ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/348 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015HC-A/348
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 348/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: އުމްނިއްޔާ ޙުސައިން
* އައިޑީ ކާޑު ނަންބަރު: A023992
;
ދާއިމީ އެޑްރެސް: ރެޑްހައުސް/ ނ.ހޮޅުދޫ
* މިހާރުގެ އެޑްރެސް: އެދުރުހިޔާ 609/ މާލެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން. އަޙްމަދު ޚަލީލް
އައިޑީ ކާޑު ނަންބަރު: A068017
ދާއިމީ އެޑްރެސް: ބްލޫހައުސް ހދ.ވައިކަރަދޫ
މިހާރުގެ އެޑްރެސް: ގ.ހުވަފެނީއައްސޭރި/ މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 މުޙައްރަމް 1437
25 އޮކްޓޯބަރު 2015
ނިމުނު ތާރީޚް: 06 ރަބީޢުލްއައްވަލް 1437
17 ޑިސެންބަރު
2015
އިސްތިއުނާފުކުރެވުން ޤަޟިއްޔާ ނަންބަރު: 2015/U
-
2
-
C/12
ނިންމެވިކޯޓް: އަރިއަތޮޅު އުތުރުބުރި ރަސްދޫ މެޖިސްޓްރޭޓް ކޯޓް
• ޤަޟިއްޔާގެ ބާވަތް: ކައިވެނި ރުޖޫޢަވެއްޖެ
އިވެއްޖެ ކަމަށް ކަނޑައެޅުން
ހުށަހެޅުނުތާރީޚް: 2015-03-31
= ނިމުނު ތާރީޚް: 2015-07-06
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޖާޢު އުޘްމާން، ފަނޑިޔާރު ޢަބްދު
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/348
ދަޢުވާގެ ޚުލާޞާ
މިއީ، އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް
އެދި، ރެޑްހައުސް ނ.ހޮޅުދޫ އެމްނިއްޔާ ޙުސައިންގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލާފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާފަރާތަކީ އަޙްމަދު ޚަލީލް، ބްލޫހައުސް/ ހދ.ވައިކަރަދޫއެވެ.
eއ
01- އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާއަކީ،
ހދ.ވައިކަރަދޫ ބްލޫހައުސް އަޙްމަދު ޚަލީލު އޭނަގެ އަނބި ނ.ހޮޅުދޫ/ ރެޑްހައުސް އުމްނިއްޔާ ޙުސައިން އާ ދެމެދު
ގޭތެރޭގައި ހިނގާ ދެބަސްވުމެއްގައި އަނބި އުމްނިއްޔާ ޙުސައިން ވަރިކޮށް، އަދި ވަރި ސާބިތުކުރުމަށްފަހު،
ކައިވެނި ރުޖޫޢަ ކުރުމަށް ދެމީހުން ވެސް އެއްބަސްވެ، ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކޯޓުން ބޭރުގައި އަޙްމަދު
ޚަލީލް އާއި އުމްނިއްޔާ ޙުސައިން ކައިވެނި ރުޖޫޢަކޮށް އަދި އެކަމުގެ ނިޔަތާއެކު ހަމައެދުވަހު ދެމީހުން
އެއްދާންކޮށްފައިވާތީ، މިކައިވެނި އިސްލާމީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ރުޖޫޢަކޮށްފައިވާ ކަމަށް ކަނޑައަޅައި
ދިނުމަށް އެދި 30 މާރޗް 2015 ގައި އަޙްމަދު ޚަލީލް އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ”ޢާއިލީ އެހެނިހެން
މައްސަލަތަކުގެ ދަޢުވާ ހުށަހަޅާ ފޯމް” ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކާއި،
ދެފަރާތުގެ ބަޔާންތަކާއި، ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކަށް ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކޮށް ބެލުމަށްފަހު
ހދ. ވައިކަރަދޫ ބްލޫހައުސް އަޙްމަދު ޚަލީލު (އައިޑީކާޑު ނަންބަރު A068017) އޭނާގެ އަނބި ނ.ހޮޅުދޫ
ރެޑްހައުސް އުމްނިއްޔާ ޙުސައިން (އައިޑީކާޑު ނަންބަރު A023992) އާ ދެމެދު ގޭތެރޭގައި ހިނގި
ދެބަސްވުމެއްގައި އަނބި އުމްނިއްޔާ ޙުސައިން ވަރިކޮށް، އަދި ވަރި ޘާބިތުކުރުމަށްފަހު، ކައިވެނި ރުޖޫޢަ ކުރުމަށް
ދެމީހުން ވެސް އެއްބަސްވެ، ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކޯޓުން ބޭރުގައި އަޙްމަދު ޚަލީލު އާއި އުމާނިއްޔާ
ޙުސައިން ކައިވެނި ރުޖޫޢަކުރުމުގެ ބަސްބުނެ ނިޔަތާއެކު، ހަމައެދުވަހު ދެމީހުން އެއްދާންކޮށްފައިވާތީ، މިކައިވެނި
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/348
އިސްލާމީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ރުޖޫޢަކޮށްފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އަޙްމަދު ޚަލީލު
ހުށަހެޅި މިމައްސަލާގައި އަޙްމަދު ޚަލީލު އާއި އުމްނިއްޔާ ޙުސައިންގެ މި ކައިވެނި ރުޖޫޢަކޮށްފައިވާކަން އަޙްމަދު
ޚަލީލު އާއި އުމާނިއްޔާ ޙުސައިންގެ އިޢްތިރާފުންނާއި، ހެކިންގެ ހެކިބަހުން ޝަރީޢަތަކީ ޘާބިތުވެއްޖެ ކަމަށް
ކަނޑައަޅައި، ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އަމިއްލައަށް ކައިވެނި ރުޖޫޢަކޮށްގެން
އެކަން ޝަރުޢީ ކޯޓަކަށް އެންގުމަކާއި ނުލާ ދެމަފިރިން ފަދައިން އެކުގައި އުޅުނުކަމަށް ދެފަރާތުންވެސް
އިޢްތިރާފުވެފައިވާ ކަމަށްޓަކައި، ޢާއިލާއާބެހޭ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ދެމީހުންކުރެ ކޮންމެ މީހަކު-
/
1000ރ. (އެއްހާސްރުފިޔާ) އިން ޖުރުމަނާކޮށް މިފައިސާ މިއަދު (06 ޖުލައި 2015) ފެށިގެން، 01 (އެކެއް)
މަސްދުވަހުގެ ތެރޭގައި މިކޯޓަށް ދެއްކުމަށް ހދ.ވައިކަރަދޫ ބްލޫހައުސް އަޙްމަދު ޚަލީލު އާއި ނ.ހޮޅުދޫ ރެޑްހައުސް
އުމްނިއްޔާ ޙުސައިން އާ ދެމީހުންނަށް އަންގާ، މިޤަޟިއްޔާ ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/U-2-C/12 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އުމްނިއްޔާ ޙުސައިންގެ ފަރާތުން
އަންނަނިވި 03 (ތިނެއް) ނުކުތާ ފާހަގަކޮށް ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން،
• ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 57/HC-A/2014 ޤަޟިއްޔާ
ނިމުނުގޮތުގެ ރިޕޯޓުގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް މިމައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާގެ
ޙުކުމުގައި އަޙްމަދު ޚަލީލާއި އުމްނިއްޔާ ޙުސައިންގެ މިކައިވެނި ރުޖޫޢަކޮށްފައިވާކަން އަޙްމަދު ޚަލީލުއާއި އެމްނިއްޔާ
ޙުސައިންގެ އިޢްތިރާފުންނާއި ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވާފައިވާއިރު،
މިދެމީހުންގެ ކައިވެނި ރުޖޫޢަކުރިކަން ދަންނާނެ އެއްވެސް ހެއްކަކު ނުހުންނާނެތީ، ހެކިންގެ ހެކިބަހުން ޝަރީޢަތަށް
އިނކ 2000ދޫ
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/348
85 ޑީޑ 0
ޙަޤީޤަތް
އެލަފުމެއ
މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް އަދި އެކަމުގެ
ނެތި ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދަޢުވާލިބޭ ފަރާތުގެ ހައިސިއްޔަތުން އެކަށީގެންވާ ވަރަށް ޖަވާބުދާރީވުމަށް
ފުރުސަތުނުދީ މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކޮށްފއިވާ ނުކުތާއެވެ.
-04
6 24
މިމައްސަލައާއި ގުޅިގެން އއ.ރަސްދޫ މެޖިސްޓްރޭޓް
ނަންބަރު
2015/U-2-C/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އުމްނިއްޔާ ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އަޙްމަދު ޚަލީލުގެ ފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އަޙްމަދު ޚަލީލު އޭނަގެ އަނބި އުމްނިއްޔާ ޙުސައިން
ދެމެދު ގޭތެރޭގައި ހިނގި
ދެބަސްވުމެއްގައި އަނބި އުމްނިއްޔާ ޙުސައިން ވަރިކޮށް، އަދި ވަރި ސާބިތުކުރުމަށްފަހު، ކައިވެނި ރުޖޫޢަ ކުރުމަށް
ދެމީހުން ވެސް އެއްބަސްވެ، ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކޯޓުން ބޭރުގައި އަޙްމަދު ޚަލީލް އާއި އުމާނިއްޔާ
ޙުސައިން ކައިވެނި ރުޖޫޢަކޮށް އަދި އެކަމުގެ ނިޔަތާއެކު ހަމަ އެދުވަހު ދެމީހުން އެއްދާންކުރިކަމަށް ބުނެ،
އެކައިވެނި އިސްލާމީ ޝަރުޢީ ހަމަތަކާ އެއްގޮތަށް ރުޖޫޢަކޮށްފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި 30 މާރޗް
2015 ގައި އަޙްމަދު ޚަލީލް އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، އަޙްމަދު
ޚަލީލު އާއި އުޤްނިއްޔާ ޙުސައިންގެ އެ ކައިވެނި ރުޖޫޢަކޮށްފައިވާކަން އަޙްމަދު ޚަލީލު އާއި އުމްނިއްޔާ ޙުސައިންގެ
އިޢްތިރާފުންނާއި، ހެކިންގެ ހެކިބަހުން ޝަރީޢަތަށް ޘާބިތުވެއްޖެ ކަމަށް މިއިސްތިއުނާފުކުރެވޭ އއ.ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްތަކުގެ ތެރޭގައި ހިމެނޭ ކަންކަން، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގައި ބަޔާންވެގެން އެވަނީކަން އެޤާނޫނުގެ 66
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞް ބަޔާންކުރުމުގެ ގޮތުން
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 1 ގައި މެޖިސްޓްރޭޓް ކޯޓުގެ އިޚްތިޞާޞްތަކުގެ ތެރޭގައި
28
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2[015/HC-A/348
ހިމެނެނީ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ބެލުންކަން ބަޔާންކޮށް، އެ ނަންބަރުގެ (ހ) ގައި އެކޯޓެއް ހިމެނޭ
ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ އަދި ޢާއިލީ މައްސަލަތަކުގެ ތެރެއިން މި ޖަދުވަލުގައި
ނުވަތަ މިޤާނޫނުގައި އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާކޮށްފައިނުވާ
މައްސަލަތައްކަމަށް ބަޔާންކޮށްފައިވާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ހިމެނޭ ދެމީހުންގެ މެދުގައި ހިނގި
ދެބަސްވުމާއި، އެދެބަސްމުގެ ތެރޭގައި ހިނގި ވަރިކުރުމާއި، ޝަރުޢީ ޤާނޫނީ ހަމަތަކުގެ މަތީން
ވަރިސާބިތުކުރުމާއި، އަމިއްލައަށް ކައިވެނި ރުޖޫޢުކުރިކަމަށްބުނާ ވާޤިޢު ހިނގާފައިވަނީ މާލޭގައިކަން އއ.ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U
-
2
-
C/12 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި ދަޢުވާކުރި ނުވަތަ
މައްސަލަ ކޯޓަށް ހުށަހެޅި ފަރާތްކަމުގައިވާ އަޙްމަދު ޚަލީލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެގެން އޮވެފައި؟
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި، ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުން ކޯޓުތަކަށް ކަނޑައަޅާފައިވާ އިޚްތިޞާޞްތަކުގެ އިތުރުން އެމާއްދާގައި ބަޔާންކުރެވިފައިވާ
ޙާލަތްތަކުގައި ސަރަޙައްދީ އިޚްތިޞާޞްވެސް އެކޯޓުތަކަށް ލިބިގެންވާކަމަށް ބަޔާން ކުރުމަށްފަހު އެމާއްދާގެ (ހ)
ގައި ”އެކޯޓަކީ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުން.“ މިފަދައިން
ރެކޮށްފައިވާއިރު، މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްގެ އަކީ ނ.ހޮޅުދޫ
އެޑްހައުސް ކަން އެނގެން އޮތުމުގެ އިތުރުން، ދަޢުވާކުރާ ފަރާތުގެ ދާއިމީ އެޑްރެސް އަކީ ޖުޑިޝަލް
ދާއިރާގައި ހިމެނޭ ރަށެއްގެ އެޑްރެސް ނޫންކަން އެނގެން އޮންނަކަމާއި، އަދި
ރަސްދޫ އަކީ
މިއިސްތިއުނާފުކުރެވޭ މައްސަލަ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއިރު ދަޢުވާކުރާ ފަރާތުން ނުވަތަ
ދަޢުވާލިބޭ ފަރާތުން ދިރިއުޅެމުން ދިޔަ ރަށް ނޫންކަން މިމައްސަލައިގައި ހިމެނޭ ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި،
އެހެންކަމުން، އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާގައި
ހިމެނޭ މައްސަލައަކީ އެކޯޓުން ބެލުމުގެ އިޚްތިޞާޞް މައްސަލައިގެ ބާވަތުން ނުވަތަ ސަރަޙައްދީ ގޮތުންވިޔަސް
ލިބިގެންވާ މައްސަލައެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ބަޔާންކޮށް
އެޑްރެސް
އެހިރާއް
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015HC-A/348
p73 ހwވ
(ނ) އަޙްމަދު ޚަލީލު އާއި އުމްނިއްޔާ ޙުސައިންގެ އެ ކައިވެނި ރުޖޫޢަކޮށްފައިވާކަން އަޙްމަދު
ޚަލީލު އާއި އުމްނިއްޔާ ޙުސައިންގެ އިޢްތިރާފުންނާއި، ހެކިންގެ ހެކިބަހުން ޝަރީޢަތަށް ޘާބިތުވެއްޖެ ކަމަށް
މިއިސްތިއުނާފުކުރެވޭ އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U
-
2
-
C/12 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު،
މިމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ އެންމެހައި ލިޔުންތަކަށްބަލާއިރު،
ކައިވެނި ރުޖޫޢަ ކުރުމަށް ދެމީހުން ވެސް އެއްބަސްވެ، ޢިއްދައިގެ މުއްދަތުގެ ތެރޭގައި ކޯޓުން ބޭރުގައި އަޙްމަދު
ޚަލީލް އާއި އުމްނިއްޔާ ޙުސައިން ކައިވެނި ރުޖޫޢަކޮށް އަދި އެކަމުގެ ނިޔަތާއެކު ހަމަ އެދުވަހު ދެމީހުން
އެއްދާންކުރިކަމަށް އަޙްމަދު ޚަލީލު 2015 އޭޕްރީލް 01 ވަނަ ދުވަހު އއ. ރަސްދޫ މެޖިސްޓްރޭޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ބަޔާނުގައި ބުނެފައިވީނަމަވެސް، އުމްނިއްޔާ ޙުސައިން މިމައްސަލައާ ގުޅިގެން ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތަށް ބަޔާނެއް ދީފައިވާކަން ފާހަގަކުރެވެން ނެތްއިރު އެމްނިއްޔާ ޙުސައިންގެ ފަރާތުން
އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ މަޖިލީހަށް ބަޔާނެއް ދީފައިވާކަން އެނގެން ނެތްކަމާއި؛
ޝަރީޢަތް ކުރުމުގެ ޢާންމު އުޞޫލުތައް ނިޔާކުރާގޮތުން އިޢްތިރާފެއްކަމުގައި ބެލެވޭނީ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލައިގެ ޚަޞްމުންވާ އިޢްތިރާފުކަމާއި، އަދި ޝަރީޢަތުން އެބައެއްގެ ހެކިބަހުގެ މައްޗަށް
އިޢްތިބާރެއްދީ ކަންކަން ނިންމުމުގައި ރިޢާޔަތްކުރެވޭނެ ހެކިބަހަކީ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދޭ
ފަރާތްތަކުގެ ހެކިބަސްކަމާއި، އަދި އެފަދަ ހެކިބަހަކީ މައްސަލައިގެ ޚަޞްމުންނަށް ސުވާލުކުރުމުގެ ފުރުސަތު
ލިބިދިނުމާއެކު ނެގިފައިވާ ހެކިބަހަކަށް ވާންވާނެކަމާއިގެ
މިމައްސަލައިގައި ހިމެނޭ ލިޔުންތަކުގެ ތެރޭގައި "ކައިވެނި ރުޖޫޢުކުރިކަމަށް ހެކިވުން" މި
ސުރުޚީގައި ލިޔެފައިވާ ލިޔުމެއް ހިމެނޭކަމާއި، އެލިޔުމަށް ބަލާއިރު މިމައްސަލައިގާ ހިމެނޭ ދެފަރާތް އިއްދައިގެ
މުއްދަތުގައި ކައިވެނި ރުޖޫޢަކޮށްފައިވާކަމަށް ހެކިވާކަމަށް ބަޔާންކޮށް ހދ. ވައިކަރަދޫ މަލަސް، ޢަބްދުލްވާޙިދު
ޔޫސުފް އާއި ހދ. ކުޅުދުއްފުށި މިޞްރު ހައްމާމު މޫސާ ސޮއިކޮށްފައިވާކަމާއި، އަދި ފެމެލީ ކޯޓުގެ ކައިވެނީގެ
ރަޖިސްޓްރާރ އަޙްމަދު ޢަބްދުﷲ، 2015 އެޕްރީލް 09 ވަނަ ދުވަހުގެ ތާރީޚުގައި ނަގާފައިވާ ހދ. ވައިކަރަދޫ
މަލަސް، ޢަބްދުލްވާހިދު ޔޫސުފުގެ ބަޔާނަކާއި، ހަމަ އެތާރީޚުގައި ފެމެލީ ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރ
ބަކުރު ޖަވްހަރީ ނަގާފައިވާ ހދ. ކުޅުދުއްފުށި މިޞްރު، ހައްމާމު މޫސާގެ ބަޔާނެއް ހިމެނިފައިވާކަމާއި،
އަބޫބަކުރު ޖީ.
ދިވެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/348
c 3 35
3 21/
8.
ceto
4 ، 33 29
މި ދެމީހުން މިމައްސަލައިގެ ހިމެނޭ ޚަޞްމުންނާ ޝަރީޢަތުގެ މަޖިލީހަށް އެއް ޙާޒިރުކުރެވިފައި
އިތުރުން ދެމީހުންނާ ސުވާލުކުރުމުގެ ފުރުސަތެއްވެސް ތަނަވަސްކޮށްދެއްވާފައިނުވާކަން މިމައްސަލައާ
ގުޅިގެން. އަޙްމަދު ޚަލީލްއާއި އެމްނިއްޔާ ޙުސައިންގެ ފަރާތުން، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮވެފައި އުމްނިއްޔާ ޙުސައިން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވިފައިވާކަން އެނގެން
ނެތުމުން އުމްނިއްޔާ ޙުސައިންގެ އިޢްތިރާފުންނާއި ހެކިންގެ ހެކިބަހުން ކައިވެނި ރުޖޫޢަކޮށްފައިވާކަން ޝަރީޢަތަށް
ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ ޤާނޫނު ހަމަތަކަށް ރަނގަޅަށް ރިޢާޔަތްކުރެވިގެން ކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
(ރ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 57/HC
-
A/2014 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް މިމައްސަލަ ނިންމަވާފައިވާކަމަށް ބުނެ އިސްތިނާފުކުރާ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
މިއިސްތިއުނާފުކުރެވޭ އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U
-
2
-
C/12
ޤަޟިއްޔާއަކީ 2015 މާރިޗް 31 ވަނަ ދުވަހު އެކޯޓަށް ހުށަހަޅައި، 2015 ޖުލައި 06 ވަނަ ދުވަހު
ނިންމަވާފައިވާ ޤަޟިއްޔާއެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނަކަމާއި؛
ކައިވެނި ރުޖޫޢަކުރުމާ ގުޅޭގޮތުން ފެންނަން ހުރި ޤާނޫނުތަކާއި ކައިވެނި ރުޖޫޢަކުރުމާ ގުޅޭގޮތުން
ޢިލްމްވެރިންގެ މެދުގައި ކުރެވިފައިވާ ބަހުސްތަކުގެ މައްޗަށާއި ފިޤުހީ ޤަވާޢިދުތަކަށް ބެލުމުން، ދިވެހިރާއްޖޭގައި
ކައިވެންޏެއް ރުޖޫޢަކުރަންވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކަމާބެހޭ ކޯޓަކަށް ހުށަހަޅައިގެން އެކަން
ރަޖިސްޓްރީކުރުމަށްފަހުގައިކަން އަދި އެނޫންގޮތަކަށް ކުރެވޭ ރުޖޫޢަކީ ސައްޙަ ރުޖޫޢަކަށް ބެލެވިގެންނުވާނެކަން
ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ޢިބާރާތަށް ބެލުމުން އަދި
އެމާއްދާއިން ޙާސިލްކުރަންބޭނުންވާ މަޤްސަދަށް ބެލުމުން އެނގޭކަމަށާއި،
އެގޮތުން ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި "ރަޖްޢީ ވަރިއަކުން
ވަރިކުރުމަށްފަހު، ކައިވެނި ރުޖޫޢަކުރަނީ ރާއްޖޭގައި ނަމަ، ކައިވެނި ރުޖޫޢަކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން،
ޝަރުޢީ ހަމަތަކުގެ މަތިން“ ކަމުގައި ބަޔާންކޮށްފައި އޮތުމުގެ ބޭނުމަކީ އެކަމުން ޝަރުޢީ މަސްލަޙަތުތަކެއް
އެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015HC-A/348
40
ޙިމާޔަތްކުރުންކަން އެނގޭކަމަށާއި އަދި އެއީ ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރެވޭ، ކައިވެނި ރުޖޫޢަވެއްޖެ
ކަމާމެދު ދެފަރާތުގެ ދެމެދުގައި އުފެދިދާނެ ޚިލާފުތަކަކުން ސަލާމަތްތެރިކޮށްދޭ ކަމެއްކަމުގައިވާކަމަށާއި،
ކައިވެނި ރުޖޫޢަކުރުމުގެ މައްސަލައަކީ ޚިލާޤީ މައްސަލައެއްކަމަށާއި، އެހެންކަމުން އެފަދަ ޚިލާފީ
މައްސަލައެއްގައި އަދި ވަކިން ޚާއްސަކޮށް އެމައްސަލަތަކާމެދު ވަކިގޮތަކަށް ޢަމަލުކުރުން ޤަތުޙީ ނައްސަކުން ނުވަތަ
ދަލީލަކުން ސާބިތުވާން ނެތްކަންކަމުގައި އެކަމަކުން ޝަރުޢީ މަސްލަޙަތުތަކެއް ޙިމާޔަތްކުރުމަށްޓަކައި
އިސްލާމްދީނުގެ އަސްލުތަކާ ފުށުނާރާގޮތަށް ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމުގެ ބާރަކީ ދައުލަތުގެ މައްޗަށް
ލިބިގެންވާނެ ބާރެއްކަން އެނގޭކަމަށާއި، އަދި އެފަދަ ޝަރުޢީ މަސްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި ހެދޭ އެފަދަ
ޤާނޫނުތަކާއި ޤަވާޢިދުތަކަކީ އެޤާނޫނުތަކާއި ޤަވާޢިދުތައް ޝަރުޢީ އަސްލަކާ ފުށުނާރާހާ ހިނދަކު އެޤާނޫނުތަކާއި
ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން ކޮންމެ ފަރުދެއްގެ މައްޗަށްވެސް ލާޒިމްވެގެންވާ ޤާނޫނުތަކަކާއި
ޤަވާޢިދުތަކެއް ކަމަށާއި، އަދި އެފަދައިން ޢަމަލުކުރުމަކީ އައްނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގައިވާ މި ޑް
الذين امنوا اطیعوا الله واليوا أول وأولي الأمر منگر فإن نتعلم في شيء قدوة إلى الله والولي إن كم ويثو پانله
CCXOXC
frޝާދިޑާޤާދެ ޝޯﷲ މަތީ ސަމުސަޤު ޢަޤީ (މާނައަކީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް
ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު
ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު ﷲ އާއި،
އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން، ﷲ އަށާއި، އާޚިރަތް
ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން
ރީތިކަންވެސް ބޮޑުމެއެވެ.“) މިއާޔަތުގައި އަމުރުކުރައްވާފައިވާ އިންތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގޭ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 57/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގެން
އޮންނަކަމާއިގެ
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ، މިއިސްތިއުނާފުކުރެވޭ އއ.ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާ އެކޯޓުން ނިންމެވުމުގެ ކުރީގެ ތާރީޚެއް ކަމުގައިވާ
2014 ނޮވެންބަރު 16 ވަނަ ދުވަހުކަން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ
3,
އެހިރާއްޖެ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
:ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/348
އެކަން
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް އަދި މިހާތަނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެއްވެސް ސިފައެއްގައި
އެއްވެސް ބަދަލެއް ގެންނަވާފައި ނުވާއިރު، އެޤަޟިއްޔާގެ ޙުކުމަކީ ޞައްޙަކަން މަތީ މައުޖޫދުވެ ދެމި އޮތް
ޙުކުމެއްކަން އެނގެން އޮވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި،
މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ”ދިވެހިރާއްޖޭގައި
ކައިވެންޏެއް ރުޖޫޢަކުރަންވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކަމާބެހޭ ކޯޓަކަށް ހުށަހަޅައިގެން
ރަޖިސްޓްރީކުރުމަށްފަހުގައިކަން އަދި އެނޫންގޮތަކަށް ކުރެވޭ ރުޖޫޢަކީ ސައްޙަ ރުޖޫއަކަށް ބެލެވިގެންނުވާނެކަން
ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ ޢިބާރާތަށް ބެލުމުން އަދި
އެމާއްދާއިން ޙާސިލްކުރަންބޭނުންވާ މަޤްޞަދަށް ބެލުމުން އެނގޭކަމަށް“ ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލު ނުގެންނަވަނީސް ނުވަތަ އެނިންމެވުމާ ތަޢާރަޝްވާ ނިންމެވުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނުނިންމަވާހާ ހިނދަކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެނިންމެވުމާ އެއްގޮތަށް
ފުރަތަމަ މަރުޙަލާގެ ކޯޓުތަކުން ތަބާވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) އިން ފުރަތަމަ މަރުޙަލާގެ ކޯޓުތަކަށް ލާޒިމްކުރާ ކަމެއްކަމަށްވީހިނދު، މިއިސްތިއުނާފުކުރެވޭ އއ.ރަސްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2015/U
-
2
-
C/12 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 57/HC-A/2014 ޤަޟިއްޔާގައި ނިންމަވާފައިވާ
ނެތްކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތައް އެގޮތުގެ
މަތީން ހުރުމުން، އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U
-
2
-
C/12 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
0ޑ 3
4
4 8=
4 2 4 2
202/
ކަމަށް
CCC
CCC?
ދިވެހިރާ
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/348
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތައް
އެގޮތުގެމަތީން ހުރުމާއެކު، ހދ. ވައިކަރަދޫ ބްލޫހައުސް އަޙްމަދު ޚަލީލު (އައިޑީކާޑު ނަންބަރު A068017) އާއި
ނ.ހޮޅުދޫ ރެޑްހައުސް އުމްނިއްޔާ ޙުސައިން (އައިޑީކާޑު ނަންބަރު A023992) ގެ ކައިވެނި ރުޖޫޢަކޮށްފައިވާކަން
އަޙްމަދު ޚަލީލު އާއި އުމްނިއްޔާ ޙުސައިންގެ އިޢްތިރާފުންނާއި، ހެކިންގެ ހެކިބަހުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް
ކަނޑައަ
ޑައަޅުއްވާ އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ ނައްޞުތަކަށާއި، ޝަރުއީ
ޤާނޫނީ ގޮތުން ތަބާވާން ލާޒިމްވާ މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމެވުންތަކަށް ފުރިހަމައަށް ރިޢާޔަތްކުރެވިގެން
ކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނު
ހިނދު، އއ.ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/U-2-C/12 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.