަންވިލާ ފާތިމަތު ސަނިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ
އޮފިޝަލުން ތަބާވާންޖެހޭ ސުލޫކާ ޚިލާފުވެފައިވާކަމަށް އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން ބުނާ ޗިރުޑްގެ
ބުނާޒީރުޖްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
44 23 22
2{14/HC-I-SH/13
12 ޤަޟިއްޔާ ނިމުނު "
އެމަރުކަޒުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނެތްކަން އެވޯޓު ފޮށީގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުން
އެނގޭކަމާއި އަދި އެރިޕޯޓުގައި އަޙްމަދު ޠާރިޤު ޒުހައިރުގެ މަންދޫބު ސޮއިކޮށްފައިވާކަން އެނގޭއިރު،
ފާތުމަތު ސަނިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ތަބާވާންޖެހޭ ސުލޫކާ ޚިލާފުވެފައިވާ ކަމެއް
އަދި ޚިލާފުވެފައިވާ ގޮތެއްވެސް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށް ދީފައިނުވާކަމާއި އަދި އެފަދަ
ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައިވާކަން އެނގެން ނެތްކަމެވެ.
404
(ށ) ހަތަރު ވަނަ ކަމަކީ:
އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނު (ޤާނޫނު
ނަންބަރު:11/2008) އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ
ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް
ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިޚާބާ ގުޅިގެން އެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޮމިޝަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ،
ނުވަތަ އިންތިޚާބުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި
އެ ޤާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ
ޙައްޤު އެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާކަން އެނގޭއިރު،
މިމައްސަލަ މިކޯޓަށް ހުށަހެޅި ގދ. ތިނަދޫ، ގެލަ، އަޙްމަދު ޠާރިޤު ޒުހައިރުގެ ފަރާތުން
ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ފެލިދޫ ދާއިރާގެ އިންތިޚާބަށް މާލޭގެ ޖަމާލުއްދީން ސްކޫލުގައި
ބެހެއްޓުނު ނަންބަރު J01.0.1 ވޯޓު ފޮށީގެ މަރުކަޒުގެ ސަރަހައްދުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ
ފަރާތުން އެދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓް އަޙްމަދު މަރުޙޫޤުގެ ކެމްޕެއިން ޓީމަށް ނިސްބަތްވާ
ފަރާތްތަކުން ކެމްޕެއިން ކުރުމާއި، ފައިސާ ބެހުމާއި އަދި ވޯޓުލާން ގޮސް ތިބި މީހުންނަށް ނުފޫޒު
ފޯރުވިކަމަށްބުނެ އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް
ޅ. ފެލިދޫ ކެނެރީހިޔާ، އިބްރާހީމް ނަދީމުގެ ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން
9
coc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !331647
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
13
2014/HC-I-SH/13
ޤަޟިއްޔާ ނިމުނު ގޮ
ނިންމާފައިވަނީ އެޝަކުވާގައި ތުހުމަތު އުފުލާފައިވާ ކަންކަން އެއީ ހިނގާފައިވާ ކަންކަން ކަމަށް
ސާބިތުވާވަރުގެ ހެއްކާއި ޤަރީނާ ހުށަހަޅާފައި ނެތުމުން އެ ޝަކުވާ ބަލައި ކުރިއަށް ގެންދާނެ ތަނެއް
ނެތްކަމަށް ނިންމައިފައިވާކަން އެބިއުރޯގެ ޝަކުވާ ނަންބަރު 2014
/
64/NECB
/
PE
/
SJ (03 އޭޕްރީލް
2014) "ޝަކުވާ ނިމުނު ގޮތުގެ ރިޕޯޓް" އިން އެނގޭކަމާއި،
1
COOX
NECB/PE/2014/24
އަދި ކެމްޕެއިން ކުރުން މަނާ ވަގުތެއްގައި ކެމްޕައިން ކުރުމާއި ވ. ފެލިދޫ ސްޓާރލައިޓް
ގޭތެރޭގައި ކެމްޕެއިން ހިންގައި، އެގޭތެރޭގައި ރިޝްވަތު ދިނުމުގެ ގޮތުން ފައިސާގެ މުޢާމަލާތްކޮށް އެހެން
ގޭގެއަށް ގޮސް އެފަދަ މުއާމަލާތްތައް ހިންގާފައިވާ ކަމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން އިދާރާގެ
ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމުން އެޝަކުވާ ބަލައި، ކެމްޕެއިން ކުރުން މަނާ
ގަޑީގައި ކެމްޕެއިން ކުރުމާއި، ރިޝްވަތު ދިނުމުގެ ފައިސާގެ މުޢާމަލާތްތަކެއް ހިންގާފައިވާކަން ސާބިތުވާނެ
ޖާގައެއް އެހިނދުގައި ނެތްކަމަށް ކަނޑައަޅައި ނިންމާފައިވާކަން އެބިއުރޯގެ ޝަކުވާ ނަންބަރު
ޝަކުވާ ނިމުނު ގޮތުގެ ރިޕޯޓް" އިން އެނގޭކަމާއި، އަޙްމަދު ޠާރިޤް
ޒުހައިރުގެ ފަރާތުން މިމައްސަލާގައި ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާ ބިނާކޮށްފައިވާ އަޞާޞްތަކަކީ ޤައުމީ
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް އިބްރާހީމް ނަދީމް، ހުށަހެޅުނު އިސްވެ ދެންނެވުނު ޝަކުވާތައް
ބިނާކޮށްފައިވާ އަޞާޞްތައްކަން އެނގޭކަމާއި، ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އެ
ޝަކުވާތައް ބަލައި ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން އެނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިނުވާކަން އެނގޭކަމާއި، އިންތިޚާބެއް ހިނގަމުންދާއިރު، އެ އިންތިޚާބަކާ ގުޅޭ އެއްވެސް ކަމަކާ
ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން،
ފަސޭހައިން އެޝަކުވާ ހުށަހެޅޭނެ އަދި އެޝަކުވާތައް އަވަހަށް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް
އިލެކްޝަންސް ކޮމިޝަނުން ޤާއިމުކުރަން ޖެހޭނެކަމަށް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 62 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ރައްޔިތު
މަޖިލީހުގެ އިންތިޚާބުގެ ގަވާއިދު 2014 ގެ 47 ވަނަ މާއްދާގެ ދަށުން، އިންތިޚާބަށް ކުރިމަތި
ރައްޔަތެންޓް
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2{014/HC-I-SH/13
14 ޤަޟިއްޔާ ނިމުނު
کی عمری
ބޭއްވުމުގެ 10
އިޢުލާނުކުރުމާއެކު އުފައްދާ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި، އިންތިޚާބު
ދިހައެއް) ދުވަސްކުރިން އުފައްދާ އަތޮޅު ސިޓީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން،
އެގަވާއިދުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އުފައްދާ އަތޮޅުސިޓީ އިލެކްޝަންސް ޔުނިޓުތަކާއި، ރަށު
ފޯކަލް ޕޮއިންޓުތައް ހިމެނޭ ގޮތަށް އެފަދަ ނިޒާމެއް ޤާއިމު ކުރެވި، އެތަންތަނުގެ ޢަމަލީ މަސައްކަތް،
ގަވާއިދުގައިވާ މުއްދަތުތަކުގެ ތެރޭގައި ފެށިފައިވާކަން އެނގޭކަމާއި، އިންތިޚާބެއް ހިނގަމުންދާއިރު،
އިންތިޚާބަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިންތިޚާބީ ޝަކުވާ ބެލުމަށް ގާއިމްކޮށްފައިވާ
ނިޒާމަށް ހުށަހެޅި އަދި އެނިޒާމުގެ ތެރެއިން ބަލައި ނިންމާފައިވާ މައްސަލައެއްނަމަ، ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅޭނީ އެމައްސަލައިގައި ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެނިންމުންކަން
2 22 22 22
އިންތިޚާބުތަކާ
2
22 ހ2 24
ފހެe eކެeހ
ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު:11/2008) ގެ 64 ވަނަ މާއްދާގެ (ހ) ގެ
OXO
މަފްހޫމަށް ބެލުމުން އެނގޭކަމާއި، އިންތިޚާބުތަކާ ގުޅިގެން އިންތިޚާބީ ޝަކުވާ ބެލުމަށް އިލެކްޝަންސް
ކޮމިޝަނުން ގާއިމްކޮށްފައިވާ ނިޒާމުގެ ތެރެއިން ބަލައި ނިންމާފައިވާ މައްސަލައެއްގައި ނިންމި ނިންމުމާމެދު
ހިތްހަމަ ނުޖެހުމެއްނެތި، އަލުން އައު ޝަކުވާއެއްގެ ގޮތުގައި އެމައްސަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
ބެލުމަކީ، އިލެކްޝަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގާއިމްކުރާ
ޝަކުވާ ބެލުމުގެ ނިޒާމުގެ އިތުބާރު ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ބެލެވޭކަމެވެ.
43
02
(ބ) ފަސް ވަނަ ކަމަކީ މިމައްސަލާގައި އަޙްމަދު ޠާރިޤް ޒުހައިރުގެ ފަރާތުން ހެކިންގެ
ގޮތުގައި، ވ. ފުލިދޫ ވެނީލާގެ މަމްދޫހު ޝަހީމާއި، ގދ. ތިނަދޫ، މީނާނީޒް އަޙްމަދު ސަޢީދާއި،
ފުލިދޫ، ހިތައްފިނިވާގޭ މުޙައްމަދު ޝާންގެ ބަޔާން ހުށަހަޅާފައިވަނީ، އަޙްމަދު ތާރިގު ޒުހައިރުގެ ކެމްޕެއިން
މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ފުލިދޫ ! ހިތައްފިނިވާގެ މުޙައްމަދުޝާނަށް އަޙްމަދު މަރުޒޫޤްގެ
ކެމްޕެއިންޓީމުގައި ހަރަކާތްތެރިވި ވ. ފުލިދޫ | ދޭލިޔާގެ މުޙައްމަދު ނަޢީމު، އަޙްމަދު މަރުޖޫޤަށް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2014/HC-I-SH/13
15 ޤަޟިއްޔާ ނިމުނު 1
ތާއީދުކުރުމަށާއި، ކެމްޕެއިންގައި ހަރަކާތްތެރިވުމަށް ޝަރުތުކޮށް ފަސްލައްކަ ރުފިޔާއާއި، ހަތްލައްކަ ރުފިޔާއާ
ދެމެދުގެ އަދަދަކަށް ފައިސާ ހުށަހަޅާފައިވާކަން ސާބިތުކޮށް ދިނުމަށްކަމާއި،
.
24
ޅ. ފެލިދޫ، ގޯލްޑަންލައިޓް ފާޠިމަތު ނާޒުލީގެ ބަޔާން ހުށަހަޅާފައިވަނީ، އަޙްމަދު
މަރުޒޫގުގެ ބައްޕަ މޫސާ އަޙްމަދު ބުނެގެން އަޙްމަދު މަރުޙޫޤުގެ ކެމްޕެއިންޓީމުގައި އިސްކޮށް ހަރަކާތްތެރިވާ
ޅ. ފެލިދޫ، ޝީޓްމާގޭ ޢަބްދުﷲ އިސްމާޢީލާ އިތުރު ބަޔަކާއެކު ވ. ފެލިދޫ، ގޯލްޑަންލައިޓް ގެއަށްގޮސް
އެގޭ ފާޠިމަތު ނާޒުލީއާ ބައްދަލުކޮށް ބޭހަށްދާ ހުރިހާ ޚަރަދެއް ދޭނެކަމަށާއި، އެހެން ހުރިހާ ކުދިންގެ
ކަންތައްތައްވެސް ކޮށްދޭނެ ކަމަށާއި، އެކަންކަން ކުރެވޭނީ މަރުޖޫޤަށް ވޯޓުދީ ކެމްޕެއިންގައި ޢަމަލީ ގޮތުން
ހަރަކާތްތެރިވެގެންކަމަށް ބުނިކަން ސާބިތުކޮށް ދިނުމަށްކަމާއި،
ޅ. ފެލިދޫ ޝީނާޒް އިބްރާހީމް ނާޝިދުގެ ބަޔާން ހުށަހަޅާފައިވަނީ، އަޙްމަދު މަރުޒާ ޤަށް
ވޯޓު ދިނުމަށް އެދި އަޙްމަދު މަރުޒޫޤުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި އިބްރާހީމް ޝިޔާމް
-/5000 ރުފިޔާ އިބްރާހީމް ނާޝިދަށް ހުށަހަޅާފައިވާކަން ސާބިތުކޮށް ދިނުމަށް ކަމާއި،
ފެލިދޫ ކެނެރީހިޔާ އިބްރާހީމް ނަދީމުގެ ބަޔާން ހުށަހަޅާފައިވަނީ، އަޙްމަދު މަރުޖޫޤަށް
ވޯޓު ދިނުމަށް އެދި މަރުޒޫޤުގެ ކެމްޕެއިންގައި ހަރަކާތްތެރިވި އިބްރާހީމް ޝިޔާމް އިބްރާހީމް ނަދީމަށް
-/8000 ރުފިޔާ އަޙްމަދު މަރުޒޫޤްށް ވޯޓު ދިނުމަށް ޝަރުތުކޮށް ހުށަހަޅާފައިވާކަން ސާބިތުކޮށް ދިނުމަށް
ކަމާއި،ވ. ފެލިދޫ | ޗަނބޭލީގެ މުޙައްމަދު ޞަބާހަށް -/4000 ރުފިޔާގެ ޗެކެއް އަޙްމަދު މަރުޒޫގުގެ ބައްޕަ
މޫސާ އަޙްމަދު އަޙްމަދު މަރުޖޫޤަށް ވޯޓު ދިނުމަށް ޝަރުތުކޮށްދީފައިވާ ކަމާއި އެމައްސަލަ މޯލްޑިވްސް
ޕޮލިސްސަރވިސްއިން ބަލަމުންދާކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެސަރވިސްގެ ރިފަރެންސް ނަންބަރު
2014
/
05826/LC ލިޔުން ހުށަހަޅާފައިވާއިރު، ހެކިން ދީފައިވާ ބަޔާންތަކަށް ބަލާއިރު، އޭގެ ތެރެއިން
އެއްވެސް މީހެއްގެ ބަޔާނުގައި ވ. ފެލިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް
ކޮމިޝަނުން އިޢުލާން ކޮށްފައިވާ އަޙްމަދު މަރުޙޫޤު އަދި އޭނާގެ ފަރާތުންވިޔަސް އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
4 *3
2014/HC-I-SH/13
کی عمری
4 20 0
0402
16 ޤަޟިއްޔާ ނިމުނު "
ރިޝްވަތުގެ ގޮތުގައި އަދި އެނޫންގޮ
އެނޫންގޮތަކަށް ވިޔަސް އެއްވެސް ފައިސާއެއް،
ދިންކަމަށް އަދި އެ
ރިޝްވަތެއްގައި ހިފިކަމަށް ބުނެފައިނުވާ ކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ
މައްސަލަ ތަޙްޤީޤު ކުރެވެމުންދާތީ އެމައްސަލަ ތަޙްޤީޤުކޮށް ނިމި،
ނިމި، ޝަރީޢަތަށް ހުށަހެޅުމުން ނޫނީ
އެމައްސަލައިގައި ޝަރީޢަތުން އެއްޗެއް ބުނުމަކީ އިންޞާފުވެރި ގޮތެއްކަމަށް ނުބެލެވޭކަމާއި،
ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބަޔާންތަކުގެ މައްޗަށް ބަލާއިރު، ފައިސާ ނުވަތަ އެއްޗެއް
ދިނުމުގެ ސަބަބުން ނުވަތަ ފައިސާ ހުށަހެޅުމުގެ ސަބަބުން ވޯޓު ދޭން ބޭނުންވާ ކެންޑިޑޭޓް ނޫން
ކެންޑިޑޭޓަކަށް ވޯޓު ދިންކަން ނުވަތަ ވ. ފެލިދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން ނުވާ
އަސަރެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެހެކިންނަކީ މިމައްސަލާގައި ހެކިންގެ ގޮތުގައި ބަލައި،
އެފަރާތްތައް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް އެފަރާތްތަކުގެ ބަސް އިތުރަށް ޝަރީޢަތުން ހޯދަންޖެހޭ
ސަބަބެއް އޮތްކަމަށް ނުފެންނަ ކަމެވެ.
(ޅ) ހަވަނަ ކަމަކީ: ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ރަސްމީ ނަތީޖާއަށް
ބަލާއިރު، މިދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިމައްސަލަ ހުށަހެޅި ގދ. ތިނަދޫ ގެލަ، އަޙްމަދު
ޠާރިޤު ޒުހައިރަށް ލިބިފައިވަނީ 381 ވޯޓު ކަމާއި، އަދި ވ. ފެލިދޫ ޒަމާނީވިލާ މޫސާ ރަމީޒަށް
ލިބިފައިވަނީ 19 ވޯޓުކަމަށްވާއިރު، މިދާއިރާގެ އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް ކޮމިޝަނުން
އިޢުލާންކޮށްފައިވާ
ގ. ވަކަރު އަޙްމަދު މަރުޖޫޤަށް ލިބިފައިވަނީ 407 ވޯޓުކަން އެނގެން އޮތުމުން، ޚި
ރަސްމީ ނަތީޖާ ދައްކާ ގޮތުން، މިދާއިރާގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި، އަދި މިމައްސަލަ މިކޯޓަށް
ހުށަހެޅި ތިނަދޫ، ގެލަ، އަޙްމަދު ޠާރިޤު ޒުހައިރާއި، މިދާއިރާގެ އިންތިޚާބު ކާމިޔާބުކުރިކަމަށް
އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަކަރު، އަޙްމަދު މަރުޒޫޤާ ދެމެދު 26 ވޯޓުގެ ފަރަގު
کرت
އޮތްކަން ފާހަގަ ކުރެވޭކަމެވެ.
(ކ) ހަތްވަނަ ކަމަކީ: އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008)
އާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުމުއް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-I-SH/13
ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލައެއް
ހުށަހަޅާނަމަ، އެފަދަ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހުށަހެޅުމުގެ އިޚްތިޔާރު
ލިބިގެންވަނީ އިލެކްޝަންސް ކޮމިޝަނަށް ކަމާއި، އަދި އެ ޤާނޫނުގައިވާ ގޮތުގެ މަތީން އިންތިޚާބެއްގެ
ރަސްމީ ނަތީޖާ އިޢުލާންކޮށްފައިވަނިކޮށް، އެޤާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން
ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި!
1. އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
2. އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި
ރިޝްވަތު ދިނުން.
3. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި
ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ
ޤަވާޢިދާ ޚިލާފަށް ޢަމަލުކުރުން.
މިސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިޚާބުގެ
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން
އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ޝަރީޢަތުން ކަނޑައަޅައިފިނަމަ، އެސަރަޙައްދެއްގެ
އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވަންވާނެކަން އެ ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތް ކުރުމުން އެނގޭކަމާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އިންތިޚާބެއްގެ ރަސްމީ ނަތީޖާ
އިޢުލާންކޮށްފައިވަނިކޮށް، އެސަރަޙައްދެއްގެ އިންތިޚާބު ބާޠިލުކޮށް، އަލުން އިންތިޚާބު ބާއްވައި ދިނުމަށް
އެދި ހުށަހަޅާ މައްސަލައެއްގައި، އިންތިޚާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން، ނުވަތަ
އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތުންދިން
R.
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
¢ ¢ ¢3»
2{014/HC-I-SH/13
18 ޤަޟިއްޔާ ނިމުނު "
کی مرگی
ދެވެ
ox
ނުވަތަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ އެ
އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޢަމަލުކުރުމާއި،
މިއިން ކަމެއް ހިނގާފައިވުމަކީ، އޭގެ ޒާތުގައި އަދި އެކަމުގެ މައްޗަށް އެކަނީ ބިނާކޮށް އިންތިޚާބެއްގެ
އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ ބާޠިލުކުރެވޭނެ ކަމެއްނޫންކަމާއި،
ނަމަވެސް، އެ މާއްދާގައި ވާގޮތުން، އިންތިޚާބެއްގެ އިޢުލާންކުރެވިފައިވާ ރަސްމީ ނަތީޖާ
ބާޠިލުކޮށް، އަލުން އިންތިޚާބު ބޭއްވޭނީ، އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް
މެދުވެރިވެގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް
ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް
ޝަރީޢަތުން ކަނޑައަޅައިފިނަމަކަން އެނގޭއިރު، މިފަދަ ސަބަބެއް 22 މާރޗް 2014 ވަނަ ދުވަހު
ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޅ. ފެލިދޫ ދާއިރާގެ އިންތިޚާބުގައި އޮތްކަމަކަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ޤަބޫލުނުކުރެވޭ ކަމެވެ.
<
07)
0 އެ9
OXO
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، 22 މާރޗް 2014 ވަނަ
ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރިކަމަށް އިލެކްޝަންސް
ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަކަރު، އަޙްމަދު މަރުޒޫޤްގެ ފަރާތުން ވ. ފެލިދޫ ދާއިރާގެ
ރައްޔިތުންނަށް ރިޝްވަތު ދީ އަދި ރިޝްވަތު ހުށަހަޅައިގެން ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާއާގެ (ހ) ގެ 2,1 އަދި 3 ވަނަ ނަންބަރުގައި
ބުނާފަދަ ކަމެއް ނުވަތަ ކަންތައްތަކެއް ހިނގައި އޭގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެކަށީގެންނުވާ
އަސަރެއް ފޯރާފައިވާކަން ޝަރީޢަތަށް ސާބިތުވާފަދަ ކާ ހެކި ހުށަހެޅިފައިނުވާކަމަށް މިޤާޟިއްޔާ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ޅ. ފެލިދޫ ދާއިރާގެ
ފުލިދޫގައި ބެހެއްޓުނު ފިލާގެ ކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv
2{014/HC-I-SH/13
کی مری
19 ޤަޟިއްޔާ ނިމުނު "
J01.01.1 ވޯޓު ފޮއްޓާއި، ދ.
ޅ. ފެލިދޫގައި ބެހެއްޓުނު ނަންބަރު J01.03.1 ވޯޓު ފޮއްޓާއި، ޖަމާލުއްދީނު
ސްކޫލުގައި ބެހެއްޓުނު އެދާއިރާގެ ނަންބަރު J01.0.1 ވޯޓު ފޮށީގެ ނަތީޖާ ބާޠިލްކޮށް، އަލުން އެ ވޯޓު
ފޮށިތަކުގައި ވޯޓުލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތްކަމަށް
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.jiighcourt.gov.mv