ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/174 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
بماند التمر الاسیم
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 174/HC-A/2015
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޙާމިދު ޝަފީއު
ދާއިމީ އެޑްރެސް: ވައިޖެހޭގެ / ހއ.އިހަވަންދޫ
އައިޑީކާޑު ނަންބަރު: A032219
މިހާރުގެ އެޑްރެސް: މއ.މެރީޑާ | މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ޕީ.ޖީ. އޮފީސް | މާލެ
! ރަޖިސްޓްރީކުރެވުނު ތާރީޚް: 13 މެއި 2015
13
ނިމުނު ތާރީޚް: 20 މެއި 2015
އިސްތިއުނާފް ކުރެވުނު ކޯޓު އަމުރު.
* ނަންބަރު:2015/3271(J
(
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
*ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
: ނިންމެވި ތާރީޚް: 02 މެއި 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އިހަވަންދޫ، ވައިޖެހޭގެ ޙާމިދު ޝަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އިހަވަންދޫ، ވައިޖެހޭގެ ޙާމިދު ޝަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އެކޯޓު އަމުރަކީ
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
އިހަވަންދޫ، ވައިޖެހޭގެ/ ޙާމިދު ޝަފީޢުގެ މައްޗަށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ
ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، 02 މެއި 2015 ދުވަހު 17:40 އިން ފެށިގެން
17 މެއި 2015 ދުވަހު 17:39 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން
ކަނޑައަޅާ ތަނެއްގައި ޙާމިދު ޝަފީޢު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ
އަމުރެއްކަމާއި، އެއަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލަމާތަށް ނުރައްކާވެދާނެތީކަން އެނގެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
403 ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހއ.
އިހަވަންދޫ، ވައިޖެހޭގެ/ ޙާމިދު ޝަފީޢުގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅައި، އެ
ނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި"
(ހ) ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާގައި ބަޔާންކުރާ ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ އުޞޫލުތަކުގެ ތެރެއިން ބަންދުގައި
ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދެވޭ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް ނުފެތޭއިރުވެސް
ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާއާއި ޚިލާފަށް ބަންދުގައި
ބެހެއްޓުމަށް އަމުރު ނެރެފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ހައިކޯޓުގެ ނަންބަރު 286/HC
-
A/2014 ޤަޟިއްޔާގައި، މީހަކު
ބަންދުގައި ބަހައްޓަންޖެހޭކަން ސާބިތުކޮށްދީ އެކަމުގެ މައްޗަށް ހެކި ޤަރީނާ ހުށަހެޅުމަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން އުފުލަންޖެހޭ ބުރައެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެފަދަ ހެކި ހުށަހަޅާފައިނުވާއިރު ކޯޓު
އަމުރު ނެރެދީފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
UCO
(ރ) ހަތަރުވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމުކޮށްފައިވާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029: ޕެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
ގޮތާއި ޚިލާފަށް، އެމާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ބަންދުކުރި ސަބަބު ފޯމުގައި ބަޔާންކޮށްފައި
ނެތްކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ފަރާތް ބަންދުކުރީ ވަކި ހާލަތަކާއި ގުޅިގެން
ބުނާއިރު، އެޙާލަތު ދެމިގެން ނުދާކަމަށްބުނެ ހުށަހެޅި
e.
ކުރުމަށް ހއ.
04 ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J(MD-145 ކޯޓު އަމުރު އިސްތިއުނާފު
އިހަވަންދޫ، ވައިޖެހޭގެ ޙާމިދު ޝަފީޢުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން ޙާމިދު ޝަފީޢުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އަކީ ކުށެއްގެ ތުހުމަތުގައިވާ މީހާ ހައްޔަރުގައި ނުވަތަ ބަންދުގައި
ބެހެއްޓުމުގެ އަމުރު ނެރުއްވުމުގައި ފަނޑިޔާރު ބައްލަވަންޖެ
ވަންޖެހޭނެ ކަންކަން ބަޔާންކޮށްފައިވާ މާއްދާތަށްކަމާއި،
މިގޮތުން އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެ ހިނދެއްގައި އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަމާނި:2: 4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
އަދި އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ
ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށް ބެލުމުން
އެނގެން އޮންނައިރު،
ދ8 4
92
2
ނައްތާލުމެގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤުކުރުމުގައި
ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ
ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ
ކޮބައިކަމާއި، ޝައްކުކު
.ކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، ހެކިތަކާކުޅު ހެކިތައް
ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަ
ކުރަންޖެހޭނެކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އެމާއްދާގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކީ
ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލައާއިއެކު ހުށަހެޅޭ އެންމެހައި ހެކި ޤަރީނާތަކާއި ދައްކާ ވާހަކަތަކުގެ
ބިނާކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
އެކަންކަން ވަޒަންކުރުމަށް ދޫކޮށްލެވިފައިވާ ކަންތައްތަކެއްކަމާއި، އަދި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަން ސާބިތުވާ މިންވަރުގެ ހެކި
ޤަރީނާ ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއް ކުރިކަމުގެ
ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 263/HC
-
A/2012
ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމެވެ.
ހއދި8
0އށް
.
(ށ) ދެވަނަ ކަމަކީ: އިހަވަންދޫ، ވައިޖެހޭގެ| ޙާމިދު ޝަފީޢުގެ ހައްޔަރުކޮށްފައިވަނީ
އަދާލަތު ޕާޓީއިން އިސްވެ އޮވެ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން 2015 މެއި 01 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
44
4e334 33
eހ02ކވެ
'އަނިޔާވެރިކަން ނިންމުން، މޭޑޭ' މިނަމުގައި މާލޭގައި ކުރަމުންދިޔަ މުޒާހަރާގައި، ފަރީދީމަގާއި ޗާންދަނީމަގު
ގުޅުނު ކަންމަތީގައި ބަޔަކު މީހުން މުޒާހަރާކޮށް، ޙާމިދު ޝަފީޢު ފުލުހުންނާއި ދިމާލަށް ގަލާއި ފެންފުޅިފަދަ
ތަކެތި އުކާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާކަމަށް
މައްސަލައިގައި ކަމާއި، ޙާމިދު ޝަފީޢު ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ސަރަޙައްދުންކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރ TD078743 ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމަށް ބެލުމުން އެނގޭއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު އަމުރުން ހއ. އިހަވަންދޫ،
ވައިޖެހޭގެ/ ޙާމިދު ޝަފީޢުގެ ، 02 މެއި 2015 ދުވަހު 17:40 އިން ފެށިގެން 17 މެއި 2015 ދުވަހު
17:39 އަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި
ބެހެއްޓު އަމުރުކުރެއްވި ސަބަބަކީ، މުޖުތަމަޢުގެ ސަލަމާތަށް ނުރައްކާވެދާނެތީކަން
ބަންދުކޮށްފައި
އެޓުމަށް
OCX
އެނގޭކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އިން ލާޒިމްކުރަނީ އެމީހަކު ބަންދުގައި ބެހެއްޓުމަ
ނިންމި ސަބަބު ފަނޑިޔާރު ފޯމުގައި ލިޔުމަށްކަމާއި، މިގޮތުން މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި
ސަބަބުތައް އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން އެނގޭއިރު، އިސްވެ ބުނެވުނު ކްރިމިނަލް ކޯޓު
އަމުރަށް ބަލާއިރު ޙާމިދު ޝަފީޢު ބަންދުގައި ބަހައްޓަން ނިންމެވި ސަބަބު ލިޔުއްވާފައިވާކަން އެއަމުރަށް
ބެހެއްޓޭނޭ
co
ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ:ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު
އިހަވަންދޫ، ވައިޖެހޭގެ ޙާމިދު ޝަފީޢުގެ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ އާޓިޕިއްޖޭގެ
އަމުރުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/174
ޝަފީޢުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު،
މިމައްސަލައިގެ ބާވަތަށާއި، ކަން ހިނގިގޮތް ކަމަށް ބަޔާންކުރާ ގޮތުގެ މައްޗަށާއި މުޅި މައްސަލައިގެ
ވަށައިގެންވާ އެހެނިހެން ކަންތައްތަކުގެ މައްޗަށް ބެލުމުން، އިސްތިއުނާފު ކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ކޯޓު
އަމުރު ނެރުއްވިއިރު، ޙާމިދު ޝަފީޢު ބަންދުން ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިޙްތިމާލު އޮތްކަމަށް ބެލެވެން އޮންނަކަމެވެ.
އެހެންކަމުން،
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2015/3271(J(MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން ޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއްނެތްކަމަށެވެ.
• ޙުކު
8
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/3271(J
(
MD-145 ކޯޓު އަމުރަށް ބަދަލު
ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt gov.mv