ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/117 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 117/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ދައުލަތް މިނިސްޓްރީ އޮފް ހެލްތް)
ކާޑު ނަންބަރ:
* ދާއިމީ އެޑްރެސް: އެޓަރނީޖެނެރަލްގެ އޮފީސް
* މިހާރުގެ އެޑްރެސް: އެޓަރނީޖެނެރަލްގެ އޮފީސް
0
އިސްތިއުނާފް ރައްދުވި ފަރާތްތައް:
1- * ނަން: ޝަރީފާ ހާނީ
އައިޑީ ކާޑު ނަންބަރ: A209037
އެޑްރެސް: ފ.ބަނޑިދޫ/ އިރަމާގެ
މިހާރުގެ އެޑްރެސް: ފ.ބަނޑިދޫ އިރުމާގެ
*
2- * ނަން: ޙަސަން ނަޝީފް
އައިޑީ ކާޑު ނަންބަރ: A087673
ދާއިމީ އެޑްރެސް: ތ.ކިނބިދޫ އައްސޭރި
މިހާރުގެ އެޑްރެސް: ތ.ކިނބިދޫ އައްސޭރި
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޖުމާދަލްއޫލާ 1434
:
*
ނިމުނު ތާރީޚް: 24 ޛުލްޤައިދާ 1434
31 މާރޗް 2013
30 ސެޕްޓެމްބަރު 2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv
-
C/365
ނިންމެވިކޯޓު: ސިވިލްކޯޓު
މައްސަލައިގެ ބާވަތް: އިޖުރާއީ ގޮތުން ނިންމިގޮތް
ހުށަހެޅި ތާރީޚް: 2013-02-18 * ނިމުނު ތާރީޚް: 2013-03-14
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު:2013/Cv
-
C/365 ޤަޟިއްޔާއާއި ގުޅިގެން އެ ކޯޓުން
14 މާރޗް 2013 ވަނަ ދުވަހު ނިންމަވާފައިވާ އިޖުރާއީ ގޮތުން ނިންމިގޮތް" ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ދައުލަތުގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ދައުލަތުގެ ފަރާތުން ކުރި މި އިސްތިއުނާފު ރައްދުވާ
ފަރާތަކީ، ދ.ބަނޑިދޫ އިރަމާގެ ޝަރީފާ ހާނީ (ދރ.ކާޑް ނަންބަރު:A209037) އާއި ތ.ކިނބިދޫއައްސޭރި
ޙަސަން ލަތީފް (ދރ.ކާޑް ނަންބަރު:A087673) އެވެ.
ފާހަގަކުރެވުނު ނުކުތާ
CCCO
01 މިއީ، ސިވިލް ކޯޓުގެ ނަންބަރު:2013/Cv
-
C/365 ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން
14 މާރޗް 2013 ވަނަ ދުވަހު ނިންމަވާފައިވާ "އިޖުރާއީ ގޮތުން ނިންމިގޮތް ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ދައުލަތުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
02- އިސްތިއުނާފް މިކުރެވޭ ސިވިލްކޯޓުގެ އިޖުރާއީ ނިންމެވުމަކީ އެކޯޓުގެ ނަންބަރު:
2013/Cv-C/365 ޤަޟިއްޔާއާއި ގުޅިގެން ދައުލަތު (މިނިސްޓްރީ އޮފް ހެލްތް) ން އިޖްރާއީ ގޮތުން
ފާހަގަކޮށްފައިވާ ނުކުތާއަކާއި ގުޅިގެން 14
ވަނަ ދުވަހުނިންމަވާފައިވާ އިޖްރާއީ
ޝިޕިންމެވުމެއްކަމާއި،
ދައުލަތުން އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އިޖްރާއީ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު:
2013/Cv-C/365 ޤަޟިއްޔާ ގައި ދަޢުވާކުރާ ޝަރީފާ ހާނީ އާއި ޙަސަން ނަޝީފުގެ ފަރާތުން ދަޢުވާ
ކޮށްފައިވާ މަޢުޟޫޢު އާއި އެއް މަޢުޟޫޢެއްގައި ހަމަ އެ ދެ ފަރާތުން ދަޢުވާކުރުމުން ބެލެވޭ އެހެން ޤަޟިއްޔާ
(ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ) މިހާރުވެސް އެ ކޯޓުން ބައްޕަގެ ހައި
2013
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-All7
އެ
އެ
ގެންދަވާތީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އެވަޤުތައް ކުރިއަށް ގެންދެވެން
ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުންއެދި ފާހަގަކޮށްފައިވާ ނުކުތާއެއްކަމާއި،
އިޖުރާއީ ނުކުތާ
ބައްލަވާ ނިންމަވާފައިވާ ނިންމެވުމުގައި،
ނަންބަރު: 2013/Cv
-
C/365 ޤަޟިއްޔާ ގައި ދަޢުވާކުރާ ފަރާތްތަކުން ކޮށްފައިވާ ދަޢުވާގެ މައުޟޫޢުގައި
އިތުރު ދަޢުވާއެއް އެ ކޯޓުގައި ކުރިއަށްދާކަން ޚަޞްމުންގެ ބަހުންނާއި އެ ކޯޓުގެ ރެކޯޑުން އެނގެން
އޮތްކަމުގައި ވިޔަސް، އެއީ (ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ) އަދި ހިނގަމުންދާ
ޤަޟިއްޔާއެއް ކަމަށްވެފައި، އެޤަޟިއްޔާ ކުރިއަށްދާ ދިޔުމަކީ، އެ މަޢުޟޫޢުގައި ކޯޓުން ކުރިން ޤަޟިއްޔާއެއް
ބެލިފައިވުން ކަމުގައި މާނަ ނުކުރެވޭނެތީއާއި، ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އާއި ނަންބަރު
2013/Cv-C/267 ޤަޟިއްޔާ އާއި ދެ ޤަޟިއްޔާގެ ޚަޞްމުންނަކީ އެއްބައެއް ކަމުގައި ނުވާތީއާއި، މީގެ
ތެރެއިން ކުރިން ހުށަހެޅުނު ޤަޟިއްޔާ (ނަންބަރު 2013/Cv-C/267 ޤަޟިއްޔާ) ގެ ޙުކުމް އެހާތަނަށް
ކުރެވިފައި ނުވާކަން އެނގެން އޮންނާތީއާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 305/HC
-
A/2012
ޤަޟިއްޔާގައި ޤާއިމްކޮށްފައިވާ "ރެސް ޖުޑިކާޓާ" ގެ އުޞޫލު ތަޠުބީޤް ކުރުމުގައި ފުރިހަމަވާންޖެހޭ 03
(ތިނެއް) ޝަރުޠު ފުރިހަމަވެފައި ނުވާތީ، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ ކުރިއަށް
ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާއާއި ގުޅިގެން އެ ކޯޓުން
14 މާރޗް 2013 ވަނަ ދުވަހު ނިންމަވާފައިވާ އިޖުރާއީ ގޮތުން ނިންމިގޮތް ދައުލަތު ގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 04 ނުކުތާ އެއް ފާހަގަކޮށް އެ ނުކުތާތަކާއި މެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 0/SC-SJ/2011 ކޯޓު
އަމުރު ގައި، އެއް މަޢުޟޫއެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ މައްސަލަތައް އެއްމަރުޙަލާއެއްގެ ދެ ކޯޓަކުން
ބެލުމާއި، އެއް މައްސަލައެއްގައި އެއް މަރުޙަލާއެއްގެ ކޯޓުތަކުން ތަފާތު ޙުކުމްތައް ކުރުމާއި،
04
81
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮށްފައިވާ ޙުކުމެއްގެ ބާރު ކެނޑޭގޮތަށް ނުވަތަ އެ ޙުކުމަށް އަސަރުފޯރާފަދަ ގޮތަކަށް ހަމަ އެ މަރުޙަލާއެއްގެ
އެހެން ކޯޓަކުން ޙުކުމް ކުރަމުން ގެންދިއުމާ ގުޅޭގޮތުން ފާހަގަކުރައްވާފައިވާ، ޢަދުލު އިންޞާފުގެ އުޞޫލުތައް
ދައުލަތުން ފާހަގަކުރުމުން، އެކަންކަމަށް
ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/882 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމާ ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރައްވާފައިނުވުމުން، ފަނޑިޔާރުންގެ
ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައިވާ، ބަލަމުން ގެންދާ މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ
ކޯޓުން ކުރިން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކުރުމުގެ އުޞޫލަށް ޢަމަލުކުރައްވާފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާ އެވެ.
ތިންވަނަ ނުކުތާއަކީ: ހަމައެކަނި ރެސް ޖުޑިކާޓާ މި ޤާނޫނީ މަބްދަޢު އަށް ދަނިކޮށް
ބައްލަވައި، ޢަދުލު އިންޞާފުގެ އުސް
އުޞޫލުތަކާއި ހަމަތަކަށް ރިޢާޔަތް ނުކުރައްވައި އިޖުރާއީ ނިންމުން
ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/365 ޤަޟިއްޔާއާއި
2013/Cv
-
C/267 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ ދެ މައްސަލައިގެ މައުޟޫޢު
ބިނާވެފައިވަނީ
އެއްކަމެއްގެ
މައްޗަށް ކަމަށްވީހިނދު، ވަކި ދެމައްސަލައިގެ ގޮތުގައި މި ދެ މައްސަލަ ކުރިއަށް
ގެންދެވުމަށް ނިންމެވި ނިންމެވުމަކީ، އަދުލުއިންޞާފުގެ އުޞޫލުތަކާއި ހަމަތަކާ ތަޢާރަޝްވާ، އަދި އެ
މައްސަލަތަކުގައި އަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
4/
3/8/
04- ސިވިލް ކޯޓުގެ ނަންބަރު:2013/Cv
-
C/365 ޤަޟިއްޔާ އާއި ގުޅިގެން ނިންމަވާފައިވާ
އިޖުރާއީ ނިންމުމަށާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެ ނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
41 ފުރަތަމަ ކަމަކީ އިސްތިއުނާފު މިކުރެވޭ އިޖުރާއީ ނިންމުން ނިންމަވާފައިވާ
ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ ކަމާއި، އެ ޤަޟިއްޔާގެ ކުރިން، އެ
ޤަޟިއްޔާ ހުށަހެޅި ފަރާތްތަކުން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ އެ ކޯޓަށް
ހުށަހަޅާފައިވާކަމާއި، އެގޮތުން ނަންބަރު 2013/Cv-C/267 ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި
ދ.ބަނޑިދޫއިރާމާގެ ޝަރީފާ ހާނީ (ދ.ރ.ކާޑް ނަންބަރު A209087) އާއި ތ.ކިނބިދޫ އައްސޭރި ޙަސަން
ނަޝީފް (ދ.ރ.ކާޑް ނަންބަރު A087673) އާއި ދެމީހުން އެ ކޯޓަށް ހުށަހަޅާފައިވާ ފޯމްގައި، ދަޢުވާލިބޭ
ފަރާތްތަކުގެ ގޮތުގައި ލިޔެފައިވަނީ؛
01- މާލޭ ހެލްތު ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑް.
02- ޑރ.ޗެރިއަން އައި.ޖީ.އެމް.ހޮސްޕިޓަލް، ގައިނީ ޑިޕާރޓްމަންޓްގެ ހެޑް.
03- ޑރ.ތަސްމީން ފާރޫޤް / އައި.ޖީ.އެމް.ހޮސްޕިޓަލް، ގައިނީ މެޑިކަލް ކޮންސަލްޓަންޓް.
04- ޑރ.އަރޫޕަމާ އައި.ޖީ.އެމް.ހޮސްޕިޓަލް، ގައިނީ ޑިޕާރޓްމަންޓްގެ ރަޖިސްޓަރ.
05- ޑރ.ރިޒާނާ ޢަބްދުﷲ/ އައި.ޖީ.އެމް.ހޮސްޕިޓަލް، ސީނިއަރ މެޑިކަލް އޮފިސަރ. މި
ފަސް ފަރާތްކަމާއި،
އެ ފޯމުން ޝަރީފާ ހާނީ އާއި ޙަސަން ނަޝީފް ހުށަހެޅި ދަޢުވާގެ ޚުލާޞާގައި، "މިއީ، ޝަރީފާ
ހާނީ (ދަޢުވާކުރާ ފަރާތް) 13 ފެބްރުއަރީ 2011 އިން 3 މާރޗް 2011 މި ދެމެދުގައި މާލޭ ހެލްތު
ސަރވިސް ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ހިންގަމުންދާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް
(އައި.ޖީ.އެމް.އެޗްހޮސްޕިޓަލް) އާއި، އައި.ޖީ.އެމް.އެޗް ގައި ޝަރީފާ ހާނީ އަށް ފަރުވާ ދިނުމުގައި އިސްކޮށް
ޙަރަކާތް ތެރިވެފައިވާ ޑޮކްޓަރުންކަމުގައިވާ ޑރ.ޗެރިއަން އާއި ޑރ.ތަސްމީން ފާރޫޤް އާއި ޑރ.އަރޫޕަމާ
އާއިޑރ.ރިޒާނާ ޢަބްދުﷲ އާއި މިއެންމެހައި ފަރާތްތަކުން އެމީހުންގެ ޑިއުޓީ އޮފް ކެއަރ އާއި ޚިލާފުވުމުގެ
ސަބަބުން، ޝޯލްޑަރ ޑިސްޓޯޝިއަރ މެދުވެރިވުމާ ގުޅިގެން (ވިއްސުމުގެ ތެރޭގައި ކޮނޑުތާށިވުމުގެ
ހަށިގަނޑު ބޭރުނުވުން) ދަރިފުޅު ނިޔާވެ،
ހހ.4
•
3.
ދަރިފުޅުގެ 4
#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2013/HC-All7
ވިހެއުމުގެ ތެރޭގައި ދިމާވި ހިތާމަވެރި ޙާދިސާ ދިމާވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ޓްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ދަރިފުޅުގެ ބޯ ބުރިކޮށްލައިގެން) ހަދައި ދަރިފުޅު ނަގަންޖެހުމާއި، އަދި މިމައްސަލަ ބެއްލެވުމަށްފަހު ޝަރީފާ
ހާނީ އަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރުންނާއި
އެ ހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް، ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ތަޙްޤީޤުން
ސާބިތުވެފައިވާތީއާއި ޝަރީފާ ހާނީގެ ދަރިފުޅަށް ޝޯލްޑަރ ޑިސްޓޯޝިއަރ މެދުވެރިވެފައިވަނީ އައި.ޖީ.އެމް.އެޗް
އާއި އަދި ބުނެވިދިޔަ ޑޮކްޓަރުންގެ އިހުމާލުވުމުގެ ސަބަބުންކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، އަދި މިކަމުގެ
ސަބަބުން ދަރިފުޅުގެ ފުރާނަ ގެއްލި ޝަރީފާ ހާނީ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި
ގެއްލުންތަކެއް ލިބިފައިވާތީއާއި، އަދި މިމައްސަލާގައި ޝަރީފާ ހާނީ އާއި ޝަރީފާ ހާނީގެ ފިރިމީހާ ޙަސަން
ނަތީފް (ދަޢުވާ ކުރާފަރާތް) އަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއާއި،
އަދި މިގޮތުން ލިބުނު ގެއްލުން މިހާރުވެސް އިތުރުވަމުންދާތީ ދަޢުވާކުރާ ފަރާތަށް ލިބިފައިވާ އެންމެހައި
ގެއްލުމާއި ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހެލްތުއާއި މަތީގައި
ބުނެވިދިޔަ ޑޮކްޓަރުންނާއި މާލޭ ހެލްތު ސަރިވިސަސް ކޯޕަރޭޝަން ލިމިޓެޑް ގެ މައްޗަށް ހުށަހަޅާ ދަޢުވާއެކެވެ."
މިފަދައިންކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާގައި، ދަޢުވާކުރި އެ ދެފަރާތުން
އެދިފައިވާ ކަންތައްތަކަށް ބަލާއިރު، އޭގެ ތެރޭގައި، ދަޢުވާގައި ބަޔާންކޮށްފައިވާ ޙާދިސާ މެދުވެރިވާން
ދިމާވެފައިވަނީ. އައި.ޖީ.އެމް. ހޮސްޕިޓަލުން ދެވޭ ޞިއްޙީ ފަރުވާގެ ފެންވަރު ބެލުމުގައްޔާއި މިންގަނޑު
ހިފެހެއްޓުމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން އެ ހޮސްޕިޓަލުގެ ފަރާތުން އިހުމާލުވެފައިވާ ކަމަށް
ކަނޑައަޅުއްވައި ދެއްވުމަށާއި، އިހުމާލު ސާބިތުވާ މިންވަރަކަށް ބައްލަވައިގެން ގެއްލުމުގެ ބަދަލު އެފަރާތްތަކުން
ނަންގަވައި ދެއްވުމަށް އެދިފައިވާކަން ފާހަގުރެވެން އޮންނައިރު،
މިހާރު މިއިސްތިއުނާފު ކުރެވޭ އިޖުރާއީ ނިންމުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު:
2013/Cv-C/365 ޤަޟިއްޔާ ގެ ދަޢުވާ ފޯމުގައި މައްސަލާގެ ޚުލާޞާ ލިޔެފައިވާއިރު، ޝަރީފާ ހާނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 2 4 2 2 4
ބަޔާންކުރެވުން
ޚިދުމަތްތައް ދިނުމަށް އެކަށީގެންވާ އިޖުރާއަތްތަކާއި ނިޒާމްތައް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން
ޤާއިމްކޮށްފައިނުވާތީ އެކަމުގައި މިނިސްޓްރީ އޮފް ހެލްތުގެ އިހުމާލުވުން ހިމެނޭކަމަށްބުނެ، އެ ދަޢުވާ
ރައްދުކޮށްފައިވަނީ އެ މިނިސްޓްރީގެ މައްޗަށް ކަމާއި،
އަދި ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި، ދަޢުވާކުރި ފަރާތްތަކުން އެދިފައިވާ
ކަންތައްތަކަށް ބަލާއިރު، އޭގެ ތެރޭގައި، ދަޢުވާގައި ބަޔާންކޮށްފައިވާ ޙާދިސާ މެދުވެރިވާން ދިމާވެފައިވަނީ
އައި.ޖީ.އެމް. ހޮސްޕިޓަލުން ދެވޭ ޞިއްޙީ ފަރުވާގެ ފެންވަރު ބެލުމުގައްޔާއި މިންގަނޑު ހިފެހެއްޓުމުގައި
މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ހޮސްޕިޓަލުގެ ފަރާތުން އިހުމާލުވެފައިވާތީކަމަށް ކަނޑައަޅުއްވައި
ދެއްވުމަށާއި، އިހުމާލު ސާބިތުވާ މިންވަރަކަށް ބައްލަވައި، އެ ނިސްބަތުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން
ގެއްލުމުގެ ބަދަލު ނަންގަވައި ދެއްވުމަށް އެދިފައިވާކަން ފާހަކުރެވެއެވެ.
4.2 ދެވަނަ ކަމަކީ: އިސްވެ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267
ޤަޟިއްޔާ އެކޭ އެއްފަދައިން އެ ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ޝަރީފާ ހާނީ އާއި
ޙަސަން ނަޝީފުގެ ފަރާތުން ކޮށްފައިވާ ދަޢުވާއާއި އެ ދަޢުވާ ބިނާކޮށްފައިވާ ސަބަބުތަކާއި އަދި އެ ދަޢުވާގައި
އެދިފައިވާ ކަންތައްތަކާއި
ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރަކީ
ނަންބަރު 2013/Cv-C/267 ޤަޟިއްޔާ އާއި އެއްވެސް ތަފާތެއް ނެތް އެއްގޮތް ކަންތައްތަކެއްކަން އެ ދެ
ޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ޝަރީފާ ހާނީ އާއި ޙަސަން ނަޝީފުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާފޯމް
އަޅާކިޔުމުން އެނގެން އޮންނަކަމާއި،
އެ ދެ ޤަޟިއްޔާގައިވާ ހަމައެކަނި ތަފާތަކީ، ނަންބަރު 2013/Cv-C/267 ޤަޟިއްޔާގައި
ދަޢުވާ ރައްދުވާ ފަރާތްތަކުގެ ގޮތުގައި ހިމެނިފައި ނުވާ ފަރާތެއްގެ އެ ކޯޓުގެ ނަންބަރު:
Cv/365 ޤަޟިއްޔާގައި ދަޢުވާ ރައްދުކޮށްފައިވުންކަމާއި، އެއީ މިނިސްޓްރީ އޮފް ހެލްތު (ދައުލަތް)
ކަމާއި، މިނިސްޓްރީ އޮފް ހެލްތު ގެ މައްޗަށް ރައްދުވާ ގޮތަށް ވަކި ޤަޟިއްޔާއެއްގައި، ދަޢުވާކުރަންޖެ
ކުރިން ހުށަހެޅި އެ ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާގައި ހިނގަމުން ދިޔައިރު ދަޢުވާ
މައްޗަށް
20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތްތަކަށް ކުރިން ސާފުވެފައި ނުވާ މަޢުލޫމާތެއް ސާފުވެފައިވާތީ ކަމާއި، އެއީ ނަންބަރު 2013/Cv-C/267
ޤަޟިއްޔާގައި ކުޅަ ދަޢުވާ، އެ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށްފައިވާ ޙާދިސާ ހިނގިއިރު، އިންދިރާގާންދީ
މެމޯރިއަލް ހޮސްޕިޓަލް އެފަރާތެއްގެ ބެލެނިވެރިކަމުގައި ހިންގަމުންދިޔަ ހެލްތު ކޯޕަރޭޝަން ގެ ބަދަލުގައި މިހާރު
އެ ހޮސްޕިޓަލް ހިންގަމުންދަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ކަމަށް ދަޢުވާ ކުރާ ފަރާތަށް ލިބުނު
މަޢުލޫމާތު ކަމާއި، އެ މަޢުލޫމާތުގެ އަލީގައި އެ ޙާދިސާއާއި ގުޅިގެން ކުރެވޭ ދަޢުވާގައި ދަޢުވާލިބޭ ފަރާތެއްގެ
ގޮތުގައި މިނިސްޓްރީ އޮފް ހެލްތު ހިމަނަންޖެހޭނެކަމަށް ދަޢުވާކުރާ ފަރާތަށް ޤަބޫލުކުރެވިގެންކަން
ފާހަގަކުރެވެއެވެ.
4.3 ތިންވަނަ ކަމަކީ: ސިވިލްކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އާއި
ގުޅިގެން ދައުލަތު (މިނިސްޓްރީ އޮފް ހެލްތު) ން އިޖުރާއީ ގޮތުން ފާހަގަކުރި ނުކުތާގައި، ޝަރީފާ ހާނީ އާއި
ޙަސަން ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު: 2013/Cv
-
C/365 ޤަޟިއްޔާގައި މިނިސްޓްރީ އޮފް
ހެލްތުގެ މައްޗަށް ދަޢުވާ ހުށަހަޅާފައިވާއިރު، އޭގެ ކުރިން ހަމަ އެ ދެ މީހުންގެ ފަރާތުން ހުށަހެޅުމުން އެ
ކޯޓުން ބަލަމުން ގެންދާ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ އަކީވެސް، އެއް ޙާދިސާ އަކާއި ގުޅިގެން
އެއް މައުޟޫޢެއްގެ މައްޗަށް އެއްކަމެއް ޙާޞިލުކުރުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވާތީ، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 03/SC-SJ/2011 ކޯޓު އަމުރުގައި ކަނޑައަޅުއްވާފައިވާ އުޞޫލަށާއި، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/882 ޤަޟިއްޔާގައި އެ ކޯޓުން ޢަމަލުކުރައްވާފައިވާ އުޞޫލަށާއި، ޤާނޫނީ
މައްދައެއް ކަމުގައިވާ ރެސް ޖުޑިކާޓާ (Res Judicata) ގެ މައްދައަށް ރިޢާޔަތްކުރައްވައި، ސިވިލް ކޯޓުގެ
ނަންބަރު: 2013/Cv-C/365 ޤަޟިއްޔާއިން ބައްލަވަމުން ގެންދަވާ މައްސަލާގެ މައުޟޫޢުގެ މައްޗަށް އެ
ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ ކުރިއަށްދާތީ، ފަހުން ހުށަހެޅުނު
ނަންބަރު: 201/Cv
-
C/365 ޤަޟިއްޔާ އެވަ
މިވަގުތަށް ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅުއްވައި
ދެއްވައި އެ ޤަޟިއްޔާ ނިންމަވައި ދެއްވުމަށް މިނިސްޓްރީ އޮފް ހެލްތު (ދައުލަތް) ގެ ފަރާތުން އެދިފައި
އިޖުރާއީ ނުކުތާއެއްކަން އެނގެން އޮންނާތީ؟
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުލަތުގެ ފަރާތުން އެ އިޖުރާއީ ނުކުތާ ބިނާކޮށްފައިވާ ސަބަބުތަކަށާއި، އެ އިޖުރާއީ
ނިންމެވުން އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC-SJ/2011 އަމުރުގައި، އެއްވެސް މަރުޙަލާއެއްގެ ކޯޓަކުން
ހަމަ އެ މަރުޙަލާގެ އަނެއް ކޯޓެއްގެ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި، އެއް މަރުޙަލާގެ ކޯޓަކުން ކޮށްފައިވާ
ޙުކުމަކަށް އަސަރުކުރާފަދަ ޙުކުމެއް ހަމަ އެ މަރުޙަލާގެ އެހެން ކޯޓަކުން ކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ދަށުން ޤާއިމްވެފައިވާ ޝަރުޢީ ނިޒާމް ބިނާވެފައިވާ އަސާސީ އުޞޫލުތަކާ ތަޢާރުޟުވާ
ކަމެއްކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ އަމުރުން ކަނޑައަޅުއްވާފައިވާ އުޞޫލާއި، ސިވިލް ކޯޓުގެ
ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާ ބިނާކުރެއްވި
ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ އިޖުރާއީ ނިންމެވުމުގައި ޝަރީޢަތުން ނިންމަވާފައިވާ ނިންމެވުމާއި
ދެމެދު އެއްވެސް ތަޢާރުޟުވުމެއް ވާކަމަށް ފާހަގަނުކުރެވޭކަމާއި،
އެހެނީ ސިވިލް ކޯޓުގެ އެ އިޖުރާއީ ނިންމެވުމަކީ އެ ކޯޓު ހިމެނޭ މަރުޙަލާގެ އެހެން ކޯޓެއްގެ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމެއްގެ މައްޗަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި ނުވާތީއާއި، އަދި އެއީ އެ
ކޯޓު ހިމެނޭ މަރުޙަލާގެ ކޯޓަކުން ކުރިން ކޮށްފައިވާ ޙުކުމަކަށް އަސަރުކުރާފަދަ ގޮތަކަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ވެސް ފާހަގަނުކުރެވޭތީކަމާއި،
އަދި ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން
ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާގައި ފާހަގަކޮށްފައިވާ އެ ކޯޓުގެ ނަންބަރު 2012/Cv-C/882 ޤަޟިއްޔާ ގެ
ޙުކުމަށް ބަލާއިރު، ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާ
ބިނާކުރެއްވި ސަބަބުތަކާއި، ސިވިލް ކޯޓުގެ ނަންބަރު -Cv/882 ޤަޟިއްޔާގައި ނިންމަވާފައިވާ
ނިންމެވުމާއި މުޅިން އެއްގޮތްކަމުގައި ބެލެވޭނެ ހަމައެއްވެސް ނެތްކަމާއި،
c)
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެނީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/882 ޤަޟިއްޔާގެ ޙުކުމުގައި އިބްރާހީމް
މުޙައްމަދު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ މުޞްޠަފާ މުޙައްމަދު
ދީދީ ހުށަހެޅުއްވި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުޞަތު އިބްރާހީމް މުޙައްމަދަށް ހުޅުވާލުމަށް
ފަހުގައިކަން އެ ޙުކުމުން އެނގެން އޮންނާތީކަމާއި،
އަދި ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން ނަގާފައިވާ އިޖުރާއީ
ނުކުތާގައި ދައުލަތުން ފާހަގަކޮށްފައިވާ ރެސް ޖުޑިކާޓާ (Res Judicata) ގެ ޤާނޫނީ މަޞްދައު ބިނާވެގެންވާ
އަސާސީ ތިން ޝަރުތުން ކުރެ ޝަރުތެއް ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ އާއި އެ
ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އިން ކުރެ ޤަޟިއްޔާއެއްގައި އެހާތަނަށް ފުރިހަމަވެފައިނުވާ
ކަމަށް ނިންމަވާފައިވާ ނިންމެވުން ބިނާކުރެއްވި ޤާނޫނީ ސަބަބުތައް ރަނގަޅު ނޫންކަމުގައިވެސް ބެލެވޭނެ
ޖާގައެއް އޮތްކަމަށްވެސް ނުފެންނަކަމާއި،
އެހެނީ އިސްތިއުނާފު މިކުރެވޭ އިޖުރާއީ ނިންމުން ސިވިލް ކޯޓުން ނިންމިއިރު، އެ ކޯޓުގެ
ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އާއި އެއް މައުޟޫޢެއްގައި އެހާތަނަށް އެ ކޯޓުން ޙުކުމެއް
ކޮށްފައިވާކަން އެނގެން ނެތަތީކަމާއި،
އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން
ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާ ބިނާކޮށްފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް އެ ކޯޓުން އެ އިޖުރާއީ
ނުކުތާއާއިމެދު ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލަކާ ޚިލާފު ނިންމެވުމެއްކަމުގައި
ކަނޑައެޅޭނެ ތަނެއް ނެތްކަމެވެ.
4.4 ހަތަރުވަނަ ކަމަކީ: އިޖުރާއީ ނުކުތާ އިސްތިއުނާފު ކުރަމުން ދެފަރާތުން ހައިކޯޓުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ހައިކޯޓުން ހޯދާފައިވާ
ލިޔެކިޔުންތަކަށް ބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާ އާއި އެ ކޯޓުގެ ނަންބަރު
ތަޢާއްޖޭގެ
2013/Cv
-
C/365 ޤަޟިއްޔާއާއި މި ދެ ޤަޟިއްޔާ އަކީ އެއް ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ގެއްލުމުގެ
ހައިކޯޓް
މެސީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަދަލު ހޯދުމަށްޓަކައި އެއް ފަރާތްތަކަކުން ހުށަހެޅިފައިވާ ދެ ދަޢުވާއެއް ކަމާއި، ނަންބަރު
2013/Cv-C/267 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތު ހިމެނިފައި
ނުވިނަމަވެސް، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންވެސް އިހުމާލުވެފައިވާކަމަށްބުނެ އެފަރާތުގެ އިހުމާލު
ސާބިތުވާ މިންވަރަކުން ގެއްލުމުގެ ބަދަލު ނަންގަވައި ދެއްވުމަށް އެ ޤަޟިއްޔާގައި ދަޢުވާކުރި ފަރާތްތަކުން
އެދިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާގައި ޝަރީފާ ހާނީ އާއި ޙަސަން
ނަޝީފުގެ ފަރާތުން ކުރި ދަޢުވާ، ހަމައެފަދައިން ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި މިނިސްޓްރީ
އޮފް ހެލްތުގެ މައްޗަށް އެ ދެ މީހުންގެ ފަރާތުން ހުށަހަޅަން ޖެހުނު ސަބަބަކީ ކުރިން ހުށަހެޅި ނަންބަރު
2013/Cv-C/267 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތްތަކުގެ ލިސްޓްގައި މިނިސްޓްރީ އޮފް ހެލްތު
ހިމެނިފައިނުވާކަން ފާހަގަކުރެވުމާއެކު، ޙާދިސާ ހިނގިއިރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އެފަރާތެއްގެ
ބެލުމުގެ ދަށުން ހިނގަމުންދިޔަ ހެލްތު ކޯޕަރޭޝަނުގެ ބަދަލުގައި މިހާރު އެ ހޮސްޕިޓަލް ހިންގަމުން ގެންދަނީ
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންކަން ޝަރީފާ ހާނީ އާއި ޙަސަން ނަޝީދަށް ސާފުވުމުންކަން އެނގެން
އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިދެފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ނަންބަރު:
2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުތާ ބިނާކޮށްފައިވާ ސަބަބުތައް ޝަރީފާ
ހާނީ އާއި ޙަސަން ނަޝީފުގެ ފަރާތުން ޤަބޫލުނުކުރި ކަމުގައިވިޔަސް، ސިވިލް ކޯޓުގެ އެ ދެ ޤަޟިއްޔާ
އެއްކޮށްލައިގެން އެއް ޤަޟިއްޔާ އެއްގެ ގޮތުގައި އެ ކޯޓުން ހިންގުމާމެދު ޝަރީފާ ހާނީ އާއި ނަޝީފުގެ
ފަރާތުންވެސް އިޢުތިރާޟް ނުކުރާކަން ފާހަގަކުރެވޭކަމާއި، ނަމަވެސް ދެ ޤަޟިއްޔާ،
އެއް ޤަޟިއްޔާ އެއްގެ ގޮތުގައި ހިންގުމަށް އެދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާކަން، ނުވަތަ
ކުރިން އެ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވުމަށް ދައުލަތުން އެ ކޯޓުގައި އެދިފައިވާކަން
އެނގެން ނެތްކަމާއި، އަދި ނަންބަރު 2013/Cv-C/267 ޤަޟިއްޔާގެ ތެރެއަށް ދައުލަތުން ތަދައްޚުލްވާން
ނުވަތަ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާ އާއި ނަންބަރު 2013/267CvC
ޙަސަން
އެ
4
2
2
4 އދ.
ނނީ 42
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
63
ޤަޟިއްޔާ އެއްކޮށްލައިގެން ހިންގުމަށް ދައުލަތުން އެދޭނަމަ، އެކަމަށް އެދޭ ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭނީ
ސިވިލް ކޯޓަށް ކަމާއި، އަދި އެފަދަ ހުށަހެޅުމެއް މައްސަލާގައި ހިމެނޭ ޚަޞްމެއްގެ ފަރާތުން ހުށަހަޅައިފިނަމަ
އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރައްވަ
ވަންޖެހޭނެކަމާއި، އެހެނީ މި ދެ ޤަޟިއްޔާ އަކީ ވެސް އެއް
ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދެ ޤަޟިއްޔާ ކަމުގައި ވާއިރު،
އެކަން އެންމެ ފުރިހަމަ ގޮތުގައި ތަޢާރުޟުވުމެއް ފުށުއެރުމެއް ނުހިމެނޭ ގޮތުގައި ވަޒަންކުރެވިގެންދާނީ، އަދި
ޝަރީޢަތުގެ ވަގުތާއި އަދި ޚަޞްމުންގެ ވަގުތުވެސް ރައްކާތެރިކުރެވިގެންދާނީވެސް މި ދެ ޤަޟިއްޔާ، އެއް
ޤަޟިއްޔާއެއްގެ ގޮތުގައި ބެލެވިގެން ދިއުމުންކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން
ފާހަގަކުރި އިޖުރާއީ ނުކުތާ ބިނާކޮށްފައިވާ ސަބަބުތަކަށާއި، އެ އިޖުރާއީ ނިންމެވުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ އެ އިޖުރާއީ ނިންމެވުމަށް ބަދަލުގެންނަންޖެހޭ
ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ހައިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
CCC
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
އެގޮތުގެ މަތީން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2013/Cv-C/365 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން
ފާހަގަކުރި އިޖުރާއީ ނުކުތާ ބިނާކޮށްފައިވާ ސަބަބުތަކަށާއި، އެ އިޖުރާއީ ނިންމެވުން އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ އެ އިޖުރާއީ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
ސަބަބެއް ނެތް
ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އަދި ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވުމަށް ދައުވަތު
ހައިކޯޓް
ه3
2
4 އދ
ބނނނ(
ނުވަތަ
ކޯޓުގެ
ނަންބަރު:
365/Cv-C/2013
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2013/HC-A/jj7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 3 24
ނަންބަރު: 2013/Cv-C/267 ޤަޟިއްޔާ އެއްކޮށްލައިގެން އެއް ޤަޟިއްޔާއެއްގެ ގޮތުގައި ހިންގުމަށް
ޚަޞްމެއްގެ ފަރާތުން އެދޭނަމަ އެއިން ކަމަކަށް އެދޭ ސަބަބު ބަޔާންކޮށް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށް
ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv