ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/01 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/01
އަA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރު: 01/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްރަޝީދު މޫސާ
* އައި.ޑީ.ކާޑު ނަންބަރު: A131521
* ދާއިމީ އެޑްރެސް: ޅ.ހިންނަވަރު(ކަނީރުގެ
* މިހާރުގެ އެޑްރެސް: -
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އޒް. ޢާއިޝަތު ފަޒުނާ އަޙްމަދު
ރަޖިސްޓްރީކުރި ތާރީޚް: 18 މުޙައްރަމް 1431
04 ޖެނުއަރީ 2010
ނިމުނު ތާރީޚް: 12 ޝައްވާލު 1433
30 އޯގަސްޓް 2012
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2007/JC/273
• ނިންމެވިތަން: ޖިނާއީކޯޓު
މައްސަލައިގެބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށް
ރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 2007 - 02 - 12
ނިމުނު ތާރީޚް: 2009 - 09 - 30
ފިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/01
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޅ.ހިންނަވަރު
ކަނީރުގެ، ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، މައްސަލަ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
)
0
ގަކުރެވުނު ނުކުތާތައް:
.1
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޅ.ހިންނަވަރު/ ކަނީރުގެ
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
CUO
.2
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު އެޤަޟިއްޔާއަކީ، 18 ސެޕްޓެމްބަރ 2006 ދުވަހު 11:30 އެހައިކަންހާއިރު، ދ.ކުޑަދޫ ގޭގެ
ކޮޓަރިއެއްގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރަމުން ގެންދާކަމުގެ މަޢުލޫމާތު
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން، ފުލުހުން އެގެއަށް ދުރުވެ، ފުލުހުންނަށް މަޢުލޫމާތު ލިބުނު ކޮޓަރި
ބެއްލެވިއިރު، ޢަބްދުއްރަޝީދު މޫސާ އެކޮޓަރިތެރޭގައި ހުއްޓާ ފެނިފައިވާތީއާއި، މީނާ ފުލުހުންގެ ބެއްލެވުމުގެ
ދަށަށްގެނެސް، މީނާގެ ހަށިހަޑު ބަލާ ފާސްކުރުމުގެ ތެރޭގައި މީނާ ލައިގެންހުރި ގަމީހުގެ ކަނާތްފަރާތު ކުރިމަތީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/01
ޖީބުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މުށިކުލައިގެ ކުނޑިއެއް ހުރި 100 ރަބަރު ޕެކެޓެއް
ފެނިފައިވާތީއާއި، މީނާގެ ޙާޟިރުގައި އެކޮޓަރިތެރެ ބަލާ ފާސްކުރެއްވުމުގެ ތެރޭގައި، އެކޮޓަރީގައި ހުރި
އެނދުގެ ދަށުގައި އޮތް ޕާރުސަލްކުރާ ވައްތަރުގެ ކަރުދާސްގަނޑެއްގެ ތެރެއިން 01 ހުސް ރަބަރު ޕެކެޓާއި 02
ޕައިޕް ޗުއިންގަމް ކަރުދާހުން ހަދާފައިވާ) އާއީ،އަންދާފައިވާ 2) ފޮއިލްކޮޅު ފެނިފައިވާތީއާއި، މިތަކެއްޗާ
ބެހޭގޮތުން ޢަބްދުއްރަޝީދު މޫސާއާ ސުވާލުކުރެއްވުމުން މިތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭކަމަށް
ޢަބްދުއްރަޝީދު މޫސާ ބުނި ނަމަވެސް، މިތަކެތި ފަނިފައިވަނީ، މީނާ ލައިގެންހުރި ގަމީހުގެ ޖީބެއްގެ
ތެރެއިންނާއި، މީނާހުރި ކޮޓަރީގެ ތެރެއިންކަމަށްވެފައި، މިތަކެތި ތަޙްލީލް ކުރެއްވުމުން މީނާ ލައިގެންހުރި
ގަމީހުގެ ކަނާތްފަރާތު ކުރިމަތީ ޖީބުގެ ތެރެއިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ މުށިކުލައިގެ
ކުޑިއެއް ހުރި 02 ރަބަރު ޕެކެޓްގައި 0.0797 ގްރާމް ހެރޮއިން ހުރިކަމަށާއި، މީނާ ހުރި ކޮޓަރީގެތެރޭގައި
ހުރި އެނދުގެ ދަށުގައި އޮތް ޕާރުސަލްކުރާ ވައްތަރުގެ ކަރުދާސްގަޑެއްގެ ތެރެއިން ފެނުނު 01 ޕައިޕްގައި
ކިރޭވަރަށްވުރެ ލުއި ހެރޮއިންގެ އަސަރު ހުރިކަން ތަޙުލީލް ރިޕޯޓުން އެނގެން އޮންނާތީއާއި، މީނާގެ
ކުޑަކަމުދާތަކެތި ތަޙުލީލް ކުރެއްވުމުން އޮޕީއޭޓްސްއަށާއި، ޓެންޒޭޑައިޒަފަންއަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު
ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން،
ޢަބްދުއްރަޝީދު މޫސާގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވުނު މައްސަލައެއްކަން އެނގެން އޮވެއެވެ.
ބޭނުންކުރުމައި،
34
36 އއ އދ
هއހެންe
cccx
.3
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ޅ.ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާގެ މައްޗަށް
ދައުލަތުން ދަޢުވާކުރި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން، 18 ސެޕްޓެމްބަރު 2006 ދުވަހުގެ 11:30 ހާއިރު
މާލެ މ.ކުޑަދޫ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/01
މަޢުލޫމާތަކާއިގުޅިގެން ފުލުހުން އެގެއަށް ދިޔައިރު އެކޮޓަރިތެރެއިން ޢަބްދުއްރަޝީދު މޫސާ ފެނިފައިވާތީއާއި،
މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މީނާގެ ހަށިގަނޑު ބަލާ ފާސްކުރިއިރު، މީނާގެ އަތުން މަސްތުވާ
ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 02 ޕެކެޓް ފެނިފައިވާތީއާއި، އެކޮޓަރިތެރެއިން މަސްތުވާތަކެތި
ބޭނުންކުރަން ގެންގުޅޭ އާލާތްތަކުގެ ތެރޭގައި ހިމެނޭ ފޮއިލްކޮޅަކާއި، ޕައިޕެއް ފެނިފައިވާތީއާއި، ޢަބްދުއްރަޝީދު
މޫސާގެ އަތުން ފެނުނު 02 ޕެކެޓުގައި ހުރި ތަކެތި ތަޙްލީލް ކުރިއިރު އެއީ 01 ގްރާމަށްވުރެ މަދު
ހެރޮއިންކަމަށްވާތީއާއި، އެތަނުން ފެނުނު ޕައިޕު ތަޙްލީލްކުރިއިރު އޭގައި ހެރޮއިންގެ އަސަރު އެކުލެވޭތީއާއި،
ޢަބްދުއްރަޝީދު މޫސާގެ ކުޑަކަމުދާތަކެތި ނަގާ ތަޙްލީލްކުރިއިރު އޯޕީއޭޓްސްއަށް ޕޮޒިޓިވްވެފައިވަނީ
ޢަބްދުއްރަޝީދު މޫސާ ހެރޮއިން ބޭނުންކުރުމުންކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާއި ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުއްރަޝީދު މޫސާ ކުށްވެރިވެއްޖެކަ
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ)ގެ ދަށުން 06 (ހައެއް)
އަހަރު ދުވަހުގެ މުއްދަތަށް ޢަބްދުއްރަޝީދު މޫސާ ޖަލަށްލުމަށް ޙުކުމްކޮށްފީމެ
.ފީމެވެ." މިފަދައިންނެވެ.
4. ޖިނާއީކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަ
ވާކަމަށް ބުނެ ޅ. ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހަޅައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވަނީ އެންމެ ނުކުތާއެއްގެ މައްޗަށް ކަމާއި،
އެނުކުތާއަކީ، ކުށުން ބަރީއަވުމަށްޓަކައި ހުށަހަޅަންޖެހޭ ހެކި ހުށަހެޅުމަކީ ޤާނޫނުއަސާސީން ލިބިގެންވާ
ޙައްޤަކަށްވާއިރު، ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅި ހެކި (ގދ. ފިނިހިޔާ، މުޙައްމަދު
ޝިހާމް) ކޯޓަށް ޙާޟިރުނުކޮށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/01
5. ޖިނާއީކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޅ. ހިންނަވަރު
ކަނީރުގެ، ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޅ. ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ޖިނާއީކޯޓުގެ
ނަންބަރު 2007/JC/273 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ކޮށްފައިވާކަން އެނގޭކަމެވެ.
.
(ށ) ދެވަނަ ކަމަކީ، ކުޑަދޫ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ
ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާގުޅިގެން ފުލުހުން އެގެއަށްގޮސް މައުލޫމާތު ލިބުނު ކޮޓަރި ތެރެއަށް
ވަދެ ބެލިއިރު އެކޮޓަރިތެރޭގައި ހުރީ ޅ. ހިންނަވަރު ކަނީރުގެ ޢަބްދުއްރަޝީދު މޫސާ ކަމާއި، ޢަބްދުއްރަޝީދު
މޫސާގެ ހަށިގަނޑާއި އެކޮޓަރިތެރެ ބަލައި ފާސްކުރިއިރު ޢަބްދުއްރަޝީދު މޫސާގެ އަތުންނާއި ޢަބްދުއްރަޝީދު
މޫސާ ހުރިތަނުން މަސްތުވާތަކެތި ފެނިފައިވާކަން މިމައްސަލައާ ގުޅިގެން ޖިނާއީ ކޯޓަށް ޙާޟިރުކުރެވުނު
ހެކިންގެ ހެކިބަހުން އެނގެންއޮތްކަމާއި،
އަދި ޢަބްދުއްރަޝީދު މޫސާ ތަޙުޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް
ބަލާއިރުވެސް ޢަބްދުއްރަޝީދު މޫސާ ލައިގެން ހުރި ގަމީހުގެ ޖީބުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
މުށިކުލައިގެ ކުނޑިއެއްހުރި 2 (ދޭއް) ރަބަރު ޕެކެޓް ފެނިފައިވާކަން އެނގެންއޮންނަކަމެވެ.
އިޤްހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9ދ ހޑ އތުން
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/01
(ނ) ތިންވަނަ ކަމަކީ، ޢަބްދުއްރަޝީދު މޫސާ ލައިގެން ހުރި ގަމީހުގެ ޖީބުން ފެނުނު ތަކެއްޗަކީ
ހެރޮއިން ކަމާއި، އެތަކެތީގެ ބަރުދަނުގައި 0.0797 ގުރާމު ހުރިކަމާއި، ޢަބްދުއްރަޝީދު މޫސާ ހުރި
ކޮޓަރިތެރޭގައި ހުރި އެނދު ދަށުގައި އޮތް ޕާރުސަލް ކަރުދާސްގަނޑެއްގެ ތެރެއިން ފެނުނު 1 ހުސް ރަބަރު
ޕަކެޓާއި 1 ފޮއިލްކޮޅު އަދި 1 ޕައިޕް ތަޙުލީލުކުރިއިރު މިތަކެތީގެ ތެރެއިން ޕައިޕްގައި އެނގޭވަރަށްވުރެ ލުއި
މިންވަރަކަށް ހެރޮއިން ހުރިކަން ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމަށާއި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 2006
/
629/FSD
(
D
)
-DR "ލެބޯޓްރީ ތަޙްލީލް ރިޕޯޓް" (21 ސެޕްޓެމްބަރު
2006) އަށް ބެލުމުން އެނގޭކަމާއި،
ޢަބްދުއްރަޝީދު މޫސާގެ ކުޑަކަމުދާތަކެތި ތަޙުލީލުކުރިއިރު، އެތަކެތި ބެންޒޯޑައިޒިޕައިން އަށާއި
އޯޕީއޭޓްސްއަށް ޕޮޒިޓިވް ވެފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
|
ޑ22
2006
/
970/FSD
(
D
)
-UR "ލެބޯޓްރީ ތަޙްލީލް ރިޕޯޓް" (21 ސެޕްޓެމްބަރު 2006) އަށް ބެލުމުން
އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޖިނާއީކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅި ސަބަބަކީ ޢަބްދުއްރަޝީދު މޫސާ އެދުވަހު ލައިގެންހުރި ގަމީހަކީ
ޢަބްދުއްރަޝީދު މޫސާގެ ގަމީހެއްނޫންކަން ސާބިތުކޮށްދިނުމަށް ހުށަހެޅި ހެކި ޙާޟިރުނުކުރައްވައި މައްސަލަ
ނިންމަވާފައިވުންކަމަށްވާއިރު،
ޢަބްދުއްރަޝީދު މޫސާ ލައިގެން ހުރި ގަމީހުގެ ޖީބުގެ އިތުރުން، ޢަބްދުއްރަޝީދު މޫސާ ހުރި
ކޮޓަރިތެރެއިންވެސް މަސްތުވާތަކެތި ފެނިފައިވުމުންނާއި، ޢަބްދުއްރަޝީދު މޫސާގެ ކުޑަކަމުދާތަކެތި
ޕޮޒިޓިވްވެފައިވުމުންނާއި، ޢަބްދުއްރަޝީދު މޫސާ އެދުވަހު ލައިގެން ހުރި ގަމީހަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/1
އެހެންމީހެއްގެ ގަމީހެއްކަމުގައި ބުނެފައިވީނަމަވެސް ޢަބްދުއްރަޝީދު މޫސާ އެގަމީސް ބޭނުންކުރާތާ ކިހާ ދުވަހެއް
ވެފައިވާކަން ބުނެދޭން ނޭނގޭކަމަށް ޢަބްދުއްރަޝީދު ޖޫސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައި ވުމުންނާއި
އަދި އެގަމީހަކީ އެހެން މީހެއްގެ ގަމީހެއްކަމަށް ތަޙުޤީޤުގައިވެސް ބުނެފައިވާކަން އެނގެން ނެތުމުންނާއި،
އެގަމީހަކީ އެހެންމީހެއްގެ ގަމީހެއްކަން ސާބިތުވިކަމުގައިވިޔަސް، ޢަބްދުއްރަޝީދު މޫސް ލައިގެންހުރި އެގަމީހުގެ
ޖީބުން ފެނުނު ތަކެތީގެ އިތުރުން، ޢަބްދުއްރަޝީދު މޫސާ ހުރި ކޮޓަރިތެރެއިން ފެނުނު ތަކެއްޗާމެދުވެސް
ޢަބްދުއްރަޝީދު މޫސާ ޒިންމާވާންޖެހޭކަމުން، ޢަބްދުއްރަޝީދު މޫސާ އެދުވަހު ލައިގެން ހުރި ގަމީހަކީ
އެހެންމީހެއްގެ ގަމީހެއްކަމުގައިވީނަމަވެސް، އެއީ ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުން
ބަރީއަވެވޭނެ ސަބަބެއްނޫންކަން އެނގެން އޮތުމުންނާއި، ކުށްކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހާ ނުވަތަ
މުއްތަހަމުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެއްކަކީ އެމީހާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ނަފީކުރެވޭފަދަ
ނުވަތަ އެމީހާގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާމެދު
އެކަށީގެންވާ ވަރުގެ ޝައްކުތަކެއް އުފެދުމުގެ ފުރުޞަތު އޮތް ހެކި ނުވަތަ ހެކިތަކަކަށް ވާންޖެހޭއިރު،
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅިކަމަށް ބުނާ ހެއްކަކީ އެފަދަ ހެއްކަކަށް ނުވާކަން އިސްވެ ދިޔަ
ޙަޤީޤަތްތަކުގެ މައްޗަށް ބުރަވެ ބަލާއިރު އެނގެން އޮތުމުން، ޢަބްދުއްރަޝީދު މޫސާ އެދުވަހު ލައިގެންހުރި
ގަމީހަކީ އެހެންމީހެއްގެ ގަމީހެއްކަން ސާބިތުކުރުމަށް ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅިކަމަށް ބުނާ ހެކި
ޙާޟިރުނުކުރައްވައި ޖިނާއީ ކޯޓުން މައްސަލަ ނިންމަވާފައިވީނަމަވެސް އެއީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ
ޚިލާފު ކަމެއްކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، ޖިނާއީކޯޓުގެ ނަންބަރު 2007/JC/273 ޤަޟިއްޔާގައި ޢަބްދުއްރަޝީދު މޫސާގެ މައްޗަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ކަމަކަށް މިމައްސަލަ މިކޯޓުގައި ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވޯ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/01
979
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖިނާއީކޯޓުގެ ނަންބަރު
2007/JC/273 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ އަދި ޝަރުއީ ވިޔަސް
ސަބަބެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv