ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/346 ޤަޟިއްޔާގެ ޙުކުމް
|
ST
)
1
ސިގްޔާ ނިމުނު ގޮތުގެ
200gIHC-346
.
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
A051884 : 2
އިސްތިއުނާފު ކުރިފަރާތް: 346/HC
-
A/2009
މިނަން: ޢަބްދުލްޣަނީ ޙުސައިން
: ދާއިމީ އެޑްރެސް: މ.ކެރިންލައިޓް އުތުރުގެ
* އައިޑީ ކާޑު ނަންބަރ. A012990 ރާތުގެ އެޑްރެސް: ލ.ކުރިންލައިޓް އުތުރުގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:ޢަބްދުﷲ ވަޙީދު
ދާއިމީ އެޑްރެސް: މ.ރިދޯދީ
އައިޑީ
* ނަން: ޙަސަން ސުޖާއު
ދާއިމީ އެޑްރެސް: ލ.ކެރިންލައިޓް އުތުރުގެ
އައިޑީ ކާޑު ނަންބަރ: A184977
* ނަން: ރަޟިއްޔާ ވަޙީދު
ދާއިމީ އެޑްރެސް: މ.ފިނިވެލި
* އައިޑީ ކާޑު ނަންބަރ: A24469
+ ނަން، ޙަފްޞާ ވަޙީދު
* ދާއިމީ އެޑްރެސް: ލ.ވޭވަރ
އައިޑީ ކާޑު ނަންބަރ: A138202
* ނަން: ޢަފީފާ ވަޙީދު
ދާއިމީ އެޑްރެސް: މ.އޮނިގަނޑު
ކާޑު ނަންބަރ: A064545
ޙަބީބާ ވަޙީދު
އެޑްރެސް: މ.މޫންސެ
ކާޑު ނަންބަރ A045298
އިލްޔާސް ވަޙީދު
ދާއިމީ އެޑްރެސް: މ.ރިހިމާ
ކާޑު ނަންބަށ A047912
4 ނަން: އަޙްމަދު ސުޖާއު
ދާއިމީ އެޑްރެސް: ލ.ކެރިންލައިޓް އުތުރުގެ
އައިޑީ ކާޑު ނަންބަރ: A044712
* ނަން: އިބްރާހީމް ސުޖާއު
ދާއިމީ އެޑްރެސް: ލ.ކެރިންތައިޓް އުތުރުގެ
ކާޑު ނަންބަރ:A049266
* ނަން: ޢާއިޝަތު ސަޢުދިއްޔާ ދާއިމީ އެޑްރެސް: ލ.ކެރިންލައިޓް އުތުރުގެ
އައިޑީ ކާޑު ނަންބަރ:A083272
t
އިޓް
2
2009[IC-A346
ނިމުނު ގޮތު
1432
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޛުލްޙިއްޖާ 1430
03 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 28 ރަޖަބް
30 ޖޫން
201
)
އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ ސިވިލް ކޯޖު (މަދަނީކޯޓު)ގެނަންބަރ 2007/MC/2050 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ވ.ކެރިންލައިޓް އުތުރުގެ ބައިކުރުން
ނިންމެވިކާޓް: ސިވިލް ކޯޓު (މަދަނީ ކޯޓު)
ތާރީޚް: 25 އޮކްޓޯބަރ 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢައްބާސް ޝަރީފް
0
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓް (ސިވިލްކޯޓު) ގެ ނަންބަރު 2007/MC/2050 ޤަޟިއްޔާ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މ. ކެރިންލައިޓް އުތުރުގެ އަބްދުލްޣަނީ ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި ދަޢުވާ ލިބޭ
ފަރާތަކީ ޢަބްދުﷲ ވަޙީދު ރިހިދޯދި އާއި ޙަސަން ސުޖާޢު ކުރިންލައިޓް އުތުރުގެ އާއި ރަޟިއްޔާ
ވަޙީދު މ. ފިނިވެލި އާއި ޙަފްޞާ ވަޙީދު މ. ވޭލަރ އާއި އަފީފާ ވަޙީދު މ. އޮނިގަނޑު އާއި ޙަބީބާ ވަޙީދު
މޫންޝެޑޯ އާއި އިލްޔާސް ވަޙީދު މ. ރިހިމާ (މއ. ނަމޫނާގެ) އާއި އަޙްމަދު ސުޖާޢު މ. ކެރިންލައިޓް
އުތުރުގެ އާއި އިބްރާހީމް ސުޖާއު ކެރިންލައިޓް އުތުރުގެއާއި އައިޝަތު ސަޢުދިއްޔާ މ. ކެރިންލައިޓް
އާއި މިދިހަ ފަރާތްކަން އެގެއެވެ.
.
.
4.33
އއގ
ފޯން: 332529، ފެކްސް: 16471
33
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން
އީމެއިލް bighcourt.gov.mv
www.highcourt.gov.my
3
2009¢IlC-A/346
ފާހަގަކުރެވުނު ނުކުތާތައް:
49
.
6
ރީތ އd
މަދަނީ ކޯޓު ސިވިލްކޯޓު) ގެ ނަންބަރު 2007/MC/2050 ޤަޟިއްޔާއަކީ ކެރިންއިޓް
އުތުރުގެ ކިޔާ 2063 އަކަފޫޓުގެ އަމިއްލަ ގޯތީގެ އަމިއްލަ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން އެގޯއްޗާއި
ޢިމާރާތްތައް ރަޖިސްޓްރީ ކޮށްފައިވާ ބެހެނިވެރިންކުރެން ރިހިދޯދި ޢަބްދުﷲ ވަޙީދު އާއި އދ. ދިގުރަށް
ހަމްޒަތުހިޔާ (މ. ކެރިންލައިޓް އުތުރުގެ) ޙަސަން ސުޖާޢު އާއި ރިހިދޯދި (މ. ފިނިވެލި) ރަޟިއްޔާ
ވަޙީދު އާއި ރިހިދޯދި (މ. ވޭލަރ) ޙަފްޞާ ވަޙީދު އާއި މ.އޮނިގަނޑު ޢަފީފާ ވަޙީދު އާއި މ.ރިހިދޯދި
(މ. މޫންޝެޑޯ ޙަބީބާ ވަޙީދު އާއި މި 6 މީހުންގެ ބައި އެއްގޯއްޗެއްގެ ގޮތުގައި އޮންނާނެ ގޮތަށް
ދިހައެއް) މީހުންގެ ބައި ވަކިކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެގޭ ކަމާއި،
އަދި އެޤަޟިއްޔާގެ ޙުކުމުގައި "މ. ކެރިންލައިޓް އުތުރުގެ ކިޔާ 2063 އަކަފޫޓުގެ އަމިއްލަ ގޯއްޗާއި
ޢިމާރާތްތައް ރަޖިސްޓްރީކޮށްފައިވަނީ ކޯޓް ނަންބަރު 4 ގެ ނަންބަރު 4191-JC/218 ޤަޟިއްޔާ އާއި،
މަދަނީކޯޓުގެ 98/MC/136 ޤަޟިއްޔާ އާއި، 2007/MC/1493 ޤަޟިއްޔާ އާއި، 2001/MC/77
ޤަޟިއްޔާގެ ޙުކުމުގައި ބަޔާންވެގެންވާ ގޮތަށް މ. ރިހިދޯދި ޢަބްދުﷲ ވަޙީދު އާއި، އދ.ދިގުރަށް ހަމްޒަތުހިޔާ،
ޙަސަން ޝުޖާޢު އާއި،
ދ. ރިހިދޯދި ރަޟިއްޔާ ވަޙީދު އާއި، ރިހިދޯދި ޙަފްޞާ ވަޙީދު އާއި، މ.
އޮނިގަނޑު ޢަފީފާ ވަޙީދު އާއި، ރިހިދޯދި ޙަބީބާ ވަޙީދު އާއި، މ. ކެރިންލައިޓް އުތުރުގެ އަޙްމަދު ސުޖާޢު
އާއި، ކެރިންލައިޓް އުތުރުގެ އިބްރާހީމް ސުޖާޢު އާއި، ރިހިމާ އިލްޔާސް ވަޙީދު އާއި، ކެރިންލައިޓް
އުތުރުގެ ޢާއިޝަތު ސަޢުދިއްޔާ އާއި، ކެރިންލައިޓް އުތުރުގެ މަރުޙޫމާ ޙައްވާ އިބްރާހީމް އާއި،
ކެރިންލައިޓް އުތުރުބައި ޢަބްދުލްޣަނީ ޙުސައިން އާއި، މި 12 (ބާރަ) މީހުންގެ ނަމުގައި ކަމާއި،
ކެރިންލައިޓް އުތުރުގެ ކިޔާ މިގޯތި ދެބައިކުރެވިގެންވަނީ ބައިތައް ގުރުއަތުން ހަމަޖެހިގެންދިޔަ ގޮތުގެ މަތިން މާލޭ
މުނިސިޕަލްޓީގެ ނަންބަރު 144
/
2008
/
240/C-99 (07 ސެޕްޓެމްބަރ 2008) ސިޓީ އާއިއެކު ފޮނުވާފައިވާ
ޗާޓުގައިވާ ގޮތަށް، ޢިއްޒައްދީނުމަގުން ވަދެވޭގޮތަށް މިގޯތީގެ ދެކުނު އަރިމަތިން ފުޅާމިނުގައި 4 ފޫޓު ހުރި އަދި
ގޯތީގެ މުޅިދިގުމިނަށް ގޯޅިމަގެއްނަގައި، މިގޯޅިމަގުގެ އުތުރަށްއޮތް ބައިގެ މެދަށްވުރެ ހުޅަނގުން ދެކުނުން
އުތުރަށް މެދުތެރެއިން ދަމާލެވޭ ލައިނަކުން އިރުމައްޗަށް 988.67 އަކަފޫޓުވާގޮތަށް އިރުމައްޗަށް ބައެއް،
ހުޅަނގަށް 662 އަކަފޫޓުވާގޮތަށް ހުޅަނގަށް ބައެއް އޮންނަގޮތަށްކަމާއި،
*
19
.
d4
މިގޯތި މިގޮތަށް ދެބައިކުރުމުން އިރުމަތީބައިގައި ހިމެނިގެންވާ ބެހެނިވެރިންނަކީ އަޙުމަދު ޝުޖާޢު
އާއި، އިބްރާހީމް ޝުޖާޢު އާއި، އިލްޔާސް ވަޙީދު އާއި، ޢާއިޝަތު ސަޢުދިއްޔާ އާއި، މަރުޙޫމާ ޙައްވާ އިބްރާހީމް
އާއި، ޢަބްދުލްޣަނީ ޙުސައިން އާއި، މި 06 (ހައެއް) މީހުންކަމާއި، މިގޯތީގައި ހިމެނޭ އަމިއްލަ ބިމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިޚް: [email protected]ގެ ތެބޭ
www.highcout-yor.niye
.ސިއްޔާ ނިމުނު ގޮތުގެ ޓް
2009/HC-A/346
ޢިމާރާތްތަކާއި ނުއުފުލޭމުދާ ލިބި މިލްކުވެގެންވާ ނިސްބަތުން މިބައިގައި ހިމެނޭ މި 06 (ހަތެއް) މީހުންނަށް
ލިބޭ ބައިކުޅަބައިގެ ޖުމްލައަކީ 6800/12096 ބައިކަމާއި،
މިގޯތީގެ ހުޅަނގުބައިގައި ހިމެނިގެންވާ ބެހެނިވެރިންނަކީ ޢަބްދުﷲ ވަޙީދު އާއި، ޙަސަން ސުޖާއު
އާއި، ރަޟިއްޔާ ވަޙީދު އާއި، ޢަފީފާ ވަޙީދު އާއި، ޙަބީބާ ވަޙީދު އާއި، މި 06 (ހައެއް) މީހުންކަމާއި،
މިގޯތީގައި ހިމެނޭ އަމިއްލަބިމާއި ޢިމާރާތްތަކާއި ނުއުފުލޭމުދާލިބި މިލްކުވެގެންވާ ނިސްބަތުން މިބައިގައި ހިމެނޭ
06 (ހަތެއް) މީހުންނަށްލިބޭ ބައިކުޅަބައިގެ ޖުމްލައަކީ 5296/12096 ބައިކަމާއި" މިފަދައިން ބަޔާން
ކޮށްފައިވެއެވެ.
)
G
(2) ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުސޫލުތަކާ ޚިލާފަށް ކަމަށް
ދެކިގެން މައްސަލަ އިސްތިއުނާފު ކުރި ފަރާތުން 6 (ހައެއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ބައިކުރުމުގެ މައްސަލަ ހުށަހެޅި 6 މީހުންނަށް ލިބެންވާވަރަށްވުރެ
އުނިވާކަމުގައި ޤަޟިއްޔާގެ ފާހަގަކުރެވޭނުކުތާގެ 1 ގައި ވިދާޅުވާ 60.72 އަކަފޫޓުގެ ބިން ދޫކޮށްލިނަމަވެސް
ދެންތިބި ބެހެނިވެރިން އެކަން ޤަބޫލުކޮށްފާނެތި މައްސަލަ ނިންމެވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މަދަނީކޯޓުގެ ޝަރީޢަތުގައި، ބަޔާމެދު ޤުރުޢަތުލެއްވި ދުވަހު މައްސަލަ
ހުށަހެޅި ފަރާތްލައްވާ ޤުރުޢަތުކަރުދާސްކޮޅު ފުރަތަމަ ނެންގެވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ޢަބްދުލްޣަނީ ޙުސައިން "މ. ކެރިންލައިޓް އުތުރުގެ" ގޯތީގައި
ދިރިއުޅޭބައި މުނިސިޕަލްޓީގެ ހުއްދައާއެކު ޢިމާރާތްކޮށް ބޮޑުޚަރަދު ތަކެއްކޮށްފައި ވަނިކޮށް މުޅި ޢިމާރާތް
ދުލްޣަނީގެ ޙައްޤު ހޯއްދަވާ ނުދެއްވާ މައްސަލަ ނިންމެވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ ތަނުގައި ދިރިއުޅޭ މީހުންނާ ދިރިއުޅޭ ގޮތުގެ ރިޢާޔަތް
ކުރައްވާފައި ނުވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ ގޯތީގެ ބެހެނިވެރިންގެ ތެރެއިން ޙައްވާ އިބްރާހީމް ނިޔާވެފައިވާއިރު
އޭނާގެ ތަރިކާގެ މައްސަލަ ނުނިންމާ އޮތުމާއިއެކު އޭނާގެ ވާރިޘުން މިމައްސަލާގައި ޙާޟިރު ނުކުރައްވާ
މައްސަލަ ނިންމަވާލެއްވުން ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ނުކުތާއަކީ ހުށަހަޅާފައިވާ (މައްސަލަ ރައްދުވާ ފަރާތުގެ) ބަޔާންތަކަށް ފުރިހަމަ
ރިޢާޔަތެއް ކުރައްވާފައި ނެތުމާއި މައްސަލަ ހުށަހެޅި 6 ހަމީހުންގެ ބަހަށްބުރަވެ މައްސަލަ ނިންމެވުން ކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
058ރީ
އަގުކޮށް ޢަބްދުލްޣުނގެ
މައްޗަން
• ހަވަނަ
ފޯން: 33250g، ފެކްސް331647
l
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދު
އީމެއިލް
@highcout.gov.my
www.highcourt.gov.mv
ދިވެހިންއްޖީ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009C-A/346
Ox
(3) މިމައްސަލާގައި ދަޢުވާކުރާ ފަރާތްކަމަށްވާ ޢަބްދުލްޣަނީ ޙުސައިން ޝަރީޢަތަށް ދީފައިވާ ބަޔާނަށް
ބަލާއިރު 60.72 އަކަފޫޓް ދަށުކޯޓަށް މައްސަލަ ހުށަހެޅި ބެހެނިވެރިން ދޫކޮށްލީ އެފަރާތްތަކުގެ މަސްލަޙަތަށް
ކަމަށާއި މިގޮތަށް ދޫކޮށްވުމުގެ ސަބަބުން ޢަބްދުލްޣަނީ ހިމެނޭ ބަޔަށް އިތުރުވާ ކަމަށާއި ނަމަވެސް އެދޫކޮށްލި
ދޫކޮށްލުން ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ޢައްޔަން ކުރެވިގެން ގޮސްފައިނުވާތީ އެއި ފަހުން މަސްލަޙަތު
ގެއްލިދާނެ ކަމެއް ކަމަށާއި،
އަދި ދަށުކޯޓުން މައްސަލަ ބެއްލެވިއިރު އަޤުކުރައްވާފައިވަނީ ހުރިހާތަނެއް އެއްކޮށް އެންމެންނަށް
އޭގެ ބައިތައް ބެހިގެންދާ ގޮތަށް ކަމަށާއި އެގޮތަށް އަގުކުރެއްވުމުން ކުރިއްސުރެ ޢަބްދުލްޣަނީ އެގޭގައި
ދިރިއުޅެމުން އައިސްފައިވާ ބަޔަށް ޢަބްދުލްޣަނީ ކުރި ޚަރަދު ވަކިން ޢަބްދުލްޣަނީ އަށް ހޯއްދަވާ ދެއްވާފައި
ނުވާތީ އެ ޙައްޤު ޢަބްދުލްޣަނީއަށް ލިބިފައި ނުވާކަމަށްވެސް ބުނެފައިވާކަން އެގެއެވެ.
(4) މިމައްސަލަ ރައްދުވާ (ބެހެނިވެރިންގެ ތެރޭގައިހިމެނޭ) ޢަބްދުﷲ ވަޙީދު އާއި ޙަސަން
ސުޖާޢު އާއި ޢަފީފާ ވަޙީދު އާއި ޢާއިޝަތު ސަޢުދިއްޔާ އާއި ޙަފްޞާ ވަޙީދު އާއި ޙަބީބާ ވަޙީދު އާއި
ރަޟިއްޔާ ވަޙީދު އާއި މި
7 (ހަތެއް) ބެހެނިވެރިންގެ ފަރާތުން ޝަރީޢަތަށް ދިފައިވާ ބަޔާނަށް ބަލާއިރު
މިމައްސަލަ މަދަނީކޯޓު (ސިވިލްކޯޓު) އިން ބެއްލެވި އިރު އެކޯޓަށް މައްސަލަ ހުށަހެޅި 6 (ހައެއް) ބެހެނި
ވެރިންނަށް ގޯތީގެ ބިމުން ލިބެންވާ މިންވަރު ވަކިކޮށްދިނުމަށް މައްސަލަ ހުށަހެޅި 6 (ހައެއް) ބެހެނިވެރިން
ހުށަހަޅާފައިވާ ގޮތަށް ބަލާއިރު 60.72 އަކަފޫޓް އެފަރާތްތަކަށް އުނިވާތީ އެމިންވަރު ޝަރީޢަތުގައި
ދޫކޮށްލާފައިވާ ކަމާއި،
އަދި މަދަނީކޯޓުގެ ޝަރީޢަތުގައި ބައިކުރުމާއި މެދު ޤުރުޢަތުލީގޮތް ބެހޭގޮތުން އިސްތިއުނާފު ކުރި
ފަރާތުން ފާހަގަ ކޮށްފައިވަނީ ޙަޤީގަތާއި ޚިލާފަށް ކަމަށާއި ގޯތި ބައިކުރުމަށްޓަކައި ހުށަހެޅިފައިވަނީ ދެބަޔަކަށް
ކަމަށާއި ޤުރު ނެގުމަށްޓަކައި ދެކަރުދާސްކޮޅު ގެންދެވީ ޢަބްދުލްޣަނީ އިން މޭޒަށް ކަމަށާއި ފުރަތަމަ ނަގަން
ފުރުޞަތު ދެއްވީވެސް ޢަބްދުލްޣަނީއަށް ކަމަށާއި އެފަރާތުން ކަރުދާސްކޮޅެއް ނުނެގުމުން ބައި ވަކި ކުރުމަށް
ހުށަހެޅި ބެހެނިވެރިންގެ ފަރާތުން ޢަބްދުﷲ ވަޙީދު ކަރުދާސް ކޮޅެއް ނެގީ ކަމަށާއި ޤުރުޢަތުން ބައި ނެގީވެސް
މައްސަލަ ރައްދުވާ ބެހެނިވެރިންގެ ފަރާތުން ޤުރުއަތުން ބައި ނެގުމަށް އެދުމުން ކަމަށާއި،
ކެރިންލައިޓް އުތުރުގެ ގޯއްޗަކީ މަދަނީކޯޓުގެ ނަންބަރު 2007/MC/2050 ޤަޟިއްޔާ
ނިމުމާ ހަމައަށްވެސް ބެހެނިވެރިންގެ ތެރޭގައި ބައި ކުރެވިފައިވާ ގޯއްޗަކަށް ނުވާއިރު ޢަބްދުލްޣަނީގެ ބައި އޮތީ
ކޮންތާކުކަން ކަޑައެޅިގެން ބަޔާން ކުރެވިފައިވެސް ނުވާއިރު ޢަބްދުލްޣަނީއަށް އެތަނުގައި ޢިމާރާތެއް ކުރުމުގެ
ޑ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާލްމު
އީމެއިލް: Agory
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.higlicurt.gov.mv
Worlugh
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
29/HC-A/346
އިޚްތިޔާރެއް ނޯންނާނެ ކަމަށާއި އެގޯތީގައި ދިރިއުޅެނީ ބެހެނިވެރިންގެ ތެރެއިން މަދުބައެއް ކަމަށާއި ބާކީތިބި
ބެހެނިވެރިންނަށް އެތަނުން އެއްވެސް މަންފާއެއް ނުކުރާ ކަމަށާއި މިގޯއްޗަކީ މީގެ 30 އަހަރު ކުރިއްސުރެން
ފެށިގެންވެސް ބައި ކުރުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ގޯއްޗެއް ކަމަށާއި ނަމަވެސް
ބައި ނުކުރެވި އޮތް ކަމަށާއި، އެހެންވީމާ ކޮންމެހެން އޭރު އެތާ ދިރިއުޅެމުން ދިޔަ މީހުންނަށް ވަކި އިސްކަމެއް
ނުޖެހޭ ކަމަށާއި އެމީހުން ދިރިއުޅެމުން ދިޔައީވެސް އެހެން މީހުންގެ ޙައްޤުތަކެއްވެސް އޭގެތެރޭގައި
ހިމެނިގެންދާގޮތަށް ކަމަށް ވުމުން އެފަރާތްތައް އޭރު އެގޯތީގައި ދިރިއުޅެމުން ދާގޮތުގެ މައްޗަށް ރިޢާޔަތް
ކުރަންޖެހޭނެ ކަމަށް ނުދެކޭ ކަމަށާއި،
އަދި މިމައްސަލަ ދަށުކޯޓުން ބެލިއިރު މައްސަލަ ރައްދުވާ ބެހެނިވެރިންގެ ބަޔާންތަކަށް ރިޢާޔަތް
ނުކުރައްވާ ކަމަށް ޢަބްދުލްޣަނީ ޙުސައިން ހުށަހަޅާފައިވާ ނުކުތާއަކީވެސް ޙަޤީގަތާ ޚިލާފު ވާހަކައެއް ކަމަށާއި
ސަބަބަކީ މިމައްސަލަ މަދަނީ ކޯޓުގައި ބެލިއިރު މިމައްސަލާގައި އަގު ކުރައްވާފައިވަނީވެސް،
ޤުރުޢަތުލާފައިވަނީވެސް މައްސަލަ ރައްދުވާ ބެހެނިވެރިން އެގޮތަށް އެދިގެން ކަމަށް ބަޔާންކޮށްފައި ވާކަންވެސް
ޘަޤާއެވެ
(5) މިމައްސަލަ ރައްދުވާ ބެހެނިވެރިން ކުރެން ކެރިންލައިޓް އުތުރުގެ އިބްރާހީމް ޝުޖާޢު
މިކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައިވެސް ދަށުކޯޓުން ނިންމި ނިންމުން ތަކަކީ ރަގަޅު ނިންމުންތަކެއް
ކަމަށާއި ޢަބްދުލްޣަނީ ޙުސައިން ދައްކާ ވާހަކަ އޭނާ ޤަބޫލު ނުކުރާ ކަމަށާޢި ކޯޓުގައި ޤުރުޢަތުލާފައިވަނީވެސް
އިންސާފުން ކަމަށާއި ގުރުލީ އިރު އެންމެ ފުރަތަމަވެސް ޢަބްދުލްޣަނީއަށް ގުރުނެގުމަށް ފުރުޞަތު ދެއްވި
ކަމަށާއި ނަމަވެސް އެފަރާތުން ނުނެގުމުން ޢަބްދުﷲ ވަޙީދު ގުރުނެގީ ކަމަށް ބުނެފައިވާކަން އެގެއެވެ.
(6) މިމައްސަލަ ރައްދުވާ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ އަޙުމަދު ސުޖާޢު އާއި އިލްޔާސް ވަޙީދު
އާއި މި 2 (ދޭއް) ފަރާތުން މިކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު ޢަބްދުލްޣަނީ ޙުސައިން
ކުރައްވާފައިވާ އިސްތިއުނާފް ދަޢުވާއަކީ ރަގަޅު ދަޢުވާއެއް ކަމަށާއި ދަށުކޯޓުން މިމައްސަލަ ނިންމަވާފައިވަނީ
ރަގަޅަށް ކަމަށް ނުދެކޭކަމަށް ބުނެފައިވާކަން އެގެއެވެ.
މިމައްސަލައިގާ ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް
ނަޒަރުކުރުމުން އަންނަނިވި ކަންކަންވަނީ ފާހަގަކުރެވިފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާނުއްޓު
އީމެއިލް: Shigfroutzov.mv
ފޯން: 3323029 ފެކްސް: 33647
ޓް:
www-highcourt.gov.my
1
2009FIC-A346
ނިމުނު ގޮތުގެ ރިޕޯޓް
4 ދު
(ހ) އިސްތިއުނާފު ކުރެވިފައިވާ މަދަނީކޯޓުގެ ނަންބަރު 2007/MC/2050 ޤަޟިއްޔާ ނިމުމުގެ
ކުރިން މ. ކުރިންލައިޓް އުތުރުގެ ކިޔާ ގޯއްޗާއި، ޢިމާރާތްތަކުން ވަކިތަނެއް މިގޯތީގެ ބެހެނިވެރިން ކުރެން
އެއްވެސް މީހަކަށް އައްޔަން ކޮށްދީ ވަކިކޮށްދީފައިވާކަން އެގޭ އެއްވެސް ޙުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައި
ނުވާއިރު މާލޭ މުނިސިޕަލްޓީއިން އިންފާރު އެޅުމަށް ޢަބްދުލްޣަނީ ޙުސައިންއަށް ދެއްވާފައިވާ ހުއްދައަކީވެސް
ޢަބްދުލްޣަނީ ޙުސައިން އަށް އެގޯތިން ވަކިބައެއް ވަކިކޮށްދީފައިވާ ލިޔުމެއް ނޫންކަން އެގޭއިރު ބެހެނިވެރިންގެ
މެދުގައި ގޯތީގެ ބައިތައް ވަކިކޮށް އައްޔަން ކުރެވިފައި ނުވަނީސް އަދި ގޯތީގެ ބިމުން އަބްދުލްޣަނީ ޙުސައިން
ލިބެންވާބައި އައްޔަންކޮށް އެގެން ނެތްއިރު އެތައް ބެހެނިވެރިންނެއް ޙިއްސާވާ ތަނެއްގައި ޢަބްދުލްޣަނީ
ޙުސައިން ދިރިއުޅެމުންދާއިރު ޢަބްދުލްޣަނީ ޙުސައިން ދިރިއުޅޭ ތަނުގެ އާބާތުރަ ފިލުވުމަށް އޭނާ ކޮށްފައިވާ
ޚަރަދުތަކަކީ އެފަރާތުން އެތަނުގައި ދިރިއުޅުމުގެ މަންފާ އެފަރާތަށް ޙާޞިލްވާތީ ކޮށްފައިވާ ޚަރަދު ތަކެއްކަން
އެގޭކަމާއި އެޚަރަދުތައް ވަކިން ޢަބްދުލްޣަނީ ޙުސައިން އަށް ނަގައިދޭންޖެހޭ ޝަރުއީ އަދި ޤާނޫނީ ހަމައެއް
ޝަރީއަތަށް ހުށަހެޅިފައި ނުވާކަން އެގެއެވެ.
(ށ) މ.ކެރިންލައިޓް އުތުރުގެ ކިޔާ އަމިއްލަ ގޯތީގެ ބިމާއި ޢިމާރާތްތައް ބެހެނިވެރިންގެ މެދުގައި
މިލްކުވެގެންވާ މިންވަރު ކޯޓު ނަންބަރު 4 ގެ ނަންބަރު JC4
/
91/218 ޤަޟިއްޔާއާއި މަދަނީކޯޓުގެ ނަންބަރު
98/MC/1136 ޤަޟިއްޔާއާއި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1443 ޤަޟިއްޔާއާއި މަދަނީކޯޓުގެ
ނަންބަރު 2011/MC/77 ޤަޟިއްޔާއާއި މިޤަޟިއްޔާތަކުން ކަނޑައެޅިފައިވާކަން އެގެން އޮތުމުން އެގޯތިން
ބެހެނިވެރިންނަށް މިލްކުވެގެންވާ މިންވަރަކީ ކަނޑައެޅި ނިމި އިސްތިޤުރާރު ވެފައިވާ މިންވަރެއްކަން އެގޭއިރު
އަދި ބެހެނިވެރިންގެ ތެރެއިން ޙައްވާ އިބްރާހީމް ނިޔާވެފައިވާ އިރު އޭނާގެ ކުރިގެ މައްސަލަ ނުނިންމާ
އޭނާގެ ވާރިސުން ޙާޟިރު ނުކޮށް މަދަނީކޯޓުގެ ނަންބަރު 2007/MC/2050 ޤަޟިއްޔާ
ބިންމާފައިވާ ކަމަށް މައްސަލަ އިސްތިއުނާފު ކުރި ފަރާތުން ބަޔާން ކޮށްފައި ވާއިރު، އިސްތިއުނާފު ކޮށްފައިވާ
މަދަނީ ކޯޓުގެ ނަންބަރު 2007/MC/2050 ޤަޟިއްޔާއަކީ ތަރިކަ ބެހުމުގެ މައްސަލައެއް ނޫންކަމާއި
އެޤަޟިއްޔާއަކީ
ކެރިންލައިޓް އުތުރުގެ ބެހެނިވެރިންކުރެން ޢަބްދުﷲ ވަޙީދުއާއި ޙަސަން ސުޖާޢުއާއި
ރަޟިއްޔާ ވަޙީދު އާއި ޙަފްޞާ ވަޙީދު އާއި ޢަފީފާ ވަޙީދު އާއި ޙަބީބާ ވަޙީދު އާއި މި 6 (ހައެއް)
ބެހެނިވެރިންނަށް އެގޯތިން ބައި ލިބިފައިވާ ނިސްބަތުން 6 (ހައެއް) މީހުންގެބައި ވަކި ގޯއްޗެއްގެ ގޮތުގައި
ވަކިކޮށްދިނުމަށް އެދިފައިވާ ޤަޟިއްޔާއެއްކަމަށް ވުމުން ކެރިންލައިޓް އުތުރުގެއިން މަރްޙޫމާ ޙައްވާ
އިބްރާހީމް އަށް ލިބެންވާ މިންވަރުވެސް ކަނޑައެޅި އެނގެން އޮތުމުން އަދި ޙައްވާ އިބްރާހީމްގެ ވާރިސުން
ސާބިތުވެ އެނގެން ނެތުމާއެކު މަރްޙޫމާ ޙައްވާ އިބްރާހީމްގެ ފަރާތުން (ވާރިސުންގެ ފަރާތުން) ބަހެއް ލިބިފައި
348.8
..
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، ވާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: 99ault.09.mv
ހީވެބް ސައިޓް: WWW.highcourt.gny
-
ILY
8
ގެ لއްޔޫ
E-
2(09HC-A/346
ނުވަނީކަން މަދަނީ ކޯޓުގެ ނަންބަރު 2007/MC/2050 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަ ކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގައި ބަޔާން ކޮށްފައި އޮތްއިރު، މަރްޙޫމް ޙައްވާ އިބްރާހީމްގެ
ވާރިސުން ސާބިތުވެ އެގެންނެތް ހާލު އެމައްސަލާގައި އެފަރާތުގެ ބަހެއް ނެތުމަކީ މަރްޙޫމް ޙައްވާ އިބްރާހީމްއަށް
ލިބިފައިވާ މިންވަރަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫންކަން އެގޭ ކަމާއި އަދި އެއީ ވ.ކެރިންލައިޓް
އުތުރުގެ ގޯތީގެ ބެހެނިވެރިން ކުރެން ޢަބްދުﷲ ވަޙީދުއާއި ޙަސަން ސުޖާޢު އާއި ރަޟިއްޔާ ވަހީދުއާއި ހަފްސާ
ވަޙީދުއާއި ދި 6 (ހައެއް) ފަރާތަށް އެގޯތިން ބައި ލިބިގެންވާ ނިސްބަތުން އެ 6 (ހައެއް) ފަރާތުގެ ބައި
ވަކިކޮށްދިނުމަށް ހުރަސްއަޅާ ސަބަބެއް ނޫންކަންވެސް އެގެއެވެ.
(ނ) މ.
ކެރިންލައިޓް އުތުރުގެ ދެބައި ކުރެވިފައިވަނީ ބައިތައް ގުރުއަތުން ހަމަޖެހިގެންދިޔަ ގޮތުގެ
މަތީންކަން ބަޔާން ތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެގޭކަމާއި، އަދި ގުރު ނެގުމުގެ ފުރުޞަތު އެންމެ
ފުރަތަމަ ލިބިދީފައިވަނީ އިސްތިއުނާފު ކުރާ ފަރާތް ކަމަށްވާ ޢަބްދުލްޣަނީ ޙުސައިންއަށްކަން ބަޔާންތަކުން އެގޭ
ކަމާއި، ނަމަވެސް ޢަބްދުލްޣަނީ ޙުޞައިން ނުނެގުމުން އަނެއް ފަރާތުގެ ބެހެނިވެރިންގެ ތެރެއިން ޢަބްދު
ވަޙީދު ޤުރުނެގީކަންވެސް ބަޔާންތަކުން އެގޭކަމާއި އަދި އެގޯތި ދެބައިކޮށްފައިވަނީ މާލޭ މުނިސިޕަލްޓީގެ ނަންބަރު
144
/
2008
/
240/C-99 (07 ސެޕްޓެމްބަރ 2008) ސިޓީއާއެކު މަދަނީކޯޓަށް ފޮނުވާފައިވާ ޗާޓުގައި
ވާގޮތަށްކަންވެސް ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެގެއެވެ.
.
(ރ) މ. ކެރިންލައިޓް އުތުރުގެ ދެބަޔަށް ބައި ކުރުމުން ބެހެނިވެރިން ކުރެން ޢަބްދުﷲ ވަޙީދު އާއި
ޙަސަން ސުޖާޢު އާއި ރަޟިއްޔާ ވަޙީދު އާއި ޙަފްޞާ ވަޙީދު އާއި ޢަފީފާ ވަޙީދު އާއި ޙަބީބާ ވަޙީދު އާއި މި
6 (ހައެއް) ބެހެނިވެރިންނަށް ގުރުއަތުން ދިމާވެފައިވަނީ އެގޯތީގެ ހުޅުގަށް އޮތް 662 އަކަފޫޓުގެ ބައިކަމާއި
އަދި އިރުމައްޗަށް އޮތް 988.67 އަކަފޫޓް ހިމެނޭ ބައިގެ ބެހެނިވެރިންނަކީ އަޙުމަދު ޝުޖާޢު އާއި އިބްރާހީމް
ޝުޖާޢު އާއި އިލްޔާސް ވަޙީދު އާއި ޢައިޝަތު ސަޢުދިއްޔާ އާއި މަރްޙޫމާ ޙައްވާ އިބްރާހީމް އާއި ޢަބްދުލްޣަނީ
ޙުސައިން އާއި މި 6 (ހައެއް) ބެހެނިވެރިންކަމާއި އަދި މ. ކެރިންލައިޓް އުތުރުގެ ބިމުން ހުޅަގުބައި ލިބުނު
ބެހެނިވެރިންނަށް އެމީހުންނަށް ބައި މިލްކުވެގެންވާ ނިސްބަތުން އެމީހުންނަށް ލިބެންވާ މިންވަރަށްވުރެން މަދުވާ
60.72 އަކަފޫޓުގެ ބިން އިރުމަތީ ބަޔަށް ދޫކޮށްލާފައިވާކަން އެނގޭކަމާއި އަދި އެއީ ހުޅަގުބައިގައި ހިމެނޭ 6
(ހައެއް) ބެހެނިވެރިން އެފަރާތްތަކުގެ އަމިއްލަ އިޚްތިޔާރުން ދޫކޮށްލާފައިވާ ދޫކޮށްލުމެއްކަން އެގޭއިރު އަދި
މިމައްސަލަ އިސްތިއުނާފް ކުރި ފަރާތް ކަމަށްވާ ޢަބްދުލްޣަނީ ޙުސައިން ދަށުކޯޓުގައި އެކަމާމެދު އެއްވެސް
އިޢުތިރާޒެއް ކޮށްފައިވާކަން އެގެން ނެތްއިރު އަދި އިރުމަތީ ބައިގައި ހިމެނޭ ބެހެނިވެރިން ކުރެން އިބްރާހީމް
ސުޖާޢު އާއި ޢައިޝަތު ސަޢުދިއްޔާ އާއި މިދެފަރާތުންވެސް ދަށުކޯޓުން ނިންމާފައިވާ ނިންމުން ރަގަޅުކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޖު މިގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3471
33
އީމެއިން hidgetsy.mv ވެބް ސައިޓް: www.highcourt.gov.mv
9
, 3 ޖެ
29/HC-A7346
7- 3
ނިމުނު ގޮތުގެ ރިޕޯޓް
OX
އެފަރާތްތަކުން ޤަބޫލު ކުރާ ކަމަށް ބުނެފައިވާއިރު، ހުޅަގުބައިގައި ހިމެނޭ ބެހެނިވެރިން 60.72 އަކަފޫޓުގެ ބިން
ދޫކޮށްލި ނަމަވެސް ދެންތިބި ބެހެނިވެރިން އެކަން ޤަބޫލު ކޮށްފައިވާކަން އެގެން ނެތި މައްސަލަ ނިންމަވާފައި
މިމައްސަލަ އިސްތިއުނާފު ކުރި ފަރާތްކަމަށްވާ ޢަބްދުލްޣަނީ ޙުސައިން މިހާރު ބުނާ ބުނުމަކީ
މިމަރުޙަލާގައި މިހާރު ބެލޭނޭ ނުކުތާއެއް ނޫންކަން އެގެއެވެ.
ވާކަމަށް
ޙުކުމްގެ
ދެންފަހެ އިސްވެބަޔާން ކުރި ކަންތައްތައް އެގޮތުގެމަތީން ހުރުމާއެކު މަދަނީ ކޯޓުގެ
ނަންބަރ 2007/MC/2050 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަކީ ޝަރުއީ ނުވަތަ ޤާނޫނީ ހަމަތަކާ
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވޭނެ ތަނެއްނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން އިއްތިފާޤުވެފައިވާތީ މަދުނީ ކޯޓުގެ ނަންބަރ 2007/MC/2050 ޤަޟިއްޔާގައި ކުރައްވާފައިވާ
ތާއީދުކޮށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް މައްސަލަ ނިންމީއެވެ.
374ނ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހުއިކޯޓް، ބުރުޒު ހިނގުން، މާ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv